Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 6

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 13, 2018 7 Mins Read
28 Comments

ލިޝާން އާއި އިފާން އެމީހުން ގެނައި ކާއެއްޗެހިތައް މޭޒު މަތީގައި ބެހެއްޓިއެވެ. އަދި ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. ” ހާދަ ލަހަކުންނޭ ތި އާދެވުނީ ” ޔޫހާން އަހާލިއެވެ. ” ލަސްވާނެ އެއްނު މި ފާން ރިފޫ ފެނުނީމަ ހުއްޓުން އަރަންޔާ… ދެންމެވެސް ކޯކު ތަށީގަވެސް ރިފޫގެ އަތުގަ އާ އެއްކޮށް ހިފީ… އަހަރުން ގޮސް ބޮނޑިއެއް އެޅީމަ އިނގުނީ ކޯކު ތަށިން އަތް ނައްޓުވާލަން… ” ޔައިޝް އެހުރިހާ އެއްޗެއް ކީިއިރު  އިފާންް އޭނައަށް ބަލަހައްޓައިގެން އިނެވެ. ” މަގޭ ވާހަކަ ކިޔާ ނިމުނީތަ؟؟ މަ ކިޔައިދީފާނަމޭ ޔައިއަށް ޝައު ފެނުނީމަ ވާގޮތް.. މިރޭ ތައްޓަށް ފްރައިޑް ރައިސް އަޅަން ހުއްޓަ ޝައު ފެނުނީ… ދެން ނޭނގުން އެހެން ދިމާލެއް ބަލައިލަންވެސް… ކިރިޔާ ބަތް ސަމްސާވެސް ތަށިން ބޭރަށް އަޅާނުލީ…. ” އިފާންގެ ވާހަކަތައް އަޑުއަހައިފާ ޔޫހާން އާއި ލިޝާން އިނީ ހީލަހީލައެވެ. ” އޭ ދެން ވާހަކަ ދައްކާނީ ކާނެ އެއްޗެއް ހިފައިގެން އައިއްސަ… ޔޫންއަށްވެސް މިރޭ އެކަހަލަ ކަމެއް ދިމާވިއޭ… ދޯ.. މަ އައިއްސަ ކިޔައިދޭނަން… ” ލިޝާން އެހެން ބުނުމުން ދެން ސަލާމަތެއް ނެތްކަން ޔޫހާންއަށް އިނގުނެވެ. އިފާން އަވަހަށް އަންނައްޗޭ ބުނުމުން އެދެމީހުން ގޮސް ކާއެއްޗެހި ބަހައްޓާފައިވި ބަޔަށް ވަނެވެ.                                                 ތައްޓަކަށް ކުކުޅު މަސްކޮޅަކާއި ނޫޑުލީސް ކޮޅެއް ލައިގެން ހިނގާފައި އައި އާފިޔާގެ ގައިގައި މީހަކު ޖެހުނެވެ. އޭނަ އަތުގައި ހުރި ތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. ލިޝާން އާއި ވާހަކަ ދައްކަމުން އައުމުގެ ސަބަބުން ޔޫހާންއަށް ވަށައިގެންވި މާހައުލަށް ސަމާލުކަމެއް ނުދެވުނެވެ. އެހެންވުމުގެ ސަބަބުން އޭނައަށް ކުރިމަތިން އައި އާފިޔާ ނުފެނުނީއެވެ. އާފިޔާވެސް އައީ ތައްޓަށް ނަޒަރު ހުއްޓައިލައިގެން ކަމުން އޭނައަށްވެސް އެ މީހުން ލޮލުގައި އަޅައެއްނުގަތެވެ. ސިހިފައި އިސްއުފުލާ ބަލައިލި އާފިޔާއަށް ޔޫހާންގެ ސޫރަ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ޔޫހާން ފެނުނީއްސުރެ އޭނަގެ ސިކުނޑީގައި ވަނީ ވަރަށް ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނަގެ ހިތް ބުނަނީ އޭނައަށް ހީވާ ހީވުމަކީ ތެދެއްކަމުގައެވެ. އެހެނަސް އޭނަގެ ސިކުނޑި އެކަމާ އެއްބަސްވާ ގޮތެއްނުވެއެވެ. އޭނަގެ ސިކުނޑި އޭނައަށް ވިސްނައިދެނީ އެއީ އޭނައަށް ހީވާ ހީވުމެއްކަމުގައެވެ. އެހެނަސް ޔޫހާންގެ ދެލޮލަށް ބަލާލުމުން އޭނަގެ ހިތް އެ ވިސްނުމާ ދެކޮޅު ހަދައެވެ. ޔޫހާންގެ ސޫރަ ފެނުމުން އޭނައަށް ސިފަވަނީ އެހެން މީހެކެވެ. އެ މޫނުމަތިން އޭނައަށް ޔޫހާން އެހެން މީހަކާ ހާދަ ވައްތަރުވެއެވެ. އެ ހިނގުމާ ފެންނަމުންދާ ސިފަތަކުން އޭނައަށް ބޮޑަށް ބުރަވެވެނީ އޭނަގެ ހިތް ބުނަމުންދާ ގޮތަށެވެ. ” ދައްތާާ… ދައްތާ…” އާފިޔާއަށް ހޭވެރިކަންވީ ޔޫހާން ދެފަހަރަށް ގޮވާލުމުންނެވެ. ” ދައްތާ… ސޮރީ… އަޅުގަނޑަށް ނުބަލާ އާދެވުނީމަ… ދައްތައަށް ތަދުވިތަ؟؟؟ ” ޔޫހާން އެހެން އަހާލުމުން ތަދު ނުވާކަމަށް އާފިޔާ ބުންޏެވެ. އަދި އެހެންވީ އޭނަވެސް ނުބަލާ ހިނގުމުން ކަމަށް ބުންޏެވެ. އާފިޔާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ޔޫހާން އާއި ލިޝާން ތަށިތައް ކައިރިއަށް މިސްރާބު ޖެހިއެވެ. ނޫޑުލީސް ކޮޅެއް ބަލައިދިޔަ އާފިޔާގެ ހަބަރެއް ނުވުމުން އެންމެ ފަހުން ރިޝްފާ އިންތަނުން ތެދުވެ އާފިޔާ ކޮބައިތޯ ބަލާލަން ދިޔައެވެ. ” މަންމާ… މަންމާ… ” ޔޫހާންއަށް ނަޒަރު ހުއްޓާލައިގެންހުރި އާފިޔާ ސިހިފައި ފަހަތަށް ބަލައިލީ އޭނަގެ ކޮނޑުގައި ރިޝްފާ އަތް ބާއްވާލުމަށްފަހު ދެފަހަރަކު ގޮވާލުމުންނެވެ. ” ކި… ކީކޭ ދަރިފުޅާ… ” އަޅައަޅައިގަންނަމުން އާފިޔާ ވާހަކަ ދެއްކިއެވެ. ” މަންމާ ކިހިނެއްވެފަތަ މިތާ ތިހުރީ؟؟؟ މިހާރު ކިހާ އިރެއް ނޫޑްލީސް ބަލައި އައިއްސަ… މަންމަ އެކުއްޖާއަށް މާ ވަރަކަށް ތި ބަލަނީ ކިހިނެއްވީ؟؟ އެއީ މިރަށު ކުއްޖެއް ނޫން ދޯ؟؟؟ ވަރަށް ގިނައިން ގޭ ކައިރިން ފެނޭ… ” ރިޝްފާ ހުރިހާ އެއްޗެއް އެއްފަހަރާ އަހާލިއެވެ. ”މަންމަ ނިކުންނަނިކޮށް އެކުއްޖާ ގައިގަ ޖެހުނީ.. އެއީ ފަހީމާއްތަ މެންގޭ ލިޝާންގެ ރައްޓެހި ކުއްޖެއް… ރިފޫ ގެވެސް ރައްޓެއްސެއް މިހާރު… ފަހީމާއްތަ މެންގޭގަ އުޅެނީ… ” ފަހީމާ ރިޝްފާއަށް އޮޅުންފިލުވައިދިނެވެ. އަދި އަވަހަށް ހިނގާށޭ ބުނެ އެތަނުން ނިކުތެވެ.                                   އެއްޗެހި ހިފައިގެން އައިސް ޔޫހާން ކެއުމައިގެން ކުރިޔަށް ދިޔައެވެ. އޭރު ލިޝާން ދިޔައީ މިރޭ އައިލީން ފެނުމުން އޭނައަށް ވީގޮތް ކިޔައިދެމުންންނެވެ. ޔައިޝް އާއި އިފާން އޭނައާ ވަރަށްދިމާކުރިއެވެ. އެކިއެކި ވާހަކައިގައި ތިބެ އެމީހުން ކައި ނިންމާލިއެވެ. ކައި ނިންމާލުމަށްފަހު އެމީހުން މިސްރާބު ޖެހީ އަޔާޒު ކައިރިއަށް ދިއުމަށެވެ.                                               އައިލީން އާއި އޭނަގެ އެކުވެރިންވެސް އެކި ވާހަކައިގައި ތިބެ ކެއުމައިގެން ކުރިއަށް ދިޔައެވެ. ޝައުނާއަށް އެއްލި ކަޅިއަކުން އެމީހުން ތިބި މޭޒު ކައިރިން ލައިފައި ހިނގައިފައި ދިޔަ ޔާފިއު ފެނުނެވެ. އޭނަގެ ދާދި ގާތުގައި އަންހެން ކުއްޖަކުވެސް ހުއްޓެވެ. ޔާފިއު އެނގުނު ނަަމަވެސް އެ ތަނުގައިވި ފަޑު އަލިންނާއި އެކުއްޖާގެ މޫނު ރަނގަޅަށް ނުފެނުމުގެ ސަބަބުން އެއީ ކާކުކަން ޝައުނާއަކަށް ޔަގީނެއްނުވިއެވެ. ފަހަތުން ވައްތަރުވަނީ އިބާ އާއެވެ. ޔާފިއުއަށް ގޮވާލަން ހިތަށް އަރާފާވެސް އަޅާނުލީއެވެ. ” ރިފޫ… ވަރަށް އަވަހަށް ފަހަތް ބަލައިލަބަލަ… ޔާފިއު އާއެކު އެ ދަނީ ކާކުކަން އިނގޭތަ؟ ” ޝައުނާ އެހެން ބުނުމާއެކު ރިފްޝާ އަވަހަށް ފަސްއެނބުރި ބަލައިލިއެވެ. ” ހީވަނީ އިބާހެން… ޔަގީނެއް ނޫން އެކަމް ވަރަށް ވައްތަރު… ” ރިފްޝާ އޭނައަށް ހީވާގޮތް ބުނުމުން އައިލީންވެސް ބަލައިލުމަށްފަހު އޭނައަށްވެސް ހީވަނީ އެއީ އިބާ ހެން ކަމުގައި ބުންޏެވެ. ” މިރޭ އަހަރެން ގޮތެއް ނިންމާނަން… ޔާފިއު ބޭނުންހާ ގޮތަކަށް ގެންގުޅެން ހުރި މީހެެއް ނޫން އަހަރެން މީ.. ވާހާ ދުވަހު ކެތްކުރެވިއްޖެ..” ޝަައުނާ އައިރުޅީގައި ބުންޏެވެ. އޭނާ މިރޭ ކޮންމެވެސް އެއްގޮތެއް ނިންމާނެއެވެ. ޔާފިއު އޭނަ އާއެކު އުޅެން ބޭނުންނަމަ ޔާފިއު ޖެހޭނީ މިހާރު އެ އުޅޭއުޅުން ދޫކޮށްލާާށެވެ. އައިލީން އާއި ރިފްޝާ ޝައުނާގެ އަތުގައި އެމީހުންގެ އަތް ބާއްވާލަމުން ހިތްވަރު ދޭފަދައިން ބޯޖަހާލިއެވެ. ޝައުނާ އެދެ މީހުންނަށްވެސް ހިނިތުންވެލިއެވެ. އެކި ވާހަކަ ތަކުގައި ތިބެ އެމީހުން ކައި ނިންމާލިއެވެ. ކައި ނިންމާލިތަނާއި އައިލީންއަށް އައިހަމްގެ ފޯނެއް އައެވެ.  ” ހަލޯ… ދޮންބޭ… ކިހިނެއްވީ؟ ” އައިލީން ފޯނު ނަގަމުން ވާހަކަ ދެއްކިއެވެ. ” އައިލީ… އާދެބަލަ އަޔާބެމެން ތިބި ތަނަށް.. ވަރަށް ހާއްސަ ކަމެއް އެބޭތޯ އަޔާބެ ބުނީ… ބޭންޑް އެބަ ވަރަށް ތައްޔާރުވޭ… ”އައިހަމް އެހެން ބުނުމުން މިދަނީ ކަމުގައި ބުނެ އައިލީން ފޯނު ކަނޑާލިއެވެ.                           ކަންފަތުގައި ހަރުކުރެވިފައިވި އިއާ މައިކްރޯފޯނު ރަނގަޅުކޮށްލަމުން ޔޫހާން އޭނަގެ އަތަށް ގިޓާ ހެޔޮވަރުކޮށްލިއެވެ. އޭނާ ގިޓާގެ ނަރުތަކާއި ކުޅެލުމާއެކު ރީތި މިއުޒިކެއްގެ އަޑު އިވިގެން ދިޔައެވެ. ބޭންޑްގެ އެހެން މީހުންވެސް ފަރުވާތެރި ކަމާއެކު އެމީހެއްގެ އިންސްޓުރޫމެންޓް ކެޅެން ފެށިއެވެ. ކާާންތިބި ގިނަ ބައެއްގެ ނަޒަރު އެދިމާލަށް ހުއްޓިފައިވީ އިރު ކައި ނިންމާލުމަށްފަހު ގެއަށް ދާން ނުކުއިން މީހުންވެސް އެތަނުގައި މަޑުކުރިއެވެ. ގިޓާ ކުޅެމުން ދިޔަ ޔޫހާން ދިޔައީ އިރުއިރުކޮޅުން ފަރާތް ފަރާތައް ބަލަމުންނެވެ. އޭނަގެ ދެ ލޯ ހޯދަމުން ދިޔައީ އައިލީންއެވެ. އެއްލި ކަޅިއަކުން އޭނައަށް އެތަނަށް އައިސް ހުއްޓުނު އައިލީން ފެނުނެވެ. އެ ވަގުތަކީ އައިލީންވެސް އޭނައަށް ބަލައިލި ވަގުތެވެ.                               ** ހިތް އަވަސް ވާގޮތް ވިޔޭ ** ބާރު ދޫވާ ގޮތްވިޔޭ ** މޭ ތެޅޭހެން ހީވިޔޭ ** ވާގޮތެއް ވެސް ނޭނގެޔޭ ** ލޯބިވާހެން ހީވަނިއްޔޭ ** މަޑުމަޑުން ހިތް ލެބެނިއްޔޭ ** ހިތް އަވަސް ވާގޮތް ވިޔޭ ** ބާރު ދޫވާ ގޮތްވިޔޭ ** އައިލީން އާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ ޔޫހާން މިއުޒިކާ އެއްވަރަށް ލަވަ ކިތަން ފެށިއެވެ. ޔޫހާންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރި އައިލީންއަށް އެބަސް ތަކަކަކީ ޔޫހާން އޭނައަށް ރައްދުކުރާ ބަސްތަކެއްކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އެ ދެ ލޮލުން އޭނައަށް ބުނެދެނީ ހަމަ އެ ވާހަކަތަކެވެ. ފަރިތަކަމާ އެކު ގިޓާ ކުޅެމުން ދިޔަ ޔޫހާންއަށް އެތައް ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެ ފިރިހެންވަންތަ ރީތި އަޑަށް އެންމެންވެސް ދިޔައީ ތައުރީފު ކުރަމުންނެވެ. ގިޓާ ކުޅެމުން ދިޔައިރުވެސް އޭނާ ދޭތެރެ ދޭތެރެއިން އައިލީންއަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކުވެސް އައިލީންގެ ނަޒަރު ސީދާވެފައި ހުންނަނީ ޔޫހާން އަށެވެ.                                         އެއޮތް ހުރިހާ އިރު އިފާން އާއި ރިފްޝާވެސް ތިބީ އެކަކު އަނެކަކަށް ގެއްލިފައެވެ. ޔައިޝްގެ ނަޒަރު ޝައުނާށް ހުއްޓިފައިވި ނަމަވެސް ޝައުނާގެ ނަޒަރު ހުއްޓިފައިވަނީ ބޭންޑްގެ ކުރިމަތީގައި ކަޕުލް ޑާންސް ކުރަމުންދިޔަ ޔާފިއު އާއި އިބާއަށެވެ. އޭރު އެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ.  ޔާފިއު އޭނަދެކެ ލޯބިވާނަމަ މިއަދު އިބާ އެހުރި ޖާގައިގަ ހުންނާނީ އޭނައެވެ. ޔާފިއު އޭނަދެކެ ހަޤީޤީ ލޯބި ވާާނަމަ އޭނަ ހުއްޓާ އެހެން އަންހެން ކުއްޖަކާއެކު ނުނަށާނެ ނޫން ހެއްޔެވެ؟ ހިތަށް ވެރިވި ހިޔާލުތަކުން ލޮލަށް ޖަމާާވެފައިވި ކަރުނަތަކެއް އޭނައަކަށް އިތުރަކަށް ނުހިފޭއްޓުނެވެ. އެއްވެސް އިހްތިޔާރަކާއި ނުލާ އެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ޝައުނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ސިހިގެން ދިޔައީ ދެލޯ ހުޅުވާލިއިރު ޔައިޝް އޭނަގެ ކުރިމަތީގައި އަތް ދިއްކޮށްގެން ހުރުމުންނެވެ. ” ވިލް ޔޫ ޕްލީޒް ޑާންސް ވިތް މީ ” ހިނިތުންވެލަމުން އުއްމީދުން ފުރިވެގެންވާފަދައިން ޔައިޝް އަހާލިއެވެ. ޝައުނާ ޔައިޝްގެ އަތަށް ބަލައިލިއެވެ. އެއަށްފަހު އިބާ އަށާއި ޔާފިއުއަށް ބަލައިލިއެވެ. އޭރު އަނެއްކާވެސް އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ހޯސްލައިފައި ކަރުނަތައް ފައިބައި ގަތުމާއެކު ޝައުނާ އޭނަގެ އަތުން އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. އަދި ތުރުތުރު އަޅަމުންދިޔަ އަތް ނަގައި ޔައިޝްގެ އަތް މަތީ ބާއްވައިލިއެވެ. އެއަށްފަހު ކަރުނަވީ ދެލޮލުންް ޔައިޝްއަށް ބަލައިލިއެވެ. އެ ބޮޑު ދެލޮލުގައިވި ކަރުނަތައް ފެނި ޔައިޝްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އެ ދެލޮލުގައިވި ހިތާމަ އާއި ވޭން ވަރަށް ރަނގަޅަށް ޔައިޝްއަށް ފެނުނެވެ. ޔައިޝް ޝައުނާގެ އަތަށް ފިތާާލަމުން ގޮސް ކަޕްލް ޑާންސް ކުރުމުގައި ބައިވެރިވިއެވެ. އިރުއިރުކޮޅުން އޭރުވެސް ޝައުނާ ޔާފިއުއަށް ބަލާލައެވެ. ޔައިޝްގެ ހިތްހީވަނީ ކުދިކުދި ވެދާނެހެންނެވެ. އޭރު ވަރަށް ގިނަ ކުދިން ވަނީ ކަޕުލް ޑާންސް ކުރުމުގައި ބައިވެރިވެފައެވެ. ރިފްޝާ އާއި އިފާންވެސް މެއެވެ.                                   ** މާޒީގެ ކުލަތައް ހިތުންް ދަނީ ** ކުރެވުނުހާ އިހުސާސް ބަދަލްވަނީ ** އާރާގެއްގެ ދިރުން މިހިތަށް ގެނެސްދެނީ ** އާ ހުވަފެން ތަކަކުން މިހިތަށް އުފާ ދެނީ ** ޔޫހާން އޭނަގެ ފިރިހެން ވަންތަ އަޑުން ވަރަށް ފުރިހަމައަށް ލަވަ ކިޔަމުން ގެންދިޔައެވެ. ** ގެއްލިފާ ނިދިވެސް ވަނީ ** ހާލު ބުނެދޭ ހިތްވަނީ ** އިންތިޒާރޭ ކުރެވެނީ ** ހިތް މަގޭ ކުދިކުދި ވަނީ ** އިންތިހާޔަށް ލޯބި ވެވުނީ ** މަސްތުގައި މި ހިތޭ ޖެހުނީ ** ހިތް އަވަސް ވާގޮތް ވިޔޭ ** ބާރު ދޫވާ ގޮތް ވިޔޭ ** ފަސްއެނބުރި އައިލީންއަށް ބަލައިލަމުން ދެން ޔޫހާން އިއްވާލި ބަސްތަކުން އައިލީން އަށް ބަޔާންކުރަން ދަތި އުފަލެއް ލިބުނެވެ. ޔޫހާން ހަމަ އަސްލުވެސް އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެން ނޫންނަމަ އަހަންނާއި ދިމާލަށް ބަލާާލަމުން އެހެން ބުނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހިތާހިތާ އައިލީން ކިޔަމުން ދިޔައެވެ.                                       އެބަސްތައް ޔޫހާންގެ ދުލުން އިވުނު ނަމަވެސް އެބަސްތަކަކީ އެވަގުތު އެތަނުގައި ތިބި އެތައް ބަޔަކު އެކަކު އަނެކަކަށް ބުނެލަން ބޭނުންވި ބަސްތަކެކެވެ. އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ކަޕުލް ޑާންސް ކުރަމުން ދިޔަ ރިފްޝާ އާއި އިފާންގެ ހިތުގައިވެސް އެ ބަސްތައް ވެއެވެ. ޔައިޝްގެ ހިތްވެސް ގޮވަމުން ދިޔައީ އޭނަގެ ދުލުން ޝައުނާއަށް އެބަސްތައް އިއްވާލުމަށެވެ. އެހެނަސް އޭނައަށް އެ ހިތްވަރެއް ނުލިބުނެވެ. ދުލުން ބަޔާން ނުކުރެވުނު ނަމަވެސް އޭނަ ދިޔައީ އޭނަގެ ދެލޮލުން އެ ވާހަކަތައް ބުނެދެމުންނެވެ. އެންމެ ފަހަރަކު ނަމަވެސް ޝައުނާ އޭނަ އާ ހަތަރު ކަޅި ހަމަކޮށްލަމުން ބަލާލާާނެނަމަ އެކަން ޝައުނާއަށް އިނގުނީހެވެ. ގިނަ ވަގުތު ޝައުނާގެ ނަޒަރު ހުއްޓިފައިވަނީ ޔާފިއު އާއި އިބާއަށެވެ. ނޫނީ ކޮންމެވެސް އެހެން ދިމާލަކަށެވެ. އެންމެ ފަހަރަކުވެސް އޭނަ ޔައިޝްއަކަށް ބަލައެއްނުލައެވެ. މިކަމުގެ ސަބަބުން ޔައިޝްގެ ހިތަށް ދިޔައީ އިތުރަށް ތަދުވަމުންނެވެ.                           ޔޫހާން ގިޓާ ކުޅެމުން ދިޔަލެއް ފުރިހަމަކަމުން މީހުން ތިބީ ހައިރާންވެފައެވެ. ގިޓާ ކުޅެލުމަށްފަހު ކައިރީގައި ހުރި ލިޝާން އާއި ގިޓާ ހަވާލުކުރިއެވެ. ޔޫހާން ގޮސް އައިލީންގެ އަތުގަ ހިފާލަމުން އިއްވާލީ އެ މަންޒަރާ ނުހަނު ގުޅޭ ބަސްތަކެކެވެ. ** ހިފުނީމާ އަތުގައި ރުހޭނެބާ ** ކަޕުލް ޑާންސް ކުރާ ތަނަށް ގޮސް އައިލީންގެ އުނަގަނޑުގައި އެއް އަތުން ވަށާލައިގެން ހުރެ އަނެއް އަތް އައިލީންގެ ހިމަ އިނގިލިތަކަށް މަހާލައިގެން ހުރެ ކަޕުލް ޑާންސް ކުރަމުން ލަވަ ކިޔުމައިގެން ޔޫހާން ކުރިއަށް