Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވެވުމުން 2

eysh Level 510 Stories100 Comments100 Login500 Comments
May 13, 2018 6 Mins Read
45 Comments

ލާންޗް އައިސް ބަނދަރާއި ކައިރިކުރުމާއިއެކު ހުރިހާ މީހުންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. ބަނދަރުގައި ސަފަކަށް ވާގޮތަށް މީހުން އެތުރިލާފައި ވީއިރު ކައުންސިލަރުންނާއި ރަޔާންގެ އިތުރުން އެކި މުވައްސަސާތަކުގެ އިސްވެރިންނާއި އިދާރީ މުވައްޒަފުން ތިބީ ކުރީގައެވެ.

މިނިސްޓްރީގެ ދެތިން މީހަކު ފޭބުމަށްފަހު ނިމާލްގެ ފަހަތުން ނުކުތް ޔަލްވީ ފެނިފައި ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ.

********

“ތާކުން އަންހެނަކު ނުފެނިފަ ތިބޭނީ…ހުއް..ހާދަ ފޫއްސެއްވެޔޭ” ފިރެހެން ކުދިންގެ ކަތި ނަޒަރު އަމާޒުވެފައިވާ ތަން ފެނި ވީ ފޫއްސެއްގެ ބޮޑުކަމުން ޔަލްވީ ކުދި ކިޔަން ފެށީ އަމިއްލަ ނަފްސަށް އިވޭ ވަރަށެވެ.

“މީ އަޅުގަނޑުގެ ދަރިފުޅު ޔަލްވީ…ދެން މިހުރީ އަންހެނުން ނަފީސާ…. ” ރަޔާން އަށާއި ކައުންސިލްގެ އިސް ޓީމަށް ނިމާލު އޭނާގެ އަންހެނުންނާއި ދަރިފުޅު ތަޢާރަފް ކޮށްދިނެވެ.

ޔަލްވީ އާއި ސަލާމްކޮށްލި ރަޔާން އަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ޔަލްވީގެ އޮމާން މޫނު އެހާ ގާތުން ފެނުމުން އެމޫނަށް ހިތްފުރެންދެން ބަލާލަން ބޭނުންވި ނަމަވެސް ޔަލްވީ އިސްއުފުލާ ބަލާވެސް ނުލިއެވެ. ދެތުންފަތް ފިއްތާލައިގެން ހުރިގޮތުން ރަޔާން ޖެހިލުންވެ އިސާހިތަކު ޔަލްވީގެ އަތުން ދޫކޮށްލިއެވެ. ޔަލްވީގެ މަޑު އަތްތިލައިގައި ބީހިލުމުގެ ފުރުސަތު ލިބުނީތީ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އިސާހިތަކު އެއީ ގޯސް ކަމެއްކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ޔަލްވީ ހިނގައިގަތުމާއިއެކު ރަޔާން އަށް ޔަލްވީ އާއި ދިމާއަށް ބަލާލެވުނެވެ. ގުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. އުނަގަނޑާ ހަމައަށް އަރާ އިސްތަށިގަނޑު ކޮނޑާ ހަމައިން ބުޅިކޮށްލާފައި އޮތުމުން ފުރިހަމަކަމަށް ދައްކައެވެ. ބޮލުގައި ޖައްސާފައިވާ ގަދަ މުށިކުލައިގެ ސަބަބުން ޔަލްވީގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. އަރައިގެން ހުރި ހައި ހީލްސްގެ ސަބަބުން ފަސްގަނޑުގައި ހިނގަން އުނދަގޫވެ، ބައެއްފަހަރު ހަދާލާގޮތުން ދެންމެ ދެންމެ ވެއްޓިދާނެއޭ ހީވާ ފަހަރުވެސް އާދެއެވެ.

ރަޔާން އަކީ އަބަދުވެސް ގުދުރަތީ ރީތިކަމަށް ލޯބިކުރާ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެކެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ ޚިޔާރު ކުރަން ބޭނުންވަނީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ އަޚްލާގު ރަގަޅު ކުއްޖެކެވެ. ނަމަވެސް ޔަލްވީގެ ރީތި ސޫރަ އެހިތުގައި ކުރެހިއްޖެއެވެ. ބައެއް ފަހަރު ހިތް އޭގެ އެންމެ ނާޒުކު ދަނޑިވަޅުގައި އަމިއްލަ ހިތުގެ ހަމަޖެހުން ނަގާލައެވެ.

********

“މަންމާ….ހާދަ ފޫއްސޭ…އަޅެ މިރަށުން ލިބޭނެތަ ބާގާ…ވަރަށް ކާހިއްވެއްޖެއޭ…” ގެއަށް އާދެވުމާއިއެކުހެން ޔަލްވީ ބޭނުންވީ އެއްޗެއް ކާލާށެވެ. މާލޭގައި ނަމަ މިގަޑީ އޭނަ ހުންނާނީ ޕިއްޒާއަކަށް އޯޑަރު ކޮށްގެންނެވެ.

“ދަރިފުޅާ….ބައްޕަ އަންނަންދެން މަޑުކޮށްލަބަލަ…ދަރިފުޅެކޭ ތޭރަ އަހަރުގެ ކުޑަކުއްޖެކޭ ނެތެއްނު ތަފާތެއް……..މަންމަ ހިތަށް އަރާ ދަރިފުޅު މީހަކާއި އިނދެގެން ކިހިނެއްބާއޭ އުޅޭނީ؟” ނަފީސާ ޔަލްވީގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެދަރިފުޅުގެ މުސްތަގުބަލް އުޖާލާކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް ދަރިފުޅުދެކެ ވެވޭ ކަނު ލޯތްބެއްގެ ބޮޑުކަމުން ބުނާކޮންމެ ކަމެއް ކޮށްދެވެނީއެވެ.

