Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ތޭރަވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 6, 2017 4 Mins Read
106 Comments

ޔާނާ ޝޯލްއަޅަމުންދިޔައީ ހޮސްޕިޓަލްއަށް ދިޔުމަށްޓަކައެވެ. ނިދާފައި އޮތް މިކްޔަންއަށް ގޮވާތާ މިހާރު ކިހާއިރެއްހެއްޔެވެ. އަދިވެސްނުހޭލައެވެ. ތައްޔާރުވެލައިގެން ޔާނާ ގޮސް އެނދުކައިރި ހުއްޓިލާފައި މިކްޔަން އަށް ގޮވާލިއެވެ.

“ޔަން. ޔަން. ޔަން އޭ ހޭލަބަލަ. ދެން ނޭނގެ ގަޑިއަށް ހޮސްޕިޓަލްއަށް ދެވޭނެ ކަމެއް” މިފަހަރު ޔާނާ ގޮވާލުމުން މިކްޔަން ލޯހުޅުވާލިއެވެ. “ދޭބަލަދެން. މިއަދު އަހަރެން ނުދާނަން” މިހެން ކިޔާ މިކްޔަން އަނެއްކޮޅަށް އެނބުރުނެވެ. ޔާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ތެދުވެ ހިނގައިގަތެވެ.

****

އާދައިގެ މަތިން ނަޝްވާ ހެދުނުގެ ސައިބުއިމަށްޓަކައި ހެދިކާ ގަތުމަށް ރެސްޓޯރެންޓަކަށް ދިޔުމަށް ހިނގައިގަތެވެ. ޓެބްލެޓްއިން ގޭމް ކުޅެމުން ރެސްޓޯރެންޓްގެ ދޮރުހުޅުވާލި ނަޝްވާ ގައިގައި ފުރަތަމަވެސް ޖެހުނީ ހެދިކާ ކޮތަޅެކެވެ. ސިހުނު ވަރުން އަތުގައި އޮތް ޓެބްލެޓްވެސް ވެއްޓުނެވެ.

ނަޝްވާ އަވަސް ނަޒަރެއް ކުރިމަތީ ހުރި ޒުވާނާ އަށް ދިނުމަށްފަހު އުޅުނީ ވެއްޓުނު ކޮތަޅު ނަގާދޭށެވެ. ނަމަވެސް އެއަށްވުރެ ކުރިން ކުރިމަތީހުރި ޒުވާނާ ހީލުމަށްފަހު އިށީއިނެ ވެއްޓުނު ހެދިކާ ކޮތަޅު ހިފައިގެން ހިނގައިގަތެވެ. ނަޝްވާވެސް އަވަސްއަވަހަށް ޓެބްލެޓްނަގަން ތިރިވިއެވެ. ނަަމަވެސް އެކިކޮޅުކޮޅަށް ނަޒަރު ހިންގާލިއިރުވެސް ޓެބްލެޓްއެއް ނުފެނުނެވެ. ވަގުތުން ފަހަތަށް އެނބުރި އެމީހައާ އެއްވަރު ކުރިއެވެ.

“އެސްކިއުޒް. އަނެއް އަޅުގަނޑުގެ ޓެބް” ނަޝްވާއަށް މިހާހިސާބަށް ބުނެވުނުތަނާ އެޒުވާނާ ދެއަތްމައްޗަށް ހިއްލާލީ ތިމަންނައަކަށް ނޭނގެއޭ ބުނާފަދައިންނެވެ. އިތުރަށް އަހަން ނުކެރިގެން ނަޝްވާ ރެސްޓޯރެންޓާކޮޅަށް ހިނގައިގަތީ މާޔޫސްވެހުރެއެވެ. އެ ޓެބްލެޓުގައި އޭނައަށް ކަމުދާ ހުރިހާ ގޭމުތައްވެސް ހުންނާނެ ވިއްޔާއެވެ.

*****

ބްރޭކް ގަޑި ޖެހުމުން ޔާނާ ހިނގައިގަތީ ކޭންޓީނާ ދިމާލަށެވެ. ކޭންޓީން ދޮރުމަތީ ޔާނާގެ އިންތިޒާރުގައި ލާރާވެސް ހުއްޓެވެ. ލާރާއާއެކީ ވަންނަން ދިޔަ ޔާނާ ހުއްޓުނީ ފޯނެއް އައުމުންނެވެ. އެހެންކަމުން ލާރާ ކައިރި ދާށޭ ބުނެފައި ޔާނާ ތަންކޮޅެއް ދުރަށްޖެހިލިއެވެ.

ލާރާ އޯކޭ އޭ ބުނުމަށް ފަހު އެޅި ފުރަތަމަ ފިޔަވަޅާއެކީ ހެދިނުހެދިއެއް ނޭގި އަނގަވަތަށް ވެއްޓުނެވެ. އެއާއެކު އިވިގެންދިޔައީ އެތާހުރި މީހުންގެ ހުނުމުގެ އަޑެވެ. ބައެއް މީހުން އަޑުން އަޑުނަގައި ހެމުން ދިޔައިރު އަނެއްބައި މީހުން ހިނިގަނޑު މަތަކުރުމަށް އަނގަމަތީ އަތްއަޅައިގެން ހުއްޓެވެ. ލާރާ އަވަސް އަވަހަށް ތެދުވެ ގޮސް މޭޒެއްގެ ކައިރިއަށް ގޮސް އިށީއިނދެލިއެވެ. އެއަށްފަހު މޭޒުމަތީބޯއަޅާލީ ލަދުގަންވަރުންނެވެ.