ދިޔައެވެ. ** ސިހުނީހެން ހީވީ އެ ކީއްވެބާ ** ހިނިތުންވާ މަންޒަރު ފެނިގެން ނުދާނެބާ ** ތިޔަ ލޮއެބައް އެދެނީ  މިވަރަށް އެ ކީއްވެބާ ** ޔޫހާންގެ ލޮލުން އެބަސްތައް ރައްދުވެގެންދަނީ  އައިލީން އަށް ކަން އައިލީންއަށް އިނގުނެވެ. ޔޫހާން އާއި އެހާ ގާތުގައިވުމުން އޭރު އައިލީންގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ހިތް ނިކުމެދާނެ ހެންނެވެ. އެންމެ ފަހުން އައިލީން އޭނާގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭނެހެން ހީވުމުން ދާންވެގެން ފަސްއެނބުރި ހިނގައިގަން ވަގުތު ޔޫހާން އޭނަގެ އަތުގައި ހިފހެއްޓުމުން އައިލީން ފަސްއެނބުރި ބަލާލިއެވެ. އެއާއެކު ދެން ޔޫހާން އޭނަގެ ދުލުން އިއްވާލަދިނީ އައިލީންވެސް ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެކެވެ. ** ލޯ މަތިން ގެއްލޭނެ ބާ ** މިލްކަކަށް ނުވެ ދާނެބާ ** ހިތް އެދޭ ގޮތް ވާނެބާ ** ހިތް އުފާކޮށްދޭނެ ބާ ** އަސްލުގައިވެސް ލޯބިވޭ ބާ ** ޝައްކުގައި ހުންނަންވީބާ ** ޔޫހާން އާއި ހަތަރު ކަޅި ހަމަކޮށްގެން ހުރި އިރު އެ ސުވާލުތަކަކީ ޔޫހާންވެސް އޭނައަށް ކުރަމުންދާ ސުވާލުތަކެއްކަން އައިލީންއަށް އެނގުނެވެ. ** ހިތް އަވަސް ވާގޮތް ވިޔޭ ** ބާރު ދޫވާ ގޮތް ވިޔޭ ** ހިތް އަވަސް ވާގޮތް ވިޔޭ ** ބާރު ދޫވާ ގޮތް ވިޔޭ ** ލަވައިގެ އެންމެ ފަހު ތަންކޮޅުވެސް ޔޫހާން ކިޔާލީ ހަމަ އެހެން އައިލީންގެ އަތުގައި ހިފައިގެން ހުރެއެވެ. ދެމީހުންގެ ހިތުގައިވެސް ޖަޒުބާތުތައް އުތުރި އަރަނީއެވެ. އެކަކު އަނެކަކުގެ ހިތުގައި އަނެކާއަށް އޮތް ފުން ލޯބި ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ލޮލުން ހާމަވިއެވެ. ކޮންމެ މީހެއްގެ ހިތަށްވެސް ވަނީ ބަޔާންކުރަން ނޭނގޭފަދަ އުފަލެއް ލިބިފއެވެ.                                           ރިފްޝާ އާއި އިފާންގެ ހާލަކީވެސް އެއީއެވެ. ދެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ދިޔައީ ވިންދު ޖަހަމުންނެވެ. ކޮންމެ މީހެއްގެ ދެލޮލުންވެސް ދިޔައީ އެކަން ޔަަގީންކޮށްދެމުންނެވެ. އެހައި ކައިރީގައި ހުރި އިރުވެސް ޝައުނާގެ ފަރާތުން އެއްވެސް ސަމާލުކަމެއް ނުލިބުމުން ޔައިޝް ހުރީ ވަރަށް މާޔޫސްވެފައެވެ. އެންމެ ފަހަރަކު ނަމަވެސް ޝައުނާ ޔައިޝްގެ ދެލޮލަށް ބަލައިލާނަމަ އެ ހިތުގައި ޝައުނާއަށްޓަކައިވި ފުން ލޯބި ފެންނާނެއެވެ. އެހެނަސް ޝައުނާ ހުރީ ޔާފިއުގެ ހިޔާލަށް ގެއްލިފައެވެ.                                     އެންމެނަށްވެސް އަމިއްލަ ދުނިޔެއިން ނިކުމެވުނީ ޕާޓީގައި ތިބި މީހުންގެ އަތްތިލަ ބަޑީގެ އަޑަށެވެ. އެކަކު އަނެކަކާ ދުރުވެލަމުން ކޮންމެ މީހަކުވެސް ހަމަޖެހެވޭތޯ ބެލިއެވެ. އެންމެންގެ ތައުރީފުގެ ބަސްތައް އެންމެ ބޮޑަށް ރައްދުވީ ޔޫހާންއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް (8)

