ނުދާނޭ ތިހަނދާން ފިލާ 3
ބޯ ޖަހާލަމުން އަހަރެން ފިޒާލް އާއި ދިމާއަށް ބަލާލީމެވެ. އެވަގުތު ފިޒާލް އާއި އަކިއަލްގެ އެއްގޮތް ސިފަތަކެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. ފިޒާލްގެ ލޮލުގެ ކަޅީގެ ކުލަ އާއި އަކިއަލްގެ ލޮލުގެ ކަޅީގެ ކުލަ ހަމަ އެއްގޮތެވެ. ހީލާއިރު އަދި ވަކިން ބޮޑަށް ވައްތަރުކަމަށް ފާހަގަވިއެވެ. މީގެ ކުރިން ފިޒާލް އާއި ދިމާއަށް އަހަރެންނަށް އެހާ ފަރުވާތެރި ކަމާއިއެކު ބެލިފައެއް ނުވެއެވެ.
އަކިއަލް އާއި ފިޒާލް އެހާ ވައްތަރުވާންވީ ކީއްވެ ހެއްޔެވެ؟ އަކިއަލް ބުނާ ގޮތުންނަމަ އަކިއަލްގެ އާއިލާ އެއްވެސް ނެތެވެ. އަނެއްކާ އަކިއަލް އަހަންނަށް ދޮގުހަދާ އޮޅުވާލީ ހެއްޔެވެ؟
އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކާއިއެކު ކުއްލިއަކަށް ޖޯލިން ތެދުވެވުނެވެ.
*********
“ކިހިނެއްވީ؟” އަހަރެން ބަލަހައްޓައިގެން ހުރި ގޮތުން ފިޒާލް ސުވާލުކޮށްލިއެވެ.
“ނުވޭ ކަމެއް” ވާނުވާ ނޭނގޭތީ އަހަރެން ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންކަމުން އަނެއްކާވެސް ޖޯލީގައި އިށީއިނދެލީމެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ.
“ލަޔާ…ކަމެއް ގޯސްވީތަ؟” ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިންދާ ފިޒާލް އަހާލި އަޑު އިވުނެވެ.
ފިޒާލް އައިސް ކުޑަކަކޫ މައްޗަށް ވާހެން އިށީއިނދެ އަހަރެންގެ އަތުގައި ހިފާލިކަން އެނގުނެވެ. އޭގެ ފަހުން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
********
އެސްފިޔަ ތަޅުވާލުމަށްފަހު އަހަރެން ލޯހުޅުވާލީމެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މަގަތުގައި އިށީއިނދެލައިގެން ތިބި މަންމައާއި ބައްޕައެވެ. އޮވެވުނީ ހޮސްޕިޓަލުގައި ކަން އެނގުމާއިއެކު ވީފޫއްސެއްގެ ސަބަބުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ.
“އިޤްބާލް…އަހަރެންނަށް ހީވަނީ މިމަންޖެ މީހަކާ ދެވަން ވީހެން….ޑޮކްޓަރުން އެބުނަނީ މާބޮޑަށް ލޭމައްޗަށް ދިޔައީއޭ…އެމަންޖެ ފިކުރު ކުރަންޖެހޭ ވަރުގެ ކަމެއް ހަމަ ގައިމުވެސް އަހަރެމެންގެ ފަރާތަކުން ނުވާނެ…އަނެއްކޮޅުން އެ ސާމިޔާ ގޯތި ފިޒާލު އެހުންނަނީ ލަޔާލްގެ އިސާރާތަކަށް ބަލަބަލާ……ކިހާ ރަނގަޅު ސޮރެއް އެއީ…..އަންހެން ކުއްޖަކު އެހާ ގިނަ ދުވަހު މީހަކާ ނީނދެ ހުންނަންޏާ އޮންނާނީ ބޮނޑިއެއް ބޮވިފަ…” މަންމަގެ އަޑުއިވުމާއިއެކު އަހަރެން ދެލޯ މަރާލީމެވެ. އެ ވާހަކަތަކާއި މެދު އަހަރެންނަށް ވިސްނާލަން މަޖުބޫރުވިއެވެ. މީހަކާ ނީނދެ ހުއްޓައި ހަޑިނަމެއް ލިބޭކަށް ހުދު އަހަރެން ވެސް ބޭނުމެއް ނުވެއެވެ.
“ޒުބޭދާ…އެމަންޖެ ހަމަ މީހަކާ އިންނަ ވާހަކަ އެއް ނުދައްކާތަ؟” ބައްޕަ ސުވާލުކޮށްލި އަޑު އިވުނެވެ. އެއަޑުގައިވި ކަންބޮޑުވުން އިޚުސާސް ކުރެވުމާއިއެކު އަހަރެންނަށް ހިން ދިރުވާލެވުނެވެ.
“އާނ…އެކަހަލަ ވާހަކައެއް ނުދައްކާ….ހިތަށް އަރާ ދުނިޔޭގައި ހުއްޓާ އެދުވަސް ފެނިދާނެ ބާއޭ” މަންމަގެ އަޑުގައިވި ކަންބޮޑުވުމާއި ރިހުމުގެ ސަބަބުން އަހަރެންގެ ހިތުގައި ޖެހުނެވެ.
ކުޑަކޮށް ލޯހުޅުވާ މަންމަ އާއި ދިމާއަށް ބަލާލިއިރު އަތުގެ ނުފުށުން ކަރުނަތައް ފޮހެލިތަން ފެނި ހިތަށް ނުބައި ގޮތެއް ވެގެންދިޔައެވެ. އަހަރެންނަށްޓަކާ މަންމަ ކަރުނަ އަޅާ ރޯތަން ދުށުމަކީ އަހަރެންނަށް ބެލުމަށް ކުޅަދާނަ ވާނޭ ވަރުގެ ކަމެއް ނޫނެވެ.
“މިހުރީ ބޭސްކޮތަޅު…އިތުރު ކަމެއް ބޭނުންވޭތޯ” ފިޒާލްގެ އަޑު އިވުމުން އަހަރެންނަށް އެދިމާ ބަލާލެވުނެވެ. އޭރު ފިޒާލް ހުރީ ސީދާ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އަހަރެންނާއި ދިމާއަށް ހިނިތުންވެލަމުން ފިޒާލް އައިސް އަހަރެންގެ ގާތުގައި އިށީއިނުމާއިއެކު އަހަރެން ދުރު ބަލާލީމެވެ. މިހާރު ފިޒާލްގެ ކުރިމަތީގައި ހުރުން ވަނީ އުނދަގޫ ކަމަކަށެވެ. އަކިއަލްގެ ހަނދާންތައް ހިތުގައި އާވުމާއިއެކު ނޭނގޭ ރިހުމެއް އުފެދިގެން ދިޔައެވެ.
“ލަޔާ…މިހާރު ކިހިނެތްތަ؟” ފިޒާލް ވަރަށް އޯގާތެރި ކަމާއިއެކު ސުވާލުކޮށްލިއެވެ. މިފަދަ ވަތުގެއްގައި ފިޒާލްގެ ބަދަލުގައި އަކިއަލް ކައިރީގައި އިނނަމަ ކިހާ ރަނގަޅުވީސްހޭ އަހަރެންގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް ބަނޑަށް އެރި ތޫނު ތަދާއިއެކު އަހަރެންނަށް ބަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ދެލޯމަރާ ބާރުކޮށްލުމާއިއެކު ލޮލުން އޮހޮރިގެން ހޫނު ކަރުނަތަކުން ބާލީސް ތެންމަމުން ދިޔައެވެ. އިތުރު ކަމަކަށް ސަމާލުކަން ދެވޭ ވަރަށްވުރެ ބަނޑުގައި އަޅަމުން ދިޔަ ވޭން ދިޔައީ އިތުރުވަމުންނެވެ.