“ނޫޅެން މީހަކާ އިންނާކަށް…އަބަދުވެސް މަންމަ ކައިރީ ހުންނާނީ” ކުޑަކުއްޖަކު ފަދައިން ޔަލްވީ އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލަމުން ބުނެލިއެވެ. ނަމަވެސް ތަގްދީރުގެ ނިޔާ އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

********

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ގެއަށްދިއުމަށް އެންމެން ނުކުންނަށް އައި ވަގުތު ރަޔާންގެ ލޮލުގައި ޔަލްވީ އަޅައިގަތެވެ. ސާދަ ވިލޭރޭގެ ހަނދުފަދައިން ދިއްލިލާފައިވާ އެދޮން މޫނު ފެނުމުން ރަޔާން އަށް އެހެން ދިމާއަކަށް ބަލާލުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ރަޔާން އަށް އިސްދަށަށް ޖަހާލަން މަޖުބޫރުވީ ޔަލްވީ ލައިގެން ހުރި ނިވާކަން ކުޑަ ހެދުން ފެނުމުންނެވެ. ޔަލްވީ ލާފައިހުރި އަތްކުރު ޓޮޕްކޮޅާއި ކަކުލާއި ހަމައަށް އަރާ ކުރު ސްކާޓްކޮޅުގައި އެހަށިގަނޑުން ބޮޑުބައެއް ހާމައަށް އޮތުމުން ރަޔާންގެ އިހުސާސްތަކާއި ކުޅެލި ނަމަވެސް އިސާހިތަކު އެއިހުސާސްތައް ކޮންޓްރޯލްކުރުމުގައި އޭނަ ކުރި ހޯދިއެވެ.

“ކޮބާ…މާދަމާއަށް ނިންމަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމުނީތޯ؟” ދަރިފުޅާއި އަންހެނުން ގެއަށް ފޮނުވާލުމަށްފަހު ނިމާލު އައިސް ރަޔާންގެ ކައިރިއަށް ހުއްޓި ސުވާލުކޮށްލިއެވެ.

“ލައްބަ….އެކަމަކު އަދި ވަގުތުކޮޅެއް އޮތީމަ އެބަ ހިތަށް އަރާ މާދަމާ ދަނޑު ސަރަހައްދުގައި އިތުރު ދިދަ ކޮޅެއް ޖަހާލަން…އޭރުން ތަންކޮޅެއް ކަލަފުލްވާނެ ނޫންތޯ؟” ރަޔާން އޭނަގެ ވިސްނުން ނިމާލުގެ ކުރިމަތީގައި ފާޅުކުރިއެވެ.

ރަށުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކަކީ ރަޔާންގެ ޚިޔާލާއި އެއްގޮތަށް ހިންގިފައިވާ ޕްރޮޖެކްޓްތަކެއްކަން އެނގުމުން ނިމާލުގެ ބަސް ހުއްޓުނެވެ. ރަޔާންގެ އުމުރުން ހަގު ކަމާއި އެކުވެސް އެފަދަ ޒިންމާދާރު މަޤާމެއްގައި ހުރެ ރަށަށް ކޮށްދީފައިވާ އަގުނުކުރެވޭ މަސައްކަތްތައް ފެނި ނިމާލް އެކަމާއި ތައުރީފު ކުރިއެވެ. އޭނަގެ ދަރިފުޅުވެސް އެފަދަ ޒިންމާދާރު މީހަކަށް ވާނެނަމައޭ ހިތަށް އެރިއެވެ.

ރަޔާންގެ ހުނަރުވެރިން އޭނާ ދައްކަމުންދިޔަ ވާހަކައިން އެކަނި ވެސް ނިމާލް ނަގައިގަތެވެ. ރަޔާން ފަދަ ދަރިއަކު ލިބޭނީ ނަސީބު ވެރިއަކަށޭ އޭނަގެ ހިތަށް އެރިއެވެ.

********

“ރެން….ކީއްކޮށްލަނީ؟” ލިމްޔާ އައިއިރު ރަޔާން އުޅުނީ ފެންޑާގައި ހުރި ކަބަޑެއް ހުޅުވައިގެންނެވެ.

“ލިމޫ….ކޮންއިރަކު އައީ…އެހެންޏާ ނާންނަ ގަޑިއަކު ތިއައީއޯ؟” ދުވަސްކޮޅަކަށްފަހު ލިމްޔާ އެގެއަށް އައުމުން ރަޔާން އުފާވިއެވެ. ނަމަވެސް ރޭގަނޑު ދިހައެއް ޖެހުމުގެ ފަހުން ލިމްޔާ ބޭރުގައި ނޫޅޭތީ އެގަޑީގައި އައީ ކީއްކުރަންތޯ ރަޔާން ސުވާލުކޮށްލިއެވެ.

“ވާއު…ޔޫލުކް ބިއުޓިފުލް” ލިމްޔާގެ ރީތިކަމަށް ރަޔާން ތައުރީފު ކޮށްލިއެވެ.

އަބަދުވެސް ކަޅުކުލައިގެ އަބާޔާ ހެދުމާއި ކަޅުކުލައިގެ ބުރުގަލަކުން ބޯ ނިވާކޮށްލާފައި ހުންނަ ލިމްޔާ މިރޭ އެހުރީ މަޑު ޕީޗް ކުލައެއްގެ އަބާޔާ ހެދުމަކާއިއެކު މެރޫންކުލައިގެ ޝޯލްއެއް އަޅާލާފައެވެ. އެއްވެސް މޭކަޕަކާއި ނުލައި ވެސް އެރީތިކަމަށް ފަނޑުކަމެއް ނުވެއެވެ.

“އަސްލުވެސްތަ؟ އަޅޭ ލިމް ހާދަ އުފާ ވެއްޖޭ” ރަޔާންގެ ފަރާތުން ތައުރީފުގެ ބަހެއް އިވުމުން ލިމްޔާ ހީވީ އުފަލުން ފޮޅުނު ހެންނެވެ. އެންމެ ހިތްއެދޭ ފަރާތް ތައުރީފްކޮށްލުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟

“ލިމޫ ދެން ހުސްކަޅު ޔޫޒް ކުރާނެ ކަމެއް ނެތޭ….އަސްލުވެސް ލިމޫ އާ ވަރަށް ގުޅޭ ތިކަހަލަ އެއްޗެހި ލީމަ….” ރަޔާން ހިނިތުންވެލަމުން ލިމްޔާ އަށް އިތުރަށް ތައުރީފު ކޮށްލިއެވެ.

