Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 6

Maikaa Level 310 Stories100 Comments100 Login
February 23, 2018 3 Mins Read
10 Comments

“ވަދޭ..” ކެބިންތެރެއިން ބަރު އަޑެއްގެ ވެރި ފިރިހެނަކު ބުނެލިއަޑުއިވުނެވެ. ސަލެނާ މިނިޓެއްވެސް ބޭކާރު ކޮއްނުލައި އެތެރެއަށް ވަނެވެ. ލައުރާ ސަލެނާގެ ފަހަތުން ވަނެވެ.
” ސަރ.. މީ ސަރ ގެ ޕީއޭ..ލައުރާ..” ސަލެނާ ލައުރާގެ ތައާރަފެއް ދީފައި އަވަހަށް ނިކުތެވެ.
ސަލެނާ ދަންދެން ރައުދާން އިނީ އިސްޖަހައިގެންނެވެ. ސަލެނާ ދިޔުމުން ރައުދާން ލައުރާއަށް ބަލާލިއެވެ. އަދި ކުރިމަތީ ހުރި ގޮޑި ދައްކާލަމުން އިށީންނާށޭބުނެލިއެވެ. ލައުރާ އިށީނުމުން ރައުދާން އޭނާގެ ވާހަކަފެށިއެވެ.
” އަޅުގަނޑަށް ކިޔަނީ ރައުދާން.. ތީ ލައުރާ ދޯ..” ރައުދާން އޭނާގެ ނަން ބުނެލިއެވެ. އަދި ލައުރާއަށް އެތަނާ ބެހޭގޮތުން ކަންކަން ކިޔައިދިނެވެ. އެހެންގޮސް އަމިއްލަ ވާހަކަތަށްވެސް ކުޑަކޮން ކިޔާލަދިނެވެ. އެކިވާހަކަތަށް ދައްކަން ބްރޭކަ ގަޑިޖެހެންދެން އެދެމީހުންނަށް ތިބެވުނެވެ. މަސައްކަތް ފަށާނީ ކައިގެން އައިސް ކަމުގައި ރައުދާން ބުނުމުން ލައުރާވެސް ރައުދާންއާއި އެކު ކެންޓީނާއި ދިމާލަށް މިސްރާބުޖެހިއެވެ. ކެންޓީނަށް ވަންނަނިކޮން މީހަކު ލައުރާއޭ ކިޔާ ގޮވާލިއަޑުއިވުނެވެ. ލައުރާ އާއި ރައުދާންއަށް ފަހަތް ބަލާލެވުނީ އެކުއެކީގައިއެވެ. އޭރު ކީވާން ހެވިފައި ހުއްޓެވެ.
” ކީވާން.. ނުވެސް ފެނޭ..” ލައުރަ ހީލަމުން ބުނެލިއެވެ.
” ލޯރާ.. އީނެއް ބޭނުންވީތަ؟ ގައިމަކު ރީވް އެން ލޯރާ ގޮވައިގެން އައީ ހަމަ މި ކީވާން އޭ.. އަނެއްކާ އެއީ ލޯރާގެ ސިފައިގައި ހުރި ހަންޑިއެއްތަ؟؟ މާތް ކަލާކޯ!!” ކީވާން މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ.
” ދެން.. ވާންއަށް ހަމަ ރަނގަޅަށް އިނގޭނެ ލޯރާ މިބުނީ އޮފީހުން ނުފެންނަ ވާހަކަކަން..” ލައުރާ ކީވާންގެ ކަންފަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ. އޭރު ރައުދާން ހުރި އެމީހުންގެ ބޭބީ އެކްޓުތަށް ބަލަން ހެވިފައެވެ.
” ލައުރާ ހިނގާ ދެންވެސް ކާންދާން.. ” ރައުދާން އެންމެ ފަހުން ބުނެލިއެވެ.
” ކެވް ސައިބުއީތަ؟ ހިނގާދާން އަހަރުންނާއި އެކީ..” ލައުރާ އާދޭސް ކޮއްލިއެވެ.
” އޯކޭ.. މަވެސް މިދަނީ ސައިބޯންވެގެންނޭ.. ލޯރާގެ ބޮސް ހާާދަ ރަނގަޅޭ. މަގޭ އެސިސްޓެންޓް ކައިރީ ސައިބޯން ހިނގާށޭ ބުނާއިރަށް އަވަހަށްްްްް ފިލާރައްކާވެއްޖެ.. އޭ ލޯރާ ހާދަ ގޯހޭ.. މަށަށް ލޯރާގެ ބޮސް އިންޓްރޯވެސް ނުކޮއްދެ.. ހުރި ނުބައި ކަމެއްގެ ބޮޑުކަމޯ..” ކީވާން އަދިވެސް ލައުރާ އާއި ޖެއްސުންކޮއްލިއެވެ. އެއީ އޭނާގެ ސިފައެކެވެ. މީހަކަށް އުނދަގުލެއް ނުކޮއްނުހުރެވޭނެއެވެ.
