Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގެއްލިދިޔަ ހަޔާތް…..8

cheesemoosa Level 210 Stories100 Comments
December 16, 2017 4 Mins Read
37 Comments

”ހަލޯ… ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “އާދޭ ހޮސްޕިޓަލަށް..“ މިންހާ ފޯނު ކަނޑާލުމާއެކު ރޭޝަމް ގެއިން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ރޭގަނޑުގެ ވަގުތުކަމުން މަގުމަތި ވަރަށް ބާރުބޮޑުވެފަ ޕާޓޭންވެސް ގިނައެވެ. ބާރު ހިނގުމެއްގައި ގޮސް ރޭޝަމް ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. މިންހާ ހުރި ވޯޑާ ހަމައަށް ދެވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެވޯޑުގެ ބޭރުގައި، ފާރުގައި ލެނގިލައިގެން ހުރެ ރޮމުން އެދަނީ މިންހާ ނޫން ދެވަނަ މީހެއް ނޫނެވެ. ބޭއިޚްތިޔާރުގައި ރޭޝަމްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. “ކިހިނެއްވީ ތި ރޮނީ؟؟ ބުނެބަލަ… ކަމެއް ވީތަ؟؟ ބައްޕަ ކޮބާ؟؟؟“ އެއްފަހަރާ އެތައް ސުވާލުތަކެއް ރޭޝަމްގެ ދުލުން ބޭރުވިއެވެ. ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި މިންހާއަށް ގިސްލެވެމުންދިޔައެވެ. ރޭޝަމްގެ ދެލޯ ވެސް ފެންކަޅިވިއެވެ. ކިތަންމެ ހަމްދަރުދީވިޔަކަސް ރޯކަށެއް ރޭޝަމް ބޭނުމެއްނޫނެވެ. މިވަގުތު މިންހާއަށް ރޭޝަމްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އޯގާތެރިކަމާއެކު މިންހާގެ ބޮލުގައި ރޭޝަމް ފިރުމާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި މިންހާގެ ލޮލުން ވޭނީ ކަރުނަ އޮހެރެމުންދިޔައެވެ. މިންހާ ހަމައަކަށް އެޅުވޭތޯ ރޭޝަމް މަސައްކަތް ކުރަމުންދިޔައެވެ.

ކުއްލިއަކަށް މިންހާ ދުއްވައިގަތެވެ. ސިއްސައިގެން ގޮސްފައި މިންހާއާ ދިމާލަށް ރޭޝަމްއަށް ބަލާލެވުނެވެ. މިންހާ ދުވެފައި ގޮސް ހުއްޓުނީ ފުރޮޅުލީ އެނދެއްގެ ކައިރިއަށެވެ. ކައިރީގައި ދެތިން ނަރުހަކާ އިތުރު ދެ ފިރިހެނަކު ތިއްބެވެ. “އަހަރެން އެކަނިކޮށްފަ ނުދޭ… އަހަންނަށް މައާފު ކުރޭ..“ ގިސްލެވޭ ހާލުގައި މިންހާ މޮޔައަކު ފަދައިން ހަޅޭއްލަވަމުންދިޔައެވެ. ވާނުވާ ނޭނގިފައި ރޭޝަމްއަށް ފެންކަޅިވެފައި ހުރެވުނެވެ.

