Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……12

Noor💙 Level 710 Stories100 Comments100 Login500 Comments
July 24, 2018 6 Mins Read
25 Comments

ރިޝްފާއަަށް ކެތް ނުކުރެވިގެން އޭނާގެ ދެލޯ ފުރިގެން އައެވެ. އަދި ކައިލާންގެ ވާހަކަ ފުރިހަމަ ނުވަނީސް މިއޮއްހާދުވަހު އޭނާގެ ހިތުގައި ފޮރުވާފައި ހުރި ޝަކުވާތައް ކައިލާންގެ ކުރިމައްޗަށް އޮއްސާލިއެވެ.

*****

ކައިލާން ރިޝްފާއާއި ބައްދަލް ކުރަން ދިޔައީއްސުރެ ޖަޒްލީއަށް ތަނެއްގައި ހަމަޖެހިލައިގެން އިނދެވޭ ގޮތެއް ނުވެއެވެ. ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަޒްލީއަށް ބެލެމުން ދިޔައީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ކައިލާން މާލެ ދިޔައީ ޖަޒްލީއަށް ފޯނެއް ގަނެދީފައި އެކޮޅުން ނިމުނުހާ އަވަހަކަަށް ގުޅާނަމޭ ކިޔާފައެވެ. އެހެންވެ އެންމެ މިނެޓަކަށްވެސް ފޯނު އަތުން ދޫކޮށްނުލައެވެ. ކައިލާން ރިޝްފާއާއި ބައްދަލް ކުރަން ދިޔައީއްސުރެ ޖަޒްލީއަށް ހުންނަނީ ފާޑެއްގެ ގޮތެއް ވެފައެވެ. ކުއްލިއަކަަށް މީހަކު ގޭ ދޮރުގައި ބެލް އެޅުމުން ޖަޒްލީގެ ސަމާލުކަން އެދިމާއަަށް ދިޔައެވެ. ނަމަވެސް ބޭރުގައި ހުރީ ކާކު ކަމެއް ނޭނގޭތީ ދޮރު ހުޅުވަން ޖަޒްލީ ފަސް ޖެހުނެވެ. ދެތިން ފަހަރަކު ބެލް އެޅުމަށްފަހު ބޭރުން ރުހާންގެ އަޑު އިވުމުން ޖަޒްލީ ތުރުތުރު ލަމުން ދިޔަ އަތަކުން ދޮރު ހުޅުވިއެވެ. ރުހާން އެތެރެއަށް ވަދެގެންގޮސް ސޯފާގައި އިށީނދެ ހަމަ ޖެހިލުމަށްފަހު ކައިލާން ކޮބައިތޯ ސުވާލު ކޮށްލިއެވެ.

“ވީ މާލެ ގޮސް….. މިހާރު އަންނާނެހެން ހީވަނީ”

ޖަޒްލީގެ ލޯބި ލޯބި އަޑު ފުރަތަމަ ފަހަރަށް ރުހާންގެ ކަންފަތުގައި އައިސް ޖެހުމުން އޭނާގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. އެކަމަކު ޖެހިގެން އައި ސިކުންތުގައި ދެރަވެގެން ހިންދިރުވާލެވީ އެއީ ދުވަހެއްގައިވެސް އޭނަގެ ނަސީބުގައި ލިބުން ނުވާ ލޯތްބެއްކަން ހަނދާން ވުމުންނެވެ.

“ޖަޒްލީ ނިތްކުރީގަ ތިހިރީ ކީއްވެފަ ހުރި ތަނެއް؟”

ޖަޒްލީގެ ނިތްކުރީގައި ބޭސްއަޅާފައިވާ ތަން ފެނުމުން ރުހާންއަށް ހާސްވެފައި ސުވާލު ކޮށްލެވުނެވެ. ޖަޒްލީގެ ފަރާތުން ރޭގެ ހާދިސާ އޮޅުން ފިލުމުން އަނެއްކާ ތަނަކަށް ތަދެއް ނުވޭހޭ ކިޔާފައި ރުހާންއަށް ޖަޒްލީގެ މޫނުން ފެށިގެން ފައިތިލައަށް ނަޒަރު ހިންގާލެވުނެވެ. ރުހާންގެ ހަރަކާތްތަކުން ޖަޒްލީއަށް ވަރަަށް އުނދަގޫ ވަމުން ދިޔައެވެ. އެފަދަ ނަޒަރަކުން ކައިލާން ނޫން އެހެން މީހަކު އޭނައަށް ބެލުމަށް އޭނާގެހިތްވެސް ނުރުހެނީ ކަންނޭނގެއެވެ. ރުހާންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެކަން އެނގޭއިރުވެސް މެއެވެ.