އާޝިއާގެ ފޯނެއްކަމުން ޔާނާހިނިތުންވެ ހުރެ ފޯނު ނެގިއެވެ. “ހަލޯ މާމާ. ކިހިނެއް؟ ސައިބޮއިފިންތަ؟”

“މާމާ ރަނގަޅޭ. ހޫމް ބުއީމޭ. ހަމަ ދަރިފުޅު މަތިން ހަނދާންވީ. ކިހިނެއް ދަރިފުޅު. ދަރިފުޅު އުފަލުންތަ ތިއުޅެނީ؟”

“އަޅުގަނޑުވެސް ވަރަށް ރަނގަޅު. އަޅުގަނޑު ވަރަށް ވަރަށް ހެޕީ. މާމާ. އަޅުގަނޑު މާމަ ދެކިލާހިތްވަނީ. ހޮސްޕިޓަލް ނިންމާފައި ދާނަން އިނގޭ”

“ނޫނޭ ދަރިފުޅާ. ބުރަކޮށް އުޅެފަ ޖެހޭނެ އަރާމު ކޮށްލަށް.. ފަހުންއަދި ބައްދަލުވާނެ. ދަރިފުޅު ބަރާބަރަށް ނަމާދު ކުރަންތަ؟ އަބަދުވެސް ކުރައްޗޭ. މާމަ ވަރަށް އުފާވޭ ދަރިފުޅު ދިގު ހެދުން ލާން ފެށީމަވެސް.”

“ލައްބައޭ މާމާ. އަޅުގަނޑު ބަރާބަރަށް ނަމާދު ކުރަން. ކޮންމެ ކަމެއް ދިމާވިޔަސް ނަމާދުކުރެވޭތޯވެސް ބަލާނަން. މާމާ ނެތްނަމަ އަޅުގަނޑުމެންނަށް ހެޔޮ މަގު ނުވެސް ފެނުނިސް. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގޭ”

“މާމަ ހާދަ ލޯބިވެޔޭ ތި ދެދަރިންދެކެ. މިއަދު ފަތިހުވެސް ލާރާ އައިއްސަ އަހާލަނީ މާމާގެ ލޯބިދަރިފުޅަކީ ހަމަ ދޮންތަހޭ. ދެން މާމަބުނެފިން މަޖަލަށް އާއެކޭ. އެހެންބުނީމަ ރުޅި މޫނު ހަދައިގެން ހޮސްޕިޓަލްއަށް ދިޔައީވެސް. އެކަމް ދުވަހަކުވެސް ދެދަރިން ތަފާތެއް ނުކުރަން. ދެކުދިން ދެކެ ވެސް އެއްވަރަކަށް ލޯބިވޭ. ލާރާއަށް ހާއްސަ ސަމާލު ކަމެއް ދެވޭ އިނގޭ އެހެންބުންޏަސް. ދަރިފުޅަށް އެނގޭތަ. އެމަންޖެ އެހުންނަނީ ހަމަ ތިކުދިން މަންމަ ހުންނަ ގޮތަށް. ލާރާ ފެންނައިރަށް ދަރިފުޅުމެންގެ މަންމަ މަތިންހަނދާން ވަނީ.”

“އެހެންތަ. މަންމަ މަތިން ވަރަށް ހަނދާންވޭ.” ޔާނާގެ އަޑުގައި މާޔޫސްކަން ވިއެވެ.

“ހޫން މާމާ މިދަނީ އޮށޯއޮވެލަންވެގެން. މާމަވަރަށް ލޯބިވޭ އިނގޭ ބޭއްވީއޭ”

“ހޫމް މާމާ. އަޅުގަނޑުވެސް ވަރަށް ވަރަށް ލޯބިވޭ”

ޔާނާ ފޯނުބޭއްވުމަށްފަހު އެތެރެއަށް ވަނެވެ. މޭޒުމަތީ ބޯއަޅާލައިގެން އޮތް ލާރާ ފެނުމުން ގޮސް ލާރާގެ ބޮލުގައި ކޮއްޓާލަމުން ގޮނޑީގައި އިށީއިނެވެ. އޭރުވެސް ބައެއް މީހުން ހޭތަން ފެނެއެވެ. ބޯހިއްލާލީ ލާރާގެ ލޯ ކުޑަކޮށް ވަނީ ފެންކަޅިވެފައެވެ. “ކިހިނެއްވީ މިހާރު” ޔާނާ އަހާލިއެވެ.

“މިތަނަށް ވެއްޓުނީ” މައުސޫމްގޮތަކަށް ލާރާ ބުނެލިއެވެ. ޔާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ބާރު ހިނިގަނޑެއް ޖަހާލިއެވެ. “ދެން އެއްކަލަ ދޮންތަ. ވަރަށް ފޫހިވޭ.” ޔާނާ ހެމުން ހެމުން ކާއެއްޗެއްސަށް އޯޑަރު ކޮށްލިއެވެ.

****

ޒާއިން މާ ވިއްކާފިހާރައަކަށްވަދެ އެތަށް ވައްތަރުގެ ބައިވަރު މާތަށް ނެގުމަށް ފަހު ދެން ހިނގައިގަތީ ލާރާއަށް ކަމުދާކަހަލަ ގިފްޓް ތަކެއް ފެނޭތޯއެވެ. މިކަހަލަ ގޮތަކަށްވިޔަސް ލާރާގެ ރުޅި ގަނޑު މައިތިރި ކުރަންއެބަ ޖެހެއެވެ. ކުރީގެ ލާރާ އޭނަ ހާދަބޭނުމެވެ.

