ބީހުން….(13)
އަމީނާޔާ ޒޫމީ ވާހަކަ ދައްކަން ތިއްބާ އީތަން އައީ ހުތްއަބު ކޮތަޅެއް ހިފާގެންނެވެ.” ދަރިފުޅާ ތިޔޯ،؟! ކޮންތާކުން މާ ބައިވަރު އަނބު ތަކެއް ހޯދީ؟!” އީތަން ވަނުމުން އަމީނާ ހައިރާން ވެފަ އަހައިލިއެވެ. “މަންމާ މިއީ ރަށުން ލިބުނު އަނބު ކޮތަޅެއް ޒޫމީ އަނބު ކައި ހިތުން އުޅޭތީ ރައްޓެއްސެއް ލަށްވާ ގެނުވީ” އީތަން އަމީނާޔަށް އަނބު ލިބުނު ގޮތާ ގެނާ ސަބަބު ބުނެލިއެވެ.”އާ… އެހެންދޯ މަންމަ ހަދާން ނެތުނީއޭ، މަންމަ މިހާރު ވެސް މިކިޔަނީ ޒޫމީ ކައިރީގަ ހޮސްޕިޓަލަށް ހިގާށޭ ހޮޑު ލައިލައި އެހެރީ އެއްކޮއް ލޮޑު ވެފަ، އެވަރުން ވެސް އެކިޔަނީ ނުދާނަމޯ” ޒޫމީ ނުދާނެކަން އެގުމުން އަމީނާ އީތަން ކައިރީގައި ބުނެލިއެވެ.” އޭތެެދެއްތަ؟، ހިނގާ ހޮސްޕިޓަލަށް ދާން އެހެން ނޫނީ މާބޮޑަށް ބަލިވެދާނެ” އީތަން ޒޫމީއަށް ބަލާލަމުން ބުނެލިއެވެ. ޒޫމީ އެއްގޮތަކައް ވެސް ދާނޭ ހިޔާލެއް ނުކުރިއެވެ. އިރު ކޮޅަކުން ރަނގަޅު ވާނޭ ކަމަށް ބުނެ ޒޫމީ ބަސް ގަދަ ކޮއްލައިގެން ހުރީއެވެ.
މިރެއަކީ މާޒިންގެ ހަޔާތުގައި ވެސް ވަރަށް މުހިންމު ރެއެކެވެ. މިރެއަކީ އޭނާގެ ހިތުގެ މަލަކާ އޭނަގެ ދޮންތަޔަށް ދައްކަން ހަމަ ޖެހިފައި އޮއްރެޔެވެ. މިރެއަށްޓަކައި މާޒިން ހުރީ ވަރަށް ތައްޔާރުވެގެންނެވެ. މުޅި ދުވަސް އޭނަގެ ސިކުޑީގައި އެބުރެނީ އެކަމެވެ. ދޮންތަ އެކުއްޖާޔާ ދޭތެރޭގައި ހިތް ހަމަ ޖެހޭނެބާއޭ ނުޖެހޭބާއޭ މިކަހަލަ ވިސްނުން ތަކެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުން ހިތްހަމަ ނުޖެހިއްޖެނަމަ އެކަމާ އޭނަ ވަރަށް ހިތުގަ ޖެހޭނެއެވެ. އެނަ ހަޔާތުގައި ފުރަތަމަ ރައްޓެހި ވި ކުއްޖަކީ އެއީ ވިއްޔާއެވެ. ލޯބިވާ މީހެއް އަތުން ބީވެއްޖެނަމަ ހިތުގަ ނުޖެހޭނީ ކާކު ހެއްޔެވެ. އަމީނާ ވަނީ މިރެއަށް ޓަކާ ޕާޓީއަކާ އެއްފެންވަރަކަށް ކައްކާފައެވެ. އޭނަގެ ކޮއްކޮ އަޒީޒާ މާލޭގަ ނުއުޅޭތީ އެކަމަކީ އޭނާގެ ވާޖިބެއް ކަމަށް ދެކިގެންނެވެ. އަމީނާ ބަދިގޭގައި އެބުރި އެބުރި ހުއްޓާ ޒޫމީ ބަދިގެއަށް ވަނީ އެވަގުތުއެވެ.”