” އެއީ މައި ބޮސްއެއްނޫނޭ ބުނެފިއްޔާ؟” ލައުރާ ބުމްއަރުވާލަމުން ސުވާލުކޮއްލިއެވެ.
” މަގޭ ޕީއޭ އެއީ ތާކުހުރި ގޮސިޕްއެކޭ.. އޭނަ ބުނި މިތާއުޅޭނޭ ސަޅި ބިޓެއް. ބްލޫ އައިޒް. ބްރައުން ހެއަރ.. އެކަމަކު ދިވެއްސެކޯ.. އެބިޓުގެ އެސިސްޓެންޓް އަކަށް ނިއު ކުއްޖެއް އައިއްސިޔޯ.. އެއީ އަންހެއް ކުއްޖެކޯ.. އެއަންހެން ކުއްޖާވެސް ސަޅިޔޯ.. ނަމަކަށް އައި ތިންކް ބުނީ ކަރުނަ ކަންނޭނގެ..” ކީވާންގާތު އޭނާގެ އެސިސްޓެންޓު ރައުދާން އާއި ބެހޭގޮތުން ބުނި ބައެއް ވާހަކަތަށް ސިއްރު ކުރަމުން ބުނެލިއެވެ. އެވާހަކަ ލައުރާ ގާތު ބުނާނީ ފުރަތަމަ ރިއުވީގެ ހިޔާލެއް ހޯދާފައެވެ.
” ހައްހް.. ކަރުނަދޯ.. އިންސާނާއި ދުރުއެއްޗެއް ނޫން ދޯ.. ލައުރާގެ މޫޑް ގޯސްވިއެވެ.
” ހޭއި.. ރައުދާން .. މި ހުކުރުގައި އެބައޮއް ތާނާގެ އުފަންދުވަހުގެ ޕާޓީ.. އަންނަން ވާނެ އިނގޭ. ” ކުއްލިއްކަށް އަންހެން ކުއްޖަކު އައިސް އެމީހުންގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ރައުދާން ޖަވާބުގައި ހީލިއެވެ.
” ތީ މިތަނަށް އަލަށް ޖޮއިންކުރި ޕީޕަލްސް ދޯ.. މީ ނޯރާ.. އަންނަންވޭ ތި މީހުންވެސް.. އޭރުންދޯ މިތަނުގެ މީހުންނާއި ބައްދްލުވާނީ.. މިތާ ބޮސްގަނޑު މީޓިންއެއް ނުބާއްވާނެ މީހަކު އަލަށް ޖޮއިންކުރިއަސް.. ” ނޯރާއަށް ލައުރާމެން ފާހަގަ ވިއެވެ. މިއަދު ސަލެނާ އާއި އެކު ލައުރާ އުޅުނުތަން ވަނީ ފެނިފައެވެ.
” އައެމް ކީވާން.. މީ ކަރުނަ އިނގޭ..” ކީވާން ލައުރާއަށް ވުރެކުރިން ތައާރަފުވެލިއެވެ.
” އެދޮގު.. ލައުރާ..” ލައުރާ ކީވާންއާއި ދިމާލަށް ލޯއަޅާލަމުން ނޯރާ އާއި ސަލާން ކޮއްލިއެވެ.
” ހެހެ. އޯކޭ ބޭނުމިއްޔާ އިތުރު މީހަކު ގެނަޔަސް.. ” ނޯރާ ދަމުން ބުނެލިއެވެ. ޕާޓީ ތެރޭ އެމީހުން ދަންނާނެ މާގިނަ ބަޔަކު ނުތިބޭނެކަން އެނގޭތީއެވެ.
” ރިއުވީ..” ލައުރާއާއި ކީވާންއަށް އެއްފަހަރާ ބުނެވުނެވެ. އަދި އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި ދޫނެރެލިއެވެ.
” ކުރިން ގުޅާ މީހަކު ރީވް ގެންދާނީ..” ކީވާން ފޯނު ނަގަމުން ބުނެލިއެވެ. އިޓްސް އަ ބެޓް އޭ ކިޔާ ލައުރާވެސް ވަގުތުން ފޯނުނަގއި ރިއުވީއަށް ގުޅާލިއެވެ.
ރިއުވީ އޮފުގައި އިންދާ ކޯލެއް އައެވެ. ފޯނުނަގައި ބަލާލިއިރު ލައުރާއާއި ކީވާން ގުޅަނީއެވެ. މީމިދެމީހުން ޖަހާ ސަކަރާތެއްކަން އެނގިގެން ރިއުވީ ކޮންފާރެންސް ހަދާލިއެވެ.
” ރީވް.. ހިނގާބަ މަށައެކީ ޕާޓީއަކަށް ދާން.. ” ރިއުވީއަށް އަނގައިން ނުބުނެވެނިސް ކީވާން އާއި ލައުރާ އެއްފަހަރާ ބުނެލިއެވެ. ލައުރާއަށް ކީވާން އާއި ދިމާ ބަލާލެވުނެވެ. ކީވާންގެ އަޑު ފޯނުން އައިހެން ހީވެގެންނެވެ. އޭރު ކީވާންވެސް ލުއުރާއަށް ބަލަހައްތައިގެން ހުއަޓެވެ.