ޑިއުޓީ ނިމިގެން ހަވީރު ޔާނާ ކޮޓަރިއަށް ވަންއިރު މިކްޔަން ނެތެވެ. ދެކޮނޑު ހިއްލާލުމަށްފަހު ޔާނާ ވަރުބަލި ކަމާއެކީ ސޯފާއަށް ވެއްޓިގަތެވެ. ނަމަވެސް އެހެން ގިނައިރު އޮންނަން ނަހަދާ ފެންވަރާލުމަށްޓަކައި ފާހާނައަށް ވަނެވެ.

ސިޓިންގް ރޫމްގައި ޓީވީ ބަލަންއިން އާލިމާ ފޯނަށް ފޯނެއް އައުމުން އެއަށް ޖަވާބުދިނެވެ. ފޯނު ބޭއްވި އާލިމާ ހަލުވި ހިނގުމެއްގައި ހިނގައިގަތީ މިކްޔަންގެ ކޮޓަރިއަށެވެ. އޭރު އެމޫނުމަތީ ވަނީ ހިތާމަވެރިކަމެވެ.

އާލިމާ އެކޮޓަރިއަށް ވަންއިރު ދިގު ހެދުމަކާއެކީ ވަށްބުރުގަލެއް އަޅާލައިގެން ދޮރާދިމާލަށް ޔާނާ އަންނަނީއެވެ. އާލިމާ ފެނުމުން ޔާނާ ހިނިތުންވެލިއެވެ. “ސައިހަދައިފިންތަ؟” ޔާނާ މިހެން ބުނުމުން އާލިމާއަށް ހިތާމަ ވެރިއަޑަކުން ޔާނާއަށް ގޮވާލެވުނެވެ. އާލިމާ ގޮވާލިގޮތުން ޔާނާގެ ދެބުމަ ކައިރިކޮށްލެވުނެވެ. ޔާނާ އެއްޗެއް ބުނަން އުޅެނިކޮށް ފޯނު ރިންގްވާންފެށުމުން އާލިމާއަށް ބަލަން ހުރެ ގޮސް ސޯފާގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އިވުނު ހަބަރުން ޔާނާއަށް ހުރެވުނު ތަންވެސްނޭގުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޔާނާ ދެފަޔަށް ބާރުލާފައިދުއްވާގަނެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އާލިމާވެސް ޔާނާގެ ފަހަތުން ބާރު ހިނގުމެއްގައި ދިޔައެވެ.

އެއްވެސް ކަމަކާ ނުވިސްނަ ދުވަމުން ދިޔަ ޔާނާ ލައިގަތީ ސިޓިންގްރޫމް ގައި ހުރި މިކްޔަންގެ ގައިގައެވެ. މިކްޔަންވެސް ނުވިސްނާ ހުރުމުން ޔާނާ ވެއްޓުނަނުދީ ނުވެއް ހިފެހެއްޓުނެވެ. ޔާނާ އަށް ބިންމަތީ އިށީއިނެވުނެވެ. އެއަށްފަހު މިކްޔަންއަށް ބަލާލިއެވެ.

ޔާނާއަށް ބަލާލި މިކްޔަންއަށް ޔާނާގެ ލޯފެންކަޅިވެފައިވާ ތަން ފެނުމުން އެހިތަށް ގޮތެއްވެގެން ދިޔަކަން ޔަގީނެވެ. އެ މޫނުމަތީ ހުރި ހިތާމައިގެ ކުލަވަރުން މިކްޔަންވެސް ރޯލަންބޭނުންވި ކަހަލައެވެ.

ޔާނާ ދެވަނަ ސިކުންތުގައި ތެދުވެ އަނެއްކާވެސް ދުއްވާގަތެވެ. ހަލުވި ހިނގުމެއްގައި އައިސް ހުއްޓުނު އާލިމާކުރެން މިކްޔަން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވިއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ހުއްޓުމެއް ނެތި ދުވަމުން ދިޔަ ޔާނާގެ ހިތުގައި އެކްސިޑެންޓެއް ވެދާނެތީ ބިރުގެ ކަންފުޅެއްވެސް ނެތްފަދައެވެ. އޭނާގޮސް ހުއްޓުނީ ޒިޔާދުމެން ގޭގައެވެ. ގެއަށް ބަލަން ހުރުމަށްފަހު މީހުން ތައް ފަޅައިގެން ޔާނާ ގޮސް ހުއްޓުނީ އޭނާގެ ލޯބިވާ މާމަގެ ފުރާނަ ނެތްމަސް ގަނޑު ކައިރިއެވެ. އާއެކެވެ. އޭނަގެ ލޯބިވާ މާމަ މިދުނިޔެއާ އަލްވަދާއު ކީއެވެ. ދުރުގައި ޒިޔާދުގެ ގައިގައި ބައްދައިގެން ލާރާ ރޮމުންދިޔައެވެ. ޒިޔާދުވެސް ހުރީ ފެންކަޅިވެފައެވެ. ކިތަންމެ ރޯންބޭނުންވިޔަސް ދަރިން ކުރިމަތީ އޭނާ ހިތްވަރު އެލުވައެއް ނުލާނެއެވެ.

