Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން – 10 ވަނަ ބައި

ino Level 110 Stories
November 7, 2017 5 Mins Read
7 Comments

” ޒެފް ” ޒޯރާ ގޮވާލުމުން ޖީބަށް އެއްއަތް ޖަހާލައިގެން އަނެއްއަތުން ފޯނުހިފަހައްޓައިގެން ހުރި ޒެފަން ބަލާލިއެވެ. އޭރު ޒެފަން ނިތްކުރިމަތިން ކުދި ރޫތަކެއް ދުވެލަދުވެލަ ހުއްޓެވެ. ޒެފަން ޒޯރާއާއި ދިމާލަށް ފަރުވާކުޑަގޮތަކަށް ބަލާލުމަށްފަހު ފޯނަށް ނަޒަރެއްދިނެވެ.

” ސާބަސް ޒެފް އަށް ދޮންބެއޭ އެގުޅަނީ….ދޮންބެ އަމިއްލަޔަށް އެއްދުވަހަކު ޖެހިނަމެއް އެއީ ދޮންބެ ފޯނުގަ މަގޭ ވަރަށް މަޖާ ނަމެއް ޖެހީމަ ލަނޑެއް ދޭންވެގެނޭ ކިޔާފަ. އަޅެ މިހާރު އަހަރެން ބިރުގަންނަ ހިސާބަށް ޒެފް އަހަރެންދެކެ ލޯބިވާން ފަށާފި ” ޒެފަން އަތުން ފޯނުއަތުލުމަށް ފަހު ޒޯރާ ވާހަކަދައްކަމުން ދިޔައިރު ޒެފަން އަށް ބެލެނީ ޒޯރާ އާ ދިމާލަށެވެ.

ޒޯރާ އެބުނާހެން ހިތްބިރުގަންނަ ހިސާބަށް މިހާރު ޒޯރާދެކެ ލޯބިވެވިއްޖެއެވެ. އެއްމެ ހިނދުކޮޅަކަށްވެސް ދުރުގަ ހުރުމަކީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. ޒޯރާ ގެއްލިދާނެ ކަމުގެ ހިޔާލެއް އަޔަސް އަވަހަށް ސިނކުޑިން އެހިޔާލެއް ބޭރުކޮށްލައެވެ. ޒޯރާ އާ ނުލައެއް ދިރިއެއްނޫޅެވޭނެއެވެ. ހަށިގަނޑުގައި ވިންދުޖަހަނީ ޒޯރާއަށްޓަކައެވެ. އެތައްދުވަހަކަށްފަހު ދިރިއުޅުން މަތިން ފޫހިވެފައި ހުއްޓަ ދިރިއުޅުމުގެ ކުޑަވެސް އުއްމީދެއް ލިބުނީ ޒޯރާ ދިރިއުޅުމުގައި ވީފަހުންނެވެ. މިއަންހެން ކުއްޖާ ޒެފަންގެ މުޅިދިރިއުޅުމަށް އުފާވެރިކަން ގެނެސްފިއެވެ.

ފޯނުން ވާހަކަ ދައްކަމުން ދިޔަ ޒޯރާ އަތުގައި ހިފައިގެން ހަޓްގެ ގާފޮޅުމަތީ ޖައްސާލީ ޒޯރާގެ އެއްއަތްތިލަ އަތުގެ ތެރެއަށް މަހާލަމުންނެވެ. މިއަތުން ދުވަހަކުވެސް އެހެންމީހަކަށް ހިފުމުގެ ޖާގައެއް ނުދޭނަމޭ ހިތަށް އަރުވާ ބާރަށް އަތަށް ފިތާލިއެވެ.