“ލަޔާ…ވަޓް ހެޕެންޑް؟…. ” ފިޒާލްގެ އަޑުގައި އޯގާތެރިކަމާއި ކަންބޮޑުވުން އެކުލެވިފައިވެއެވެ.
“އިޤްބާލާ….އަވަހަށް ޑޮކްޓަރަށް ގޮވާބަލަ….މަގޭ ދަރި….ދަރިފުޅާ ބަނޑުގައި ރިއްސަނީތަ؟” މަންމަ ރޮމުން ރޮމުން އަހަރެންގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.
ބަނޑަށް އެރި ތޫނު ތަދު މިނެޓެއްގެ ތެރޭގައި ކެނޑުމުން އަހަރެން ލޯ ހުޅުވާލީމެވެ. އޭރު ބޮލުގައި އުފެދިފައިވި ރިހުން ވެސް އެކީހެން ވަނީ ކެނޑިގެން ގޮސްފައެވެ. މަންމަ އާއި ފިޒާލް ކަންބޮޑުވެފައި އަހަރެންނާއި ދިމާއަށް ބަލަން ތިބުމުން ހިނިތުންވެލުމަށް ފަހު މިހާރު ރަގަޅުކަމުގައި ބުނެލީމެވެ.
“އެވާނީ ނުކައި ހުރީމަ ގޭސް ހެދުނީ ކަމަށް” ފިޒާލް އައިސް އަހަރެންގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.
********
ހުރިހާކަމެއް ހަމައަކަށް އެޅި އަހަރެން ގެޔަށް ފޮނުވާލީ ދަންވަރު ބާރަވެސް ޖެހިފަހުންނެވެ. އެހުރިހާއިރު ވީއިރުވެސް އަހަރެންގެ ކަންކަމުގައި އެހީތެރިވެދިނުމަށް ފިޒާލް އުޅެމުންދިޔައެވެ. ފިޒާލްގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން އެކުވެރިއެއްގެ ހައިސިއްޔަތުން ފިޒާލްއަށް ޙާއްސަ މަގާމެއް ދެވުނެވެ.
ކޮޓަރިއަށް އައިސް ވަދެވުމާއިއެކު އަކިއަލްގެ މަތިން ހަނދާންވާންފެށީ މާބޮޑަށެވެ. ރޭގެ ފޮނިފޮނި ވަގުތުކޮޅުތައް ހިތަށް އަންނަން ފެށުމުން ހިނިތުންވެވުނެވެ. ހުވަފެނެއްކަމަށް ގަބޫލު ކުރެވުނަސް ހިތް ބުނަމުން ދިޔައީ އެއީ ހަގީގަތެއް ކަމުގައެވެ. އަކިއަލްގެ ލޮބުވެތި ބީހުންތަކުގެ އަސަރު ދެންމެ ވީ ކަމެއްހެން ހަށިގަނޑުގައި ހަރުލާފައި ހުރިކަހަލަ އިހުސާސްއެއް ކުރެވެމުންދިޔައެވެ.
ފާހާނާއަށްވަދެ ފެންވަރާލުމުން ހަށިގަނޑު ތާޒާވެލިއެވެ. ނިދާ އެއްޗެހިލައިގެން އައިސް އެނދުގައި ޖައްސާލުމާއިއެކީހެން އަހަރެންނަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ.
********
ނޭވާ ހާސްވާހެން ހީވެ އަހަރެންނަށް ހޭލެވުނުއިރު ކޮޓަރިތެރެ އެކީހެން އަނދިރި ވެފައިވާތަން ފެނި ހިތް ނުތަނަވަސްވިއެވެ. ލައިޓް ޖައްސާލަން އަތް ހަރަކާތްކޮށްލަން އުޅެއުޅެ އަތް ގުޑުވާވެސް ނުލެވުނެވެ. އަހަރެންގެ އަތްވަނީ އެނދުގެ ދެފަރާތުން ވާހެން އައްސާފައިކަން އެނގުމާއިއެކު ބިރުން ރޫރޫ އަޅައިގަތެވެ. ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް އަނގަމަތީ އަޅާފައިވާ ޓޭޕްގަނޑުގެ ސަބަބުން އަޑު ނިކުންނަ ގޮތެއްނުވިއެވެ.
ކުއްލިއަކަށް އިޚްސާސްވި ފިރެހެނެއްގެ އަތުގެ ބީހުންތަކާއިއެކު އަހަރެންނަށް ތެޅިގަނެވުނެވެ. ސަލާމަތަށް އެދި ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް އެކަން ވެސް ކުރެވޭ ގޮތެއްނުވިއެވެ. ދެލޯ ބޮޑުކޮށްލެވުނު ނަމަވެސް ކަނު އަނދިރިކަން ފިޔަވާ އިތުރު އެއްޗެއް ފެންނަވަރެއް ނުވިއެވެ. އެމީހެއްގެ ހޫނުނޭވާ އަހަރެންގެ މޫނާއި ދާދި ގާތުން އިޚްސާސްވުމާއިއެކު އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. އެޔާއި އެކު ގަދަ ކަމުންކަހަލަ ގޮތަކަށް އެމީހަކު އަހަރެންގެ މޫނު އެމީހެއްގެ މޫނާއި ދިމާއަށް އަނބުރުވާލިއެވެ. ސަލާމަތުން އޮތް ދެފައިން އެމީހެއްގެ ކައިރިން ސަލާމަތްވުމަށް އަހަރެން މަސައްކަތްކުރަމުން ދިޔައީމެވެ. ނަމަވެސް ބޮޑު ފިރެހެނެއްގެ ކައިރީގައި އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟
އަހަރެން ލައިގެން އޮތް ހެދުމުގެ ކަރުވަޅުގައި ހިފާ އެމީހަކު ދަމައިގަތުމާއިއެކު ހެދުމުގައި ހަރުކޮށްފައިވާ ގޮތަކާއިއެކީ ނައްޓައިގެން މުށިތަކު މަތީގައި ޖެހުނު އަޑު އިވިގެންދިޔައެވެ. އެއާއިއެކު އަހަރެންގެ ހަށިގަނޑުން ބޮޑު ބަޔެއް ހާމަވެގެންދިޔައެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއިއެކު ޖަހާލި ގުގުރީގެސަބަބުން އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. އިސާހިތަކު ވައި ބާރުވެ ފުރާޅުގެ ޓިނުތައް ވެސް ހީވީ އުކާލަފާނެ ހެންނެވެ. ގުޑާލަންވެސް ނޭނގިފައި އަހަރެން އޮތީ ވިދާލި ވިދުވަރާއި އެކީހެން އެމީހެއްގެ ބީހުމުގެ އިޚްސާސް ހުއްޓުމުންނެވެ. އަހަރެން އެހެން އޮއްވާ ކޮޓަރީގެ ކުޑަދޮރު ހުޅުވުނު އަޑާއިއެކު ސިހިފައި އެދިމާ ބަލާލެވުނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން އިތުރަށް ޖެހިލުން ވާގޮތްވިއެވެ. އޭރު އަހަރެންގެ ހަށިގަނޑު ދިޔައީ ބިރުން ރޫރޫ އަޅަމުންނެވެ.
“ދަރިފުޅާ….ދަރިފުޅާ” ކޮޓަރީގެ ދޮރުގައި ބާރަށް ޓަކިޖަހަމުން މަންމަ ގޮވަންފެށި އަޑުއިވި އަހަރެންގެ އުއްމީދު އާވިއެވެ. އަނގަ ހުޅުވާލަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުކުރެވުނެވެ. ގަޔަށް ލެވުނުހާ ބާރެއްލަމުން ތެޅިގަތީމެވެ. ހަޅޭއްލަވައިގަތީމެވެ. ނަމަވެސް އެއަޑު އިވުނީ ހަމައެކަނި އަމިއްލަ ނަފުސަށެވެ. ގައިން ވަރު ހުސްވެގެން މީހަކު ދެމޭ ފަދައިން އަހަރެން ދެމުނީ އުއްމީދު ފަހު ހުޅުކޮޅުވެސް ނިވުމުން ވީ ދެރައިންނެވެ.