ލިމްޔާ އިސްދަށަށް ޖަހާލީ ލަދުގަތް ވަރުންނެވެ. ރަޔާންގެ އެފަދަ ބަސްތަކުން އެހިތަށް ހަމަޖެހުން ގެނެސްދެއެވެ. އޭނަ މިރޭ އެގެއަށް އައި މަގްސަދު ހާސިލްކުރަން ފަސޭހަވާނެއޭ ހިތަށް އެރުމާއިއެކު ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

“މިއުޅެނީ ޝޮޕިންގް އަކަށް ނުކުމެ….ޔޫތް މީހުނާއި އެކީ އައެއްނު އަންހެނެއް ދޯ… އެއަންހެން މީހާ އެއީ ލިމްގެ މަންމަގެ ރައްޓެއްސެކޯ…އެހެންވެ މާދަމާ ހެނދުނު ސައެއް ހަދާފަ ގެންދަން މިއުޅެނީ..” ލިމްޔާ އަތުގައި އޮތް ކޮތަޅުތައް ދައްކާލަމުން ބުނެލިއެވެ. އޭރުވެސް އެތުންފަތްމަތީގައި ވަނީ ލަދުވެތިކަމުގެ ހިނިތުންވުމެކެވެ.

“ރެން……މިއައީ ރެންގެ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން…އާދެބަ މިތާ އިށީއިންނަށް…” ފެންޑާގައި ބަހައްޓާފައި ހުރި ގޮނޑިތަކަށް އިސާރާތްކުރަމުން ލިމްޔާ ބުނެލިއެވެ.

ލިމްޔާ އާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާލުމަށްފަހު ރަޔާން ގޮސް ގޮނޑީގައި އިށީއިނެވެ. ލިމްޔާގެ މޫނުމަތީގައިވި ކުލަވަރުން އެހިތް ނުތަނަވަސް ކުރުވިއެވެ.

“ރެން…އަހަރެން…..އަހަރެން…ރެން ދެކެ……” އަތުގައި ހުރި ކޮތަޅުތަށް ބިންމަތީގައި ބަހައްޓަމުން ލިމްޔާ އޭނާގެ ހިތުގެ ހާލު ރަޔާން އަށް ހާމަކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހިތުގެ ހިނގުން އަވަސްވެ ބުނަން ބޭނުންވި ޖުމްލަ ފުރިހަމަކުރެވޭ ގޮތެއްނުވިއެވެ. ދެއަތް ދެއަތާއި މޮޑެން ފެށުނީ އަޑުވެސް ތުރުތުރުލަމުންދާ ކަހަލަ އިޙްސާސްއެއް ކުރެވުމުންނެވެ.

“އަހަނ…ލިމްޔާ ދަރިފުޅާ ހާދަ ދުވަހެއް ކޮށްލާފަ….އަނެއްކާ ކަމަކުތަ؟”  މާހައުލުގެ ނާޒުކުކަން ނޭނގޭހާލު ރަޒީނާ އައިސް ލިމްޔާގެ ބޮލުގައި ފިރުމާލަމުން ސުވާލުކޮށްލިއެވެ. ރައްދުގައި ލިމްޔާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލުމުން ކޮންމެވެސް ކަމެއް ގޯސްކޮށް ދިޔައީ ކަމަށް ނިންމައި ދެމީހުންނަށް ވަގުތު ދެމުން ރަޒީނާ އެތަނުން ދިޔައެވެ.

ރަޔާން އާއި ލިމްޔާ އުޅޭގޮތުން އެކަކު އަނެކަކު ދެކެ ލޯބިވާހެން ވެސް ބައެއް ފަހަރު ރަޒީނާއަށް ހީވެއެވެ. އެދެކުދިން ގުޅުމަކީ ރަޒީނާ ވެސް ނުހަނު ބޭނުންވާ ކަމެކެވެ. ލިމްޔާ އަކީ ރަނގަޅު އާއިލާއަކުން އައިސް ހުރި ނުހަނު އަހުލާގު ރަގަޅު ދީނީ ކަންކަމަށް ސަމާލުކަންދޭ ގެވެހި ކުއްޖެކެވެ. ރަޔާން އިސްވެ ލިމްޔާގެ ވާހަކަ ދައްކާނެ ދުވަހަކަށް އޭނައަށް ހާދަ އިންތިޒާރު ކުރެވެއެވެ.

“ދެން ބުނެބަލަ ލިމް ތިބުނަން އުޅޭ އެއްޗެއް” މަންމަ ދިޔަކަން ޔަގީންކުރުމަށްފަހު ރަޔާން ސުވާލުކުރީ ވަރަށްފަރުވާކުޑަ ރާގަކަށެވެ.

ލިމްޔާގެ އުޅުމަށް އައި ބަދަލު ރަޔާންއަށް ނަގައިގަނެވުނު ނަމަވެސް ލިމްޔާ އޭނައަށް ލޯބީގެ ނަޒަރަކުން ބަލާފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ނަމަވެސް މިރޭ ލިމްޔާގެ ވާހަކަތައް ހުރިގޮތުން އޭނައަށް ލިމްޔާގެ ހިތުގައި އޮތް އެއްޗަކާއި ދޭތެރޭ ޝައްކުކުރެވެން ފަށައިފިއެވެ. އެދެމެދުގައި އިތުރު ގުޅުމެއް އުފެއްދުމަކީ އޭނަ ހުވަފެނަކުން ވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. އެފުރުސަތު އޭނަ ލިމްޔާ އަކަށް ނުދޭނެއެވެ. އެކުވެރިކަން ފިޔަވާ އިތުރު އެއްޗެއް އޭނަގެ ހިތުގައި ލިމްޔާ އާއި ދޭތެރޭ ނެތެވެ.

ރަޔާންގެ ފަރުވާކުޑަކަން ފެނި ލިމްޔާ ޖެހިލުންވިއެވެ. ބުނަން ބޭނުންވި ޖުމްލަތައް އެތެރެ ހަށީގައި ތާށިވިކަހަލަ އިހުސާސްއެއް ކުރެވުނެވެ. އެހެންކަމުން އެޖުމްލަތައް އޭނަގެ ހިތުގައި ރައްކާކޮށް ފޮރުވާލީ ދެވަނަ މީހަކަށް ވެސް އެނގުންނުވާހާ ސިއްރުންނެވެ. ކިތަންމެ ބުނަން ބޭނުންވި ނަމަވެސް މިވަގުތު ބުނުން ރަގަޅު ނޫންކަމަށް އޭނަގެ ޒަމީރު އަންގައިދިނެވެ. ނަމަވެސް އޭނައަށް ނޭނގުނުކަމީ ރަޔާންއަށް އޭނަގެ މަޤްސަދު ފަހުމް ވެއްޖެކަމެވެ.

“މި…މި…މާދަން އަންނައްޗޭ ހެނދުނު ސައިބޯން” ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން އެންމެފަހުން ލިމްޔާ އެހެން ބުނެލީ އެތަނުން ދާން ބޭނުންވެފައި ހުރި ވަރުންނެވެ. ނިއްކުރިމަތިން ހިއްލާލި ދާތިކި ޓިޝޫއިން ފޮހެލުމަށްފަހު ގޮނޑިން ތެދުވީ ރަޔާންގެ ކުރިމަތީގައި  އިންނަން ވެއްޖެނަމަ، އެހިތް އެކީހެން ފޮތިފޮތި ވެގެން ހިނގައިދާނެތީއެވެ.

ހިތުގައި އުފެދުނު ޝަކުވާތަކާއި އެއްވަރަށް އަމިއްލަ ނަފުސުދެކެ ވެސް ލިމްޔާއަށް ރުޅި އާދެވުނެވެ.

“ލިމޫ އެހެން ބުނަންތަ ތިއައީ….ހެހެ..ބޮޑު ވާހަކައެއް ދައްކަން ކަމަށް ހީކޮށް ވަރަށް ބިރުންނޭ މިއިނީ…..” ރަޔާން ހިނިގަނޑެއް ޖަހާލަމުން އޭނަގެ ހާސްކަން ފޮރުވުމަށް މަސައްކަތްކުރިއެވެ. ހަޤީގަތަކީ ލިމްޔާގެ ހިތުގެ ހާލު އޭނަގެ ކުރިމަތީ ފާޅުކޮށްފިނަމަ އޭނައަށް އެއެދުމަށް ފުރަގަސްދޭނެހާ ހިތްވަރު ނެތްކަމެވެ. އަދި އެހިތުން ލިމްޔާއަށް ޖާގައެއް ވެސް ދެވެން ނެތްކަމެވެ. މިއަދު ލިމްޔާގެ ދުލުގައި ތަޅު އެޅުވުނަސް އަބަދު އޭނައަކަށް އެހަޤީގަތާއި ފިލައިގެން ނޫޅެވޭނެކަން ރަޔާން ގަބޫލުކުރެއެވެ.

ރަޔާން ހީލުމުން ރައްދުގައި ލިމްޔާވެސް ހީލީ ގަދަކަމުންނެވެ.

ލަސްވާކަމަށްބުނެ ލިމްޔާ އެގެއިން ނުކުތީ ފެންކަޅިވާން ފެށުމުންނެވެ. ރަޔާންގެ ހިތުގައި އޭނައާއި ދޭތެރޭ އެހީކުރާ ކަހަލަ އިހުސާސެއް ނެތްކަން މިއަދު ހަމަ ރަގަޅަށްވެސް އެނގި ހާމަ ވެއްޖެއެވެ. ރަޔާންގެ ތައުރީފުގެ ބަސްތަކުން ހިތަށް ލިބުނު ހަމަޖެހުން ރަޔާންގެ އެ ފަރުވާކުޑަ ކަމުގެ ސަބަބުން ނަގާލައިފިއެވެ. ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއިއެކު ލިމްޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި އައިސް ކޯތާފަތުގައި ބީހިލައިފިއެވެ. ހަމައެކާއިއެކު ހޯސްލާފައި އެލޮލުން ކަރުނަ ފައިބަންފެށިއެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ލިމްޔާ ދުއްވައިގަތީ އަތުގައި އޮތް ކޮތަޅުތަކުގައި ބާރަށް ހިފަހައްޓަމުންނެވެ.

********

“މާލެއަށްދާން ބޭނުމީ…..މަންމާ…ދެން މިބުނީނު މާލެއަށޭ ދާން ބޭނުމީ….” ޔަލްވީ ރުޅިގަދަވެގެން ކޮޓަރި ތެރޭގައި ހުރި އެއްޗެއްސަށް ގެއްލުންދޭން ފެށުމުން ނަފީސާ ޖެހިލުންވާން ފެށިއެވެ.

“ދަރިފުޅާ….މަންމަ މިބުނީއެއްނު މާލެ ގޮއްސަ ޓިކެޓް ނަގާދޭނަމޭ އިޓަލީއަށް ދާން…ދަރިފުޅުގެ އެކުވެރިންނާއި އެކު ނުދެވުނަސް މަންމަ ދާނަމޭ ދަރިފުޅާ އެކީ” ޔަލްވީ ހިތްހަމަ ޖައްސައިދޭން މިހާރު ނަފީސާއަށް އެތައް ވާހަކައެއް ދެއްކިއްޖެއެވެ.

