އަތުތެރެއަށް ޔަޝަލް ވަނުމުން، ފާރުގައި ލައްގާފައި ޒުވާނާ އޭނާ ކުރިމަތީ ހުއްޓުނެވެ. ފައި ދަމާލާފައި ޖަހަން އުޅުން ޔަޝަލް ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުދަންނަ މީހެއް ނޫންކަން ފެނުމުންނެވެ. ޔަޝަލް ހިމޭންވިތަން ފެނިފައި ޒުވާނާ ކުޑަކޮށް ދުރަށްޖެހިލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެ ޔަޝަލްގެ އަތްތިލައަށް ބޮސްދިނެވެ.
“ވުޑް ޔޫ ކެއާރ ފޯރ އަ ޑިނާރ ވިތް މީ، ޕްރިންސެސް؟…”
*************************
ކާރު ގޮސް ހުއްޓީ ވިލިއަމްސްގެ ހަވޭއްޔަށެވެ. ހަވޭލި ތެރެއަށް ވަދެގެން ދިޔައިރު އިތުރު މީހެއްގެ ހިލަމެއްވެސް ނެތެވެ. އެހެންކަމުން މީ ކްރިސް އަމިއްލައަށް ދޭ ކެއުމެއްކަން ޔަޝަލްއަށް އިނގިގެންދިޔައެވެ. ކާ ކޮޓަރިއަށް ވަތްއިރު މޭޒު ތައްޔާރުވެފައިވީ ދެ މީހުންގެ ކެއުމަކަށެވެ. މޭޒުދޮށުގައި ހުރި އުއްބަތިން މާހައުލަށް ގެނެސްދިފައިވަނީ ހިތްގައިމު އަލިކަމެކެވެ. ގޮނޑި މޭޒާއި ދުރުކޮށްލަމުން ކްރިސް ޔަޝަލްއަށް އިށީނުމަށް ދައުއްވަތު ދިނެވެ. ޔަޝަލް އިށީނުމުން ކްރިސްވެސް އިށީނެވެ.
“ޔަޝަލް މި ކައިވެންޏާ ހިތްހަމަ ޖެހޭތަ؟” ކްރިސް ސީރިއަސް ރާގަކަށް އަހައިލިއެވެ.
“އެހެން އަހަންތަ ތި ގެނައި؟” ވަރަށް ހަމަޖެހިލައިގެން އިނދެ ޔަޝަލްވެސް ކޮށްލީ ސުވާލެކެވެ.
“އެކަމާ އެކަންޏެއް ނޫން. ޔަޝަލްއާ ބައްދަލުކުރާ ހިތްވެސް އޮތީތީ.”
ވަޅިން މަސްކޮޅު ބުރިކުރަން އިން ޔަޝަލް އިސް އުފުލައި ކްރިސްއަށް ބަލައިލިއެވެ. “ނޫނެކޭ ބުނެފިއްޔާ މި ކައިވެނި ހުއްޓުާނަންތަ؟” އަނެއްކާވެސް ޔަޝަލް ކޮށްލީ ސުވާލެކެވެ. ކްރިސްއަށް ހީވީ ޔަޝަލް އޭނާގެ ހިތުގައި ކޮޅުފައިން ޖެހި ހެންނެވެ. ސިކުންތުކޮޅަކަށް އޮއްސުނު އޭނާގެ މޫނު ޔަޝަލްއަށް ފާހަގަވިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އެ ކުލަވަރު ފޮރުވާލައިފިއެވެ.
“އާނ… އަހަރެން ބޭނުންމެއްނުވޭ އަހަންނާއެކީ އުޅެން ބޭނުން ނުވާ މީހަކާ އެކީ އުޅެކަށް.” އިސްޖަހައިލަމުން ކްރިސް ހަރުކަށި އަޑަކުން ބުނެލިއެވެ. މި ހަރުކަށިކަމަކީ އޭނާގެ ހިތުގެ ރިހުން ފޮރުވުމަށް އެޅި ފަރުދާއެއްކަން ޔަޝަލްގެ ތޫނު ސިކުނޑިއަކަށް ނުފޮރުވުނެވެ.
“އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ.” އުލާއި ވަޅި ތިރިކޮށްލުމަށްފަހު ޔަޝަލް ހަގީގަތް ކްރިސްއަށް ކިޔައިދިނެވެ. ޖީލާންދެކެ ވާ ލޮއެއްބާއި، މިއީ މައިންބަފައިންގެ މަޖުބޫރުން ކުރާ ކައިވެންޏެއްކަމެވެ. ޔަޝަލްގެ ވާހަކަ ނިމުމުން ކްރިސް ގޮނޑިން ތެދުވިއެވެ.
