ގެއްލިދިޔަ ހަޔާތް…..5
ސިޓިންގ ރޫމުގައި ހުރި އަންހެން ކުއްޖާ ފެނުމުން ރޭޝަމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.އެމޫނަކީ މެންދަމުގެ އެގަޑީގައި އެގެއިން ފެނިދާނެ މޫނެއް ކަމަކަށް ރޭޝަމް އުއްމީދެއްވެސް ނުކުރެއެވެ. ރޭޝަމްއަށް އެއަނދިރީގެ ތެރެ އިންވެސް ޔާނާއެއް ނޯޅޭނެއެވެ. އެއީ ހަމަ ޔާނާއެވެ.އެކަމަކު އެގަޑީގައި ޔާނާ އެގޭގައި ކީއްކުރަނީ ހެއްޔެވެ؟“އަނެއްކާ ޔާނާއަކީވެސް ތިންވަނަ ކޮޓަރީގެ ހިއްސާއެއްބާ؟“ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.އެހެންކަމުން ޔާނާގެ މިސްރާބުހުރި ދިމާލެއް ހޯދަން ރޭޝަމް ހިތުލިއެވެ.
މަޑުމަޑުން ތެދުވެ ޔާނާއާ ދިމާލަށް ރޭޝަމް ފިޔަވަޅު އަޅަންފެށިއެވެ.އެއާއެކު ޔާނާ ކުރިއަށް ހިނގައިގަތެވެ.އެވަގުތު ރޭޝަމްގެ ފައިގައި އެއްޗެއް ޖެހުނުހެން ރޭޝަމްއަށް ހީވިއެވެ.ހަޅޭއްނުލަވަން ވެގެން އަވަހަށް އަނގަމަތީގައި އަތްއެޅިއެވެ.އަދި ފައިގައި ޖެހުނީ ކޯޗެއްތޯ ބަލުމަށްޓަކައި ރޭޝަމް ގުދުވެލިއެވެ.ޓައިލްސް މަތީގައި އަތް ކާއްތާލުމާއެކު ރޭޝަމްގެ އަތުގައި އެއްޗެއް ޖެހުނެވެ.އަވަސް އަވަހަށް އޭތި ނަގާ އެއަށް ރޭޝަމް ބަލާލިއެވެ.އެއާއެކު ރޭޝަމްގެ އަތް ތުރުތުރުއަޅައިގަތެވެ.އެއީ ނޫކުލައިގެ ތަޅުދަނޑިއެކެވެ. އޭގައި ”3″މި ނަންބަރު ބޮޑުކޮށް ލިޔެފައި އޮތެވެ.
” މީ ތިންވަނަ ކޮޓަރީގެ ތަޅުދަނޑި ކަންނޭނގެ“ރޭޝަމްއަށް ހިތާ ހިތާ ބުނެލެވުނެވެ.އެތަޅުދަނޑިއަކީ ޔާނާގެ އަތުން ވެއްޓުނު ތަޅުދަނޑިއެއްކަން ރޭޝަމްއަށް ޔަގީންވިއެވެ.އަވަސް ނަޒަރަކުން ރޭޝަމް ޔާނާއަށް ބަލައިލިއެވެ.އޭރު ޔާނާގޮސް ތިންވަނަ ކޮޓަރިއަށް ވަންނަނީއެވެ. ރޭޝަމްގެ ހިތް ބާރަށް ތެޅެންފެށިއެވެ.އެއްފަހަރު އެކޮޓަރިއާ ދިމާއަށް ބެލިއްޔާ އަނެއް ހަފަހަރު އަތުގައި އޮތް ތަޅުދަނޑިއަށް ރޭޝަމްއަށް ބެލެމުން ދިޔައެވެ.އެއާއެކު ރޭޝަމްގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބޮޑު ފޮށީގެ ތަޅުދަނޑި ރޭޝަމްއަށް ލިބުނުކަހަލައެވެ.ފުން ނޭވާއެއް ބޭރުކޮށްލަމުން ހެއްދެވި ފަރާތަށް ރޭޝަމް ޝުކުރު އަދާކުރިއެވެ.އަނެއްކާވެސް ރޭޝަމް ފުން ނަޒަރަކުން އެތަޅުދަނޑިއަށް ބަލާލިއެވެ. އަދި ތަޅުދަނޑި ޖީބަށް ލަމުން ރޭޝަމް ނިދަން އޮށޯތެވެ.