ހެނދުނު ސަޔަށް އެކުވެރިޔާގެ ގެއަށް ދައުވަތު ދީފައިވުމުން އެގެއަށް ދިއުމަށް އޭނަ މަސައްކަތްކުރާތާ ވެސް މިހާރު އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް ޔަލްވީގެ ބޮޑާ ހޭކުމުގެ ސަބަބުން އެގެއަށް ދިއުން ފަސްކޮށްލުމަށްފަހު ޔަލްވީއަށް ވިސްނައިދިނުމަށް މަސައްކަތް ކޮށްކޮށް އޭނަ މިހާރު ވަރުބަލި ވެއްޖެއެވެ.

“ދަރިފުޅާ…ދާނަމޭ…އެކަމަކު އިހަށް ކެތްކޮށްލަބަލަ ބައްޕަ އަންނަންދެން…..” ޔަލްވީ ދަބަހަށް އެއްޗެހި އަޅަން ފެށުމުން ނަފީސާ ގޮސް ޔަލްވީގެ އަތުގައި ހިފަހައްޓަމުން ހުއްޓުވުމަށް މަސައްކަތް ކުރިއެވެ. ނަފީސާގެ އެއަމަލުން ޔަލްވީގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ.

“ބައްޕަ….ބައްޕަ…ބައްޕަ….އަބަދު ކީއްވެތަ ބައްޕަ އަހަރެންގެ ކަންކަމާ ބެހެންވީ….މަންމައަށް އެއްވެސް ކަމެއް ނުވަންޏާ އަހަރެން އަމިއްލައަށް ގޮސްދާނަން”  އައިސްފައި ހުރި ރުޅީގައި މަންމަގެ އަތް ފޮޅުވާލުމަށްފަހު ޔަލްވީ އެދިޔަ ބާރު މިނުގައި ނުކުމެގެން ދިޔައީ އަތްދަބަހާއި ބެކްޕެކް ވެސް ހިފައިގެންނެވެ. މިއަދުން މިއަދަށް އޭނަ މާލެދާން ބޭނުމެވެ. ކިތަންމެ ބޮޑު އަގެއް ދީގެން ވިޔަސް ވަރިހަމައެވެ.

********

“އަފްސަމް ކޮބާތަ އެއްކަލަ ދަގަނޑު….އަދި އެބަޖެހޭ ދިދަކޮޅެއް އިތުރުކޮށްލަން…. ފަސްގަނޑު ހަރުކަމުން ދިދަ ނުޖެހިގެން މިއުޅެނީ” ރަޔާން ހާސްވެފައި ހުރިވަރުން ވާހަކަ ދެއްކުނީ ވެސް ތަންކޮޅެއް ބާރަށެވެ.

“މަގޭ ލާންޗްގެ ވަތުތެރޭ އެ އޮންނާނީ…..އޭ މަޑުކޮށްބަލަ…ރަޔައްޓެ ދާއިރު އޭގެ އިންޖީނު ސްޓާޓްކޮށްލަ ދެއްޗޭ….މަށަށް ހީވަނީ އޭގަ މައްސަލައެއް އުޅޭހެން….މިރޭ އެބައޮތޭ ހޯރަފުއްޓަށް ދަތުރެއް އަޅާލަންވެފަ…..މިގަޑީ އޭނައަށް ވަކި ޖަވާބެއް ދޭންވެސް އެބަ ޖެހޭ….މިކަމާ އުޅެފަ މަށަށް އެދިމާއަށް ދާން ތަންކޮޅެއް ދަތި….ދިދަ ޖެހުމުގެ ކަންތަކާ ހާސްނުވެބަލަ މަވެސް އުޅޭނަމޭ ރަޔައްޓޭ އާއިއެކު…..ވާނެތަ އެކަން؟” ރަޔާން ދާން ހިނގައިގަތުމުން އަފްސަމް ގޮސް ރަޔާން ހުއްޓުވަމުން ސުވާލުކޮށްލިއެވެ.

“އާން އޯކޭ…އަފްސަމް….އެކޮޅަށް ދާއިރު މަންމަ ކައިރިއަށް ވަދެލައްޗޭ….މަންމަ ކައިރީ ބުނެދެއްޗޭ ލަސްވާނެ ވާހަކަ….ހިއެއްނުވޭ އަވަހަށް ގެއަށް ދެވޭނެހެން ދެން” މަންމަ ކަންތައް ބޮޑުވާނެކަން އެނގޭތީ ރަޔާން އަށް ފުރަތަމަ ވެސް ވިސްނާލެވުނީ މަންމަ އާއި ދޭތެރޭގައެވެ.

ފަޅުގައި އަޅާފައި އޮތް ލާންޗަށް އެރުމަށްފަހު ރަޔާން އޭގެ އިންޖީނު ސްޓާޓްކޮށްލިއެވެ. އަދި ގޮސް އިންޖީނު ރަގަޅަށް މަސައްކަތްކުރޭތޯ ބަލާލިއެވެ. އެއްވެސް މައްސަލައެއް ފާހަގަވާން ނެތުމުން ކުޑައިރުކޮޅަކު ސްޓާޓްކޮށްލާފައި ބަހައްޓާނީ އޭ ހިތާ ވަތުގެ ތެރެއަށް ފޭބީ އޭގައި އޮތް ދަގަނޑު ނެގުމަށެވެ.

********

ބާރު ހިނގުމުގައި ބަނދަރަށް ނުކުތް ޔަލްވީ އައި ގޮތަށް އައިސް ބަނދަރުގައި އޮތް ލާންޗަށް އެރީ އޭގެ ވާ މޮހާލާފައެވެ. ޔަލްވީގެ މަޤްސަދަކަށްވީ އޭނަގެ ފަހަތުން މަންމަ އަންނާތީ، އޭނައަކީ ކެރޭ މީހެއްކަން މަންމައަށް ދައްކާލުމެވެ. ޔަލްވީއަށް ދެލޯ ބޮޑުކޮށްލެވުނީ ލާންޗްގެ އިންޖީނު ސްޓާޓްކޮށްފައި ހުރުމުންނެވެ. އޭނަ ލާންޗަށް އެރީ ކޮންމެހެން އޭގެ އިންޖީނު ސްޓާޓްކޮށްފައި ހުންނާނޭ ކަމަކަށް ނޫނެވެ.

