Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (އެގާރަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 21, 2017 6 Mins Read
53 Comments

ކޮޓަރިޔަށް ވަދެ އެދުމަތީގައި އޮށޯންނަމުން ސަނާޝްއަށް ރެއިންއާމެދު ވިސްނާލެވުނެވެ. އެހާރީތި ފުރިހަމަ ޒުވާނެއް އޭނަޔެއް ނުދެކެއެވެ. ބޯ އެސްފިޔަތަކާއި ވިދުންގަދަ ލޮލެކެވެ. މޫނުމަތީގައިވާ ސީރިޔަސްކަމުން ސަނާޝްއަށް ފުރަތަމަ ނަޒަރުންވެސް ކަމުގޮސްފިއެވެ. އެހިނިތުންވުމަށް ފިދާވާނަމެވެސް ސަނާޝްގެ ހިތަށް އެރިއެވެ. މީގެ އިތުރުން އިމްރާންބެ ކިޔާދީފައިވާގޮތުން ދީނަށް ލޯބިކުރާ މީހެއްކަންވެސް އެނގެއެވެ. އެހެންކަމުގައިވާނަމަ އަހުލާގުވެސް ރަނގަޅުވާނެއެވެ. ސަނާޝްއަށް އޭނާގެ ނަސީބު ކިހާ ރަނގަޅުހޭ ހިތަސް އެރިއެވެ. އޭނާގެ އުނިކަމާއެކުވެސް ރެއިންފަދަ ޒުވާާނަކު އޭނަ ގަބޯލުކުރީތީ ހިތާހިތުން ޝުކުރުވެރި ވެވުނެވެ.
ސަނާޝްމެންގެ ކައިވެނި ހީވެސްނުކުރާހާ އަވަހަށް ކުރަން ހަމަޖެހުނެވެ. ކައިވެނީގެ ހަފްލާއަށް ތައްޔާރުވެގެން ތިބި ދެމަފިރިން ދިބި އެމީހުންނަށް ހާއްސަކުރެވިފައިވާ ތާގައެވެ. މުޅިތަންވެސް ކަޅާއިހުދުން ޒީނަތްތެރިކޮއްފައިވާއިރު އަންނަ ކޮންމެ މެހެމާނެއްވެސް ތައުރީފުކުރެއެވެ. ބޮޑުހުދުހެދުމެއްގައި ހުންނަންވުމުން ކިތަންމެ އުނދަގޫ ވިނަމަވެސް ސަނާޝްގެ މޫނުމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފަނޑުވެގެން ނުދެއެވެ. ރެހާންވެސް ހުރީ އެފަދަ ހާލެއްގައެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު އެތަނަށް އަންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތްކަތިލާނެކަން ގައިމެވެ. ބައްޕަގެ އުފަލަށްޓަކައި ކުރެވުނު ކައިވެންޏަޔަށް ވެގެންދާނީ ކިހިނެއްބާއޭ އޭނަގެ ހިތަށް އެރިއެވެ. ބައްޕައެދޭފަދައިން މި އަންހެންކުއްޖާ އުފަލުގައި ބެހެއްޓިދާނެބާއެވެ؟. ހިނިތުންވުމުގެ ފަހަތުގައި ހިތުގައިވާ އުދާސްތަށް ފޮރުވަމުންދިޔަ ރެހާންއަށް ގަޑިޔަށް ބަލާލެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެޔެވެ. މި ހަފްލާނިމި ސަނާޝްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން އޭނަހުރީ ބޭނުންވެފައެވެ. ސަނާޝްއާ ކައިވެނި ކުރީ ބައްޕަގެ އުފަލައްޓަކާކަމާއި އެހިތުގައި ސަނާޝްއާމެދު އިހުސާސެއް ނުވާކަން ރެހާން އަންގަން ބޭނުމެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި ސަނާޝް ހުރީ ދެން ކަންތަށް ވެދާނެގޮތް ހިތަށް އަރާފައި ބިރުންނެވެ. ރެއިންއާ ކިތަންމެ ގަޔާވިނަމަވެސް އެއްވެސް ފިރިހެނަކު އޭނާގެ އަތުގައި ހިފާލަންވެސް ސަނާޝްއަކަށް ގަބޫލެއް ނުވެވެއެވެ. ސަނާޝް ބޭނުންވާގޮތް ބުނަން ނިންމީއެވެ. ސަނާޝް ރެހާންގެ ކިބައިން ބޭނުންވަނީ ހަމައެކަނި ހިމާޔަތެވެ. މިގުޅުމައިވެގެން ކުރިޔަސްދިޔުމްށް ސަނާޝް އަދި ވަގުތު ބޭނުންވާނެއެވެ. ރެހާންއަކީ އޭނަޔަށް ހީވާފަދަ މާތް މީހެއްކަމުގައި ވާނަމަ މިގުޅުމާމެދު އަވަސް އަރުވާލައިގެނެއް ނޫޅޭނެއެވެ. ކޮޓަރީ ދޮރުހުޅުވުނު އަޑަށް ސަނާޝް ސިހިފާ ބަލާލިއެވެ. ރެހާން ކުރިންލާފައިވި ކޯޓް އަތުން ހިފާޓައިލައިގެން އައިއިރު އެހިނގުމަށްވެސް ސަނާޝްއަށް ތައުރީފުކުރެވުނެވެ. ރެހާން އައިސް ސަނާޝްގެ ގާތުގައިގައި އިށީނުމުން ސަނާޝް އިންތިހާއަށް ބިރުގަތެވެ. މަޑުމަޑުން ސަނާޝްގެ އަތުގައި ހިފުމުން ބާރަކަށް ހަޅޭލަވައިގަންނަމުން އަތް ފޮޅުވާލެވުނީ ގަސްދުގައެއްނޫނެވެ. ސަނާޝްގެ މިއަމަލުން ރެހާންގާތަށްވެސް ރުޅިއައެވެ. މިއީ ކޮންކަހަލަ އަންހެއް ކުއްޖެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނަގެ އަތުގަ ހިފާލުންނޫން އެއްވެސް ކަމެއް ކުރީކީނޫނެވެ. ސަނާޝް ހީކުރަނީ އޭނާ މިއުޅެނީ ހޭބަލިވެގެން ކަމަަށްހެއްޔެވެ؟ ރެހާން އެއަތުގަ ހިފާލީ ހަގީގަތް ކިޔައިދިނުމަށެވެ. ކޮންމެހެން ސަނާޝްއާ ދޭތެރޭ އެއްވެސް ޝައުގުވެރިކަމެއް އޮވެނެއްނޫނެވެ.
” އަހަރެން ކަމެއް ކުރާކަށް ނޫޅެމޭ. ވަރަށް ވަރުބަލިވެފައެއްނު ތިހުރީ. އަވަހަށް ނިދާލަ” ރުޅިއައިނަމަވެސް ސަނާޝް ފެންކަޅިވެފައި ހުރުމުން ރެހާން އެކަމެއް ހާމައެއް ނުކުރެއެވެ. ރެހާން ނުކުމެގެން ދިޔުމުން ކުރެވުނު ކަންތަކާމެދު ސަނާޝްއަށް ވިސްނާލެވުނެވެ. މިހާރު އޭނަޔަކީ ސަނާޝްގެ ފިރިމީހާއެވެ. އަތުގަ ހިފުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާނެއެވެ. އަމިއްލައަށް ކުރެވުނު ކަންތަކާމެދު ސަނާޝް ލަދުގަތެވެ. މާދަން ހެނދުނު އެންމެފުރަތަމަވެސް އޭނަ ކުރާނެ ކަމަކީ ރެހާންގެ ކިބައިން މާފަށް އެދުމެވެ. ޖެހިލުންވެ އޮތްނަމަވެސް ސަނާޝްއަށް ނިދުނީ އޭނާގެ ރުހުމަކާނުލައި ރެހާން އެއްވެސް ކަމެއް ނުކުރާނެޔޭ ހިތަށްއެރުމުންނެވެ.
ހެދުނުހޭލިއިރު ރެހާން ކޮޓަރީގައި ނެތުމުން ސަނާޝް މާޔޫސްވިއެވެ. ރޭގައި ހިތްހަމަނުޖެހިގެން ރެހާން ކޮޓަރިޔަށްވެސް ނާންނަނީއޭ ސަނާޝް ހިތަށްއެރިއެވެ. މިވީ ކިހިނެއެއްހެއްްޔެވެ؟ ކައިވެނީގެ ފުރަތަރޭގައިވެސް މައްސަލަޖެހުނީއެވެ. މިގުޅުމަށް ވެގެންދާނެގޮތަކާމެދު ސަނާޝް ކަންބޮޑުވިއެވެ.
” ހާދަ ހާސްވެފަ. އަހަރެން ނުފެނުނީމަދޯ. އަހަރެން ފަތިހު ހޭލީއިރުގަ މާއަރާމުކޮށް ނިދަލާފަ އޮތީމަ ނުގޮވާ ދިޔައީ” ތުވާލިން ބޯހިއްކަންއިން ސަނާޝް ސިއްސައިގެން ދިޔައީ ރެހާންގެ އަޑުޖެހުމުންނެވެ. އެއަޑުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ. ރޭގަ ކަމެއްވީކަން ހަނދާނެއްވެސް ނެތް ފަދައެވެ. އެހެންކަމުން ދެން އިތުރަށް އެވާހަކަ ނުދައްކަން ސަނާޝް ނިންމިއެވެ. އެކަމު ހަގީގަތަކީ އެޔެއް ނޫނެވެ. ރެހާން ހުރީ ސަނާޝް ރޭގައި އުޅުނުގޮތުން އޭނާދެކެ ފޫހިވެފައެވެ. ކަމަކާ ނުލާ އޭނަޔާ ދިމާއަށް ހަޅޭލަވައިގަންނަން ވެއްޖެއެވެ.
“ބޭރަށް ސައިބޯންދާންވީނު. މިގަޑިގަ އެެންމެން ސައިބޯން ނުކުންނާނެ” އެހެން ބުނެލުމަށްފަހު މަޑުކޮއްލުމެއްނެތި ރެހާން ނުކުމެގެން ދިޔައެވެ. ސަނާޝްވެސް އަވަހަށް ބޮލުގައި ފުނާއަޅާލުމަށްފަހު އައްސާލިއެވެ. އަދި ދުވެ ނުކުތީ ރެހާންއާއެކު ކާމެޒުދޮށަށް ދިޔުމަށެވެ. އެދެމީހުންނަށް މޭޒުދޮށަށް ދެވުނީ އެކުގައެވެ. އޭރު އެންމެންވެސް ތިބީ އެމީހުންގެ އިންތިޒާރުގައެވެ.
“ކޮބާ ދަރިފުޅަށް މިގެ ކަމުދޭތަ؟ ގޭގަ މަސައްކަތް ކުރާކަށް ދަރިފުޅު ނުޖެހޭނެ. މިބުނީ ކެއްކުންކަހަލަ. އެކަންކަމަށް މީހުން ތިބޭނެ. މީ ދަރިފުޅުގެ އަމިއްލަ ގެކަމުގައި ދެކިގެން އުޅެންވާނީ. އެއްވެސް ކަމެއް ދަތިވަންޏާ ރެއިން ކައިރީ ބުނާތި. އޭނަ ދަރިފުޅު ބޭނުންވާ ކަމެއް ކޮއްދޭނެ.” ސަނާޝް އާވެފައި އިނުމުން އިމްރާން ވާހަކަދެއްކިއެވެ. އިމްރާން އަބަދުވެސް ދެކެނީ ސަނާޝްއަކީ އޭނާގެ ކުއްޖެއްގެ ގޮތުގައެވެ.އެންމެ ކުޑައިރުއްސުރެއްވެސް ސަނާޝްއަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށްވުުމުން އެއީ އޭނާގެ ދަރިފުޅުގެ ހަޔާތަށްވެސް ދިރުން ގެނެސްދޭނެ ކުއްޖެއްކަމުގައި އޭނާ ގަބޫލު ކުރެއެވެ. ކިޔަމަންތެރިކަމާއެކު ސަނާޝް ބޯޖަހާލުމަށްފަހު ނާސްތާޔާވެގެން ކުރިޔަސް ދިޔައެވެ.