މަންމާ މާޒިންބެގެ ގާލް ފުރެންޑު ވަރަށް ރީތިވާނެކަން ނޭގެދޯ؟ ޒޫމީ ބަދިގެއަށް ވަން ގޮތަށް އަހައިލިއެވެ.”ހެހެ ނޭގެ ދަރިފުޅާ! ހަޑިޔަކަސް އުޅުން ރީތީއްޔާ ނިމުނީދޯ، މަންމައަށް ވެސް ހީވަނީ ރީތިވާނެހެން، އެކަމަކު އެކުއްޖާގެ ނަމެއް ވެސް ނޭގޭ ވިއްޔާ، މަންމަ އަހައި އަހައި ވެސް މާޒިންބެ ނުބުނި، ބުނީ އޭނަ އައިމަ އަހާށޯ، ވަރެއްގެ މާޒިންބެއެއް އެހެރީ” އަމީނާ ހިނި އައިސްހުރެ ބުނެލިވެ.” އާނ އެމާޒިންބެ ގަނޑު ނިކަން ފޮނިވާނެ، މަންމާ އެކަމަކު އަޅުގަޑަކަށް ހީނުވޭ މާޒިންބެ އެހާ ކައްޕަޅި ކުއްޖަކު ހޯދާނެ ހެނނެއް” އަގަޔަށް އަނބު ފޮއްޗެއް ލަމުން ޒޫމީ ބުނެލިއެވެ. ދެމައިން ވަރަށް ގިނައިރު އެގޮތަށް ވާހަކާގައި ތިއްބެވެ.
މާޒިންގެ އިންތިޒާރުގައި ގޭ އެންމެން ތިބީ ސިޓިން ރޫމުގައެވެ. އަންނަށް ބުނި ވަގުތު ކުޑަތަން ވަމުން ދިޔައީއެވެ. އެވަގުތު ގޭބެލްޖަހައިލި އަޑަށް އަމީނާ ދުވެފަ ގޮސް ދޮރު ހުޅުވާލިއެވެ. މާޒިން އެތެރެއަށް ވަނުމުން އޭނާގެ ފަހަތުން އެވަން ކުއްޖާ ފެނުމުން އަމީނާ ދިޔައީ ކަޅި ބުރައިގެންނެވެ. “މަލަކާ!!” ބޭއިޚުުތިޔާރުގައި އަމީނާޔަށް ބުނެވުނެވެ. އެވަގުތު އެންމެން އެދިމާލަށް ބަލައިގެން ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. މަލަކާ އަގައިން ވެސް ނުބުނެ އިސްޖަހައިގެން މާޒިން ފަހަތުން އައިސް ސޯފައިގަ އިށީދެއްޖެއެވެ. މަލަކާ ހުރީ ލަދުން އިސް އުފުލާލަން ނުކެރިފައެވެ. ކުރިން އަންނަން ޖެހެނީ މިގެއަށް ކަން އިގޭނަމަ މަލަކާއެއް ނާންނާނެވެ. މާޒިން ކިހާ މޮޅު ހެއްޔެވެ. މަލަކާ އަށްވެސް އަމީނާމެންނަށް ވެސް އޭނަ އެދިނީ ކިހާ މޮޅު ސަޕުރައިޒެއް ހެއްޔެވެ.” ދޮންތަ ދަންނަންތަ، މަަލަކާ؟!” މާޒިން ހައިރާންވެފަ އަހައިލިއެވެ. މާޒިން އެހެންބުނުމުން އަމީނާ ހުރީ ޒޫމީގެ މޫނަށް ބަލައިގެން ދޭނެ ޖަވާބެއް ނޭގިފައެވެ.”