
ސިއްރު ސިއްރުން ހިތޭ…(5)
3 އަހަރު ފަސް…
*************
ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓްގައި ބޯޓް ލޭންޑްކުރުމާއެކު ފަސެންޖަރުން ފައިބާންފެށިއެވެ. އެވަގުތު ނިދިފައި އިން ޒުވާނާއަށް ކެބިންކުރޫގެ ކުއްޖަކު އައިސް ގޮވާލުމާއެކު ހިނިތުންވެލާފައި ތެދުވެ ލަގެޖްތަށް ކޮނޑުގައި އަޅުވާލިއެވެ. އަދި ގަމީހުގެ ގިރުވާނުގައި އަޅުވާލާފައިން ރޭބަން ބްރޭންޑްގެ އަވިއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު، ލާފައިހުރި ހުދުގަމީހާއި ކްރީމްކުލައިގެ ސްކްނީގެ ސަބަބުން އެޒުވާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަރައިވަލް ޓާމިނަލްގައި ތިބި ޒުވާން ކިދިންގެ ލޯތަށް އޭނައަށް އަމާޒްވަމުން ދިޔަނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއްފަދައިން އެދެލޯ ހޯދަމުން ދިޔައީ އެންމެފަރާތެކެވެ.
“ދަރިފުޅާ.. ކާކުތިހޯދަނީ.. ” ކޮޅުކޮޅަށް ލޯހިންގަމުންދަނިކޮށް ސާދިޔާ ގޮވާލުމާއެކު ޝަބީން ފުޅާހިނިތުން ވުމަކާއެކު އެދިމާއަށް އައެވެ. އެވަގުތު އެތާންގައި ހުރި ޖާވިދު ފެނުމުން “ބައްޕަ” މަޑުމަޑުން ޝަބީންއަށް ބުނެވުނެވެ. “މީދޯ މިވާގޮތަކީ.. އެހެންވީމަ މަންމަ މިކޮޅަށް ބަދަލުވީ ވާހަކަދޯ މަންމަބުނަން އުޅުނީ.. ” މިހިރިހާ ވާހަކައެއްވީ ޝަބީންގެ ހިތުގައެވެ.
ވޭތުވެދިޔަ ނަވާރަ އަހަރުދުވަހުގެތެރޭގައި ޝަބީންއަށް އޭނާގެ ބައްޕަ ޖާވިދުމިފެނުނީ ތިންވަނަފަހަރަށެވެ. ޝަބީން ދުނިޔެއަށް އައިރުވެސް ޖާވިދު އުޅުނީ ރާއްޖޭންބޭރުގައެވެ. ހަމަ އެގޮތަށް ސާދިޔާވެސް ރަށަށްގޮސް އެދުމުންވެސް މާލެއަށް ނައީއެވެ. ނަމަވެސް ދަރިފުޅަށްކުރަންޖެހޭ ހުރިހާ ހަރަދެއް ބަރާބަރަށް ޖާވިދުދިޔައީ ކުރަމުންނެވެ. އެހެން އެއްވެސް ކަމެއްގަ ޝަބީން ދަތިވެފައޖ ހުންނާކަށް ނުޖެހުނެވެ. ޖާވިދަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅަށްވީނަމަވެސް އުމުރުން އެންމެ ސޯޅައަހަރުގައި ބައްޕަގެ ވިޔަފާރިއާއި ހަވާލުވާންޖެހުނީ، ވިޔަފާރިދަތުތެއްގައި ތައިލެންޑަށް ގޮސްއުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި މަންމައާއި ބައްޕަވެސް ނިޔާވުމާގުޅިގެންނެވެ.
ޝަބީންމެން އެއަރޕޯޓުން ބްރެކްފާސްޓް ނަގައިގެން ނިކުތްއިރު ނަވާރުމެންވެސް އައިސް މާލެދާން ލާންޗަށް އަރަނީއެވެ. ނަވާރުވެސް އެއައީ ޝަބީންއެކޭއެއްފަދައިން ލިބުން ސްކޮލަޝިޕްގަ ކިޔެވުން ފުރިހަމަކޮށްފައެވެ. ނަވާރު ފެނުމުން ޝަބީން ވަށަައިގެން ބަލާލީ ޖުމާވެސް މިހާރު އަންނާނެކަން އިނގޭތީއެވެ. ނަމަވެސް އެއްވެސްދިމާއަކުން ޖުމާގެ ހިލަމެއްނުވިއެވެ.