“ބައްޕަ ފުރުވަން މިއަދު ދާންވާނެ. ރެއިން ދަރިފުޅު އޭނަ ގޮވައިގެން ދާންވާނެ އިނގޭ. 4 ޖަހާއިރު ފުރާނީ.” ގޮނޑިން ތެދުވެލަމުން އިމްރާން ރެހާންއާ ސަނާޝްއާ ދެކުދިންނަށް ބުނެލިއެވެ. ދެމީހުންވެސް ބޯޖަހާލިއެވެ.
“އާސި އޭނާ އެކަނިވިޔަ ނުދޭތި އިނގޭ އަހަރުމެން ގޭގަ ނެތަސް. ރެއިންވެސް އަބަދު ގެޔަކު ނުހުންނާނެއެއްނު.” އިމްރާން ދަމުން އޭނާގެ އަންހެނުންކުރެން އެދުނެވެ.
ކޮޓަރިތެރެގައި ދެފަރާތަށް ހިނަގަމުންދިޔަ ސަނާޝް ހުރީ ކުރާނެ ކަމެއް ނެތިފައެވެ. ރެހާންވެސް ގެއިން ދިޔަ މީހާ އަދި ނުފެނެޔެވެ. ސަނާޝްއަށް ރަނގަޅިވެސް ރޭގެ ހާދިސާއަށް ފަހު ދެމީހުން އެހާގިނައިން ކުރިމަތިލާން ނުޖެހުނިއްޔާއެވެ. ފޫހިވެގެން ގޭތެރެ ބަލާލަން ނުކުތީ ގޭގައި އެއްވެސް މީހަކު އޫޅެނެ ކަމަކަށް ނޫނެވެވެ. ހަތަރު ކޮޓަރީގެ ބޮޑު އެޕާޓްމެންޓެކެވެ. ޓެރަސް ބެނުންކުރެވޭގޮތަށް ހަދާފައި ވުމުން ސަނާޝް ހިތްހަމަޖެހުނެވެ. އެއީ ވައި ޖައްސާލަން އެންމެ ފުރިހަމަ ތަނަކަށް ވެގެންދާނެތިއެވެ. ފަހަރަކު ކޮޓަރިޔަކަށް ބޯދިއްކުރަމުންދިޔަ ސަނާޝް ރަނގަޅަށް ލަދުގަތީ ކޮޓަރިގެ ދޮރު ހުޅުވާލުމުން އެތެރޭގައިއިން ރެހާންގެ މަންމަ ފެނުމުންނެވެ. އެއީ ރެހާންގެ އަސްލުމަންމައެއް ނޫނޭ ބައްޕަ ބުނި ހަނދާނެއް ސަނާޝްވެއެވެ. އެކަމް އެމީހުންގެ ކައިވެނި ހަފްލާގައި އެމީހާ އުޅުނުގޮތުން އެއީ ރެހާންގެ އުފަން މަންމަ ކަމަށް ގަބޫލުނުކުރާނެ އެކަކުވެސް ނޫޅޭނެޔެވެ.
” އަހަ ސަނާޝް. ފޫހިވީ ދޯ. އާދެބަލަ މިތަނަށް މަންމަޔާ ވާހަކަ ދައްކާލަން” އާސިމާ ހިތްހެޔޮކަމާއެކު ހިތްހެޔޮކަމާއެކު ދައުވަތު ދިނެވެ.
” މަންމަ މިހުންނަނި އެކީގަ ޝޮޕިންއަށް ދާނެ ކުއްޖަކު ނުވެފައޭ. ސަނާޝް އައިމް ދެން ނުޖެހެނެޔެއްނު އެކަމާ ހާސްވެގެން އުޅޭކަށް. އެކަމް މާގިނަހެއްނުވެސް ސަނާޝްވެސް ފުރާނެދޯ” އާސިމާ ވާހަކަ ފެށިއެވެ.
“އަދި މަހެއްފަހުންނު ދާނީ. ފުރަންދެން މަންމަޔާއެކުގަ ދެވޭނެ.” ސަނާޝްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ދެމީހުން އެކި ވާހަކަތަށް ދައްކަން ތިއްބާ ގަޑި ދިޔަ ގޮތްވެސް ނޭނގުނެވެ. ވާހަކަތަށް މެދުކަނޑާޅި ރެހާން ސަނާޝް ބަލާއައުމުންނެވެ.
ކާރުން ފެއިބި ސަނާޝް ކުޑަގޮތަކަސް ދުވެލާފައި ޖެޓީ ގާތުގައި ފުރަންތައްޔާރުވެގެންހުރި އެނާގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. ބައްޕަ ފެނިފައި މާގިނަދުވަހެއްނުވަނީސް އަނެއްކާ ވަކިވާންޖެހުމުން ސަނާޝް ހުރީ ދެރަވެފައެވެ. އެއީ މަންމަޔެއްގެ ލޯބިދީގެން ސަނާޝް ބަލާ ބޮޑުކުރި ނިޔަނެތި ބައްޕައެވެ. ސަނާޝްއަށް އޭނާ ބެނުންވި ކޮންމެ އެއްޗެއް ހޯދައިދެވޭތޯ ލަތީފް މަސައްކަތް ކުރެއެވެ.
“ދަރިފުޅާ ރޮނީތަ. ބައްޕަ ދިޔަސް މިހާރު ދަރިފުޅުގެ އާއިލާއެއްވެސް އެބަތިއްބެއްނު. މިހުރީނު އެހެން ބައްޕައެއްވެސް. ރެއިންވެސް ދަރިފުޅު ދެރަވިޔަކަ ނުދޭނެޔޭ” ސަނާޝްށް ރޯކަން އެނގުމުން ހިތްހަަމަ ޖައްސައި ދެވެތޯ ލަތީފު ބެލިއެވެ.