ވާހަކަދައްމުން ދާއިރު ޒޯރާގެ ތުންފަތުން ފެންނަ ހިނިތުންވުމަށް ހިތް ފިދާވާވަރުވެއެވެ. މަޑުމަޑުން ކައިރިވުމަށްފަހު މޫނުން ވަސްގަނެލުމަށްފަހު ގަޔާ ކައިރިކޮށްލިއެވެ.ފަންއިސްތަށި ގަނޑުގައި ވަސްބަލާލީމެވެ. ޝޭމްޕޫ ބަދަލް ކޮށްލާފަހެން ހީވެއެވެ. ވަރަށް މީރުވަސް ދޮވައެވެ. އިސްޓަށި ގަނޑުގައި ހަރުކޮށްލާފައި ހުރި ރީތި ކުޑަކުޑަ ދަތި ނައްޓާލުމަށްފަހު ހާމައަށް އިސްތަށިގަނޑު ދޫކޮށްލިއެވެ.

އަމިއްލަޔަށް ހިތަށް ވިސްނައިދިނީ ޒޯރާ ދުރަށް ދާންއުޅޭތީ ދެރަވަނީ ކަމުގައެވެ. ހިތްހަމަޖައްސާލަމުން އަޒުމް ކަނޑައެޅީ ވީއެއްމެ އަވަހަކަށް ޒޯރާއާ މެރީކުރުމަށެވެ. އެއްމަސްފަހުން މާލެބަދަލް ވާގޮތަށް ޒޯރާ އަމިއްލަ ކުރާނެ ގޮތް ހިތަށް އެރުމާއެކުވެސް އުފަލުން ހިތް އާސްމާނަށް އެރުނު ކަހަލައެވެ.

” ޒެފް ގަނޑާ ފޯނުން ވާހަކަ ދައްކާއިރު ކިރިޔައޭ ނުހެވި ހުންނަނީ ތި ކުރާކަމަކުން. ދޮންބެ މާދަމާ ހެނދުނުން  އަންނާނެ ރަށަށް. އަންނަގޮތަށް މަޑުވެސް ކޮށްނުލާ ހެނދުނުން އަހަރެމެން ގޮވައިގެން ފުރަނިއްޔޯ. އެއްމެ މަޖާތަންކޮޅަކީ މަންމަވެސް މާލެބަދަލު ވާ ވާހަކަ ދޮންބެ ބުނީމަ. އެހެންޏަ މާލެ ނުގެންދެވިފަ ވިއްޔަ މިހުންނަނީ، ނޭނގެ ކީއްވެކަމެއް ދާން އެއްބަސް ވީ، ނުވެސް ބުނޭ އަދި ޒޯ ކައިރީގައެއް” ޒޯރާ ވާހަކަދައްކަމުން ދިޔައިރު، ޒެފަން މޫނަށް ބަލަމުން ދާތީ ވާހަކަ މަޑުޖައްސާލިއެވެ. އަދި ނިތް އަރުވާލީ ކިހިނެއްވީތޯ އަހާލަމުންނެވެ.

” ޒޯ މަންމަ އާ ދޮންބެ ގަބޫލު ވާނެތަ މިގުޅުމަށް. އަހަރެން މަރުވެދާނެ ޒޯ އާ ނުލާ ދިރިއުޅެން ޖެހިއްޖެޔާ. އެއްމެ ދުވަހަކަށް ކީއްކުރަން އެއްމެ ހިނދުކޮޅަކަށްވެސް ޒޯ އަހަރެންގެ މީހެއްގެ ގޮތުގަ ނެތިއްޔާ ނޭވާވެސް ނުލެވޭނެ އެހާވެސް ލޯބިވޭ ” ޒެފަން ވާހަކަ ދައްކަމުން ދިޔައިރު ޒޯރާ ހުރީ ބަސްހުއްޓިފައެވެ. މިހާވަރަށް ލޯބިވެދާނެކަމަށް ހީކުރެވިފައިވެސް ނެތެވެ. ހިތް އުފަލުން ނަށާލީ މިހާވަރަށް ލޯބިވާނެ ފަރާތެއް ވީތީއެވެ.

