ސިއްރުން މިހިތާ ކުޅެނީހޭ (އެގާރަވަނަބައި)
ހިތްހަމަ ނުޖެހިފައި ހުރި މިކްޔަން ހުޅުމާލެއަށް ދިޔައެވެ. “ހަލޯ ނަޝް. ފައިބަބަލަ ތިރިއަށް” ނަޝްވާމެން ގޭ ކައިރި ހުރެ ނަޝްވާއަށް މިކްޔަން ގުޅާލިއެވެ.
“ކީއްވީ؟” ގޭގެ ދޮރު ލައްޕާލަމުން ނަޝްވާ މިކްޔަންއަށް ބަލާލަމުން އަހާލިއެވެ. “ހިނގާބަ” މިކްޔަން ނަޝްވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކީއްވީހޭ އަހާ އަހާވެސް މިކްޔަން ވީގޮތެއް ނުބުންޏެވެ.
މިކްޔަން ގޮސް ހުއްޓުނީ މީހުން އެއްގޮތަކަށްވެސް ގޮސް ނޫޅޭ ހިސާބަކަށެވެ. “ކިހިނެއްވީ. ނުވެސް ބުނެލަ ކުއްލިއަކަށް ތިއައީ؟” މިކްޔަން އާ ކުރިމަތިލަމުން ނަޝްވާ ބުނެލިއެވެ. “ހަމަ އައީ ވާހަކަ ދައްކާލަން” މިކްޔަން ބުނެލިއެވެ. “އަހަރެންވެސް އެބެއް ވާހަކައެއް ބުނަންވެފައި” މިކްޔަން ނަޝްވާއަށް ބަލާލީ ކޮންވާހަކައެއްހޭ އަހާފަދަ ގޮތަކަށެވެ.
“ޔަން އަހަރެން ބޭނުމެއްނޫން ދެން މިގުޅުން ކުރިއަށް ގެންދާކަށް. އަހަރެން ޔަން ދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އެކަމް އަހަރެމެންނަށް މުސްތަގުބަލެއް ފެނޭތަ؟ ނޫން. މިކްޔަންގެ އަނބިމީހާ ގޮތުގައި ޔާނާ ހުރިހާ ހިނދަކު އަހަރެންނަކަށް މިކްޔަންއާ އެކީއެއް ނޫޅެވޭނެ.” ނަޒީހް ބުނިގޮތަށް ނަޝްވާ ވާހަކަ ފެށިއެވެ. މިކްޔަން އަމިއްލަ ބޮލުގައި އަތް ހިންގާލިއެވެ.
“އަހަރެންނަކަށް އޭނަ ދޫކޮށްލެވޭކަށް ނެތޭ ނަޝް” މާޔޫސް ކަމާއެކީ އާލިމާ މެން ދެއްކިވާހަކަ މިކްޔަން ނަޝްވާއަށް ކިޔާދިނެވެ. “އެހެންވިއްޔާ އަހަރެން މަތިން ހަނދާން ނައްޓާލާ” ނަޝްވާ ފަސް އެނބުރި ދިޔުމަށް ހިނގައިގަތެވެ. “އަޑުއަހާބަލަ” ނަޝްވާގެ އަތުގައި ހިފާ މިކްޔަންއާ ކޮޅަށް އަނބުރާލަމުން މިކްޔަން ބުނެލިއެވެ.
“އަހަރެންނަށް އޭނަ ދޫކޮށްނުލެވުނަސް އޭނައަށް އަހަރެން ދޫކޮށްލެވިދާނެއޭނުން” މިކްޔަން މިހެން ބުނުމުން ހައިރާންވެފަ ހުރި ނަޝްވާ މިކްޔަންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. “ތިބުނީ؟”
“މިބުނީ. އޭނަ އަމިއްލޭން އަހަރެންދޫކޮށްލާފައި ދާގޮތް ހަދާނީ” މިކްޔަން މިހެން ބުނުމުން ނަޝްވާ އަވަސް އަވަހަށް ކިހިނެއްހޭ އަހާލިއެވެ. “ޖަސްޓް ވެއިޓް އެންޑް ވޮޗް ބޭބީ” މިކްޔަން އުޅުނީ ނަޝްވާ ގައިގަ ބައްދާލާށެވެ. ނަމަވެސް ނަޝްވާ މިކްޔަން ދުރަށް ލިއެވެ. “އަހަންނާ އެކީ ސްލީޕް ކުރަންތަ ތިވިސްނަނީ؟” މިކްޔަން ހިނިގަނޑެއް ޖަހާލިއެވެ.