“ދެން ހިނގާ ދާން ދޯ. މިހާރު ވަރަށް ލަސްވެއްޖެ.” ގޮނޑިން ތެދުވެފައި ކްރިސް ބުންޏެވެ. އޭނާގެ ހިނިތުންވުމުގައިވީ މޮޅިވެރިކަމާއި ކެކުޅުންތަކެވެ.
ޔަޝަލްގެ އެދުމަށް ކްރިސް އޭނާ ލައިދިނީ ‘ޑްރިންކް އަޕް’ ބާރއަށެވެ. ކާރުން ފޭބުމަށްފަހު އެކީގައި ނަޔަސް ހެވޭ ބުނުމުންވެސް ކްރިސް ޔަޝަލްއާއި އެކީ ބާރއަށް ވަނެވެ. އެއް އަތަށް ތަބަކެއް ލައިގެން އުޅުނު ޖެނީއަށް ކްރިސް ފެނުމުން ހީވީ ބިރެއް ފެނުނުހެންނެވެ. އަތުގައި އިން ތަބައް ނުވެއްޓުނީ ކިރިޔާއެވެ. ޔަޝަލް ފަހަތަށް އެނބުރި ކްރިސްއަށް ބަލައިލުމުން ދަނީއޭ ބުނެފައި ކްރިސް ނުކުތެވެ.
ޖެނީއަށް ވެފައިވައި ގޮތް ފެނިފައި ޔަޝަލްއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. “ޖެނީ؟” ޔަޝަލްގެ އަޑަށް ސިހިފައި ޖެނީ ބަލައިލިއެވެ. ހީވީ ހުވަފެނަކުން ބޭރަށް ނުކުމެވުނު ހެންނެވެ.
“ކިހިނެއް ވެފަ ތިހިރީ؟ ކްރިސް ދަންނަންތަ؟” ޔަޝަލް އަހައިލިއެވެ.
“ނޫނޭ… އަނެއްހެން ދަންނަނީކީ ނޫން. އެކަމަކު ޔަޝަލް ކިހިނެތް ދަންނަނީ؟” ޖެނީ އެއްސެވެ.
“އެއީ ކްރިސް ވިލިއަމްސްއޭ، އަހަންނާ ކައިވެނި ހަމަޖެއްސި…” ޔަޝަލް ކިޔައިދިނެވެ. ޖެނީ ގެ އަނގަ ހުޅުވުނީ ތަންމިނަށެވެ. ޔަޝަލްގެ ބަސް ގަބޫލު ނުކުރެވުނު ކަހަލައެވެ. އޭނާއަށް ޔަޝަލްގެ ކައިވެންޏާއި ބެހޭ ގޮތުން އިނގުނަސް، އަނެއް އާއިލާއާއި ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް ލިބިފަކާއެއްނެތެވެ.
“އެ… އެހެން ދޯ… ހްމްމް…” ޖެނީ އުޅުނީ ފާޑަކަށެވެ. އަދިވެސް ހަގީގަތް ހަޖަމު ނުކުރެވިގެންނެވެ. އަވަސް އަވަހަށް މޭޒުމަތީ ހުރި ތަށިތައް ހިފައިގެންގޮސް ސްޓާފުންގެ ބަޔަށް ވަނެވެ. ޔަޝަލް ޝައްކުގެ ނަޒަރަކުން ޖެނީއަށް ބަލައިލިއެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނެހެދިއެވެ.
މުއައްޒަފުންގެ ބައިގައި ފޮތެއް ދީފައި ޔަޝަލް ބޭންދުމަށްފަހު ޖެނީ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ކުރިމަތީ ހުރި ބޮޑު އެއާރކޮންޑިޝަނާއަށް ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައި އިން ޔަޝަލް ދަބަހުން ނެގީ ފޮޓޯގަނޑެކެވެ. އޭގައި ހުރީ ޔަޝަލްއާއި ދާދި އެއް ސިފަތަކެއްގެ ވެރި އަންހެންކުއްޖެކެވެ.
އެއީ އޭގެ ވިއްސަކަށް މިނެޓު ކުރިއެވެ. ޔަޝަލް ދިޔައީ ކްރިސްގެ ފަހަތުން ވިލިއަމްސް ގޭ ގޯތިތެރެއިން ލާފައެވެ. ކާރާއި ހަމައަށް އަރާފައި ޖީބުން ތަޅުދަނޑި ނެގިއިރު ކްރިސްގެ ޖީބުން ވެއްޓުނު ފޮޓޯގަނޑު ޔަޝަލްގެ ލޮލުގައި އަޅައިގަތެވެ. އެއްޗެއް ވެއްޓުނުކަން ނޭންގޭ ހާލު ކްރިސް ހުރިގޮތަށް ދިއުމުން ޔަޝަލް އުޅުނީ އެ ބިންމަތިން ނަގައި އަނބުރާ ދޭންށެވެ. ނަމަވެސް އޭގައި އިން އޭނާއާއި ވައްތަރު އަންހެންކުއްޖާ ފެނިފައި ލެވުނީ އަލިއްލަ ދަބަހަށެވެ.
