މިލަ ހަނދުވަރު (ހަތްވަނަ ބައި )
ރަޔަންއާއި ވާހަކަ ދައްކަން އޮތް މަލާކު ސިއްސައިގެން ދިޔައީ ގޭތެރެއިންއިވުނު ބާރު އަޑުފައްގަނޑަކުންނެވެ.
ފުންމައިގެން ތެދުވެ މަލާކް ކޮޓަރިން ނިކުތެވެ.
ފެނުނު މަނޒަރުން މަލާކްއަޑުގެ ކޮޅަށްހަޅޭލަވައިގަނެވުނެވެ.
ފޯން ކަންފަތުގައި ޖަހައިލައިގެން އޮތް ރަޔަން އައް އެއަޑު އިވުމާއެކު މަލާކް އަށް ގޮވަން ފެށުނެވެ.
ނަމަވެސް އޭރު މަލާކްގެ ފޯން ކެނޑިއްޖެއެވެ.
އޭގެ ފަހުން ދެފަހަރު ގުޅިއިރުވެސް މަލާކް ފޯން އޮތީ ނިއްވާލާފައެވެ.
މަންމާ…. މަންމާ…
މަލާކް އަޑުގެ ކޮޅަށް ހަޅޭލަވަމުން އައިސް ކޮޓަރީ ދުރުކައިރިއަށް ވެއްޓިފައި އޮތް ޒުލޭހާއަށް ގޮވަންފެށިއެވެ.
ޒުލޭހާ އެހާލްގައި އޮއްވާފެނުމުން މަލާކް މޮޔަނުވީ ކިރިޔާއެވެ.
މަލާކް ދުވެފައި ގޭދޮރުމައްޗަައް ނިކުތެވެ މީހަކު ފެންނަން ނެތުމުން ޖެހިގެން ހުރި ހައްވަދައިތަ މެންގެއަށްވަނެވެ.
މަލާކް އައަށް ރޮވޭވަރުން ކިޔާނުކިޔާއެއްޗެއްވެސް ހައްވަދައިތައަށް ސާފް ވާގޮތެއް ނުވިއެވެ.
މަލާކް އެހެން ބުނެ ހައްވަދައިތަ އަތުގައި ހިފައިގެން އައިސް ގޭތެރެއަށް ވަނެވެ.ހައްވަ ދައިތައައް ވެއްޓިފައި އޮތް ޒުލޭހާ ފެނުމުން އަވަހައް އެންބިއުލެންސަށް ގުޅައިގެން ހޮސްޕިޓަލް އަށްގެނދިޔައެވެ. އޭރުމަލާކްގެ ދެލޯވަނީ ރޮވެ ރޮވެ ދުޅަވެފައެވެ.
ހޮސްޕިޓަލް ތެރެއަށް ވަދެވުނުތަނާހެން މަލާކް ހަބަރުހުސްވެގެން ވެއްޓުނެވެ.
މަލާކް ފޯން ކެނޑުނިންސުރެ ރަޔަން އަށް ގުޅުން ވަރެއްވެސް ނޭގެއެވެ.
ހިތް ބުނަމުން ދިޔައީ މަލާކް އަށް ކޮންމެސް ބޮޑުކަމެއް ދިމާވެއްޖެކަމަށެވެ.
ރަޔަންގެ ހާސްކަން އިތުރުވެ ކޮޓަރިތެރޭ ދެކޮޅަށްް ހިނގަން ފެށުނެވެ
ގަޑިއެއްހާއިރުފަހުން ޒުލޭހާ ހޭއެރިއެވެ.
އޭރު ޒުލޭހާގެ ބޮލުގެ ރިހުން ތަންކޮޅެއް ކުޑައެވެ.
“އަހަރެން ކިހިނެއް މިތަނަށް އައީ”
ކޮބާ މަލާކް”
ޒުލޭހާ ހޭވެރިކަން ވީއިރު ހައްވަދައިތަ ކައިރީގައި ހުރިތަން ފެނި ސުވާލް ކޮއްލިއެވެ.
ޙައްވަ ދައިތަ ކަންތައް ވީގޮތް ޒުލޭހާއަށް ކިޔައިދިނެވެ.
ކޮބާ މިހާރު މަލާކް؟
ޒުލޭހާ އެހެން ބުެލުމުން ހައްވަ އިނގިލީގެ އިސާރާތުން ޖެހިގެން އޮތް އެދު ދައްކާލިއެވެ.