“ނޫން ނަޝް. ފިލްމް ތަކުގައި ވެސް މީހުން ދުރުކުރުވުމަށް އަބަދު މީހަކާ އެކީ ސްލީޕް ކުރާނީ. ދެޓްސް ޓޫ އޯލްޑް. އަހަރެން ބޭނުމީ ތަފާތު ކަމެއް ކުރަން. ސިމްޕަލް އެންޑް ސްވީޓް ކޮށް” މިކްޔަން ބުނެލީ އަޒުމަކާއެކީއެވެ. “ކޮން؟” ނަޝްވާ އަހާލިއެވެ. މިކްޔަން އޭނަ ކަންތައްކުރަން އުޅޭގޮތުގެ ވާހަކަ ކިޔާދިނެވެ.
އަޑުއަހަމުން ދިޔަ ނަޝްވާ އިސްދަށަށް ޖަހާލިއެވެ. ތިހެން ވިއްޔާ ޔާނާ ހާދަ ދެރަވާނެއެވެ. އޭނަގެ ހިތް ކުދި ކުދި ވާނެއެވެ. ދެވަނަ ސިކުންތުގައި ނަޝްވާ ދެލޯ މަަރާލިއެވެ. އަހަންނަށް މުހިއްމީ ނަޒީހް އެވެ. އެ ޔާނާއެއްނޫނެވެ. ޔާނާއަށް ކޮންމެގޮތެއް ވިޔަސް އޭނައަށް ހެވެވެ. ނަޝްވާ މިކްޔަންއާ ދިމާލަށް ބަލާލުމަށް ފަހު ހިނިތުންވެލީ މިކްޔަން ކުރަން އުޅޭ ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
****
“ޕޮހޯ” ޓީވީއަށް ގެެއްލި ހުސްވެފައި އިން ލާރާ ސިހުނީ ޔާނާ އައިސް ސިއްސުވާލުމުންނެވެ. “ދޮންތާ” ލާރާ ތެދުވެ ޔާނާ ގައިގައި ބައްދާލިއެވެ. “އާދެވިއްޖެ ދޯ. ދޮންތަ އަންނަން ދެން މިއިނީވެސް” ލާރާ ޔާނާއާ ދުރުވެލަމުން ބުނެލިއެވެ. “ދަރިފުޅާ” ޒިޔާދު ގޮވާލިއަޑަށް ޔާނާ ފަސްއެނބުރި ބަލާލިއެވެ. ޒިޔާދު ފެނުމުން ޔާނާއަށް ރޮވެން ފެށުނެވެ. “ޑޭޑް” ޔާނާ ގޮސް ޒިޔާދު ގައިގައި ބައްދާލިއެވެ. “އަނހާ ނުރޯނެޔޭ ޑޭޑްގެ ރަންދަރިޔާ” ޔާނާ ދެލޯ ފޮހެލުމަށްފަހު ޒިޔާދުއާ ދުރުވިއެވެ. “ރަނގަޅުތަ ގޭ މީހުން؟ މިކްޔަން ކިހިނެއް؟ ޔާނާއަށް ރަނގަޅުތަ މިކްޔަން؟” ކޮޓަރިން ނިކުމެ އައި އާޝިއާ ބުނެލީ އައިސް ޔާނާގެ ބުރަކަށީ ފިރުމަމުންނެވެ. “ވަރަށް ރަނގަޅު މަންމަވެސް ބައްޕަވެސް. ވަރަށް ކެއާ ކުރޭ. ޒާއިންވެސް ވަރަށް ރަނގަޅު. ވ ރަނގަޅު ފެމިލީއެއް” ޔާނާ ހިނިތުންވުމާއެކީ ބުނެލިއެވެ. “ދެން ދޮންތަބެ؟” ޔާނާ ސުވާލުގެ ޖަވާބު ފުރިހަމައަށް ނުދިނުމުން ލާރާ ކުރިޔަށް ޖެހިލާ އަހާލިއެވެ. “މިކްޔަންދެން ރަނގަޅު ވާނޭނު. ތާކަށް ދާން ދޮ ތިމީހުންތިއުޅެނީ. ތައްޔާރުވެގެން ހުރީމަ” ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. “ތި މީހުނެއް ނޫން އެއްމެން. ޕިއްޒާ ބޯނާއަށް ޕިއްޒާ ކާން. ކުރިންވެސް ވަރަށް ދަމޭނުން” ލާރާ ބުނެލިއެވެ. ތެދެކެވެ. އެއަކީ އެއްމެންގެ ވެސް ފަވަރިޓް ތަނެވެ. އާޝިއާވެސް ޕިއްޒާ ކެއުމަށްނުލަހިކު ފޯރި ހުރެޔެވެ. “އެހެންވެ ހިނގާ ދާން” ޔާނާ ހިނިތުންވެ ހުރެ ބުނެލިއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތާމަތައް މަތިން ޔާނާ ހަނދާން ނެތުނެވެ.