“ތިއީ ކޮންތާކުން ފެނުނު ފޮޓޯއެއް؟” މާ ވަރަކަށް ޔަޝަލް މި ބަލަނީ ކޯޗަކަށްތޯ ބަލަން އައި ޖެނީއަށް ފޮޓޯގަނޑު ފެނުމުން ދެބުމަ ދޭތެރޭ ހުރި ރޫތައް ވީ ހައްތަހާ ގިނައެވެ. މިކަން ޔަޝަލްއަކަށް ފާހަގައެއް ނުވިއެވެ. ޔަޝަލް ޖަވާބު ދިނެވެ. އެއާއި ބެހޭ ގޮތުން ޖެނީ އެއްޗެކޭވެސް ނުބުނެއެވެ.
ޝޫޓިންގއަކަށް ފަހު ގެއަށް ދިޔުމުގެ ބަދަލުގައި ޔާޝާ މަޑުކޮށްލީ ކެފޭއެއްގެ ދޮރުމައްޗަށެވެ. ކާރުން ފޭބުމަށްފަހު ފަރި ހިނގުމެއްގައި އަށްޑިހަ އަށެއް އަޅަމުންގޮސް އޭނާގެ ބޮޑީގާޑުން ހުޅުވައިދިން ދޮރުން އެތެރެއަށް ފައި އަޅައިލިއެވެ. ނަމަވެސް އެތެރެއަށް ވަދެވުުމުގެ ކުރިން މީހެއްގެ ގައިގައި ލައިގަތްފައި އަރިއަޅައިލިއެވެ. އުއްޑުން ބިމުގައި ޖެހެންދިޔަ ޔާޝާގެ އުނަގަނޑުގައި ހިފަހައްޓައި މަތަކޮށްދިނީ ކުރިމަތީ ހުރި ކްރިސްއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީހިނދު ޔާޝާގެ ހިތުގައި ހީވީ މިއުޒިކެއް ކުޅެލިހެންނެވެ. ކްރިސްގެ ފިރިހެންވަންތަކަމުން ޔާޝާގެ ހިތް ބޭގަރާރުވެއްޖެއެވެ.
ކްރިސް ޔާޝާގެ ގައިން އަތް ދޫކޮށްލުމުންވެސް، ޔާޝާއަށް ހުރެވުނީ އޭނާގެ ޗާލު މޫނަށް ކަޅި ޖަހައިނުލައި ބަލަހައްޓައިގެންނެވެ. އެކަމާ ކްރިސް ކުޑަކޮށް ނުތަނަވަސްވިއެވެ. “އެކްސްކިއުޒް މީ.” ތަންކޮޅެއް ދެއްކުމަށް އެދި ކްރިސް ބުންޏެވެ.
“ސްކުއިޒް މީ…” ޔާޝާ ހުވަފެނީ ރާގަކަށް ބުނެލިއެވެ.
“ޕާރޑަން؟” ކްރިސް މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ. ނަމަވެސް ކުރިމަތީ މިހުރީ ކާކުކަން ރޭކާލުމުން ޔާޝާ ބުނި އެއްޗެއްވެސް ހަނދާން ނެތިއްޖެއެވެ.
“ޔާޝާ މޭމް! މާފުކުރޭ، އަޅުގަނޑަށް ނޭންގުނީ.” ކްރިސް ވަރަށް ހާސްވެފައި ދެއަތް ތަޅުވަންފެށިއެވެ.
“މޭމް އޭ؟” ޔާޝާ ދެ ލޯ ބޮޑުކޮށްލިއެވެ.
“ތިއީ ޔަޝަލްގެ ދައްތަ ޔާޝާ މޭމްއެއް ނޫންތޯ؟” ޔަޝަލްގެ ނަން އަޑުއިވުމުން ޔާޝާއަށް ހީވީ ހިތި އެއްޗެއް ހަފައިލެވުނު ހެންނެވެ. އޭނާއަށް އެންމެ ރީތިވި ފިރިހެނާގެ ދުލުންވެސް އެންމެ ފުރަތަމަ އިވެންވީ އޭނާ އެންމެ ފޫހިވާ މީހާގެ ނަންހޭ ހިތަށް އެރިއެވެ. ނަމަވެސް ކްރިސްގެ ޖާދުވީކަމުގައި އޭނާ ނިންމީ އެކަން ހަނދާން ނައްތައިލަންށެވެ.
