Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 3

hygge Level 510 Stories100 Comments100 Login500 Comments
May 17, 2018 9 Mins Read
28 Comments

ޒިވާ ހިގައިގަތް ތަން ފެނުނު ޔައީޝް އަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެކަން ކުރީ އެއްގޮތަކަށްވެސް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެއް ނޫނެވެ. ޒިވާ ދެބުމަ ގޮށް ޖަހާލައިގެން އަތް އުރާލި އިރުވެސް އޭނާ ހަމަ ޙަޤީގަތުގައިވެސް ރުޅިި އައީ ކަމަކަށް ޔައީޝް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އިތުރަށް ހެން ފެށީއެވެ. ނަމަވެސް ޒިވާ އެފަދަ ގޮތަކަސް ދިޔުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. ޒިވާ ދުވަހަކުވެސް އޭނާ ރުޅި އަންނަފަދަ އެއްޗެއް ބުނެފަކާ ނެތެވެ. އޭނާ ރުޅި އަރުވާލައިފަކާ ނެތެވެ. އެކަމަކު ކޮންމެ ފަހަރަކު އޭނާ ޒިވާ އަށް ޖެއްސުން ކުރެއެވެ. އެ އަންހެން ކުއްޖާއަށް އޭނާ ކުރަން ޖެހޭ އިޙްތިރާމް އޭނާއަށް ނުކުރެވެއެވެ. އޭނާ ދުވެފައި ގޮސް ޒިވާ ހުއްޓުވަން ބޭނުން ވިއެވެ. މާފަށް އެދެން ބޭނުންވިއެވެ. އެ ޚިޔާޅުން ބޭރުވެވުނު އިރުި ވަްުތު ފާއިތުވެއްޖެއެވެ. ޒިވާގެ ހިލަމެއްވެސް އޭރު ނެތެވެ. އަޔާނީވެސް އޭނާ ޒިވާ ބާކީ ކޮށްލެވުމުން ދެރަވެ ހުރެ ގެޔަށް ދިޔައެވެ.

އިސްދަށަށް ޖަހައިގެން އައި ޒިވާ ހުރި ގޮތަށް ހުރެ ގޭގެ ދޮރާށި ހުޅުވާލުމަށްފަހު ގެއަށް ވަނެވެ. ގޭގެ ސިޓިންގް ރޫމަށް ވަދެވުނު އިރު މަންމަ ނެތްކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ މަންމަގެ އެ ސުވާލުތަކުން އޭނާއަކަސް ނުރެކެވޭނެއެވެ. އަނެއްކޮޅުން އޭނާއަށް މޮޅަށް ދޮގުހަދާކަށް ވެސް އެނގޭނީކީ ނޫނެވެ. އޭނާ ދޮގެއް ހަދައިފިނަމަ މަންމަމެން ނިކަން ފަސޭހައިން އެކަން ދެނެގަންނާނެއެވެ.

ހަތަރު ފާރުގައި ވަނީ ފޮތް އަޅާ ފުރިފައި ހުރި ފޮތް ހަރުގަނޑުތަކެވެ. އެންމެ ހަރުގަނޑެއް ފިޔަވައެވެ. އެ ހަރުގަނޑުައި އެކި ވައްތަރުގެ ޓްރޮފީއާއި މެޑަލް ހުއްޓެވެ. އެއް ބިތާއި ކައިރިކޮށްލައިފައި ކިޔަވާ މޭޒެއް ބަހައްޓާލައިފައި ހުއްޓެވެ. ވަށައިގެން ހަތަރު ގޮނޑި ބަހައްޓާފައިވިއެވެ. އެ މެޒާއި ފޮތް ހަރުގަނޑާއި ދޭތެރޭ ހިނގޭނެ ޖާގަ ހުއްޓެވެ. ޒިވާ އެ ކޮޓަރި ތެރެއަށް ވަދެގެން އައެވެ. އެއީ އޭނާގެ ލައިބްރަރި އެވެ. އެ ލައިބްރަރީގައި އިން ސިޑިން އެރީމައި ވަދެވެނި އޭނާގެ ކޮޓަރިއަށެވެ. މަޑުމަޑުން ސިޑިން އަރަމުން ދިޔަ އިރުވެސް ޒިވާގެ މޫނުމަތި ވަނީ މިލައިފައެވެ. މެރޫން ކުލައިގެ ކާޕެޓުމަތިން ހިނގާލައިފައި ގޮސް އޭނާގެ ބޮޑު ގޮދަޑީގައި ޒިވާ އުއްޑުން އޮށޯތެވެ. ކީއްވެކަމެއް ނޭނގެއެވެ. ހަމަ އޮށޯވެލާ ހިތް ވީއެވެ. އެކަނިވެލާ ހިތް ވީއެވެ. އެހެން އޮށްވާ ޚުދު ޒިވާވެސް ހައިރާން ކޮށްލީ އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމުންނެވެ.

އޭނާ ހިތާމަ ކުރަން ވީ ކޮން ކަމަކާ ހެއްޔެވެ؟ ޔައީޝް އޭނާ ސިއްސުވާލީމަ ހެއްޔެވެ؟ އެހެން ވިއްޔާ ހާދަ ހެއްވައެވެ. އޭނާ އެއީ އެހެން މީހުން ރުޅި އައިސް ގެން ބުނާ އެއްޗެއްސަށްވެސް ހިތްވަރު ކުރާ ކުއްޖެކެވެ. ދެން މިއަދު މި ވީ ކިހިނެއް ހެއްޔެވެ؟ ޒިވާ އެކަމާއި މެދު ވިސްނަން އޮށްވައި ލޮލަށް ނިދި ސަވާރުވެގެން ގޮސް އޭސީގެ ފިނީގައި ނިދީގެ ތެރެއަށް ޣަރަޤުވެއްޖެއެވެ.