ޖުމާކިޔެވުން ނިންމާލާފައި އޮސްޓްރޭލިއާއަށް ބަދަލްވީ މަލީހްގެ އެދުމުގެ މަތިން އޭނައާއި އެކުގައި އެކޮޅުގައި މަޑުކުރުމަށެވެ. އެކަމަށް ނިމާލްވެސް އެއްބަސްވުމާއެކުގައެވެ. މިވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި އެތަށްކަމެއް ވަނީ ބަދަލްވެފައެވެ. ޖުވައިރިޔާ ކުއްލިގޮތަކަށް ނިޔާވުމާއެކު، ޖުމްނާވެސް ކިޔަވަމުން ބައްޕަގެ ވިޔަފާރިއާއި ގުޅިމާއެކު އެތަށް ކުރިއެރުމެއް އެވިޔަފާރިއަށް ވަނީ ލިބިގެން ގޮސްފައެވެ. މިހާރު ނިމާލް އަކީވެސް ދެ ރިޒޯޓްގެ ހިއްސާ އޮންނަ އަދި ތިން ރިޒޯޓްގެ ވެރިއެކެވެ. ދިރިއުޅުން މާލެ ބަދަލްކުރީ އެންމެކުރިންވެސް ނިމާލްގެ މަންމަގެ ގޯތީއޭނައަށް ލިބިފައިވާތީ އެތަނުގައި މިހާރުގެ ޒަމާނީގެއެއް ބިނާކުރުމަށް ފަހުގައެވެ. ޖުމްނާ ކިތަންމެ ކެތްތެރިނަމަވެސް މަންމަނިޔާވުމާއެކު ޖުމާ ވަރަށް ބަލިކަށިވިއެވެ. ނަމަވެސް އެދުވަސްކޮޅު މަލީހްގެ ފަރާތުން ލިބުން ހިތްވަރުގެ ބަސްތަކުން ކިޔެވުމުގެ ރަންވަނައަކަާއެކު ނިމެންދެންވެސް ކެތްކުރީއެވެ. އެއަށްފަހު މަލީހްއާއި އެކުގައި އައުމާށް ބާކީއޮތް ދެއަހަރަށް އެކޮޅަށް ބަދަލްވީއެވެ.
މާލެ އާދެވުމާއެކު ނަވާރުގެ ފޯނަށް މެސެޖް އައުމުން އެބަލާލީ ގެއަށްދިޔަ މަގުމަތީގައި ކާރުގައި އިނދެއެވެ. “ނަވާ.. ނުވެސްބުނަމެއްނު އަންނަ ވާހަކަ.. އެކަމަކު ބީން ދެކުނިން މާލެދާން ލާންޗަށް އަރަނިކޮށް.. މަސައްކަތަށް ނިކުތުމުގެ ކުރިން ހިންގާބަލަ ދިމާވެލަން…” މެސެޖް ކިޔާލުމާއެކު ނަވާރުގެ މޫނުމަތީގައި ދުވެލީ އުފާވެރިކަމުގެ ހިނިތުން ވުމެކެވެ. އެހާދުވަސްވީއިރު ޝަބީން ދެގޮތެއްނުވެ ހުރިކަން އެނގުމުންނެވެ. ” ދަރިފުޅު ހާދަ ހެވިފަ.. ” ޒިޔާދުއަށް ނަވާރުގެ މޫނުމަތިން އުފާވެރިކަން ފެނުމާއެކު އަހާލިއެވެ. އެއާއެކު ނަވާރު ދައްކާލީ ޝަބީން ކޮށްފައި އިން މެސެޖްއެވެ. “އަދިވެސް ޝަބީން ހަނދާން އެބަހުރިދޯ ދަރިފުޅުމަތިން.. އެއީ އެކުރިންނަކީ ދަރިފުޅާ.. ” “ލައްބަ ބައްޕާ ޝަބީން އޭރުވެސް ކިހާ ރަނގަޅުތަ.. ” ނަވާރުމެން ވާހަކައި ތިއްބާ ގެއަށް އާދެވުނެވެ. އޭރު ނާލްއޭނަގެ ދޮންތި އިންތިޒާރުގައި ގޭޓްކައިރީގައި މަޑުކޮށްގެން ހުއްޓެވެ. ސްކޫލް ދުވަހެއްކަމުން އެއަރޕޯޓަށް ނާލް އަށް ނުދެވުމުންހުރީ އެކަމާދެރަވެފައެވެ. “ދޮން.. ހާދަ ޗޭންޖްވެއްޖޭ.. ބަލާލަ މީންދަ ކޮލެއްވެސް.. ” ނަވާރު ކާރުން ފޭބުމާއެކު ނާލްއައިސް ބައްދާލާފައި ކޮލުގައި ހިފައި ގަތެވެ. ނާލް އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ނަވާރު ވެފައިވާ ވަރުބަލި ފިލުވާލަން ކޮޓަރިއަށް ވަނީ ޝަބީންއަށް މެސެޖްކޮށްލާފައެވެ.
