Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 19

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 24, 2018 4 Mins Read
14 Comments

ދެންތިބި ކުދިންނަށްވުރެ ކުރިން އިސްރާ ގެއިން ނުކުންނަން ދިޔައެވެ. ދޮރުހުޅުވާފައި ނުކުންނަން ބަލާލިއިރު ކުރިމަތީގައި ހުރި އާލާފެނި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ.ހިންދިރުވާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.އާލާވެސް އިސްރާއަށް ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އެކުދިންގާތު އަވަހަށް ތިރިއަށް އައުމަށް އެދުނެވެ.

“ހަހަހަ ބަލާބަލަ އިސްރާއަށްވެފަ އިން ގޮތް އެހެންވާނީ ކެތްނުލަވައިގެން އުޅެންޏާ. އަސްލު ހަނދާންނެތިފައޭ މިއިންނަނީ އަހަރުން ޖެހޭނީ އާލާދައްތައާ އެކީދާން. ކުޑާބެއާ ކުޑާ ހިނގައްޖެ ސައިކްގަ. ކޫބެއާ ތިއްތަ ގޮއްސި އަޝްކޮއާ އަންޖަލް ގޮވައިގެން ދެން އަހަރުން ޖެހޭނީ އައްމާރުބެ ކާރުގަ އާލާ ދައްތަޔާއެކީ ދާން” އާލާއާ އެއްކާރެއްގަ ދާންޖެހޭކަން އިނގުމުން އިސްރާ ނުތަނަވަސްވާން ފެށިއެވެ. މާނީއާ ދިމާއަށް ލޯއަޅާލުމަށްފަހު އަވަހަށް ނުކުމެގެން ދިޔައެވެ. އަނެއް ތިން ކުދިންވެސް ހެމުން ހެމުން ނުކުތެވެ.

އިސްރާ ތިރިއަށް ފޭބިއިރު ގޭގެ ގޯތި ތެރޭގައި އައްމާރުގެ ކާރު އޮތެވެ. މާނީމެން ނާއްނަނީސް އެއަށް އަރާކަށް އިސްރާއަކަށް ނުކެރުނެވެ. މާނީ ދުވެފައި އައި ގޮތަށް އައިސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. އޭނާގެ ފަހަތުން ނަވްޔާއާ އިޝްމާވެސް އެބާރު މިނުގައި އައިސް ކާރަށް އެރިއެވެ. އިސްރާ ދެފަރަތަށް ބޯހުރުވަމުން ގޮސް ކާރަށް އަރަންވެގެން ބެލިއިރު ފަހަތު ސީޓު އޮތީ އެއްކޮށް ފުރިފައެވެ.

“އިސްރާ އާދެ ކުރިއަށް. ފަހަތުގަ ނެތެއްނު ތަން ކޮޅެއް.” ޑްރައިވަރު ސީޓުގައި އިން އާލާ އިސްރާ ގާތުން ކުރިއަށް އައުމަށް އެދުނެވެ. އިސްރާ ވަރަށް ލަދުން ހުރެ ގޮސް ކުރީ ސީޓުގައި އިށީނެެވެ. ފަހަތުގައި ތިބި މާނީއާ ނަވްޔާގެ އިތުރުން އިޝްމާ ހުރީ ބަނޑަށް ހީހީ ހަލާކުވާން ކާރިވެފައެވެ. އަދި ކާރަށް އަރާފަ އިސްރާ އެމީހުންނަށް ޖައްސާލިވައްތަރުން ހިނިގަނޑު ފަޅާގެން ނުދިޔައީ ކިރިޔާއެވެ.