އިރުއެރުމާއެކު ރޭޝަމްއަށް ފުރަތަމަވެސް ބެލުނީ ތަޅުދަނޑި ސަލާމަތުން އޮތްތޯއެވެ.ކޮޓަރިއަށް ގޮސް ސިއްރު ސިއްރުން އެތަޅުދަނޑި ވޮލެޓަށް ލުމަށްފަހު އަތް ދަބަހަށް ވޮލެޓް ލިއެވެ.
ކޮލެޖަށް ދާން ގެއިން ނިކުތްއިރު ޒާހިދު ސިޑިން މައްޗަށް އަރައިގެން އަންނަނީއެވެ.“ބަލަ ކަލެއަށް އިނގޭތަމީހެއްގެ އަތަށް އޭތި އަރައިފިއްޔާ ވާނެގޮތް؟ގެއްލުނު ތަނަކުން އޭތި ހޯދާ!!“ޒާހިދު ހުރީ ފޯނެއްގައެވެ.ރޭޝަމް ފެނުމުން ޒާހިދުއަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަދި ޝައްކުގެ ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ.އެއާއެކު ރޭޝަމްގެ ހިތުގެ ވިންދުއަވަސްވިއެވެ.ކޮންމެ ގޮތެއް ވިޔަސް ރޭޝަމްގެ މައްޗަށް ޒާހިދުއަށް ޝައްކުވާކަށް ރޭޝަމް ބޭނުމެއް ނުވެއެވެ.އެހެންނޫނީ ރޭޝަމްއަށް ހަގީގަތާ ހަމައަށް ވާސިލެއްނުވެވޭނެކަން ޔަގީނެވެ.ޒާހިދުގެ ހޫނު ބަސްތަކުގެ ޝިކާރައަކަށް ނުވަނީސް ރޭޝަމްއަވަސް އަވަހަށް ސިޑިން ފައިބައިގެން ކޮލެޖާ ދިމާލަށް މިސްރާބުޖެހިއެވެ.ކޮލެޖާ ހަމައަށް ދެވެންދެން ރޭޝަމްއަށް ކެނޑިނޭޅި ވިސްނެމުންދިޔައީ ދެން ކަންތައް ކުރަންވީ ގޮތަކާ މެދުގައެވެ.
ކުލާހުގައި އިންއިރު ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޔާނާއަށެވެ. މިއަދު އެހެން ދުވަސްތަކާ ޚިލާފަށް ޔާނާ އިނީ ބަސްމަދުވެފައެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ބިރުވެރިކަމާ ނުތަނަވަސްވެރިކަމެވެ. އޭގެ ސިއްރު އިނގޭ ހަމައެކަނި މީހަކީ ރޭޝަމްއެވެ. ޔާނާގެ އެހާސްކަމުގެ ނިމުން ވަނީ ރޭޝަމްގެ އަތުތެރޭގައެވެ. އެއީ ތިންވަން ކޮޓަރީގެ ތަޅުދަނޑިއެވެ.
ގެއަށް ދެވުމާއެކު ރޭޝަމްގެ ހިތް އިތުރަށް ތެޅެންފެށިއެވެ.މާލްއާވެސް ވާހަކަދެއްކުން މަދުކުރެވެންފެށުނެވެ.އެކަމާ މާލް ޝަކުވާވެސް ކޮށްފިއެވެ. “ދައްތަ ކީއްވެތަ މާލްއާ އެއްކޮށް މަޖާ ނުކުރަނީ މިހާރު؟“މާލް ބޮޑާހާކާލިއެވެ.“ދައްތަ ކުޑަކޮށް ކިޔެވުމުގަ ބުރަކޮށް އުޅޭތީއޭ.. ފަހުން ރަނގަޅުވާނެ “ރޭޝަމް މާލްގެ ކޮލުގައި ލޯބިން ބޮސްދިނެވެ.