ޔަލްވީގެ ތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުމާއިއެކު، ލާންޗް ތެރޭގައި އެއްވެސް މީހެއްގެ ނިޝާނެއް ވޯތޯ ފަރާތްފަރާތް ހޯދާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު، ހުންގާނުގައި  ހިފާލީ ސާބިތުކަމާއި އެކީގައެވެ. ބައްޕައާއިއެކު ލާންޗް ދުއްވަން ދަސްކުރެވުނުކަން ނަސީބެކޭ ހިތައި ޔަލްވީ ލާންޗް ދުއްވާލީ ކުރިމަތިވާން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ހާލުގައެވެ. (ނުނިމޭ)

 

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

“ސީކްރެޓް ޕްރިންސެސް”

Next

ތިޔަ ލޯތްބާ ދުރަށް (9)

Next
May 14, 2018

ތިޔަ ލޯތްބާ ދުރަށް (9)

Previews
May 13, 2018

“ސީކްރެޓް ޕްރިންސެސް”

45 Comments!

  1. Stry kiyaa man says:
    May 13, 2018 at 10:41 pm

    First dhw

    1. eysh says:
      May 13, 2018 at 10:45 pm

      Yayyyyyy… Yes dear first mifaharu ????????❤❤❤❤❤❤❤❤❤❤

    2. Stry kiyaa man says:
      May 13, 2018 at 10:54 pm

      Masha allah v reethi mi part vex.
      Yalve vareh nuvaane hama .haha .v heeve dhemeehun behey ny hen dhen gehleny.keep it up.
      When next part.
      Waiting 4 nw part.
      -salaam-???

    3. eysh says:
      May 14, 2018 at 10:12 pm

      Thank u so much story kiya man dear ????????? so happy story kamudhiyaeema ????????Yalvee akee v gadha kuhjekey hehe ?????lets c dho vaa gotheh ves ?????? ❤❤❤❤❤❤❤❤❤❤❤❤❤❤

  2. eysh says:
    May 13, 2018 at 10:50 pm

    Assalaamalaikum miothee mi story ge second part ❤❤ unmmeedhu kuran mibaives kamudhaane kamah ❤❤ kuriyah oiy dhuvaskolhu eysh ah vvvv v bxy vaane. Ehenve avahah upkohladhinee. Love u all ❤❤❤

  3. Shaaa... says:
    May 13, 2018 at 11:04 pm

    Wow v reethi mih part. When next part…????

    1. eysh says:
      May 14, 2018 at 10:34 pm

      Shaa dear thank u so much ??????????? v ufaavehje story kamudhiyaeema ?????????❤❤❤❤❤❤❤❤❤❤❤❤

  4. Xxxx says:
    May 13, 2018 at 11:12 pm

    V. Reethi. Was waiting for this story
    ?❤️?

    1. eysh says:
      May 14, 2018 at 10:35 pm

      Xxxx dear thank u so much ??????????? v ufaavehje story kamudhiyaeema. So sweet of u ?????????❤❤❤❤❤❤❤❤❤❤❤❤

  5. Maahy?✨ says:
    May 13, 2018 at 11:16 pm

    Hey eysh love??????? after a loooong tome dhw???????
    ❤❤❤ماشاء الله❤❤❤
    Mi part ves hama mind blowing?????❤❤❤❤❤❤❤ vvvvvv kamugossi???????? Hama effaharu mathin story ekkoh kiyaa nimmaalan beynun vany.. Hehe????????????? Ehaa ves reethi mi vaahaka.?????????? Yalvee ulhey goi haadha majaley dhw?????????? Hama curiously waiting ingeh eysh..??????❤❤❤❤❤ avahah up kohdhehcheyy?????????? All the best sweetie????????????? Love you?????❤❤❤❤??????

    1. Lol ? says:
      May 14, 2018 at 6:40 pm

      Dhen nei tha emoji eh thi phonuga.

    2. eysh says:
      May 14, 2018 at 10:43 pm

      Maahy dhooneee haadha loabi loabi cmnt ekey. ???????colorful kamun eysh vvvvvv happy vehje dear ????? dear ge cmnt thah fenifa ekani ves vvvvv ufaavey ????????after a long time dhimaavee dho ???thank u so much maahy dhoonyaa ?????hehe. Haadha ufaavehjey thihaa kamudhiyaeema ?????so sweeeeet of u my dear frnd ?????hehe. Yalvee acts like a baby dho sometimes ??? vvvv happ ingey cmnt kiyaalaafa dear.???? love u too my dear sweet frnd ?????????❤❤❤❤❤❤❤❤❤❤❤❤

    3. Maahy?✨ says:
      May 15, 2018 at 12:40 am

      Dear lol,,,, Adhives baivaru emoji eba huri???? Kobaa massala aky gina emoji use kureema?????? lol ves beynumiyyaa hama beynun kuran vee???? eysh nubunaane ehcheh??? just chill???

    4. eysh says:
      May 15, 2018 at 6:05 am

      My dear frnd Maahy dear ge cmnt thah kiyaafa abadhuves eysh v ufaavey ?????? cmnt colorful v ma vvv hinhama jehey ????? very sweeet ingey??????i really like colorful v ma ??????❤❤❤❤❤❤❤❤

  6. Ainth says:
    May 13, 2018 at 11:20 pm

    Eysh dn bzy nuvebala . Avahan part than up kondheeba.v kiyaahinvaa story yen meee ???❤ love u eysh ?????????

    1. eysh says:
      May 14, 2018 at 10:46 pm

      Ainthu dear hehe. ???? vvvv ufaavey story thihaa kiyaalaa hih vaathee ????? thank u so much my dear ?????????? love u too dear ?????????❤❤❤❤❤❤❤❤❤❤❤❤

  7. Blackaholic says:
    May 13, 2018 at 11:24 pm

    Masha Allah…vvv furihama mi part ves.. waiting for the next part ?????