އެދުމަތީ ހަބަރު ހުސްވެފައިއޮތް މަލާކް ފެނުމުން ޒުލޭހާއަށް ރޮއިގަނެވުނެވެ.
އެހެންވެގެންނޭ އަހަރެން މަލާއަށް އެއްވެސް ކަމެއްނާންގަން އުޅުނީ ” މަލާކް މިރޭ އުޅޭނޭގޮތް ހިތައް އަރުވާލަމުން ޒުލޭހާއަށް މަޑުމަޑުން ބުނެވުނެވެ.
އެގަޑީގައި ޒުލޭހާގެ ބޮލުގެ ރިހުންގަދަވެ ކެއްނުވާހިސާބައް ދިޔުމުން ކޮޓަރިން ނިކުތީ ފެންފޮދެއް ބޯލަންވެގެންނެވެ.
ނަމަވެސް ކޮޓަރިން ނިކުއްތަނާ ދެންވީ ގޮތެއް ނޭގުނެވެ.
ހަބަރު ހުސްވެފައި އޮތް މަލާކް ހޭވެރިކަން ވުމާއެކު މަންމަ އަށް ގޮވަމުންއެދުން ފުންމައިލައިގެން އައިސް ޒުލޭހާ ގައިގާ ބައްދައިގަންނަމުން ރޯންފެށިއެވެ.
ޒުލެހާ ކިތަންމެ ހިއްވަރު ކޮއްގެން ހުއްޓަސް މަލާކް އުޅެންފެށިގޮތުން އޭނާއަށް ރޮވުނެވެ.
އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ އަންނާނެކަން ޔަގީނެވެ.
ޑޮކްޓަރު ޒުލޭހާއަށް ލަފާދިނީ ވީހާވެސް އަވަހަކައް މާލެ ދިޔުމަށެވެ.
ޒުލޭހާގެ ބުނުމައް ޑޮކްޓަރް މަލާކް އަށް އެކަން ސިއްރު ކުރިއެވެ.
ކުލާސް ރޫމް ތެރެއަށް ވަދެގެން އައި ރަޔަން ފުރަތަމަވެސް ބަލައިލީ މަލާކް އިންނަ ގޮނޑިއަށެވެ.
ކޮންމެދުވަހަކުވެސް ގަޑި ނުޖެހި ކުލާހައް އަންނަ މަލާކްގެ ގޮނޑި މިއަދު އިނީ ހުސްކޮށެވެ.
އަހަރެންނައް އޭރުވެސް އެނގުނޭ ކޮންމެސް ބޮޑުކަމެއް މަލާއަށް ވެއްޖެކަން”
ރަޔަން ނިއްކުރީގައި އައްހާކާލަމުން ކިޔާލިއެވެ.
ލަޔާ ކޮބާ މަލާ މިއަދު ؟
ލަޔާ އައިސް ގޮނޑިގައި އިށީދެލުމާއެކު ރަޔަން ބުނެލިއެވެ.
ނޭގެ!!
އެގޭ ދޮރުގަ ވަރައްތަޅާފަ މިއައީ”
ދޮރުހުރީ ތަޅުލައިފަ “ނުހޭލެވުނީ ކަންނޭގެ.
މިއަދު ޒުލޭހާއްތަވެސް ނުދެކެން..އެހެންޏާ އެގަޑީގަ ބަދިގޭގަ އުޅޭނެ”
ލަޔާ އެހެން ބުނެލުމުން ރަޔަން އަދި ވަކިން ހާސްވިއެވެ.
ހެދުނު 8 ޖަހަން އިޅެނިކޮއް ޒުލޭހާ ހޮސްޕިޓަލް އިން ދޫކޮއްލިއެވެ.
މަންމާދޭ އަރާމް ކޮއްލަން އަހަރެން ސައިހަދާލާފަ ގެންދާނަން”
މަންމަ ދެން އެހާ ބުރަކޮއް ނޫޅެއްޗޭ” ޑޮކްޓަރު ބުނި މަންމަ މާ ބުރަކޮއް އުޅެޭތީ ވީގޮތެކޭ”
މަލާކް ޒުލޭހާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
“މަންމަ ރަގަޅޭ ދަރިފުޅާ”
އެއީ އެހެންވީ ކަމެއްނޫނެ”
މިއަދު ސުކޫލަށްވެސް ނުދެވުނެއްނު ކިހާދެރަ”
ޒުލެހާ މަލާކް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ސައިހަދާ ނިންމާފައި މަލާކް މަންމަ އަށް ސައިދިނުމަޢްފަހު މަލާކް ކޮޓަރިއަށް ވަނީ ޒުލޭހާ ކިޔާވަރުންނެވެ.