” ކީވާން.. ލައުރާ.. ކޮން ޕާޓީއެއްތަ؟؟” ދެން އައީ ރިއުވީގެ އަޑެވެ.
” ކޮން…ފާރެންސް ހަދައިގެން ދޯ ތިއުޅެނީ..” ލައުރާ މަޑުމަޑުން އަހާލިއެވެ. ކިރިޔާ އަޑު އިވޭވަރަށެވެ. ވަގުތުން ކީވާންވެސް އެތެދެއްތޯ އެހިއެވެ.
” ހޫމް.. ދެން ކޮން ޕާޓިއެއްތަ؟” ރިއުވީ އަލުން ސުވާލު ކޮއްލިއެވެ. ކީވާން ޕާޓީއާއި ބެހޭގޮތުން މައުލޫމަތު ދިނެވެ. އަދި އެމީހުންގެ ބެޓްވެސް ކިޔައިދިނެވެ.
” ތިހެން ވިއަޔާ ދެމީހުންގެ ފަރާތުން ރީވް ދާނީ.. އެއްފަހަރާއެއްނުން އެހީވެސް.. ސޯ ބޯތް ވިންސް..” ރިއުވީ އެކަމަށް ހައްލެއް ހޯދިއެވެ. ލައުރާއާއި ކީވާންވެސް އެގޮތަށް އެއްބަސް ވީ އެކަކު އަނެކަކަށް ދޫދޭން ބޭނުން ނުވާތީއެވެ.
” ލޯރާ.. ޕާޓިއަކަށް ދަންޔާ ފުރަތަމަ ޖެހޭނީ ޝޮޕިން ކުރަން.. އެހެންވީމާ މިރެޔޯ.. ކެވް ޖެހޭނީ އަހަރުންގެ އެއްޗެހި ކޮޅު ހިފަން. އެން އަހަރުން ގެއަށްވެސް ލައިދެންވާނެ. ޑީލް.. އަށެއްގަ ރެޑީ.. ” ރިއުވީ ކިޔާނެ އެއްޗެއް ކިޔާފައި ފޯނު ކަނޑާލިއެވެ.
” ފޮނިގަނޑު. ” އިރުކޮޅެއް ވަންދެން ފޯނަށް ބަލަން އިންދެފައި ކީވާން ބުނެލިއެވެ.
” އޮޕްސް.. ރައުދާން މަތިން ހަދާން ވެސް ނެތް.. ސޮރީ. ދަންތަ ޕާޓީއަށް؟” ކީވާންއަށް ރައުދާން އެތާ އިންކަން ހަދާންވީ ރައުދާން އޭނާގެ ކޮފީތަށި ތަންކޮޅެއް ބާރަށް މޭޒުމަތީ ބަންދާލުމުންނެވެ.
ރައުދާން ބުމަ އަރުވާލީއެވެ. ސުވާލު ކުރީ ކާކާކަމެއް އޭނާ އަކަސް ނޭނގުނެވެ.
” މިބުނީ ރައުދާން ” ކީވާން އިތުރު ކޮއްލިއެވެ.
” ހީ އިޒް ގޮއިން.. އެހެން ނޫނީ ކިހިނެއް ލޯރާއަށް ތަނެއް ދޮރެއް އިނގޭނީ.. މިތާ އުޅޭ ކުދިން އިންޓްރާ ކޮއްދެން ޖެހޭނެއެއްނުން. ” ރައުދާންއަށް ޖަވާބުނުދެވެނިސް ލައުރާ އަވަސް އަވަހަށް ބުނެލިއެވެ. ލައުރާ އެހެން ބުނުމުން ރައުދާން ފާޑަކަށް ލައުރާއާއި ދިމަ ބަލާލިއެވެ. ލައުރާއަކަސް އެމޫނުގައިވާ އެއްޗެއް ތަރުޖަމައެއް ނުކުރެވުނެވެ. އޭނާގެ ހިޔާލު އޮތީ އެހެން ދިމާއެއްގައެވެ. ލައުރާއާއި ހިލާފަށް ކީވާން އިނީ ރައުދާންގެ މޫނަށް ވެރިވާ ކުލަތަށް ހިސާބުކުރާށެވެ.
” ނުދެވެނީތަ؟ ” ކީވާން ވިސްނުންތެރި ކަމާއިއެކު އަހާލިއެވެ.
” އަމް.. ޔާ.. ނުދެވޭނެ. މި..އަމް.. މިއުޅެނީ މަންމަ ހޮސްޕިޓަލުގައި ބާއަވައިގެން.. އެހެންވެ.. ” ރައުދާން ހާސްވެފައި ހުރެ ހީލިއެވެ. ކީވާންއަށް އެއްޗެއް އިނގޭކަމާމެދު އޭނާގެ ހިތުގައި ޝައްކުއުފެދުނެވެ. އަވަސް އަރުވާލާފައި އަވަހސް އެތަނުން ދިޔައީ އެހެންވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