“ދަރިފުޅާ…” ތަޅަށް ތަޅުދަނޑިޖަހައި ދޮރު ހުޅުވާލަމުން މަންމަ ގޮވާލިއަޑު އިވުމުން އަހަރެން ތެޅިގަތީމެވެ. ކޮޓަރިތެރެ އަލިވެގެން ދިޔުމާއިއެކު އަހަރެންނަށް ލޯ މަރާ ބާރުކޮށްލެވުނެވެ. އަނިދިރި ކަމުގެ ތެރެއަށް ލޯ ހޭނިފައިވަނިކޮށް ކުއްލިއަކަށް އަލިވުމުން ލޮލަށް އުނދަގޫވިއެވެ.
“މަގޭ ދަރި…” މަންމަ ދުވެފައި އައިސް އަހަރެންގެ ހަށިގަނޑު ނިވާކޮށްލާ އަނގަމަތީ އަޅާފައިވާ ޓޭޕްފަށާއި އަތުގައި އައްސާފައިވާ ވާތައް މޮހާލަމުން އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
އެއްވެސް ހަރަކާތެއް ގެންނަށް ނޭނގިފައި އަހަރެން އޮތީ ޖެހި ބުދެއް ހެންނެވެ. ހަށިގަނޑުގެ އެތައް ތަނެއްގައި ވޭން އަޅަމުންދިޔަ ވަރުން އަނގަ ހުޅުވާލާނެހާ ވަރުވެސް ނެތެވެ. އަހަރެން އޮތް ހާލަތުން އަނެއްފަރާތަށް އެނބުރި ބައްޕަ ހުއްޓެވެ. އެހިތުގައި އަޅަމުންދާނޭ ވޭން އަހަރެންނަށް އިހުސާސްކުރެވެއެވެ. ނަމަވެސް އަހަރެންކުރާނީ ކީއް ހެއްޔެވެ؟ މިކަމުގައި އަހަރެންގެ ކުށެއްނެތެވެ.
“މަންމާ” އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައި ގަނެވުނެވެ.
“މަ މިދަނީ ޕޮލިހަށް ގުޅަން” ބައްޕަގެ އަޑަށް ސިހިފައި މަންމަ އަހަރެންނާއި ދުރަށް ޖެހިލިއެވެ. އެއަޑުގައިވި އެތައްހާސް ރިހުމެއް އެކުލެވިފައި ވިއެވެ.
“ހެޔޮނުވާނެ އިގްބާލް….ޕޮލިހަށް ނުގުޅާތި…މިދަރިފުޅުގެ އަގު މުށި ރަށަށް ވައްޓާލަންތަ ތިއުޅެނީ؟” މަންމަ ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
“އެކަންކުރި މީހަކު ދަރިފުޅަށް އެނގޭތަ؟” ބައްޕަ އަހަރެންނާއި ސުވާލުކުރުމުން އަހަރެން ބޯ ހޫރާލީ އެމީހަކު ނޭގެއޭ ބުނާ ފަދައިންނެވެ.
“މިކަން ކުރި މީހަކު ހޯދަން އެބަޖެހެއެންނު…މަށެއް ނުހުންނާނަށް ދުރުގައި މަންޒަރު ބަލާކަށް…މަގޭ ދަރިޔަކަށް އެވަރުކަމެއް ކުރަން ކެރުނު މީހެއްގެ އަތާއި ފައި ބިންދާލާނަން….މަށަށް މިހާރު އެނގިއްޖެ ތިކަމެއް ކުރާނެ މީހަކު” ބައްޕަ އެހެން ބުނެ ހިނގައިގަތުމާއިއެކު މަންމަގޮސް ބައްޕަގެ އަތުގައި ހިފާ ހުއްޓުވިއެވެ. ބައްޕަގެ އަޑުގައިވި ހަރުކަށިކަން ފުރަތަމަ ފަހަރަށް އަހަންނަށް ފެނުމުން ކަންބޮޑުވިއެވެ. މިވަގުތު ކޮންމެ ކަމެއްވެސް ބައްޕަ ކޮށްފާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.
“އިޤްބާލް…ހެޔޮނުވާނެ އެދަރިފުޅު މުށި ރަށަށް ބޭޒާރުވެދާނެއޭ…އަހަރެމެންނަށް ތިކަންކުރި މީހަކު ހޯދިދާނެ އެއްނު….މިވަގުތު އަމިއްލަ ދަރިފުޅާއި ދޭތެރޭ ވިސްނަބަލަ” މަންމަ ރޮއެގަންނަމުން ބައްޕަގެ ފައިބުޑަށް ތިރިވިއެވެ.
އެމަންޒަރު ބަލަން ކުޅަދާނަ ނުވުމުން އަހަރެން އަނެއްފަރާތަށް އެބުރުނީމެވެ. ހުޅުވިފައިވާ ކުޑަދޮރު އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ވައި މަޑުވެ މޫސުން ވެސް އިސާހިތަކު ވަނީ ރަނގަޅުވެފައެވެ. އެކަމާއި ހައިރާންވީ ވަރުންމަޑުމަޑުން އެނދުން ތެދުވަމުން ކުޑަދޮރާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ގައިގައި ބެޑްޝީޓެއް އޮޅާލާ ހަށިގަނޑު ނިވާކޮށްލަމުން ގޮސް ކުޑަދޮރުގެ ކައިރިއަށް ހުއްޓި ބޭރު ބަލާލީމެވެ.
“އަހަރެމެން އަންނަން ހެދީމަ ކުޑަދޮރުން ނުކުމެގެން ގޮއްސަ މިހުރީ….ކިރިޔާއެއްނު މި އާދެވުނީ…އެހެންނޫނީ ނޭނގެ މިމަންޖެއަށް ވާނެ ގޮތެއްވެސް…. ބާރު އަޑުފަށްގަނޑެއް އިވިގެން މަންމައަށް ހޭލެވުނީ…ކޮޓަރިން ނުކުތްތަނާ މިކޮޓަރި އާއި ދިމާއިން އެއަޑު އިވުނީމަ ދުވެފަ އައިއިރު ހުރީ ތަޅުލާފަ….ނަސީބެއްނު މަންމަގެ އަތުގައި ޑަބަލް ތަޅުދަނޑި އޮތްކަން” މަންމަ އައިސް ކުޑަދޮރުގެ ކައިރީ ހުއްޓިލަމުން އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ބޮކިތައްވެސް ނުދިއްލާދޯ މިބެހެއްޓުނީ….އިގްބާލް ދޭބަލަ ބޭރު ދޮރު ތަޅުލެވިފަތޯ ބަލާލާފަ އެބޮކިތައް ދިއްލާލަން” މަންމަ ހުރީ ވަރަށް ހާސްވެފައެވެ. ކަނު އަނދިރިކަން ފިޔަވާ އިތުރު އެއްޗެއް އެސަރަހައްދުގައި ނުވެއެވެ. އަނދިރިކަމުން ގޭތެރޭގައި ހައްދާފައިވާ ބޯގަންވިލާ ގަސްތައްވެސް ފެންނަނީ ބިރުވެރި ހިޔަނިތަކެއް ފަދައިންނެވެ.
“ދަރިފުޅާ…އެއްޗެހި ބަދަލުކޮށްލައިގެން އުޅޭ އަވަހަށް ނިދާލަން…މަންމަވެސް މިރޭ އޮންނާނީ ދަރިފުޅުގެ ކައިރީ” އަހަރެން އައިސް އެނދުގައި އިށީއިނުމުން ކުޑަދޮރު ލައްޕާ ތަންޑު އެޅުވުމަށްފަހު މަންމަ އައިސް އަހަރެންގެ ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ. އަހަރެން ބޯޖަހާލުމަށްފަހު އަތްކުރު ޓީޝާޓެއް ހިފައިގެން ގޮސް ފާހާނާއަށް ވަނީމެވެ.