***

“ރީޝް…. އަހަރެން ގަބޫލުކުރަން މީކީ އެހާ ފަސޭހައިން މަޢާފް ލިބޭނެ ކަމެއް ނޫންކަން… އެކަމަކު އަހަރެން އެހެން މީހަކުދެކެ ލޯބިވާއިރު ރީޝްއާ ކައިވެނި ކުރިއަސް އެ ކައިވެނިން އަހަރެމެން ދެމީހުންކުރެ އެކަކުވެސް އުފަލަކު ނުހުންނާނެ… ޕްލީޒް އަންޑަސްޓޭންޑް މީ… އަދި ކައިވެނި ނުކުރެވޭއިރު ރީޝް ތިހާ ދެރަވާއިރު ކައިވެންޏަށްފަހު މިކަމާ ކުރިމަތިލާން ޖެހުނީ ކުރަންޖެހޭނެ ހިތާމަ ރީޝްއަށް އަންދާޒާވެސް ކޮށް ނުލެވޭނެ…. ”

ކައިލާން ރިޝްފާގެ އަތުގައި ހިފައިގެން އިނދެ އޭނާއަަށް ވިސްނާދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މޫނު އަނެއް ފަރާތަށް އަނބުރާލައިގެން އިނދެ ރިޝްފާ ރޮމުން ދިޔައީ އޭނާ މިއޮއްހާ ދުވަހު ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ނުވަނީސް ވިއްސިވިހާލި ވެއްޖެކަން އޭނާގެ ހިތަށް ނަގައި ގަނެވުނަސް އެކަން ޤަބޫލު ކުރަން ބޭނުން ނުވާތީއެވެ. މިހާރު އެމީހުން އެތަނުގައި ތިބޭތާ ގަޑިއެއްގެ އިރު ވެގެން ދިޔައީއެވެ. އޯޑަރު ކޮށްގެން ގެނައި ސަބްމެރިންވެސް ހުރީ ގެނައިގޮތަށް އަތްނުލައިހުރެ ފިނިވެފައެވެ.

“ރީޝް…ޕްލީޒް ޓޯކް ޓު މީ… ”

ރިޝްފާ އަނގައިން ނުބުނެ އިނދެގެން ރޯތީ ކައިލާން ހަދާނެ ގޮތް ހުސްވެގެން ވާހަކަ ދެއްކިއެވެ.

“އެންމެ ރަނގަޅު…. ކައީ ބޭނުން ގޮތެކެއްނުވާނީ…. އަހަރެން ކިތަންމެ ބޭނުން ވިޔަސް ކައީ އަހަންނާ ގުޅެން ބޭނުން ނުވަންޏާ……. ”

ރިޝްފާ ވަރަށް މަސައްކަތުންވެސް އޭނާގެ ވާހަކަ ފުރިހަމަ ކުރާނެހާ ހިތްވަރެއް ނުލިބުނެވެ. ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. ރިޝްފާ ރޯތަން ދެކެން ކައިލާންއަށް ކެތްނުވުމުން ރިޝްފާގެ އަތުގައި ހިފާފައި އޮތް އޭނާގެ އަތުން ބާރުކޮށްލެވުނެވެ. ރިޝްފާއަށްޓަކައި އޭނާގެ ހިތުގައި ލޯބި ނެތަސް ރިޝްފާއަކީ އޭނާ ވަރަށް ޤަދަރުކުރާ ވަރަށް ގާތް އެކުވެރިއެކެވެ. އެކަމަކު ރިޝްފާގެ ކަރުނަތައް ހިމާޔަތް ކުރަން އޭނާގެ ހިތުގެ ހިތްހަމަ ޖެހުން, އެ ހިތުގެ ރާނީ ޖަޒްލީއާއި ނުލާ މިހާރު ހަޔާތުން ކުޑަ ހިނދުކޮޅެއްވެސް އޭނާއަށް ކެތްވާ ވަރަށްވުރެ ވޭންގަދައެވެ. މިވަގުތު ހިތްވަރު ދިނުމުގެ ބަހެއް މެނުވީ އޭނާގެ ފަރާތުން ރިޝްފާއަށް ހަދިޔާ ކުރެވޭކަށް ނެތެވެ. އެ ހިތްދަތިކަމުން އަރައިގަންނަން އެހީވާން ރިޝްފާގެ ހަފަރާތުން މީހުންވެއެވެ. ނަމަވެސް މުޅި މި ދުނިޔޭގައިވެސް އޭނާ ފިޔަވައި ޖަޒްލީއާއި ދޭތެރޭ ފިކުރުކޮށްލާނެ މީހަކު ނެތެވެ.