ރޭގައި މާގަދަޔައް ރުއިމުގެ ސަބަބުން މަލާކް ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ.
އެހެންވެ މަލާކް ބޭނުންވީ އިރުކޮޅަކު ނިދާލާށެވެ.
ކޮޓަރި ދޮރުމައްޗައް ވެއްޓިފައި އޮތް ފޯން މަލާކް ލޮލުގައި އަޅައި ގަތީ އެވަގުތުއެވެ.
މަލަކް އަވަހަށް ފޯން ނަަގާ ހުޅުވާލިއެވެ.
ރަޔަން ހާސް ވެފަ ހުންނާނެވަރު މަލާކް އަށް އެގުނެވެ.
ނަމަވެސް ރަޔަން މިގަޑީ ވަނީ ސުކޫލްގަކަން އެގޭތީ މަލަކް ނިންމީ ސުކޫލުން އަންނަ ގަޑީގައި ރަޔަން އަށް ގުޅުމަށެވެ.
ގަޑި ނިމުމާއެކު ރަޔަން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެއްޗެހިވެސް ބަދަލްކޮއްނުލާ މަލާކްއަށް ގުޅާލިއެވެ.
ފޯން ރިންގްވާން ފެށުމުން ރަޔަންގެ ހިތައް ކުޑަހަމަޖެހުމެއްލިބުނެވެ.
ދެފަހަރަކު ރިންގް ވެލިއިރަށް މަލާކް ފޯން ނެގިއެވެ.
ކިހިނެއްވީރޭގަ؟
އަހަރެންނައްރޭގަ ނުވެސް ނިދުން މަލާއަށް ވީގޮތެއް ނޭގުނީމަ” ރަޔަން ސުވާލް ކުރަން ފެށުމުން ކަންތައްވީ ގޮތް މަލާކް ރަޔަން އަށް ކިޔައިދިނެވެ.
ޢަހަރެންނައް އެގުން މަލާއަށް ކޮންމެސް ބޮޑުކަމެއްދިމާވެއްޖެކަން
އަހަރެން އެގަޑިވެސް ގެއިން ނިކުމެވޭތޯ އުޅުނީމޭ”
ޢެކަމަކު ތަޅުދަނޑި ނުފެނުން .
ޜަޔަން ވަރައް ދެރަވެލާފައި ބުނެލިއެވެ.
“ކީކޯތަ ޑޮކްޓަރު ބުނީދެން” މަންމަ މިހާރު ރަގަޅުތަ؟
ރަޔަން އަނެއްކާވެސް ބުނެލިއެވެ.
މަންމަ މާ ބުރަކޮއް އުޅޭތީއޯ !
މަންމަ އެހާ ބުރަކޮއް އެއުޅެނީ އަހަރެންގެ މުސްތަގްބަލަށް ވިސްނާފަ”
އަހަރެންގެ މަންމައަށް ކަމެއްވެއްޖާ އަަހަރެން ދުވަހަކުވެސް ބައްޕަ އަށް މާފެއްނުކުރާނަން…
މަލާކް ރޭގަ މަންމަ އަށް ވީވަރު ހަދާން ވުމުން ބުނެލިއެވެ.
ދެން އެކަމާ އެހާބޮޑަށް ނުވިސްނާ އިރާދަ ކުރެއްވިއްޔާ ހުރިހަކަމެއްވެސް ވާނީ ރަގަޅައް..”
ރަޔަން މަލާކްއަށް ވިސްނައިދޭގޮތައް ބުނެލިއެވެ.
*********************
އޯލެވެލް އިމްތިހާން ނިންމާލުމައްފަހު ކުދިންތަށް ސުކޫލް ހޯލްތެރެއިން ނިކުންނަންފެށިއެވެ.
“މިކަންވެސް ނިމުނީދޯ!!!
ހުރިހާކުދިންތަކާއެކު ނިކުންނަމުން ލަޔާ ރަޔަން އަށާއި މަލާކްއަށް ބުނެލިއެވެ.
މަލާކް އެކަމާ އެްްބަސް ވެލުމުގެ ގޮތުން ބޯޖަހާލިއެވެ.
މިހާ އަވަހައް މިއަހަރު ނިމެން މަލާކް ބޭނުމެއްނުވެއެވެ.