“ދަަރިފުޅާ ބަސްއަހައިގެން އުޅޭނީ. ގޭތެރޭގެ މަސައްކަތްތަށްވެސް ވީވަރަކުން ދަސްކުރެވޭތޯ ބަލަން ވާނެ. މީހަކާ އިނީމަ ނިކަންރަނގަޅު މުރާލި ކުއްޖަކަށް ވާން ޖެހެނެ.” ލަތީފު އޭނާގެ ދަރިފުޅަށް އަބަދުވެސް ނަސޭހަތްތެރިވެއެވެ.
” ދަރިފުޅާ. ބައްޕަ މިދަނީ ބައްޕަގެ ލޮލުގެ ކޮއިހެން ބަލާބޮޑުކުރި ކުއްޖެއް ހަވާލުކޮސްފައި. ނުބުންޏަސް ބައްޕައަށް އެނގެ މިއަމާނާތަށް ދަރިފުޅު ހިޔާނަތްތެރި ނުވާނެކަން. ސަނާޝް ރަނގަޅަށް ބަލަހައްޓަދޭތި. އޭނަ އަބަދުވެސް އުފަލުގަ ގެންގުޅެދޭތި” ސަނާޝްގެ އަތް ރެހާންގެ އަތުތެރެޔަށް ލައިދީފައި ލަތީފު ދޯންޏަށް އަރަން ދިޔައީ އެންމެންނާވެސް ސަލާންކޮށް ހަދާފައެވެ.
ގެޔަށް ދެވުނުއިރުވެސް ސަނާޝް މާ ހިމޭންވެފަ އިނުމުން އޭނަ އަދިވެސް ދެރަވެފަ އިންކަން އެނގުނެވެ. ކޮޓަރިޔަށް ވަދެވުުނު އިރުވެސް ސަނާޝް އަނގައިން ބަހެއް ނުބުނުމުން ކޮންމެސް ކަމެއް ކުރަން ރެހާން ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް މިކުއްޖާއަކީ އޭނަޔާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ.
” އަހަރެން އަތުގަ ހުންނާނެ ވަރަށް ބައިވަރު ކޮމެޑީ ފިލްމް. ބަލަން ދެންތަ.” ސަނާޝްގެ މޫޑު ރަނގަޅުކޮއްލުމަށް ލެޕްޓޮޕް ހުޅުވާލައިފައި އެދުމަތީގައިން ސަނާޝްގެ އުނގަށް ރެހާން ލެޕްޓޮޕް ލާދިނެވެ. ސަނާޝް އިތުރު އެއްޗެކޭ ނުބުނެ އޭގަހިފީ މިގަޑީ އެކަހަލަ ފިލްމެއް ބަލާލުމުން މޫޑު ރަނގަޅުވެދާނެތީއެވެ. ސަނާޝް ފިލްމް ބަލަން ފެށުމުން ރެހާން ގޮސް ސޯފާގައި އޮށޯވެލިއެވެ. ފޯނު ނެގިތަނާހެން އޭނަޔާއެކު މަސައްކަތްކުރާ ނިހާން މެސެޖު ކޮއްލީ މިރޭ ކަމެއް އޮތްތޯ ބަލާލާށެވެ. ވަރަށް އަވަހަށް މިރޭގަ ފްރީ ވާނެޔޭ ބުނެލީ ސަނާޝްއާއެކު ގޭގަ ހުންނާން ބޭނުން ނުވާތީއެވެ. އެއްފިލްމް ބަލާ ނިމުމުން ޕެންޑްރައިވްއެގެނެސް އެޔަށް ފިލްމް އަޅާދިނުމަށް ސަނާޝް އެދުނެވެ. ސަނާޝްއަށް އޭނާގެ އަމިއްލަ ލެޕްޓޮޕުން ފިލްމް ބެލޭނީ އޭރުންތާއެވެ.
ދުވަސްތަށް މިގޮތުގައި ކުރިޔަށް ދިޔައެވެ. ގޭގައި ގިނަވަގުތު ހުންނަނީ ސަނާޝް އެކަންޏެވެ. އިމްރާންއާ އޭނާގެ އަންހެނުން އޮފީހަށް ދިޔުމުން ރެހާންވެސް ދަނީ ބޭރަށެވެ. އެހެންކަމުން ސަނާޝްޔަށް ގެ އޮންނަނީ ހިތަކަށް ލިބިފައެވެ. ރެހާންވެސް ފެނިލަނީ މަދުފަހަރަކު އެވެ. ފެންނަ ކޮންމެފަހަރަކު އެހިތަށް އަސަރުތަކެއް ކުރެއެވެ. ސަނާޝް މިކަމާ މާބޮޑަށް އަޅަޔެއް ނުލައެވެ. މިހެން ގިނަވަގުތު އެކަނި އުޅެން އޭނަޔަށް މާފަސޭހަޔެވެ. އެހެން ކަމުން ގިނަވަގުތު ހޭދަކުރަނީ ފިލްމް ބެލުމާއި ވާހަކަތަށް ކިޔުމުގައެވެ. ފިލްމެއް ބަލަން އިށީނދެއްޖެނަމަ ކޮންމެވެސް ކާއެއްޗެއްކާން އޭނަ ހުންނަނީ ދެވިހިފާފައެވެ. ގޭ ފްރިޖްފައި އަބަދުވެސް ހުސްނުވާވަރަށް ކާއެއްޗެހި ހުރުމުން އެކަންވެސް ސަނާޝްއަށް ވަރަށް ފަސޭހަވިއެވެ.
ރެހާންގެވެސް މުޅިދުވަސްހެން ބޭރުގަ އުޅެނީ އެކުވެރިންނާ އެކުގައެވެ. ގެޔަށް ގޮސްފިނަމަ ސަނާޝްއާ ކުރިމަތިލާން ޖެހިދާނެތީ ގިނަ ވަގުތު ބޭރުގަ އުޅެނީއެވެ. އަންހެނުން ކަމުގައިވިޔަސް ރެހާން ގަޔާވާފަދަ އެއްވެސް ސިފައެއް ހުންނަ ކުއްޖެއް ނޫނެވެ. ތަންކޮޅެއް ފަލަވުމަކުން ރެހާންއަކަށް މައްސަލައެއް ނެތެވެ. އެކަމު ސަނާޝްގެ އުޅުންވެސް ހުންނަނީ ރެހާން ފޫހި ނުވާނެ ގޮތަކަށް ނޫނެވެ. ކޮންމެވެސް ކަމެއްކޮއްގެން އެކުއްޖާގެ އުޅުން ބަދަލުކުރަން ވެއްޖެއެވެ. އެންމެ ކުޑަމިނުން އެލައިއުޅޭ ހެދުންތަސް ބަދަލުކުރަން އެބަޖެހެއެވެ. ނޫންނަމަ މިގޭގަ އުޅޭއިރު އާސިމާގެ ބަހުގެ ހަމަލާތަށް ސަނާޝްއަށް ރައްދުވާނެކަން ރެހާންއަށް ގައިމެވެ. އެހުންނަ ފިރިހެން ގޮތްގަނޑު ކަނޑުވާލައި އަންހެން ކުދިން ކުރާކަލަ މަސައްކަތްތަށް ސަނާޝް ކޮންމެވެސް ވަރަކަށް ދަސްކުރަން ޖެހޭނެކަމަށް ރެހާން ގަބޫލުކުރެއެވެ.