” ރޭޝަމް ކިހިނެއްވެފަ ތިއިންނަނީ މިއަދު؟ކަމަކާ ވިސްނަނީތަ؟ނޫނީ މީހަކު އެއްޗެކޭ ބުނީތަ؟“އާމިރާއަށް ކަމެއް ގޯސް ވެއްޖެހެން ހީވާންފެށިއެވެ. “ނޫން..ނުވޭ އެއްވެސް ކަމެއް..ތީ ހަމަ ދައްތައަށް ހީވާ ގޮތް،އަޅުގަ ނޑު މަންމަ މަތިން ހަނދާންވަނީ“ރޭޝަމް އާމިރާއަށް ދޮގުހެދިއެވެ. އާމިރާއަށް ހަގީގަތް ކިޔައިދީގެން އެކޮޓަރިއާ ހަމައަށް ދުވަހަކުވެސް ރޭޝަމްއަށް ވާސިލްނުވެވޭނެތީއެވެ.
އެރޭވެސް ރޭޝަމްގެ ލޮލަކަށް ނިންޖެއް ނައެވެ.ހިތް ބިރުގަންނަނީއެވެ.ކުރެވެން މިއުޅޭ ކަންތަކާ މެދުވިސްނެނީއެވެ. ބައެއް މަގުތަކަކީ ތިމާ އަމިއްލަ އިޚްތިޔާރަކާ ނުލާ އެމަގަކުން ގޮސް ނުބައި ގޯޅި އެޅޭ މަގުތަކެވެ.އަނެއްބައި މަގުތަކަކީ ގޯސް މަގެއްކަން އެނގިހުރެ އެމަގަކުން ދަތުރުކުރެވޭ މަގުތަކެވެ.ރޭޝަމްއަށް ދެވެން މިއުޅޭ މަގަކީ ބޯކަށިތަކުން ފުރިފައިވާ މަގެއްކަން ރޭޝަމްއަށް އިނގެއެވެ.ގައިން ލޭކޮށިގެން،ލެއާ ތަތްތެޅިގެން ހިނގައިދާނެ މަގަކަށް ވުމީ އެކަށީގެންވާ ކަމެއްކަންވެސް އެސިކުނޑިއަށް ވިސްނެއެވެ.އެހެނަސް އެހިތް ބުނަނީ އެމަގުން ދަތުރުކުރުމަށެވެ.ޚުދު އެމަގު ރޭޝަމްއަށް އެދި ގޮވަމުންދާ ކަހަލައެވެ.ކީއްވެގެން ކަމެއް ނޭނގެއެވެ.
ހުކުރު ދުވަހެވެ.ގޭތެރޭގެ މެންދުރު ކެއްކުމުގެ ކަންތަކުގަ ރޭޝަމްވެސް ބައިވެރިވިއެވެ.ލަތީފްއާއި ލީޒާ ގޭގައި ނޫޅޭ ގަޑިއަކަށް ވާތީއެވެ. “ކޮންމެ ހުކުރު ދުވަހަކު ބައިވަރު ގޯސް މީހުން އަންނާނެ މިގެއަށް….“ކުއްލިއަކަށް ރޭޝަމްގެ ހަނދާނަށް އައީ މާލް ދެއްކި ވާހަކަތެކެވެ. މިއަދަކީ ހުކުރު ދުވަހެވެ.އެހެންކަމުން މިއަދަކީ ރޭޝަމްއަށްވެސް ޚާއްސަ ދުވަހެކެވެ.