” ޒެފް . މަންމަމެން ކީއްވެތަ ނުގަބޫލުވާންވީ. މިއަދު ދޮންބެ އައީމަ ހުރިހާވާހަކައެއް ކިޔާދޭނަމޭ. ވަރަށް ޕޮޒިޓިވް ވިސްނުމެއް ދޮންބެ ހުންނާނީ. ދޮންބެ ގަބޫލުވީމަ މަންމަ އަކަށް ނުކެރޭނެ އެއްޗެކޭ ބުނާކަށް، އެކަމު މަންމަ އަބަދުވެސް ބުނާނެ މީހަކާ ގުޅެންވާނީ މަންމަގެ ހުއްދަ ހޯދުމަށް ފަހުގައޭ. މިފަހަރު ކަންތައް މިވީ މަންމަ ބުނިގޮތަކަށް ނޫން، ހާސް ނުވޭ ޒޯއެއް ނުގެއްލޭނޭ ޒެފް އަކަށް ” ޒެފަންގެ ހިތްހަމަ ޖައްސާދިނުމަށް ޒޯރާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އިރުއިރު ކޮޅުން ޒެފަން ބޮލުގެ އިސްތަށި ގަނޑު ހާވާލަނީ ރުޅިއަރުވާލާށެވެ.

ޒެފަން ތެދުވެ އެއްކައިރީ ހުރި ރަތް ފިނިފެންމާ ގަހުން ފިނިފެންމާ ބޮނޑިއެއް ބިނދެލުމަށްފަހު ޒޯރާ އަށް ދިނީ ވަރަށް ލޯބިންނެވެ. ޒޯރާ” ވާއޮ ”  އޭ ބުނެލުމަށްފަހު ޒެފަން ގޮވައިގެން ހިންގައިގަތީ ބަދިގެއަށް ސައި ހަނދަންވެގެނެވެ.

ބަދިގެއަށް ވަދެލުމަށްފަހު ވާސްއަށް ފެން އަޅާލުމަށްފަހު ފިނިފެންމާތައް ޖަހާލީ ވަރަށް އުފަލުން ހުރެއެވެ. ޒެފަން އަތުން ކުޑަހަދިޔާއެއް ލިބުނަސް ޒޯރާ އެ ބަލައި ގަންނަނީ ވަރަށް އުފަލުން، އެހާމެ ލޯބިންނެވެ.

ރީތިކޮށް ވާސް ބެހެއްޓުމަށްފަހު އެނބުރުނުއިރު ޒެފަންގެ ނޭވާ ޒޯރާގެ މޫނަށް އެޅޭހާ ކައިރިއެވެ. ” ތިހެން ކައިރީގަ ހުރީމަ ކިހިނެއް ސައި ހެދޭނީވެސް. މިއަދު ސައިވެސް ނުބޯ ދުވަހަކީތަ. ޑިއުޓީއަށް ނުކުންނާކަށްވެސް ނުޖެހެއެއްނު މިއަދަކު” ދެތިން ފޮތި ޕާން ނެގުމަށްފަހު ޓޯސްޓުކޮސްލާފަ ޒޯރާ އުޅުނު އިރު ޒޯރާ ކައިރީ ޒެފަން އެނބުރެމުން ކުދި ކުދި ގޯނާ ކުރަމުން ދިޔައިރު ދެހިތަށްވެސް އުފާވެރިކަން އިންތިހާއަށް ލިބެމުން ދިޔައެވެ.

***************

އަޒީމާ ހެނދުނު ހޭލުމަށްފަހު ދަބަސްތަކާ ފޮށިތައް ތައްޔާރުކުރަމުން ދިޔައީ ހިތްއަވަސްވެ ހުރެއެވެ، ކިތަންމެ ރަށް ދޫކޮށް ދާހިތްނުވިއަސް މިއަދު މިވަނީ އެކަންކުރަން ޖެހިފައެވެ. ހަމަ ލޯބިވާ މަރްހޫމް ފިރިމީހާއަށްޓަކައެވެ.