“ތަޅުނުލާ ހުރީ…އަހަރެން މިއައީ ތަޅުލާފަ…ބޭރުގަ އެބަހުރި ފިޔަވަޅުގެ ނިޝާންތައް ވެސް….މަށަށް ފެންނަނީ ލަސްނުކޮށް މިކަންތައް ޕޮލިހަށް ހުށަހަޅަން…މަށަށް ވަރަށް ޝައްކުކުރެވޭ މީހަކު އެބަހުރި” ބައްޕަގެ އަޑުއިވުމާއިއެކު އަހަރެން އެއަޑަށް ސަމާލުވީމެވެ. ބައްޕަ ޝައްކުކުރާނެ މީހަކާއިމެދު އަހަރެންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. އިސާހިތަކު އެމީހެއްގެ ސޫރަ އަހަރެންގެ ހިތަށް ސިފަވުމާއިއެކު ދެބުމަ ގޮށްޖެހިގެންދިޔައެވެ. އަތުގައި އޮތް ޓީޝާޓުގައި ބާރަށް ހިފަހައްޓަމުން ދޮރުބުޑަށް ތިރިވެ އިށީއިނދެވުނެވެ. އެމީހެއްގެ ޝިކާރައަކަށް އަހަރެންވިނަމަ މުޅި އުމުރު ދުވަހު ހިތުން ނުފިލާވަރުގެ ލައްގަނޑެއް އަހަރެންގެ ހަށިގަނޑުގައި ޖެހުނީހެވެ.
“ޕޮލިހަށް މައްސަލަ ލީމަ ބޭޒާރުވުން ފިޔަވާ އިތުރުކަމެއް ނުވާނެއޭ….ތިކަން ކުރި މީހަކު ވެސް އެމީހުނަކަށް ނުހޯދޭނެ….ސައްކުކުރެވޭ މީހެއްގެ ނަން ބުންޏަސް އެމީހެއްގެ މައްޗަށް ހެކި ސާބިތެއް ނުވާނެ….ދެން ކީއްކުރަން ކުރާ ބޭކާރު ކަންކަމެއް….އިޤްބާލް…މިމަންޖެގެ ކައިވެނި އަވަސްކުރަން ހިނގާ….އެމަންޖެއަށް ކަމުދާ ކުއްޖަކު ނެތިއްޔާ އަހަރެމެން ދައްކާ މީހަކާ އެމަންޖެ އިންނާނެ އެންނު…” މަންމަގެ އަޑުއިވުމުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ.
މަންމަގެ ފަރާތުން އަހަރެންގެ ކައިވެންޏާއި ބެހޭގޮތުން ސުވާލުތައް ކުރިމަތިވާނެކަން އަހަރެންނަށް އެނގުނެވެ. އެހެނަސް އެކަމަށް އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަކިއަލް ދެކެ ލޯބިވާ ވާހަކަ އާއި އިންނަން ބޭނުންވަނީވެސް ހަމައެކަނި އަކިއަލް އާއި ހެއްޔެވެ؟ ނަމަވެސް މަންމަ އަކިއަލް އާއި ބެހޭގޮތުން އިތުރު ސުވާލެއް ކޮށްފިނަމަ އަހަރެން ޖަވާބުދޭނީ ކިހިނަކުން ހެއްޔެވެ؟ އަކިއަލްގެ ނަން ފިޔަވާ އިތުރު އެއްވެސް މަޢުލޫމާތެއް އަހަރެންކަށް ނޭނގެއެވެ. ކުޑަމިނުން އުޅޭތަނެއް ވެސް އަހަރެންނަކަށް އަހާލެވިފައެއް ނުވެއެވެ.
އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްއިރު ތަށިމުށިތައް މަތީގައި ދެ ގޮދަޑި އަޅައިގެން އޭގެ މަތީގައި މަންމަ އާއި ބައްޕަ އޮށޯވެލައިގެން އޮތެވެ. އަހަރެން އައިސް ނިދާބޮކި ދިއްލާލުމަށްފަހު އެނދުގައި އޮށޯވެލަމުން ހަމަޖެހިލަން މަސައްކަތް ކުރީމެވެ.
********
ރޭގައި ރަގަޅަށް ނުނިދުމުގެ ސަބަބުން ބޮލުގައި ރިއްސިނަމަވެސް ފަތިހު ފަތިހާ މަގުމަތި ކުނިކަހާލުމަށް އަހަރެން ނުކުތީމެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މަގުމަތީގައި މީހުން ގިނަކަން އަހަރެންނަށް ފާހަގަވުމާއިއެކު ހާސްވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އަހަރެންގެ ހަވަނަ ހިއްސު ދެނެގަތެވެ.
“ފާއްތާ….އަނެއްކާ މީހަކަށް ކަމެއްވީތަ؟” ގޭދޮށް ކުނިކަހަން އޮތް ފާއިޒާ އާއި އަހަރެން ސުވާލުކޮށްލީމެވެ.
“ދޮންކަނބުލޮއަކަށް ނޭނގޭތަ؟” ކުނިކަހަން ގެންގުޅުނު އިލޮށިފަތި ނަގާ ކިހިއްޔަށް ޖަހައިގެން ފާއިޒާ އައިސް އަހަރެންގެ ގާތަށް ހުއްޓިލަމުން އަހާލިއެވެ.
“ކަނބުލޮގެ ބޮޑުބޭބެ އެދިމާ އަތިރިމަތީގައި ވަރަށް އަނިޔާވެރިކޮށް މަރާލާފަ އޮއްވާ ބަޔަކަށް ފެނިގެން މިހާރު ވީ މަރުކަޒަށް ގެންގޮއްސަ…އަހަރެންވެސް ދިޔައިން ބަލާލަން….ހާދަ ރަހުމުކުޑަކޮށްނޭ މަރާލާފަ އޮތީ….ތޫނު އެއްޗަކުން ހަމާލާދީ އެކަށް ޒަހަމްކޮށްލާފަ އޮތީ….ދެލޯވެސް ކޮނެލާފަ….ގައިގަ ވެސް ނެތް އެއްވެސް ފޭރާމެއްވެސް…..ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށޯ ޝައްކުކުރެވެނީ މަރުވެފަ އޮތީ….އުބޭދުގެ އަންހެނުން ބުނި އިރާކޮޅުވެސް ހަމަ ރަގަޅަށޯ ހުރީ…..ދެން އިތުރަށް ކީކޭ ބުނާނީ…މިޒަމާނުގެ މީހުން ނުބައިވެގެން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭވިއްޔަދޯ….ކީކޭ ދެން ފާއްތަ ބުނާނީ” ފާއިޒާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ.
ލިބުނު ހައިރާންކަމުގައި އަހަރެން ހުރީ އަނގަހުޅުވި ލައްޕަން ވެސް ނޭނގިފައެވެ. އަތުގައި އޮތް އިލޮށިފަތި ދޫވެގެން ބިއްމައްޗަށް ވެއްޓި އޭގައި ހުރި އިލޮށިތައް ވަކިވެގެން ދިޔައެވެ. ހުއްޓުން އަރާފައި ހުއްޓާ ފާއިޒާ އައިސް އަހަރެންގެ ކޮނޑުގައި އަތްލުމާއިއެކު ސިހުނުވަރުން ތެޅިގަނެވުނެވެ.