“މާމާ، މާމާ. ހޭލަބަ. މާމާ،” ޔާނާ އާޝިއާގެ ހަށިގަނޑުގައި ކޮއްޓަމުން ދިޔައީ މޮޔައަކު ފަދައިންނެވެ. “މާމާ، ތެދުވެބަލަ. މާމާ ތެދުވާށޭ.” މިފަހަރު ޔާނާބުނެލީ ރުޅިވެރިކަމާއެކީއެވެ. އެތާހުރި ބައެއް މީހުންއައިސް ޔާނާގެ އަތުގައި ހިފީ ދުރުކުރުމަށެވެ.

“އޭ އޭ. ނުބެހެއްޗޭ. އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ މާމައަށޭ” އެމީހުންގެ އަތް ޔާނާ ފޮޅާލިއެވެ. ނަަމަވެސް އެމީހުން ގަދަކަމުން ޔާނާ ދުރުކުރުވީ ހިތްވަރުކުރަން ބުނަމުންނެވެ. ނަމަވެސް އެއަޑު ޔާނާއަށް އިވުނު ކަމަކަށް ނުވެއެވެ. އޭރުވެސް އޭނަގޮވަމުން ދިޔައީ އާޝިއާ ކައިރި ހޭލުމަށެވެ. މިމަންޒަރު ބަލަން ޒިޔާދުއަށް ކުޅަދާނަނުވުމުން ލާރާ ދުރުކޮށްލާފައި އައިސް ޔާނާގެ މޫނުގައި ދެއަތުން ހިފާލިއެވެ. “ދަރިފުޅާ މާމާ ދެން ނުހޭލާނޭ” ޒިޔާދު މިހެން ބުނުމުން މިއޮއްހާއިރު ހަމައެކަނި ކަރުނަ ބާލާ ބާލަ ހުރި ޔާނާގެ ބަޑި ފަޅައިގެން ދިޔައެވެ.

“ޑޭޑް. އެކަމް މާމާ ހަމަ ރަނގަޅަށް މިއަދު” ޔާނާ އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. “ދަރިފުޅާ އެމީހެއްގެ ވަގުތު ޖެހުނީމަ އެމީހަކު މި ދުނިޔެއާ ޖެހޭނީ އަލްވަދާއު ކިޔަން. މިއަދު މާމަގެ ވަގުތު ޖެހުނީ” ޔާނާ ރޮމުން ރޮމުން ޒިޔާދުގެ ގައިގައި ބައްދާލިއެވެ. ދުރުގައި މަންޒަރު ބަަލަން ހުރި މިކްޔަންގެ ލޯފެންކަޅިވީކަމެއް ހުދު މިކްޔަންއަކަށް ވެސް ނޭނގެއެވެ.

*****

ދެއަތަށް ދެކޮތަޅު ލައިގެން ޒާއިން ގެއަށް އައީ ފެންވަރައިލައިގެން ލާރާ ކައިރިއަށް ދިޔުމަށެވެ. “ކޮންތާކުން ޒާއިން؟”

“އަޅުގަނޑު”

“ހިނގާބަލަ ޔާނާމެންގެއަށް ގޮސްލަން. އެމީހުނަށް އަހަރެމެންގެ ހިތްވަރު މިހާރު ނުލާހިކު ބޭނުންވާނެ”

“ކީކޭ މަންމާ. ކީއްވީ. ދޮންބެ ދައްތަ އަށް ކަމެއްވީތަ؟” ޒާއިންގެ ހިޔާލަށް ފުރަތަމަަވެސް އައިއެތި ބުނެލިއެވެ.

“އާޝިއާ ދައްތަ ނިޔާވީނުން. ދެންމެ ވަޅުލާފި. ދޮންބެ އާ ބައްޕަ ވެސް ވީ އެތާ. ދެންވެސް ހިނގާބަލަ އެގެއަށް” އާލިމާ މިހެން ބުނުމުން ޒާއިންގެ އަތުން ކޮތަޅުތައް ދޫވިއެވެ. އެހެންވިއްޔާ ލާރާ ހާދަ ދެރަވާނެއެވެ. ޒާއިންގެ ހިތަށް އަންނަން ފެށި ހިޔާލުން އަވަސް ހިނގުމެއްގައި ބޭރަށް ދިޔައެވެ. އާލިމާވެސް ފާޑަކަށް ބަލަން ހުރުމަށްފަހު ދުވަމުން ގޮސް ޒާއިންއާއެއްވަރު ކުރިއެވެ.

އާޝިއާ ގެންދިޔަފަހުން ޔާނާ އިންނަނީ ގަބުވެފައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އޭނާގެ ހިޔާލުގައި ވަނީ ހަމައެކަނި އާޝިއާގެ ހަނދާންތަކެވެ. މިކްޔަން ވެސް ޔާނާ ކައިރިއިށީއިނެ އިނީ ޔާނާގެ އަތުގައިހިފާލައިގެންނެވެ. ހަމަގައިމުވެސް އެހިތުގައި ހަމްދަރުދީ އުފެދިއްޖެކަން ގައިމެވެ.

ޒިޔާދު ކައިރި އޭނާގެ ދުވަސް ވީއެކުވެރިންގެ އިތުރުން ނާސިހްވެސް އިނެވެ.