ބޫޓު ފައިވާން ހަރުގަނޑަށް ލުމަށްފަހު ޔައީޝް ގޭތެރެއަށް ވަދެގެން ދިޔައެވެ. އިރުއޮށްސެން ގާތްވެފައި ވުމާއިއެކު ގޭތެރެއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ކޮޓަރިއާއި ދިމާލަށް ގޮސްގޮސް ހުރި ޔައީޝް އަރިއަލާލީ މީހެއްގެ ގައިގައި ޖެހުމުންނެވެ. “ޔައި.. ކިހިނެއް ވެފަ ބޮރޯ؟ ހާދަ މާޔޫސްވެފަ ހުރިހެން ހީވެއޭ… ކިތަކެއް ކިތަކަކުން ބަލި ވީ؟ ހެހެހެ..” ޚިޔާލެއް ތެރެއަށް ގެއްލިގެން ހިނގަމުންއައި ޔައިޝް މީހެއް ގައިގައި ޖެހުނު އިރުވެސް ނޭނގުނީއެވެ. އެމީހަކަށް އޭނާގެ މޫނުމަތީގައިވި ނުތަނަވަސްކަން ނުފޮރުވުނެވެ. “އަނހަ… ދޮންބެ ކޮން އިރަކު އައީ؟” ޔައިޝް އޭނާގެ ޚިޔާލުތައް އެއްފަރާތް ޒިވާއަށް ކޮށްލަމުން ލިބިފައި ހުރި ހައިރާން ކަމާއިއެކު އޭނާގެ ކުރިމަތީ ހުރި ޔުއާން ގާތުގައި އަހާލިއެވެ. ޔުއާން އެގާރަ ބާރަ ނިންމުމަށްފަހު ކިޔަވަން ވެގެން މިއަހަރު ހުންނަނީ މެލެޝިއާގައެވެ. އޭނާ މިފަހަރު ރަށަށް އެ އައީ ލިބުނު ކުޑަ ޗުއްޓީގައި އާއިލާ އާއިއެކު ވަގުތު ހޭދަ ކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނައާއި ޔައީޝްގެ ދޮންތަ ރަށުގައި ނެތުމުން އެކަމުގެ ފަޅުކަން އިޙުސާސް ވިޔަސް ހެޔޮ ކަމަށް ނިންމައިގެންނެވެ. ދެބެން އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބެފައި ޔައީޝް ފެންވަރަން ދަނީ ކަމަށް ބުނުމުން ޔުއާންވެސް އޭނާގެ ވާހަކަތައް މެދުކަނދާލައިފިއެވެ.

“ވަޓް ހޭވް އައި ޑަން…. އާހް..” އެނދުގައި އިށީނުމަށްފަހު ދެއަތް ގެނެސް ނިތްކުރީގައި ޖައްސާލަމުން ޔައީޝް އެހެން ބުނެލީ އަމިއްލަ ނަފްސަށެވެ. އޭސީގެ ފިނިކަން ހުރި ނަމަވެސް އެ ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ހައިޖާނުގަނޑުން ހޫނުވާ ވަރު ވެއެވެ. ޔައީޝް އަސް ޙަޤީގަތުގައިވެސް ބޮޑުކަމެއް ކުރެވިއްޖެކަން ރޭކާލައިފިއެވެ. ނަމަވެސް އޭނާ އިނީ އެއާއި އެއްވަރަށް ހައިރާންވެސް ވެފައެވެ. ކުރިންވެސް އޭނާ ޒިވާއަށް އެގޮތަށް ޖެއްސުން ކޮށް އުނދަގޫ ކުރެއެވެ. ނަމަވެސް މިވަރަށް ޒިވާ އާއި ދޭތެރޭ ވިސްނެނީ މިހާރަކަށް އައިހެވެ. ކުޑައިރުން ސުރެ ވެސް ޒިވާ އަކީ ޔައީޝް އަށް ކަމުދާ ކުއްޖެކެވެ. އޭނާއަށް ރީތި ކުއްޖެކެވެ. ނަމަވެސް އެކަމެއް އެއްވެސް ގޮތަކުން އޭނާ ހާމައެއް ނުކުރެއެވެ. މިހާރަކަށް އައިސް އަދި ޒިވާއާއި ދޭތެރޭ ވިސްނެނީ މާ ބޮޑަކަށެވެ. އޭނާއަށް ނޭނގެނީ އެ އިޙުސާސްތަކަށް ދޭނެ ނަމެކެވެ. ދެން އިތުރަށް ނުވިސްނަން ހުވާ ކުރި ފަދައަކުން ތެދުވެ ފެންވެރުމަށްޓަކައި އޭނާ ފާޚާނާއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ނިދީގެ ތެރޭގައި ފީނަމުން ދިޔަ ޒިވާ އަށް ފުންމައިގެން ތެދުވެވުނީ އެ ތޫނު ކަންފަތަށް ރީތި ރާގަކަށް ކިޔަވަމުން ދިޔަ ރަޙްމާން ސޫރަތުގެ އާޔަތްތައް އަޑު އިވުމުންނެވެ. މުޅި ކޮޓަރި ތެރެ ވަނީ ކަޅު އަނދިރި ގަނޑެއްގެ ތެރޭގައެވެ. ކުޑަދޮރުތައް ނުލައްޕާ ހުރުމުން މަޑު ފިޔާތޮށިކުލައިގެ ދިގު ދޮރުފޮތިތައް ވައިގެ ޙަމަލާތަކަށް ކެތްނުކުރެވިގެން ވިހުރެމުން ދިޔައެވެ. ޒިވާ މަޑުމަޑުން ތެދުވެ ފާރުގައި އަތް ކާއްތަމުން ގޮސް ބޮކި ދިއްލާލިއެވެ. ހީވީ ކުއްލިޔަކަސް ކުރިމަތިން އިރު ފާޅުވީހެންނެވެ. ލޯމަތީ އަތް އަލާލެވުނި ބޭއިޚްތިޔާރުގައެވެ. ގަޑި ބަލައިލި ތަނާ އޭނާގެ ދެލޮ ބޮޑުވެގެން ދިޔައެވެ. މިހާރު ހަތް ގަޑި ސާޅިސް ފަހެއް ވަނީއެވެ. އެ އިވެނީ އިޝާ ނަމާދު ކުރާށެވެ. އެހާ އިރު ވަންދެން އޭނާއަށް ނިދުނީ ހެއްޔެވެ؟ އަނެއްކޮޅުން މަޣްރިބް ނަމާދުވެސް އޭނާއަށް ނުކުރެވެއެވެ. އަމިއްލަ ނަފްސަށް އޭނާއަށް ރުޅި އާދެވުނެވެ. އެއިރު އޭނާ ނިދީ ކީއްކުރަން ހެއްޔެވެ؟ އިރުއޮއްސޭ ގަޑީގައި ނުނިދުމަށް މަންމަ އެތަކެއް ނަސޭޙަތެއް ދީފައި ވަނިކޮށްވެސް އަމިއްލަ އެދުމައިގެން ގޮސް މިއަދު އޭނާ ނިދީއެވެ. ހިތަށް ވެރިވި އެއްޗަކުން ބިރުން ގޮސް ލޮލުން ކަރުނަ ހިލުނެވެ. އަވަސް އަވަހަށް ޝޯލް ބޭލުމަށްފަހު ފާޚާނާއާއި ދިމާލަށް ދުއްވައިގަތެވެ.

