Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން…(އެގާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
February 23, 2018 4 Mins Read
20 Comments

ލަވަނިމުމާއެކު ހުރިހާއެންމެންތަކުގެ އަތްތިލަ ބަޑީގެ އަޑު އިވެން ފެށިއެވެ. އަނެއްކާވެސް އެދެމީހުން ފެށީ އާލަވައެކެވެ. ކެތް ނުގެން އެންމެ ފަހުން ޔާނީ ދުވެފައި ހޯލުން ނިކުތީއެވެ. ހަމަ އެވަގުތެވެ. ޔާނީގެ ފޯނަށް މެސެޖެއް އައެވެ. މަޑުމަޑުން އޭނާ އެ މެސެޖު ކިޔާލިއެވެ. “އެދެމީހުންގެ ޑީ އެން އޭ ދިމަލެއް ނުވޭ.” މި ވީ ކިހިނެއް ހެއްޔެވެ؟..ޔާނީގެ ބޯ ހާސްވެގެން ދިޔައެވެ.

“ޔާނީ..މެސެޖު ލިބިއްޖެތަ؟..ކޮން ދެމީހުންނެއްތަ އެއީ.ހަމަ ދެމީހަކުގެ އިސްތައްޓެއް ދިނަކަސް އަހަންނަކަށް ނޭންގޭނެ ދޯ ވެގެން އުޅޭގޮތެއް؟ އެންމެ ރަނގަޅު. ޔާނީ ބުނަން ބޭނުންވި ދުވަހަކުން އަހަރެން ކައިރީ ބުނާތި. އަހަރެން އަބަދުވެސް ޔާނީއަށް ހެޔޮ އެދެން. އަހަރެންގެ ކޮއްކޮ ދުނިޔެ ދޫކޮށް ދިޔުމާއެކު އަހަރެން ދެކުނީ ތީ އަހަރެންގެ ދެވަނަ ކޮއްކޮގެ ގޮތުގަ. އަހަރެން އަބަދުވެސް އެހީވާނަން.” ޝާމިލް ސުވާލު ކޮށްކޮށް ވެސް ޔާނީ ޖަވާބު ނުދިނުމުން ޔާނީ ބޮލުގައި ފިރުމާލަމުން ޝާމިލް އެހެން ބުނެލުމަށްފަހު ދިޔައެވެ.

ޔާނީގެ ހަނދާނަށް އައީ ޔާނިލާގޮވައިގެން ފިހާރަޔަށް ދިޔަ ދުވަހެވެ. އެދުވަހު އެތޮފި ދަމައިގަތީ ޔާނީލާގެ އިސްތައްޓެއް ނައްޓުވާލަމުންނެވެ. ޔާނިލާ އެއީ އަލާނިޔާގެ ދައރިއެއްކަމަށް ހީކޮށް އެކަން ޔަގީން ކުރަން އުޅުނު ޔާނީއަށް އަނެއްކާވެސް ވަދެވުނީ ސުވާލު މާކެއްގެ ތެރެއަށެވެ. އަނެއްކޮޅުން މުލައިލް ލޯބި ވަނީ އަމިއްލަ ކޮއްކޮދެކެ ނޫންކަން އެނގުމުން ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ ނަމަވެސް އެ ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނަ ވެގެން ދިޔަ ފަދައެވެ. އެކަނި ވެރިކަމާއެކު ހިނގަމުން ދިޔަ ޔާނީއަށް ހޭވެރި ކަމެއް ލިބުނީ ގެއާ ހިސާބަށް އާދެވުމުންނެވެ. ހަގީގަތުގައި އޭނާ އެތަނުން ނިކުތީ ކޮންމެހެން ގެއަށް ދާކަށް ނޫނެވެ. ނަމަވެސް ފިކުރުތަކުގައި ހުރެ އާދެވުނީ

