Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި އަހަރެންވާނަމޭ (14)

SunShine Level 210 Stories100 Comments
December 14, 2017 5 Mins Read
6 Comments

އަފްރީންވެސް ގަޑި ބަލާލަމުން ތެޅެމުން ފޮޅެމުން ދިޔައީ ގަޑި ވަރަށް ކުޑަތަން ވެފައިވާތީއެވެ.

 

******************

 

އަފްރީންއަށް ތައްޔާރު ވެވުން އިރު ކާރު އައިސް އަފްރީންމެންގޭ ދެރުމަތީގައި އޮތެވެ.

އަފްރީންވެސް ހީވަނީ މިރޭ ރީތިކަން ހުސް ކޮށްލައިގެން ހުރި ހެންނެވެ.

ޕާޓިގެ ކުލައަކީ ރަތް ކުލަ ކަމުން އަފްރީން ރަތް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އިރު އިސްތަށިގަނޑުވަނީ ބުޅި ކޮއްލާފައެވެ.

 

އަފްރީން އަވަހަށް ގޮސް އައިރީން ގޮވައިގެން އައިސް ކާރަށް އަރައިގެން މިސްރާބު ޖެހީ ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަން ކަމުގައިވާ ބީޗް ސަރަހައްދަށެވެ.

ކައިވެނި ކުރަންވެސް ހަމަޖެހިފައިވަނީ ހަމަ އެތާގައެވެ.

 

އަފްރީންގެ އެހީގައި އައިރީން ކާރުން ފޭބިއިރު އޭނާއަށް ހުއްޓިފައިވާ ނަޒަރުތައް ފެނުމުނެ އައިރީން ލަދުން އިސް ޖަހާލިއެވެ.

 

އައިރީން ފެނުމުން އަރްމާން ހުރީ ބުނާނެ ބަހެއްވެސް ދުލަށް ނައިސްފައެވެ. ކޮންފަދަ ރިތި ކަމެއް ހެއްޔެވެ؟ އައިރީން އަނެއްކާ މިއަދުވެސް އަރްމާން އެ ރީތިކަމުގެ ޖާދޫގައި ޖައްސައިފިއެވެ.

އަރްމާން ބޭނުންވީ އައިރީން އެއްވެސް މީހަކަށް ނުފެންނާނެހެން ފޮރުވާލާށެވެ. އަރްމާން އެހާވަރަށް ބަލާތީ އައިރީން ހުރީ ހާސްވާ ގޮތްވެފައެވެ. އަފްރީން މަޑުމަޑުން އައިރީންގެ އަތުގައި ހިފާލައިގެން ގޮސް މޭޒުކައިރީގައި އިން ގޮނޑިއެއްގައި ބޭންދިއެވެ.

 

ފަސްވަރަކަށް މިނެޓް ފަހުން އައިރީންގެ ބޭބެ އަސްލަމްއާއި އެކު ގާޒީ އަދި ހެކިވެރިން އަންނަތަން ފެނުނެވެ. އަސްލަމް އައުމުން އަރްމާންވެސް ގޮސް އައިރީން ގާތުގައި ދެން އިން ގޮނޑީގައި އިށީނދެ ހަމަ ޖެހިލިއެވެ.

 

އައިރީންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އަރްމާންއަށް އައިރީން ދެއަތް މޮޑެމުން ދިޔަތަން ފެނުމުން އައިރީން ހާސްވެފައި އިންކަން ރޭކާލިއެވެ. އަދި އައިރީންއަށް ހިތްވަރު ދިނުމުގެ ގޮތުން އައިރީންގެ މަޑު އަތްތިލައިގައި މޭޒުދަށުން އަތް ގެންގޮސް ހިފާލިއެވެ.

އަރްމާންގެ މި އަމަލުން އައިރީންއަށް ސިހުން ލިބުނަސް ހިނދުކޮޅެއް ތެރޭގައި ހަމަޖެހިލާ އަރްމާންއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

ކައިވެނީގެ ޚުތުބާ ފެށިގެން ދިއުމުން މުޅިތަން ހަމަ ހިމޭންވެގެން ދިޔައެވެ.

އައިރިން އަދި އަރްމާންގެ ހިތް ބާރު ބާރަށް ތެޅެންފެށީ ދެމީހުންވެސް ހާސްވެފައިވާތީއެވެ.