ނަރުހުންނާ ދެން ތިބި ދެމީހުން އަވަސްވެގަތީ އެ އެނދު އެތަނުން ގެންދިޔުމަށެވެ. ރޭޝަމްއާ އަރާ ހަމަވުމުން ރޭޝަމްއަށް ފުން ނޭވާއެއް ބޭރުކޮށްލަމުން އެނދުގައި އޮތް މީހާއަށް ބަލާލެވުނެވެ. މޫނުގައި ފޮތިގަނޑެއް އަޅާފައި އޮތް ނަމަވެސް އެއީ ކާކުކަން ރޭޝަމްއަށް އެނގުނެވެ. ކުއްލިއަކަށް އެފޮތިގަނޑު ނަގާ ދުރަށް އެއްލާލަމުން މިންހާ އޭނަގެ ބައްޕަގެ ފުރާނަނެތް މަސްގަނޑުގައި ބާރަށް އޮޅުލައިގަތެވެ. ދޫކޮށްނުދާށޭ ބުނެ އާދޭސްކުރާ ފަދަ ގޮތަކަށެވެ. ނަރުހުން މިންހާ ދުރުކުރުވަން މަސައްކަތް ކުރަމުންދިޔައެވެ. ރޭޝަމް ދުވެފައި ގޮސް މިންހާގެ ގައިގައި ހިފަހެއްޓިއެވެ. މިންހާ ގިސްލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ. އެދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެމުން ދިޔައެވެ. ރޭޝަމް މިންހާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ. “ކޮންމެ މީހަކީވެސް ފަނާވެ ނެތިގެންދާން މީހެއް.. ހިތްވަރުކުރޭ މިންހާ…“ މިންހާ ހަމައަކަށް އެޅުވޭތޯ ރޭޝަމް މަސައްކަތްކުރަމުންދިޔައެވެ. އެހެނަސް ޚުދު ރޭޝަމްގެ ހިތްވެސް ދިޔައީ ރޮމުންނެވެ. ތިމާގެ ގާތް މީހަކު މިދުނިޔެއިން ނިމިދިޔުމުން ކުރާނެ އަސަރު ގަލަމުން ބަޔާންކޮށްދޭން ދައްޗެވެ. އެއީ ހިތް މަރުވާކަހަލަ ހިތްދަތި ވޭނެކެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ރޭޝަމްގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. މިންހާއަށް އެހީވާން ރޭޝަމް ނުހަނު ބޭނުންވެފަ ހުއްޓާ އެފަދަ ހިތާމައެއް ކުރިމަތިވުމުން ރޭޝަމްގެ ދެލޮލުންވެސް މާޔޫސްކަމުގެ އަސަރު ފާޅުވަމުންދިޔައެވެ.

ކަށުކަމާކެމީގެ ކަންތަކާ ވަޅުލުމުގެ ހުރިހާ ކަމެއްވެސް ނިމެންދެން ރޭޝަމް މިންހާ ކައިރީގައި ހުއްޓެވެ. “ހިނގާ ގެއަށް ދާން… ކިހާ ހިސާބަކު މިންހާ އުޅެނީ؟“ ރޭޝަމް ހުރީ ވަރުބަލިވެފައެވެ. “އަހަރެން ހިނގައިދާނަން އެކަނި.. ރޭޝަމް ދޭ ދެން ގެއަށް.. އަހަންނާ ހެދި ވަރަށް އުނދަގުވެއްޖެ ދޯ“ މިންހާގެ އަޑުވަނީ ހިތާމައިން ފޯވެފައެވެ. “ނޫން.. މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އަހަރެންނަށް ލިބޭ އުފަލެއް…“ ރޭޝަމް ހިނިތުންވެލިއެވެ.

” ރޭގަނޑު ހަތަރުދަމު ކޮންތާކު އުޅެފަތަ ތިއައީ؟ ނިކަން ބަލާބަލަ މީނަގެ ހުރި ގޮތްކުޑަކަން!“ ލީޒާގެ އަޑު ގަދަވެގެންދިޔައެވެ. ރޭޝަމްއަށް ބިރުންގޮސް އިސްދަށަށް ޖަހާލެވުނެވެ. “ތެދެއް… ކޮންތާކު އުޅެފަ ތިއައީ؟ ނުކިޔަވަންޏާ މިގޭގަ އުޅޭނެ ކަމެއް ނެތް“ ލަތީފް ހުރީ ހިތްހަމަނުޖެހިފައެވެ. އެވަގުތު އާމިރާ ކޮޓަރިން ނިކުންނަނީއެވެ. ރޭޝަމް ފެނުމުން އާމިރާގެ މޫނުމަތިންވެސް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. “އަޅުގަނޑުގެ ރައްޓިއްސަކަށް ކަމެއް ދިމާވެގެން އެތާގަ އުޅެފަ އައިމަ ލަސްވީ.. އަޅުގަނޑަށް މައާފު ކުރޭ“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ލަތީފް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރޭޝަމް މަޑުމަޑުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލުމާއެކު ވާތް ފަރާތަށް ރޭޝަމްއަށް ބަލާލެވުނެވެ. އޭރު ޒާހިދު އޭނަގެ ކޮޓަރީގެ ދޮރުމަތީގައި ރޭޝަމްއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ވީ ފޫހިން ރޭޝަމް އަވަހަށް ކޮޓަރިއަށް ވަނެވެ.