“އާނ، އަހަންނަކީ ޔާޝާ. ހިނގާބަލަ އަހަންނާއެކީ އެތެރެއަށް ވަދެލަން. މި އުޅެނީ އެކުގަ ކޮފީ ބޯލާނެ މީހަކު ނެތިގެން.” ޔާޝާ ބުނެލިގޮތުުން ހީވަނީ ފިރިހެނަކު ނުލިބިގެން އުޅޭ އަންހެނެއް ހެންނެވެ. ނަމަވެސް ޔަޝަލްގެ ދައްތަ ކަމުގެ މަގާމު ދެވޭ ފަރާތަކަށްވާތީ ކްރިސްގެ ހަތަރެސްފައިގައި ވަނީ ކަސްދޮޅު އެޅިފައި ކަހަލައެވެ. އަވަސް އަވަހަށް ޔާޝާއާއި އެކީ އެނބުރި އެތެރެއަށް ވަނެވެ.
“ޔަޝަލް ކިހިނެއްތޯ؟” ކްރިސްގެ ސުވާލަށް ޔާޝާ ދަތްކުނޑި ވިކައިލިއެވެ. ނަމަވެސް އޭނާ ނިންމީ ކެތްތެރިވާށެވެ.
“ޔަޝަލް ލަންޑަނަށް އެނބުރި އައިފަހުން ގެއިން ފިލި ގޮތަށް އަދި ނާދޭ.” ޔާޝާ ފޫހި ރާގަކަށް ބިއްލޫރިގަނޑުން ބޭރު ބަލައިލަމުން ޖަވާބުދިނެވެ.
“ޔަޝަލް ގެއިން ފިލައިގެންތޯ އެ އުޅެނީ؟” ކްރިސް އެއްސެވެ. “އެހެންވެ ދޯ ކުރީ ރޭ އެ ބާރއަށް ލައިދޭށޭ އެ ބުނީ.” ކްރިސް ހިތާހިތުން ކިޔައިލިއެވެ. އަދި އެއާއެކު އެއީ އޭނާއާއި ކައިވެނި ކުރަން ބޭނުން ނުވާތީ ކުރާ ކަމެއްކަން ހިތަށް އަރައި ހިތުގައި ރިއްސައިލިއެވެ.
ކުއްލިއަކަށް ޔާޝާ ބޮލުގައި ރޭވުމެއް ރާވައިލިއެވެ. އޭނާ ހިތުން މޮޅު ރޭވުމެކެވެ. “ޔަޝަލް ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނޫން ކްރިސްއާ އިންނާކަން. މިހާރު ދެވަނަ ފަހަރުއެންނު ގެއިން އެ ފިލީ. އެވެސް އޭގެ ހެއްކެއް. އޭނަ ގެއިން ނުކުތީވެސް ކްރިސްގެ އާއިލާއޭ ކިޔައިގެން ނުބައި އެއްޗެހި ކިޔާފަ. އެއީ ބޮޑު ފިނޑިއެއް….”
“ޔަޝަލްއަކީ ތިކަހަލަ ކުއްޖެއް ނޫން. އަހަންނަށް ހީވަނީ ޔާޝާ މޭމް ތި އުޅެނީ އަހަރުމެންގެ ދެމެދަށް ވަންނަންހެން.” ޔާޝާގެ ވާހަކައިގެ އެއްބައިގައި ވީ ދޮގުތަކަށް ކްރިސް ރައްދު ދިނެވެ. ކިތަންމެ ރުޅި އައިސްފައި ހުއްޓަސް އޭނާ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ. ކިތަންމެ އަނގަ ނުބަޔަކަސް ޔާޝާއަކީ ޔަޝަލްގެ އެއްބަނޑު އެއްބަފާ ދައްތަކަން އޭނާ ހަނދާންނައްތައެއް ނުލައެވެ. “އަޅުގަނޑު ދެން ގޮސްލަނީ.” ކްރިސް ތެދުވެގެން ދިޔައެވެ.
ޔާޝާގެ ލޮލުން ކަރުނަ ހިލުނެވެ. ރުޅިއައިސްގެން، ގޮންމުއްކަވާފައި މޭޒުގައި އަތުން ޖެއްސެވެ. އޭނާ އިނީ ބަލި ގަބޫލު ކުރާ ހިޔާލެއްގައެއް ނޫނެވެ. ދެތުންފަތް ފިއްތާލައިފައި އަޒުމްކަނޑައެޅީ ކޮންމެ ގޮތެއް ހަދާފައިވެސް ކްރިސް އޭނާގެ މީހަކަށް ހެދުމަށެވެ.
ބާރު އަޑާއިއެކު ޔަޝަލްއަށް ހޭލެވުނެވެ. ކޮން އަޑެއްތޯ ބަލައިލަން ލޯ ހުޅުވައިލިއިރު އެއީ އެނދުކައިރީ ހުރި ކުޑަ މޭޒުމަތިގައި އިން ލޭންޕް، ނިދީގައި ހޫރައިލެވުނު އަތުން ޖެހި ވެއްޓުނު އަޑެވެ. ޕްލާސްޓިކް އެއްޗެއްކަން ނަސީބެކެވެ. އެހެންނޫންނަމަ ތަޅައިގެން ދިޔައީހެވެ. ލޭންޕް ނަގައި އިން ތާންގައި ބޭންދުމަށްފަހު އަލުން އޮށޯންނަން ބަލައިލިއިރު ފާހަގަވީ ޖެނީ އެނދުގެ އަނެއް ފަޅީގައި ނެތްކަމެވެ. ކޯޓު އަޅުވާ ދަނޑީގައި ޖެނީގެ ކޯޓުވެސް ނެތެވެ.