 

މިއީ ހަމަ ކައިވެނި ކުރާ އިރު ކޮންމެ ޖޯޑެއްގެ ހާލުކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނީ ކައިވެންޏަކީ ލޯބިވެރިންނަށް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. މުޅި އުމުރު އެކަކު އަނެކަކައްޓަކާ ހޭދަ ކޮށްލަން ގުޅުމަށް ކައިވެނީގެ ނަން ދެވޭ ހިނދު ދެ ހިތުގައި ކުޅެވިގެންދާ ފޮނި ރާގު ލިޔުންތެރިއެއްގެ ގަލަމުންވެސް ބަޔާން ކޮށްދިނުމަކީ ދަތި ކަމެކެވެ.

 

“އަނބި ޤަބޫލުކޮށްފިން” އަރްމާންގެ އަނގައިގެން މިދެ ބަސް ނިކުތް ހިނދު މުޅިތަނުގެ ހަމަ ހިމޭންކަން އެންމެންގެ އަތްތިލަބަޑީގެ އަޑުން ކެނޑިގެން ދިޔައެވެ.

އެހިނދު އައިރީންގެ ލޮލުން އޮހޮރިގަތް އުފާވެރިކަމުގެ ކަރުނަ އަރްމާން ނުހަނު ލޯބިން ފުހެލަ ދިނެވެ. މި މަންޒަރު ފެނުން އަފްރިންގެ ލޮލުން ބޭއިހްތިޔާރުގައި ކަރުނަ އައީ މިއީ އޭނާވެސް ދެކެފައިވާ ހުވަފެނަކަށް ވާތީއެވެ. ނަމަވެސް އެ ހުވަފެނުގައިކުލަ ނުޖެހެނިސް ވިއްސި ވިހާލިވެގެން ދިޔައީއެވެ.

 

އަފްރީން އަވަހަށް ލޯ ފުހެލާފައި ހިނިތުން ވެލަމުން އަރްމާން މެން ކައިރިއަށް ގޮސް އަރްމާން ގައިގައި ބައްދާލިއެވެ.

“ކޮންގްރެޓްސް” އަފްރީން އަރްމާން ގައިން ދޫކޮށްލާފައި އައިރީން ގައިގައި ބައްދާލަމުން ފުޅާ ހިނިތުނަވުމަކާއި އެކު ބުނެލިއެވެ.

 

ނަމަވެސް އަރްމާންއަށް އަފްރީންގެ މާޔޫސްވެފައިވާ ހިތުގައިވާ އެއްޗެއް ނުފޮރުވުނެވެ. އަރްމާން މި ވަގުތު އެވާހަހަކަ ނުފެށީ މި އީ އެންމެ ރަނގަޅު ވަގުތު ނޫން ވީމައެވެ.

 

އަރްމާންއާއި އައިރީން އަދި އަފްރީން ވާހަކަ ދައްކަން ތިއަބައި އައިރީންގެ ބޭބެ އަސްލަމް އައިސް މީހުން އަންނަން ފެށު ވާހކަ ބުނުމުން އައިރީން އާއި އަރްމާން އެމީހުން ތިބުމަށް ހަމަ ޖެހިފައިވާ ކުޑަ ސްޓޭޖްއާއި ދިމާލަށެވެ.

އަފްރީންވެސް އައިރީންގެ ފަހަތުން އައިރީންގެ ހެދުމުގެ ފަސްބައިގައި ހިފައިގެން އައިރީންގެ ފަހަތުން ދިޔައެވެ. އަދި އަސްލަމްވެސް ހަމަ އެފަދައިން އައިރީންގެ ހެދުމުގެ އަނެއް ކޮޅުގައި ހިފައިގެން ހުރީ އަފްރީންއަށް އެކަނި އެކަން ކުރުން ދަތި ކަމަކަށް ވެގެން އުޅޭތީ އެހީ ވެދިނުމުގެ ގޮތުންނެވެ.

މި މަންޒަރު ފެނި އަރްމާންގެ ތުންފަތުގައި ކުޅެވުނީ މާނަފުން ހިނިތުންވުމެކެވެ.

 

ޕާޓީ ފެށިގެން ކުރިއަށް ދިޔައީ ވަރަށް އަމާން ކަމާއި އެކީގައެވެ. އަފްރީން އަބަދުވެސް އަރްމާންމެން ކައިރީގައި އެނބުރެނީ އެމިހުން ކަމެއް ބޭނުންވެދާނެތީއެވެ.