ރޭޝަމް ކެނޑިނޭޅި އިންތިޒާރުކުރަމުން ދިޔައީ އިރުއޮއްސޭނެ ވަގުތަކަށެވެ.އިރުއިރުކޮޅާ ގަޑިއަށް ބެލެމުން ދިޔައެވެ.ބަރާބަރު ފަހެއް ޖެހުމާއެކު އާމިރާ މާލްއާއި ޔަނާލް ގޮވައިގެން އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ.ރޭޝަމް ސިޓިންގ ރޫމުގައި މަޑުކުރިއެވެ. ކުއްލިއަކަށް ޒާހިދު ގެއަށް ވަދެގެން އައެވެ. ސޯފާގައި އިން ރޭޝަމް ފެނުމުން ޒާހިދުގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފާޅުވެގެންދިޔައެވެ.ރޭޝަމް އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.ޒާހިދު ބާރު ހިނގުމެއްގައި ކޮޓަރިއާ ދިމާލަށް ދިޔައެވެ. އިރުކޮޅަކުން ފަސް އަންހެނުންނާ ނުވަ ފިރިހެން ގެއަށް ވަދެގެން އައެވެ.އެމީހުން ފެނުމުން ރޭޝަމްއަށް ހިންދިރުވާލެވުނެވެ. އެމީހުން ގައިގައި އިންސާނުންގެ ވައްތަރެއް ނުޖަހައެވެ.ކޮންމެ މީހެއްގެ ބޮލުގެ އިސްތަށިގަ ނޑު ވަނީ ދިގުކޮށްފައެވެ. ކަރުގައި ފަށްތަކާ، ކަންފަތުގަޔާއި ތުންފަތުގައި އެކި ވަރު ވަރުގެ ބޮޅުތައް ލައްވާފައި ހުއްޓެވެ.އަންހެންނުންތައް ތިބީ ހެދުން ލައިގެން އޮރިޔާމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ކޮންމެ މީހަކުވެސް ބެލީ އަވަހަށް ތިންވަނަ ކޮޓަރިއާ ދިމާލަށް ދެވޭތޯއެވެ.ރޭޝަމް ހުރީ ދެލޯ ބޮޑުވެފައެވެ. ކުއްލިއަކަށް އެތަނުން ތަންކޮޅެއް ބިޔަކޮށް،ޖާނުން ވަރުގަދަކޮށް ހުރި ފިރިހެނެއްގެ އަތުގައި އޮތް ބޮޑު ދަބަހެއް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ.އެމީހާ ހުރީ އޭގައި ހިފުނު އެންމެ ބާރަކަށް ހިފަހައްޓައިގެންނެވެ.މީހަކު ޖަހައިގަނެފާނެތީ ބިރުންއުޅޭ ކަހަލައެވެ.ރޭޝަމް މާވަރަކަށް އެދަބަހަށް ލޯއަޅާކަން އެމީހާއަށް ހީވުމާއެކު އެމީހާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.އަދި ސިންގާއެއް އޭތީގެ ޝިކާރައަކަށް ބަލާފަދައިން އޭނަ ރޭޝަމްއާ ދިމާލަށް ބަލައިލިއެވެ.ރޭޝަމްގެ ގައިން ވަގުތުން ހީބިހި ނަގައިގެންދިޔައެވެ.އަދި އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާ،ދެލޯ މަރާލެވުނެވެ.އިރުކޮޅަކުން ރޭޝަމް ބަލާލިއިރު އެމީހާއެއް ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ.
” އެއީ ކީއްކުރާހާ ބައެއް؟އެއީ ކޮން ދަބަހެއް؟އެދަބަހަށް ބެލުމުން އެމީހާ އެހާ ރުޅިއަންނަންވީ ކީއްވެ؟“ރޭޝަމް ޖަވާބު ބޭނުންވާ އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ.އެސުވާލުތަކުގެ ޖަވާބު ދޭނެ އެއްވެސް މީހެއް ނެތެވެ.އެޖަވާބުތައް ހޯދަން ޖެހޭނީ ރޭޝަމްއަށެވެ. އަމިއްލަ މަސައްކަތުންނެވެ .