****
ގެއަށް ވަން ނަޝްވާ ފުރަތަމަވެސް ކަން ވީގޮތް ނަޒީހް އަށް ކިޔާދިނެވެ. ފޯނުންނެވެ. ނަޝްވާ އެއްމެއުފާވީ ނަޒީހް ގެ އަޑުން ވެސް ނަޒީހް ހިތްހަމަ ޖެހިފައި ހުރި ކަން އިނގޭތީއެވެ. ނަޝްވާއަކީ ކުރީގައި ރަނގަޅަށް އުޅުނު މީހެއް ނޫނެވެ. ފެންނަ ކޮންމެ ފިރިހެނަކާއެކީ ގުޅުން ހިންގައެވެ. ނަމަވެސް މީގެ 3 އަހަރު ކުރިން އޭނައަށް ވަނީ ރަނގަޅު މަގު ފެނިފައެވެ. ކުރީގައި އުޅެވުނު ގޮތް ގޯސްވުމުގެ ސަބަބުން އަދިވެސް މީހުން އޭނަ ދެކެ ފޫހި ވެއެވެ. ނަޝްވާ އެކަމާ ހިތާމަ ނުކުރާ ރެއެއް މަދުވާނެއެވެ. އޭނަ ނަޒީހްއާ ރައްޓެހިވީ މީގެ 2 އަހަރު ކުރިންނެވެ. ފުރަތަމަ ނަޒަރުން ވެސް ނަޒީހް ކަމުދިޔައީއެވެ. ނަޒީހް އާ ބެހޭގޮތުން ނަޝްވާއަށް ގިނައެއްޗެހި ނޭނގުނަސް ނަޝްވާއަށް ހެޔޮކަމަށްހުރެވެނީ ވާލޯތްބެއްގެ ބޮޑުކަމުންނެވެ.
ކިތަންމެ ފަހަރަކު ކައިވެނި ކުރަން ނަޒީހް ކައިރި އެދުނު ނަމަވެސް ނަޒީހް ދެނީ ބީރުކަންފަތެކެވެ. ނުވަތަ އަދި މާއަވަހޭ ކިޔާ ވާހަކަ އޮޅުވާލަނީއެވެ. އެއްމެ ފަހުން ނަޒީހް އެދުނީ މިކްޔަން އާ ރައްޓެހިވުމަށެވެ. އޭނާގެ ކޮންމެވެސް މަގުސަދެއް ހާސިލް ކުރުމަށެވެ. އޭނާގެ މަގުސަދު ހާސިލްވެއްޖިއްޔާ ނަޒީހް ވަނީ ނަޝްވާއާ އިނުމަށް އެއްބަސް ވެފައެވެ. ނަޒީހް ގެ މީހަކަށް ވުމަށް ބޭނުންވެފައި ހުރިވަރުން ނަޝްވާއަށް އެކަމަށް އާއެކޭ ބުނެވުނީއެވެ.
****
މިކްޔަން ގެއަށް ވަދެ މުޅިގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ސޯފާގައި ޓީވީ ބަލަން އިން ޒާއިން ނޫން މީހެއް ނުފެނެއެވެ. “ޔާނާ ކޮބާ؟” މިކްޔަން ޒާއިން ކުރެން އަހާލިއެވެ. ޒާއިން ފާޑަކަށް މިކްޔަންއާ ދިމާލަށް ބަލާލިއެވެ. “އެއަކީ މިކްޔަންގެ އަންހެނުން. އޭނަ ވާ ތަންތަން އިނގެންޖެހޭނީ މިކްޔަންއަށް” ޒާއިން މިހެން ބުނެ ތެދުވެ ކޮޓަރިއަށް ވަނެވެ. މިކްޔަން ޒާއިން ދިޔަ ދިމާލަށް ބަލަންހުއްޓެވެ. އޭނާގެ ލޯބިވާ ކޮއްކޮ މިހާ ދުރުވުމުން އޭނާ ހާދަ ދެރަވެއެވެ. މިކަމުގައިވެސް ކުއްވެރިވާނީ އެޔާނާއެވެ.