ދައުވަތު އެރުވިގެން ޕާޓީއަށް އައި އެންމެންގެ ފަރާތުންވެސް އަރްމާން އަދި އައިރީންއަށް ތައުރީފްގެ ބަސްތައް އޮހެމުން ދިޔައެވެ.

އަންހެން ވެރިން އަރްމާންގެ ރިތި ކަމަށް ތައުރީފް ކުރަމުން ދިޔައިރު އައިރީންއަށް ބަލަނި ހަސަދައިގެ ނަޒަރުންނެވެ.

ހަމައެހެންމެ ފިރިހެން ވެރިން އައިރީންގެ ފުރިހަމަ ކަމަށް ތައުރީފް ކުރަމުން ދިޔައިރު އަރްމާންއަށް ހަސަދަވެރިވެފައިވަނީ އައިރީން ގާތު ހުރުމުގެ ޝަރަފް އެމީހުންނަށް ނުލިބި އަރްމާންއަށް ލިބުމުންނެވެ.

 

އަމާން ކަމާއިއެކު ޕާޓީ ނިމިގެން ދިޔަ އިރު ގަޑިން ބާރަ ޖަހަން އުޅެއެވެ.

އަރްމާން އަވަހަށް އޭނާގެ އަލަތު އަންހެނުން ގޮވައިގެން ގެއަށް ދާން ނައްޓާލީ އާސިމާ އަދި އަސްލަމްގެވެސް އިރުޝާދުގެ ދަށުންނެވެ.

އަލަތު ދެމަފިރިން އެހެން އެތާގައި ބައިތިއްބަން އެއްވެސް މީހަކަށް ކަމަކު ނުދިޔައެވެ.

އަސްލަމް އާއި އަފްރީން ބުނުމުން ދެ މަންމަ ވެސް ގެއަށް ދިޔައީ ޓެކްސީއެއް ނަގައިގެންނެވެ.

 

އަރްމާން އަދި އައިރީންއަށް ގެއަށް އާދެވުން އިރު ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައެވެ. އެހާ ގިން އިރު ކޮޅަށް ތިބުމުގެ ސަބަބުން ދެފައިގައިވެސް ރިއްސަމުން ދިޔައީ ވަކި ވަރެއް ބަލާފައެއްނޫނެވެ.

“ބޭބް ދާން ވީނުން ފެން ވަރާލަން އަވަހަށް. އަހަރެން އެބަ ހެސްކިޔާފަ ނިދި އާދޭ މިހާރު.” އައިރީން ގޮވައިގެން ކޮޓަރިއަށް ވަދެ އަރްމާން ވާހަކަ ދެއްކީ ފަރާތް ފަރާތް ބަލަމުން ދިޔަ އައިރީންއާއިއެވެ.

އައިރީންވެސް އަވަހަށް ފާހާނައަށް ވަނީ ލާފައިވާ ބޮޑު ހެދުން ބާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

15 ވަރަކަށް މިނެޓް ފަހުން އައިރީން ފާހާނައިން ނިކުތް އިރު އަރްމާންވެސް ހުރީ ގައިން ފެން ހިއްކަން ހަމަ އެކަނި ސޯޓް ބުރިއެއް ލައިގެންނެވެ. އަރްމާން އެއައީ އެހެން ފާހަނަ އަކުން ފެން ވަރައިގެންކަން އައިރީންއަށް ނަގައިގަނެވުނެވެ.

އަރްމާންގެ ހާމައަށް އޮތް ކަސްރަތީ ހަށިގަނޑު ފެނުމުން އައިރީންގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ.

ފަހަތުގަ މީހެއް ހުރިހެން ހީވެގެން އަރްމާން ފަސް އެނބުރި ބަލާލިއިރު ފަހަތުގައި ހުރި އައިރީން ފެނުމުން އަރްމާނގެ ހިއްސުތައް ކޮޅަށް ޖެހުނެވެ.

އައިރީން ލައިގެން ހުރި ލޭސްގެ ތުނި ނައިޓީއިން އައިރީންގެ އެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ.

އަރްމާންއަށް އިތުރަށް އޭނާގެ ހިއްސުތަކަށް ބާރު ފޯރުވޭ ގޮތް ނުވުމުން ގޮސް އައިރީން ކައިރީގައި ހުއްޓި މަޑުމަޑުން އައިރީންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

އެވަގުތު ކޮޅަށް ނިމުން ގެނައީ އައިރީންއެވެ. އައިރީންގެ ދޮން މޫނަށް އޭރުވަނީ ލަދުން ގޮސް ޖަންބު ކުލަ އަރާފައެވެ.