“މަންމާ” ގޭތެރެއަށްވަދެ އަހަރެން މަންމައަށް ގޮވާލީ ފެންނަން ނެތުމުންނެވެ. އަހަރެންގެ އަޑަށް ބަދިގެ ތެރެއިން ދުވެފައި މަންމަ ނުކުތެވެ. އޭރު މަންމަ ހުރީ ހާސްވެ ދެލޯ ބޮޑުވެފައެވެ.
“މަންމާ ބޮޑުބޭބެ” އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ފާއިޒާ އައިސް ވެގެން އުޅޭގޮތް މަންމައަށް ސާފުކޮށްދިނެވެ. އެއާއިއެކު މަންމަ އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.
“އުބޭދު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އާއިލީ ގުޅުމެއް ނުކެނޑޭނެ…ދަރިފުޅާ…ދަރިފުޅު މަޑުކުރޭ ގޭގަ….މަންމަ އަންނާނަން ވަޅުލުމުގެ ކަންކަން ނިމުނީމަ…” ގެއިން ނުކުންނަމުން މަންމަ އެހެންބުނުމަށްފަހު ދިޔުމުން އަހަރެން ކޮޓަރިއަށްވަދެ އެނދުގައި އޮށޯއޮވެލީ އަކިއަލްގެ މަތިން މާބޮޑަށް ހަނދާންވާން ފެނުމުންނެވެ. ހިތް ނުތަނަވަސްވަނީ ކީއްވެކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ.
********
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ ފޮތިފޮތި ވަމުންނެވެ. އެރެއަށްފަހު އަކިއަލްގެ ޚަބަރެއް ނުވާތީ އަހަރެންގެ ދިރިއުޅުމުން އެއްބައި މަދުވެފައިވާ ކަހަލަ އިހުސާސްއެއް ކުރެވެމުން ދިޔައެވެ. ރޭގަނޑު ތުނޑިމައްޗަށް ދިޔުމަކީ އަހަރެން މާ ކުރާހިތްވާ ކަމަކަށް ނުވިނަމަވެސް އަކިއަލްގެ އިންތިޒާރުގައި ރޭގަނޑު އެކަނި ތުނޑިމަތީގައި ވަގުތު ހޭދަކުރެވެން ފެށިއެވެ. ނަމަވެސް ކޮންމެ ރެއަކުވެސް އެނބުރި އަންނަންޖެހެނީ ހަމައެކަނި އަކިއަލްގެ ހަނދާންތަކާއި އެކީގައެވެ.
ދިމާވި ހިތާމަވެރި ހާދިސާއަށްފަހު އޮފީހުން ޗުއްޓީ ނަގައިގެން ގޭގައި ހޭދަކުރަން ފެށުމުން އަހަރެންގެ އެކަނިވެރިކަން އިތުރުވިއެވެ. އަހަރެންނަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން މަންމަ އެކަމާއި ކަންބޮޑުވެ އެވާހަކަ ދެއްކުމުން ހިނިތުންވެލާ އިހު އުޅުނުގޮތަށް އުޅެވޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ. އަހަރެންގެ މިޒާޖަށް އައި ބަދަލު އަކިއަލް އާއި ގުޅިފައި ވީނަމަވެސް މަންމަމެންގެ ނަޒަރުގައި އަހަރެންނަށް އައި ބަދަލުގެ އަސްލަކީ އެރޭ އަހަންނަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެވެ.
އަކިއަލްގެ ހަބަރެއް ނުވާތާ މަސްދުވަސް ފާއިތުވެގެން ދިޔުމަށްފަހު އަހަރެން މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. އަކިއަލް ކަންތައްކުރި ގޮތުން ހިތުގައި އުފެދިފައިވި ޝަކުވާތައް ޑައިރީ އާއި ހިއްސާކުރަމުން ދިޔައީ ހިތަށް ތަސައްލީއެއް ހޯދުމަށެވެ. އަހަރެންގެ ހިތުގެ އުދާސްތައް އެއްވެސް ޖެހިލުންވުމެއްނެތި ހިއްސާކުރެވޭނެ ހަމައެކަނި ގޮތަކީ “ޑައިރީ” އެވެ.
“ދަރިފުޅާ…އާދެބަލަ” ގޭތެރޭގައި ހައްދާފައިވާ ކުންނާރު ގަސްދަށުގައި ދަނޑިއެއް ހިފައިގެން އަހަރެން ހުއްޓާ މަންމަ އައިސް އެދުނެވެ.
ދަނޑި ގަހުގައި ލައްކޮށްލުމަށްފަހު ބިނދެފައި ހުރި ކުންނާރުކޮޅުތައް ހިފައިގެން މަންމަގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ގޭތެރެއަށް ވަންއިރު ސޯފާ ގޮނޑީގައި އިށީއިނދެލައިގެން ބައްޕަ އިނީ އަހަރެންގެ އިންތިޒާރުގައެވެ. މަންމަގެ ފަހަތުން ގޮސް ބައްޕަގެ ކުރިމަތީގައި ހުރި ސޯފާ ގޮނޑީގައި އަހަރެން އިށީއިނީމެވެ.
“ދަރިފުޅާ….ދަރިފުޅު މީހަކާ އިންނަން ގަސްތުކުރަނީ ކޮންދުވަހަކުން؟” އަހަރެންގެ މޫނަށް ބަލާލަމުން އިތުރު ވާހަކައެއް ދެއްކުމެއްނެތި ސީދާ މައުލޫއަށް ބައްޕަ ދިޔައެވެ. ބައްޕަގެ ސުވާލާއިއެކު އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ.
އެސުވާލު އަހަރެންނާއި ކުރިމަތިވާނެކަން އެނގޭތީ އަހަރެން ހުރީ އެކަމަށް ކިތަންމެ ތައްޔާރުވެގެން ނަމަވެސް އަކިއަލް ގެ ހަބަރެއްނުވެ އެހާގިނަ ދުވަސްވުމުން އަހަރެންގެ ހިތްވަރު އެލިގެން ދިޔައެވެ. އަހަރެން ކައިވެނިކުރަން ބޭނުންވަނީ ހަމައެކަނި އަކިއަލް އާއެވެ. ނަމަވެސް އަކިއަލްގެ ހަބަރެއް ނުވާތާ އުޅޭ ތަނެއްވެސް ނޭނގޭތީ ބައްޕައަށް ދޭނެ ޖަވާބަކާއި މެދު އަހަރެންނަށް ވިސްނާލަން މަޖުބޫރުވިއެވެ. އަހަރެން އިސްދަށަށް ޖަހާލީ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް މަންމަމެންގެ ކުރިމަތީ ބޭޒާރުވެގެން ހިނގައިދާނެތީއެވެ.
“ދަރިފުޅު އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” އަހަރެން ޖަވާބެއް ނުދިނުމުން މަންމަ ސުވާލުކޮށްލީ އަހަރެންނާއި ދިމާއަށް ވަރަށްފަރުވާތެރިކަމާއިއެކު ބަލާލަމުންނެވެ.
އަހަރެންއުޅެނީ ކުއްޖަކާއި ރައްޓެހިވެގެންނޭ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟ އިސްދަށަށް ޖަހާލިގޮތަށް އަހަރެން އިނީ ދައްކާނެ ވާހަކައެއް ނޭނގުމުންނެވެ.