ޖުމްހުރީ މައިދާން އެކީހެން ވަނީ މީހުންނިން ފުރިފައެވެ. ކޮންމެ މީހެއް ގައިގެ ކޮންމެސް ހިސާބެއްގައި ރަތްކުލަ ހުއްޓެވެ. ހުރިހާ ރައްޔިތުންވެސް އިންތިޒާރު ކުރަމުން ދިޔައީ ޤައުމީޓީމު މާލެ އަންނާނެ އިރަކަށެވެ. މާލެ ފަޅުތެރޭގައި ހުރި ދޯނިތައްވެސް ވަނީ ރަތްކުލައިގެ ދިދައިން ޒީނަތްތެރި ކޮށްފައެވެ.

ކޮންމެ ކުޅުންތެރިއެއްގެވެސް އާއިލާ މެންބަރުން އެކުޅުންތެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ފާލަން މަތީ ތިއްބެވެ. އާލާ އައްމާރު އަދި އަފްރީންއާ އަރްޝާދްގެ އިތުރުން އަފްރާ އަދި އައްޒާމް ފާލަން މަތީ ތިއްބެވެ. އަންޖަލްއާ އިޝްވާ ކުޑަވީމަ އެމީހުން ފާލަމަށް ނާރުވަންވެގެން މާނީމެން ޖުމްހުރީ މައިދާންތެރޭ މަޑުކުރީއެވެ. އެވަގުތު ކޮޅު ތެރޭގައި އިސްރާއާ އަންޖަލް އެކުވެރިވިއެވެ.

ލޯންޗު ޖެއްސުމާއެކު ކުޅުންތެރިން ލޯންޗުން ފޭބައިގެން ގޮސް އެކުޅުންތެރިއެއްގެ އާއިލާ މެންބަރުން ގާތަށް ދިޔައެވެ. އަހުސަމް އާލާގާތަށް އައުމުން އޭނަ ބާރަށް އަހުސަމްގައިގަ ބައްދާލިއެވެ. އަހުސަމްވެސް ލޯބިވާ މަންމަގައިގަ ބައްދާލިއެވެ. “ބައްޕަވެސް އެބަހުރީމޭ” އައްމާރު އެހެން ބުނުމާއެކު އަހުސަމް ގޮސް އައްމާރު ގައިގަ ވެސް ބައްދާލިއެވެ. ދެން އޭނާގެ ދެފަރާތް ހޯދަންފެށީ އަންޖަލާ އެމީހުން ގާތު ނެތުމުންނެވެ. “އަންޖަލް އެބައިން އިސްރާ ގާތު” އަހުސަމް ހޯދަމުން ދިޔައީ އަންޖަލް ކަމުން އާލާ ހިނިއައިސް އިނދެ ބުންޏެވެ. އެއާކު އަހުސަމްގެ މޫނު ރަތްވެގެން ދިޔަތަން އާލާއަށްފެނުނެވެ.

އާލާ އަންޖަލްވީ އިސްރާގާތުއޭ ބުނުމުން އަހުސަމް ނުތަނަވަސްވިއެވެ. އެހެނަސް އޭނާ ބެލީ އެކަން ނުދައްކާވޭތޯއެވެ. އެހެނަސް އާލާއަށް އަހުސަމްއަށް ވަމުން ދިޔަ ގޮތް ނުހަނު ރީތިކޮށްފެންނަމުން ދިޔައެވެ.

އަކްމަލްގޮސް ރައުފާޔާ ދާނިޝްގާތު މަޑުކޮށްލިއެވެ. އަދި އެމީހުންކުރެ ނަވްޔާ ކޮބާތޯ އަހާލިއެވެ. އޭނާއަށް ލިބުނު ކާމިޔާބީގެ ސަބަބުން އަކަމަލް ހުރީ ނުހަނު އުފަލުންނެވެ. އެންމެ ބޮޑަށް އަކްމަލް އުފާވީ އޭނާގެ މައިންބަފައިން އޭނާޔާ މެދުގައި ފަޚުރުވެރި ވާތީއެވެ.