ސަބަބަކީ ރަޔަންއާއި ދުރުގަ ހުންނަން މަލާކްގެ ހިތައް ކެއްނުވަތީއެވެ.
ޒުލޭހާ ހާލް ދުވަހުން ދުވަހައް ބޮޑުވަމުން ދިޔައިރުވެސް ޒުލޭހާ ކެއްކޮއްލީ މަލާކް އޯލެވެލް ނިމުމުން މަލާކް ގޮވައިގެންދާށެވެ.
ޒުލޭހާގެ ހުރިހަމައެކަނި ބޭބެވެސް ދިރިއުޅެނީ މާލޭގައި ކަމުން ރަށުގައި މަލާކް އަށް އަޅާލަން އެއްވެސް މީހެއް ނުހުންނާނެތީ ޒުލޭހާއެގޮތައް ނިންމީއެވެ.
މަންމާ!!
ވަރަށް ވަރައް ފަސޭހަ ހީވަނީ ހުރިހަ މާއްދައަކުންވެސް ފާސްވާނެހެން”.
މަލާކް އައިސް ޒުލޭހާގައިގައި ބައްދާލަމުން ބުނެލިއެވެ.
“ދަރިފުޅާ މާދަމާ ފުރާ ބޯޓުން ބޭބެ ކައިރިއަށް މާލެ ގޮސްލަން މަންމަ މިވިސްނަނީ”
އެއްވެސް ޗުއްޓީއެއްގައި މަލާ ގޮވައިގެން މަންމަ އަށް އެއްވެސް ތާކައްނުދެވެއެއްނު.”
ޒުލޭހާ މަލާކްއަށް ބަލައިލަމްން ބުނެލިއެވެ.
މަލާކްގެ މޫނުމަތި ވަގުތުން އުޖާލަވެގެން ދިޔައެވެ.
ރަޔަން އާއި އެއްކޮއް މަލާކް އަށްވެސް މާލެ ދެވޭގޮތްވީ އެވެ.
“އެބަ އަންނަން މަންމާ އެއްޗެހި ބަދަލް ކޮއްލައިގެން ”
މަލާކް އެހެންބުނެ ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކު މަލާކް އަވަހައް ރަޔަން އަށް ގުޅާފައި އެ އުފާވެރި ހަބަރު ދިނެވެ.
ރަޔަންވެސް އެކަމާ ވަރައް އުފާ ކުރިއެވެ. 8:30ގައި ރެޑީވެގެން ހުރުމައްބުނުމައްފަހު ރަޔަން ފޯން ކަނޑާލިއެވެ.
” މަންމާ””
ދެން މަންމައަށް ރެސްޓް” ދެނަް ހުރިހާކަމެއްކުރާނީ މަލާ”މަންމަ އެއްވެސް ކަމެއްކޮއްގެން ނުވާނެ.”
“މަންމަ އަބަދުވެސް ބުނަމެއްނު މަލާ މަންމައަށް ކަމެއްކޮއްދޭން އުޅެންފަށާއިރައް ސުކޫލް ނިމުނީމަ މަންމަ އަށް ފަސޭހަކޮއްދޭން މަޑުކުރާށެވެ.”
މިހާރު ސުކޫލް ވެސް ނިމުނީނު”
މަލާކް ބޮލުމެދައް ހުޅިއެއްޖަހަމުން ބުނެލިއެވެ.
މަލާކް އެއްފައްޗަކައް ހުރިހާވާހަކައެއް ބުނެލުމުން ޒުލެހަގާތަށް ހިނިއަންނަ ގޮއްވިއެވެ.
އަދި އެވަގުތު ކޮޅުގައިވެސް މަލާކް އޭންދެކެ ވާލޯބި އެގުނެވެ.
ރޭގަނޑުގެ ކެއުން ތައްޔާރު ކޮއްލުމައްފަހު ޒުލޭހާއާއި އެއްކޮއް މަލާކް ކާން އިށީނީ ޒުލޭހާ އަށް ފެންތައްޓެއް އަޅައިދިނުމައްފަހުއެވެ.
މަންމާ މިރޭ ބޭރައް ގޮސްލިއަސް އޯކޭތަ؟
މަލާކް ޒުލޭހާގެ ތައްޓައް ބަތްކޮޅެއްއަޅައިދެމުން ބުނެލިއެވެ.
ހޫމމމމް…
ލަސްނުކޮއް އަންނާތި”
ޒުލޭހާ މަލާކް އަށް ކުރާއިތުބާރެއްގެ ބޮޑުކަމުން މަލާކްގެ ކޮންމެ ކަމަކައް ހުއްދަދެވެއެވެ.