“ދަރިފުޅާ ދެރަނުވޭ…ދަރިފުޅަށް އިންނާނެ ރަގަޅު ކުދިން ލިބޭނެ…މަންމަ މިއަދު ސާމިޔާ މެން ގެއަށް ދިޔައީމަ ސާމިޔާ ދެއްކީ ދަރިފުޅާއި ފިޒާލްގެ ކައިވެނީގެ ވާހަކަ…ދަރިފުޅާއި ކައިވެނިކުރަން ފިޒާލު ބޭނުންވާކަމަށް ސާމިޔާ ބުނީ…..ދަރިފުޅާ އެއީ ކިހާ ރަގަޅު ކުއްޖެއް…ދަރިފުޅަށް ދިމާވާ ހުރިހާ ކަމެއްގައި ވެސް އެސޮރު އެހުންނަނީ އެހީތެރިވާން އަތުކުރި އޮޅާލާފައި….އެވަރުގެ ރަގަޅު ކުއްޖަކު މިޒަމާނުގަ ހޯދުމަކީ ނާދިރު ކަމެއް….އެކަމަކު ދަރިފުޅު ނުގަބޫލިއްޔާ މައްމަ ބޭނުމެއް ނުވޭ ދަރިފުޅަށް މަޖުބޫރު ކުރާކަށް….ދަރިފުޅު އެއްބަސްވެއްޖެއްޔާ ކައިވެނީގެ ކަންކަން މަންމަމެން ހަމަޖައްސައި ދޭނަން…” މަންމަ އެހެން ބުނެލުމާއިއެކު މަންމަ އާއި ދިމާއަށް އަހަރެން ވަރަށް ފުންކޮށް ބަލާލީމެވެ. އަހަރެންގެ ހަމަހިމޭންކަމުގެ މާނަ މަންމަ އެނެގީ މުޅިން އިދިކޮޅަށެވެ. އަހަރެންނާއި ދޭތެރޭ ކަންތައް ހިނގާފައިވާގޮތުން އަހަރެނާއި ގުޅޭނެ މީހަކު ނުވީކަމަށް މަންމައަށް ހީކުރެވުނީއެވެ.
“ދަރިފުޅާ” އަހަރެން އިސްދަށަށް ޖަހާލުމުން މަންމަ އަހަރެންނަށް ގޮވާލިއެވެ.
އަހަރެން ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ ދެވަނަ ބައްދަލުވުމުން ކައިވެނީގެ ވައުދާއި އަހުދުތައްވި ލޯބިވެރިޔާ ގެއްލުނީއޭ ބުނަންވީ ހެއްޔެވެ؟ ހަޔާތުގައި ހަމައެކަނި ލޯބިވެވުނު މީހާ، އެމީހަކަށް އެންމެ ބޭނނުންވި ދުވަހު ފިލީއޭ ބުނަންވީ ހެއްޔެވެ؟ ނޫނީ އެމީހަކަށްޓަކައި އަހަރެން އެތައް އުއްމީދަކާއި ހުވަފެންތަކެއް ދުށް މީހާގެ ހަނދާނުގައި ހަޔާތުގެ ބާކީއޮތްބައި ހުސްކޮށްލާނީ އޭ ބުނަންވީ ހެއްޔެވެ؟
ވިސްނިވަރަކަށް އަހަރެންގެ ސިކުނޑި ހާސްވާން ފެށިއެވެ. މަންމަ ބުނިހެން ފިޒާލްއަކީ އަހުލާގު ރަގަޅު ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރު ކުރުމަށް ވަރަށް އެކަށީގެންވާ މީހެކެވެ. ނަމަވެސް އަހަރެންގެ ހިތް އެކީ މިވަނީ އެހެން މީހަކަށް ހިބައިން ދެވިފައެވެ. ފިޒާލް އާއި ކައިވެނިކުރުމަށް އަހަރެންގެ ޒަމީރު އެއްބަސްވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަހަރެންގެހިތުގައި ފިޒާލް އާއިމެދު އެއްވެސް އިހުސާސެއް ނުވާއިރު ކައިވެންޏަށްފަހު އަހަރެންނަށް ފިޒާލް އާއި އެކީ އުޅޭވޭނީ ކިހިނެއް ހެއްޔެވެ؟
ލޮލުގައި ގިނަވެގަތް ކަރުނަތައް ހިންދާލަމުން އަހަރެން މަންމަ އާއި ދިމާއަށް ބަލާލީ މަންމަގެ ސުވާލަށް ދޭނެ ޖަވާބަކަށް ވިސްނުމަށް ފަހުގައެވެ. (ނުނިމޭ)
80 Comments
Comments are closed.
Me first tha
Yayyyy u got first this time ???????????❤❤❤❤❤❤❤❤❤❤
Assalaamalaikum miothee mi story ge 3 vana part upkohladheefa ?
Avahah upkuran hadhaigen liyeli gothah nuves kiyaalaa mi upkohllee. Mi part ga v gina mistakes huredhaane ?
Mistakes thah point out kohladhehchey ?
Cover pic change kohllan kuhjaku in request kohfa so eysh beynun cover pic change kuran beynun vaa kudhin balan. Gina kudhin bunaa gothakah hadhaadheynan ?? mi part innaanee v dhigukoh genesdheefa. Unmmeedhukuran huriha kudhinnah ves kamudhaane kamah ???
Love u all
Thank u all so much for the support ????????
eysh dhoonee?….story is just amazing?….reethi kamun bunaane ehcheh ves ney gunu☺☺….ur doing a great job eysh??…..luv u?? Aishy ge loabi loabi eysh ????
Aishi dear dhoonee thank u so much ???????? vvvvv ufaavehje story kamudhiyaeema ?????????? so sweeet of u dear. Thank u so much nd ly too dear ????????❤❤❤❤❤❤❤❤❤❤❤❤
Varah reethi❤❤akial akee jini ehtha??
Jinni eh noon.. evaru ves neynge??????
Eleven dear thank u so much ???????? v ufaavehje story kamudhiyaeema ???????? hingaa dho balamaa akial akee konkahala meehehtho ????????❤❤❤❤❤❤❤❤❤❤❤
eysh eh ves aissi dho. Hehe. Hingaa dho balamaa akial ge hageegatheh ???????❤❤❤
Waau waau eyeh dhooni this is amazing??? dhen vaanee kihineh baa alhey kon javaabeh baa dheynee?? please please yes bunaane nama ehnu…fizaal is perfect for her???? he is my kind of choice please girl say yes…alhey dhen inna part kon irakun eyah?♥♥♥? waiting…Hama saabas dhen???❤❤
Suty dear thank u so much ????????? vvvv ufaavehje story kamudhiyaeema ???????? hehe. Hingaa dho balamaa vaagotheh ??????? next part ga ingeyne dheyne javaabeh ???? next part ves hama type kohlevunuhaa avahakah upkohla dheynan ????? vvvvv ufaavehje ingey dear so sweeet ???????❤❤❤❤❤❤❤❤❤❤
Eysh**
Cover photo please change kolla dheeba…thankolheh reethi 3 kudhin laabala please gulhey kahala…❤❤??
Eysh how old are you??
Hmm..suty bunigothah…….eysh cover pic change kohdhee…..
Insha Allaah next part ga change kohllaanan cover pic. Eysh eba balan story aa gulhey cover pic eh hadhaaleveytho ???? thank u dear ?????
Aishi dear next part ga changekohllaanan ingey ???? thank u so much dear ????
Jaisha dear age dho. Hehe. ???
Heii eekko ❤❤ finally here is the story dhw?♥♥as always varah varah varah salhi ingey mi part ves???? alhey biruveri vaahaka eh nooniyya dhn keehve mihen mi vany??? confused? adhi ingeyne dhw vaanuvaa??? story varah salhi hama..saabahey eekko????????
Heii ssannww dear ❤❤ yes dear finally upkohlevijje ???? awwwnnn thank u so much dear vvvvvv ufaavehje ????????? hehe. Yea dear adhi ingeyne vaanuvaa hama kiyamun dhaa varakun ????????? eekko v loabi ingey name ?????? so sweet ???❤❤❤❤❤❤❤❤❤❤
Poh!!!! Woww eysh this is amazing….????♥ bodu beybe dhw e ah ehen e hedhee I guess?? btw story is very nice???????