އެގެއަށް ވަދެގެން އައި ޒާއިންއަށްފުރަަތަމަ ވެސް ފެނުނީ ގޮނޑީގައި އިށީއިނދެ އަތުން މޫނު ފޮރުވައިގެން ރޯން އިން ލާރާއެވެ. އާލިމާއަށް ފުރަތަމަވެސް ދެވުނީ ޔާނާ ކައިރިއަށެވެ.

ޒާއިން މަޑު ހިނގުމެއްގައި ގޮސް ލާރާ ކައިރި ހުއްޓުނެވެ. ޒާއިން އަށް ފުރުސަތުދެމުން ލާރާ ކައިރި ހުރި އަވަށްޓެރިޔާ އެތަނުން ދިޔައެވެ. ޒާއިން ހަމްދަރުދީގެ ނަޒަރަކުން ލާރާއަށް ބަލާލުމަށްފަހު މަޑު މަޑުން ލާރާއަށް ގޮވާލިއެވެ. ލާރާ މޫނުމަތިން އަތް ނަގާފައި ޒާއިން ގެ ބަނޑާ ދިމާލުން އަތްވަށާލުމަށް ފަހު ބައްދާލާފައި ރޯންފެށިއެވެ. “މާމަ ދިޔައީ. އަހަރެން އެކަނި.” ލާރާއަށް ދިޔައީ ރޮވެމުންނެވެ. “ޝޫޝް. ބެބީ ގާލް ހުއްޓާލަބަލަ. ހިތްވަރު ކުރަން ވާނެ” ޒާއިން ލާރާގެ ބޮލުގައި ފިރުމަމުންދިޔައެވެ. ލާރާގެ ކަރުނުން ޒާއިންގެ ހުދު ކުލަ ގަމީސް ތެއްމަމުން ދިޔަނަމަވެސް ޒާއިންގެ ފަރުވާލެއް ނެތެވެ. އޭނާބޭނުންވަނީ މި ނިކަމެތި ކުއްޖާ ފުރިހަމައަށް ހިމާޔަތް ކުރާށެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (7)

Next

ދަރިފުޅު (ފަހުބައި)

Next
November 6, 2017

ދަރިފުޅު (ފަހުބައި)

Previews
November 6, 2017

ހިތްއެކީ ދެވިއްޖޭ (7)

106 Comments!

  1. Ram says:
    November 6, 2017 at 11:40 pm

    Hey guyxx.. mibai maa bodah vx kuruvaane kn igeyy.. miadhu i was busyy.. mirey v fahun type kuran feshuny vx.. dhn ram beynunvi mirey part eh upkohlan.. ehnve liyevunu varakah upkohly mi.. comment below igeyy ??❤ loves all ?❤❤❤❤❤

  2. Xee says:
    November 6, 2017 at 11:41 pm

    Yey xee first dw

    1. Ram says:
      November 6, 2017 at 11:45 pm

      Yess xee ?❤

    2. Xee says:
      November 6, 2017 at 11:48 pm

      vv kuru ingey xee heeykuran next part digukohlaane kamah mi part ves vv reathi good night

    3. Ram says:
      November 7, 2017 at 12:16 am

      Yeah i know xee.. xee ge comment usually fennaathy v happy veyy igeyy.. thnkyou .. loves ?❤

  3. Moose says:
    November 6, 2017 at 11:45 pm

    Varah reethi waahaka..
    Me frst dhw

    1. Ram says:
      November 7, 2017 at 9:07 am

      Thankyou moose.. mifaharu first eh noon dww.. dhn faharakun ? ?❤

  4. Aal says:
    November 6, 2017 at 11:47 pm

    Thaks ram v kiyaa hithun huhtta thi up kohlee nd mi part ves vv reethi

    1. Ram says:
      November 7, 2017 at 12:17 am

      Thankyou darlrr ?❤❤

  5. khajja says:
    November 7, 2017 at 12:00 am

    Masha allah stry v v habeys?? emmefahun zaain ge kanthavves falhaa aran dhw e ulheny ? alhey wow haadha rychchey ram hurihaa prt akah koment nukuriyas hurihaa prt evves kiyan feshunyssure mistry ebakiyan v v awsome mi stry??❤??❤??❤??❤????????????

    1. Ram says:
      November 7, 2017 at 9:08 am

      V ufaavejje khajjaa… thankyou so much.. loves ?❤

  6. Kudoo says:
    November 7, 2017 at 12:08 am

    Aa vara reethi yaana ge hux dhen badhal vaanee baa nasvaa tab ah kihineh eh vee

    1. Ram says:
      November 7, 2017 at 12:18 am

      Lets see dww kudoo… thankyou ?❤

  7. Mal says:
    November 7, 2017 at 12:11 am

    V disappointed ingey mirey liyefa huri gothun, jumlathavves v dhen kadakoh huree, kuree part thakuga reethikoh sofa kuruma ekkn genesdheefa hunnanee, but mipart v rush koh liyelaafa miothee, v reethikoh geneveyne baeh aslu mi e,
    Story kuriyah dhaa goiy ok, but hushaelhun u can improve.
    Hope comment balaigannaane kamah.
    Gudnyt.

    1. Ram says:
      November 7, 2017 at 9:12 am

      Ohh… i m writing my best dear.. improve veythw balaanan.. v ufaaveyy abadhu mal ram ge mistakes faahaga kohlaathee.. and sorry disappoint kohlevunyma.. thankyou.. ❤

  8. Anonymous says:
    November 7, 2017 at 12:16 am

    nice. when next part?

