Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (2)

hattey Level 410 Stories100 Login100 Comments500 Login
May 14, 2018 2 Mins Read
10 Comments

ރީޝާގެ މަންޒިލަށް އޭނާ ވާސިލް ކޮށްދިނުމަށްފަހު ދާނިޝް މިސްރާބު ޖެހީ ސައި ހޮޓަލަކާއި ދިމާއަށެވެ. އޭގެ ކުރިން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒީލްއަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ. ލަސްތަކެއްނުވެ އަޒީލް ވެސް އައިސް ދާނިޝް މަޑުކޮށްލައިގެން ހުރި މޭޒުދޮށުގައި އިށީންނަމުން ކޮފީ ތައްޓެއް ގެނެސްދިނުމަށް މާ ދުރުނޫން ހިސާބެއްގައި ހުރި ވެއިޓަރ ގާތު ބުނެލިއެވެ. “ކޮބާ ރީޝާ…؟ އޮފީހަށް ދިޔައީތަ..؟”  ގޮނޑީގައި ހަމަޖެހިލަމުން އަޒީލް އަހާލިއެވެ. “އާނ..ހަމަ ދެންމެ މިއައީ ރީޝާ އޮފީހަށްލާފަ…މިއަދު އިނީ އާ ވައްތަރެއްގެ ސެންޓެއް ޖަހައިގެން…ދުވި މީރު ވަހުން މަގޭ ހިތް އަރާ އާސްމާނުގަ ޖެހުނު” ކޮފީތަށިން ކޯވަރެއް ދަމާލުމަށްފަހު ދާނިޝް ބުނެލިއެވެ. “މަގޭ ހިތަށް އަރާ ތިއޮތް ވަރުގަދަ ނިދި ގެންގުޅޭ މީހާ ރީޝާ ގުޅީމަ ހޭލެވެނީ ކިހިނެއްބާއޭ…ހަމަ ގައިމުވެސް ތީކީ އެހެން މީހަކު ގުޅީމަ ވާކަމެއް ނޫން” އަޒީލް ހުންނަނީ ދާނިޝްއާއި ދިމާކޮށްލާނެ ފުރުސަތެެއް ނުލިބިފައެވެ. ކޮންމެއަކަސް އަޒީލް އެ ބުނީކީ މުޅިއަކުން ދޮގެއް ނޫނެވެ. ދާނިޝްއަކީ ގަދަ ނިންޖެއް ގެންގުޅޭ މީހެކެވެ. އޮފީހުން އަންނަ ގޮތަށް ނިދަން އޮށޯންނަ މީހާ ތެދުވަނީ އާދުވަހަކަށް އިރު އަރައިގެން ގޮސް މެންދުރު ވާ ފަހުންނެވެ. އެވެސް ރީޝާ ގުޅީމައެވެ. “ރީޝާ ގުޅީމަ ނުތެދުވެއެއް ނުވާނެއެއްނު…އެއީ މަގޭ ލޯބިވެރިޔާ އޭ…މުސްތަޤުބަލްގަ މަގޭ ވާން އުޅޭ އަނބިމީހާ” ރީޝާގެ ދިފާޢުގައި ދާނިޝް ބުނެލިއެވެ. “އާނ..ރީޝާ ބުނެފިއްޔާ މާާސިންގާ ކަނޑަށް ވެސް ފުންމާލަން ދާނިޝް ހުންނާނީ ތައްޔާރަށް..އަމަށަކު ލޯތްބެއް ނޫން ވެވިފަ ތިހުރީ” ދާނިޝްގެ ޖަވާބަށް އަޒީލް ފާޑު ކިޔާލިއެވެ. ދާނިޝްގެ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އަޒީލް އެހެން އެބުނީ ދާނިޝްއާއި ދިމާކޮށްލުމުގެ ނިޔަތުގައިިކަން އޭނާ ރަނގަޅަށް ދެނެގަތެވެ. ނަމަވެސް އެއީ ހަމަ ތެދެކޭ ހިތާހިތުން ކިޔާލިއެވެ. ރީޝާދެކެ ދާނިޝްއަށް ވެވިފައި އެހުރީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އެ ލޯބީގައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވާން ދާނިޝް ހުންނަނީ ތައްޔާރަށެވެ. ކުޑަ އިރުކޮޅެއް ފަހުން މަޢުޟޫ ބަދަލު ކޮށްލުމަށްފަހު ދެމީހުން ވެސް އެހެން މަޢުޟޫއަކަށް ވާހަކަ ދައްކަންފެށިއެވެ.

އާދައިގެ މަތިން ރީޝާ ވެސް އޭނާއަށް ހާއްސަ ކުރެވިފައިވާ މޭޒުދޮށުގައި އިށީނުމަށްފަހު އެދުވަހު ކުރަންހުރި މަސައްކަތްްތައް ނިންމާލަން އަވަސްްވެގަތެވެ. ރީޝާއަކީ އަބަދުވެސް އެދުވަހަކު ހަވާލުކުރާ މަސައްކަތެއް ހަމަ އެދުވަހަކު ނިންމަން ނުހަނު ސަމާލުކަންދޭ ހީވާގި މުއައްޒަފެކެވެ. ކަމަށް ކަމޭހިތާ މަސައްކަތައް ފަރުވާތެރި މުއައްޒަފެކެވެ. އެހެންކަމުން އޮފީހުގެ އެންމެން ވެސް ރީޝާއަށް ތަޢުރީފުކޮށް ސާބަސް ދީ ހަދައެވެ.