*****
“މީޓިން އަކަށް ދާން ވަރަށް ލަސްވެފަ މިހުރީ. ނިކަން މިގަމީސް އިސްތިރިކޮއްލަބަލަ އަހަރެން ފެންވަރައިގެން އަންނަންވާއިރަށް” ޓީޝާޓެއް އިސްތިރިކުރަންހުރި ސަނާޝްއަށް ގަމީހެއް ދީފައި ރެހާން ވަނީ ތުވާލި ހިފައިގެން ފާހާނާއަށެވެ. ސަނާޝް ދުވަހަކުވެސް ގަމީހެއް އިސްތިރިއެއް ނުކުރެއެވެ. ރަށުގަ ހުރިއިރު ބައްޕަވެސް ގަމީސް އިސްތިރި ކުރަނީ އަމިއްލައަށެވެ. ސަނާޝްގެ އަތަށް ނުދެނީ އޭނާއަތުން ވިރިދާނެތީއެވެ. ސަނާޝްް ޖެހިލުންވެ ހުރެ ގަމީސް އިސްތިރިކުރަން ފެށިއެވެ. މިޔަށް ގޮތެއްވެއްޖެޔާ ރެހާންއަށް ވާނެ ވަރެއް ނޭނގެޔެވެ. މަޑުމަޑުން ގަމީސް އިސްތިރިކުރަމުން ދިޔަ ސަނާޝް ހާސްވިއެވެ. ފާހަނައިން ނުކުތް ރެހާންއަށް ގަމީހުގަ ހުރި ބޮޑު ބާގަނޑުގެތެރެއިން އޭނަޔަށް ބަލަހައްޓައިގެން ހުރި ސަނާޝް ފެނުމުން ވީގޮތްވެސް ނޭނގުނެވެ. އެގަމީހަކީ އޭނާގެ އެމެފަހުން އޮތް އުފަން ދުވަހު ބައްޕަ ދިން ގަމީހެކެވެ. ބައްޕަ ސަނާޝްއަށް މާގިނަ ކަންތައް ކުރަން ނެނގޭނެޔޭ ބުންޔަސް މިވަރުވާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ.
” ނޭގެންޏަ އެވާހަކަ ބުނަން އަނގަޔެއް ދެއްވާާފައި ނެތީތަ” ރެހާން އަށް ބުނެވުނީ ވަރަށް ބާރަށެވެ. ސަނާޝް ބިރުގަތްނަމަވެސް އެކަން މޫނުމަތިން ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެލޯބޮޑުކޮއްގެން ބަލަހައްޓައިގެން ހުރެވުނީ ކީއްވެކަމެއްނޭނގެއެވެ. ރެހާން އެހާވަރަށް ރުޅި އަންނަން އެއީ ސަނާޝް ގަސްތުގަ ކުރިކަމެއް ނޫނެވެ. ސަނާޝް ބަލަހައްޓައިގެން ހުރިގޮތުން ރެހާންގެ ރުޅި ފިނިވިހެން އޭނަޔަށް ހީވިއެވެ. އެމައުސޫމް ބެލުމުން މިފަހަރު ހަމަރަނގަޅަށްވެސް ރެހާންގެ ހިތާ ކުޅެލައިފިއެވެ. ސަނާޝް ބަހެއްނުބުނެ ތުންފިއްތައިގެން ހުރުމުން ރެހާން އިތުރަށް އެއްޗެކޭ ނުބުނެ ގަމީހެއްނަގައިގެން އަމިއްލައަށް އިސްތިރިކޮއްގެން ނުކުތެވެ.
“ގައިމު ޖެނީއާ އިންނަމަ އަމިއްލަޔަށް ގަމީސް އިސްތިރި ކުރާކަށް ނުޖެހުނިސް” ރެހާން އޭނަޔާ އަރާހަމަވުމުން އާސިމާ ބުންޏެވެ. އޭނަ މިހެން ބުނި ސަނާޝްއަށް އަޑުއިއްވަންށެވެ. އެޖުމްލަ ސަނާޝްގެ ހިތަށް ކައްޓެންހެން ހެރުނެވެ. ދެރަވެ ލަދުގަތީ ބައްޕަ ފުރަމުން ދިންނަސޭހަތާ އެއްގޮތަށް އަމަލު ނުކުރެވުނުކަން އެނގުމުންނެވެ. އެހެންކަމުން ސަނާޝް ނިންމީ ގޭގަ މިހެން އެކަނިން އުޅެއިރު ގޭގަ ގެންގުޅޭ ބޭރު މީހާ ކައިރިން އެކަހަލަ ކުދިކުދި ކަންތަށް ދަސްކުރާށެވެ. މިއަދުން ފެށިގެން އެކަންތަށް ދަސްކުރަން ސަނާޝް އަޒުމް ކަނޑައެޅިއެވެ.
“ސަނާޝް. ހިނގާ މަންމަޔާއެކު ޝޮޕިންއަށް ގޮސްލަން. ރެޑީވެލައިގެން އަންނަންވީނު. އަށެއްޖަހަން މާކަ ގިނައިރެއްވެސް ދެން ނެތް.”ކޮޓަރި ދޮރުމަތީގަ ހުރި އާސިމާ ސަނާޝްކުރެން އެދުނެވެ.