ކަންތައް ވަމުންދާ ގޮތް މަންމައަށް އެނގިދާނެކަމުގެ ބިރު ރޭޝަމްއަށް ހީވާންފެށިއެވެ. އެއީ ރޭޝަމް އެދޭ ގޮތެއް ނޫނެވެ. އެނގި އެނގި ހުރެ އެފަދަ ލާއިންސާނީ އަމްލަތަކެއްގެ ޝިކާރައަކަށް ވުމަށް އެތައް ކުދިންނެއް ދޫކޮށްލާފައި، ރަށަށް ދާކަށް ރޭޝަމް ބޭނުމެއް ނޫނެވެ. އެއާ ޚިލާފަށް ރޭޝަމް ބޭނުންވަނީ ރަތް ކުލައިގެ ފައިލުގެ ހަގީގަތް ހޯދާށެވެ. “މިންހާގެ ފަރާތުން މިކަމުގަ އެހީއެއް ލިބިދާނެ ކަންނޭނގެ.. “ރޭޝަމް ވަގުތުން މިންހާއަށް ގުޅާލިއެވެ.

“ ކީއްވެ މިހާ ސިއްރުން ތި ބައްދަލުކުރީ؟ އަނެއްކާ ޒާހިދުމެން ކަމެއް ކުރީތަ؟“ މިންހާގެ އަޑުގައި ހާސްކަމެއް އެކުލެވިފައިވިއެވެ. “ނޭނގެ… އުހުނ!! މި ބުނީ ޔަގީނެއް ނޫނޭ.. އެކަމަކު އަހަރެންނަށް ޝައްކު ވަރަށް ބޮޑު ކަންތައްގަނޑެއް އެބަ ހިނގާކަން..“ ރޭޝަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަނެއްކާ ކޮން ކަމެއް؟؟؟ ރޭޝަމް ކީކޭ ތިކިޔަނީ؟“ މިންހާ ސުވާލުގެ ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ. “ވާ ނުވާއެއް ނޭނގި އަންހެންކުދިންތައް ގެއްލެމުން އެބަ ދޭނު މިހާރަކަށް އައިސް… އަހަރެންނަށް ހީވަނީ އެކަމުގެ ޒާހިދުގެ އަތެއް ވާހެން“ ރޭޝަމް ހިތުގައިވާ އެއްޗެއް ބޭރުކޮށްލިއެވެ. “މޮޔަވީތަ؟؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ އެމީހޫންނަކީ ހަމައެކަނި ޑުރަގުވިއްކާ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބައެއްނު… އެހެން ނޫނަސް އެހާ ގިނަ ކުދިން ހައްޔަރުކޮށްގެން ވަކި ކޮންތާކު އެމީހުން ގެންގުޅޭނީ؟ ތީ ރޭޝަމްއަށް ކުރެވޭ ކުށް ހީއެއް ކަންނޭނގެ“ މިންހާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ.

” ހަމަ ހުރެފައެއް އަހަރެންނެއްވެސް ނުދައްކާނަން ދޯ މިވާހަކައެއް…. އެކޮޓަރިތެރޭގައި އޮތް ފައިލެއްގެ ތެރޭގައިވެސް ލިޔެފަ އޮތޭ 17 ޑެޑް، 9 ރިމެއިނިންގ އޭ……. ވިސްނާލަބަ… ކަމެއް އެބަ ހިނގައޭ… ފޮޓޯތަކެއްވެސް ހުއްޓޭ “ރޭޝަމް މިންހާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. “މިންހާ އަޅެ ހަނދާންކޮށްބަލަ… އެމީހުން އެކޮޓަރިތެރޭގައި މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކިތަ؟؟؟ “ރޭޝަމް މިންހާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ސިއްސައިގެން ގޮސްފައި މިންހާ ރޭޝަމްއަށް ބަލާލިއެވެ. އަދި އާނއެކޭ ބުނާކަހަލަ ގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ. “އާނ… ހަނދާންވެއްޖެ… ކޮންމެވެސް ރަށަކަށް އަހަރެން ގެންދާ ވާހަކަ ދެއްކި އެމީހުން.. އޭރުން އަހަރެންގެ އަނގަވެސް ބަންދުވާނެޔޯ…“ މިންހާ ވައި އަޑަކުން ބުންޏެވެ. “ރަށެކޭ؟؟؟“ ރޭޝަމްގެ ހިތުގައި އިތުރު ސުވާލުތަކެއް އުތުރިއަރައިގަތެވެ.