***

“އެސޮރު ރޭ ހަތަރު ދަމުވެސް ގެއަށް ނާދޭ… މިހާރު މިއަދުވެސް އެއޮއްގެން މެންދުރުން އަނބުރާ ދޭއްޖަހާ ދަނީ…ހެޔޮނުވާނެ ހަސަނާ…. ދޭބަލަ އެސޮރުގެ ޚަބަރެއް ވޭތޯ… ރުހާންވެސް ގޭން ނިކުމެގެން ދާތީ ފެނޭ… އެކަމަކު މަށާ އަނގައިން ނުބުނާތާ އިސްއުފުލާ ބަލާވެސް ނުލި…. މަމީ އެމީހުންގެ މައިމީހާއޭ… އެމީހުންނަށް ރަނގަޅަކަށޭ މަ އެ ޖަޒްލީ މިގޭން ފޮނުވާލީ…. އެކަމަކު މަގޭ ދެދަރިން ހީވަނީ އެ ޖަޒްލީއަކާ ހެދި ހޭބަލިވެފަ ތިބިހެން…. މިހާރު މޮޔަހީވޭ އެދަތުރު އެ ސުންޕާ މިގެއަށް ގެނަވުނަތީވެސް…… މަގޭ މުޅި އާއިލާއަށް އެ މަންމަނުގެ އެސްފީނާ ޖެހިއްޖެ….. ރިޝްފާ ކަހަލަ ރަނގަޅު ކިޔަވައިގެން ހުރި ޤަދަރުވެރި ޢާއިލާއެއްގެ ކުއްޖަކު ލިބުނީމަވެސް މަގޭ ކައިލާން އެ ދުވަނީ އެ މަން…………….. ”

ސަކީނާގެ ވާހަކަ އަޑުއަހަން އިން ހަސަންމަނިކު އޭނާގެ ގައިގައި ކޮށްޓާލާފައި ދޮރާއި ދިމާއަށް ނިއް އެއްލުމުން ސަކީނާގެ ވާހަކަ ހުއްޓާލާފައި ފަހަތަށް އެނބުރި ބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. ކުރިމަތީގައި ހުރީ އޭނާގެ ލޯބިވާ ދަރިފުޅު ކައިލާންއެވެ. ދަރިފުޅުގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ.