މަންމަ ކައިރީގަ ނައަހާ މަލަކާ ކައިރީގަ އަހައިބަލަ” ޒޫމީ މަލަކާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. ޒޫމީ އެހެން ބުނެލި ގޮތުން ހީވަނީ މަލަކާ ދެކެ ހިތް ހަމަ ނުޖެހި ހުރިހެންނެވެ. ހަގީގަތަކީވެސް އެޔެވެ. ޒޫމީ އިނީ މަލަކާ ދެކެ ވަރަށް ހިތްހަމަ ނުޖެހިފައެވެ.” އޭތެދެއް،! މަލާއަށް އިގޭތަ މާޒުގެ ދޮންތަމެން؟!” މާޒިން މަލަކާގެ މޫނަށް ބަލަމުން އަހައިލިއެވެ.މާޒިން އެހެން ބުނުމުން މަލަކާ އަށް ވީވަރަކީ އިސްޖަހައިލައިގެން ހުރެ އާއޭ ކިޔާ ބޯޖަހައިލުމެވެ. އިތުރު އެއްޗެއް ބުނާކަށް މަލަކާ އަކަށް ހިތްވަރެއް ނުލިބުނެވެ.”އެހެންތަ؟ މާރަގަޅަކަށް ނޫން މިދިމާވީ” މާޒިން އުފަލުން ބުނެލިއެވެ. ހަގީގަތުގަ މަލަކާ މިހާރު އެހެރީ ޒޫމީއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދު ގަނެފައެވެ. “މަލަކާ އާ ޒޫމީއަކީ އެއްތައްޓަކުން ކައިގެން އުޅުނު ދެމީހުން، މިހާރު އެއްވެސް ގުޅުމެއް ނޯވޭ، އެކަމަކު ބެސްޓު ފުރޭންޑޭ ކިޔައިގެން އުޅުނީ” ރުޅި އަންނަ މީހަކު ރުޅިއަޔަސް ހެޔޮކަމަށް އަމީނާ ބުނެލިއެވެ. އެވަގުތު ޒޫމީ އަމީނާގެ މޫނަށް ބަލައި ހުއްޓާލާށޭ ބުނާފަދަ ސިގުނަލެއް ދިނުމުން އަމީނާ އިތުރު އެއްޗެއް ނުބުނެ ހުރީއެވެ. ކޮންމެ ގޮތަކަށް މަލަކާ ކަންތައް ކޮއްފަ އޮތަކަސް އެއްމެންގެ ތެރޭގަ އޭނަ ލަދު ގަންނަވާ ދެރަކުރާކަށް ޒޫމީ ބޭނުމެއް ނުވިއެވެ.”އޭއީތެދެއް! މާޒިންބެ މަލަކާއަކީ މަގޭ ބެސްޓީއޭ” މައުލޫ އޮޅުވާލަން ވެގެން ޒޫމީ ހީލަމުން ބުނެލިއެވެ.” އޯ އަސްލުތަ؟! ނޭގެންނޫން މާޒިންބެ ދުވަހަކުވެސް މިގެއަކުންވެސް މަލާ ނުދެކެން ވިއްޔާ” މާޒިން ސީރިއަސް ވެފަ އަހައިލިއެވެ. މާޒިން އަށް އެއްވެސް އެއްޗެއް ނޭގެންނާ ޖެހޭނެ ބުނާއެއްޗެއް ގަބޫލް ކުރަންތާއެވެ. ” އާނ މިދުވަސްކޮޅު މަލާ އުޅެނީ ވަރަށް ބިޒީކޮށް އެހެންވެ ނުފެންނަނީދޯ މަލާ” ޒޫމީ އަމީނާގެ މޫނަށް ބަލައިގެން ހުރެ ބުނެލިއެވެ.” ހިގާ އަވަހަށް ކާންދަމާ ދޮންތަ އިންނާނެ ވަރަށް މީރުކޮށް ކައްކާފަ” އަމީނާ އެހެން ކިޔާ ވަނީ ބަދިގެއަށެވެ. ފަހަތުން އެންމެން ވެސް ވަނީ ބަދިގެއަށެވެ.