ހުއްޓުންއަރާފައި ހުރި މިކްޔަން އަށް ކުއްލިއަކަށްފެނުނީ ޔާނާ އޭނާގެ ކުރިމަތިން ހުރަސް ކުރަނިކޮށެވެ. މިކްޔަން އަވަސް އަވަހަށް ޔާނާގެ އަތުގައި ހިފާ ލުއްކެއް ޖަހާ މިކްޔަންއާ ކޮޅަށް އަނބުރާލިއެވެ. “ކޮންތާކުން ތިއައީ. އަހަރެން ކައިރި ބުނެފައޭ ދާންޖެހޭނީ. އަހަރެން މީ ޔާނާގެ ފިރިމީހާކަން އިނގެންޖެހޭނެ” ޔާނާގެ ދެލޯބޮޑުވިއެވެ. މިހަމަ މިކްޔަން ހެއްޔެވެ. ނަޝްވާ މީނައަށް ކޯއްޗެއް ކާންދިނީބާވައެވެ. “ކޮންތާކުން ކަން ދެންވެސް ބުނޭ” މިކްޔަން ސުވާލު ތަކުރާރު ކޮށްލިއެވެ. “ގެއަށް ގޮސްލާފައި” ޔާނާ މަޑުމަޑުން ބުނެލިއެވެ. މިކްޔަން ޔާނާގެ އަތުން ދޫކޮށްލިއެވެ. “ދެންވެސް ބުނެފައި ދައްޗޭ” މަޑުމަޑުން ޔާނާގެ ކޮލުގައި ޖަހާލުމަށް ފަހު މިކްޔަން ކޮޓަރިއަށް ދިޔައެވެ. ޔާނާ ހުރީ ރަނގަޅަށްވެސް ވާނުވާގައެވެ. އަނެއްކާ މިކްޔަން ސަމާސާ ކުރަނީ ބާވައެވެ. މިކްޔަން ދިޔަދިމާލަށްބަލަން ޔާނާ އަށް ހުރެވުނެވެ.
*****
އެނދުމަތީގައި އޮތް ޒާއިން އޮތީ ފޫހިވެގެން ހަލާކުވެފައެވެ. ލާރާއާ ދިމާނުވާތާ އެއްދުވަސް ވީއެވެ. އަހަރެން މިހާވަރަށް އޭނަ މަތިން ހަނދާންވާއިރު އޭނާ ހަނދާން ހުރޭބާވައެވެ. *ހޭ ލާރާ. ކޮބާ ކަލޭ .ކިހިނެއް* އެއްމެ ފަހުން ޒާއިން މެސެޖެއްފޮނުވާލިއެވެ.
*މިހިރީއޭ ގޭގަ. ހަމަ ފިޓްއޭ* ލާރާގެ ރިޕްލައި އައީ ހީވެސް ނުކުރާހާ އަވަހަށެވެ. *އުޅެންވީނުން ދިމާވާން އެހެންވެ* ޒާއިން ފޮނުވާލިއެވެ. *އަހަންނަށް ލަނޑެއް ނުދެވި ގިނަދުވަސް ވީދޯ* ލާރާ ރިޕްލައި ކޮށްލިއެވެ. *ނޫނޭ ހަމަ މިސްވާތީ*
*މިސްއެއް ނުވާނެ.. އެކަމް ދެން އޯކޭ. 8 30 ގައި ރަސްފަންނަށް. ބާއި ސީޔޫ*
ޒާއިން ދެފަރާތަށް ބޯހޫރާލިއެވެ. އަނެއްކާވެސް ގަޑި ކިޔާ ފައިނަލްއެކޮށްލީ އަހަރެން އޯކޭތޯވެސް ބަލާނުލައެވެ. އެއަކީ ލާރާގެ މިޒާޖު ކަން ޒާއިންއަށް އިނގެއެވެ. ހިނިތުންވެލެވުނީ އެހެންވެއެވެ. ޒާއިން ތެދުވެ ފެންވަރާލުމަށް ދިޔައީ 8 30 ވާން މާކަށްގިނައިރު ނެތުމުންނެވެ.