އަފްޝަންއާ މިހްރާންގެ ވަކިވެދިޔުމަށްފަހު މާއިޒްގެ މައިންބަފައިންނަކީ އަފްރީންއާ އަރްޝާދެވެ. އޭނާއަށާއި އޭނާގެ ކޮއްކޮ މާނީއަށް ލިބޭ ކޮންމެ އުފަލެއްގަޔާއި ހިތާމަައެއްގައި އަފްރީން އަދި އަރްޝާދް ބައިވެރިވެއެވެ. އެދެމީހުންގެ އަމިއްލަ ދަރިންދެކެ ވާލޯބި މާއިޒްއާ މާނީދެކެވެއެވެ. މިއަދު މާއިޒަށް ކަމިޔާބީ ލިބުނު ދުވަހު އެކާމިޔާބީ އެމީހުންނާ ހިއްސާކުރަން މާއިޒްވެސް ނުހަނު ބޭނުމެވެ. މާއިޒް ގޮސް އަފްރީންގެ ކުރިމަތީ ހުއްޓިލުމާއެކު އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ކުޑައިރު އޭނާ އުރީމަ މާއިޒް ރުޅިއައިސްގެން އުޅޭ ގޮތް އިއްޔެ ވީކަމެއްހެން އަފްރީންގެ ހަނދާނުގައި މިއަދުވެސް އެބަހުއްޓެވެ. އަދި އޭނާއަށްވުރެ އަރްޝާދާ މާއިޒް ދޯޅުކަމުން އަފްޝަންގާތު މައްސަލަ ޖައްސާ ހަނދާންވެސް ތާޒާކަމާއެކު އޭނަގެ ސިކުނޑީގައި ހަރުލައިފައި އެބަހުއްޓެވެ. މާއިޒް ފެނުމުން ލޯބިވާ ދައްތަ މަތިން ހަނދާންވިއެވެ. ” އަނހާ ތިއްތަ ރޮނީތަ؟ ގައިމު ކުޑައިރު ތިއްތަގާތަށް އަޅުގަނޑު ނުދާތީވެ ދެރަވާވާހަކަ ބުނާނެ މިއަދު ޗެމްޕިއަނަކަށް ވެގެން ތިއްތަގާތަށް އައިމަވެސް ތިރޮނީ” އަފްރީންގެ ލޮލުން ކަރުނަ ފުހެދެމުން މާއިޒް ބުންޏެވެ. މާއިޒްގެ ކޮލުގައި ހިފާލުން ނޫން އިތުރު ކަމެއް އަފްރީންއަކަށް ނުކުރެވުނެވެ. މާއިޒް އަރްޝާދް ގައިގައި ބައްދާލިއެވެ. ” މާއިޒް އައި އޭމް ސޯ ހެޕީ ފޯ ޔޫ ކޫބެގެ ބޮސްބޭބީ” ” އަޅުގަނޑުގެ ކާމިޔާބީގެ ފަހަތުގައިވާ ބަޔަކީ ކޫބެއާ ތިއްތަ. މަންމައާ ބައްޕަ ވަކިވެދިޔުމަށްފަހު ނުންުނުއާ އަޅުގަނޑަށް މަންމައާ ބައްޕައެއްގެ ލޯބި އެބަދޭ. ތިއްތައާ ކޫބެ ނުންނު ބަލާނެކަމުގެ ޔަގީންކަން ނެތްނަމަ އަޅުގަނޑަކަށް ރާއްޖެ ކީއްކުރަން މާލެއިން ހުޅުމާލެއަށްވެސް ކުޅޭށޭ ކިޔާފަކާ ދާކަށް ނުކެރޭނެ. އަޅުގަނޑަށް ބައެއް ފަހަރު ހީވޭ އިޝްމާއާ އަޝްވާއަށް ވުރެ ބޮޑަށް އަޅުގަނޑާ ނުންނު ދެކެ ތި ދެމީހުން ލޯބިވާހެން. އަޅުގަނޑުގެ ކަރުގައި އެޅިަފައި މިއޮތް ރަން މެޑަލްގެ ހައްގުވެރިންނަކީ ތިއީ” މާއިޒް އޭނާގެ ކަރުގައި އޮތް މެޑަލްނަގައި އަރްޝާދް އަތަށް ދިނެވެ.