އެންމެން ތިބީ ކަމުން އެކިއެކި ވާހަކާގައެވެ. މީހަކު އެއްޗެއް އަހައިފިއްޔާ ނޫނީ މަލަކާ އިތުރު ވާހަކައެއް ނުދައްކައެވެ.”ދެން ކޮންއިރުކުތަ ކައިވެނި ކުރަން ތިވިސްނަނީ” މާޒިންގެ މޫނަށް ބަލާލަމުން ސަލީމް އަހައިިއެވެ. ސަލީމް އެހެން ބުނުމުން އެންމެންގެ ލޯ އަމާޒު ވީ މާޒިން އާ ދިމާލަށެވެ.”އައްނަ އަހަރު ދޯ މަލާ؟” މާޒިން ކުރު ޖަވައިބަކުން ނިންމާލިއެވެ. އަހަރުނިމެން ކައިރިވެފަ އޮތުމުން އެދެކުދިން ޕްލޭން ކޮއްފަ އޮތީ ފެށޭ އަހަރުގަ ކައިވެނި ކުރާށެވެ. މާޒިން އެހެން ބުނުމުން މަލަކާ އާއޭ ކިޔާ ބޯޖަހައިލިއެވެ.”ދަރިފުޅާ ބޭސްކެއިންތަ؟!، ޔަގީނޭ ނުކައިކަން” ޒޫމީ ސިންކު ކައިރިޔަށް ގޮސް ހޮޑު ލާން ފެށުމުން އަމީނާ ތެދުވެގެން ގޮސް ޒޫމީގެ ބުރަކަށީގަ ފިރުމާލަމުން އަހައިލިއެވެ. އެތަން ފެނި މަލަކާ ހުރީ ހައިރާންވެފައެވެ. ޒޫމީ އިނީ ބަލިވެ ކަމެއް މަލަކާ އަކަށް ނޭގެއެވެ. އަމީނާ އެހެން އެހުމުން އާއޭ ކިޔާފަ ޒޫމީ ދިޔައީ ކޮޓަރިއަށެވެ. ހަގީގަތުގަ ޒޫމީ ދިޔައީ ހިތުގަ ޖެހިފަ ހުރި ބޮޑު ކަމުންނެވެ. އެންމެގާތް އެކުވެރިޔާ އޭ ކިޔާގެން އުޅުނު މީހާޔަށް އޭނަގެ ހާލު ވެސް ނޭގޭތީ އެކަމާ ދެރަވެގެންނެވެ. ނުވިތާކައް ހާލުވެސް އަހައި ނުލާ ހުރީތީއެވެ. ޒޫމީ ދިއުމުން މަލަކާވެސް އަތް ދޮވެގެން ދިޔައީ ޒޫމީގެ ފަހަތުން އޭނާގެ ކޮޓަރިއަށެވެ.”ސޮރީ ޒޫ މަލާޔަށް މާފު ކުރޭ، މަލާ ވަރަށް ދެރަވެއްޖެ ޒޫއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން، މަލާ ގަބޫލް ކުރަން މަލާޔަށް ކަންތައް ކުރެވުނީ ރަގަޅަކަށް ނޫންކަން” މަލަކާ ފެން ކަޅިވެފަ ހުރެ ބުނެލިއެވެ. ޒޫމީ ހުރީ އަގައިން ވެސް ނުބުނެ ރޮވިފައެވެ.” ޒޫ އެޅެ ޕްލީޒް ޕްލީޒް!، މަލާޔަށް މާފު ކޮއްދީބަލަ އަހަރެން ދެން ދުވަހަކުވެސް އަހެން ކަންތަކެއް ނުކުރާނަން!” ޒޫމީގެ ކޮޑުގައި އަތް ބާއްވަމުން މަލަކާ ދެވަނަ ފަހަރަށް ވެސް މާފަށް އެދުނެވެ.”އިޓްސް އޯކޭ! އެކަމަކު ކީއްވެތަ މަލާ އެގޮތަށް ކަންތަށް ކުރީ؟ ޒޫ ކީއްކޮއްގެން؟ ނުވަތަ މަގޭ އާއިލާ މީހަކު ކީއްކޮއްގެން؟