    1. Ram says:
      November 7, 2017 at 12:18 am

      Thankyou so much anonymous ? maadhen ?❤

  9. Mai says:
    November 7, 2017 at 12:23 am

    Varah loabi

    1. Ram says:
      November 7, 2017 at 9:17 am

      Thankyou mai ?❤

  10. Mux says:
    November 7, 2017 at 12:28 am

    V nice mi part..konme reyakuves ram ge vaahaka ah inthizaaru kureveni..

    1. Ram says:
      November 7, 2017 at 9:18 am

      Thankyou so much mux.. keep waiting igeyy ?❤

  11. Haw shiaa shabaa shiaar says:
    November 7, 2017 at 12:58 am

    Mashaa Allah mi part vex hama v v furihama, BT ramko haadha kurey mi part, shakuvaanukohlaa kehvaavareh noon, kiyaa hiay vanee v v bodah ehen v ma shakuvaa kureveyne dw, irukolhu kolhun beley up vefa thoa inee , anyway thanks up kureethee, goodnight swty dream, Allah bless you?????????

    1. Ram says:
      November 7, 2017 at 9:19 am

      Hehe.. aslu vx kuruvaane.. sorry igeyy.. thankyou so much darl.. lots of love.. and may allah bless you too

  12. Eyra says:
    November 7, 2017 at 2:16 am

    Varah reethi?

    1. Ram says:
      November 7, 2017 at 9:21 am

      Thankyou eyraa ?❤

  13. SJK...KOREAN says:
    November 7, 2017 at 5:51 am

    hi ramko, mifaharu thi rohvaaly hama. varah asaru kuri part eh mee. habeyys ingey hama. kudakoh kuru viyas ok dhn. story reethi vyma ehaa bodah ekan alhaeh nuganey. i mean for me) varah kiyaa hithun hama vaahakaige therey indha nimuny. varah salhi n u’re improving aslu varah bodah. but mi part ge sentence thah kudakoh kuruhen heevey inge 🙂 hope u’ll take it positively.. other than that all hama best
    🙂 as usual, waiting for the nxt part of this lovely story. luv yu. Tc <3

    1. Ram says:
      November 7, 2017 at 9:23 am

      Hei sjk.. nurohcheyy igeyy.. yes dhn faharakun ragalhu kohlaanan igeyy.. thankyou so so so much luvv.. loves more.. tc ?❤❤

    2. Fan says:
      November 7, 2017 at 10:02 am

      Hey SJK..story ah hama waiting ga. ☺

    3. SJK...KOREAN says:
      November 7, 2017 at 7:27 pm

      🙂 😀

  14. xim says:
    November 7, 2017 at 5:59 am

    Wow v reethi……mi xim ge favorite story…..love it …….waiting for next part

    1. Ram says:
      November 7, 2017 at 9:24 am

      Awwn thankyou so much ximmm.. ?❤

  15. Limsha says:
    November 7, 2017 at 6:29 am

    Alhe next part avas kohladhyba varah varah rythi ingey Stry

    1. Ram says:
      November 7, 2017 at 9:34 am

      Ow okayy.. let me try igeyy.. thankyou ?❤

  16. ??? says:
    November 7, 2017 at 6:35 am

    Vvvvv rythi hithaama veri baeh ?????

    1. Ram says:
      November 7, 2017 at 9:36 am

      Thankyou love.. asluvx dwww… ??❤

  17. snow white says:
    November 7, 2017 at 6:39 am

    Plxx plxx next part thihaaa lasnukurahchey…. stryy vrh reeethi

    1. Ram says:
      November 7, 2017 at 9:37 am

      Yes nukuraanan… thankyou darl ?❤

  18. Ainth says:
    November 7, 2017 at 6:52 am

    Ram haadha inthixaareh kurifahunney thi genesdhiny.. Ekamves v v v rythi mi bai.. Ram ge ehen story thahves kiyaalin.. Hama mivaahakahaa furihama.. Ram molhiey dhw.. Hurihai vaahakehgaves enme alhaigannany story thakuga ram ge sifa kurun… V v v rythi.. Luv u Ram

    1. Ram says:
      November 7, 2017 at 9:38 am

      AWww.. thankyou so so sooo much.. luvs more darl ?❤

  19. ino says:
    November 7, 2017 at 7:43 am

    Ram hama rovijje mibai kiyaava. dhen mikoo yaanaa ah hamdharudheevegen lobivaane nama, hamagaimuvess e hithah mihaaru gohthakeh veyhen hyvey. waiting for next part

    1. Ram says:
      November 7, 2017 at 9:47 am

      Dwwww… thankyou so much ino ?❤

  20. Her says:
    November 7, 2017 at 7:56 am

    Eay varah salhi .Kon iraku next part up vaany

    1. Ram says:
      November 7, 2017 at 9:48 am

      Thankyou. Miadhu type kurevunu haa avahahkah..?❤

  21. Ramlaa??? says:
    November 7, 2017 at 8:16 am

    Mi part vx vvv furi hama. .???….aslu reygadu maa lahy up kuraaleh??? thankolheh avahah up kohdheeba. …pls pls ram …..??????????

    1. Ram says:
      November 7, 2017 at 9:49 am

      Okay ramlaa… ? thankyou ?❤

  22. Sidhu says:
    November 7, 2017 at 8:19 am

    Story v v v reethi…..