ނިދަން އޮތްއިރު ރޭޝަމްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.މިހާރު ރޭޝަމް އިންތިޒާރުކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެކޮޓަރިއަށް ވަދެވޭނެ ވަގުތަކަށެވެ.ފަތިސް ވަންދެން ރޭޝަމް ހަމަ ނިދިގެއްލުވާލާފަ އެކޮޓަރިއަށް ވަންނާނެ ގޮތަކާމެދު ވިސްނަން އޮތެވެ. ކުއްލިއަކަށް ރޭޝަމް ސިއްސައިގެން ދިޔައީ ގޭގެ ދޮރު ބާރަށް ލެއްޕުނު އަޑަށެވެ.އަވަސް އަވަހަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު އެރޭ އެގެއަށް އައި މީހުންތައް ނިކުމެގެން ދަނީއެވެ.ބަރާބަރު ފަނަރަ މީހުން ނިކުމެގެން ދިޔުމުން ރޭޝަމްއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. “ރޭގަ އައީ ފަނަރަ މީހުން..ދެން ޒާހިދު..މިހާރު އެމީހުން އެދިޔައީ.. އެހެން ވެއްޖެއްޔާ ޒާހިދު އެކަނި އޮންނާނީ ކޮޓަރީގަ“ރޭޝަމް އަވަސް އަވަހަށް ރަޖާގަ ނޑު އޮޅާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އޭރު އަދި އާމިރާ ހޭނުލައެވެ.މަޑުމަޑުން ގޮސް ރޭޝަމް ވޮލެޓުން ތަޅުދަ ނޑި ނެގިއެވެ.އަދި ފުން ނަޒަރަކުން އެއަށް ބަލާލިއެވެ. އެވަގުތު އާދަޔާ ޚިލާފު ބިރުވެރިކަމެއް އެހިތުގައި އުފެދުނެވެ. ޖެހިލުންވެހުރެ ރޭޝަމް ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.
ތިންވަނަ ކޮޓަރިއާ ހަމައަށް ދެވުނުއިރު ރޭޝަމްގެ ދެފައިވެސް ތުރުތުރު އަޅަންފެށިއެވެ.މުޅި މީހާ ދާހިއްލަން ފެށިއެވެ. ޒާހިދު ހޭލާ ހުރެއްޖެއްޔާ ރޭޝަމްގެ ދުވަސް ދުއްވާލާނެކަން ރޭޝަމްއަށް ހަމަ ރަނގަޅަށް އެނގެއެވެ.ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް އެކޮޓަރީގެ ދޮރާ ގާތްވެލިއެވެ. އަދި ވާތު ކަންފަތް ދޮރުގައި ޖައްސާލިއެވެ.އެތެރެއިން އިވެމުންދިޔައީ އިނގިރޭސި ލޯބީގެ ލަވައެއްގެ އަޑެވެ.
ދެވިސްނުމެއްގައި ހުރެ ރޭޝަމް ދޮރުގެ ތަޅުގައި ހިފާލިއެވެ.ދޮރު ހުރީ ތަޅުލާފައެވެ.ޖެހިލުންވެހުރެ ރޭޝަމް ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. އެއާއެކު ރޭޝަމްގެ އަތްފައި ފިނިވެގެންދިޔައެވެ.ހިތް ހީވީ ބޭރަށް އައިހެންނެވެ.ހިތާ ހިތުން ދުއާ ކޮށްލަމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެއާއެކު ރޭޝަމްގެ ފައި ދަށުން ހީވީ ބިންގަ ނޑު ދަމައިގެން ދިޔަ ހެންނެވެ. ބިރުން ގޮސް ދެލޯ ބޮޑުވުމާއެކު، ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ.
އެތެރެއަށް ދެމިގަތުމާއެކު ވާތްފަރާތުގައި ހުރި ކުޑަދޮރުގެ ފަރުދާގެ ފަހަތުގައި ރޭޝަމް ނިވާވެލިއެވެ.ހިތުގެ ވިންދު އަވަސްވުމާއެކު މަޑުމަޑުން ކޮޓަރިތެރެއަށް ރޭޝަމް ނަޒަރު ހިންގާލިއެވެ.އެއާއެކު ރޭޝަމްގެ އަތްފައި ތުރުތުރުއަޅައިގަތެވެ.މުޅި ކޮޓަރިތެރޭގައި ވަނީ އެއްވެސް ތަރުތީބެއް ނެތި އެއްޗެހިތައް އުކާލެވިފައެވެ.ކޮޓަރީގެ ކަނެއްގައި ހުރި މޭޒުމަތީގައި ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ވައްތަރެއް ކަމަށްވާ ރެޑް ވައިން ހުސްކުރި ފުޅިތަކެއް ހުއްޓެވެ.ޖެހިގެން ހުރި މޭޒުމަތީގައި މިލިއަނުން ރުފިޔާ އުކާލެވިފައި ހުއްޓެވެ. މުޅި ކޮޓަރިތެރޭގެ ފާރުތަކުގައި އަންހެންކުދިންގެ ބަރަހަނާ ފޮޓޯތައް ތަތްކޮށްފައި ހުއްޓެވެ. ސިގިރޭޓް ވަހުން މުޅި ކޮޓަރިތެރެ ވަނީ ފުރިފައެވެ.