ރޭގަނޑުގެ ކެއުމަށް ތައްޔާރުވުމާއެކު ޝަބީންއާއި ޖާވިދުގެ އިތުރުން ސާދިޔާވެސް ކެއުމަށް އިންސާފްކުރަން ފެށިއެވެ. އެވަގުތު ޖާވިދު މުހިއްމުވާހަކައެއް ދައްކަން ބޭނުންވާހަކަ ބުނުމުން ޝަބީންއައި ސާދިޔާ އެކުއެކީގަހެން ބަލާލީ ކޮންވާހަކައެއްހޭ އަހާފަދައަކުންނެވެ. ޖާވިދު ވަރަށް ވިސްނަން ހުރެފައި އެވާހަކަ ފެށިއެވެ.
******
“އެއީމީގެ ނަވާރަ އަހަރު ކުރި.. އަހަރެން އޭރު ސާދިޔާއާއި އިނދެގެން އުޅެމުންވެސް އެހެން މީހުނާއި ރައްޓެހިވިން.. އޭރު އަހަންނަށް ދިރިއުޅުން އެހާމުހިއްމެއްނުވި…އެއޮއްވަރަށް މީހުނާރައްޓެހި ވީއިރުވެސް މީހަކާ އިންނަހިޔާލެއް ނާދޭ.. އެކަމަކު ގުރާދުއަށް ދެމަހަށްދިޔަ ދަތުރުގަ ފެނުން އަންހެނަކާ އަހަރެންއިނިން.. އޭނަގެ މައިންބަފައިންވެސް ރުހި ގަބޫލު.. ނަމަވެސް އެކައިވެންޏަށް ދެވަނައަށް ވީދުވަހު ހަބަރުލިބުނީ ސާދިޔާބަނޑުބޮޑުކަން.. އެހެންވެ އަހަރެން އޭނަކޮށްދޭ އެއްކަމެއްވެސް ކަމުދާކަމަށް ނުހެދިން އެހެން ގޮސް ކައިވެންޏަށް ފަނަވަނައަށް ވީދުވަހު ހައިޖާނުގަނޑު ބޮޑުވުމުން އޭނަ ވަރިކޮށްލާފަ އަހަރެންމާލެދާ އެރަށުބޯޓުގަދިޔައީ.. ދަމުން ބުނިން ދުވަހަކުވެސް ނުހޯދުމަށް… އަދި އަދަށް ދާން ދެންވެސް އޭނަގެ ހަބަރެއްނުވޭ.. އެކަމަކު އެގޮތަށް މީހަކާދޭތެރޭ ކަންތަށް ކުރެވުމުން މިއަދު އަހަރެން ވަރަށް ދެރަވޭ.. ” ލޮލުން ފައިބާ ތައްޔާރުވެފައިވާ ކަރުނަތަށް ކޯތާފަތް މައްޗަށް ދޫކޮށްލަމުން ޖާވިދު ވާހަކަ ނިންމާލިއެވެ. “އަހަރެންބޭނުން އެއާއިލާގެ ކިބައިން މާފަށް އެދެން.. ކީއްވެތަ އެއްޗެކޭނުބުނީ.. ސާދިޔާ..” ސާދިޔާ އިންގޮތް ފެނުމުން ޖާވިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހާވަރުން ކިޔައިގެން ސާދިޔާ އަދި މާލެގެނެވުންތާ މިވީ އެންމެ ފަސްމަސްދުވަހެވެ. ނަމަވެސް މިދެކެވުނު ވާހަކައިން ސާދިޔާ މާލޭގައި އިތުރަށް މަޑުނުކޮށްފާނެތީ ޖާވިދު ހިތް ބިރުން ގަތެވެ. ” ޖާވިދު މީހަކާއިނުން އެއީ މައްސަލައެއްނޫން.. ދެއަނބީން ގެންގުޅޭނެހާވެސް ފެންވަރު ޖާވިދުގައިގަ އެބަހުރި.. އެކަމަކު އަހަންނަށް ދެރައީ އެމީހާއަށް ތިހާބޮޑުދެރައެއްދިނީމަ.. ޖާވިދުޖެހޭނެ އެމީހާގެ ހިތްހަލާލުހޯދަން އެރަށަށް ގޮސްގެން ނަމަވެސް .. ” ސާދިޔާ ހިތުގައިޖެހިފަ ހުރިވަރުން ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. “އަހަރެން ސާދިޔާގެ ތިއެދުން އިންޝާﷲ ފުއްދަދޭނަން.. ހަމައެކަނި ސާދިޔާގެ އެދުމަކަށްނުން.. އަހަރެންވެސް ބޭނުން ކުރެވިފައިހުރި ކުއްތަކަށް ތަޢުބާވެ ﷲ އެންގެވި ހެޔޮމަގުގަ ފައިތިލަ ސާބިތުކުރަން.. ” މިހެންބުނުމާއެކު ޝަބީން ހީލާފައި އޭނަގެ ބައްޕައަށް ސާބަސްދިނީ އެބައްޕައަށް ހެޔޮވިސްނުން ދެއްވީތީއެވެ.