ފުރަތަމަ ވަތް ފިހާރައިން ސަނާޝްމެންނާ ބައްދަލުކުރީ އޭނަޔާ ދާދި އެއްއުމުރެއްގެ ޒުވާން ކުއްޖެކެވެ. ޖެނީގެނަމުން އާސިމާ އެކުއްޖާ ތައާރަފް ކޮއްދިނުމުން ސަނާޝްއަށް މީ ކުރިން ބުނި ކުއްޖާކަން އެނގުނެވެ. ހިމަތޮޅި ކުއްޖެކެވެ. ޒަމާނާއެއްމެ ގުޅޭނެގޮތަށް ކޮއްފައިވާ މޭކަޕާއި ލާފައިވާ ހެދުމުންވެސް ސަނާޝްއަށް އޭނަޔާ ޖެނީ އަޅާކިޔާލެވުނެވެ.
އެވަގުތަކީ ރެހާންވެސް ނިހާންއާއެކު ސައިކަލު ދުއްވަން ނުކުމެއުޅުނު ވަގުތެވެ. ލައިޓުގަ ޖެހުނުގަޑިގައި މަޖީދީމަގުގަ ހުރި ފިހާރަޔަކުން ސަނާޝް ފެނުމުން އޭނަ މިތާ ކީއްކުރަނީބާއޭ ރެހާން ހިތަށްއެރިއެވެ. ސައިކަލު މަޑުކޮއްލުމަށްފަހު އެއްކައިރިޔެއްގައި ޕާކުކޮއްލީ ސަނާޝްއާ ދާދިގާތުން ޖަނާން އަދި އާސިމާ ހޭން ހުރިތަން ފެނުމުންނެވެ.
“ނިހާން. އަހަރެން ކުއްލިޔަކަށް ކަމެއް ހަނދާންވެއްޖެޔޭ. މިތާ ފިހާރަޔަކަށް ވަދެލާފަ އެއްޗެއްގަނެގެން ގެޔަށް ލާން އެބަޖެހޭ. މިގަޑީގަ ގޮސްލީޔޭ” ރެހާންއަކަށް ދައްކާނެ އެޔަށްވުރެ މޮޅު ބަހަނާއެއް ނުވިސްނުނެވެ. ނިހާންވެސް އޯކޭއެ ބުނެލުމަށްފަހު ދިޔައީ ދެން މާބޮޑުކަމެއް ނެތީމައެވެ.
“ޖެނީ ލީމަ ކިތަންމެ ރީއްޗަސް ސަނާޝްޔަކާ ތިކަހަލަ ހެދުމެއް ނުގުޅޭނެޔޭ ” އާސިމާ ގަސްދުގަ އެހެން ބުނެލީ ސަނާޝް ދެރަކޮއްލާށެވެ. ގޭތެރެއިން ސަނާޝްއާ ދިމާއަށް އެއްޗެކެ ނުބުނެވުނަސް މިތާގައި އެވާހަކަ އަޑުއަހާނެ މީހަކު ނުހުންނާނެކަން އިނގެއެވެ.
” އޭޝްއާ ނުގުޅޭނެ ޖަނާންމެން ލާކަހަލަ ކަޓު ހެދުންތަކެއް. ތަފާތު މީހުންނާ ގުޅޭނީ ތަފާތު ހެދުމޭ. ދޯ” ރެހާާންއަށް އާސިމާގެ ވާހަކަ އަޑުއިވުނެވެ. ސަނާޝްގެ ކޮނޑުގައި އަތް ވަށާލައި ގަޔާ ކައިރިކޮއްލިތަން ފެނުނު ކޮންމެ މީހަކުވެސް އެމީހުންނަކީ ވަރަށް ލޯބިން އުޅޭ ބަޔެކޭ ހިތައް އަރާނެއެވެ. ސަނާޝްގެ ބޮޑުލޮލުން ހާސްވެފައި ރެހާންއާ ދިމާއަށް ބަލާލިއެވެ. ހަމަ އެވަގުތު ރެހާން ލޮލުން އިޝާރަތް ކޮއްލީ ހަމަޖެހޭ ބުނާފަދަ ގޮތަކަށެވެ. އާސިމާއާ ޖަނާން ބައިވެގެން ސަނާޝްއާ ދިމާކުރަނީކަން ރެހާންއަށް މާކުރިން އެނގެއެވެ. އެކަން އިނގުމުން ރެހާންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ސަނާޝްއާ މީހަކު އެގޮތަށް ދިމާކުރާތަން ބަލާކަށް ރެހާންއަށް ކެއްނުވަނީ ކީއްވެބާއޭ އޭނަ ހިތަށް އެރިއެވެ.
“މަންމަ ގެޔަށްދަނީ އިނގޭ އަހަރެން އޭޝް ގޮވައިގެން. ޖަނާން ހުންނާނެއެއްނު. ހިނގާ ދާން އޭޝް” ސަނާޝްއާ ދިމާއަށް ބަލާލައިފައި ރެހާން ހިނިތުންވެލީ ޖަނާން ގާތަށް ރުޅި އަންނާނެކަން އެނގޭތީއެވެ. ރެހާން މުހާތަބުކުރިގޮތުން ލަދުގަތް ނަމަވެސް ސަނާޝްވެސް އިތުރަށް ދެކޮޅު ނަހަދާ ހިނގައިގަތީ އެތަނުން ދާން ބޭނުންވެފަ ހުރިވަރުންނެވެ. ސަނާޝްގެ ހިތުގައި ފޮނި ރާގެއް ކުޅިލީ ރެހާން އޭނަޔާ އެހާ ގާތްކޮށް ވާހަކަ ދެއްކުމުންނެވެ. އެއޯގާތެރިކަމުން ރެހާންވެސް ސަނާޝްއާ ގަޔާވާކަން އޭނައަށް އިނގުނެވެ.
ބަހެއްވެސް ނުބުނެ ސައިކަލަށް އަރައިގެން ރެހާން ދުއްވާލީ ވަރަށް ބާރަށެވެ.ސަނާޝްމީ ހާދަ މޮޔަ ކުއްޖެކޭ ރެހާންގެ ހިތަށް އެރިއެވެ. މީހަކު ދިމާކުރިޔަސް އެޔަށް ރައްދު ދިނުމުގެ ބަދަލުގައި ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެއެވެ. އެހެން ދެރަވެފަ ހުރުމުން އެއީ އަނެކާއަށް ލިބިގެނަދާނެ ހިތްވަރެއްކަން ސަނާޝްއަށް ވިސްނޭނެއެވެ. ސަނާޝްގެ އެހުންނަ މަޑުމައިތިރި ގޮތްގަނޑު ކަނޑުވާލަން ރެހާން އަޒުމު ކަނޑައެޅިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