ރޭޝަމް މަޑު ފިޔަވަޅުތަކެއް އަޅަމުން ފަރުދާގެ ފުރަގަހުން ނިކުތެވެ.އެވަގުތު ކަނާތް ފަރާތުގައި އިން މާވަށިގަ ނޑެއްގައި ރޭޝަމްގެ އަތުން ޖެހުނެވެ. ހަމަ ޖެހުމާއެކު އެމާވަށިގަ ނޑު ބިންމައްޗަށް ވެއްޓުނެވެ.ރޭޝަމްގެ މޭގަނޑު ހީވީ އަތަށް އައިހެންނެވެ.އެވަގުތު އެނދުގައި ބަންޑުން ނިދާފައި އޮތް ޒާހިދު ކުކުރާލިއެވެ. އެއާއެކު ރޭޝަމްއަށް ސިހިފައި އެދިމާލަށް ބަލާލެވުނެވެ. ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް ދުވެފައި ގޮސް އަނެއްކާވެސް ފަރުދާގެ ފުރަގަހަށް ވަދެ ފިލިއެވެ.
ޒާހިދު ހޭނުލާކަން ޔަގީންވުމާއެކު ރޭޝަމް އަވަހަށް ފިލާ އޮތް ތަނުން ނިކުތެވެ.އެވަގުތު ކޮޓަރިތެރޭގައި ހުރި ކުޑަ ދޮރެއް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ. އެދޮރުގައި ހުރީ ގަދަ ރަތް ކުލައެވެ.ހިންދިރުވާލަމުން ރޭޝަމް އެދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައަށް ދެވުނުއިރު ރޭޝަމް ވަނީ ދާހިއްލާ ފޯވެފައެވެ.މުޅި މީހާ ތުރުތުރުއަޅަމުންދިޔައެވެ.ހެއްދެވި ފަރާތް މަތިން ހަނދުމަކުރަމުން ރޭޝަމް އެދޮރުގެ ތަޅުގައި ހިފާލިއެވެ. އަދި އަވަސް ނަޒަރަކުން ނިދާފައި އޮތް ޒާހިދަށް ބަލާލިއެވެ.
ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވިގެންދިޔައެވެ.ރޭޝަމްއަށް ވަގުތުން ދެލޯ މަރާލެވުނެވެ. މުޅި ކޮޓަރިތެރެ ވަނީ ރަތް ކުލައިން ފަރުމާކުރެވިފައެވެ. ކޮޓަރިތެރޭގައި ވަނީވެސް ފަނޑު، ރަތް އަލިކަމެކެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު ރޭޝަމް އެތެރެއަށް ދެމިގަތެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ.
ވަރަށް ކުޑަ ކޮޓަރިއެކެވެ.ކޮޓަރިތެރޭގައި ހުރީ ކުޑަ ކުޑަ މޭޒަކާއި ގޮނޑިއެކެވެ.މޭޒުމަތީގައި ގިނަ އަދަދެއްގެ ފައިލްތަކެއް އަތުރާފައި ހުއްޓެވެ. ފުން ނަޒަރަކުން އެފައިލްތަކާ ދިމާލަށް ރޭޝަމް ބަލާލިއެވެ. ކުއްލިއަކަށް ރޭޝަމްގެ ނަޒަރު ގޮސް ހުއްޓުނީ ގަދަ ރަތް ކުލައިގެ ފައިލަކަށެވެ. އެފައިލް އެހެން ފައިލްތަކަށް ވުރެ ބޮޑެވެ.އަދި އެފައިލް ބާއްވާފައި އޮތީ އެހެން ފައިލްތަކާ ވަކިން ކަމުން ރޭޝަމްގެ ސިކުނޑި ވިސްނައިދެމުންދިޔައީ އެއީ މުހިއްމު ސިއްރުތަކެއް އެކުލެވިފައިވާ އެއްޗެއް ކަމެވެ .