“މަންމާ… ކީއްވެ ތި ހުއްޓާލީ….. އަހަރެންދެކެ ކޮންކަމަކާ މަންމަ ޖެހިލުންވާންވީ…. މަންމަ އިރުއިރު ކޮޅުން ޖަޒްލީއާދިމާއަށް މަންމަނެކޭ ތިބުނަނީ މަންމައަށް އިނގޭތަ ތީ ހެއްދެވި ފަރާތަށް ކުރެވޭ މަލާމާތެއްކަން…. ޖަޒްލީއަށް ވާހަކަ ނުދެއްކުމަކީ ޖަޒްލީގެ ކުށެއްތަ…. ދެން މާދަމާވެސް މަންމައަށް އެފަދަ ގޮތެއް ﷲ މެދުވެރި ކުރައްވައިފިއްޔާ ދެން އަހަރެމެން ވީ މަންމަ އެކަހެރި ކުރަންތަ…. ހަމަ އެއްވެސް ކުށަކާނުލާ ޖަޒްލީއާދޭތެރޭ ހަމަ ކުޑަކޮށްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި އެވަރުގެ ނުބައި ނުރައްކާތެރި ރޭވުމެއް ރޭވީ… ނުވެސް ދަންނަ ބަޔަކާ އެ ދަންވަރު ޖަޒްލީ ޙަވާލުކުރީ…. ކޮންމެފަދަ ނުރައްކާތެރި ހާދިސާއެއްވެސް ހިނގައިފީހެއްނު…… މަންމަގެ ކިބައިގަ އިންސާނިއްޔަތު ކަމެއްވެސް ހަމަ ނެތީތަ؟…. ޖަޒްލީއަކީ ވާހަކަ ނުދެއްކޭ ކުއްޖެއްކަން އެނގިހުރެވެސް އަހަރެން އެލޯތްބަށް ބޭނުންވާނީ ކިހާ ބޮޑަކަށް ކިހާ ފުންމިނުން ޖަޒްލީދެކެ ލޯބިވާތީކަން މަންމައަަށް އިޙްސާސް ނުކުރެވުނީ ކީއްވެ…..އަހަރެން މިއަދު ވަރަށް ދެރަވެ ލަދުވެސް ގަނެއްޖެ އެހުރިހާ ކަމެއްގެ ފަހަތުގަ ވަނީ މަންމަގެ އަތެއްކަން އެނގުމުން…. ”

ކައިލާން ވެފައިހުރި ދެރަައިން ކުޑަކުއްޖަކު ފަދައިން އޭނާގެ މަންމަ ގާތުގައި ޝަކުވާ ކޮށްލިއެވެ. ކައިލާން ޖަޒްލީއާއި ހެދި ވެފައި ހުރި ވަރު ފެނިފައި ސަކީނާ އިޚްތިޔާރުކުރީ ހަމަހިމޭން ކަމެވެ. އަދި މަޑުމަޑުން ގޮސް ކައިލާންގެ އަތުގައި ހިފާލީ އެވަގުތަށް ދުލުން ބޭރުކުރަން އެކަށޭނަ ބަހެއް ހިތަށް ނައުމުންނެވެ. ނަމަވެސް ކައިލާން މަޑު މަޑުން އޭނާގެ މަންމަގެ އަތް ނައްޓުވާލުމަށްފަހު ފެންކަޅިވެފައިވާ އޭނާގެ ދެލޯ ފޮހެލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ގޮސް މައްޗަަށް އަރައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

ގޮނޑިސެޓުގައި އިށީނދެލައިގެން އިން ހަސަން މަނިކު އިނީ ބޮލުގައި އަތް އަޅާލިގޮތަށް ނަގަން ނޭނގިފައެވެ. ކައިލާންގެ ވާހަކައިން އިބްރަތެއް ޙާސިލް ކުރުމުގެ ބަދަލުގައި ސަކީނާވީ ހައްތަހާ ރުޅި ގަދަވާ ގޮތެވެ. އެހެންވެ އަރާފައި ހުރި ވަރުގަނޑުގައި ހަސަން މަނިކަށް ބަލާލަމުން ކައިލާން ގެއަށް އައިތަން ފެނުމުންވެސް ނުބުނެ އިނީމަ މޫނުހަދާލާފައި ގޮސް ކޮޓަރިއަށްވަދެ ގައިހުރި ބާރެއްލާފައި ދޮރު ޖެހިއެވެ. ހަސަން މަނިކު އިނީ ހަދާނެގޮތެއް ނޭގިފައެވެ. އޭނާއަކަށް މިވަގުތު ހަމަހިލާ ކޮޓަރިއަށް ދާކަށް ނުކެރޭނެއެވެ. ސަކީނާ އެދިޔައީ ހަނގުރާމަ އިޢުލާނުކޮށްފައި ވިއްޔާއެވެ. އަނެއްކޮޅުން އެހެން އިންދާ ކައިލާން ތިރިއަށް ފާބައިފިއްޔާ ކައިލާންގެ ތޫނު ބަސްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންވެ އޭނާ އަވަހަށް ގެއިން ނިކުމެ ސައިކަލަށް އަރައި މިސްރާބުޖެހީ މާރުކޭޓާ ދިމާލަށެވެ. ސަކީނާއަށް މީރުވާނެ ކަހަލަ މޭވާކޮޅެއް ގަންނާށެވެ. އެހެންނޫނީ މިރޭ ނިދަން ކޮޓަރިއަށްވެސް ވަނަދޭނެކަމެއް ނޭނގެއެވެ.