“މިހާ ދަންވަރު ޖެނީ ކޮންތާކަށް ދިޔަައީ؟” ގަޑި ބަލައިލިއިރު މެންދަމުން އަނބުރައި ބާރަ ޖެހީއެވެ. އަވަސް އަވަހަށް ޔަޝަލް އެނދުން ފައިބައިގެން، ކޯޓުލައިގެން ބޭރަށް ނުކުތެވެ. އޭރު ލެއްޕެން ދިޔަ ލިފްޓުގެ ދޮރު ދޭތެރެއިން ޖެނީ ޔަޝަލްއަށް ފެނުނެވެ. ބާރުބާރަށްގޮސް ދެން ހުރި ލިފްޓަށް އޭނާ އެރިއެވެ. އޭނާގެ ހިތް ބުނީ ޖެނީ އެ ދާ ތާކަށް ފަހަތުން ދިޔުމަށެވެ.
ގްރައުންޑް ފްލޯއަށް ލިފްޓު ހުޅުވުމުން ޔަޝަލް ފޭބިއިރު ޖެނީ އަނެއް ލިފްޓުން ފައިބައިގެން މައި ދޮރޯށިން ނުކުންނަނީއެވެ. އާދައިގެ ހިނގުމެއްގައި ދިޔަ ޖެނީ ގޮސް ވަނީ ދެތިން ބްލޮކް ދޫކޮށްފައި ހުރި ހަނި ގޯޅިގަނޑުގައި އިން ޑްރިކް އަޕް ބާރއަށެވެ. ޔަޝަލް ހަނދާންވީ މިރޭ މަސައްކަތް ނެތް ވާހަކަ ޖެނީ ބުނި ހަނދާނެވެ. ދެން މިތަނަށް މި އައީ ކީއްވެބާއޭ ޔަޝަލްގެ ހިތަށް އެރިއެވެ.
ޖެނީ އެތެރެއަށް ވަތްތާ އިރުކޮޅެއްފަހުން ޔަޝަލްވެސް މަޑުމަޑުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ރަނގަބީލުގެ އަޑަށް ކެން މަރުހަބާ ކިޔަން އުޅުނުތަން ފެނިފައި ޔަޝަލް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައި، ވާހަކަ ނުދެއްކުމަށް އިޝާރަތްކޮށްލިއެވެ.
“މީނަވެސް؟ މީ ކޮންކަމެއް؟” ކެން އަމިއްލަ ނަފްސަށް ކިޔައިލިއެވެ. ޖެނީގެ ކްރީމް ކުލައިގެ އިސްތަށިގަނޑު ޔަޝަލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ދޮރާއި ފުރަގަސް ދީގެންނެވެ. ޖެނީގެ ކުރިމައްޗަށް ވާގޮތަށް އިނީ މިސްޓަރ ޑޭވިޑްއެވެ.
“ކްރިސްގެ ބައްޕަ؟ ޖެނީއާއެކީ؟” ޔަޝަލްގެ ބޮލުގައި ޖެހުނީ ބޮޑު ސުވާލުމާކެކެވެ. ފިލަފިލައިގެން ގޮސް ޖެނީގެ ފަހަތުގައި އެ މީހުންނަށް ފުރަގަސްދީގެން އިށީނީ ދައްކާ ވާހަކަ އަޑުއަހަންށެވެ.
“މިއޮއްހާ ދުވަސްކޮށްފަ އަހަރެންގެ ޒިކުރާ އާވީ ކޮން ބޭނުމެއް ޖެހިގެން؟” ހަރުކަށި ރާގަކަށް ބުނަން މަސައްކަތް ކުރި ކަމުގައި ވިޔަސް ޖެނީގެ އަޑުގައިވީ މާޔޫސްކަމެވެ.
“ތިހެން ނުބުނޭ ޖެނީ. އަހަރެން ޖެނީ މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް އަދި ހަޔާތުގަ އައިސްފަކާއެއް ނެތް. އަހަރެން އެފަދަ ބޮޑު ނިންމުމެއް ނިންމީ ޖެނީއަށްޓަކައި.” ވޭނާއި އަސަރުން ފުރިގައިވީ ރާގަކަށް ޑޭވިޑް ބުންޏެވެ.