އާރާޝަށް އޭނަޔާ ހަމަޔަށް ނާދެވެނީސް އަފްރާ ދުވެލާފަ އާރާާޝްގާތަށް ދިޔައެވެ. ފައިންލް މެޗުގެ އެވަގުތުކޮޅަށްފަހު އެމީހުންނަށް ބައްދަލުކުރާކަށް ފުރުސަތެއްނުލިބެއެވެ. ހަމަ އެރޭގެ ދަންވަރު ފްލައިޓުން އަފްރާމެން ވަނީ އެނބުރި މާލެއައިއްސައެވެ. އަފްރާގެ މޫނުފެންނަން ނެތަސް އޭނަހުރީ ނިކަން ހިނިއައިސްފަކަން އޭނާގެ މޫނު ފެންނަކޮންމެ މީހަކަށް އެނގޭނެއެވެ. އައްޒާމްވެސް ގޮސް އާރާޝްގާތު ހުއްޓިލިއެވެ. އަމިއްލަ ދަރިއަކަށް ނުވިޔަސް އާރާޝްދެކެ އިންތިހާޔަށް އައްޒާމް ލޯބިވާކަން އޭނާގެ އަމަލުތަކުން ހާމަވެއެވެ.

މާއިޒްގާތު މަޑުކޮށްގެންހުރި އަރްޝާދްގެ ލޮލުގައި އާރާޝް އަޅައިގަތެވެ. އޭނާގެ ދޮށީ ދަރިފުޅު ކާމިޔާބީ ހޯދައިގެން އައުމުންވެސް އޭނަ ޖެހެނީ ދުރުގައި ބަލަހައްޓައިގެން ހުންނާށެވެ. އެހެންމީހަކަށް އޭނާގެ ދަރިފުޅުގެ ދުލުން ބައްޕަކިޔާ އަޑުއަހާކަށް އަރްޝާދްގެ ހިތަކަށް ކެތެއްނުވެއެވެ. އެހެނެސް ދުރުގައި ހުރެ އެމަންޒަރު ބެލުން ނޫންގޮތެއް އޭނާއަކަށް ނެތެވެ.

އިއްޒުއްދީން ފާލަމުން ހުރިހާ ކުޅުންތެރިން ދެން މިސްރާބް ޖެހީ ޖުމްހުރީ މައިދާނަށެވެ.

ޖުމްހުރީމައިދާނަށް ވަދަގެން ދިޔަ އަހުސަމްގެ ފިޔަވަޅުތައް ހުއްޓުނީ ދިދަޔާވީ ދިމާލުގައި އަންޖަލްއާ ސަކަރާތްޖަހަން ހުރި އިސްރާފެނިފައެވެ. ކަޅު ކުލައިގެ އަބާޔާއެކީ ރަތް ކުލައިގެ ޝޯލެއް އަޅައިގެން ހުރި އިސްރާ ފެންނަލެއް ނުހަނު ފުރިހަމައެވެ.

އަންޖަލްއާއެކު ސަކަރާތްޖަހަމުން ދިޔަ އިސްރާ އަންޖަލް އިނގިލި ދިއްކޮށްލި ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ ހިތުގެ ރާޖާ ކަޅިޖަހާވެސް ނުލައި އޭނައާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަހުސަމް އެގޮތަށް ބަލަހައްޓައިގެން ހުރުމުން އިސްރާ ލަދުން އިސްޖަހާލިއެވެ.

އަހުސަމްއާ އިސްރާޔާ ދެމެދު ހިނގާދިޔަ ކަންތައްތައް އާލާގެ އިތުރުން އައްމާރަށްވެސް ފާހަގަވިއެވެ.