، އެންމެ ކުޑަމިނުން، މަގޭ ވެޑިންއަށް ވެސް ނާދެވުނު، މަލާ އެންމެ ފަހަރަކު ވެސް ބުނެބަލަ ވީގޮތެއް؟!” މަލަކާޔާ ދިމާލަށް އެބުރެމުން ޒޫމީ އަހައިލިއެވެ. ޒޫމީ ހިތުގަ ޖެހިފަ ހުރި ވަރު ކިތަންމެ ރަނގަޅަކަށް ވެސް މަލަކާއަށް އިހުސާސް ވެއްޖެއެވެ. މަލަކާ ހުރީ ވީ ދެރައިން ބުނާނެ އެއްޗެއް ނޭގި އިސްޖެހިފައެވެ. ހަގީގަތުގައި މަލަކާއަށް ވީ ކީއްކަން ވަރަށް ރަނގަޅަށް ޒޫމީއަށް އިނގެއެވެ. ޒޫމީއަށް ވަނީ އީތަންގެ ފޯނަށް މަލަކާ ކުރި މެސެޖު ތައް ފެނިފައެވެ. މަލަކާ ގެންގުޅޭ ވަގު ނަންބަރަކީ އަންނޯން ނަބަރަކަށް ވިޔަސް ޒޫމީ ވަނީ ދިރާގުގަ އޮޅޭ އޭނަގެ ރައްޓެއްސެއަ މެދުވެރިި ކޮއްގެން ވަނީ ކާކުގެ ނަންބަރެއްތޯ ބަލައިފައެވެ.”ޒޫ އަހަރެން ގަބޫލް ކުރަން އަހަރެން އަމިއްލަޔަކަށްކަން ޒޫއާ ރުޅިވީ، އެކަމާ މިއަދު މިހިރީ ވަރަށް ދެރަވެފަ” މަލަކާ އިސްޖެހިހުރެ ބުނެލިއެވެ.” މަލާޔަށް ކީއްވެ އަސްލު ސަބަބު ނުބެނެވިގެން ތިއުޅެނީ؟” ޒޫމީ އެކޮއްލި ސުވާލަކުން މަލަކާ ދިޔައީ ސިއްސައިގެންނެވެ. އެސުވާލަށް މަލަކާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ. އަހަރެން ލޯބިވީ އީތަން ދެކެޔޭ ބުނަން މަލަކާއަށް ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ. އޭނަޔަށް އެވަރުގެ ހިތްވަރެއް ނުލިބޭނެކަން ޔަގީނެވެ.”މަލާކީއްތަ ވާނީ އެންމެފަހަރަކު ވެސް ބުނެލިނަމަ؟” ޒޫމީ އެބުނި އެއްޗަކުން މަލަކާ ހުރީ ކިޔަން މިއުޅެނީ ކީކޭބާއޭ ހިތަށް އަރާ ހިތާހިތާ ސުވާލު އުފެދިފައެވެ. މަލަކާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ޒޫމީއެވެ.” މަ ބުނަންވީތަ؟ ނޫނީ މަލާ ބުނާނީތަ؟ އަހަރެން މިއީ ކިހާ އެއްކޮށް އުޅުނު ދެމީހުންތަ!، މަލާ ހަނދާން ވޭތަ ކުޑަ އިރު ދެމީހުން އައިސް ކާން ބޯން ތިއްބާ މަލާގެ އައިސް ކުރީމް ވެއްޓުނީމަ މަގޭ އައިސް ކުރީމް ދިން ހަނދާން؟، އެހެން ވީމަ އެގޮތަށް މަލާއަށް ޓަކާ ޒޫ ދޫކުރާނަމޭ ކޮންމެ އެއްޗެއް ވިޔަސް” ޒޫމީ ރީތިބަހުން މަލާޔަށް ވަށް ބަހުން ޖަހައިލިއެވެ.” ޒޫމީ އެކިޔަނީ ކީކޭކަން ހަގީގަކތުގައި ވެސް މަލަކާ އަކަށް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. މަލަކާ އީތަންއަށް މެސެޖު ކުރީ އެހާ ސިއްރުން ވިއްޔާއެވެ. މީހަކަށް އެމެސެޖްތައް ފެނުނަސް މެސެޖު ކުރީ ކާކުކަން އެގޭކަށް ނުހުންނާނެ ވިއްޔާއެވެ. އެހެންވީމާ ޒޫމީ އެކިޔަނީ ކީކޭކަން އެއްގޮތަކަށް ވެސް މަލަކާއަކަށް ނޭގުނެވެ.