ގެއަށް ވަނުމަށްފަހު ހެދުން އެއްލާލަމުން މޫނު ދޮވެލުމަށްފަހު ޔާނީ އެނދުގައި ޖައްސާލިއެވެ. “އަހަރެން ކޮންކަމަކާތަމި ދެރަވަނީ؟ އިއްލު ލޯބިވަނީ ޔާނިލާދެކެ. އަހަރެން މިޔަގީން ކުރީ ނިލް އެއީ ލާނީ މަންމަގެ ދަރިއެއް ނޫންކަން. އެހެން ވީމަ އިއްލު ކިހާ އުފާވާނެ. އަނެއްކާ ނިލްވެސް ނުލާހިކު ލައިކްވޭ އިއްލު ދެކެ. އަހަރެންނަށް ލޯބި ނުލިބުނަސް އަހަރެންގެ ލޯބި އުފަލުގަ އުޅޭތަން ފެނުނީމަ އަހަރެން ދެން އުފާވާނެތާ…މޮޔަ ޔާނީ” އަމިއްލަ ނަފްސަށް ވިސްނައިދެމުން ޔާނީ އޭނާގެ ނަފްސަށް މަލާމާތް ކޮށްލިއެވެ. އެދެލޯ މެރިގެން ދިޔަ އިރު އެސިކުނޑިއަށް ވަނީ ބަރުވެފައެވެ. ޔާނިލާ އަލާނިޔާ އާ ވައްތަރުވީ އިއްތިފާގަކުން ނިންމަން ޔާނީއަށް މަޖޫބުރުވެގެން ދިޔައެވެ. އެވަގުތު އެސްފިޔަތަށް ފޫދުށްވާލުމަށްފަހު މެރިފައިވާ ދެލޮލުން ކަރުނަތައް ފައިބައި ގަތެވެ.

ހަމައެވަގުތެވެ. މޭޒުމަތީ އޮތް އަލާނިޔާގެ ޑައިރީގެ ގަނޑުތައް ވަޔާ ހުޅުވުނެވެ. އޭގައި ވިއެވެ. ” ވަގުތުވެސް އޭގެ އުސޫލުން ހިނގަމުން ގޮސް އަހަރެމެންގެ ޕާޓީ ފެށުނެވެ.ޕާޓީ އޮތީ ރުހާ މެންގެ ގޭގައި ކަމުން  އަހަންނަށް ރުހާ ވެސް ފެނުނީ އެތަނުންނެވެ. ކަލާ ނުލުން ޖަރީ ކޮށްފައިވާ ބޮޑު ހެދުމުގައި އަހަރެމެން ދެމީހުންވެސް ހީވަނީ އެއްމާބަނޑު ދެކުދިންހެނެވެ. ނަމަވެސް ރުހާގެ ކަރުގައި އިން ކަޅުތިލައިން އަހަރެމެން ދެމީހން ވަކިކުރަން އިނގޭނެއެވެ.” އެތަންކޮޅަށް ޔާނީއަށް އިސްކަންދެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަލާނިޔާ އަދި ރުއާ އަކީ އެކަކު އަނެކަކާ ނުލާހިކު ވައްތަރު ދެކުދިންކަން އެކަކުވެސް ހަނދާން ނެތީ ހެއްޔެވެ؟