****

ރޮމުން ރޮމުން އައިސް ގެއަށް ވަތް ރިޝްފާ ފެނިފައި ސިޓިންރޫމުގައި ވާހަކައިގައި ތިބި އަލީ ވަހީދާއި ޖަމީލާއަށް ލިބުނު ހާސް ކަމުގައި ދެމީހުން އެކީ ކަހަލަ ގޮތަކަށް ގޮނޑިން ތެދުވެވުނެވެ. ރިޝްފާ ކޮނޑުގައި އަޅުވާލާފައި އިން ދަބަސް ނަގައި ސޯފާއަށް އެއްލާލާފައި އައިސް މަންމަ ގައިގައި އޮޅުލައި ގަނެފައި އަދި ވަކިން ބާރަށް ރޮއި ގަތެވެ. ޖަމީލާ ހާސްވެފައިހުރެ ރިޝްފާގެ ބޮލުގައި ފިރުމާލުމަށްފަހު ކިހިނެތްވެގެންތޯ އެހާ ވަރަށް އެރޮނީ ސުވާލުކޮށްލިއެވެ. އަލީ ވަހީދުވެސް ހުރީ ދަރިފުޅު ރޯތީ ފިކުރުބޮޑުވެފައެވެ. ރިޝްފާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ވީމައި ދެމީހުންގެވެސް ހުރިހާވެސް އުފަލަކީ އެއީއެވެ.

“މަންމާ… ކައީ ބޭނުމެއް ނުވޭ އަހަންނާ ކައިވެނި ކުރާކަށް…..”

ރިޝްފާ މަންމަ ކޮނޑުގައި ބޯ އަޅައިގެން އޮވެ ގިސްލުމުގެ ތެރެއިން ވާހަކަ ދެއްކިއެވެ.

“ކީކޭ…. ކައިވެނި ކުރާކަށް ބޭނުމެއް ނުވެޔޭ………. ބަލަ….. މީ ކުޅޭ ކުޅިވަރެއްތަ…. މިހާރު އެހެރީ ދައުވަތު ކާޑުތައްވެސް އައިއްސަ…. ތަން ބުކް ކޮށް ހަދާފަ… ދެމީހުން ކަމަކާ ދެބަސްވިޔަސް ހައްލު ކުރެވޭނެ ގޮތެއްވެސް އޮންނާނެއްނު… ކައިލާން ކިޔަވައިގެން އެހާ ހަރުދަނާ ވަޒީފާއެއްގަ ހުރިއިރުވެސް މިހާ ހަރުދަނާކަމެއް ނުހުންނާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން….. ”

ރިޝްފާގެ ވާހަކަ އަޑުއަހާފައި އަލީ ވަހީދު ރުޅިގަދަ ވާގޮތް ވިއެވެ.

“ބައްޕާ…. ކައީ ލޯބިވާ އެހެން ކުއްޖެއް އެބުހުރި…. އެހެންވެ އަހަރެންވެސް މިހާރު ބޭނުމެއް ނޫން މިކައިވެނި ކުރާކަށް… ”