މީޝާ

Next

ސިއްރުން މިހިތާ ކުޅެނީހޭ (އަށާވީސްވަނަބައި)

Next
November 21, 2017

ސިއްރުން މިހިތާ ކުޅެނީހޭ (އަށާވީސްވަނަބައި)

Previews
November 21, 2017

މީޝާ

53 Comments!

  1. Awa says:
    November 21, 2017 at 9:09 pm

    Hey guysss. Here is 11th ep. Hope you guyss will like it. N maadhan avaha upkollevey thw balaanan inshaAllah? good night?? lovess???

  2. liakail says:
    November 21, 2017 at 9:19 pm

    Vrh nice stryy comment nukuriyass gavaidhun mi vaahaka kiyann love uu dear keep it up
    whn next part

    1. Awa says:
      November 21, 2017 at 10:45 pm

      Thank liaa????inshaAllah tmrw

  3. liakail says:
    November 21, 2017 at 9:21 pm

    Vrh nice mi stry comment nukuriyass gavaidhunn kail mi vaahaka kiyann
    vrh reethi keep it uppp dear love uu dear
    whn next part

  4. Unknown girlll.. says:
    November 21, 2017 at 9:29 pm

    Nice…am i the 1st luv u❤❤❤❤??

    1. Awa says:
      November 21, 2017 at 10:28 pm

      Yes you are… thankss and ly more???

  5. aki says:
    November 21, 2017 at 9:30 pm

    hama bala balaa intha thi up kohla dhinee.

    1. Awa says:
      November 21, 2017 at 10:30 pm

      Heheh???? thankss?

  6. Chim says:
    November 21, 2017 at 9:34 pm

    Mi story fashaigen mirey mikiyany..10th ep kiyaa nimuny 11th ep thi up kohly..wooooooow vv nice story..??

    1. Awa says:
      November 21, 2017 at 10:32 pm

      Thanks chim darling??hope you will like it later on also??

  7. Mary says:
    November 21, 2017 at 9:35 pm

    Hey 1st dhwe

    1. Awa says:
      November 21, 2017 at 10:33 pm

      hehe. Sorry dear not this time bt may be next time?

  8. Mary says:
    November 21, 2017 at 9:37 pm

    Sorryy

  9. faxoo says:
    November 21, 2017 at 9:45 pm

    Woooow v nice❤❤❤❤ Keep it up☺☺☺☺

    1. Awa says:
      November 21, 2017 at 10:35 pm

      Thanks faxooo??????

  10. sana says:
    November 21, 2017 at 9:55 pm

    Awa dhoonnii this part is very very very very nice hama 100 dheyvaru vey mi story ahe keep it up my dhoonnii??????????????????????????
    ????????

    1. Awa says:
      November 21, 2017 at 10:36 pm

      Sana dhoonigandaaa???thNkss.. ly???

  11. samahaa says:
    November 21, 2017 at 9:57 pm

    Wow!???????