އަނެއްދުވަހު ޔާނީ މުލައިލް ތައްޔާރު ވުމުގެ ކުރިން ސްކޫލަށް ދިޔައެވެ. ޔާނީ މިހާރު ބޭނުންވަނީ މުލައިލް އާ ވީހާވެސް ދުރުން އުޅޭށެވެ. ނަމަވެސް ޔާނީ ލައިބްރަރީގައި އިންދާ މުލައިލް އައިސް ޔާނީގެ ކައިރީގައި ޖައްސާލިއެވެ. “ޔާނީ.. އަހަންނަށް ފިލަނީ ދޯ..ކިހިނެއް ވީ؟ ރޭގަވެސް އަންގާވެސް ނުލާ ގެއަށްވެސް ދިޔައީ. އަހަރެން ވަރަށް ހާސްވިއޭ. އެކަމް ޝާމިލް ބުނީ ޔާނީ ބޮލަށް ތަދުވާތީ ދިޔައީ އޯ..ޔޫ އޯކޭ؟” މުލައިލް ޔާނީގެ ނިތް ކުރީގައި އަތް ޖައްސާލިއެވެ. ޔާނީއަށް ބޭއިހުތިޔާރުގައި ދުރަށް ޖެހިލެވުނެވެ. އެވަގުތު މުލައިލްގެ މޫނަށް އެރި ކުލަވަރުތަކުން ޔާނީ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. “ސާބަހޭ މޮޔަޔާ…އަހަރެން އޯކޭ ޔޭ.. ރޭގަ މީހަކު  ހުރީ ލަވް ސިކުވެފަ. އެހެންވެ މޮމެންޓު ރުއިން ނުކުރަން ނުގޮވީ…” ޔާނީ މުލައިލްގެ ބޯ ހާވާލަމުން ބުނެލިއެވެ. މުލައިލްވެސް ހީލަމުން އެއް ބުމަ އަރުވާލުމަށްފަހު އެންމެ ފަހުން އޭނާ ޔާނިލާދެކެ ލޯބިވާކަމަށް އެއްބަސް ވިއެވެ.

“އަސްލު ޔާ..އައި ތިންކް އައި ލަވް ހާރ.. އާހް. ފުރަތަމަ ފެނުން ދުވަހުއްސުރެ އަބަދު ނިލް ފެންނަން ބޭނުންވާ ހެން ހީވަނީ.. ދެން ނޭންގެ..އެކަމު އޭނަ ކައިރިވީމަ ފާޑެއްގެ ގޮތެއްވެސް ވޭ..އުނދަގޫ ގޮތެއް.. އެވާނީ މީހުން އެކިޔާ ލޯބިކަމަށް ދޯ…އެކަމް ވަރަށް ފާޑެއްގެ އުނދަގުލެއް.ހަހަ..” މުލައިލްގެ ވާހަކަތަކުން ޔާނީގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ. ހިފަހައްޓައިގެން އިން ކަރުނަތައް ނުކިޔަމަން ވާން ފެއްޓިއެވެ. އެދޮން ކުއްޖާގެ މޫނު ރަތްވާން ފެށިއެވެ. ނަސީބަކުން ބެލްވެސް ޖެހީ އެވަގުތުއެވެ. އެޔާއެކު މުލައިލްގެ ކްލާހެއް އޮތުމާއެކު އޭނާވެސް ދިޔައެވެ. ޔާނީގެ ލޮލުން ކަރުނަ ފައިބަންފެށީ ހަމަ އެވަގުތެވެ. ނަމަވެސް އެކަން ހުއްޓުވާކަށްވެސް ޔާނީ ނޫޅުނެވެ. އޭނާ ބޭނުންވީ ހިތް ފުރެން ދެން ރޯލާށެވެ. އެގޮތުގައި އެތައްއިރަކު އިނުމަށްފަހު ޔާނީ ދިޔައީ ފާހަނައަށެވެ. ފާހަނައިން ނިކުމެ ޓެރަހަށް އެރުމަށްޓަކާ ޔާނީ އެރީ ލިފްޓަށެވެ. އަބަދުވެސް ލިފޓުދެކެ ބިރުގަންނަ ޔާނީގެ އެއްވެސް ފަރުވާލެއް ނެތްކަހަލަ އެވެ.