ނަވާރު ލޯގަނޑު ކުރިމަތީގައި ހުއްޓިލާފައި ލައިގެންހުރިހެދުން އަދި އެއްފަހަރު ބަލާލިއެވެ. “މިހާރު އެހެރަގެން އަށެއްޖަހަނީ.. އަދިވެސް ހަބަރެއްނުވޭ..” ހިތާހިތުން އެހެން ކިއަމުން ނިކުތް ނަވާރު ފެނުމާއެކު ނާލް “ދޮން މިރޭ ހާދަރީތިވެގެން ކޮންތާކަށް.. ” ހޭ އަހާލިއެވެ. ލާނެތް ފާޑަކަށް ނާލްހީގެން ހުރުމުން ނަވާރުއަށްވެސް ހޭންފެށުނީ ވީރަތްކެއްގެ ބޮޑުކަމުންނެވެ. އެވަގުތު ފޯނެއްއައުމުން ސޯފާގައި އިން ޒިޔާދަށް އަވަސްނަޒަރެއްދެމުން “އަޅުގަނޑު ދަނީ..”އޭ ބުނުމާއެކު ނަވާރު ހިނގައިގަތެވެ. އޭރު ބޭރުގައި ޝަބީިން އިންތިޒާރުގައި ހުއްޓެވެ. ނަވާރުފެނުމާއެކު “މާޝާﷲ .. މާޝާﷲ” އޭ ޝަބީން ބުނެލިއެވެ. “އަޅެ ޝަބީން ވެސް ހަމަ އެހާ ރީއްޗޭމިރޭ.. މާޝާﷲ.. ” ނަވާރުވެސް ދެރަނުވާން ބުނެލިއެވެ. “ހޫމް ދެންވެސް ނުއިނދެ އަރާބަލަ.. ” ނަވާރު ބަލަންއިނުމުން ޝަބީން އަވަހަށް ސައިކަލްގެ ފަހަތަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ދެކުދިން މާލޭގެ އެކިމަގުތަކުގައި ބުރުޖަހާލުމަށްފަހު މަޑުކޮށްލީ ޗައިނާ މޯލްޑިވިސް ފްރެޝިޕް ބްރިޖްހަދާދިމާ ކައިރީގައެވެ. ހިތްގައިމު މާހައުލެއްކަމުން އެކަކުއަނެކަކަށް ކުރީގެ ވާހަކަތަށް ދައްކާލަން ތިބެވުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ދެއެކުވެރިން އެކީގައި އުފާވެރިވަގުތުތަކެއް ހޭދަކުރުމަށްފަހު އެރޭވަކިވީ ރޭގަނޑުގެކެއުން ވެސް އެކީގައި ކެއުމަށްފަހުގައެވެ. ” ދެންބުނެބަލަ ކޮންއިރަކު ނަވާ ޖޮބްކަންތަކާ އުޅެނީ… ” ޝަބީން ނަވާރުގޮވައިގެން އައިސް ގޭދޮށުގައި ސައިކަލް މަޑުކޮށްލުމަށްފަހު ސުވާލުކޮށްލިއެވެ. “އަދިނޭންގެ .. ބައްޕަބޭނުންވަނީ ބައްޕަގެ ބިޒްނަޒް ނަވާއާ ހަވާލުކޮށްފަ ރެސްޓް ކުރަންށޯ.. ހަމައެކަނި މުހިއްމު މީޓިންތަކަށް ދާނަމޯ.. އެހެންވެ މިމަޑުކުރަނީ މާދަމާވެސް ބައްޕަބުނީމަ ނިކުންނަންވީ ހަމަ.. ” ނަވާރުއޭނަ ނިންމައިގެން ހުރިގޮތް ހާމަކޮށްލިއެވެ. “އަހަރެންގެ ބައްޕަގެވެސް ނިންމުންހުރީ ތިހެން .. އެހެންވެ އަހަރެންވެސް ދެކޮޅެއްނަހަދަން.. އެހެންވީމަ މިހަފްތާގަ ނުނިކުންނަންޔާވާނެ ފްރައިޑޭގަ ހުޅުމާލެއަށްދާން.. ” ޝަބީން މިހެންބުނުމާއެކު ނަވާރުބޯޖަހާލުމުން “ގުޑްނައިޓް” އޭ ބުނެ އަވަހަށް ގެއަށް ދިއުމަށް ސައިކަލްދުއްވާލިއެވެ. ނަވާރުވެސް ޝަބީންގޮސް ލޯމަތިން ގެއްލެންދެން ބަލަންއިނުމަށް ފަހު ގެއަށްވަނީ އާއުންމީދު ތަކަކާއެކުގައެވެ.
ޝަބީން އައިސް ގެއަށްވަންއިރު ސޯފާގައި ޖާވިދުއާއި ސާދިޔާ އޭނަގެ އިންތިޒާރުގައި ތިއްބެވެ. ” ބައްޕާ.. މަންމާ.. ކިހިނެއްވެފަތޯ.. އަނެއްކާ އަޅުގަނޑުމާލަސްވީތޯ..” ހާސްވެފައި އައިސް ސޯފާގައި އިށީންނަމުން ޝަބީން އަހާލިއެވެ. “ދަރިފުޅާ ބައްޕަ ވާހަކައެއްދައްކާލަން… ” ސާދިޔާމިހެންބުނި އިރުވެސް މޫނުމަތީގައިވާ ހާސްކަން ފިލާނުދެއެވެ.
18 Comments!
Comments are closed.
Reethi… shabeen aa maleeh vaanee brothers ah dhw?
Thank you dear nern… hehe vaagotheh balamaa hingaadhw.. ??
nice but then kinineibaavaaii dn dn dn whn nxt part?/.,’;:]}
Thank you dear loverssss .. hehe next Tuesday ga… keep waiting???
Assalaam alaikum kihinehtha hurihaaa kiuntherin..
Miothee 5 vanabai.. unmeedhukuran kamudhaanekamah.. so kamudhanyaa leave a comment oki.. ❤?? loves… ?
Liaa… Story is soooooo nice… Vvv kiyaa hihvey… Eagerly waiting for the next part…
Story vvv nice… Sry kurin kuri commentga mistakeh innaany name liyumuga.. Keep it up Layaa..
v reethi mipartvess???well done layaa alhey dhen vaany kihinehbaa??waiting ga mihury next part kiyaalaahithun??
Varah salhi ingey mi part vx..nxt part ah waiting waiting waiting ?????
Kaiveni yah dhevana ah v dhuvahu bandu bodu v?
Dhoshy abi preg vi vaahaka ey eothy
Hey layaaa… v v nice mi part vx…?
i think shabeen and navar shares the same father 😛 dhww
Guraidhoo in in meehayaa kaiveni kurithaa 2 vana dhuvahu saadhiya bandu bodu kan engunee….
Story v v reethi
Mi part wes warah reethi❤ waiting for the next part
Nawaaru eii girl nameh noonehnu.. e name change kohba plxx.. some tymes confuse wey ehn inyma
Nawaaru ae grl name eh