އަނދިރިފަރާތް ކިއު&އޭ

Next

ލޯބިވަން…(އެގާރަވަނަބައި)

Next
February 23, 2018

ލޯބިވަން…(އެގާރަވަނަބައި)

Previews
February 23, 2018

އަނދިރިފަރާތް ކިއު&އޭ

10 Comments!

  1. beauty queen ? says:
    February 23, 2018 at 7:14 pm

    veey nice…❤me first dhw

  2. Pinky shifoo says:
    February 23, 2018 at 8:29 pm

    Mi part vx hama awesome ???… V v v reethi n v majaa keevaan ulhey goi… Heheheh.. Waiting for next part ???

    1. Maikaa says:
      February 24, 2018 at 3:37 pm

      thanks

  3. Maikaa says:
    February 24, 2018 at 9:15 am

    thankx.. yap you are first..

  4. redish says:
    February 24, 2018 at 9:17 am

    nice.. miah vure dhigeh nukure veyne tha

    1. Maikaa says:
      February 24, 2018 at 3:38 pm

      thanks.. i will try

  5. lolla says:
    February 24, 2018 at 9:18 am

    nice

    1. Maikaa says:
      February 24, 2018 at 9:26 am

      thanks

  6. colorfull says:
    February 24, 2018 at 9:22 am

    varah reethi….

    1. Maikaa says:
      February 24, 2018 at 9:27 am

      thanks..

Comments are closed.

Next Episodeކެތްކުރިން ކުރަން އަދިވެސް ކުރާނަން… 7←


All Right Reserved!