Skip to content
އެސްފިޔަ

ކުށްވެރި ލޯބި 2

   އިޒާން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލަމުން ސޮރީއޭ ބުނެލިއެވެ. އަހަރެންނަށް ހުރެވުނީ އިޒާންގެ އެރީތި މޫނުއެހާ ގާތުން ފެނުމުން އެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. އިޒާން ދެބުމަ ގޮށްޖަހާލަމުން އަހަރެންގެ މޫނު ކުރިމަތީ ފުއްޓަތްކެއް ޖަހާލިއެވެ. “ޔޭ.. އަމް މް އި އިޓްސް އޯކޭ” ހަމަބިމަށް އާދެވުމާއި އެކު ކޮށަކޮށައިގެން އަހަރެންނަށް ބުނެލެވުނެވެ. އިޒާން އެއްމިޔަކަނުން ހީލަމުން ދާން ހިނގައިގަތެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު އައިސް އަހަރެންގެ އަތުގައި ހިފުމުންނެވެ. ތޫލި އަޑަކުން ހަޅޭއްލަވައި ގަންނަމުން އަހަރެން އެއީކާކުތޯ ބަލާލީމެވެ. ބަނޑުގައި އަތް އަޅައިގެން އަހަރެން ކައިރީ ހޭން އޮތް ފިރުޝާ ފެނި އަހަރެން އޭނަ ގައިގައި ބޮނޑިއެއް އަޅާލީމެވެ. “އަދިވެސް ހެވޭތޯ ބަލާ. މައެ ބިރުން ނެތް ގޮތެއް” މޫނު މައްޗައް ރުޅިވެރިކަން ގެންނަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ. “ސޮރީއޭ! މައެ ކައެ ހޯދަން ވެގެން މިތާދުވާތާ ކޮން އިރެއް؟” ފިރުޝާ ހުނުން ހުއްޓާލަމުން ބުނެލިއެވެ. “މައެ އައީ ކޯކު ތައްޓެއް ބަލައި. އެކަމު މިހިރީ ކޯކު ބޮވިފައެއްނު؟” އަހަރެންގެ ކޯކު އެޅިފައޮތް ހެދުން ފިރުޝާ އަށް ދައްކާލަމުން އަހަރެން ބުނެލީމެވެ.

ފިރުޝާ އަހަރެންގެ އަތުގާހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ވޮޝް ރޫމަށް ވެއްދިއެވެ. އަދި އަހަރެންގެ ހެދުން ރީތި ކޮށްދެންފެށިއެވެ. އޭރުވެސް އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އިޒާންގެ ހިޔާލުތަކެވެ. “އޭތް ޝިޒް! ދެންމެ ލަވަކިއެއްނު އިޒާން އެއް؟ އެކަމާ އުޅެންވީއެއްނު؟ އޭނަ ހާދަ ހޮޓޭ” އަހަރެންގެ ހެދުމުގައި ފަހުފަހަރަށް ފެންހާކާލަމުން ފިރުޝާ ބުނެލިއެވެ. އިޒާން ގެ ނަން އިވުމާއި އެކުވެސް އަހަރެންނަށް ކުރީ ތަފާތު އިހުސާސްއެކެވެ. މޫނު މައްޗައްވެރިވި ހިނިތުންވުން ފޮރުވާލަމުން އަހަރެން އަވަހަށް ވާހަކަ ދެއްކީމެވެ. “ތިބުނާ އިޒާނަކީ ސައި ތައްޓެއްތަ ހޮޓުވާން؟” “ހަހަހަ.. އެހެންނެއް ނޫނޭ ދެން ގެޓުވެބަލަ ދޯ؟” ފިރުޝާވެސް ހެމުން ވާހަކަ ދެއްކިއެވެ.

ދެމީހުން ސަކަރާތް ޖަހަމުން ގޮސް އެހެން ރައްޓެހިންނާ ބައިވެރިވެ ސަކަރާތް ޖަހަންފެށީމެވެ. ނަމަވެސް އެހެން ރޭރޭ ހުންނަކަހަލަ ފޯރިއެއް މިރެއަކު އަހަރެންގެ ނެތެވެ. ދެލޯ ހޯދަމުން ދަނީ ހަމައެކަނި އިޒާންއެވެ.