ފިރިމީހާ މަރުމަތީ ކޮށްފައިވާ ވަސިއްޔަތެއްގެ ސަބަބުންނެވެ. މިއަދު ކޮންމެ ފަދަ ހާލެއްގައިވެސް ފިރިމީހާގެ ވަސިއްޔަތް ހަނދާން ކުރަން ޖެހިތްޖެއެވެ.

ކުރެވެން މިއުޅެވެނީ ރަނގަޅުކަމެއްބާއޭ ކިތަންމެ ފަހަރަކު ހިތައްއަރައެވެ. އަމިއްލަ ދަރިއެއް ފަދައިން ޒޯރާ އާއި އާޒިފް ދެކެ އިންތިހާއަށް ލޯބިވެއެވެ. ޒޯރާއަށް ދެރަވާ ވަރުގެ އެއްވެސް ކަމެއް ކުރާކަށް ހިތަކަށް ކެތެއްނުވާނެއެވެ، އަނެއްކޮޅުން ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކުރަން މިއުޅޭކަމަކާ ގަބޫލުވާނެބާއޭވެސް ހިތަށް އަރައެވެ. އެހެންނަމަވެސް ފިރިމީހާގެ ވަސިއްޔަތް އެހެން ހުރިހާ ކަމަކަށްވުރެ މުހިއްމެވެ.

ފޮށީގެ އެއްމެ އަޑިޔަށް ފިރިމީހާ މަރުމަތީ ދިން ހަތަރެސްކަނުގެ ކުޑަފޮއްޓެއް ލިއެވެ. އެތައް ސިއްރުތަކެއް ފޮރުވިފައިވާ މިފޮށި އެކަކަށްވެސް ފެނުމަށް އަޒީމާ ބޭނުން ނުވަނީ ފިރިމީހާގެ ވަސިއްޔަތަކަށް ވީމައެވެ.

ބަދިގެއަށް ވަދެ ސައި ބުއިމަށްފަހު ގޭތެރެ ބަލައިލީ ޒޯރާ ފެންނަން ނެތުމުންނެވެ. ޒޯރާ ވީތަން އެނގުމުން މިއަދު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ބޭރަށް ނުކުމެ އުނދޯލި ހެއްލައިލީ ޖެހޭ ފިނި ވައިރޯޅިން އިތުރަށް ފިނިކޮށްލުމަށްޓަކައެވެ. މި މާހައުލު ދޫކޮށް ޖަންގައްޔެއް ކަހަލަ ކުޑަކުޑަ މާލެއަށް ދާން ހިތައް އަރުވާލިއަސް މޭނުބައި ކުރާގޮތް ވެއެވެ.

ދެގެ ބެލެހެއްޓުމަށް އަޒީމާގެ ހުރި ހަމައެކަނި އެއްބަނޑު ދައްތަ މުނީރާ އާއި ހަވާލުކުރީ މިކަން ވަރަށް ރަނގަޅަށް ކޮށްދޭނެކަން އިނގޭތީއެވެ.

އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އާޒިފް މިއޮތް ގުޅަނީއެވެ. އަވަހަށް ނަގަން އުޅެން ހަދައިގެން ބިންމައްޗަށް ފޯނު ޖެހުނު ގޮތަކުން އެކި ބައި ބައި ބުރައިގެން ދިޔައެވެ. ގުދުވެލުމަށްފަހު ފޯނުގެ ބައިތައް ހޮވާލަމުން ފޯނު ރަނގަޅުކޮށްލިއެވެ.

އާޒިފް ގުޅާލާފައި ސިއްރު ވާހަކަތަކެއް އަޒީމާ އާއި ދެއްކުމަށްފަހު ފޯނުބޭއްވިއެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރިއިރު އަޒީމާ ތުންފަތްމަތީ ފަނޑުވުމެއް ނެތް ހިނިތުންވުމެއް ވިއެވެ. ކޮންމެ ގޮތަކުންވެސް މިފަހަރު މިކަންތައް ކާމިޔާބު ކުރަން ބޭނުމެވެ.