މީހުން ގަނޑުތެރެއިން އިޝްމާގެ އަތުން ވީއްލިގެން އަޝްވާ ދުއްވައިގަތެވެ. އިޝްމާވެސް އަޝްވާގެ ފަހަތުން ބާރަށް ދުއްވައިގަތެވެ. އެއާކު ބިންމަތީގައި އަޅާފައި އޮތް ގާގަނޑެއްގައި އަޅާގެންފައި އިޝްމާ ވެއްޓެން ދިޔައެވެ. އިޝްމާ ދެލޯމަރާ ތަގުޅިކޮށްލީ ވެއްޓިއްޖެޔާމުން ވާނެގޮތް ހިތަށް އަރުވާލަމުންނެވެ. އެހެނަސް ބިންމަތީގައި ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާގެ އޮނަގަނޑުގައި ހިފެހެއްޓިއެވެ. އެއަތުގެ ވެރިޔާއަކީ ކާކުތޯ ބަލާލުމަށްޓަކައި އިޝްމާ މަޑުމަޑުން ލޯހުޅުވާލިއެވެ.

ދެލޯ މަރާ ބާރުކޮށްގެން އޭނާގެ އަތުތެރޭގައި އޮތް އިޝްމާއާ ދިމާއަށް ބަލަހައްޓާގެން އަކްމަލަށް އޮވެވުނެވެ. މޫނުގައި އެންމެ މޭކަޕްކޮޅެއް ޖައްސައިފައި ނެތް އިރުވެސް އެހާވެސް ފުރިހަމައެވެ. ފެހިކުލައިގެ ޝޯލް ތެރެއިން އިޝްމާގެ މޫނު ފެންނައިރު ނުހަނު ހިތްގައިމެވެ.

އިޝްމާ ލޯހުޅުވިއިރު ފެނުނު ސޫރައިން އޭނާގެ ހިއްސުތަށްވެސް ނުހުއްޓުނީ ކިރިޔާއެވެ. އަކްމަލްގެ ތޫނު ނަޒަރުވަނީ އޭނާގެ ލޮލަށް އަމާޒުވެފައެވެ. އިޝްމާއަށް ވަގުތުން ވަށައިގެންވި މާހައުލަށް ބަލާލިއެވެ. އޭރު އެތާތިބި ހުރިހާ އެންމެންގެ ނަޒަރުވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ނޫސްވެރިންވެސް އެމީހުންގެ ކެނެރާތަކުގައި އެމަންޒަރު ރައްކާކުރަމުން ދިޔައެވެ. އަކްމަލް އަވަހަށް އިޝްމާ ނަގައި ރީއްޗަށް ބޭންދިއެވެ. އެއާއެކު އިޝްމާ ގޮސް އަފްރީން ފަހަތަށް ވަދެ ފިލިއެވެ.

އިޝްމާއާ އަކްމަލް ތިބި ގޮތް ފެނިފައި އަފްރާއާ އަރްޝާދްގެ ހަނދާން އެ ދެމީހުން އެންމެ ފުރަތަމަދިމާވި ދުވަހާއި ހަމައަށް ދިޔައެވެ.

އެންމެންގެ ސަމާލުކަން އިޝްމާމެންނަށް ހުއްޓިފައި ހުރި ވަގުތުހެ ބޭނުން ހިފައިގެން މާއިޒް ނަވްޔާގާތަށް ޖެހިލިއެވެ. ރަތް ޝޯލާއި ފައިތިލަޔާ ހަމަޔަށް އަންނަ ކަޅުހެދުން ނަވްޔާއާ ނުހަނު ގުޅެއެވެ. ސިއްރުން ނަވްޔާގެ ކަންފަތް ބުޑުގައި އޭނާ މިއަދު ހުރިލެއް ވަރަށް ފުރިހަމަޔޭ ނާއިޒް ބުންޏެވެ. މާއިޒްވެސް ވަރަށް ފުރިހަމަކަމަށް ނަވްޔާ ބުނެލިއެވެ. އަދި މީހުންގެ ސަމާލުކަން އެ ދެމީހުންނަށް ނުހުއްޓެނީސް މާއިޒް އެތަނުން ދުރަށް ޖެހިލިއެވެ.