އެރޭ ޕާޓީނިމިގެން ގެއަށް ދިޔައިރުވެސް އިޒާންގެ އެރީތި މޫނުފެނުމުގެ ނަސީބެއް އަހަންނަކަށް ނުލިބުނެވެ. އެކަމާ އަހަރެން ހުރީ އިންތިހާއަށް ދެރަވެފައެވެ. އެއީ އަހަރެންގެ ހަޔާތުގައިވެސް ދެރަވި ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއޮށް ހުރިހާ ދުވަހު އަހަރެން އުޅުނީ ނުލާހިކު ހިތްހަމަ ޖެހިގެން އުފަލުގައެވެ. ނަމަވެސް އިޒާން އާއި ދިމާވި ހިސާބުން އަހަރެންގެ ހިތްހަމަ ޖެހުން ނެތިގެން ގޮށްސިއެވެ. އަހަރެން ގެއަށް އައިސް ފެންވެރުމަށްޓަކާ ބިލިގާ އަށް ފެންއެޅުމަށްފަހު އެއަށް އެރި އޮވެ، އިޒާން އާއި ގުޅުން ބަދަހިކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ފެށީމެވެ.

ކުއްލިއަކަށް ހިތަށް އެރި އެއްޗެއްގެ ސަބަބުން ހިނިތުންވެލެވުނެވެ. އެއާއި އެކު ބިލިގާއިން ތެދުވެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ ފޯނުނެގުމަށްޓަކައެވެ. ފޯނު ހިފައިގެން އައިސް އަނެއްކާވެސް ބިލިގާއަށް ފޭބީމެވެ. އަދި ފޯނުން ފޭސްބުކަށް ލޮގިން ވެލީމެވެ. އެއާއި އެކު އެއްމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އައިސްފައިވާ ފްރެންޑް ރިކުއެސްޓް ތަކެވެ. އަހަރެން އޮފްލައިން ވީތާ އަދި 2 ގަޑީ އިރުވެސް ނުވެއެވެ. އެހާ މަދުއިރު ކޮޅެއްގެ ތެރޭ 15 ފްރެންޑް ރިކުއެސްޓް އައިއްސާ އޮތުމުން އަހަރެން އެބަލާލާ ހިތް ވިއެވެ. އެއްމެ ފުރަތަމަވެސް އޮތީ ކޮންމެސް އިޒާނެންގެ ރިކުއެސްޓެކެވެ. އަހަރެން އެއީ ކާކުތޯ ބަލާލީ އެއީ އަހަރެންގެ ހިތުގެ ރާޖާއަށް ވުމަށް އެދި ދުއާ ކުރަމުންނެވެ.

އެއީ ދެވަނަ ދެމީހެއްނޫނެވެ. ހަމަ އަހަރެންގެ ހިތުގެ ރާޖާއެވެ. ވަގުތުން އަހަރެން އެ ރިކުއެސްޓް އެކްސްސެޕްޓް ކޮށްލީމެވެ. އަހަރެން އިޒާންގެ ފްރެންޑް ރިކުއެސްޓް އެކްސްސެޕްޓް ކުރިކަމުގެ ނޯޓިފިކޭޝަން ދިއުމާއިއެކު އިޒާން އަހަރެންނަށް މެސެޖު ކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އަހަރެން އެ މެސެޖު ހުޅުވާލީމެވެ.

އިޒާން މިރޭވީ ކަންތަކާ މާފަށް އެދިފައިވުމުން އިޒާންއަށް އަހަރެންމީ ކާކުކަން އިނގޭކަން އަހަރެންނަށް އިނގި ތުންފަތް މައްޗަށް ގޮތް ނޭނގޭ ހިނިތުންވުމެއް ވެރިވިއެވެ.

ދުވަސްތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށްވެ ނިމެމުންދިޔައެވެ. އަހަރެމެންގެ ރަހުމަތްތެރިކަންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ކުރިލާ ހެދެމުންނެވެ. މިއަދަކީ އަހަރެންގެ އުފަންދުވަސް ކަން ހަނދާންވީ އަހަރެންގެ ފޯން އެ ވާހަކަ ބުނުމުންނެވެ. އެއީ އަހަރެން އަހަރެންގެ ފޯނު ކަލަންޑާރ ގައި ‘ޓު ޕްރޮޕޯސް އިޒާން’ ޖަހާފައި ސޭވް ކޮށްފައި އިން ރިމައިންޑާރ އެކެވެ. ކޮންމެ ގޮތެއްވިޔަސް މިފަހަރު އަހަރެން އަހަރެންގެ ހިތުގެ އަޑު އިޒާން އަށް އިށްވާލާނަމެވެ.