އެސްކޫލުގެ މަތީ ފަނގިފިލާތަކުގައި ތަފާތު އޮފީސް އޮފީހުގެ ގޮފިތައް ވާއިރު ޖުމުލަ ތިރީސް ފަންގިފިލާވެއެވެ. ނަމަވެސް ފަންސަވީހާ ހިސާބުން ލިފްޓު ހުއްޓުނެވެ. ޔާނީއަށް ހޭވެރިކަމެއްވީ އެހިސާބުންނެވެ. އެ ލިފްޓަކީ ހަމައެކަނި ސްކޫލު ކުދިންގެ ލިފްޓަކަށް ވީއިރު އެކަކުވެސް އެ ލިފްޓު ބޭނުންކޮށެއް ނުހަދައެވެ. ޔާނީ ދާހިއްލާ ފޯވާން ފެށިއެވެ. މުޅި މީހާގެ ނޭވާ ކުރުވެ ވަށައިގެން އަނދިރި ވާންފެށިއެވެ. ބިރުންގޮސް އެފަކީރު ތުރުތުރު އަޅާ ހާލު ފޯނުން މީހަކަށް ގުޅޭތޯ ބަލާލިއެވެ. ނަސީބުދެރަކަމުން ފޯނު އޮތީ ނިވިފައެވެ. އެ އަނދިރި ކަމާ ހާސްކަމުގެ ތެރޭގައި ޔާނީއަށް ރޮވެން ފެށުނީ ދޮރުގައި ތަޅައިގަންނަމުން ނެވެ. ދެން ވީގޮތެއް ޔާނީއަކަށް ނޭންގުނެވެ.

ޔާނީއަށް ހޭވެރިކަން ވީއިރު އޮވެވުނީ ގޭގައެވެ. “މަންމަ ކައިރީ…ނުބުނެ..” އެންމެ ފުރަތަމަވެސް ޔާނީ ބުނެލީ އެހެންނެވެ. އެޔާއެކު މުލައިލްގެ އަޑު އިވިގެން ދިޔައެވެ. އަނެއްކާވެސް ޔާނީގެ ހޭވެރިކަން ނެތިގެން ދިޔައެވެ.

މުލައިލްއަށް ޔާނީ ފެނުނީ ވެމްކޯގެ މުއައްޒަފަކު ޔާނީ އުފުލާލައިގެން ލިފްޓުން ފައިބަނިކޮށެވެ. އޭރު މުލައިލް ޔާނީ ހޯދާތާ އެތައް އިރެއް ވެއްޖެއެވެ. “މިކުއްޖާ އޮތީ ތިމީހުންގެ 301 ލިފްޓުގަ ހޭނެތިފަ. އަހަރެން ސްޓޯރޫމަށް ދަނިކޮށް މީހަކު ދޮރުގަ ތަޅައިގަތް އަޑުއިވުން. ދެން އިވުނީ އެއްޗެއް ވެއްޓުނު އަޑު. ވަރަށް މަސައްކަތުން އެ ދޮރު ހުޅުވުނީ..އޭރު މިކުއްޖާގެ ހޭވެސް ނެތް. ހީވާގޮތުން ހޭނެތިފަ އޮންނަތާ ގަޑީރެއްވަނީ..” އެމީހާ ތަފްސީލު ދިނެވެ. މުލައިލް ހައިރާންވީ ޔާނީ ލިފްޓަކުން ފެނުމުންނެވެ. ހަމަ ހޭގައި ހުރެ ޔާނީ ލިފްޓަށް ނާރާނެކަން މުލައިލްއަށް އިނގެއެވެ. ނަމަވެސް މުލައިލް ސްކޫލަށް އެންގުމަށްފަހު އަވަސްވެގަތީ ޔާނީ ގެއަށް ގެންދިއުމަށެވެ.