” ޕުލީޒު ޒޫ ހުއްޓާލާ! ދެން އެހެންނެއް ނުވާނެ އަބަދުވެސް މަލާ ހުންނާނަން ޒޫ އާ އެއްކޮށް”މަލަކާ ބުނެލިއެވެ. ” ނޫންމަލާ ކީއްވެތަ ހުއްޓަންވީ؟މިއަދަކު ހުއްޓާކަށް ބޭނުމެއް ނޫން! ބުނެބަލަ ދުވަހަކުވެސް މަލާ ދެރަވާނެކަމެއް ޒޫ ކުރިންތަ؟، އަހަރެން ލައިފްގަވެސް އެންމެދެރަވީ ކީއްވެގެންކަން މަލާ އަށް އިގޭތަ؟، މަލާއަށް ރަގަޅަށް އިގޭނެ މަމިކިޔަނީ ކީކޭކަން، މަލާ ކޮންމެހެން ނޭގޭނެ ކަމަށް ހަދާނެކަމެއް ނެތް! އަޑުއަހާތި، އަހަރެން އެންމެ ދެރަވާކަމަކީ މަލާ އެންމެ ލޯބިވާ މީހާޔާއެއްކޮށް މަގޭ ލައިފް ސްޕެންޑު ކުރަން ޖެހުން، އެކަމަކު މަލާޔަށް އިގޭތަ އަހަރެން އީތަން އާ ކައިވެނި ކުރީކީ ލޯތްބަކުން ނޫން އަދި ކައިވެނި ކުރި ވަގުތުގެ ކުރިން ނުވެސް އިގޭ ކައިވެނި ކުރަން ޖެހެނީ އޭނަޔާކަމެއް، އެވަގުތު ވެސް މަލާ ލޯބިވާ މީހަކީ އީތަން ކަން އެގުނުނަމަ އަހަރެން އެކަމެއް ނުކުރާނަން، އަހަރެން އެންމެ ދެރަވީ އަހަރެން ކައިވެނި ކުރިފަހުން ވެސް މަލާ އަހަރެންނަށް ބަދުދުވާ ކުރީމަ! އިރާދަ ކުރެއްވީތީ މަލާގެ ބަދުދުވާ އިޖާބަވެސް ކުރެއްވި! އިގޭތަ ކައިވެނި ކުރި ދުވަހުން ފެށިގެން ވެސް މިއަދާ ހަމަޔަށް ލައްކަ ހާލުގަ އުޅެފިން، އެހެންވީމަ އެއްވެސް ކަމެއް ނޭގޭކަމަށް ހެދޭނެ ކަމެއްނެތް!” މިއަދާ ހަމަޔަށް ޒޫމީގެ ހިތުގައި އޮތް ހުރިހާ އުދާހެއް ނެރެ އެއްލާލީއެވެ. މަލަކާ ހުރީ ބުނާނެ އައްޗެއް ނޭގި ދެފައި މައްޗަށް ތިރިވެފައެވެ. ވާނީ އެހެން ނޫން ހެއްޔެވެ. ހުރިހާ ކަމެއް އެއޮތީ ޒޫމީއަށް ފަޅާ އަރާފައަވެ. އިތުރަށް ކިޔޭނެ އެއްޗެއް މަލަކާ އަކަށް ނެތެވެ.” ޒޫ ހެޔޮ ނުވާނެ ދެން ހުއްޓާލާ، އަހަރެން ގަބޫލް ކުރަން އަހަރެންނަށް ކަންކުރެވުނީ ރަގަޅަށް ނޫންކަން، އެކަން ވެނިމިއްޖެ، އިތުރަށް އެވާހަކަ ދައްކާ ހިތާމަ ކުރަން ނަހަދާ، ދެން އަބަދުވެސް މަލާ ހުންނާނީ ޒޫގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި” މަލަކާ ކިތަންމެ ލަދުގަނެފަ ހުއްޓަސް ހިތްވަރު ކޮއްފާ ޒޫމީ ކައިރި އާދޭސް ކުރާ ހާލު ބުނެލިއެވެ. ޒޫމީ ހުރީ މަޑުމަޑުން ރޯންށެވެ. އެފަކީރުގެ ހިތަށް ވަނީ އެޔަށް ވުރެ ބޮޑަށްއަސަރު ކޮއްފައެވެ. “ޒޫ ޕުލީޒު މަލާޔަށް ދުވަހަކު ކަމެއް ކޮއްދެންނާ، މާޒު ކައިރީގަ ތިވާހަކަ ނުދައްކާ ސިއްރެއްގެ ގޮތުގައި ބާއްވާލަދީ” ޒޫމީގެ ފައިބުޑަށް ވެއްޓި މަލަކާ ސަލާން ޖަހަމުން ބުނެލިއެވެ.”މަލާ މިވީހާތަނަށް ވެސް އެއްވެސް މީހަކު ކައިރިއަކު ނުބުނަން މިވާހަކައެއް އީތަންއަށް ވެސް ނޭގެނެ އޭނާޔަށް މެސެޖު ކުރީ މަލާކަމެއް، މަ އޭނަކައިރީގަ ކާކުތޯ އެހީމަ އޭނަ ބުނީ ނޭގެޔޯ، މަ ރައްޓެއްސެއް ލައްވާ ނަންބާރގެ ވެރިފަރާތަކީ ކާކުތޯ ބެލުވީ، ދެން މަށަށް އެގުނީ އެއީ މަލާގެ މެސެޖް ތަކެއްކަން ” ކަން ވީގޮތް އަލިފުން ޔާއަށް ޒޫމީ ކިޔާދިނެވެ.” އާނ…ޒޫ މަލާ މެސެޖު ކުރިން، އެކަމަކު ޒޫ އާ މެރީކުރުމުގެ މާކުރިން، އޭރު ޒޫ ހުރީ ބޭރުގަ، އަހަރެން އެއްބަސް ވަން ތިހުރިހާކަމަކާ ޒޫ އަހަރެންނަށް އަހަރެންގެ ނަފްސުް ކޮންޓްރޯލް ނުވީ، އެހެންވެ އަހަރެންނަށް އެހާ ދަށުދަރަޖަޔަކަށް ވެއްޓެވުނީ! ޒޫއަށް ވެސް މިހާރު އިގޭނެ މީހަކު ދެކެ ލޯބިވީމަ ވާގޮތް އެގޮތް އަހަރެންނަށް ވީ” މިއީ ހަމަ ތެދެއް މިހެދީ ޒޫ، ޕްލީޒު ދެން ހިގާ މިއީ ނުވާކަމަކަށް ހަދަމާ، ކުރިން އުޅުނު ގޮތަށް އުޅެން ފެށީމަ ހުރިހާ ކަމެއްވެސް ހަނދާން ނެތިދާނެ” މަލަކާ ބުނެލިއެވެ. “މަލާ ތިހެން ބުންނަސް ކިހިނެއް އެކަން ހަނދާން ނައްތާލާނީ، އެއީ އަހަރެންނަށް އެހާ ފަސޭހަކަމެއް ނޫން، ޔަގީނުން ވެސް މަށާ އީތަން އާ މެރީ ކުރި ފަހުން ވެސް މެސެޖު ކުރި، މަލާ ތިހާލޯބި ވާއިރު ކީއްވެ މެސެޖު ކުރީ؟ގާއިމު ޒޫދެކެ އެހާ ލޯބި ވާނަމަ އެހެން ނުވާނެ” ޒޫމީ އަނެއްކާވެސް ސުވާލްކުރަމުން ދިޔައެވެ. އެވަގުތު ކޮޓަރީގެ ޓަކި ތަޅަން ފެށުމުން ޒޫމީ ދެލޯ ފޮހެމުން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު މަލަކާވެސް ހަމަޔަކަށް އެޅެމުން އިން ތަނުން ތެދު ވެއްޖެއެވެ.”އަހަ މާޒިންބެ ލަސްވީތަ؟!” ޒޫމީ ދޮރު ހުޅުވައިލަމުން އަހައިލިއެވެ.”