“މަންމާ… ކީއްވެ އަޅުގަނޑަށް ނުގޮވީ މިހާ އިރު ވީ އިރުވެސް؟” ޒިވާ އޭނާގެ މަންމަމެން ކޮތަރިއަށްވަދެ ސޯފާގައި ޓީވިން އަންނަ ކޮންމެވެސް ޕްރޮގްރާމް އަކަށް ގެއްލިފައި އިން ނޫރީން ގާތު ޝަކުވާ ކޮށްލިއެވެ. “އަނހަ… ދަރިފުޅު ނިދުނީތަ؟ އެހެން ނޭނގޭނެޔެއްނު މަންމައަކަށް.. މަންމަ ހީކުރީ ދަރިފުޅު މަތީގަ ފިލާވަޅު ހަދަނީ ކަމަށް… ދެން އެހެންވެ މަންމަ އަލާނުލީ.. ވަރަށް ބޮޑަށް ސޮރީ އިނގޭ..” ނޫރީން އޭނާއަށް ހީވިގޮތް ޒިވާ އާއި ހިއްސާ ކުރިއެވެ. އެއީ ދެން މަންމަގެ މައްސަލައެއް ނޫންކަމަށް ބުނަމުން ޒިވާވެސް އަނބުރާ އޭނާޣެ ކޮޓަރިއަށް ދިޔައެވެ. ނޫރީން މިއަދު ހަވީރު ކޮންމެވެސް ކަމެއްގައި ކޮޓަރީގައި އުޅެނިކޮށް ކޮޓަރިއެއް ލައްޕާލި އަޑު އިވުނެވެ. ޒިވާ އައީކަން އޭނާގެ އެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އޭނާ ޒިވާގެ ކޮޓަރި ހުޅުވައިފަ ބަލައިލިއިރު ތިރީގައި ޒިވާ ނެތުމުން އޭނާވީ މަތީގައިކަން ޔަގީން ކޮށްލުމަށްފަހު އަނބުރާ ކޮޓަރިއަށް ދިޔައީއެވެ.

****

އިޝާ ނަމާދުން އައިސް ކޮޓަރިއަށް ވަތް ޔައީޝްގެ ލޮލުގައި އޭނާގެ ފޮތް ދަބަސް އަޅައިގަތެވެ. ފިލާވަޅެއް ދިން ކަންވެސް އެވަގުތު ހަނދާން ވިއެވެ. މިރޭ އޭނާ ހާދަހާ ފިލާވަޅު ހަދާ ހިތް އެބަ ވެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފޮތްތައް ހުޅުވާލުމަށްފަހު ނިންމަންޖެހޭ ފިލާވަޅަށް ރަނގަޅަށް އޭނާ ބަލައިލިއެވެ. މިއީ ޔައީޝްއަށް އެންމެ އުނދަގޫވެގެން އުޅޭ ޒާތުގެ ނަންބަރެކެވެ. މި ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ސަރ ފިލާވަޅު ކިޔައިދިން ގަޑީގައިވެސް އޭނާ ބެލީ އަނގަތެޅުވޭތޯއެވެ. އަމިއްލަ ފަރުވާކުޑަކަން ހިތަށް އަރައިފައި ބޮލުގައި ދެތިން ފަހަރަކު އޭނާ ޖަހާލިއެވެ. އެވަގުތު ޒިވާގެ ނަން އޭނާގެ ހިތަށް އެރިއެވެ. އަވަސް އަވަހަށް މަންމަ ގާތު ފޯނު ދިނުމަށް އެދެން ގޮސް ގޮސްފައި ހުރި ފިޔަވަޅު މަތި މަޑުކޮށްލިއެވެ. މިއަދު ހަވީރު ކަންތައް ވެދިޔަ ގޮތުން އޭނާއަށް ޒިވާ އާއި ވާހަކަ ދައްކާކަށް މިރެއަކު ޔަގީނުންވެސް ނުކެރޭނެއެވެ. އުންމީދުގެ ހުޅުކޮޅު ނިވުމުން އަނބުރާ ކިޔަވާ މޭޒުދޮށަށް އޭނާ މިސްރާބު ޖެހިއެވެ.

ވަރަށް ހާލުން އިނޓަރނެޓް އާއި ހިސާބު ބޮޑުފޮތުގެ އެހީގައި އެ ފިލާވަޅު އޭނާ ހަދާ ނިންމާލިއެވެ. އެވަގުތު އޭނަގެ ހިތަށް އައި އެއްޗަކުން ނިތްކުރީގައި ޖަހާލެވުނެވެ. މިއޮތް ހުރިހާ އިރު އޭނާ އެ ފިލާވަޅު ހަދަން ނޭނގިގެން އުޅުނު އިރުވެސް ދޮންބެ މައްޗަކުން ހަނދާނެއް ނެތެވެ. އޭނާގެ މޫނުމައްޗަށް އެވަގުތު ހިނިވެސް އައެވެ. ޔައީޝް އެހެން އިންދާ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ކޮޓަރީގެ ދޮރު ހުޅުވަން ދިޔައެވެ.

“ދަރިފުޅު… ކާން އާދޭ… މަންމަ ކާން ތައްޔާރު ކުރަން ދަރިފުޅު ގާތު ނުބުނީ މިހާރު ހަމަ ގައިމުވެސް ފިލާވަޅި ހަދަން އުޅޭނެތީ…” ގޭގައި އަޅާ ކުޑަ ބުރުގަލެއް އަޅައިގެން ހުރި ޒިވާ ގަލަމެއް ހިފައިގެން ހުރެ ގޮސް ދޮރު ހުޅުވާލިއިރު ހުރީ އޭނާގެ މަންމައެވެ. އޭނާގެ އަތުގައި އޮތް ގަލަމަށް ނަޒަރު ހުއްޓާލަމުން ނޫރީން އޭނާ އެންމެ ފަހުން ބުނެލި ޖުމްލަ އިއްވާލިއެވެ. ޒިވާވެސް ހިނިއައިސް ހުރެ ބޯ ޖަހާލަމުން މި ދަނީ ކަމަށް ބުނެ ދޮރު ލައްޕާލިއެވެ.