ލޯ ހުޅުވުމާއެކު ޔާނީ އެންމެ ފުރަތަމަވެސް އެދުނީ އެކަކު ގާތުވެސް ނުބުނުމަށެވެ. މުލައިލް ނުވެސް ބުނުއެވެ. އެއީ ޔުސްރާމެން ހާސްކުރުވަން މުލައިލްވެސް ބޭނުން ނުވީތީއެވެ. ނަމަވެސް ޔާނީގެ ހޭވެރިކަން ދެވަނަ ފަހަރަށް ދިއުމުން މުލައިލް ހާސްވިއެވެ. ޔާނީގެ މޫނުގައި ފެން ހާކާލަމުން ގައިމަތީގައި ބެޑްޝީޓު އަޅާލިދިނެވެ. އަދި އެމޫނުގައި ލޯބިން ފިރުމާލިއެވެ. އެވަގުތު އެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ސަބަބެއް ހުދު މުލައިލްއަކަށްވެސް ނޭންގުނެވެ. މުލައިލްއަށް ޔާނީއާ ދުރަށް ޖެހިލެވުނެވެ. އެވަގުތު މުލައިލްގެ ފޯނަށް މެސެޖެއް އައެވެ. “ލިފްޓުގެ ގެ ނަރުތަށް ހުރީ ބުރިކޮށްލާފަ!” މުލައިލް ޔާނީގެ ގާތަށް ޖެހިލިއެވެ. “ޔާނީ…އަހަރެމެންނަށް އެހެން އެހަދާ މީހެއް އަހަރެން ހޯދާނަން. ދެން އަހަރެން ފިނޑިވެގެނެއް ނޫޅޭނަން. އެކަކުވެސް މީގެފަހުން މަގޭ ޔާނީގައިގަ އަތްލިޔަކަށް ނުދޭނަން. މީއަހަރެން ވާ ވައުދެއް”

މުލައިލް ގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. އެސިކުނޑިވަނީ ހިޔާލުތަކުން ފުރިފައެވެ. ޔާނީލާގެ ހިޔާލު ތަކާ ޔާނީގެ ހިޔާލުތަކެވެ. އެ ގޮތް ނޭންގޭ އަދި އެމީހުންގެ މަރަށްދަހިވެތި ވެފައިވާ މީހާގެ ހިޔާލުތަކެވެ. އަލާނިޔާ އަދި ލައިތްގެ ހިޔާލުތަކެވެ. އޭގެތެރެއިން ވެސް އެންމެ އުނދަގޫ ވަމުން ދިޔައީ ޔާނިލާ އަދި ޔާނީގެ ގާތުގައި ހުންނަ އިރު އެވާ ތަފާތު އިހުސާސްތަކުގެ ސަބަބުންނެވެ. އެންމެ ފަހުން މުލައިލް ނިންމީ އެ ދެއިހުސާސަކީ ލޯބި ކަމަށެވެ. “ނިލް ދެކެއަހަރެން ވަނީ ލޯބި.. ޔާނީ ދެކެނީ އަހަރެންގެ ކޮއްކޮއެއްގެ ގޮތަށް…އެކަމުވެސް.. އާހް…”ހިޔާލުތަކުން ދުރވުމަށްޓަކާ މުލައިލް ޔާނީގެ ކަބަޑުމަތި ތަރުތީބު ކޮށްލަދިނެވެ. އެމަސައްކަތުގެ ތެރެއިން މުލައިލްއަށް އަލާނިޔާގެ ޑައިރީ ފެނުނެވެ. އޭތި ނަގާމުލައިލް އެއަށް ރަނގަޅަށް ބަލާލިއެވެ. އަދި އޭގައިވާ ނަން ކިޔާލިއެވެ. “އެދެމޭ ކަލާޔާ ގާތުގާ ވުމަށް.”

ނުނިމޭ..

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 6

Next

ލޯތްބައްޓަކައި އެދުނީމޭ 2

Next
February 23, 2018

ލޯތްބައްޓަކައި އެދުނީމޭ 2

Previews
February 23, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 6

20 Comments!

  1. imagination ?? says:
    February 23, 2018 at 4:03 pm

    hey guyss… so what do you think? is he gonna read that book.. also kihineh baa mi vi? yaanila wei alaaniyaa ge dharieh noon dho.. but why does she look like alaaniya….will they find out her reality maa lasvumuge kurin????

  2. mai says:
    February 23, 2018 at 4:20 pm

    Wowww…reethi vaahakaeh…maybe he’ll read it..hus suvaalu tha sikudiga ebureni????hehe..btw keep it up imagination..kon Korean boys eh imagination ge favorite it..☺️☺️?

    1. imagination ?? says:
      February 23, 2018 at 6:21 pm

      Medhuga ehuri imagination ge favourite taehyung bts ge. Dhen ethiby jisoo and lisa from black pink. Kiyaane tha.. Kiyaifihyaa ingeyne dhoo.. Thanks ingey love
      ❤️ ❤️ ❤️ ❤️ ❤️ ❤️

  3. Nadha says:
    February 23, 2018 at 4:37 pm

    Vvv salhi. Ekamu haadha kurey.