“އަހަންނަށްޓަކައޭ؟ ޑޭވިޑްއަަކަށް ނޭންގޭނެ…” ޖެނީ ގަދަކަމުން އެ ޖުމުލައިގެ އަނެއްބައި އޭނާގެ ދުލުން ބޭރުވުން ހުއްޓުވައިލިއެވެ.
“ކޯޗެއް ނޭންގެނީ؟” ޑޭވިޑް ކުއްލިއަކަށް ސީރިއަސް ވެގެންދިޔައެވެ. “ބުނޭ ޖެނީ! ކޯޗެއް އަހަންނަށް ނޭންގެނީ؟” ޑޭވިޑްގެ އަޑު ބާރުވުމުން ޖެނީއަށް ރޯންފެށުނެވެ. ޖެނީގެ ލޮލުން ކަރުން ފެނުމާއެކު ޑޭވިޑްގެ ހިތް ދިޔާވި ކަހަލައެވެ. “ނޫން ޖެނީ… ނުރޮއެ… ހުއްޓާލާ… ޖެނީއަށް އިނގެއެންނު ޖެނީ ރޯތަން ބަލާކަށް އަހަންްނަކަށް ކެތެއް ނުވާނެކަން. ހެޔޮނުވާނެ… ހުއްޓާލާ.” ޑޭވިޑް ޖެނީގެ ލޮލުން ކަރުނަތައް ފުހެދޭން ފެށިއެވެ.
އެ ދެމީހުންގެ ވާހަކަ އަޑުއަހަން އިން ޔަޝަލް އިނީ ހިތް ނުތަނަވަސް ވެފައެވެ. ވާނުވާ އިނގުމަށް ކެތްމަދުވެފައެވެ. ކޮންމެ ކަހަލަ ވާހަކައެއް އިވުނަސް، އާޙިރުގައި މިއީ ކުޑަ ކަމަކަށް ނުވާނެކަން ޔަޝަލްއަށް ވިސްނިއްޖެއެވެ.
“ޖެނީ އަޑުއަހާ. އަހަރެން މި ވިސްނަނީ ވިކްޓޮރިއާއާއި ވަރިވާން. އަދި ޖެނީއާއެކީ އާ ދިރިއުޅުމެއް ފަށަން. މިކަމަށް ގަބޫލުތަ؟” ޖެނީއަށް ހީވީ ޑޭވިޑް އޭނާގެ މޫނުމަތީ އެތިފަހަރެއް ވީއްލައިލިހެންނެވެ. “ދެން އިތުރަށް ކެތެއް ނުވާނެ އަހަންނަކަށް. ހެޔޮ މި ދުނިޔޭގެ ހުރިހާ އެއްޗެއް ދޫކޮށްފަ ދާން ޖެހުނަސް. ހެޔޮ ޖެނީއާއެކީ އެހެން ގައުމަކަށް ފިލަން ޖެހުނަސް. ޖަންގަލީގަ ފިލާ އުޅެން ޖެހުނަސް ހެޔޮ. މަންމައެއްވެސް ނެތެންނު މިހާރު މި ދުނިޔޭގަ ހުރަސްއަޅާކަށް…” ޑޭވިޑްގެ އެންމެ ފަހު ޖުމުލަ ދިޔައީ ވަރަށް މަޑު މަޑުންނެވެ.
“ނުވާނެ ތިކަމެއް. މިހާރު މާ ލަސްވެއްޖެ. ކުރިން ތިހެން ބުނިނަމަ. މިހާރު ޑޭވިޑްގެ ދަރިއެއްވެސް ހުރޭ. ވިކްޓޮރިއާއަށްވެސް ކިހާ ބޮޑު ނާއިންސާފެއް. އޭނަގެ ކުށަކީ ކޮބާ؟” ޖެނީ ރުއިންގަނޑު މަތަކޮށްލިއެވެ. “އަނެއްކާ މިހާރު އަހަރުމެންގެ ދަރިފުޅުވެސް އަތުން ބީވެގެން ހިނގައްޖެ…”
ޖެނީގެ މި ޖުމުލައިން ޑޭވިޑް އެކީ ހަމަހިމޭންވިއެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ ސީދާ އިސްޖަހައިގެން އިން ޖެނީއަށެވެ. “ކޮބާ ތީގެ މާނައަކީ؟” ޑޭވިޑް އަހައިލީ ވަރަށް މަޑުމަޑުންނެވެ.
“އާނ ޑޭވިޑް. ޑޭވިޑް އަހަރެން ދޫކޮށްލާފަ ދިޔައިރު އަހަރެންގެ ބަނޑުގައި އޮތީ އަހަރެމެން ދެ މީހުންގެ ދަރިފުޅު.” ޖެނީ އިސްއުފުލައިލަމުން ބުންޏެވެ.
“ކޮބާ މިހާރު އެކުއްޖާ؟” ޑޭވިޑްގެ ހަމަހިމޭން އަޑަކަށް އަދިވެސް ބަދަލެއް ނާދެއެވެ.