    1. Ram says:
      November 7, 2017 at 9:50 am

      Thankyou sidhu ?❤

  23. Sadhin says:
    November 7, 2017 at 8:45 am

    Woooowww. ??? yan ah visnu neebaaaa…??? Nashva teb ah kihinei e v… Binfalhaafa adiyan dhiya e balaaa…. ???… Miadhu dhn thankolhei avahah up kohladheebala… Maa la’s vaneee up kuraaalei… ??… Aneikaaa vx wait kuran dhw mijehunee…. ??.. Bt story hama habeys ey buneveyneee ingeyyyy….

    1. Ram says:
      November 7, 2017 at 6:23 pm

      Heheh.. thankyou so so so much darl ?❤

  24. thaaaai ? says:
    November 7, 2017 at 9:04 am

    Ehen story thakah ves inthizaaru kuran…koffa up viyas ehen story thah v ma ufaleh nuvey ehaa varakah?? ekam mi story ah hama inthizaaru kureveyny hama abadhu?? up v ma ves varah ufaa vey..heevany thaai ves mee vhk therey ulhey meeheh henn?❤waiting ingey…next part dhigu kolla dheyhchey…

    1. Ram says:
      November 7, 2017 at 9:52 am

      Awwwn thaaii… thankyou so much.. dhigukohlaanan igeyy ?❤

  25. RIiii says:
    November 7, 2017 at 9:09 am

    Ram… V salhi….
    Thankolheh avahah up kohlahchey…. Nxt part….
    Waiting….. Kaihmadhuvefa ingey….

    1. Ram says:
      November 7, 2017 at 9:54 am

      Heii riii.. thankyou so much.. yes avahah upkohladheynan igeyy… ?❤

  26. Nish says:
    November 7, 2017 at 9:14 am

    Mi part kiyaalaigen hama rovijje?bt story hama vv salhi.☺ram ur the best.. um so happy mi kahala salhi story eh genes dheythyve..☺mihaaru enmeh kiyaahiyyvaa story mi..nd my only favourite writer ram..LY???waiting!

    1. Ram says:
      November 7, 2017 at 9:55 am

      Awwn ❤❤❤ thankyou so much nish ??? loves much more ????❤❤❤❤

  27. Shaasha says:
    November 7, 2017 at 9:58 am

    Varah salhi akam ram u makes me cry vvvvvvvv reethi

    1. Ram says:
      November 7, 2017 at 6:21 pm

      ALheyy shaasha.. so sorry ? Thankyou so much ?❤

  28. Roo says:
    November 7, 2017 at 10:26 am

    Awwh rovijje ?? zaain and laaraa haadha haa ey loaby ❤️❤️ When next part? Waiting ingey ram ?❤️?

    1. Ram says:
      November 7, 2017 at 11:26 am

      Nurohcheyy dear… miadhu igeyy.. thankyou roo ?❤

  29. Saajyzoo says:
    November 7, 2017 at 10:52 am

    Wow v salhi.. but hama rovihjje rangalhahves.. next part avahah gennahchey

    1. Ram says:
      November 7, 2017 at 11:27 am

      Nurohcheyy darl… yes avahah genes dheynan… thankyou ?❤

  30. Eshal says:
    November 7, 2017 at 11:37 am

    Ramko v salhi mi part….kyve aashiya maama ehn hedhy..hama rovijje…?ram ves kura kanthah…dhn yaana men eha dhera nukurahchey..

    1. Ram says:
      November 7, 2017 at 6:12 pm

      Aww eshal.. adigadakah fahu usgandeh anna fadhain usgandakah fahu adigadeh vx annaanun ?.. Fahun okvaane kamah balamaa dww love..?❤

  31. Her says:
    November 7, 2017 at 12:22 pm

    Varah salhi hama perfect?mi story akee me ge favourite.ram kon iraku the next part .

    1. Ram says:
      November 7, 2017 at 6:14 pm

      Thankyou so so so much..?❤ miadhu up kohlan hury but i cant ??

  32. Sinaa says:
    November 7, 2017 at 1:34 pm

    Wow

    1. Ram says:
      November 7, 2017 at 6:15 pm

      Thankyou sinaaa ?❤

  33. click a shot ? says:
    November 7, 2017 at 1:54 pm

    Alhey haadha dhera gothe key mivy.?..mi part varah emotional…??hama readers ves rohvaala varah ibaarai tha genesdhy fa huri…varah asarugadha…pure yaana and laara.?..ram haadha molhey vaahaka liyan…majaa thanthan kiyaafa hehevaalaa varu kohlaa dhen asarugadha baibai ga rohvaalaa varu kohlaa…hehe?..your writing skills are great…???zaain hen mikyan ves yaana ge himaayatha anaane nama…?waitting for next part..mirey dhw up vaany…love you…and click balaanan ingey mirey story kiyaafa nidheytho ?❤️❤️

    1. Ram says:
      November 7, 2017 at 6:17 pm

      Hehe hankyou click love.?❤ but i have a bad news.. mirey up eh nukohleveyne ???? sorry love ❤

    2. click a shot ? says:
      November 7, 2017 at 7:00 pm

      It’s okay.. I’m waiting…??

    3. Ram says:
      November 7, 2017 at 9:47 pm

      Thankyou click ?❤

  34. Fan says:
    November 7, 2017 at 3:51 pm

    Vaahaka vaarh reethi vaaanehen heeveey.. ekam thankolheh kuruvefa maaa bodu kame nuhingaathy dheraee. Dhen komme reyaku vs haaadha lahunney up vanee.. sorry.. kiyaahiyyvvaa varun shakuvaa kureveny ???