Shayya dear hehe. ??? thank u so much dear ????????? vvvv ufaavehje atory kamudhiyaeema ??????? hingaa dho balamaa kaakutho emeehakee ??? thank u so much dear ?????????❤❤❤❤❤❤❤❤❤❤❤
Hei eysh…varah salhi ingey story…Mi faharu neiy sticker eh ves leveykah phn halaaku vegen miulhenee mee lap in mi comment kohlee neiy emoji eh..but the story is nice..and yeah shifoo ah ves feney cover change kuran
Pinky shifoo dear ????? phone halaaku v ma eysh ves v dheravehje ???
Btw thank u so much dear ????? v happy vehje phone halaakuvefa oiyiruves comp in ves cmnt kohlleema ????so sweet of u my dear frnd????i misss ur colorful swyt cmnts dear ?????????ekam ves mi cmnt kiyaalaafa ves hama vvvv bodah happy vehje?? insha Allaah next part ga cover change kohllaanan ingey ??????❤❤❤❤❤❤❤❤❤
Excuse me…. Kyhve alhuganduge namuga comment kurany… Don’t do it…
Heyy eysh dear story haadha reehchey…noo cover change nukurahchey????❤❤❤♥ story nice…loabivey eysh bye
Jazlee dear thank u so much ????????? awwwnn dear. Cover change kohllan vvv gina kudhin req kohfa hureema dhen mifaharu change kohllaanee dho ????? so sweeet ?????????? vvvv ufaavehje story kamudhiyaeema ????????ly too dear ??????❤❤❤❤❤❤❤❤❤❤
woaahhhhh..vvvv reethi mi story this gendhaa goiyvs…Masha Allah…??????????u r the best story writer…?❤❤❤??????❤❤❤❤❤❤❤gud luck?????keep going like this??????????waitingssssss???????
Shafa dear thank u so much ???????? vvvv ufaavehje story kamudhiyaeema ??????????so sweeet ???? awwwnnn so happy best story writer ey buneema ???????❤ so sweeet.. v ufaavehje ??????? thank u so much dear ????????❤❤❤❤❤❤❤❤❤❤❤
Nowwwww it’s just like” who tried to rape her?” ???? Shannon ah shakku akian ah..eyna faadakah ulhenee nues feneyy handi eh thwcheh… btw btw btw story is vvvvvvvvv nice and beautiful like u eysh❤❤❤❤❤❤❤❤❤❤????♥?
Maybe her bodubeybe..thats y akial eyothy eyna maraalaafa!
Shann dear thank u so much????????? haha.. so sweeet.. ??? handi akah ves vedhaane dho. Hehe. Hingaaba dho balamaa alhe konkahala meehakah tho vanee ????? awwwnnn so seeeet of u ???? thank u so much dear shann????vvvv ufaavehje????❤❤❤❤❤❤❤❤❤
High dear hingaa dho balamaa kaaku kuri kamehtho ????????????
Dear eysh……story is awsome?…. I guess fizaal ge soora iga e ulheny aikal…dhen aikal and layaa ulheneemarry kohgen…….ekan bust vee ma layaal ge parents fanditha hadhaani….fanditha hadhaifa aikal andhaalaani??…….☺
Luv u eysh ?
Yann dear thank u so much ???????? vvvv ufaavehje story kamudhiyaeema ???????? thihen ves hama vedhaane ??? hingaa dho balamaa vaagotheh ????????so sweet ???? luv u too dear ???????❤❤❤❤❤❤
Nice???♥♥ cover change kollaa
Lotus dear thank u so much ????????? vvvv ufaavehje story kamudhiyaeema ????????? yes dear next part ga Insha Allaah changekohllaanan ????????❤❤❤❤❤❤❤❤❤
Cover pic change kohba eysh.
Hmm, change it pls
Yann dear and Naureen dear insha Allaah next part ga cover change kohlladheynan ????????? dhekudhinnah ves vvvv bodah thanks ?????????❤❤❤❤❤❤❤
Story midhani v intresting koh and ree ah ves fennani cover pic badhal kohla e character thakaa gulhey kahala cover eh leema varah salhi vaane good luck keep going like this eysh❤❤❤??????????
Ree dear thank u so much dear ?????????? vvv ufaavehje story kamudhiyaeema ????????? yes dear next part ga insha Allaah cover change kohllan ???????? so sweeet ??????? thank u dear ??????❤❤❤❤❤❤❤❤❤❤
Vr vr rythi… I guess that night layaal ge bodubeybe maraalany akial dhw.. nd he is a jinni..
No one dear thank u so much ?????????? vvvvv ufaavehje story kiyaalaafa cmnt kohlleema and story kamudhiyaeema ?????????? thigithah ves hama vedhaane dear ?????? hingaa dho balamaa????? u r really sweeet nd thank u so much for that dear ??????? ❤❤❤❤❤❤❤❤❤
Vrh vrh salhi
Alhey eysh akial kobaatha
Vrh vrh reethi stry luv u
Gavaidhun mj stry eba kian
Nxt part ah inthjxar kuraneba
❤❤❤❤???????????????????????????????✋???
Ashko dear thank u so much ???????? vvvv ufaavrhje story kamudhiyaeema ????????Akial v thaneh eysh ah ves miulheny adhi neyngigen. Hoadhan nukune miulheny hehe ????? awwwnn haadha happy vehje gavaidhun kiyaalaathee ???????????? so sweeet of u dear ????? insha Allaah soon upkohlladheveytho try kuraanan ???????❤❤❤❤❤❤
Vaanuvaa eh neynge mihaaru, kada kada kada mi dhaagoiy..dhn biruveri vaahaka eh nooniyya konhaa haasaru thakeh dhamaakahtha biruveri scene thah genesgn…Maya akah kamaku nudhey mi vhk eh eysh dhera kuraakah noon ingey hama kada v ma kada vaahaka bunelee…okay thanks bye
Maya dear thank u so much ???? kiyamun dhaa varakun vaanuvaa ves engemun dhaane ??? yes dear story kamu nudhanyaa ves buneleema eysh ah engeynee. ?? v ufaavehje buneema. Thank u dear ???????❤❤❤❤
Masha Allah vvv loabi mi part…hama bunevey ny eysh thy one in a million a…u are the best writer forever and my favorite writer????❤❤❤❤❤????love you
Shiman dear thank u so much ???????????vvvv ufaavehje ingey dear ???????? so sweeet if u dear ?????? awwwnnnn haadha happy vehjey thihen buneema vvvvv ufaavehje ????????? alhey vvvvv ufaavehje shiman dear ge bst writer for ever ah v ma and favourite too omg ????????cant believe soooooo happy dear ???????? so sweeeet of u my dear frnd ????????mifaharu first eh nulibunu dho gina part thakah first libenee ??????? thank u so much dear for the support ???????❤❤❤❤❤❤❤
Yes change the cover pic but the story is awsome
Kitty dear thank u so much ?????????? vvvvv ufaavehje story kamudhiyaeema ????????? Insha Allaah next part ga change kohllaanan cover pic ?????????? thank u so much dear so sweet of u ????????❤❤❤❤❤❤❤❤
Cynthia ge eyshoo mi prt vx v fakkr inge ?❤❤???
Cynthia dear i just missed u. Hehe. ????????? thank u so much dear ???????? vvvv ufaavehje story kamudhiyaeema ???????????so sweeet of u ?????????❤❤❤❤❤❤❤❤❤❤❤
Masha Allah.. vvv reethi mi part ves.. this story seems really mysterious… can’t wait for the next part.. u r one of the best writer Masha Allah.. n 2 stories ehfaharaa liyeveyny v molhu v ma … n dhe story ves ehaa reethi..keep up ur hard work dear.. ???