*****
ޔާނާ ސިއްރުސިއްރުން ކޮޓަރިއަށް ބޯދިއްކޮށްލުމަށްފަހު މިކްޔަން ކޮބާތޯ ބަލާލިއެވެ. “ކޯއްޗެއް ތިހޯދަނީ ވަގެއްހެން؟” ޔާނާ ސިއްސައިގެން ދިޔައީ ކައިރިން މިކްޔަންގެ އަޑު އިވުމުންނެވެ. ހަމައެކަނި ތުވާލި ގަނޑެއް އޮޅާލައިގެން ހުރި މިކްޔަން ހުރީ ފާޑަކަށް ހިނިތުންވެފައެވެ. ޔާނާ އެއްޗެކޭ ނުބުނެ ގޮސް ސޯފާގައި އިށީއިނދެލުމަށްފަހު ފޯނު ނަގައި ކުޅެން ފެށިއެވެ.
މިކްޔަން ޖިންސެއް ނަގައި ލުމަށްފަހު ގޮސް ޔާނާއާއި ޖެހިފިތިގެން އިށީއިނެވެ. ޔާނާތޯއެވެ. ވަގުތުން ދުރަށް ޖެހިލެވުނެވެ. މިހާރު މިކްޔަން އުޅޭގޮތުން ޔާނާ ގަންނަނީ ބިރެވެ. މިކްޔަންގެ ސިއްހަތު ސަލާމަތުން ހުރިހެންވެސް ހިޔެއްނުވެއެވެ. ޔާނާގެ އަތުގައި މިކްޔަން ހިފާލިއެވެ. “ޔާނާ އައި އޭމް ސޮރީ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން ބޭނުން ލޯބިން އުޅެން.. އާފްޓަރ އޯލް ވީއާ މެރީޑް އޭނުން. އަހަރެން ނަޝްވެސް ދޫކޮށްލާފިން. ގިވް މީ އަ ޗާންސް ޕްލީޒް” ޔާނާ ހުރީ މިކްޔަން ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. ނަމަވެސް މަޑު މަޑުން ބޯޖަހާލިއެވެ. މިކްޔަން އުފަލުން ޔާނާ ގައިގައި ބައްދާލިއެވެ. ޔާނާގެ މޫނުމަތިން ހައިރާންކަން ފެންނަ އިރު މިކްޔަން ހުރީ ވިހަގޮތަކަށް ހިނިތުންވެލާފައެވެ.
****
ޒާއިން ރަސްފަންނުގައި ހުންނަތާ 10 މިނެޓް ވީއެވެ. އަދި ލާރާ ދައްކާނުލައެވެ. “ލަސް ވެއްޖެދޯ” ޒާއިން ކައިރި ހުއްޓެމުން ލާރާ ބުނެލިއެވެ. “ނޫނޭ އަދި މާއަވަސް” ޒާއިން ބުނެލިއެވެ. ލާރާ ފާޑަކަށް ކަޅިއަޅާލިއެވެ. ދެމީހުންގޮސް ޕޮޕްކޯންކޮތަޅެއް ގަތުމަށް ފަހު ގޮސް އުނދޯލީގައި އިށީއިނދެލިއެވެ.
“ހޫމް. ސޯ ޔޫ މިސްމީ؟” ލާރާ ބުނެލިއެވެ. “ހަހަ. ނޯ. މީހުންގެ ޖީއެފް އެއްމަތިން އަހަރެމެން ހަނދާން ނުވާނެ” ޒާއިން މިހެން ބުނުމުން ލާރާ ހިނިގަނޑެއް ޖަހާލިއެވެ. “ކާކުތަ އެއީ؟” ޒާއިން ސުވާލުކޮށްލިއެވެ. “މީޓް ކޮށްދޭނަން ވަރަށް އަވަހަށް އިނގޭ” ލާރާ މިހެން ބުނުމުން ޒާއިން ބޯޖަހާލުމަށްފަހު އެހެން ދިމާލަކަށް ނަޒަރު ހިންގާލިއެވެ.