އިޒާންއާ ގުޅުމަށްޓަކާ ފޯނު ނަގަން އަތް ދިއްކޮށްލި ވަގުތު ފޯނަށް މެސެޖެއް އައެވެ. އެއީ އިޒާންގެ މެސެޖެއްކަން އަހަރެންނަށް ޔަގީންވާތީ އަހަރެން އަވަސް އަވަހަށް ފޯނުނަގާ އެމެސެޖު ބަލާލީމެވެ. “މިރޭ 9:30 އަށް ސަލްސާ އަށް ދެވޭނެތަ؟ ސޭ ޔެސް ޕްލީސް.” މެސެޖު ގައިވާ އެއްޗެށް ފެނުމުން އަހަރެންނަށް ހިނިތުން ވެލެވުނެވެ.

އަނެއްކާ މިއުޅެނީ ކިހިނެއްވާން ބާއެވެ. ކުރިންވެސް އެތައްފަހަރަކު އަހަރެން އިޒާން އާއެކު ތަންތަނަށް ދިޔައީމެވެ. ނަމަވެސް އަހަރެންނަށް މިހާރު މިވާގޮތެއް ދުވަހަކުވެސްނުވެއެވެ. އަވަސް އަވަހަށް އާނއެކޭ ބުނެ އަހަރެން ރިޕްލައި ކޮށްލީމެވެ. ދެވަނަ ސިކުންތުގައި މޫނު މައްޗައް ވެރިވި ލާނެތް ހިނިތުންވުމާއިއެކު އަނެއްކާވެސް މެސެޖެއް ލިޔުނީމެވެ. “ޑޭޓަކަށްތަ؟” މަޖާ ވެލާފައި އަހަރެން ކޮށްލީ އަހަރެންގެ ހިތުގައިއޮތް ސުވާލެވެ. “އެހެންވެސް ވެދާނެ” ސްމައިލް އިމޯޖީ އަކާއި އެކު އިޒާން ރިޕްލައި ކޮށްލިއެވެ.

އަހަރެންވެސް އިޒާންއާ ބައިވެރިވެ ދެމީހުން މެސެޖު ކުރުމުގައި ތިބީމެވެ. އެކަމުގައި ޖެހިފައި އިން ވަރުން ވަގުތު ދިޔަގޮތްވެސް އަހަންނަށް ނޭނގުނެވެ. ކުއްލިއަކަށް އިޒާން ދާންޖެހުމުން އިޒާން ދިޔައީ ދާހިތް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ބައްޕަގެ ކަމެއްކޮށްދެން ވުމުން ދިޔައީއެވެ. އަހަރެންވެސް އިޒާން ދިޔުމުން ތެދުވެ ފޯނު ޗާޖައްޖަހާ މިރެއަށް ތައްޔާރުވާން ފެށީމެވެ.

***********

“ސާބަހޭ ޝިޒޫ. ކޮން ބިޓެއް ކައިރިއަށްދާން މާ ވަރެއްތި އަރުވާލަނީ؟ އިޒާންތަ؟” ރިޔާޝާ އަހަރެންގެ ކޮޓަރިއަށް ވަންނަމުން ތަން އޮތްގޮތް ފެނިފާ އަހާލިއެވެ. “ހޫން. އޭތް އަސްލު އިޒާން ބުނީ މިރޭ ބޭރަށް ދާން އެހެންވެ މިއުޅެނީ. ލާނެ ހެދުމެއް ދައްކަބަ ރީތި. ޕްލީސް ޕްލީސް” އަހަރެން އެނދު މަތީއޮތް ހެދުން ފުނި ދައްކާލަމުން ބުނެލީމެވެ. “ހޫން. އަދި މިއައީ މިރޭ އަހަރުންނާއެއްކޮށް ދާންހިނގާށޭބުނަން. ހުއް. ބައިދަވޭ ހެޕީ ބާތު ޑޭ ޝިޒޫ!” ރިޔާޝާ އައިސް އަހަރެންގެ ކޮލަށް ދޮނެއްދިނެވެ.