Blackaholic dear thank u so much for the support ?????????? vvvvv ufaavehje story kamudhiyaeema ????????? awwwnnnn so happy best writer ey buneema ??????? vvvv happy vehje ?????? aslu mihaa bxy life ehga ulhemunves v hinhama jehun libey migothah vaguthu kolheh hoadhaa laigen stories thah liyelaafa upkohlleema thikahala loabi loabi readers ge faraathun libey support akee aslu stories upkohla dhevey main reason. Also vvv kuraahihva kameh hobby ehge gothun story liyumakee???????? i actually have lot to do in life but more than a career i write stories for my happiness and others too???? i have a job, family, own business to handle. But ehurihaa kameh kohfa ves time hoadhaigen liyelaafa upkohllanee mi. ??????vvvvv ufaavey thihaa supoort libeythee ???????? kura masakkaiy appreciate kuraathee hithuge adin shukuru adhaakohllan ?????????? story liyan day ehga eysh ah 45 varakah mins ves nulibey aslu. ???thank u so much dear ????????????❤❤❤❤❤❤❤❤❤❤
Woww… eysh…. this is awesomee…. curiouslii waitinn 4 the nxt prt… mishy ah s feney cvr pic chng khln..,
Mishy dear thank u so much dear ??????????? vvvvv ufaavehje story kamudhiyaeema ????????? do sweeet of y dear ?????? Insha Allaah next part ga change kohllaaanan ingey cover pic ????thank u dear??????❤❤❤❤❤❤❤❤❤
??? Vrh reethi.. Maa sha Allah…???? ubeydhu kanneynge dhw e girl ah ehn e hadhany..???? kanthah bodu meeheh dhw… Ehn ve Ekan ingigen akial kanneynge eyna e maraalanyves… ?? dhn oiyy bai ves vrh reethi koh genesdhehchey eysh…☺️??????????❤️❤️❤️❤️❤️????????
Aesh dear thank u so much dear ??????????? vvvvv ufaavehje story kamudhiyaeema ????????? do sweeet of u dear ??????so colorful and lovely cmnt ?????? hingaa dho balamaa kaakuge kameh tho ???????hehe. Thihenves hama vedhaane ??????Insha Allaah i will try my best ingey ????thank u so much my dear frnd ??????❤❤❤❤❤❤❤❤❤
Excuse me.. who comented n said to change the covr pic with my name.. Thats not me.. BTW, story v nice ingey sis.. koba tha boy kujja.. Esoru dhw uncl maraalee.. ehenve annan nukerigen e ulhenee.. but pls pls aneh boy kujjaa aa nugulhuvaathi.. i like the mystry guy
My sweeet siss eysh ah heeviyey dear noon hen eiee ??????? dhen eysh ah ves mihaa dhuvas vaairu engeyne dho sissy ?????? thank u so much sis??????? vvvv ufaavehje story kamudhiyaeema ?????? hingaa dho balamaa vaagotheh ???????? hehe. Lets c dho kaakahthoa libeny ???????? so sweeet sissy thank u so much ???????❤❤❤❤❤❤❤❤❤❤❤??
Wowwwwww ?????… Maasha Allah mi part vx haadha reehchey ❤️❤️❤️❤️????????????????????… Eysh haadha molhey Maasha Allah ????????… Story hama superb ????… N kurin pinky shifoo ge namuga e comment kury alhugadeh noon ingey eysh… I’m the one who comments colourfully ????… Eysh ge hurihaa story vx v v v v reethi ❤️❤️❤️❤️… N cover pic vx hama v v v reethi ????????????…
Don’t take this negatively, but eysh ge writing style varah salhi ekam story ehaa ehaa ennoon. This legit seems like it’ll have the same plot as some other dhivehi book I read a while ago. (Don’t remember the name of the book.) PS. I’m not implying that you plagiarized someone else’s work.?
hmmm twilight dho……….hehe
Awwewn eysh story hama habeys i love this. Cover dhw badhaliu kohba ekam jake lahchey
Wow! Varah furihama??
Rodha mahah medhukadaalane tha???
Waiting for next part…..
Masha Allah! Haadha reehchey story?????
Varah furihama????
Eysh Haadha molhey vaahaka liyan?????
Mi vaahaka kiyany varah kiyaa hithun?????
Koirakun next part up vany?
Waiting for next part
Anehka kykey baa dhw eyna mom ah dheyny… Marry ah ehbas vaany kaneynge dhw… V rythi mibaives… V kiyaahithun mihury anehbaives… V ves furihamaey buneveyny khonme baehves…
Masha Allah vvvvvvv rythi mi partvx eysh dhoonee ????? Hama buneleveyny obiness to the maxxxx ey N ur the one n only best writer for me..N 2 storyvx hama vvvvvv salhi.. Keep it up dear lysm n miss u….??????????
layaamen geah evathee layaage bodubeybehen v heeveakial ey insaaneh noonkan yageen
ehenveema layaa ge bodubeybe maraalee akial dho
ey eyna gaathah rulhi aii
ginning ge oi ey
ekam keehvebaa akial nufennanee mihaaru
lets see dho
layaa dheynee kon javaabeh baa
Story is just mind blowing….❤️❤️Eysh dhooni how can I talk to u… Wants to be your friend… Email kihineh hadhan v???
Maasha allah vvvvvv salhi ingey mi baives. Hama.super. adhi emme.salhi kamakee adhives hama readers ah guess kollanves neyngeythee.. ae asku writer ge molhukan. Vaahakaige feshumuga vaahakaige nimun ais vaahakaiga vaane goiy inguneema dhen keehkuran evaahaka ithurah kuriah gendhanveekee beykaaru masahkathennu. So migothah vaanee kihinehbaa ey hithah araafa thibeythee maa interesting.. dhen komme meehakee thafaathu meeheh namaves komme 2 meehehgeves hurey ehgoiy sifathakeh.. ehenveema hama thafaathu 2 vaahaka ehgaves huredhaane ehgoiy kanthahthakeh.. vaahakaige feshun kiyaalaafa neyngidhaane judge kollan. Mi vaahaka akee hama molhu reethi vaahaka ekey me bunaanee thafaathu style ge ethah vaahaka eh kiyaafaivaa adhi kiyaahiyvaa neehehge haisiyyathun . Saabahey my dear.. hiyvaraaekee kuriah dhey.. insha allah dhuvahakajvure dhuvaheh dhaanee kuriaramun kaamiyaabu libemun love you my dear..
Alhe eysh????? kureeege part ge comment ah reply eh kohdheeba❤❤❤❤❤❤❤❤❤❤❤ Alhe Mee horror story eh tha eysh???????? faadakah biru ganey eba????????? anyways story reethi❤❤❤
❤❤❤ماشاء الله❤❤❤
?????? please eysh, maa bodah biruveri nukurahche??????????? All the best????????????❤❤❤❤❤❤ Love you???????????
Superb???
Eysh dhooni haadha thafaathu story akey dhoo akamuves haadha reechey mi story ves haadha kiyaahiveyey. Eysh dhooni thikuraahivara thikuraa bura masakatha hama saabahey ahaaves maashaa allah molhu kujjethi. Keepit up my lovely eysh dhooni. V v v loabivey ummmmmmmmmah.
Masha Allah v v reethi mi story ☺ v v tafaathu story ey dhw ☺☺☺☺
Eysh dhooni mihaaru kihiney tha?
Axy ah v lahun dhw mi Comment kohllevuney ? ? ? ? ? ?
Eysh dhooni good luck ??????????????
Mi vahaka yah hadha inthizaru kurevihjeay v reethi mibaives love you bodukoh ❤ ❤ ❤ ???
Twilight ge idea nagaafa tha? Miadhu adhi mi vaahaka kiyan feshy.. V salhi :*
facebook id dheeba eysh loabikolhu love u <3
Nothing to say…..????
Next part konirakun tha up vaany?
Ehaa las nukurahchey varah kiyaa hithun indhaa thi ninmaalee ves ?
Waiting….?????????????❤❤❤❤❤❤❤❤❤
Vvvv reethi
Please next part up kh ladheeba
❤️❤️❤️❤️
Twilight front page haa. Aslu front page a attract vegen story kiyan mi nimee