” ސުބުހާނައްﷲ. ސަންތިމަރިޔަބު މީނީ މިތަނަން އައިސް. މަގޭ އަނގަޔަށް ދަތް ގޯނި އަޅައި ނުލަނީސް އަވަހަށް ދާންވީ މިތަނުން” އިޝްމާއާ އަކްމަލްގެ ޑްރާމާޔަށް ގެއްލިފައި ހުރި މާނީ ސިހިގެން ދިޔައީ އޭނާގެ ފަހަތުން އާރާޝްގެ ފިރިހިންވަންތަ އަޑުއިވުމުންނެވެ. ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރުމުން އާރާޝް މާނީޔާ ދިމާކޮށްލިއެވެ. “އެޖެހުނީ ކަންތަކާ ދެން މީނަގެ ކިބައިން ސަލާމަތެއް ނުވެވޭނެ” އަމިއްލަ ނަފްސަަށް އަޑުއިވޭ ވަރަށް މާނީ ބުނެލިއެވެ. އެހެނަސް އާރާޝްގެ ތޫނު ކަންފަތަށް އެއަޑުއިވުނެވެ. “ޔަގީނެއްނު” އާރާޝް މާނީޔާ ދިމާއަށް އެއްލޯ މަރާލިއެވެ. އެތާގައި މީހުން ތިބުމުން އާރާޝާއި ޒުވާބުކުރާ ޚިޔާލެއް މާނީ ނުކުރެއެވެ. ގެއަށް ގޮއްސްފައި އާރާޝަށް ދޭނެ ލަނޑަކާ މެދު ވިސްނަމުން މާއިޒްގާތަށް މާނީ ދިޔައެވެ.

ޖުމްހުރީ މައިދާނުގައި އޮތް ހަވީރަށްފަހު ހުރިހާ އެންމެންނަށް ގެއަށްދެވުނުއިރު އިރުއޮއްސިއްޖެއެވެ. އެންމެންވެސް އަވަސްވެގަތީ ވަގުތުފާއިތު ނުވަނީސް މަޣްރިބް ނަމާދަށް އަރާށެވެ.

ދަތުރު ވަރުބަލީގެ ސަބަބުން އެރޭ އިތުރަކަށް ހޭލާ ހުންނާނެ ހިތްވަރެެއް އަކްމަލްގެ ނެތެވެ. އިޝާނަމާދުން އައި ގޮތަށް ނުވެސްކައި ނިދަން އޮށޯތެވެ. ހަވީރު ހިނގައި ދިޔަ ހާދިސާގެ ސަބަބުން އޭނަ ހުރީ މޫޑުވެސް ކަޓާފައެވެ. ރައުފާމެންގެ ސުވާލެއް ކުރިމަތި ނުވި ކަމަށްޓަކައި ﷲއަށް ޝުކުރު ކުރިއެވެ.

މާއިޒްއަށްވެސް ރޭގަނޑު ކެވުނީ ކިރިޔާއެވެ. ކައިގެން އެނދަށް އެެރި ގޮތަށް ފުން ނިންޖެންގެ ތެރެއަށް އޭނަ ގެނބިގެން ދިޔައެވެ.

އަންޖަލް ނިންދެވުމަށްފަހު އާލާ ސިޓިން ރޫމަށް ނިކުތެވެ. އޭރު ސޯފައިގައި އައްމާރުއާއި  އަހުސަމް ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ. އަހުސަމްގެ މޫނު މަތިން ދަތުރުގެ އެއްވެސް ވަރުބަލިކަމެއް ނުފެނެއެވެ. އާލާގޮސް އައްމާރާ ޖެހިގެން އިށީނެވެ.