“ލުތުފީގެ އާއިލާގެ… ޔަޝަލް… ޔަޝަލްއަކީ އަހަންނާއި ޑޭވިޑްގެ ދަރިއެއް.” ޖެނީ ބޮޑު ހަބަރު ފަޅައިލުމަށްފަހު ބާރއިން ނުކުމެގެންދިޔައެވެ.
ވަކިވާން މަޖުބޫރުވި ދެ ލޯބިވެރިންގެ ހިތި މައުލޫއު ނިމިގެންދިޔައިރު ޔަޝަލް އިނީ ދެރަވާންވީ ކަމެއް ނުވަތަ އުފާވާންވީކަމެއް ނޭންގިފައެވެ. ލިބުނު ޝޮކު މާ ބޮޑީއެވެ. ޑޭވިޑްވެސް އިރުގަނޑަކު ގަބުއަރާފައި އިނދެ އިނދެފައި ނުކުމެގެންދިޔައީ ކޮންކަހަލަ އިހުސާސްތަކަކާއެކު ކަމެއް ނޭންގެއެވެ. ނަމަވެސް މައްސަލަގަނޑު އިތުރަށް ބޮޑުވާނެކަން އިނގުނީ ޔަޝަލްއާއި ދިމާއަށް ލޯ ހުއްޓައިލައިގެން އެތަނުން އެކަކަށް ވުރެވެސް ދެރަ ހާލަތުގައި އިން ކްރިސް ފެނުމުންނެވެ. ޖެހި ބުދެއްހެން ގަނޑުވެފައި އިން އިރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.
މަޑު ފިޔަވަޅުމަތީ ގޮސް ޔަޝަލް ކްރިސް ގާތު އިށީނެވެ. ކްރިސްއަށްވެސް ޖެނީއާއި ޑޭވިޑްގެ ވާހަކަތައް އަޑު އިވުނީކަން އޭނާގެ ހާލަތުން މާ ރަނގަޅަށްވެސް ދޭހަވެއެވެ.
“ޔަޝަލް… ބުނޭ އެއީ ދޮގެކޭ…” ކްރިސް ޔަޝަލްގެ ދެލޮލަށް ބަލައިލި ގޮތުން ހީވީ މުޅި ދުނިޔެ އޭނާއަށް ކެހިވެރިވެފައިވާ މީހެއް ހެންނެވެ. “ބުނޭ އެއީ ހުސް ދޮގޭ. ޔަޝަލް ތީ ބައްޕަގެ ދަރިއެއް ނޫން. ތީ ލުތުފީގެ ދަރިއެއް. ތީ އަހަރެން ލޯބިވާ އަންހެންކުއްޖާ. އަހަރެންގެ…” ކްރިސްގެ ޖުމުލަ މެދުކެނޑުނީ ޔަޝަލް އޭނާ ގެނެސް މޭގައި ޖައްސައިލުމުންނެވެ.
“ޔަޝަލް… އަހަރެން ޔަޝަލްދެކެ ވަރަށް ލޯބިވޭ. އެ ދެ މީހުން އެ ދެއްކީ ހުސް ދޮގު ވާހަކަ. އަހަރެން މި ދުނިޔޭގެ އެކަކުވެސް ލޯބި ނުވާ ވަރަށް ޔަޝަލްދެކެ ލޯބިވޭ… އެހެންވީމަ…” ކްރިސް ބޭނުންވީ ޔަޝަލްގެ މޭމަތީ އޮވެ ހިތް ފުރެންދެން ރޯލަންށެވެ. ހުރިހާ ހިތާމައަކާއި ވޭނެއް ކަރުނައިގެ ސިފައިގައި ބޭރުކޮށްލަންށެވެ.
“ކްރިސް. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. އެކަން ބަދަލެއް ނުވާނެ އަހަރެން ކޮންމެ މީހެއްގެ ދަރިއަކަށް ވިޔަސް.” ކްރިސްގެ ހިތް ހަމަޖައްސައިދިނުމަށް ދޮގު ބަސްތަކެއް ބުނުމުގެ ބަދަލުގައި ޔަޝަލް ދެވަނަ ފަހަރަށްވެސް އިއްވައިލީ ތެދެވެ. އެކަމާ ކްރިސް ހިތްހަމަޖެހުނެވެ. އެހެންނޫނަމަ ޔަޝަލްދެކެ ވާ ލޯބި ހަނދާން ނައްތައިނުލެވޭނެކަން އޭނާއަށް ޔަގީނެވެ.
“ގުޑް މޯނިންގ، ޔަންގް މާސްޓާރ.” އެމިލީ ކްރިސްގެ ކޮޓަރިއަށް ހެނދުނުގެ ނާސްތާ ހިފައިގެން ވަތްއިރު ކްރިސް އޮތީ މުޅި ގައިގައި ރަޖާ އޮޅައިގެންނެވެ. އިރުކޮޅަކުން ރަޖާ ހިއްލާލައިފައި ތެދުވިއިރުވެސް އެމިލީ އެނދު ކައިރީ ހުއްޓެވެ.