އަރްމާން އައިރީން އަތްދަނޑި މައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ.

ދެމީހުންގެ ހަށިގަނޑުން އަންނައުނުތައް ވަކިވި އިރުވެސް އެދެމީހުންނަށް ނޭނގުނެވެ.

އަރްމާން އެނދުގެ އެއްކައިރީގައި ހުރި ސްވިޗްތަކަށް އަތް ފޯރު ކޮށްފައި ކޮޓަރީގެ އަލި މަޑު ކޮށްލިއެވެ.

ދެމީހުންގެ ހަށިގަނޑު އެކަތިގަނޑަކަށްވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

 

ދެމީހުންނަށް ލިބުން އަރާމަކުންނާއި ވެފައިވާ ވަރުބަލިން ނިދެން މާ ގިނަ އިރެއް ނުވިއެވެ.

 

 

އަސްލަމްއާއި އަފްރީން އެމީހުންގެ ބައެއް އެކުވެރިންގެ އެހީގައި އެތާގައި ގެންގުޅުނު އަދިވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ސާމާނާއި ދެމަފިރިންނަށް ލިބުން ގިފްޓްތައް ފޮއްޓަކަށް އަޅާ ގެއަށް ގެންދަން ފަސޭހަވާނެ ގޮތަށް ބަންދު ކޮށްލިއެވެ.

ހަމައެހެންމެ އުކާލަން ޖެހޭ ކުނިތައްވެސް އެރޭން އެރެއަށް އުކާލީ ފިރިހެނުން ސައިކަލުގައި ކުނި ގޮނޑަށް ކުނި އުފުލައިގެންނެވެ.

ރަށުގެ ސްކޫލުން ގެނައި މޭޒާއި ގޮނޑިވެސް ހަމަ އެރޭ އެންމެން ވެގެން ސްކޫލަށް ގެންދިޔައެވެ.

އެއްޗެހި ގެންދަން ޖެހޭ ތަންތަނަށް އެއްޗެހި ގެންގޮސް ނިމުމުން ދެން އެތާގައި ތިބީ އަސްލަމްއާއި އަފްރީންއެވެ. އަދިވެސް އަރްމާން އަދި އައިރީންއަށް ލިބުން ގިފަޓްތައް އެޅި ފޮށިގަނޑު އެބަ ހުއްޓެވެ.

“އަހަރެން ދަމުން އެ ފޮށިގަނޑު ގެންދަންވީ ދޯ؟” އަފްރީން އަސްލަމް ގާތު އެ ފޮށިގަނޑަށް އިށާރާތް ކުރަމުން އަހާލިއެވެ.

“އާނ. ތިގެއަށް އެ ގެންދަން ޖެހޭނީ. އަފޫ ގެއަށް ދަނީ ކިހިނެތް؟” އަސްލަމްވެސް އަފްރީންއަށް އާނ ބަސް ދެމުން އަހާލިއެވެ.

“އަހަރެން ޖެހޭނީ ޓެކްސީއަކަށް ގުޅަން. ދެން މިއޮށްފަދަ ރޭ ހިނގާފަ ދާން ޖެހުނަސް ދޮންބެއަކަށް އަހަރެން ނުގުޅާނަން އޮޅިގެންވެސް.” އަފްރީން ލާނެއް ރާގަކަށް ބުނުމުން އަސްލަމް ގާތަށްވެސް ހިނި އަންނަ ގޮތް ވިއެވެ.

“ހިނގާ އަހަރެން ދާނަށް ގެއަށް ލައިދޭން. މި ދަންވަރު ދެން ޓެކްސީއަކަށް ގުޅާނެ ކަމެއް ނެތް.” އަސްލަމް އެހެން ބުނެލުމުން އަފްރީންވެސް އެއްބަސްވީ މިހާރު ދެން އަސްލަމްއަކީވެސް ހަމަ އާއިލާ މީހެއް ވީމައެވެ.

 

އަސްލަމް ސައިކަލު ޕާރކް ކޮށްފައިން ތަނުން ސައިކަލު ހިފައިގެން އައިސް އަވަހަށް އަފްރީން ގޮވައިގެން ގެއަށް ދާން މިސްރާބު ޖެހިއެވެ.

އަސްލަމްގެ ހިތަށް މިރޭ ލޮޅުމެއް އަރައިފިކަން ގައިމެވެ.

އަސްލަމްއަކީވެސް ހުތުރު މީހެކޭ ނުބުނެވޭނެއެވެ.