އާދައިގެ މަތިން ފަތިހު ހަތަރު ގަޑި ސާޅީސް ފަހެއް ވީ އިރު ޒިވާ ނިދާ ހޭލައިފިއެވެ. ފިޔާތޮށިކުލައިގެ ބެޑުޝީޓު ރީތިކޮށްލުމަށްފަހު މަޑު އަދި ގަދަ ފިޔާތޮށި ކުލައިގެ ބާލީސްތައް ތަރުތީބު ކޮށްލިއެވެ. އެއަށްފަހު ތުވާލި ހަރުގަނޑުން އޭނާގެ ތުވާއްޔެއް ނެގުމަށްފަހު ފާޚާނާއަށް މިސްރާބު ޖެހީ ފަތިސް ނަމާދު ކުރުމަށްޓަކއި ފެންވަރާލައި ތާޒާވެލުމަށެވެ.

ފެންވަރައިގެން ނުކުތް ޒިވާ އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރުމެއްނެތި މުސައްލަ ޤިބްލަ އާ ވީ ފަރާތަށް އަޅާލުމަށްފަހު ނަމާދު ދޮޅި އަޅާލައިގެން ނަމާދުކުރަން ފެށިއެވެ. ވީހާވެސް ބޮޑަކަށް ނަމާދު ތެރެއަށް ވަދެވޭތޯ ޒިވާ ދިޔައީ އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެންމެ ފަހުން ދުޢާއަށް އަތް ނަގައިގެން އިނދެ އޭނާގެ ފާފަފުއްސެވުމަށާއި މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ. އަދި އެހެން މީހުންނަށްވެސް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާ ކުރިއެވެ. އޭނާ ދުޢާ ކުރި ވަރަކަށް އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ލޮލުން ކަރުނަ ފާއްދާލިއެވެ. ތުންފަތުގައި މަޑު ތުރުތުއެޅުމެއް ވިއެވެ. އެއަށްފަހު އިޚްތިޔާރުން ބޭރުގައި ގިސްލެވެން ފެށުނެވެ. ހިނދުކޮޅަކު އެފަދައިން އިނުމަށްފަހު ތެދުވެ މުސައްލަވެސް އޮތް ތާ ބާއްވާލުމަށްފަހު ސިޑިން ތިރިއަށް ފޭބިއެވެ.

ލައިބްރަރީގައި އިން މަޑު އޮރެންޖް ކުލައިގެ ބޮކި ނިތްވާލުމަށްފަހު އާދައިގެ ބޮތްކެއް އޭނާ ދިއްލާލިއެވެ. އެއަށްފަހު އެތަނުން ހަރުގަނޑެއް ކައިރިއަށް ޖެހިލުމަށްފަހު މުސްޙަފެއް ނެގީ އަދި ޤުރުއާން ކިޔަވާލުމަށްފަހުވެސް އޭނާއަށް ބަރާބަރަށް ތައްޔާރުވެގެން ސްކޫލަށް ދެވޭނެތިއެވެ. މުސްޙަފް ހިފައިގެން އަނބުރާ ކޮޓަރިއަށް އަރައި އެނދުމަތީގައި ހެޑްބޯޑުގައި ބުރަކަށި ޖައްސާލުމަސްފަހު ހަމަޖެހިލާ ޤުރުއާން ކިޔަވަން ފެށިއެވެ. މިއީ ޒިވާ ކުޑައިރުއްސުރެ ނޫރީން އާއި ޒައިފްގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

ފަތިސް ނަމާދުން ގެއަށް އައި ޔައީޝް އައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ދެޖީބަށް އަތް ޖަހާލައިގެން އައި އިރު ލޮލުގައި ކޮންމެވެސް ވަރަކަށް ނިދި ހުރިކަން ފާހަގަ ކުރެވެއެވެ. ޔައީޝްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ އޭނާއަށްހުރެވުނު ތަނުގައި އޭނާގެ ވައަތް ފަރާތުގައި ހުރި ގޭ ފެނިފައެވެ. އެއީ ޒިވާ މެން ގެއެވެ. އެ ގޭ ފެނުނު ތަނާ އޭނާގެ ސިކުނޑީގައި ޒިވާގެ ޚިޔާލުތައް އެނބުރެން ފެށިއެވެ. އިއްޔެ ހިނގި ޙާދިސާއެވެ. މިއަދު ކޮންމެހެންވެސް އޭނާ ޒިވާ ގާތުން މާފަށް އެދެން ޖެހޭނެއެވެ. އެ ހުރިހާ ކަމެއް އޭނާގެ ސިކުނޑީގައި އެނބުރެން ފެށި ހިނދު ސިކުނޑި ފަޅައިގެންދާ ވަރު ވިއެވެ. ދުވަހަކަވެސް ކަމެއް ވެގެން އޭނާއަށް މިވަރު ވެފައެއް ނެތެވެ. ނަމަވެސް ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އޭނާ މިއަދު ޒިވާ ގާތުން މާފަށް އެދޭނެއެވެ. އޭނާއަށް ނޭނގުނު ކަމަކީ ޔައީޝް އަށް ކުރެވުނު ކަމާއިމެދު ޒިވާގެ ހިތް ސާފުކަމެވެ. އަދި ޒިވާއަކީ އާންމުކޮށް މި އުޅޭ އެހެން އަންހެން ކުދިންނާއި ވަރަށްވެސް ތަފާތު ކުއްޖެއް ކަމެވެ.