    1. Ram says:
      November 7, 2017 at 6:18 pm

      Yes fan i knoww.. so sorry for that igeyyy… dhn ragalhu kohlaanan.. thankyou ?❤

  35. Nathuu says:
    November 7, 2017 at 4:27 pm

    Kn irakun tha anehbai up kuraaniii…
    Kiyaaahithun kiriya kiriyaamihureveniii… plxxxxx avahah up kohdhyba???

    1. Ram says:
      November 7, 2017 at 6:20 pm

      Aww nathoo.. i m so so so sorry.. maadhama ah wait kohlahcheyy ??

  36. Eshal says:
    November 7, 2017 at 5:53 pm

    Ram ….! mirey thankolheh avaha upkohdhehchey ingey…hehe..next part kiya hithun nuves hurevey..?

  37. Ram says:
    November 7, 2017 at 6:05 pm

    Hey guyxx.. personal kameh dhimaavegen miadhu part up eh nukohdheveyne.. so so so sorry.. so maadhen next part.. i know some will be angry and yeahh definetely some will understand.. ram maadhen upkohladheynan igeyy.. thankyou all.. ❤

  38. Ram says:
    November 7, 2017 at 6:08 pm

    I knoww miadhu upkohdheynamey bunevun kn.. but hama kuhliakah mihen mivee.. so sorry..

  39. Ramlaa??? says:
    November 7, 2017 at 6:44 pm

    Ok..
    That’s not a problem. ..hama kohmme meehakah vx kameh dhimaa vedhaane. …

    1. Ram says:
      November 7, 2017 at 6:50 pm

      Thankyou so much ramlaaa ???❤❤

  40. SJK...KOREAN says:
    November 7, 2017 at 7:26 pm

    hama kameh dhimaa vedhaane dhw komme vaguthakuvx. so no pro 😉 we will wait. 😀 loves 🙂

    1. Ram says:
      November 7, 2017 at 9:44 pm

      Thankyou sjk?❤

  41. Ainth says:
    November 7, 2017 at 7:56 pm

    Alhey ram ekam haadha dheragothekey dhw mi v.. Ekam ves OK igey.. Inthixaaru kuraanan

    1. Ram says:
      November 7, 2017 at 9:45 pm

      Yess ainth v dhera.. ? Thankyou darl ?❤

  42. Haw shiaa shabaa shiaar says:
    November 7, 2017 at 8:46 pm

    Alhamdhulillahi, inthizaarakee v v foni ehcheh , keep waiting,

    1. Ram says:
      November 7, 2017 at 11:03 pm

      ThNkyou so so so much ?❤

  43. Shaasha says:
    November 7, 2017 at 9:23 pm

    Ram dhen avas kon dheeba can’t wait anymore plx dear ramkoo

    1. Ram says:
      November 7, 2017 at 11:04 pm

      ThNkyou shashaa.. keep waiting.. ?

  44. Shaasha says:
    November 7, 2017 at 9:35 pm

    OK waiting but tmrw avahah up kndeenvane ???????

    1. Ram says:
      November 7, 2017 at 11:04 pm

      Yes yes ? thankyou ❤

  45. Thuhthi says:
    November 7, 2017 at 11:41 pm

    Varah dhigu kohlacheyyy ???

    1. Ram says:
      November 7, 2017 at 11:44 pm

      Hehe thuhthi.. in sha allah.. ?❤

  46. Ana says:
    November 8, 2017 at 8:30 am

    hope next episode dhigu vaane kamah

    1. Ram says:
      November 8, 2017 at 8:43 am

      Yes yes.. ❤

    2. Ram says:
      November 8, 2017 at 8:44 am

      Guyxx typing igeyy… dhigukohleveythww mi balany.. ?

  47. Min says:
    November 8, 2017 at 9:25 am

    Varah reethi mi Bai ves ? alhey kon irakun tha up vaanee can’t wait plx avahah up koh dheeba pls pls ram?????

  48. Shaasha says:
    November 8, 2017 at 10:30 am

    Avas knbah ram I am waiting………. Dhen avas knbah..????

  49. Shaasha says:
    November 8, 2017 at 10:50 am

    Ram dhen avas knbah….. please

  50. click a shot ? says:
    November 8, 2017 at 11:17 am

    Konirakun up vaany ram dear..miadhu up vaa time bunedhyba..?

  51. Ram says:
    November 8, 2017 at 12:32 pm

    Wait igeyy.. 3 haairu upkohladheynan..

    1. yal v says:
      November 8, 2017 at 2:28 pm

      Alhey mihar hurevenykives noon kiyaa hithun but its okkk heehe

  52. Nahu says:
    November 8, 2017 at 2:37 pm

    Thedheh awas khbaaa
    Ram☺☺

  53. yal v says:
    November 8, 2017 at 3:04 pm

    Ram mihar 3 jahaafiyeeee

  54. Anee says:
    November 8, 2017 at 3:31 pm

    Koba tha vaahaka

  55. Shifoo says:
    November 8, 2017 at 3:37 pm

    Ram bunee 3 ga ey…. dhen miadhu 3 nujahaane… but mirey fathihu jahaifaane…
    sry shakuvaa kurevuneema… but lasvaathee kiyenee ehen… story maabodah kiyaa hiey vefa hureema….???

  56. Xeee says:
    November 30, 2017 at 5:02 pm

    Meee kihineh wahaka dhahkaaa waahaka eh tha !

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ސާދަވަނަބައި)←


All Right Reserved!