ކުޑައިރުކޮޅަކަށް މަސައްކަތް މަޑުޖައްސާލުމަަށްފަހު ބިއްދަށުގައި ހުރި މޭޒައް ރީޝާ ބަލާލިއެވެ. އެ މޭޒު ހުރީ ހުސްކޮށެވެ. އެކަކުވެސް އެ މޭޒުދޮށުގައެއްނެތެވެ. “އެކަމަކު…ހާދަ ލަސްވެއްޖޭ…” ރީޝާ ހިތާހިތުން ކިޔާލިއެވެ. އެނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުމަތިން މިހާރު ފެންނަން ހުރީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. އެ ހާސްކަމާއި ނުތަނަވަސް ކަމުގައި ވަނީ އޭނާގެ އެކުވެރި ހަނާއެވެ. ގަޑިޖެހިގެން ދިޔައިރުވެސް ހަނާ އޮފީހަކަށް ނާދެއެވެ. ރީޝާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ކޮންމެވެސް ބޮޑު ކަމެއް ހާނާއަށް ވެއްޖެއޭ އޭނާގެ ހިތް ބުނަންފެށިއެވެ. ރީޝާއަކަށް ހިމޭނަކުން ނުހުރެވުނެވެ. އަވަސް އަވަހަށް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ހަނާގެ ޚަބަރެއް ހޯދާލަން އަަވަސްވެގަތެވެ. ކުޑަ އިރުކޮޅެއްގެ ތެރޭ ރީޝާގެ ކަންފަތުގައި ހަނާގެ އަޑު ޖެހުނެވެ. އެވަގުތު ރީޝާގެ ހާސްކަމަށް ލުޔެއް ލިބިިގެންދިއެވެ. ހަނާގެ ހާލުއަހުވާލު އޮޅުންފިލުވާލީ ފުން ނޭވާއެއް ބޭރުކޮށްލުމަށް ފަހުގައެވެ. ކުޑަކޮށް ބޮލުގައި ރިއްސާތީ އޮފީހަށް ނުދެވުނީ ކަމަށް ހަނާ ބުންޏެވެ. ހަނާ ބަލި ވާހަކަ ބުނުމުން ރީޝާ ދެރަވިއެވެ. ހަނާއަށް ކިރިޔާ ކަމެއް ވާއިރަަށް ރީޝާ ހުންނަނީ ކަންތައް ބޮޑުވެފައެވެ. އެކަން ހަނާ ރަނގަޅަށް ދަނެއެވެ. މާބޮޑަށް ބަލި ނޫންކަމަށް ވެސް ހަނާ ބުނީ އެ ސަބަބަށްޓަކައެވެ. ހަނާއާއި އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު އަނެއްކާ ވެސް ރީޝާ އޭނާގެ މަސައްކަތާއި ވެގެން ކުރިއަށްދާންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް (9)

Next

ތިޔަ ލޯތްބާ ދުރަށް (10) ފަހުބައި

Next
May 14, 2018

ތިޔަ ލޯތްބާ ދުރަށް (10) ފަހުބައި

Previews
May 14, 2018

ތިޔަ ލޯތްބާ ދުރަށް (9)

10 Comments!

  1. Ram says:
    May 14, 2018 at 12:12 pm

    Haada kury

  2. mishy says:
    May 14, 2018 at 12:29 pm

    Vrh reethi… btw maa kurii…. nxt prt dhigu khlahcheyy… curiously waitinn for the nxt prt…

  3. Supporter says:
    May 14, 2018 at 12:37 pm

    Foohi mi part! But i wish waahaka kuriah dhaavarakah problem eh ufedhi interesting vaane kamah..n pleeeeese make it longer..maaavs kury…kury part ga offiihah dhaan nattaalaafa mi part ga hama dhevunuthanaa kommes vaahaka thakeh dhahkaalaafa nimijje..?..gud luk

  4. No one says:
    May 14, 2018 at 1:22 pm

    Vr nice.. hope the upcoming parts will be more interesting

    1. Foohi says:
      May 14, 2018 at 6:44 pm

      Meega kn thankolheh tha varah reehchey thiya bunany
      Hama ajaibu vehjje

  5. Rishy says:
    May 14, 2018 at 2:10 pm

    Vvvvvvvvvvvv reethi story ge cover?????? mi part vx reethi….?? ummeedhukuran varah avahah story ge next part kiyaalan libeyne kamah…❤❤❤

  6. Sana says:
    May 14, 2018 at 2:27 pm

    Haadha kurey…….???
    Koirakun next part up vanii
    Waiting for next part

  7. friend says:
    May 14, 2018 at 5:13 pm

    haadha kurey

  8. Minion says:
    May 15, 2018 at 12:15 am

    Parts thah thankolheh dhigu kollaafa massala gandeh ufahdhaalyma warah salhi waane. Mi waahaka hadi eh noon. Warah warah reethi??

  9. No one says:
    May 15, 2018 at 8:24 pm

    Dear foohi,
    Reehchey buny because i find this story nice.. and different people ge opinion thafaathu vaane. And comment kurumuge beynumaky vx righter ah hiyvarudhinun. Story hadiey kiyaigen writers foohi kuruvumeh nun.

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (3)←


All Right Reserved!