ލާރާ ޒާއިންއަށް ބަލާލިއެވެ. އަހަރެން ނޫނަކަސް މޮޔަ މޮޔަ މީހެކެވެ. އެކަމްވެސް ކިއުޓްއެވެ. ހިނިތުންވެ ހުރެ ލާރާ އަތުގައި އޮތް ޕްޕްކޯން ކޮތަޅު ޒާއިންގެ ބޮލަށް ވަރާލިއެވެ. ލާރާ ހޭންފެށިއެވެ.
“މޮޔަ ވީތަ ލާރާ. އަހަންނާ އުދަގު ނުކޮށް ނުހުރެވެނީތަ. ތި ހިތާވެގެން އުޅޭ މީހަޔާ އެކީ މަޖާކުރަން ދޭބަލަ. އަހަންނަށް ކުރާނެ ކަމެއް ނެތް” ލާރާ ދިޔައީ ސިއްސައިގެންނެވެ. ޒާއިން އަށް މިވީ ކިހިނެއް ހެއްޔެވެ. ޒާއިން ބޯފޮޅަމުން އެތަނުން ދިޔައެވެ.
ލާރާ އިސްދަށަށް ޖަހާލިއެވެ. ޕޮޕްކޯން އެޅުމުން މީހަކު އެހާރުޅި އަންނަން ޖެހޭ ހެއްޔެވެ. ލާރާ އެއްމެ ލަދުގަތީ އެތާހުރި މީހުން ލާރާއަށް ބަލަންފެށުމުންނެވެ. ލަދުގަންވަރުން ލާރާ އަވަހަށް އެތަނުން ދިޔައީ ޒާއިންދެކެ ހިތްހަމަނުޖެހި ހުރެއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
116 Comments!
Comments are closed.





Miothyy 11 vana part… hehe.. oops mi vee kihinehh… yaana and mikyan okay vi iru zaain and laara rulhiaee.. heheheh.. guyx do comment below igeyy ? loves ??❤
Wowwww.. Maasha allah.. Ram this story is just sooooooooooo beautiful.. I jst love it.. Kyp it up dear.. Waiting for the next part..❤
Thankyou nauu … keep waiting ?❤
Yeah, Naufa ge vaahaka hen copy eh nun vyma salhi mythi!
Haadha kurey bt nice ♥️ Me first…
Alhey mifaharu first eh noon.. thankyou leen ❤❤
Reeeeeeeeethi ingey❤
Thankyou nerzz ?❤
Varah loabi haadha cute ey?next part avahah up kohlahchey ram .this story is just tooooooooo cute
Thankyou mai ?❤
Haadha kurey. Miah vure dhigu kohla dheebala Ram plssss. Varah reethi 😀
Dhigeh nuveyey dww ? adhi vx try kuraanan igeyy… thankyou love ?❤
2000 words varu liyunyma okay vaane hehe
Ram liyany phn in so neyge eyy liyeveny kithah words kameh darl.. loves ?❤
Wht do i have to do to rejister
I think esfiya app download kohliyyaa it will be easy i guess..
V reethi ekm haadha kurey…..when next part. Avahah up kohdhehchey
Thankyou lim.. ?❤
When next part
Maadhen ?
whn nxt prt???????????????????,./
Maadhen ??
nice but kury thankolheh plsssssss dhigukobalaaaaaa
Ohh ? try kuran igeyy… thankyou ?❤
Kuru thankolheh dhigukoh plxx… hehe btw vrh lowbii
Ohhh… thankyou igeyy ?❤
Vrh loabi igey ramidies mi story jux hama habu keep it up dear waiting for next part ly
Thankyou darl ?❤
Vrh vrh vrh vrh nice
Thankyou kiyaa ??❤
.. vrh reethi ram … nw this is my fav story
Thankyou so much unaal ??❤
Mi part kuruhen hyvey..but it’s okay.?..konme dhuvahaku kiyaalan libeythi aslu varah happy vey ? mikyan anehkaa kihineh hadhan baa eulheny…dhen inna part varah intresting vaanehen hyvany…konme part eh ga ves shauguverivaa thankolhu hunaathi enme kiyaa hihvany…lots of love to you ram…??????
Thankyou so much .. lets see dww mikyan kuran ulhey kamehh.. hehe.. lots of luv to you too darl ?❤
Im sure zaain loves laaraa.. ehen ve ehaa vareh evany… Btw edhemyhun vrh cute?