    1. Awa says:
      November 21, 2017 at 10:38 pm

      Thankyou samahaa darling

  12. Friends says:
    November 21, 2017 at 9:58 pm

    Wowww…??????
    Vvvvvv reethi mi part vess dear…. waiting 4 next part.
    Gud nyt Awa.???????????????????????????????????????????

    1. Awa says:
      November 21, 2017 at 10:40 pm

      Hey friendss???
      Hws u….. n thanks komme dhuvahakuvx kiyaalaathee?? ly n goodnight????????

  13. Limsha says:
    November 21, 2017 at 10:00 pm

    Alhey mi stry mihaar Varah salhi ingey

    1. Awa says:
      November 21, 2017 at 10:41 pm

      Awwnn… thankyou so much love..????? goodnight

  14. Maaal says:
    November 21, 2017 at 10:08 pm

    Ehnn veema Rain and Rehaan mee hama ekaku tha??? And Aisha is sanaash dhw. Lill confused..?
    Anyways story varah reethi.?

    1. Awa says:
      November 21, 2017 at 10:27 pm

      Lets see.. thankyou dear??

  15. PRINCESS AFU says:
    November 21, 2017 at 10:45 pm

    Wowwwwwwwwwwwwwwwwwwwwwww????????
    Story is just amazing Kyp it up dear ???????

    1. Awa says:
      November 21, 2017 at 10:49 pm

      Thanks afu dear?????

  16. Axka says:
    November 21, 2017 at 10:49 pm

    Alhey mihaaru story varah reethi vehje and you r improveing, sometimes mistakes annaane but don’t worry.Then liyaa faharaku rangalhu kurevey tho balaaney dhw Awa dhoonnii?????

    1. Awa says:
      November 22, 2017 at 7:12 am

      Hey axky dhoonii. Thankss??? inshaAllah kuriyah oiyy tgaaga rangalhu kuran masakkaiyy kuraanan???

  17. Juvey says:
    November 21, 2017 at 10:53 pm

    Your great ..it’s super …i love this story. .loves dear..???good night ❤??

    1. Awa says:
      November 22, 2017 at 7:14 am

      thanks dear.
      Heheh. Dhn kiyan vaanee good morning??loves??

  18. mal says:
    November 21, 2017 at 10:55 pm

    Kiyuntherin kiyaa hivva gothah vaahaka liyan hadhaan kurah chey Awa dhoonnii……. Vaahaka hadi ekey noon ingey mibuney baeh liyuntherin handhaan nethey kameh veema……..
    Keep it up????????????????????

    1. Awa says:
      November 22, 2017 at 7:15 am

      InshaAllah…??
      Thanks mal??

  19. Alisha says:
    November 21, 2017 at 11:01 pm

    Wow! Awa molhu ingey….. Masha allah sifa kohdhinumah ham ahssaribahaa saabas dheyhaavey ehaaves rythi vefa furihama….hama mulhin kosveje…. Thy molhu vaahaka liyun theriakah vaane kuhjehkan hama yagyn ehaaves molhu Awa dhoonnii keel it up ?????????????

    1. Awa says:
      November 22, 2017 at 7:19 am

      Thankss dear alisha. ??Im trying my best readers kiyaa hiyy vaa gothah liyan???

  20. Alisha says:
    November 21, 2017 at 11:03 pm

    *keep…..

  21. mysh says:
    November 22, 2017 at 12:12 am

    Alhey awa ThnQ miadhu 2 prts up koh dhiny thy..nxt prt avast kohladhehchey…can’t wait to read the nxt prt..mi stwry v rythi??ly❤

    1. Awa says:
      November 22, 2017 at 7:21 am

      thanks mysh?? try kuraanan avahah upkolla dheveythw??ly??

  22. SJK...KOREAN says:
    November 22, 2017 at 8:45 am

    Hey awa❤
    Varah loabi mi part vx ??
    Can’t wait to read nxt part ??
    Fast fast??
    Waiting
    Loves❤❤❤❤❤

    1. Awa says:
      November 22, 2017 at 10:16 am

      Hey sjk love??
      InshaAllah avahah upkollaanan….loves❤❤❤❤

  23. Xxxx says:
    November 22, 2017 at 10:01 am

    Wooooowww ???? v.nice

    1. Awa says:
      November 22, 2017 at 10:17 am

      Thanks dear???

  24. Anonymous says:
    November 22, 2017 at 12:35 pm

    Awa loabi dhoonigandaa avas Koh Bala plx plx love u

    1. Awa says:
      November 22, 2017 at 12:41 pm

      Awwwwn. Thankss anonymous??? miadhuga upkolla dheynan inshaAllah? ly???

  25. Anonymous says:
    November 22, 2017 at 1:09 pm

    Kon iraku tha up kuranee

    1. Awa says:
      November 22, 2017 at 4:15 pm

      8 30 ge kuriyah up kuraanan inshaAllah

  26. Anonymous says:
    November 22, 2017 at 4:11 pm

    Ava kon irakitha up kuranee

  27. Aki says:
    November 22, 2017 at 4:52 pm

    alhey eyrun miadhu one part up vaanee dho ???

    1. Awa says:
      November 22, 2017 at 6:06 pm

      Sorry aki darling. Kudakh busy koh ulheytheeve. Next ep ah change ehvx gennanjehey. Hope you will understand. And inshaAllah next part will be worth waiting??

    2. Aki says:
      November 22, 2017 at 6:41 pm

      ok Awa dhooni

  28. Mifza says:
    November 22, 2017 at 6:20 pm

    Migadi up Koh dhega plx plx plx

    1. Awa says:
      November 22, 2017 at 7:12 pm

      Aawwnn??? upkolla dheynan v avahah inshaAllah..??

  29. Naz says:
    November 22, 2017 at 8:34 pm

    Up koh dheebala plx plx ?

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާރަވަނަބައި)←


All Right Reserved!