***************************

ކުޑަ ޗުއްޓީއެއް ހަދާލުމަށް މެހެރް އައިސް އުޅޭތީ ނައީމް އާއި ސާއިރާ އަށް ހީވަނީ ކުޑަ އީދެއް އައިސްގެން އުޅޭހެނެވެ. ގޭތެރޭގައި މީހުން މަދުކަމުން ގެ ފަޅުވެފައި އޮންނާތީ ސާއިރާ އަބަދުވެސް ޝަކުވާ ކުރާނެއެވެ. އެމީހުންގެ ކުޑަދަރިފުޅު އައިސް އުޅޭތީ މިއުފާވެރިކަން ދެގުނަ އަށް އަރާފައިވާހެން ހީވެއެވެ.

ކޮޓަރި ދޮރުހުޅުވާލަމުން މެހެރް ނުކުތީ ތާޒާ ލެވެންޑާ މާ ބޮނޑިއެއް ހިފައިގެން މަންމަ ކޮޓަރިއަށް ދިއުމަށެވެ. ރަޝިޔާ ގައި އާއިލާއާއި ދުރުގައި ދިރިއުޅުނަސް މެހެރް އަބަދުވެސް މަންމަ މަތިން ހަނދާން ކުރެއެވެ. މަންމަ އަށް ގުޅާ ހަލުބަލައެވެ.                                                        ” ގުޑް މޯނިންގ މަންމާ…ރޭގަ ދަންވަރު އާދެވިފަ ލަސްވީމަ މަންމަ ކައިރިއަށް ނުވަނީ އިނގޭ…މަންމާ މިހާރު ނުކަނީތަ ހާދަ ހިކިއްޖެޔޭ…މަންމަ އަށް ފަހަރި ރަނގަޅުތަ؟ ” އަނީސާ ކައިރީ އެނދުގައި އިށީންނަމުން މުސްކުޅިވެ ރޫޖެހިފައިވާ އަތުގައި ހިފަހައްޓާލިއެވެ. ކިތަންމެ މުސްކުޅި ވީކަމުގައި ވީނަމަވެސް އަދިވެސް ހަށިގަނޑު ވަރަށް ވަރުގަދައެވެ.

” ދަރިފުޅާ މަންމަ ދަރިފުޅުމަތިން ހާދަ ހަނދާންކުރަމޭ… ދަރިފުޅު އުފަލުގަ އުޅޭތަން ބަލާހިތުން ހުންނަތާ މަންމަގެ ހިތް ބޭގަރާރުވެއްޖެ…ކޮންދުވަހަކުންތަ އުފާވެރި ދިރިއުޅުމެއް ފަށާނީ…އުމުރު ހުސްވަނީނު ތިހެން އެކަނިވެރިކަމުގަ ދުވަސްތައް ދުއްވާލާތާ…މަންމަ އަބަދުވެސް ދަރިފުޅަށް އުފާވެރިކަން ދެއްވާތޯ ދުޢާ ކުރަން…ކީއްވެތަ އަމިއްލަޔަށް އުފާވެރިކަން ހޯދަން މަސައްކަތް ނުކުރަނީ…” އަނީސާގެ ލޮލުން ކަރުނަ އައީ އިޙްތިޔާރަކާއި ނުލައެވެ. މެހެރުގެ ދިރިއުޅުމުގަ އުފާވެރިކަން ލައްވާތޯ އަބަދުވެސް އިންތިޒާރު ކުރެވެއެވެ.