ރިޝްފާ އޭނާވެސް އެކައިވެނި ކުރަން މިހާރު ބޭނުން ނުވާކަމަށް ބުނީ, އެހެން ނުބުނިއްޔާ ރިޝްފާގެ ބައްޕަ ކޮންމެ ހާލަކާއި ލައިގެން ވިޔަސް ރިޝްފާ ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދޭނެކަން އޭނާއަށް ކަށަވަރު ވާތީއެވެ. އެހެން ވެއްޖެނަމަ ކައިލާންއަށް އޭނާއާއި ކައިވެނިކުރުން ނޫން ގޮތެއް ނޯންނާނެއެވެ. އެކަމަކު ކައިލާންގެ ކުރިމަތީގައި އޭނާ ރޮއި އާދޭސްކުރީމަވެސް ކައިލާންގެ ހިތް ބަދަލު ނުވުމުން, ބައްޕަ ލައްވާ ބާރުގެ ބޭނުން ކޮށްގެން އޭނާ ކައިލާންގެ އުފާތައް ކަތިލާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އަދިވެސް އެ ލޯތްބަށް އިންތިޒާރު ކުރާށެވެ. އޭނާ ކައިލާންދެކެ ވާ ލޯބީގައި ބާރެއް ވާނަމަ ކައިލާންގެ ދިރިއުޅުމަށް އޭނާ އަށް އަނބުރާ ދެވޭނެ ގޮތެއް އަދި ފެންނާނެއެވެ. އޭނާ އެދުވަހަކަށް ވަރުބަލިކަމެއް ނެތި އިންތިޒާރު ކުރާނެއެވެ. ކައިލާން ރިޝްފާ އެ ދޫކޮށްލީ ލޯތްބަށްޓަކައެވެ. އެ ނިންމުމަށް ޤަދަރު ކުރަމުން އޭނާވެސް ކައިލާން އެ ދޫކޮށްލަނީ އެހިތުގައި ކައިލާންއަށްޓަކައިވާ ފުން ލޯތްބަށްޓަކައި ކޮންމެވެސް ދުވަހަކުން އެލޯބި ލިބުމަށް އެދެމުންނެވެ.

****

“ކައީ ހާދަ ލަސްވެއްޖޭ ދޯ….. އެކަމަކު ދެންމެ ގުޅާލީމަ ބުނި މިހާރު ފެރީން އެ ފާބަނިއްޔޭ… ”

ރުހާން އަތުގައި އިން ކޮފީ ތަށިން ކޯވަރެއް ބޯލަމުން ފޯނުން ގަޑިބަލާލާފައި ވާހަކަ ދެއްކިއެވެ. ހަމަ އެވަގުތު ކައިލާން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައިސް ކޮނޑުގައި އަޅުވާލާފައި އިން ލެޕްޓޮޕް ބޭގް ސޯފާގައި ބޭއްވުމަށްފަހު ދޮންބެ ގާތު އިށީންނަމުން ގޮނޑިން ތެދުވެގެން ކޮޓަރިއަށް ދާން ދިޔަ ޖަޒްލީއަށް ލޯބިވެތި ގޮތަކަށް ބަލައިލިއެވެ.

“ކީއްވެ ހާދަ ލަސްވީ… ރޭގަ ދޮންބެ ގުޅީމަ ނުވެސް ބުނޭ ދެމީހުން އެކްސުޑެންޓްވީ ވާހަކައެއްވެސް….. އޭރު ދޮންބެއަށް އެ ގުޅުނީ އެގަޑީގަދޯ.. އެހެރީ ޖަޒްލީގެ ނިތްކުރިވެސް ފަޅައިގެން ގޮސްފަ… އަނެއްކާ ކައީ އަށް ކަމެއްވިތަ؟”

ކައިލާން ލާފައި އިން އަތްދިގު މެރޫން ކުލައިގެ ޓީޝާޓުގެ އަތް އޮޅާލުމަށްފަހު މަށައިގެން ގޮސްފައިވާ އުނޅަނބޮށި ދައްކާލާފައި ދޮންބެގެ ސުވާލަށް ޖަވާބު ދެމުން އިތުރުތަނަކަށް އަނިޔާއެއް ނުވެޔޭ ބުންޏެވެ.އަދި ލަސްވީ ރެހެންދި ސްކޫލް ކައިރީގައިހުރި ރައްޓެއްސެއްގެ އެޕާޓްމެންޓެއް ބަލާލަން ދިޔައީމައޭ ބުންޏެވެ. ރުހާން ނިއްކުރިއަށް ރޫ ގިނަ ކޮށްލަމުން އެއީ ކީއްުރަންހޭ އަހާލިއެވެ.