ރޭޝަމް މަޑު ފިޔަވަޅުތަކެއްގައި ގޮސް އެމޭޒު ކައިރީގައި ހުއްޓުނެވެ.އަދި އެފައިލް ނަގާ ހުޅުވާލިއެވެ.އެއާއެކު ރޭޝަމްއަށް ހިތަށް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ.ބިރުންގޮސް އަތުގަ އޮތް ފައިލް ނުވެއްޓުނީ ކިރިޔާއެވެ.އެފައިލްތަރޭގައި ވަނީ އަންހެންކުދިންތަކެއް އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ފޮޓޯތަކެކެވެ.ރޭޝަމްގެ އަތް ތުރުތުރު އަޅަމުންދިޔައެވެ.ހިންދިރުވާލަމުން ފަހަރަކު ގަނޑެއް އުކަމުންދިޔައެވެ. އެންމެ ފަހު ގަ ނޑު އެއްލާލެވުމާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.“17 ޑެޑް،9 ރިމެއިނިންގ“ބޮޑު އަކުރުން އެގަނޑުގައި ލިޔެފައިވާ އިބާރާތް ރޭޝަމް ކިޔާލިއެވެ.އެއާއެކު އެފައިލް ރޭޝަމްގެ އަތުން ދޫވެގެން ޓައިލްސް މައްޗަށް ވެއްޓުނެވެ.
ހުރެވުނު ތަންވެސް ރޭޝަމް ހަނދާންނެތުނު ކަހަލައެވެ. އަވަސް ފިޔަވަޅުތަކެއްގައި އެކޮޓަރިން ނިކުތުމަށް ދުއްވައިގަނެވުނެވެ. ހަމައެއާއެކު އިވުނު އަޑަކުން ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.ފަހަތުން މީހެއްގެ ހިލަމެއްވިހެން ރޭޝަމްއަށް ހީވިއެވެ. ހިތުގެ ވިންދު އަވަސްވުމާއެކު ބިރުންގޮސް ތުރުތުރުއަޅަންފެށިއެވެ .
ފަސްއެނބުރި އެއަޑު އައި ދިމާލަށް ބަލަން ޖެހިލުންވިނަމަވެސް ހިތްވަރުކޮށްފައި ރޭޝަމް ފަހަތް ބަލާލިއެވެ.ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް އެތަނުން ނިކުތުމަށް ހިނގައިގަތެވެ.އެވަގުތު އަނެއްކާވެސް ފަހަތުން އަޑެއް އިވުނެވެ. އެއްޗެއްގައި ބާރަށް ޖެހިގަތް އަޑުހެން ހީވިއެވެ. ރޭޝަމްގެ މޭގަނޑު ހީވީ އަތަށް އައިހެންނެވެ. އެކޮޓަރިން ދެން ރޭޝަމްއަށް ބޭރަށް ނިކުމެވޭނެ ކަމާމެދު ޝައްކުވާންފެށިއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް އަނެއްކާވެސް ފަސްއެނބުރި ބަލާލިއެވެ.އަދި އަޑު އަންނަމުން ދިޔަ ދިމާލަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅަށްފަހު ރޭޝަމްއަށް ހުއްޓެވުނެވެ. ކުރިމަތީގައި ހުރި އަލަމާރި ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ. މުޅި އެކޮޓަރިތެރެއަށް ރޭޝަމް ނަޒަރު ހިންގިއިރުވެސް އެއަލަމާރި އޭރުގަ އެލޮލުގަ އަޅައިނުގަތީ ކީއްވެގެން ހެއްޔެވެ؟ ރޭޝަމް ފުން ނަޒަރަކުން އެއަލަމާރިއަށް ބަލާލިއެވެ. މުޅި ކޮޓަރިތެރެއެކޭ އެއްގޮތަށް އެއަލަމާރީގައިވެސް ހުރީ ގަދަ ރަތް ކުލައެވެ.އެހެންކަމުން ކޮޓަރިތެރޭގައިވާ ފަނޑު ރަތް އަލިކަމުގެ ތެރެއިން އެއަލަމާރި ފާހަގަކުރަން އުނދަގޫވީއެވެ.