” މަންމާ ދެރަ ނުވެބަލަ…އަހަރެން ކިހާ އުފަލަކު މިއުޅެނީ… އަހަރެންގެ އާއިލާ އެބަހުރި…އަދި މަންމަ ދުނިޔޭގަ ހުރުމުން މަދުވަނީ ކޯއްޗެއްތަ މިއޮތް ބޮޑު ދުނިޔެއިން…ފިރިމީހާވެސް ނުލާހިކު ލޯބިވޭ އަހަރެން ދެކެ…އަބާންގެ އެހެން އަންބަކާ ދަރިން ތިއްބަސް ދުވަހަކުވެސް އަހަރެންނާ ތަފާތެއް ނުކުރޭ…އެކުދިންވެސް އަހަރެން ދެކެ ނުލާހިކު ލޯބިވޭ…” މެހެރް ވާހަކަ ދައްކަމުން އިތުރަށް ކުރިއަށް ނުގެންދެވުނީ އަޑުބެދުމުންނެވެ.

ކިތަންމެ ހިތްވަރެއް ކުރިއަސް އަބަދުވެސް ހިތާމަކުރާ ކަމަކުން ހިތައް ކެއްނުވާ ފަހަރު އާދެއެވެ. ހަޔާތުގެ ހުރިހާ ސިއްރެއް މަންމަ އަށް އެނގޭކަމުން ރޯލަން ބޭނުން ވެއްޖެ ނަމަ މެހެރް އަބަދުވެސް މަންމަ ކައިރިއަށް އާދެއެވެ. މަންމަ އުގުގައި ބޯއަޅާލައިގެން ރޯލުމުން ހުރިހާ ހިތާމައެއް ކުޑަ ހިނދުކޮޅަކަށްވެސް ފިލާ ދާކަހަލައެވެ.

ތެދުވެލުމަށްފަހު ވާސްއަކަށް ފެން އަޅާލުމަށް ފަހު ލެވެންޑާ މާތައް ރީތިކޮށް އަތުރާލިއެވެ.

” މަންމާ އަހަރެންގެ ދަރިފުޅު މަތިން ހާދަ ހަނދާންވެއޭ.. އެދަރި ފުޅު ދުނިޔޭގަ ހުރިކަމެއް ނެތްކަމެއްވެސް ނޭނގެ…ހުރި ނަމަ އުޅެނީ ކޮންހާލެއްގަ ކަމެއްވެސް ނޭނގެ…ކޮންމެ ދުވަހަކީ ދިރިހުރުމަށް ހުރި ވޭނަކަށް ކެކުޅުމަކަށް ވެއްޖެ…ޒާހިދު އަހަރެންނާ އަހަރެންގެ ދަރިފުޅަށް އެހެން ހަދަން ކެރުނީ ކީއްވެތަ މަންމާ…އޭނަގެ ހިތެއް ނެތީތަ އަޅެ…ހިތެއްވެސް ނެތްމީހެއްތަ އެއީ…ޅަދަރިއަކަށް އެކަހަލަ ގޮތެއް ހަދަން ކެރުނުކަން…އަހަރެންގެ ދަރިފުޅު މާވިން މަތިން ހާދަ ހަނދާންވެއޭ…އަންހެން ކުއްޖަކު ލިބުމަށް އެދިއެދި ހުއްޓަ އެ އެ އުއްމީދު ފުރިހަމަ ވީ ވަގުތަކީ ހުރިހާ އުފަލެއް ދުނިޔޭން ލިބުނުކަހަލަ ކަމެއް…އެކަމަކު އެންމެ ފަހުން އެނުލަފާ ހިތެއްނެތް މީހާ އަހަރެންދެ ދަރިފުޅު އަހަރެންނާ ވަކިކުރީ…މަންމާ އަހަރެން ބޯގޮވަން ކައިރިވެއްޖެ… ކޮންދުވަހަކުންތަ އަހަރެންގެ ދަރިފުޅާ ބައްދަލު ވާނީ ” މެހެރް ވާހަކަދައްކަމުން އަނީސާ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. ހުރިހާ ކަރުނައެއް އެއްފަހަރާ ބާލަން ބޭނުންވާކަހަލައެވެ. އަނީސާގެ ހެދުން މެހެރުގެ ކަރުނައިން ތެމެމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް ވިސްނާލާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ.