“އެމިލީ ޗުއްޓީ ނިމުނީތަ؟” ކްރިސް ނިދިމޮޅި ގޮތަކަށް އަަހައިލިއެވެ.
“އާދެ، ޔަންގް މާސްޓާރ. މާސްޓާރއަށް ހަދިޔާއެއްވެސް އޮންނާނެ.” އެމިލީ ވަރަށް އުފާވެފައި ބުންޏެވެ. ކޯއްޗެއްތޯ ކްރިސް އަހައިލީ ޝައުގުވެރި ރާގަކަށެވެ. އެމިލީ ދިއްކޮށްލީ ފޮޓޯގަނޑެކެވެ. އެ ފޮޓޯ ފެނިފައި ކްރިސްގެ މޫނުން ރުޅިވެރިކަމެއް ނުވަތަ ހައިރާންކަމެއް ނެތީީތީ އެމިލީ ހައިރާންވިއެވެ. ވަރަށް ހަމަޖެހިލައިން އިނދެ ކްރިސް މޭޒުގެ ވަތްގަނޑު ދަމައިލިއެވެ. ވަތްގަނޑުން ނެގި ލައިޓަރުން ގަނޑުގެ ކަނެއްގައި ރޯކޮށްފައި އެމިލީގެ ފައި ބުޑަށް އެއްލައިލުމުން އެމިލީ ހަޅޭއްލަވައިގަތްފައި ފަހަތަށް ޖެހުނެވެ.
“ތިހިރީ ވަޒީފާއިން ވަކިކޮށްފަ.” ކްރިސް އެމިލީއަށް ބަލައިލި ދެލޮލަށް އަލިފާނުގެ އަލި އެޅުމުން ޖެހީ އިތުރަށް ބިރުވެރި ސިފައެކެވެ. ސައި ތަބަކަކާއި ތަބަކެއް ދޫކޮށްފައި އެމިލީ ރޮމުން ރޮމުން ދުއްވައިގަތެވެ.
ކްރިސް ވަރަށް ހިތްވަރުކޮށްފައި ޑޭވިޑް ގާތުން ހަގީގަތް ކިޔައިދިނުމަށް އެދުނެވެ. އޭނާއާއި ޖެނީގެ ވާހަކަތައް ކްރިސްއަށް އިވުނު ވާހަކަ ބުނުމުން ފުރަތަމަ ހާސްވި ނަމަވެސް ޑޭވިޑް ހަގީގަތް ކިޔައިދޭން ފެށިއެވެ.
3913 Comments
Comments are closed.
eekko
July 24, 2018 at 3:34 pmMe frst tha
Jinni
July 24, 2018 at 3:51 pmwow adhi up veetha iru kolheh kanne vee. haadha avahey eekko.? thank u 4 reading?
Jinni
July 24, 2018 at 3:52 pmand yes u r the first one to comment. gud job
Jinni
July 24, 2018 at 3:46 pmhurihaa readers ah magey faraathun oi naseyhathakee jeebun echeh nagaa iru ehen echeh vetteytho rangalhah balai check kurun. adhi ehen meehegge jeebun echeh vetteythan fenijjiyya e nagai amilla jeebah noonni dhabahah koppailumuge badhaluga e meehakah radhu kurun. and just in case anyone gets curious about hw chris can put a photo in his jeans’ pocket, its bcause there’s a black hole in hos pocket… gud day peeps
Jinni
July 24, 2018 at 3:53 pmhis*
Baby girl ❤
July 24, 2018 at 4:05 pmVrh vrss reethi..kuran ulhunu suvaaluge jabaabu libihje…hehe
Vrh vess reethi
Jinni
July 24, 2018 at 4:09 pmaslu tha? majalakah liyefa oi echeh ei ekamu ehumuge kurin javaabu dhevuneethi v ufaa vejje?
Jinni
July 24, 2018 at 4:12 pmthnx baby girl
Jinni
July 24, 2018 at 4:10 pmthnx btw
unknown gurrlll
July 24, 2018 at 4:33 pmjinni…ainn….furathama ma gathee biru….haha??anywas story hama habeyx??keep it up girrll….n mi story 1st part in fashaigen mi kiyaali mi adhu…miadhu kodakoh free vy ma…hehe…all the parts vx hama v v v reethi nge….keep it up scary jinni…hehe
Jinni
July 24, 2018 at 4:45 pmyes! im a scary jinni mwahahaha? jk? thank u for reading unknown gurrlll.
kookie
July 25, 2018 at 9:21 amMasha Allah. mi part vx varah reethi. when next part.
Jinni
July 25, 2018 at 12:43 pmthnx. 6 vana bai up kuraanan friday ga