ކުރިއަށްވުރެ ހިނގުން ބާރުކޮށްލުމަށްފަހު ޔައީޝް އޭނާގެ ގެއަށް ވަތް އިރު އޭނާގެ ދޮންބެ ސިޓިންގްރޫމުގައި އިނެވެ. “ހާދަ ލަހަކުން ތި އައީ؟” ޔުއާން ޔައީޝް އާއި ސުވާލު ކޮށްލި އިރު އޭނާގެ މޫނުމަތީގައި ވަނީ ކޮން އަސަރެއްކަން ނަގައިގަންނަން ޔައީޝްއަށް ދަތި ވިއެވެ. “އެކޮޅު މިސްކިތަށް ދިޔައީ… ދުރު މިސްކިތަށް ދިޔައީމަ ސަވާބު ގިނަ ވާނެއްނު… ގިނަ ފިޔަވަޅު އެޅި ވަރަކަށް ސަވާބު އިތުރު ވާނެއޭ ކިޔާ އަޑު ޔައި ވެސް އެހިން… ހެހެހެ..” ކުޑަކޮށް ހިނި އަންނަމުން ޔައީޝް އެހެން ބުނެލި އިރު ޔުއާންގެ ތުންފަތުގައިވެސް ހިނިތުންވުމެއް ވިއެވެ. “ހަމަ ތިގޮތަށް ތިމާ ކުރާ ޢަމަލުތަކުންވެސް ސަވާބު ލިބޭނެ… ގިނަގިނައިން ރަނގަޅުކަންތައް ދެންވެސް ކޮށްްބަލަ…” މަޑުމައިތިރިކަމާއިއެކު އޭނާގެ އަމިއްލަ ކޮއްކޮއަށް ޔުއާން ނަސޭހަތްތެރިވިއެވެ. ޔައީޝްވެސް ބޯ ޖަހާލުމަކުން ފުއްދާލީއެވެ.

ޒިވާ ހެނދުނު ސްކޫލަށް ދިޔައީ އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ހިނިތުން ވެލައިގެން ހުރެއެވެ. އެކުވެރިންނާއި އަނެއްކާވެސް ބައްދަލުވާން ދެން މާ ގިނަ ވަގުތެއް ނެތީމައެވެ. އެކުވެރިންނާއި އެކީ އެ ހޭދަވާ ވަގުތަކި އޭނާގެ ޙަޔާތުގައި ހާދަހާ ޚާއްސަ ވަގުތެކެވެ. އެވަގުތުކޮޅުގެ ތެރޭގައި ލިބޭ އުފާވެރިކަން އެއީ އޭނާއަށް ވަރަށްވެސް މުހިއްމު އެއްޗެކެވެ. އޭނާގެ ޙަޔާތުގައި އެކުވެރިންނަށް ދެވިފައިވަނީ ވަރަށްވެސް މަތިވެރި ޤަދަރެކެވެ.

ހިނގާލައިފައި އައި ޒިވާ ސްކޫލުގެ ގޭޓުން އެތެރެއަސް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ގަނޑުވިއެވެ. ބެންޗުގައި ޒިވާއަށް ފުރަގަސްދީގެން އިށީންދެ އިން ޔައީޝް ފެނިފައި އިއްޔެގެ ޙާދިސާ ހަނދާނަށް އަންނަންފެށީ ކުދިވެގެން ބުރަބުރައިގެން ގޮސްފައިވި އެތިކޮޅުތަކެއް އަލުން ގުޅެމުން ދިޔަ ފަދައިންނެވެ. އަދި އެ މަޖާ ވަގުތުކޮޅު ޒިވާގެ އަމިއްލަ އަތުން ހަލާޚުކޮށްލެވުނީތީ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އެއީ ޔައީޝް މަޖަލަކަށް ކުރި ކަމަކަށް ވާއިރު އެފަދަ ކޫސަނި ކަންކަމާއި ސިނގުރުޅި އާދެވުނީތީ އޭނާގެ ބަލިކަށިކަން ހިތަސް އެރިއެވެ. އިސް ޖަހާލައިގެން ހުރެ ޖެހިގެން އިން ބެންޗްގައި ހަމަ އިއްޔެވެސް ޒިވާ އިން ތަނުގައި އިށީނެވެ.

“ޒިވާ… އައިމް ރިއަލީ ސޮރީ… އިއްޔެ އަސްލު މަޖަލަކަށް ޒިވާ އާ ޔާނީ ސިއްސުވާލީ.. އެއްވެސް ގޮތަކަށް ޒިވާ ރުޅި އަރުވާލާކަށް ނޫން… ވަރަށް ވަރަށް ބޮޑަށް ސޮރީ… ހަމަ އަސްލުގަވެސް… ލުކް، އައިމް ނޮޓް އެކްޓިން.. އޯކޭ…” ޔައީޝް މާޔޫސީ މޫނަކާއިއެކު އެހެން ބުނެ ނިމުނު އިރު އޭނާ އިނީ އިސް ޖަހާލައިގެންނެވެ. ފިރިހެން ކުދިންވެސް އެހެން ވީމަ ކަންކަމާއި ވިސްނާ ތާއޭ ޒިވާގެ ހިތަށް އެރިއެވެ. އެކަމަކު އެމީހުންގެ ބޭރުފުށުން އެކަމެއް އެއްވެސް ވަރަކަށް ފާޅެއް ނުވެއެވެ. ހަމަ ހިތްވަރު ގަދައީއެވެ. އަންހެން ކުދިންނަށް ކިރިޔާވެސް ކަމެއް ވެއްޖިއްޔާ ބަޑި ފަޅައިގެން ދެއެވެ. ދެން އެވީ ދުވާލުދާ ހަތަރުދަމު ނުކައި ނުބޮއެ ބާލީހުގައި ބައްދައިގެން ރޯން އޮންނާށެވެ. ޒިވާގެ ހިތަށް އެރި އެއްޗިހިން ހިނި އާދެވުނެވެ.

“ކިހިނެތްވީ ތި ހެނީ… އައިމް ރިއަލީ ސީރިއަސް… އަސްލުވެސް އައިމް ނޮޓް ޖޯކިންގް އިނގޭ…” ޔައީޝް ސީރިއަސް ވެލައިފައި އެހެން ބުނެލުމުން އޭނާ ހިނި އައީ އެހެން ކަމަކާ ކަމަށް ޒިވާ ބުނެލިއެވެ. އަދި އިއްޔެ ވީ ކަމުގަިއ ޔައިޝްގެ ކުށެއް ނެތް ކަމަށްބުނެ ކުށް އޮތީ ޒިވާކަމަށް އޭނާ ޔައީޝް ގާތު ބުންޏެވެ. ނަސީބަކުން ކުރީގެ އެކުވެރިކަމަށް އަނެއްކާވެސް ދެމިހުންނަށް ރުޖޫޢަ ވެވިއްޖެއެވެ. އެ ވަގުތު ގޭޓުން ވަދެގެން އައި ރައިފާ ޒިވާގެ ލޮލުގައި އަޅައިގަތެވެ. ޒިވާ ވަގުތުން އޭނާއަށް ހިނިތުންވުން ރައްދުކޮށްލިއެވެ. ނަމަވެސް ރައިފާ ބޮޑާވެލައިފައި އިނގޭ ކަމަށްވެސް ހަދާނުލިއެވެ. ޒިވާ ފުން ނޭވާއެއް އެ ވަގުތު ލިއެވެ. “ހެއި ޔައިޝް…” ރައިފާ އައި ގޮތަށް އައިސް ޔައިޝްގެ ކުރިމަތީގައި އިށީނެވެ.