” ކެތްތެރިވޭ ދަރިފުޅާ މާތް ﷲ އެއްވެސް ނަފުސަކަށް ނޫފުލޭވަރުގެ ބުރައެއް އެނަފްސަކަށް ނުޖައްސަވާނެ… އަދި ކޮންމެވެސް ދުވަހަކުން އެ ދަރިޔާ ދިމާވާނެ…އެދުވަހަކަށް އިންތިޒާރުކުރޭ…މާތް ﷲ ހަޟްރަތުގާ ދުޢާ ދަންނަވާ…އެއްގޮތަކަށްވެސް އުއްމީދު ކަނޑާނުލާ މަގޭ ދަރިޔާ ” އަނީސާގެ ދެލޮލުން ކަރުނަ އިތުރުވީ މެހެރް އުޅޭ ހާލު ހިތަށް އެރުމުންނެވެ. މައި ލަގޮނޑިއަށް ކެތްވާނީ ކިހިނަކުންހެއްޔެވެ.. އެއްދަރި އުފަލުގައި އުޅޭއިރު އަނެއްދަރިއަކަށް ދިރިއުޅުމެއް ނުފެނި އުމުރު ހުސްވަނީއެވެ.

” ކީކޭ މެހެރް..މެހެރް ވިހޭ ދަރިފުޅު މަރެއްނުވޭތަ؟..ކީއްވެ ބޭބެއަށް ދޮގުހެދީ…މިއޮތް ހުރިހާ ދުވަހަކު ހީކޮށްގެން މިހުންނަނީ އެދަރިފުޅު ދުނިޔެއިން ވަކިފެފާކަމަށް…ބޭބެ ހަމަ އެހާ ދުރުކޮށްލީތަ އެވަރުގެ ވާހަކއެއްވެސް ނުބުނެވޭވަރުގެ..” ނައީމް ކޮޓަރި ބޭރުގައި އެވާހަކަ އަޑުއަހަން ހުރެދާނެކަމަކަށް ފަހަރެއްގައިވެސް އެދެމައިން ހީކޮށްފައެއް ނެތެވެ. އެހެންނޫންނަމަ ދުވަހަކުވެސް އެފަދަ ވާހަކައެއް މިގޭގެ ހަތަރު ފާރުތެރޭ ހުރެފަ އެދެމައިން ނުދެއްކީހެވެ….ދެން ކަންތައް ވެދާނެ ގޮތެއް ހިތަށް އެރިޔަސް މެހެރް ރޫރޫ އަޅައިގެން ދިޔައެވެ.

ނުނިމޭ…….

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (8)

Next

ވޭންތަކުން ދިން ހިތި މާޒީ (11)

Next
November 7, 2017

ވޭންތަކުން ދިން ހިތި މާޒީ (11)

Previews
November 7, 2017

ހިތްއެކީ ދެވިއްޖޭ (8)

7 Comments!

  1. Fan says:
    November 7, 2017 at 3:45 pm

    Anehka kon vasihyathehba… varah reethi story eh mi. Next part kon irakun warah inthixaaru kurevey mi story kiyaa hithun

    1. ino says:
      November 8, 2017 at 7:24 am

      Fan lets see dho…..and thanks kiyaalaafa comment kohleema. next part tomorrow ga

  2. unaal says:
    November 7, 2017 at 4:45 pm

    xoraaa aky thikuhjja ah vedhaane

    1. unaal says:
      November 7, 2017 at 4:46 pm

      vrh reethi story
      avahah up kohdhehche plc

    2. ino says:
      November 8, 2017 at 7:25 am

      thanks unaal……

  3. Lovely says:
    November 7, 2017 at 11:27 pm

    Reethi…ekam laheenoontha genesdeyle..thi thankolheh avahah genesdheyn vehjje ehnu..kiyun terinves foohivaane thihaa faruvaa kuda kuranyaa

    1. ino says:
      November 8, 2017 at 7:21 am

      thanks Lovely…..tomorrow next part genesdheynan…..

Comments are closed.


All Right Reserved!