    1. eysh says:
      May 14, 2018 at 10:47 pm

      Blackaholic dear thank u so much ????????? vv ufaavehje story kamudhiyaeema ???????? so sweeet of u my dear ????????❤❤❤❤❤❤❤❤❤❤❤❤

  8. Fathu says:
    May 14, 2018 at 12:48 am

    Vv salhi avaha upkoh dheythee v happy

    1. eysh says:
      May 14, 2018 at 10:48 pm

      Fathu dear thank u so much ????????? vv ufaavehje story kamudhiyaeema ???????? so sweeet of u my dear ????????❤❤❤❤❤❤❤❤❤❤❤❤

  9. Rish says:
    May 14, 2018 at 12:53 am

    Eysh loabi kolhaa dhen in parte kiyaahivaniyyeey. Anme beynunvani dhenvaane gothe kiyaalan. Mi story heevani 100 pasent gerenti reethivaane inshaa allah. Eysh loabi kolhaa thigothuga hifahataalaathi arun kaamiyaabuvaane inshaa allah. Abadhuves adheni kaamiyaabu. Eysh loabi kolhuge storytha haadha kiyaahiveyey. Eysh loabi kolhaa dhen inna part genesdhevenyaa dhiguko genes dhechey bizi nooniyaa igey. Waiting for the next part eysh dhooni kolhaa. Eysh dhooni ramazaan mubaarik. Eysh dhooni ah abadhuves adheni kaamiyaabu aee rishge dhuaa yakee. inshaa allah hurihaakamehves dhaani ragalha.

    1. eysh says:
      May 14, 2018 at 10:53 pm

      Rish dhoonee awwnnn thank u so much for trusting dear.?????????? haadha bodakah happy vehjey ????????so sweeeeet of u my dear frnd ?????????haadha happy vehjey mi cmnt kiyaalaafa thihaa heyo dhuaa kohdhey frnd eh eysh ah libuneema hama ufalungos bunaane ehchehves neyngifa meenee ????????haadha ufaavehjey thihaa kiyaalaa hithun eysh ge huriha stories ves kiyaalaathee ??????? ramazan mubarik dear ????awwnn… so sweeeet of u my dear ????????? lysm ???❤❤❤❤❤❤❤❤❤❤❤❤❤❤

  10. Shiman says:
    May 14, 2018 at 6:06 am

    Masha Allah vvvv reethi mi part???❤❤❤❤love you eysh

    1. eysh says:
      May 14, 2018 at 10:55 pm

      Shiman dear thank u so much ????????vvv ufaavehje story kamudhiyaeema ???????so sweet of u my dear ?? ly too ?????❤❤❤❤❤❤❤❤❤❤❤❤

  11. Shann says:
    May 14, 2018 at 6:15 am

    Yalvee haadha gadhaey dhw… Dhen kihinehbaa vaany???… Eysh ge khonme story ehves haadha ryhchey n ehaa furihama… Khonme story ehves hama kiyaahithun indhe kiyaaleveyne… Ehves foohikameh nethi kiyaaninmaa leveyne… Ehaaves furihamaey buneveyny… V v v v molhu…???????????

    1. eysh says:
      May 15, 2018 at 6:12 am

      Shann dear thank u so much ???????? vvvv happy vehje story kamudhiyaeema ???????? hingaa dho vaagotheh balamaa ???awwwnnn asluvestha ??????haaadha bodakah happy vehjey eysh ge huriha stories thah thiha bodah kamudhiyaeema ??????????so sweeeet of u my dear frnd ????? vvvvvvv bodah ufaavehje dear. Hama hithuge adin shukuru adhaakohllan ????❤❤❤v bodukoh heelaigen eysh meenee ??????❤❤❤❤❤❤❤❤❤❤❤

  12. Pinky shifoo says:
    May 14, 2018 at 6:31 am

    Wowwww ?????… Awesome ❤️❤️❤️❤️❤️… V v v v v reethi ????????????????????❤️❤️❤️❤️❤️… V v interesting gothakah story kuriah dhanee ??????????… Yalvee haadha rulhi gadha ey dhw ?????… Dhn kihineh baa vaanee??? Keep up the good work eysh ?????❤️❤️❤️❤️❤️?????… Curiously waiting for the next part ?????… Lots of love eysh ❤️❤️❤️❤️❤️???????????????????????

    1. eysh says:
      May 15, 2018 at 6:18 am

      Pinky shifoo my dear thank u so much ???????? i really like colorful cmnts ????eysh ge konme story akah ves thi kohlla sweet colorful cmnts fenuneema haadha happy veyey ????thank u so much my dear frnd ?????? so sweeet of u my dear ???????Yalvy akee v rulhi gadha kuhjjeh hehe. Hingaa dho dhn vaagotheh balamaa ?????? luv u too my dear ???????❤❤❤❤❤❤❤❤❤❤

  13. lotus says:
    May 14, 2018 at 8:15 am

    Sis haadha salhi ey mi story… varugadha anhenaka dhw mi lavvaalee mifaharu..hehe???

    1. eysh says:
      May 15, 2018 at 6:53 am

      Sis thank u so much ?????????Yalvee dho. Hehe ?????hingaa dho balamaa vaagotheh ????v ufaavehje sis ah mi story kamudhiyaeema ??❤❤❤❤❤❤❤❤❤

  14. Axy says:
    May 14, 2018 at 9:15 am

    Masha Allah Eysh dhooni alhey haadha molhey vaahaka liyan ☺ ☺ ☺ ☺
    Thee hama best ? ? dhen next part ga kihiney vaane baaey mi hithah aranee ?????? Eysh kithame gina story ey up kuriyas hama kiyaa hithun kiyaanan igey dhooni gandhaa?????????????????
    Good luck

    1. eysh says:
      May 15, 2018 at 6:58 am

      Axy dhoonee dear ❤❤ thank u so much.❤❤??????awwwnn v ufaavehje best ey buneema ??????so sweeet of u my dear frnd ??hingaaba dho balamaa dhen vaagotheh ves ???????? awwnnn haadha happy vehjey huriha story ehves kiyaalaa hithun kiyaanamey buneema ????? thank u so much Axy dhoonee lysm my dear ?????hithuge adin shukuru ????❤❤❤❤❤❤❤❤❤❤

  15. suty says:
    May 14, 2018 at 9:44 am

    heyy varah salhi ingey mi part ves..hahhaha alhey yalvee kuri kanthah..furan eulhenee rayaan aa ekee…varah salhi ingey vhk…I want yalvee aa rayaan aa gulhen..