    1. imagination ?? says:
      February 23, 2018 at 6:16 pm

      Alhey… Thanks.. But dear, m keeping the same word limit tho ???

  4. Mysh says:
    February 23, 2018 at 5:36 pm

    Wowww..amazing..yaanila aky ruha ge dharieh dhw..

    1. imagination ?? says:
      February 23, 2018 at 6:23 pm

      Haha.. Yess.. Ekam suvaalaki emyhunnah vaguthu faaithu vumuge kurin ingeyne baaey.. ?❤️❤️❤️❤️

  5. Friends says:
    February 23, 2018 at 6:28 pm

    Oh! yaanila dhw miyy mi nulafaa ruhaa ge dhari aky.mulail bro avahah salaamah v thikamun.enulafa ruhaa u ge mom vess maraaly.
    Seyma than kolheh avahah next part up koh dhevey thw balaa labala n friends ah heevany mulail e vaahaka kiyaane hen.vv nice mi part vess adhi stry kuriah dhaagoh vess.
    Keep it up seyma
    Waiting 4 next part.??

    1. Friends says:
      February 23, 2018 at 6:32 pm

      And yes.emeehun nah hagiy gah v avahah ingey.

    2. imagination ?? says:
      February 23, 2018 at 7:03 pm

      Dhen balamaa dho mulail hadhaa gotheh. In sha allah I’ll try my best ingey… Lets hope they know the truth soon dho❤️❤️❤️

  6. Min says:
    February 23, 2018 at 6:39 pm

    Hi imajination….mi part ves Vvvvv reethi as always ???

    1. imagination ?? says:
      February 23, 2018 at 7:14 pm

      Hey min.. Thanks a love ? ? ? ?

  7. Riffu says:
    February 23, 2018 at 6:41 pm

    Rua ge dhari aky yaanilaa dhw ehnveema..?? Ekam heevanyy enme fahugadee ehn meehakah hen vaany.. V interesting ingey.. Daily koh up kohdhenvynu.. Inthizaaru kurevey varah.. ❤

    1. imagination ?? says:
      February 23, 2018 at 7:18 pm

      Yess.. Yaanilaa ah dho evi…. Badhalu vedhaane tha? Daily koh up kohdheyn beynumi. Ekamu mahsala yaki alevel kiyavaairu varah tight schedule ehga ulheni.. Also i play sports and take part in other activities.. U know high school busy life.. Hahah ??❤️❤️❤️

  8. Pinky shifoo says:
    February 23, 2018 at 7:02 pm

    Hii imagination ???… Mi part vx v v v reethi as usual ???… I really like this Story ❤️❤️❤️… So yaanilaa akee ruaa ge daughter dhw… Bt ruaa n alaaniyaa kyhve ehaa vahtharee??? Maybe ruaa n alaaniyaa akee twins baa anehkaa??? ???… Ohhh no… It’s just a guess… Hehehe… Mi part vx v v interesting ???… Hama superb ???… Curiously waiting for the next part.. Lots of love ❤️❤️❤️???

  9. Reader says:
    February 23, 2018 at 7:33 pm

    I think Yaanilaa aky Ruaa kanneynge… Full of questions.. Interesting.. Avahah up kohdhyba
    ???

    1. imagination ?? says:
      February 24, 2018 at 12:02 am

      I’ll try my best dear… Haha.. ❤️❤️

  10. Hashaa says:
    February 23, 2018 at 10:31 pm

    V interasting,,,,when next part

  11. Eleven says:
    February 24, 2018 at 11:23 am

    Next part avahah up kohdhyba.pls….❤❤story is hama superb

  12. imagination ?? says:
    February 26, 2018 at 4:30 pm

    upp kohlaifin ingey…thanks @hashaa and @eleven

Comments are closed.


All Right Reserved!