ކެއުން ނިންމާލުމައްފަހު މަލާކް ތައްޔަރުވެލައިގެން ގޭ ދޮރާށި ދޮށައް ނިކުތެވެ.
އޭރު ރަޔަން މަލާކްގެ އިންތިޒާރުގައި މަޑުކޮއްލައިގެން ހުއްޓެވެ.
“ހިނގާ ދާން”
ރަޔަން އެހެން ބުނެ މަލާކް އަތުގައި ހިފަލައިގެން އަތިރިމައްޗާ ދިމާލައް މިސްރާބު ޖެހިއެވެ.
“ބަލާބަ އަހަރެމެންގެ މިގުޅުމާ މިލަހަދުވަރާ ގުޅިފައޭ ހުންނަނީ”
“އަހަރެމެން އަލައް މީޓް ކުރީވެސް ހަމަ މިލަހަދުވަރު މަތީގަ!
ރަޔަން ވަރައް ހިނިއައިސްލާފައި ހަނދައް ބަލަހައްޓައިގެންހުރެ ބުނެލިއެވެ.
މިލަހަދުވަރުގެ ފަޑު އަލިކަމުގައިމަލާކްގެ ރީތި ދެލޯފެނުމުން ރަޔަންގެ އެތެރެ ހަށީގައި މުޅިން އެހެން އިހުސާސެއް އުތުރިގަންފިޔެވެ.
ރަޔަން މަލާކް އާއި ކައިރިވެލަމުން އެފިނިފެން މަލެއްފަދަ ތުނަފަތުގައި ބޮސްދިން ވަގުތު މަލާކްގެ ކޯތާފަތައް ރަތްކުލަވެރިވެގެން ދިޔައެވެ.
ޢެމަންޒަރު ފެނުމުން ރަޔަންމަލާކް އަތުގައި ހިފާ އެއައްވުރެ ކައިރިކޮއްލިއެވެ.
“މަލާ އަހަރެންގެ ހިތް މަލާއަށް އެދޭވަރު ބުނެދޭނެ ގޮތެއްވެސް ނޭގެ”
ދުވަހަކުވެސް އެހެން މީހަކައްޓަކާ މިވަރު ނުވޭ” ރަޔަންގެ މޫނު މަލާކްގެ ކަންފަތާ ކުރިއަށްވުރެ ގާތްކޮއްލަމުން މަސްތީ އަޑަކުން ރަޔަން ބުނެލިއެވެ
ރަޔަންގެ އަތުތެރޭ ފިތި ބާރުވަމުންދިޔަ މަލާކްގެ ދެލޯވަނީ މަރާލެވިފައެވެ.
ޢެ ފިރިހެންވަންތަ ތުންފަތުން މަލާކްގެ މޫނުގެ އެތަން މިތަނުގައި ބީހެމުން ދިޔައިރު މަލާކްވެސް ރަޔަން ހުއްޓުވުމުގެ ބަދަލް ގައި އެކަމައް އިޖާބަ ދެވެމުން ދިޔައެވެ.
ކުއްލިއަކައް މާ މައްޗައް ދެވިދާނެހެން ހީވުމުން ރަޔަން އަމިއްލަ ނަފްސް ކޮންޓުރޯލް ކުރިއެވެ.
ކައިވެނިން ބޭރުގައި އެކަހަލަ ގުޅުމެއް ބާއްވަން ރަޔަން ބޭނުމެއްނުވެއެވެ.
ޢެއައްވުރެ އޭނަ މަލާކް ދެކެ ލޯބިވެއެވެ.
މަލާކް އަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ރަޔަން ނުކުރާނެއެވެ…..
ނުނިމޭ
8 Comments
Comments are closed.
Yey me first v reethi and love you??
Yessss u got first… thank you maiii ?
Wow v reeti. Haadha lahun up kohlah dheneeh. When next part..??
Thank you EHLEE ? next part inshaallah maadhan up kohdheveythw balaanan 🙂
V reethy mi story,, v life aa ehgoiy mi storyy.
Awwwn…. thank you mirnaal ?
Maashaa Allah varah varah varah reethi!
Marie mi vaahaka up kuraaleh las veema kuree ge part forget vay ?
Mi vaahaka hama super because you use dhivehi words ??????
other writers dhivehi and english mix and write so you are number one writer!??????????
Mihaaaru vrh avahah up kohdheveythw try kuran ?❤ thank you sana ?? 🙂