ރައިފާ އަކީ ރީތި ކުއްޖެކެވެ. އެހެން މީހުންނާއި ޚިލާފަށް އޭނާގެ ހުންނަ ވިލު ނޫކުލައިގެ ލޮލުގެ ސަބަބުން އޭނާގެ ތޫނު ކަޅިރަވައިގެ ޖާދޫގައި އެތައް ބަޔަކު ޖައްސާލަނީ ފެންތައްޓެއް ބޯލުންހާ ފަސޭަހައިންނެވެ. އަދި ފިޔާތޮށިކުލައިގެ ތުންފަތުން ހިނިތުންވެލާއިރު އެ ދޮން ކޯތާފަތަށް އެޅޭ އަޑިކޮޅުން މީހަކު ބަލާފޫހި ނުވާނެއެވެ. ނަމަވެސް ރައިފާއަށް ނޭނގޭ ކަމަކީ މީހެއްގެ ރީތިކަމަކީ އޭނާގެ ހެޔޮލަފާ ރަނގަޅު އަޚްލާޤް ކަމެވެ. ރައިފާ އެހެން ކުރިމަތީ އިނދެ ވާހަކަ ދައްކަމުންދާތީ ޔައީޝް އިނީ އުނދަގޫ ވެފައެވެ. ރައިފާ ރީއްޗަކަސް އޭނާއަކަށް އެއްގޮތަކަށްވެސް ރައިފާގެ އެހުންނަ ކިބުރުވެރި ގޮތްގަނޑެއް ކަމަކު ނުދެއެވެ. އަވަހަށް ކޮންމެވެސް ފިރިހެން ކުއްޖަކު އާދޭތޯ އޭނާ ހިތާހިތުން ދުޢާ ކޮށްލަ ކޮށްލާ އިނި މި ރައިފާ ކައިރިން މިންޖުވެވޭނީ އޭރުން ކަމުގައި ވާތީއެވެ.

ޒިވާ އޭނާގެ އެކުވެރިންނާއި އެކު ކްލާހާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެކުދިން އެކި ވާހަކަތަކުގައި ހިނތުންވެލައިގެން ތިބެ ވޯކްވޭއިން ހިނގާލައިފައި ދިޔައީ ޒިވާއަށް ދެން ކުރިމަތިވާން އުޅޭ ކަމެއް އެއްވެސް ވަރަކަށް ނޭނގެ ހާލުއެވެ.

އަޔާނީ އާއި މައިހާ ކްލާހަށް ވަނުމުން އެންމެ ފަހަށް ވަދެވަދެ ހުރި ޒިވާ މިހެއްގެ ފައިގައި އަޅައިގަނެ ވެއްޓެން ދިޔައެވެ. އަތުގައި ހުރި ފޮތްތަކާއި ކޮނޑުގައި އަޅުވާފައި އޮތް ބަރު ދަބަހުގެ ސަބަބުންނާއި އެކީ ވެއްޓެން ދިޔަ ގޮތުން ހަށިގަނޑު ކޮންޓްރޯލް ނުވެ ޒިވާ ބިންމައްޗަސް ވެއްޓުނެވެ. ވެޓުނު ގޮތަސް ފުރަތަމަވެސް ތަޅުންގަނޑުގައި ޖެހުނީ އުލަނބުށްޓެވެ. ޒިވާއަސް އޮވެވުނީ އޭނާގެ އަތުގެ މަތީގައެވެ. ވެއްޓުނު ވަގުތު ޒިވާގެ އަގައިން ވޭނީ އާހް އެއްގެ އަޑު ނިކުތެވެ. ގޮނޑިބަރިއާއި ދިމާލަށް ހިނގާފައި ދިޔަ އަޔާނި އާއި މައިހާއަށްވެސް އެ ވޭނީ އަޑުން ކުއްލި ސިހުމެއް ލިބި ފަހަތަށް އެނބުރިލިއިރު ކަކަމު ދާކަށް ނެތެވެ. ޒިވާ އޮތީ ވެއްޓުނު ގޮތަށ ހިރިވެސް ނުލެވިފައެވެ. “ޒިވް… ކިހިނެތް ތި ހެދީ؟” އަޔާނީ އާއި މައިހާއަށްވެސް އެއްފަހަރާ ޒިވާއަށް ގޮވާލެވުނެވެ.

ޒިވާއަށް އެހެން ވީ ކިހިނެތް ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. “ޒިވް އަކަށް ނޭނގެ ކިހިނެތް ކަމެއް މި ވީކީ.. މީހެއްގެ ފައިގަ އަޅައިގަތް ހެން ހީވި.. ދެން ދިޔައީ ހަމަ އަނގަވަތަށް ވެއްޓެން… އައުޗް.. ވަރަށް ތަދުވޭ…” ޒިވާ އޭނާއަށް ހީވިގޮތަށް ކަންތައް ކިޔައިދެމުން ދިޔައެވެ. މައިހާ ޒިވާގެ އުޅަނބޮށީގައި އަތްލިތަނާ ޒިވާ ސިއްސައިގެން ދިޔައީ އަތުން ނެގި ދިލައިންނެވެ. “ސުބުހާނައްﷲ… ތަދުވާނެއްނު.. ތިޔޮތީ އަތް މަށައިގެން ގޮސްފަވިއްޔަ… އާހް.. މައި އަށްވެސް އެބަ ހީވޭ ތަދުވާހެން މިހާރު… ހޫ ޑިޑް ދިސް؟ އަރްރްރްރ.. އެ މީހަކު ކޮން މޮޔައެއް ވެގެންތަ އެކަމެއް އެ ކުރީ؟” މައިހާއާއި އަޔާނީ އަށްވެސް ޒިވާގެ އަތަށް ވެފަ އޮތް ގޮތުން އަސަރު ކުރިއެވެ. އެ ތިން އެކުވެރިންނަކީ ލޮލާއި އަތް ފަދަ ތިން އެކުވެރިންނެވެ. އެކަކު އަނެކަކަށް އެހީތެރިވެދީ އެކަކަށް ހިތާމައެއް ނުވަތަ އަނިޔާއެއް ވެއްޖިއްޔާ އަނެއް ދެކުދިންނަށްވެސް އެކަމުގެ އަސަރު ކުރެއެވެ.