“އަހޫ ކިހާ ދުވަހެއް ވެއްޖެ އިސްރާޔާ ރަށްޓެހިވެގެން އުޅޭތާ؟”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……12

Next

އަބަދުވެސް ލޯބި ދޭނަން….5

Next
July 25, 2018

އަބަދުވެސް ލޯބި ދޭނަން….5

Previews
July 24, 2018

“ހިތް” ލޭ ކޮށެވިފައި……12

14 Comments!

  1. Navii says:
    July 24, 2018 at 10:43 pm

    Yey

    1. Navii says:
      July 24, 2018 at 10:53 pm

      Me first dhw…. Vvvvvvv reethi mi part ves… Curiously waiting for next part..

  2. eekko says:
    July 24, 2018 at 11:09 pm

    Ths story is rlly confusing…namethah maa Gina vefa ehgoih v ma…BT still its nyc

  3. Unknown girlll.. says:
    July 24, 2018 at 11:38 pm

    Afraa aky afreen ge kokkotha how?????…mi part ves v. Reethi…….????❤❤❤ luv ya..

  4. Vaanuva says:
    July 25, 2018 at 12:56 am

    Varah confuse vey mi vahaka kiyaa iru. Myhun gina kamun. Vaa nuva ah neynge
    Ehen v ma varah foohi

  5. Baby girl ❤ says:
    July 25, 2018 at 6:30 am

    Vrh vrh reethi..ahusam dheyne javaabakee koba??? Emmeh curious vaa hisaabun thi nimaaly…btw story kuriyah dhaagoyy vrh reethi….??

  6. Naina says:
    July 25, 2018 at 9:29 am

    Aaah. What’s going on??? Haadha confusing ey alhe.. vaanuvaa eh neynge…. meehun gina kamun… Azzam aky kaaku tha??? Afraa aky maany ge kaaku tha??? Please e varu kiyaaladheebala…. mihaaru 3 vana faharah mi comment kureveny… but author noolhey readers ge doubts clarify kohdheykah….

    1. Stry Kiyaa Man says:
      July 25, 2018 at 9:58 am

      Dear azzam aky alaa ge dhonbe + afraa ge huxx. meehun ah araash ge aslu dad. Adhi kurin arshad ge best buddy. dhen afraa eii maany ge kuda.( mom faraa thun)

    2. Shif? says:
      July 25, 2018 at 4:44 pm

      Afra Aky maany ge bodudgaitha(aunt)
      Axxam aky afra ge firimeeha

  7. Akuu says:
    July 25, 2018 at 1:42 pm

    wow… nice ♥️♥️ awahah up khdhehchey nxt prt. ♥️♥️✨

  8. ?nish? says:
    July 25, 2018 at 3:05 pm

    The story is amazing..❤️?
    I loved it… ❤️❤️

  9. ? says:
    July 25, 2018 at 3:07 pm

    Story is amazing ❤️?

  10. Twinkle? says:
    July 25, 2018 at 5:51 pm

    OMG dhn kihinehbaa vaany… stry hama habeys… masha allah???

  11. Aesh says:
    July 25, 2018 at 10:27 pm

    Vrh Vrh Vrh Vrh Vrh Vrh Vrh Vrh reethi mi part ves.. Dhn vaane gotheh Hama balailan beynun vanee.. Neiyy Hama Bunaane ehcheh ves.. Vrh furihama.. Maa sha Allah.. ?????? when nxt?? Vrh kiyaa hiyy vey eba.. Site ah vanna faharah faharu Hama belly up vefa in thoa.. Hehe..

Comments are closed.

Next Episodeރާސްތާ 20←


All Right Reserved!