ކުލަ އަލި ހަންގަނޑަކާއި ދިގު އިސްކޮޅެކެވެ. ބާމަތި ފުޅާ ކަސްރަތީ ހަށީގަނޑެކެވެ. ކުރުނޫނަސް އެހާ ދިގު ނޫން  ފަން އިސްތަށި ކޮޅެކެވެ. އާންމުކޮށް ދިވެހިން ނުހުންނަ ފަދަ މަޑު މުށި ކުލައަކަށްދާ ލޮލެކެވެ.

 

ކުރު ދަތުރަކަށް ފަހު އަފްރީން ގެއަށް ލާފައި އިތުރަށް މަޑުކުރަން ނުހަދާ އަސްލަމްވެސް ގެއަށް ދިޔައީ ގޭގައި އޭނާގެ މަންމަ އިންނާނީ އެކަނި ކަން އެނގޭތީއެވެ.

 

އަފްރީންވެސް އަވަހަށް އެތެރެއަށް ވަދެލާފައި ގެނގުޅުން ފޮށިގަނޑު ސިޓިން ރޫމްގައި ބަހައްޓާފައި އަވަހަށް ކޮޓަރިއަށް ދިޔައީ ފެންވަރާލައިގެން ނިދާލަންށެވެ.

އަފްރީންއަށް ފައިގަޔާއި ތަންތާގައި ރިއްސާކަންވެސް އިނގުނީ ފެންވަރާލައިގެން އައިސް އޮށޯތުމުންނެވެ.

ވެފައިވާ ވަރުބަލިންނާއި ގައިގެ އެކި ތަންތާގައި ރިއްސަމުން ދާތީ އަފްރީންއަށް ނިދެން މާ ގިން އިރެއް ނުނެގިއެވެ.

 

އަސްލަމްގެ ހާލަކީ ތޯއެވެ.

ގެއަށް އައިސް ނިދާލުމުގެ ބޭނުމުގައި ފެންވަރާލައިގެން ނިކުތް އިރު ނިދި ވަނީ މުޅިނެހެން އަސްލަމްއާއި ދުރުވެފައެވެ.

އެނދުގައި އޮއްތީން ސުރެ އަސްލަމްގެ ހިޔާލުތަކުގައި ވަނީ އަފްރީންއެވެ.

އަސްލަމް ފޯނު ނަގާ މިއަދު ސިއްރުން އޭނާ ނެގި އަފްރީންގެ ފޮޓޯތައް ބަލަން ފެށިއެވެ.

 

ފަތިސް ނަމާދު ބަންގީގެ އަޑަށް އަސްލަމް ދިޔައީ ސިއްސައިގެންނެވެ. އަސްލަމް އެހެން އޮތް އިރު ވަގުތު ފާއިތު ވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ.

އަސްލަމް އަވަސް އަވަހަށް ތެދުވެ ވުޟޫ ކޮށްލައިގެން ގޭގައި ނަމާދު ކޮށްލީ މިސްކިތުގައި ހުއްޓާ ނިދިއައިސް ދާނެތީއެވެ.

 

އަސްލަމް ނަމާދުކޮށް ނިމިގެން އަރާ އޮށޯތީ ނިދަންށެވެ.

މާ ގިނަ އިރު ތަކެއް ނުވެ އެސްފިޔަތައް ބަރުވެ ނިދީގެ ފޮނި މީރުކަމެގެ ތެރެއަށް ފީނައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)

Next

ގެއްލިދިޔަ ހަޔާތް…..5

Next
December 14, 2017

ގެއްލިދިޔަ ހަޔާތް…..5

Previews
December 14, 2017

ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)

6 Comments!

  1. Rsh says:
    December 14, 2017 at 7:16 pm

    Reethi .. But v kuru

  2. Anonymous says:
    December 14, 2017 at 7:19 pm

    Haadha kureyyyyy

  3. Zuam says:
    December 14, 2017 at 7:35 pm

    Wow…. reethi….. waiting….

  4. naju says:
    December 14, 2017 at 8:15 pm

    wow v v v reethi …waiting next part

  5. Almaa says:
    December 14, 2017 at 8:37 pm

    Salhiey mi part v kureyyyyy

  6. kyaara says:
    December 24, 2017 at 7:20 pm

    Mivaahaka nimunytha!!!! waitin…. This story is beautiful….???

Comments are closed.

Next Episodeލޯބި އަހަރެންވާނަމޭ (15)←


All Right Reserved!