Next

” ލޯބި ވީމޭ ސިއްރު ސިއްރުން…..”

Next
May 13, 2018

” ލޯބި ވީމޭ ސިއްރު ސިއްރުން…..”

Previews
May 13, 2018

ތިޔަ ލޯތްބާ ދުރަށް (8)

28 Comments!

  1. Shiman says:
    May 13, 2018 at 9:27 am

    Yey me first

    1. Shiman says:
      May 13, 2018 at 10:21 am

      Masha Allah mi part hama vvv reethi❤❤??

    2. Ifoo ifoo says:
      May 13, 2018 at 10:25 am

      Mifaharu vx Shiman first ????… Heheh…

    3. Ifoo ifoo says:
      May 17, 2018 at 12:54 pm

      thankyou sooo much Shiman ❤❤❤??????… v v v ufaavey story kiyaalaafa comment kohlaathy ??????❤❤❤??… next part submit kohlaifinn…

  2. Ifoo ifoo says:
    May 13, 2018 at 9:35 am

    Salaam all ????????????????????❤️❤️❤️❤️????… So here is the 6th part…. Hope u guys will like this part too ????… Waiting for the comments ????… Thank you soooooo much for the support ❤️❤️❤️❤️??????????????????????

  3. lotus says:
    May 13, 2018 at 9:38 am

    Alhey haadha kiyaa hivvaa hisaabakun thinimmaalee

    1. Ifoo ifoo says:
      May 17, 2018 at 12:51 pm

      heheheh???… thankyou so much lotus ???❤❤❤… v v v ufaavey knme partehgavx lotus ge comment fennaathy ????????????❤❤❤?? … next part submit kohlaifinn

  4. sheen says:
    May 13, 2018 at 9:39 am

    1St eh noonthq mifaharuves

    1. Ifoo ifoo says:
      May 17, 2018 at 12:56 pm

      Mifaharu sheen 3rd … dhen faharakun 1st hodhaanee dhw ???❤❤❤

  5. sheen says:
    May 13, 2018 at 9:43 am

    Maasha allah mi baives vvvv salhi.. alhey yaish ah mivaa gothakun dheravanee.. shauna ves dhen vejennu dhw e yaafiu eh dhookohlan. Pis pis dhen hama eyna ulhey goiy balabalaafa dheravumuge beynumeh kobaa nulaahiku loabi meeheh hutta..

    1. Ifoo ifoo says:
      May 17, 2018 at 1:02 pm

      heheh???… thedhu vaahakaeh sheen thibuny???… loabivaa meehaku huhta keehkuran dhw ???… ekam shauna loabivanee yaafiu dheke ey… ifoo aslu v dheravey yaish ah mihen hadhan bt keehkuraanee dhw… v v v ufaavehje mi part vx sheen ah kamudhiyaima ???❤❤❤???… mihaaru knme part akunvx sheen ge loabi commenteh fennaathy ifoo v v v ufaavey ??????❤❤❤?????????… thankyou soooo much dear sheen ❤❤❤??????????????????… next part submit kohlaifin..

  6. Shaaa... says:
    May 13, 2018 at 10:01 am

    Wow v reethi.. when next part..

    1. Ifoo ifoo says:
      May 17, 2018 at 1:05 pm

      Thankyou so much Shaaa… ???❤❤❤???… v v ufaavehje story reethi vyma ??????.. next part submit kohlaifinn..

  7. Rishy says:
    May 13, 2018 at 10:04 am

    Wowwwwwwww…????? varah kiyaa hithun hutta a nominee…??? sad dhww… haadha reechey mi part vx..❤❤❤❤. heevee hama manzaruthah kurimathin sifavaahen?? ?? … konirakun next part?

    1. Rishy says:
      May 13, 2018 at 10:06 am

      Nimunee*

    2. Ifoo ifoo says:
      May 17, 2018 at 1:12 pm

      Rishy ???… thankyou sooooo much ❤❤❤???????????? v v v ufaavehje rishy ah story reethi v ma ??????❤❤❤… manzaruthah sifavaahen heevehjihyaa ifoo hihama jehey varah story genesdhevihje ????????… ifoo beynunvey readers ah manzaruthah sifakohdheyn v furihama ah ??????❤❤❤?????????… v v ufaavehje e varah genesdhevunyma ???… n Im soooo happy knme part akunvx rishyge comment fennaathy ???❤❤❤??????… next part submit kohlaifinn

  8. Shafaq says:
    May 13, 2018 at 10:35 am

    Vv reethi…

    1. Ifoo ifoo says:
      May 17, 2018 at 1:14 pm

      thankyou so much Shafaq ???❤❤❤??????