ރޭޝަމް ވަރަށް ގިނަ ގޮތް ގޮތުން ވިސްނުމަށްފަހު އެންމެފަހުން ޒާހިދަށް ފާރަލުމަށް ނިންމިއެވެ. ހަގީގަތާ ހަމައަށް ވާސިލްވެވޭނެ އިތުރު މަގެއް ނެތީމައެވެ.

ރޭގަނޑުގެ ވަގުތެވެ. އެންމެން ކަހަލަ ގޮތަކަށް ކައި ނިމިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ރޭޝަމް ފެން ބޯންވެގެން ބަދިގެއަށް ދިޔައެވެ. އެވަގުތު ޒާހިދު ބަދިގެއިން ނިކުމެގެން ކޮޓަރިއާ ދިމާލަށް ދަނީއެވެ. ދަމުން ރޭޝަމްއާ ދިމާލަށް ވައްކަޅިން ބަލާލިއެވެ. ނުފެންނަ ކަމަށް ހަދާފައި ރޭޝަމް އަވަސް އަވަހަށް ބަދިގެއަށް ވަނެވެ. ކުއްލިއަކަށް ފޯނެއް ރިންގުވާންފެށިއެވެ. ސިހިފައި ރޭޝަމް ވަށައިގެން ބަލާލިއެވެ. އެވަގުތު ކާމޭޒު މަތީގައި އޮތް ފޯނެއް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ .އެއި ޒާހިދުގެ ފޯނެވެ. ފުރުސަތުގެ ބޭނުން ހިފާ، ރޭޝަމް އަވަސް އަވަހަށް ފޯނު ނެގިއެވެ. “މިންހާ އުޅޭ ގެ އެނގިއްޖެ.. 15 ވަރަކަށް މިނިޓް ތެރޭގައި އޮލިމްޕަސް ކައިރިއަށް ޖައްސާލަބަ“ އެއާއެކު ފޯނު ކެނޑުނެވެ. ރޭޝަމްގެ ދެފައި ގަނޑުވިކަހަލައެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ކުއްލިއަކަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. އަވަސް އަވަހަށް ފޯނު މޭޒުމަތިގައި ބާއްވާފައި ރޭޝަމް ބަދިގެއިން ނިކުތެވެ. ރޭޝަމް ނިކުތްލެއް ބާރުކަމުން ގޮސް ޖެހުނީ ކުރިމަތިން އައި ޒާހިދުގެ ގައިގައެވެ. ޒާހިދު ވިސްނުންތެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމް ބަލާވެސް ނުލާ ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެ ފުރަތަމަވެސް ރޭޝަމް ނެގީ ފޯނެވެ. “މިންހާ… ޕްލީޒް އަވަހަށް ގެއިން ނިކުމެގެން ދޭ އެހެން ތާކަށް.. ޒާހިދުމެން މިންހާއަށް ފާރަލާ އެބަ… އަހަރެންވެސް އެބަ ދަން“ ރޭޝަމް އަވަސް އަވަހަށް މިންހާމެން ގެއާ ދިމާލަށް ދުއްވައިގަތެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. މިންހާ ކަމަށް ހިތާ ބަލާވެސް ނުލާ ރޭޝަމް ފޯނު ނެގިއެވެ. “ހަލޯ.. ދަރިފުޅާ، މަންމަ މޫސަބެ އަތަށް ދީފަ ލާރިކޮޅެއް ފޮނުވީމޭ… މިރޭ ލަފާނެ މާލެއަށް މިރަށު ދޯންޏެއް، ފަތިހު މިކޮޅަށް ފުރާނެ.. ފުރުމުގެ ކުރިން މޫސަބެ ދާނެ ތިގެއަށް…“ އެކޮޅުން ވާހަކަދެއްކީ ނަރީމާއެވެ. ވަގުތުގެ ގޮތުން އަނގައިންވެސް ނުބުނެ ރޭޝަމް ފޯނުގެ ކަނޑާލިއެވެ.