ޒިވާ ކިތަންމެ ހިތްވަރު ކުރަން އުޅުނެއް ކަމަކު ކެތެއް ނުވިއެވެ. އަތުގައި ރިއްސާވަރުން ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ އަތުން ބައިވަރެއް ލޭ އާދެއެވެ. ޔުނީފޯމުވެސް ހަލާކުވީއެވެ. ނަމަވެސް އޭނާއަށް ވީ ވަރަކުން އަދިވެސް ކެތް ކުރާނެއެވެ. އޭނާ އެވަގުތު ﷲއަށް ހިތާހިތުން ދުޢާ ކޮށްލީވެސް ކެތްތެރިކަން އިތުރު ކޮށްދެއްވުމަށް އެދިއެވެ. އެއި އެކަލާނގެ ވޮޑީގެންވަނީވެސް ކެތްތެރިންނާއި އެކިގައި ކަން އޭނާއަސް އިނގޭތީއެވެ.

“ޒިވް.. ޕްލީޒް.. ހިނގާ ހެލްތް ރޫމަށް… އަޅެ ޔާނީ އަށްވެސް ތަދުވޭ އެބަ..” ޒިވާގެ އަތަށް ބަލަން ހުރެ އަޔާނީ އާދޭހާއި އެކީ ޒިވާ ގާތު އެދުނެވެ. “ޔާނީ އިހަށް މަޑުކޮށްބަލަ.. އަދި ހެލްތް ރޫމް ނުހުޅުވާނޭ.. އެމީހުން އަދި ސައިން އިން ވުމުގަ މިގަޑީގަ އުޅޭނީ… އަދި ނޭނގެ ހެލްތް މިސް އައި ކަމެއް ވެސް… ޒިވް އިންނާނަމޭ.. ނުވޭ ތަދެއް…” ޒިވާ ކެތް ކުރަމުން ފަނޑު ހިނިތުން ވުމެއް އޭނާގެ ދެ އެކުވެރިންނަސް ހަދިޔާ ކޮށްލިއެވެ. އޭނާގެ ސަބަބުން އެމީހުން ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާކަށް އޭނާ ނޭދެއެވެ.

“ޒިއްޕުޑިން…” ދެ ޖީބަސް އަތް ޖަހާލައިގެން ހިނގާލާފައި އައި ޔައީޝް ޒިވާމެން ކްލާހާިއ ހަމަވުމުން ދޮރުން އެތެރެއަށް ފައި އަޅާލަމުން ޒިވާއަށް ދިގުކޮށްލާފައި ގޮވާލިއެވެ. އެއރިު އޭނާއަށް ކަމެއް ވެގެން އުޅޭ ކަމެއްވެސް ނޭނގެއެވެ. މައިހާ ޒިވާގެ ވައަތް ފަރާތުގައި ހުރުމުން ޔައީޝްއަށް ޒިވާގެ އަތެއް ނުފެނެއެވެ. ޒިވާވެސް ޔައީޝްއަސް ހިތި ހިނތުންވުމެއް ރައްދުކޮށްލިއެވެ. މައިހާއާއި އަޔާނީވެސް ނަސީބަކުން ޒިވާއަށް ވީގޮތް ކިޔައިދޭން ނޫޅުނީތީ ޒިވާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. “ޔައީޝް… ދެންވެސް ޒިތްޕުޑިންނަށް ނުގޮވާ އަހަރެމެންނަށް ހެލްޕް ވާން ވީނުދޯ… ޒިވް އަށް މިހެން ހެދި މީހަކު ހޯދަން އަހަރެމެންނަށް ހެލްޕް ވާން ވީނު…” މައިހާއަށް މަޑުން ނުހުރެވުނެވެ. ޒިވާ އޭނާގެ ވާހަކަ ހުއްޓުވަން އުޅުމުންވެސް މައިހާ ޒިވާ ގާތު މަޑުކުރުމަށް ބުނެ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ޒިވާއަށް އެހެން ހެދި މީހަކު ދެކެ އޭނާ ރުޅި އައިސްފައި އެހުރީ ވަރަށް ގަދަޔަށެވެ.

“ވަޓް… ކިހިނެތް ވި ޒިވާ އަށް؟ އަސްލު ބުނެބަލަ… ކިހިނެތްތަ ވީ؟” ކުއްލިޔަކަށް ޔައިޝްގެ މިޒާޖު ސީރިއަސްކަމަށް ބަދަލު ވެއްޖެއެވެ. ޒިވާގެ އަތް ފެނިފަ އޭނާގެ ހިތުގައިވެސް ރިއްސާލިއެވެ. އެ އަންހެން ކުއްޖާ ހާދަހާ ހިތްވަރު ގަދައެވެ. އަތް އެހާބޮޑަށް ހަލާކުވެ ލޭ އަންނައިރު ހާދަހާ ތަދެއް ވާނެއެވެ. އަދި އެއީ ހުޅެއް މައްޗެވެ. އެކަމަކުވެސް އޭނާ ހިނިތުން ވެފައި އެ އިނީ އެ ރިހުމުގެ މައްޗަށް ބާރުފޯރުވައިގެންނެވެ. އޭނާ ކުޅެގެން ފައިން ތަންކޮޅެއް މަށައިގެން ދިޔަޔަސް އޮންނަނީ ފިޔަވަޅެއް އަޅާލަން ނުކެރިފައެވެ. ޒިވަގެ އެ ކެތްތެރިކަމަށް ޔައީޝްއަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނެވެ. އަދި ޒިވާ އަށް އެހެން ހެދި މީހަކު ހޯދަން އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އެއީ ޚުދު އޭނާގެވެސް ނުލާހިކު ގާތް އެކުވެރިއެކެވެ. ވީ އިރު އެމީހަކު އެކަމެއް ތަކުރާރު ކުރަން ހިތަވަރު ދޭންވީ އެއްވެސް ސަބަބެއް ނެތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އުފަލާއެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ފުރާނަ ނެތް މަސްގަނޑު

Next

އަޖައިބެއްފަދަ ލޯބި

Next
May 17, 2018

އަޖައިބެއްފަދަ ލޯބި

Previews
May 17, 2018

އުފަލާއެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ފުރާނަ ނެތް މަސްގަނޑު