  9. Stry kiyaa man says:
    May 13, 2018 at 12:38 pm

    Ifoo dheloa fulhaa haadha ehen kahala hishaabakun thi ninmaaliy.stry ge mi part kuruhen vex heevey eba dear.stry aa dhey therey neh bunaane ehcheh vex ehaa furihama .when next part.waiting.waiting
    -vv salaam-?????

    1. Ifoo ifoo says:
      May 17, 2018 at 1:19 pm

      alhey thankyou sooooo much story kiyaa man ?????????❤❤❤????????????… knme faharakuvx man ge comment kiyaalaafa ifoo v v v v ufaavey ???❤❤❤?????????… knme part ehvx kiyaalaafa comment kohlaathy v v v v bodah thanks ???❤❤❤???… story man ah thihaa reethi vyma ifoo v v ufaavey ???… bunaane ehchehvx neygey hama ???… next part submit kohlaifinn… once again thankyou ???❤❤❤????????????

  10. Aesh says:
    May 13, 2018 at 12:45 pm

    Varah salhi.. Maa sha Allah..☺️????? nxt part kon irakun? Vrh kiyaala hiyy vey eba… ??❤️❤️❤️

    1. Ifoo ifoo says:
      May 17, 2018 at 1:21 pm

      Aesh❤❤❤❤… thankyou sooo much ????????????❤❤❤… next part submit kohlaifinn.

  11. Naju says:
    May 13, 2018 at 2:22 pm

    Masha Allah v salhi.. Enme interest vi hisaabun alhe thi ninmaaly vihya ifoo..

    1. Ifoo ifoo says:
      May 17, 2018 at 1:24 pm

      heheh… thankyou sooo much Naju ???❤❤❤????????????… v v ufaavey story kamudhiyaima n knme partehvx kiyaalaafa comment kohlaathy??????❤❤❤… next part submit kohlaifin..

  12. Livy says:
    May 13, 2018 at 2:55 pm

    Alheyyyyy ifoooooooo! ????❤❤ thee Livy ge one of the most most moooooost favourite lava eyyy! Alhe yoon e lava kiyaalyma maa reethi vejje mihaaru.. Hama heevany adu ves ivey hen ?❤ alhe haadha loabi ey.. Yoon kahala kudhin ulheynama dhw gina ginain ??❤ dhen mihaaru yoon ves ailee kairy bunan vy ey.. Varah heevey rifoo ge mamma ge kujjeh hen yoon akee dhww.. Let’s see.. And that yaafiu ? shau aa eyna aa avahah dhuru kollaa.
    ? Varah reethi hurihaa thankolheh ves genessa hurileh.. V v v v v reeethi ???? But livy ah adhives feel vi thannnkolheh kuru hen.. Hehe ???❤ next part thankolheh dhigu koh genesdheveythoa balaalahchey.. ? V v kiyaa hithun mihury.. Loabivey ifoo! ??????????

    1. Ifoo ifoo says:
      May 17, 2018 at 1:35 pm

      Livyyyyyyy ❤❤❤❤????… my dear Livy ifoo meenee hama bunaane ehchehvx neyngifa thi comment kiyaafa ??????❤❤❤… haadha ufaavehjey ifoo ??????… thankyou sooooooo much dear Livy ???❤❤❤????????????… v v v v ufaavehje ???????… Livy ge comment akee ifoo enme inthizaaru kuraa eh comment ❤❤❤❤… Livy ge thi loabi loabi long comment ifoo ah v v v kamudhey ?????????… I love your comments ❤❤❤❤❤????… mi lava akee ifoo gevx one of the moooost favourite song ????…v v ufaavehje Livy ah story ehaaa kamudhiyaima ????❤❤❤❤… yoon n rifoo dhw… lets see dhw vaagotheh.. sorry kuru v ma mi part vx ???… once again thankyou sooooooo much Livy ❤❤❤❤????????????????… love u too Livy ??????❤❤❤???… next part submit kohlaifinn…

  13. Stry kiyaa man says:
    May 13, 2018 at 10:38 pm

    Kihineh vetha ma kuraa eh vex comment eh nujahaa dheny miadhu.v gina stry ah comment fonuvaafin mi stry ah vex but viyy kameh neh.

    1. Ifoo ifoo says:
      May 17, 2018 at 1:37 pm

      Hey man… mange comment vx ebainn… baeh kudhinge comment v lahun publish vanee baeh faharu…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 7←


All Right Reserved!