    1. eysh says:
      May 15, 2018 at 7:00 am

      Suty dear thank u so much ????????vvv ufaavehje mi part ves kamudhiyaeema ????????hehehe Yalvee dho. Rayaan govaigen filanee dho ???? hingaaba dho vaagotheh balamaa ????????thank uo much my suty u r so sweeet ???????❤❤❤❤❤❤❤❤❤❤❤

  16. No one says:
    May 14, 2018 at 9:47 am

    Maasha allah…Vr vr rythi. Bunaane ehchehvx neynge mi story aa dheytherey…next part avahah up kohladhehchey..❤️????

    1. eysh says:
      May 15, 2018 at 7:02 am

      No one dear thank u so much ????????eysh vvv ufaavehje mi part ves kamudhiyaeema ???????????thank u so much my dear. u r so sweeet ???????❤❤❤❤❤❤❤❤❤❤❤

  17. Its me says:
    May 14, 2018 at 10:02 am

    Alheyyyyhh?..kon kahala kujjeh miulheny?? plxx yalvy ah dhera gotheh nahadhahche… rayan plx save her??? u lurv her ennu dhw..? eysh rayan fonuavheyo girl save kuran?… eyrun yalvy dad vs maa bodah rayan aa lyk vaane… v interesting characters thakehh?.masha allah??? v kiyaahihvey eba dhnbvaane goii..plx update it soon eysh..? mihen bunyas inge eysh avahah update kohdheyne kan..lysm???.. ur one the best writer i hav ever seen!!?? Hobby egge gothuga mikan kuriyas hama heevany professional writer ehhen…????..plus thy emme readers r frnd writer i hav ever seen!!?? ehaa lwbi vaane comments tahakah reply koffa hunna goii vs..gud luk lwbi lwbi writer.??????❤ n varah ufaavey dheenuge kanthahthah stroy ga genessa hunnathy..?ey baeh story thakuga lack vaa kameh even if v r muslims!!

  18. Livy says:
    May 14, 2018 at 12:19 pm

    Helloww eysh!?❤? haaadha reehchey vaahaka gendhaa goi.. Anekkaa yalvy ah kihineh baa vaany.. ? goi dhoo nukuranyaa vaany ehenehnu dhw.. Hehe ?? dhen ethanun rayaan aissa save kohdheyne kanneynge.. ?. Alhe lim haadha dhera vaaney dhw ekam.. ?Varah varah reethi mi story ekam ingey masha allah ????????? when is next part?? keep up the good work Eysh dear.. ?????? Ly ?????❤

  19. Aesh says:
    May 14, 2018 at 12:46 pm

    Maa sha Allah… ??? Vrh reethi… Vrh furihama… ???? yalvee haadha goiyy dhoonukureyey…?Keekey dhn bunaany… Baeh anhen kudhinge goiyy Hama aee…? maa varugadhaee ekam eulheyleh… Ekam Aesh ah vrh heevey adhi konmes dhuvahakun e haru ❤️ madu kafakolhakah vaanehen..??☺️?☺️??????????????????????????

  20. Dhonthxxx says:
    May 14, 2018 at 12:48 pm

    Wow varah reethi when is the next part v inthizaaru kohffin up vaane irakah

  21. sheen says:
    May 14, 2018 at 2:10 pm

    Adhi mi kiyaalevunee..hama neiy bunaane ehcheh.. hama 100 .. jumulathahves genessa huree hana hithaa kulhelaa kahala gothah.. v fashuvi. Ren aa yalvy ge bai haadha salhivaaney dhen inna baiga. Mihaaruves eba sifavey.. ren yalvee govaigen filikamauge thubumathu nukohfiyyaa rangalhu.. hehehe can’t wait ingey kiyaahithun.. love you dear

  22. Ree? says:
    May 14, 2018 at 3:31 pm

    Varah reethi mibai ves i have a question eysh can you tell me who is the main character of this story i mean cover pic ga einee kaaku i think male character akah einee rayaan heyn ree ah olhun araigen mi ulheyni female character akai kaakukan is that yalvi or limyaa waiting❤???????????

  23. Yunaal says:
    May 14, 2018 at 5:07 pm

    Wow maasha Allah varah reethi.

  24. Jazlee says:
    May 14, 2018 at 9:53 pm

    Eysh dhooniii?nxt prt upload kohba avahah ??alhe?maadhama prt eh nama vx upload koh dhehchey ??eysh,Yalvee nd rayaan gulhuvahchey….plxx??ekm eysh dhooniii,kihineh thi hedhy sissy..limyaa will be so sad???? becx she waxx failed in her love waxx not succeeded…masha allah, Eysh vhk molhukamun cmmnt nukoh nuhurevey. .
    ????Bali okay tha mihaaru☺lysm????????❤??????????
    U hav the talent of writing storiexx…plxx gina sifa kurun thah himanaa ladhinun edhen…bye….nd gud nyt✨nd slyp tight…For evry readers nd writers…Bye Bye,once again!???

  25. Maya says:
    May 15, 2018 at 2:32 pm

    Wow Eysh vv reethi ???????yalvy ulhey gotheh dhw.. 2 years ge baby eh hen hyvany. Hahha?????hama mind blowing mi part ves.. When is next part.???? ????????

Comments are closed.


All Right Reserved!