އާނ ވަރަށް ލަސް ވެއްޖެ މަލާ ގެޔަށް ދާންޖެހޭނެ ކުރިން، މަންމަ ބުނި ލަސް ނުވެ ގެއަށް އަންނައްޗޭ، ލަސް ވެއްޖެއްޔޭ ރުޅި ދުރުވާނެ” މާޒިން ހީލަމުން ބްނެލިއެވެ.”އޯއޯ އެހެން ދޯ މަލާދޭ އަވަހަށް! މާޒިންބެ ވަރަށް ގަޑިއަށް ފަރުވާތެރިވާނެ އިގޭތަ؟ އަދި މާޒިންބެ ވަރަށް ބުނާބަހުގެ އިތުބާރު ވެސް އޮންނާނެ” ޒޫމީ މަލަކާ ގައިގައި ބައްދާލަމުން ބުނެލިއެވެ. މަލަކާވެސް ޒޫމީގައިގައި ބައްދާލައިފަ ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ދުވަސްވީ ރަހުމަތްތެރިކަން އަލުން އިޔާދަ ވީތިީ ލައްކަ އުފަލުންނެވެ. ޒޫމީ ވެސް ހުރީ އޭނަގެ ހިތުގައި އޮތްހާއެއްޗެއް ބޭރުކުރެވުނީތީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އެމީހުން ދިޔުމުން ޒޫމީވަނީ ފާހާނަޔަށެވެ. އުފަލުންކަމެއް ދެރަވެގެން ކަމެއް ހުދު ޒޫމީއަކަށް ވެސް ނޭގެއެވެ.
…….(ނުނިމޭ)……
10 Comments
Comments are closed.
first libunee dho mi
Mi part ves kamu dhaane kamah ummeedhu kuran
Nice tankolheh digukoh gennahchey den genna bai all the best
Ya…. v kamudhe
Thanks shaai
Oh wow masha allah v rythi v furihama ??zoo eathan dheke loabinuveyey but bilaal kairyga buni dhw eathan dheke loabiveyey n eynaves buney loabivaa firimyhaayashey dheravaane emyhunge gulhun bust kollaa fiyyaa oh I’m counfiused?? stry v rythi when nxt prt avahah up kollachchey gud nyt ly ???❤❤??????
Thanks khjja assu zoo laobi vey Ethan dheke eyna bunee merry kuri iraku lowbi nuveyoa merry kuraairu lawbi nuviyas merry kureema lowbi vedhaane noon
Kaa ehchehi innaanetha?
aey mistake eh.. kaa ehchehi nuveh innaane dhw Dhimu.. soadhube ah bodah ingeyni?Hehe. Bt owarol kon v reethi mi part ves.
Ekahala mistake thah rangalhu kohlyma vaahaka v furihama vaane