ޒާރާ އަށް ހޭލެވުނީ ގަޑި ސޯނާ ވާންފެށުމުންނެވެ. ތެދުވެ ގަޑި ބަލައިލިއިރު ފަހެއް ޖަހާފިއެވެ. ސުކޫލް އަށް ދާންޖެހެނީ ހައެއް ޖަހާއިރުކަމުން ފާހާނާ އަށް މޫނު ދޮވެލާ ފެންވަރާލާ ހަދައިގެން ނިކުތެވެ. އޭރު ގަޑިން ފަސްގަޑިބައި ވަނީއެވެ. މިއަދު މިއީ އައުއަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުން ޒާރާ ބޭނުންވީ ގަޑި ނުޖެހި ސުކޫލް އަށް ދާންށެވެ. ޔުނީފޯރމް ލައިގެން ފުނާއަޅާލާ ހަދައިގެން ޓީޗަރު ވައިބާ އިން ފޮނުވާފައި އިން ޓައިމްޓޭބަލް އާ އެއްގޮތަށް ދަބަހަށް ފޮތްތައް އަޅަންފެށިއެވެ. […]