ރޭޝަމް ސިއްސައިގެން ދިޔައީ އަނެއްކާވެސް އެއަޑު އިވުމުންނެވެ.އެއަޑު އަންނަމުން ދިޔައީ އެއަލަމާރި ތެރެއިންކަން ރޭޝަމްއަށް ޔަގީންވިކަހަލައެވެ. ބިރުންގޮސް ފަހަތަށް ޖެހެވުނެވެ.ޒާހިދު ހޭލަފާނެތީ ރޭޝަމް ހުރީ ބިރުންގޮސް ވިރިވިރިއެވެ.އެތައް ފަހަރަކު އެތަނުން ނިކުމެގެން ދިޔުމަށް ރޭޝަމްގެ ސިކުނޑި ރޭޝަމްއަށް ވިސްނައިދެމުންދިޔައެވެ.އެހެނަސް ހިތާ ސިކުނޑިއާ އެއްގަލަކަށް ނޭރިއެވެ. ރޭޝަމްގެ ހިތް އެދެމުންދިޔައީ އެއަލަމާރި ހުޅުވާ އެތެރޭގައިވާ އެއްޗެއް ބެލުމަށެވެ.ވަގުތު ކުޑަކަން ރޭޝަމްގެ ނަފްސު އިންޒާރުދެމުންދިޔައެވެ. ހެއްދެވި ފަރާތް މަތިން ހަނދުމަކޮށްލަމުން ރޭޝަމް އަލަމާރީގެ ދޮރުގައި ހިފާ މަޑުމަޑުން ހުޅުވާލިއެވެ.އެއާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔުމާއެކު ސިހިފައި ފަހަތަށް ޖެހެވުނެވެ.ފަހަތަށް ޖެހެވުނުލެއް ބާރުކަމުން ރޭޝަމްގެ ފައި ކައްސާލައިގެން ގޮސް ޓައިލްސް މައްޗަށް ވެއްޓުނެވެ. އަނގަމަތީގައި އަތް އަޅާލެވުމާއެކު ރޭޝަމްގެ ބޮލުގައި ވެސް ރިއްސައިގަތެވެ.ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިކަހަލައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



v reethi
Wowwwww???? mi story ge author vrh molhu ingey mashaa allah?? whn nxt prt? ? Waitingssss ? ? ? ? ? ???
tanks juma
Nice
Vvv intresting…
Mee kurin genes dhyfa oiy story eh dho
Comment nukurevunas mi v inthizaarukurevey vaahakaeh v reethi mi vaahaka
Nice
V fake . Zahid kahala meehege kotaria thiha faseyhain vadhe beynunha gothaka ulheveynee kihine? Reysham ah adhi e ulheveny e geythere rangalha nuves fenigen. Gaboolu kuran dhathi…..
Not fake this is super story
tanks anonymous
this is NOT fake
its REALISTIC and AWESOME
OMG
I LOVE IT SOOO MUCH
V loabi…next part avahah up kohbala
4 vana part eh noon tha mee???? 5 jahaafa ineema misunderstanding eh eba ulhey… btw v v reethi.. do ur best until yuh finish this story
Vvv reethi story reysham yah dheraeh nudhehchey
V fake…..
Not fake this is super story
Wooooowww
tanks all reders..next part 2morow moning
I’ve read a story very relate to this. I think this is a copy
Zaahidh aa reysham dheke loabi vejjaa varah salhi vaane..mihaaruves hama varah reethi?
mivaahak kurin kiyaafa thibikudihnah..alugandu mivaahaka kurin nerunu vaahaka eh..ekam rahtehsehge edhu muge mathin anehka nereni mi..kurin kiyaafa othas kuda badalaakaa eku alun nereythy kiyaalun edhen..
mivaahak kurin kiyaafa thibikudihna..
alugandu mivaahaka kurin nerunin ..ekam rahtehsehge edhu muge mathin anehka nereni mi..kurin kiyaafa othas kuda badalaakaa eku alun nereythy kiyaalun edhen..
v nice when next part
ey..riz mivaahak kiyaafin tha mihaaru
Hmm vv reethi
raysome migeah aee kiyavaashennu. Faaralanee keekuran.. kiyavaafa dhiyaama vee ennu.. myhun ulheyha gotheh balan jeheytha