“ދޮންބެއަށްވެސް އިނގޭނެ ތިހެން ބުނާއިރުވެސް މީ މަންމަމެންގެ ތަނެއްކަން…. އަހަރެން ބޭނުމެއް ނޫން މަންމަ ޖަޒްލީއާ ދޭތެރޭ އެހެން ކަންތައް ކުރީމަ މަންމަގެ އެހީތެރިކަމުގަ ޖަޒްލީ ގެންގުޅޭކަށް…. އިޝާން ބުނި އެތަން ދީފާނަމޯ ނުވަހާހަށް…. އެހެންވެ އެތަން ފައިނަލްވެސް ކޮށްފަ މިއައީ…. ފަރުނީޗަރާވެސް އެއްކޮށްހުރީ… އެހެންވެ މިރެއިން މިރެއަށް ބަދަލުވާން މިއުޅެނީ… އެހެން ނޫނަސް މަންމައަށް އަހަރެން މިތާނގަ ޖަޒްލީ ގޮވައިގެން އުޅޭކަން އެނގިއްޖިއްޔާ ދެން ނޭނގެ މަންމަ ޖަހާނީ ކޮންފަދަ މަޅިއެއް ކަމެއްވެސް… ވީހާވެސް އަވަހަކަށް އަހަރެން މިއުޅެނީ ޖަޒްލީ އާ ކައިވެނި ކުރަން….. އެހެންނޫނީ ފެންނާނީ އަނެއްކާވެސް މަންމަ ހަދާނެ ހަތަރެއްޗެއް ހަދާފަ އޮއްވަ…… ދޮންބެއަށްވެސް އެނގޭނެ މަންމަގެ ގޮތް… އަދި މިވަރަކުން ދުލެއް ނުކުރާނެ.. މަންމައަށް ޖަޒްލީ ހުރިތަނަކާ ބެހޭގޮތުން އެއްވެސް ޚަބަރެއް ވާންވާއިރަށް އަހަރެން ބޭނުމީ ޖަޒްލީ ޝަރުޢީ ގޮތުން އަހަރެންގެ ޙައްޤަކަށް ހަދަން”.

ރުހާންގެ ސުވާލަށް ކައިލާން ޖަވާބު ދިނުމުން އޭނާ އެކަމާއި ވިސްނާލިއެވެ. އަދި ކައީ މިހާރު ހަމަ ރަނގަޅަށްވެސް ބޮޑުވެއްޖެ ދޯ އޭ ބުނެލުމަށްފަހު ކައިލާންގެ ކޮނޑުގައި ޖަހާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ޖަޒްލީވެސް އަސުރު ނަމާދު ކޮށްލައިގެން އައިސް ކައިލާން ގާތު ކޮފީއެއް ހަދަންހޭ އަހާލިއެވެ.

*****

ސައިކަލްގެ ފަހަތު ސީޓުގައި ކައިލާންގެ ގައިގައި މަޑުމަޑުން ހިފަހައްޓާލައިގެން އިން ޖަޒްލީ އިނީ ފާޑަކަށް މަޑު ޖެހޭ ގޮތްވެފައެވެ. އޭނާއަށްޓަކައި ކައިލާން އަމިއްލަ މައިންބަފައިންނާއި ހަނގުރާމަ ކުރަމުންދާތަން ފެނިފައި އޭނާގެ ހިތަށް އުނދަގޫ ގޮތްތަކެއް ވަނީއެވެ. ޖަޒްލީގެ ލޯތްބަށްޓަކައި ކައިލާންގެ ހަޔާތުން މުޙިއްމު ބައެއް ވަކިވުމަކަަށް އޭނާ ނޭދެއެވެ. އުޑުމަތިން އޭރު ރަތްވިލާގެ އަސަރު ފައުޅު ވަމުން ދެއެވެ. ކައިލާންގޮސް ސައިކަލް މަޑުކޮށްލީ ޗަނބޭލީ ގޯޅީގައިހުރި ތިންބުރި އިމާރާތެއްގެ ކައިރިއަށެވެ. އައު ގޭގައި ފަރުނީޗަރު ހުރިކަމުގައިވިޔަސް ހިފައި ގެންގުޅޭ ބަދިގޭ ސާމާނުން ފުރާލެވިފައިވާ ކޮތަޅުތައް ހިފައިގެން ދެމީހުން ސައިކަލުން ފައިބައިގެން ގޮސް ދޮރާށިން އެތެރެއަށްވަނެވެ.