މަޖީދީ މަގަށް ނިކުމެވުނުއިރު ރޭޝަމްއަށް މާނޭވާލެވެމުންދިޔައެވެ. މަގު ހުރަސް ކުރުމަށްޓަކާ އަވަސް އަވަހަށް ރޭޝަމް މަގުގެ ދެފަރާތަށް ބަލާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއް ކުރިއަށް އަޅަންފެށިއެވެ. ކުއްލިއަކަށް ބާރު ސްޕީޑެއްގައި އައި ސައިކަލެއް ރޭޝަމް ކައިރިއަށް ހުއްޓުނެވެ. އެސައިކަލުގައި ރޭޝަމް ނުޖެހުނީ ހަމަ ކިރިޔާއެވެ. ސައިކަލު ދުއްވަން އިން މީހާ ހުޝިޔާރީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބިރުންގޮސް ރޭޝަމްގެ މޭގަ ނޑު ހީވީ އަތަށް އައިހެންނެވެ. ސިހިފައި އެ ސައިކަލުގައި އިން މީހާއާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. އެއީ މިންހާގެ ކޯލެކެވެ. އެއްފަހަރު ފޯނަށް ބެލުނިއްޔާ އަނެއް ހަފަހަރު ސައިކަލުގައި އިން މީހާގެ މޫނަށް ރޭޝަމްއަށް ހާސްވެފައިހުރެ ބެލެމުން ދިޔައެވެ.

ރޭޝަމްއަށް ހުރެވުނީ މަގުގެ މެދުގައިކަން އިހުސާސްވީ ފޯނު ކެނޑުނީމައެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ރޭޝަމް އަވަސް އަވަހަށް މަގު ހުރަސްކުރުމަށްފަހު، މިންހާމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ރޭޝަމްގެ މޫނުމަތިން ފެނުނު ނުތަނަވަސްވެރިކަމާ ބިރުވެރިކަމުގެ އަސަރު ޒާހިދަށް ފާހަނގަވިއެވެ. އެގަޑީގަ ރޭޝަމް ބޭރުގަ އުޅުމުން ޒާހިދުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ޒާހިދަށް އޮލިމްޕަހާ ހަމައަށް ދެވުނުއިރު އެންމެންވެސް ޒާހިދުގެ އިންތިޒާރުގައި ތިއްބެވެ.

”ހަލޯ…ކިހާ ހިސާބަކު؟؟“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “މިއުޅެނީ ރައްޓިއްސެއްގެ ގޭގައި، ވެގެން އުޅޭ ގޮތެއް ސާފުކޮށްބުނެބަލަ.. އަހަރެން ވަރަށް ހާސްވޭ އެބަ“ މިންހާ އަވަސް ރާގެއްގައި އަހާލިއެވެ.“ އެހެންވެއްޖެއްޔާ ވަރަށް އަވަހަށް އާދެބަ މަސް މާރުކޭޓު ކައިރިއަށް، ބަނދަރު މައްޗަށް…“ ރޭޝަމް އަވަސް އަވަހަށް ޓެކްސީއަކަށް އެރިއެވެ .

ބަނދަރު މައްޗަށް ދެވުމާއެކު ފޯނު ނަގާ ރޭޝަމް މިންހާއަށް ގުޅާލިއެވެ. ހިތުގެ ތެޅުން އަވަސްވުމާއެކު އެހިތް ވަގުތު ކުޑަތަންވަމުންދާކަމުގެ އިންޒާރު ދެމުންދިޔަ ކަހަލައެވެ.

ތަކުރާރުކޮށް މިންހާގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ. “އަނެއްކާ މިންހާއަށް ކަމެއް ވީބާ؟“(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ނޭގި ހިތޭ ތި އަތުލީ 17

Next

ލޯބިވަން ކިޔުންތެރިންނަށް

Next
December 16, 2017

ލޯބިވަން ކިޔުންތެރިންނަށް

Previews
December 16, 2017

ނޭގި ހިތޭ ތި އަތުލީ 17

37 Comments!

  1. cheesemoosa says:
    December 16, 2017 at 12:55 am

    maakurin myni up vefa..part 8 enjoy..

  2. Kia says:
    December 16, 2017 at 1:18 am

    Nice

    1. you me says:
      December 16, 2017 at 1:50 am

      tanks

    2. cheesemoosa says:
      December 16, 2017 at 2:01 pm

      tanks

  3. Laal says:
    December 16, 2017 at 3:31 am

    Haadha kuruko vara salhi and part thankolhe avaha up koddyba

    1. cheesemoosa says:
      December 16, 2017 at 2:01 pm

      mirey up kohdeenan..