I jst love this story??❤❤
Hehe bestie..thankyou love ?❤
Rythi ekam ma kury
Thanlyou darl ?❤
Wowwww…. Awesome… Aslu vx Ram story haadhahaaey reetheee… Mihaaru up kuraa vaahaka thakun enme kiyaahihvany mi vaahaka.. U are a great writer.. Really like loved it…
Thankyou so much.. adhi vx i know kuhthah hureyy so great writer akah nuvaaneynu.. hehe… ekm vaahakaige vaa goiy and Idea great vedhaane.. ?? thankyou so much darling.. v happy vejje.. ?❤
stry v cute.. yaanaa ah dhera eh nudheh chey plxx.. ram ge stry v lobii ekm dhiguukoh genesdheh chey.. kuru v maaa mihaa reethii stry kiyan v kada… hope dhigukon next part genaane kamah…
I m trying and adhi vx kuraanyy.. hehe.. thankyou ?❤
mikyan e ulhenee keekuran baa?? emme fahun yaanaa dheke loabi veveynee dhw Ram???…
Hehe vedhaane aimi.. vaagoiy balamaa dww.. ? thankyou ?❤
vaahaka lieyaa kudin alhe naetha vaahaka thankolhe digu kureveyykae. v v deraveyy abadu miehen kudin kudin kiyaaeruves eislaahu nukuraathiiee. v v nice storyy???
So sorry dear.. thankyou shaan ❤❤
Hei Ram ?
V dhuvas kohlaafa dw mi comment eh kohlevuny
Adhi kiriya nukiyi huri part thah mi kiyaalevuny ?
Vaahaka hama super ? v v v reethi ?
Micky mi ulheny keekuranbas ?? V curious vey eba ?
Zaain ah laaraa dheke loabi vevuny dw haha v cute ❤❤❤
Hei eeeem.. ? yes after long time.. missed you igeyy..? vaagoiy balaalaany dww ? thankyou so much .. ? eeeem ge story akah varah varah wait kuran igeyy… ?❤❤❤
Mi story salhi..bt adhi vx varah kurey buneveynii..I hope next part miah vure dhigukoh genes dheyne kamah…waiting ???
Yes i will try.. thankyou so much darl ?❤
thihen act jahsanikon mikyan ah yaana dheke loabi veveynee… balanthibey… v nice story eh.. keep up the good work..
Hehe nannu.. varah yageen kamaa ekee bunelaafi ? lets see dhimaaveythww dww.. thankyou ?❤
Hey Ramko? varah loabi mi part vx. Hama best inge. ?? Zaai ah loabivevuny dhw laaraa dheke. Varah cute e dhekudhin. Mikyan eulheny plan ehga dhw. So curious to read nxt part. Waiting as usual. Luv yu????
Heii sjk ? lets see dww love.. ❤ thankyou so much ly much more ??
Hi ram hws u..??.Awlheyy mikyan yaana ah kykuran baa eulheni..nd zaain j veedhw..hehe..? ram ur the best writer um so proud of u..keep it up!LY ??
Heii nish ?? i m guud.. you?? Alheyy thankyou so much darling.. loves more and more ?❤?
Mi part ves varah lobi ? ? finally I think zaain ah laara dheke lobi vevijje ??ehen ve ehaa rulhigadha e vee laara ge boy friend eh hunna vaahaka buny ma lol??? so cute love this story and you too ram..??❤❤
Hehehe dww.. thankyou so much ly ?❤
Alhey haadha nice ey mi vaahaka. Ram thank u.
Wc igeyy naan.. thankyou ?❤
mikyan ulheni yaana use kohllan. please dnt hurt her, zaain and lara varah gulhey <3 waiting for the next part. mi nash bust vaani kon iraku tha
Lets see dww dear.. nashva dwww.. higaa balamaa dww knirakun thoa.. thankyou annoying reader ?❤
Vv salhi .ram u r the best.i m really curious to know what nazeeh actually wants .i mean y he want hurt mikyan.
Lets see dww.. i guess dhn varah avahah igeyne.. thankyou so much ?❤
V kiya hithun indha nimuny.laara and zaain so cute.laara dhogu hedhyma eeh mahsalaaky.first time laara and zaain having a serious fight.
Ehn foght thah hama loobin.laara avahah thedhu bunebaa.zaain dhera nukoh??
Hehe.. yes dww.. they are having a serious fight this time.. lets see dww darl.. thankyou so much ?❤
Maasha allah…. v v reethi.. next part avahah up kohlaaaathi…?????
Yes yes nathuu..