**ނުނިމޭ**

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

Next

ރާސްތާ 19

Next
July 24, 2018

ރާސްތާ 19

Previews
July 24, 2018

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

25 Comments!

  1. Noor??? says:
    July 24, 2018 at 7:26 pm

    Update kohdhinun lasvi kamahtakaa hurihaa kiyun theringe faraathun Maafah edhen.. Next part In Sha Allah Thursday genesdheyn vaahaka dhannavan.. ThanQ All 4 the support. & alhuganduge faraathun evves reader akah hinhama nujehey fadha commenteh kurevifa vaanama I’m really very Sorry. ThanQ All. ???

  2. Stry Kiyaa Man says:
    July 24, 2018 at 7:27 pm

    First dhw

    1. Noor??? says:
      July 24, 2018 at 7:29 pm

      Yap. ?

    2. Stry Kiyaa Man says:
      July 24, 2018 at 10:05 pm

      First jahaafa adhi comm vex nukure ve dhw .haha .
      aslu aneh hen stry aadhey therey bunaane ehcheh neh.v furihama . Masha allah. Faahhagaviy than kolhaky hama ekani.kurin ruhaan kairy kailan nubuney dhw jaxlee ah vaahaka dhehkey kan.dhen e dhemeehun dhimaavi thanun feel eh nukure vunu ruhaan ah ekan nygey kamah.anehen stry hama v nice.
      e ok igey dear.hama lass vedhaane.thihen sababu bune dhey thiyy thanks.
      waiting 4 nw part.
      -salaam-????

    3. Noor??? says:
      July 24, 2018 at 10:20 pm

      Good point dear.. Hama miss vefa in thankolheh Aee.. ThanQ for letting me know.. I will try to avoid such mistakes. ThanQ 4 the comment dear

  3. Airah says:
    July 24, 2018 at 7:37 pm

    vvv Reethi.ThanQ Noor.Waiting for the Next part.

    1. Noor??? says:
      July 24, 2018 at 7:46 pm

      ThanQ dear.

  4. Aaan says:
    July 24, 2018 at 8:56 pm

    It’s ok ehen ves dhimaavane.anyway story is vvvvv nice

    1. Noor??? says:
      July 24, 2018 at 9:02 pm

      ThanQ dear.

  5. Baby girl ❤ says:
    July 24, 2018 at 9:38 pm

    Vrh vrh reethi …curiously waiting to next part

    1. Noor??? says:
      July 24, 2018 at 9:46 pm

      ThanQ dear

  6. Mishkaa says:
    July 24, 2018 at 9:42 pm

    V nice

    1. Noor??? says:
      July 24, 2018 at 9:46 pm

      ThanQ dear

  7. Sana says:
    July 24, 2018 at 10:08 pm

    Masha Allah very nice part
    But now can she talk??
    Waiting for the next part

    1. Noor??? says:
      July 24, 2018 at 10:22 pm

      Yap… Now she can… ThanQ dear

  8. Reet says:
    July 24, 2018 at 10:12 pm

    Vaahaka reethi thankolheh kury

    1. Noor??? says:
      July 24, 2018 at 10:25 pm

      Oh thanQ.. I missed ur comment.. Happy to c ur comment.. I didn’t get enough time n had to update rush with so much pressure.

  9. Maaj says:
    July 25, 2018 at 1:10 am

    This is such a nice story. Dont feel pressurized by anyone dear. Just take your time. Your story is worth the wait <3

    1. Noor??? says:
      July 25, 2018 at 6:08 am

      Ohh dear.. So happy to c such an undstanding from my dear readers.. ThanQ dear

  10. charlie says:
    July 25, 2018 at 9:04 am

    kai is a perfect men
    v loabi

    1. Noor??? says:
      July 25, 2018 at 9:12 am

      ThanQ dear

  11. Kitty says:
    July 25, 2018 at 11:37 am

    Story vv reethi.. dhn oi part ves avahaha up kohllabyba.??

    1. Noor??? says:
      July 25, 2018 at 11:58 am

      ThanQ dear.. I’m trying.

  12. dhonkanbulo says:
    July 25, 2018 at 12:00 pm

    Alhey, masha allah.v reethi??❤❤❤.. v salhi,????. Hama awesome…

    1. Noor??? says:
      July 25, 2018 at 1:26 pm

      ThanQ dear

Comments are closed.


All Right Reserved!