  4. Shann says:
    December 16, 2017 at 6:33 am

    Wow, v rythi mibaives, ehen story thakaa v v v thafaathu story eh mee, n v v ves rythi story mee, kiyamun dhaairu hyvany manzaruthah aslahves fennahen, sifa kohdhinun v ves rythi, Masha Allah

    1. cheesemoosa says:
      December 16, 2017 at 2:02 pm

      tanks shann

  5. Shai says:
    December 16, 2017 at 9:46 am

    Hama v obi gud luck?????????????????????

    1. cheesemoosa says:
      December 16, 2017 at 2:02 pm

      thanks shai

  6. unaal says:
    December 16, 2017 at 12:45 pm

    vrh reethi.. nxt part avahah up kohdhyba plc ..
    zahidh ah minhaa fenihjjihya vrh dhera.. dhn vaany kihineiyy baa ?
    curious to know ..hope everything will be alright

    1. cheesemoosa says:
      December 16, 2017 at 2:03 pm

      ya dhw..
      tanks

  7. Meee says:
    December 16, 2017 at 2:06 pm

    Vvvv salhi mi part vx….

    1. cheesemoosa says:
      December 16, 2017 at 2:07 pm

      tanks meee

  8. you me says:
    December 16, 2017 at 2:08 pm

    me v reethi vaahaka eh..

    1. cheesemoosa says:
      December 16, 2017 at 2:51 pm

      tanks

  9. black says:
    December 16, 2017 at 2:09 pm

    miadhu hedunu duty ga inyma adhi kiyaalan vaguthu mi libuni..mi baa vx v reethi

    1. cheesemoosa says:
      December 16, 2017 at 2:52 pm

      ooh
      tanks black

  10. ahmed says:
    December 16, 2017 at 2:10 pm

    mibaa haadha kurey ehen part thaka hilaafah

    1. cheesemoosa says:
      December 16, 2017 at 2:53 pm

      ooh sory
      next part dhigu kohdheveytho balaanan

  11. cuty pie says:
    December 16, 2017 at 2:11 pm

    zahidhah bodu ladeh dhyfa vaahaka ninmaalan vaany

    1. cheesemoosa says:
      December 16, 2017 at 2:53 pm

      hihihihii

    2. cheesemoosa says:
      December 16, 2017 at 3:29 pm

      cuty pie haadha zahidh dheke ruriaadhe ey dhw

  12. white says:
    December 16, 2017 at 2:49 pm

    v nice

    1. cheesemoosa says:
      December 16, 2017 at 2:53 pm

      tanks white

  13. Anonymous says:
    December 16, 2017 at 4:39 pm

    How prts in this stry

    1. cheesemoosa says:
      December 16, 2017 at 5:00 pm

      17 or 18 parts hen hyvany inaany

  14. someone says:
    December 16, 2017 at 5:01 pm

    next part ge intixaruga

    1. cheesemoosa says:
      December 16, 2017 at 5:16 pm

      mirey up vaane.

  15. rai says:
    December 16, 2017 at 5:03 pm

    gaygadakah kihaa iraku mirey vaahaka up kurani. kiyaa hithun key madhu vegen.

    1. cheesemoosa says:
      December 16, 2017 at 5:17 pm

      7 ga hyvani up vane hen

  16. fathun says:
    December 16, 2017 at 5:06 pm

    mi vaahaka gai ehvx romentic kameh naadhe. ekam catogory gai in loabi adhi hithaama. ekyhve?

    1. cheesemoosa says:
      December 16, 2017 at 5:18 pm

      adhi ahnaane ebaa tha kuriah huri bai thakuga..

  17. beauty says:
    December 16, 2017 at 5:15 pm

    alah mi comment mi kurani mi vaahaka ah. aslu v reethi mi vaahaka

    1. cheesemoosa says:
      December 16, 2017 at 5:19 pm

      tanks beauty

  18. Rsh says:
    December 16, 2017 at 6:30 pm

    V Reethi waiting for next…

    1. cheesemoosa says:
      December 16, 2017 at 7:10 pm

      tanks

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް…..9←


All Right Reserved!