Thankyou so much ?❤
Mashaa Allah v reethi mi part ves, bt haadha kurey mi part ves, v v kiyaahiay vey, so dhigukoh up kohdhee plz????????➡??❤
Okayy thankyou darl ?❤
v v reethi
Thankyou darls ?❤
Hyvx nukuran mi story ah thihaa support libeyne kamakah..?? i m so so so happy… ???? love you guyxx a lot.. ???❤❤❤
Wow ram… Haadha reechey mi story n mi baives v furihama.. Zaain ah Laara dheke loabivevuny dhw.. Mikyan yaana ah landu dheyn ulhegen hama mikyan ah kanneynge dhw landu libeyny.. He he..
Hehe ainth.. lets see ?? thankyou so much ?❤
Ram ge mi story ibaaraah kurunthah n sifa kohdhin v v v rythi
Thankyou so much ainth ?❤
Alhey aneh baii netebala a ah ah????
Hehe thankyou ?❤
Awww zaain ah loabivevuny dhw laaraa dheke.. mikyan keehkuran miulheny mihaaru..? waiting for the next part.. Love youuu ram! ❤️?❤️
Lets see dww roo ? thankyou so much.. luvs more ?❤❤
is that lee min ho? omg i love him . and whose that girl? and the other boy? . oh and ram .. story is boooooooooooootiful i love it . this is my first comment in this story . mi vaahaka ah abadhuvess inthizaaru kurevey . i just love it . next part avahah upload kohdhehchey . can’t wait to read it . keep it up ram . love you <3
Yess that lee min hoa ? mine favourite.. ? girl akee suzy ehh.. dhn boy eh neyge ram akah vx.. thankyou so muchh love.. loves more ?❤
Haaadha reechey mi part ves…??❤❤ zaain emme fahun laara dheke loabi vevuny kanneyge..
Hehe hyveyy dww ehn ?? thankyou so much jin ?❤
Omg omg laaaav???? haadha salhi ekey? mikyan ehen makarun ulhenikoh aslah yaanaa dheke loabi veveynee thwcheh dhw anekka?? and laara aa zaain aa dhw??..pls edhekudhim ves gulhuvahchey..eagerly waiting…??dhigukoh up kollumah try kurahchey rampudding?????…ly…bye
Rampudding?? Hehehe.. thankyou so much ?❤
Rythi vahaka ekm hykuran thafaathu story akah vaane kamah..mikyan yaanaa dheke loabi vaany yaanaa ekuga ulhefeshyma.esfiya ga ves ekahala baivaru vahaka liyey hindhi gina drama thakuga ves vany ehen.ekm mivahaka thafaathu kohbala.vahaka liyaale vrh molhu ehenve mibunely.
Thankyou for the opinion darl.. ?❤
Nyc ….hama vaahaka there ah genbign gos feenanikn ey nimeny…hehe..waiting for the next part…ur one of my favourite??
Thankyou so so so much eshal ?❤?
Alhey avahah nerenala ramoo mivaahaka ge anhbaii kiyaa hithunn anadhu belenii nerefitho??
Hehee… haveerah veythww mi balanyy.. gaimuvx 7 30 ge kurinn igeyy
Vaahaka v reethi..ekamaku liyumuge mistakes thah v gina..sukunthah annanjehey thanthan kommeves fiyyakah dhamaafa hurey…
Dhn ragalhu kohlaanan.. thankyou darl ?❤
mibaivess varah salhi
Thankyou ino ?❤
Booootifoool ⚠❤❤❤❤
Thankyou darl ?❤
Huvaa. ..reehchey mi part vx …???
Thankyou anonymous ?❤
RAMKO hama waiting a ingeyy kiyaa hithun. hehe 😀 😉
❤❤
kobrr aneh part??
Upkohfin ?
Kobatha next part
Upkohfin ?
ram…where is nxt part?
plx avahah up kohba… ???
Upkohfin ?
Alhe 19:30 vejje still upload nuvey.. refresh kurany mi hama
Awwn ❤
Kobaaa avahah upkohdhyyyba plxxxxxxxxxxxxxxxxxxxxxxxxxxxxxxx
Alheyy.. upkohfin ?
Ram alhe 8 30 vx vegen dhiyaee eoh up kohdhybaa plx…haadha reechey story ga vaa going..
Awwn thankyou so much ?❤
Mihaaru 20 50 veje alheh avas knbah plx ramuu plx I can’t wait anymore plx dear plx