“އަހަރެންމީ އަންހެނެކޭ ކޮޔާ” އަހަރެން ހެމުން ހެމުން އެހެން ބުނުމުން ރިޔާޝާ ތުންދަމާލަމުން އަހަރެންގެ ހެދުންތައް ކޮންނަން ފެށިއެވެ. އިރުކޮޅަކުން ރިޔާޝާ އަހަރެންގެ ނައިޓީ އެއްލަމުން މިލައިގެންދާށޭ ބުނެލިއެވެ. އަހަރެން ހެމުން ރިޔާޝާ ގައިގާޖަހާލީމެވެ. އެގޮތުގައި ދެމީހުން ސަކަރާތް ޖަހަމުންގޮސް ރިޔާޝާ އަހަރެން އަތަށް ހެދުމެއްދިނެވެ.

ރިޔާޝާ އެ ހެދުން އަހަރެންގެ ގައިގާ ޖައްސާލަމުން ރީތިވާނެއޭ ބުނެލިއެވެ. އެއީ ގުރާ ފެހިކުލައިގެ އަތްކެނޑި ޓޮޕުކޮޅެކެވެ. މޭމަތީ އެސްޖަހާ ރީތި ގޮތަކަށް ހަދާލެވިފައިވިއެވެ. އިޒާންއަށް އެއްމެ ރީތީ ފެހިކުލަ ކަމުން އަހަރެންނަށްވެސް އެހެދުން ކަމުދިޔައެވެ. އެއާއި އެއްކޮށްލާނެ ކަޅު ސްކްނީއެއް ނަގައި ދިނުމަށްފަހު ރިޔާޝާ ދިޔައީ މިރޭ އިޒާން ކައިރި އަހަރެންގެ ހިތުގެ ހާލު ބުނެލަން އެތައް ނަސޭހަތެއް ދީފައެވެ.

-ނުނިމޭ-

Comments (16)

  1. Pinky shifoo

    Hiii…. It’s really nice… Aslu vx v reethi Story… Waiting waiting waiting…

    1. Her
      Pinky shifoo

      Thnks Love.. <3

  2. Reet

    Reethi v Salhi than kolhah dhigukon liyabala please

    1. Her
      Reet

      Thanks.. <3 Nxt prt miahwure dhigu kohlewey thw balaanan..

  3. Her

    Hey all.. Here is the 2nd prt.. Hope you guys like it.. Let me know how it is… Nd Swrii ehaa dhigu koh nuliye dhewunyma.. Exam ohnaathywe wagutheh nuwe.. Um really Swrii.. Nxt prt up koh dheynan maadhan.. In Sha Allah… Take Care.. Love ya all.. <3 Nd tell me Improve kuran v kanthah thah.. I will try to improve..

  4. iam

    Mae, kae kiyaigen vaahaka dhahkaafa hunnaathy kamaku nudhey. Haassakoh girls eheh vaahaka dhehkyma goaskoh fyl vany. Ethan kolhu rangalhu kollan feney. Dhn aneh hen vaahaka hama varah reethi. Waiting 4 the next part.

    1. Her
      iam

      Thank you Iam..

  5. R......

    WOW V REETHI

    1. Her
      R......

      Thnks <3

  6. thalpalhey ?

    Woww woww woww…is this ur first story? Too nice?? next part kon irakun?? Hehe mae ves exam dhuvaskolhu?? btw…good luck on ur exams ‘her’ ? looking forward for the next part??❤❤❤

    1. Her
      thalpalhey ?

      Hehe.. Thnkx.. + Kae ah wes Gud luck exam ahh.. :-p <3

  7. minion

    Mae kae kiyaagen mihaaru ge anhen kudhin wes waahaka dhakkany… So thi story ga ehen liyunyma mihaaru ge goiy gandu warah rangalhah engey… Keep it up her… Thi story warah reethi waane henn Hywey… And goodluck for your exams…❤❤❤

    1. Her
      minion

      Thnk You Minion.. Hey Minion dhw?? Fav ehh.. 😀 Banana kaanan? :p Dwnt mind… I love Minions..

  8. Ainth

    Zamaany gothah liunyma rythi vaany mihaaruge kudhinnah.. V rythi mi story.. Hama thigothuga kuriah gendhey igey

    1. Her
      Ainth

      Thank Yew Ainth.. <3

  9. molyfie

    It really feels like this is me talking to my best friend. The story is portraying how the people are now and it sounds very interesting. Waiting for the next part. 🙂

Comments are closed.