28 Comments!

  1. Shiman says:
    May 17, 2018 at 9:52 am

    Yey me first

    1. noor says:
      May 17, 2018 at 2:20 pm

      hehehe.. yeah, shiman first.. congrats dear.. 🙂

  2. Shiman says:
    May 17, 2018 at 9:54 am

    Vvv reethi mi part ?❤?waiting for next part

    1. noor says:
      May 17, 2018 at 2:21 pm

      thank you shiman… 🙂

  3. eekko says:
    May 17, 2018 at 10:30 am

    MI PART VX VARAH REETHI

    1. noor says:
      May 17, 2018 at 2:43 pm

      jazakillah khairan eekko.. 🙂

  4. mishy says:
    May 17, 2018 at 10:41 am

    Wowww… vrh vrh reethi ngh….. ham as usual…. I luv this prt…. alheyy…. ziv ah ehn hedhii kaak.??? I guess tht raifaa…. I hate her… stry liyelrf 2 or 3 times kiyrleveythw balahcheyy… kudhi kudhi mistakes eba huri… whn nxt??? Curiously waitinnn….. vrh vrh nyc mi stry kuri ah mi dhaa goiyy…. luv it…

    1. noor says:
      May 17, 2018 at 2:45 pm

      jazakillah khairan mishy.. hingaa dhw balamaa ziv ah ehn hedhi meehaku.. hehe.. 🙂 mishy, keeh kuraany.. noor hama kiyaalan.. kiyaafa noor ah faahaga vaa mistakes thah ves rangalhu kollan.. ekam hama nufenifa hunna ehchehi mishy men faahaga kolladheny.. hehe.. 🙂 jazakillah khairan for that.. 🙂

    2. mishy says:
      May 17, 2018 at 3:33 pm

      Mishy kmh nukurn…. noor kiihkhlanii?? Yhh… ekahala kudhi kudhi kn kn hunnrne… try harder for a bettr result… ♥♥♥♥

    3. noor says:
      May 17, 2018 at 3:48 pm

      ummmm.. mishy adhi eh faharu noor ge reply kiyaalahchey.. noor buny keeh hey kuraany, noor ah mistakes thah hama nufennany ey ehaa faseyhain.. hehe.. anyways, its ok.. noor ves hama mioh ulheny mihen… and jazakillah khairan for the support, mishy.. 🙂

    4. Zelll says:
      May 18, 2018 at 12:42 pm

      Dhw mishy…vrh interesting

  5. Sana says:
    May 17, 2018 at 11:31 am

    Wow! Varah beautiful
    Waiting for next part….

    1. noor says:
      May 17, 2018 at 2:46 pm

      jazakillah khairan Sana.. 🙂 keep waiting dear.. in sha allah nxt week ga dhn oiyy bai noor balaanan genesdheveytho.. 🙂

  6. Blackaholic says:
    May 17, 2018 at 12:08 pm

    Masha Allah… vvv reethi mi part.. v reethi hisaabakun mi nimuny.. can’t wait for the next part.. unmeedhu kuran avahah up kohladheynekamah.. keep up this excellent work dear…?❤❤❤❤

    1. noor says:
      May 17, 2018 at 2:49 pm

      jazakillah khairan Blackaholic.. keep waiting dear.. 🙂 noor ah yageen kan dheykah nukereyne dhn oiyy bai maadhamaa up koh dheveyne kamaa medhu hama eh gothakahves.. but in sha allah i’ll try to.. faharegga nxt week ga ves dhn oiyy bai up vedhaane.. 🙂

    2. noor says:
      May 17, 2018 at 2:49 pm

      jazakillah khairan for the support dear.. 🙂

  7. No one says:
    May 17, 2018 at 12:52 pm

    Wow.. vr vr rythi.. maasha allah.. waiting for the next part

    1. noor says:
      May 17, 2018 at 3:50 pm

      alhamdhulillaah.. jazakillah khairan No one.. keep waiting dear.. 🙂 Btw No one ge story ves maa sha allah vrh reethi.. i’m also waiting for your story.. 🙂

  8. Pinky shifoo says:
    May 17, 2018 at 2:40 pm

    Wowww?????… mi part vx vvvv reethi ❤❤❤❤❤… keep it up noor ???????????????… shifoo v kiyaahihvey mihaaru mi story ?????… curiously waiting for the next part ????❤❤❤❤??????????…

    1. noor says:
      May 17, 2018 at 3:51 pm

      maa sha allah.. haadha colourful comment ekey Shifoo.. vrh ufaavehje Pinky Sifoo ge comment eh fenunyma.. 🙂 jazakillah khairan dear.. asluvestha? vrh vrh happy vehje noor.. keep waiting dear.. 🙂

  9. zaara says:
    May 17, 2018 at 3:06 pm

    mee vara salhi vaahakaeh. waiting for next part.??

  10. maya says:
    May 17, 2018 at 4:30 pm

    vv interesting..umm kudhi kudhi mistakes ebahuri ….bt u can improve

    1. noor says:
      May 18, 2018 at 7:34 am

      jazakillah khairan maya.. 🙂 in sha allah.. 🙂 jazakillah khairan for the support dear.. 🙂

  11. Elisha says:
    May 17, 2018 at 10:20 pm

    Masha Allah ????❤❤
    Varah furihama????
    Waiting for next part????????❤❤❤❤❤

    1. noor says:
      May 18, 2018 at 7:36 am

      maa sha allah.. vrh loabi comment eh Elisha.. vrh colorful.. 🙂 alhamdhulillah.. jazakillah khairan dear.. keep waiting dear.. 🙂

  12. Zelll says:
    May 18, 2018 at 12:41 pm

    VRH reethi mi story, mashaaallah, you have a great talent! Aslu i keep forgetting mi vrhaka kiyann fashaa irah that my story is still to be continued kann ves. Vrh related mi story, It’s like a true, TRUE story, very related! Keep up the good work! Waiting for the next part!

  13. Zelll says:
    May 18, 2018 at 4:16 pm

    VRH SALHI MI STORY! everytime when i come down to read it i forget that i have a story still to be continued, hithunn evaahaka liyann mi site ah vannanee, ekam mihaaru abadhu mi vaahaka kiyaa hiyyvanyyy vrh reethi!!!! vrh true

  14. ira says:
    May 20, 2018 at 1:53 pm

    varah cute mi story!!!!!!!!!!!!!!!!!

Comments are closed.

Next Episodeހުޅުކޮޅު 4←


All Right Reserved!