
“ހިތް” ލޭ ކޮށެވިފައި……13
ކައިލާން ގޮސް ސައިކަލް މަޑުކޮށްލީ ޗަނބޭލީ ގޯޅީގައިހުރި ތިންބުރި އިމާރާތެއްގެ ކައިރިއަށެވެ. އައު ގޭގައި ފަރުނީޗަރު ހުރިކަމުގައި ވިޔަސް ހިފައި ގެންގުޅޭ ބަދިގޭ ސާމާނުން ފުރާލެވިފައިވާ ކޮތަޅުތައް ހިފައިގެން ދެމީހުން ސައިކަލުން ފާބައިގެން ގޮސް ދޮރާށިން އެތެރެއަށް ވަނެވެ.
**********
ކުޑަކުޑަ ރީތި އެޕާޓްމެންޓެކެވެ. ދިހަފޫޓު ސާދަ ވަރަކަށް ފޫޓުގެ ކޮޓަރިއެކެވެ. އަދި ކޮޓަރި ތެރެއިން ވަދެވޭ ގޮތަށް އިން ކޮޓަރިއަށް އެކަށޭނަ ވަރުގެ ފާޚާނާއެކެވެ.ކޮޓަރިތެރެ ބަލައިލުމަށްފަހު ސިޓިންރޫމުގައި އިށީނދެ ހަމަޖެހިލި ޖަޒްލީއަށް ސިޓިން ރޫމުން ނިކުމެވޭ ގޮތަށް އިން ކުޑަ ބެލްކަނި ގޮޅި ފެނުނެވެ. ޖަޒްލީ ގޮނޑިން ތެދުވެގެން ގޮސް ބިއްލޫރި ދޮރު ކަހާލާފައި ބެލްކަންޏަށް ނިކުމެ އޭނާގެ މެޔާ ހަމައަށް ރާނާފައި އިން ފާރު ކޮޅުގައި އަތް އަޅައިލިއެވެ.
ބޭރުން ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅި ތަކުން ޖަޒްލީއަށް ބުނެދޭން ދަތި ހިންހަމަ ޖެހުމެއް ލިއްބައި ދެމުން ދިޔައެވެ. ޖަޒްލީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ކައިލާންގެ މޫނުމަތީގައި އުފާވެރި ހިނިތުން ވުމެއް ވިއެވެ. އޭނާއަށް މި ދުނިޔެއިން ބޭނުންވާ ހުރިހާ އުފަލެއް ހާސިލް ވެފައިވާ ކަހަލައެވެ. ޖަޒްލީގެ މޫނުމަތިން ފައުޅުވަމުން ދިޔަ އުފާވެރިކަން އޭނާގެ ހަށިގަނޑުގައިވާ ވަރުބަލިކަންވެސް ކެނޑިއްޖެއެވެ.
ކުއްލިއަކަށް ވައިގަދަ ކޮށްލާފައި އޮއްސާލި ބޮޑުތިކި ވާރޭން ސަލާމަތް ވުމަށްޓަކައި ޖަޒްލީ ބެލްކަނިން ނިކުންނަމުން ސިޓިން ރޫމް ތެރެއަށް ވާރެ ބުރުއްސާނެތީ ދޮރު ދަމާލަން އުޅެ އުޅެ ވާގޮތެއް ނުވިއެވެ. ކަހާލާ ގޮތަށް ހަދާފައިވާ އެދޮރު ހުރީ ފާޑަކަށް ތާށިވެފައެވެ. ކުއްލިއަކަށް ޖަޒްލީ އަށް ބަލައިލެވުނީ ކައިލާން އައިސް އޭނާއާއި ދާދިގާތުގައި ހުއްޓުމުންނެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތަކުން ޖަޒްލީ ތެމެމުން ދިޔައިރުވެސް ކައިލާންހަަމަ ދެޖީބަށް އަތް ޖަހާލައިގެން ޖަޒްލީގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.
“އަޅެ.. ދެންވެސް ބަލަން ނުހުރެ އަވަހަށް އާދެބަލަ މި ދޮރު ލައްޕަން… މުޅި މިތަންވެސް މިއޮއް ތެމި ފޯވަނިއްޔޭ…. ”
ޖަޒްލީ ކައިލާންއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ. އެކަމަކު މިހާ ފުރިހަމަ މަންޒަރެއް ޤުރުބާން ކޮށްލަން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟ބޯކޮށް ވެހެމުންދިޔަ ޝަބްނަމް ތިކިތަކެއް ފަދަ ވާރޭ ފެންތިކި ތަކުން ޖަޒްލީގެ މޫނުމަތީގައި ތަތްވެފައިވާ ތެތް އިސްތަށިތަކުން ޖަޒްލީގެ ވިދާ ބަބުޅަމުން ދިޔަ މޫނުގެ އުޖާލާކަން އެތައް ގުނައަކަށް އިތުރުވެފައި ވެއެވެ. އަދި ކަނދުރާ މައްޗަށް ތިއްކަކަށް ފަހު ތިއްކެއް ފައިބަމުންދިޔަ ފެންތިކި ތަކަަށް އޭނާވީނަމަ ކިހާ ރަނގުޅުހޭ ކައިލާންހިތަށް އެރިއެވެ. ހަމަ ރަނގަޅަށްވެސް އެ ފެންތިކިތަކަށްޓަކައި ހަސަދައިގެ ހުޅު އޭނާގެ ހިތުގައި ރޯވެ އަނދަން ފަށައިފިއެވެ. ކައިލާންއަށް ހިންދިރުވާލެވުނީ ޖަޒްލީ އޭނާގެ އަތުތެރޭގައި ފޮރުވާލުމަށް ހިތް އެދިގޮވަން ފެށުމުންނެވެ. ކައިލާންގެ ލޮލުގައިވާ މަސްތީ ކަމަކުން ޖަޒްލީގެ ހަރަކާތްތައްވެސް މަޑު ޖެހުނެވެ. ދެމީހުން އެކަކު އަނެކަކަަށް ބަލަމުން ދިޔައިރު ދުނިޔޭގެ ހޭވެރިކަމެއްވެސް ނެތީ ކަހަލައެވެ. ބެލްކަނިން ވިއްސަމުންދިޔަ ވާރޭ ތިކިތަކުން ދެމީހުން ތެމިފޯވިއިރުވެސް ޖެހި ބިއްގަނޑެއްހެން ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ތިއްބެވެ.
ކުއްލިއަކަަށް ވިދާލި ވިދުވަރާއި އެކު ބާރު އަޑުފައްގަނޑާއިއެކު ޖަހާލި ގުގުރިން ޖަޒްލީއަށް ކައިލާންގެ ގައިގައި ބައްދާލެވުނެވެ. ތެމި ފޯވެފައި ހުރުމުގެ ސަބަބުން އޭނާހުރީ ފިނިބޮޑުވާ ގޮތްވެސް ވެފައެވެ. ކައިލާންގެ ގައިގައި ޖެހި ފިތިފައިވާ ޖަޒްލީގެ ހަށިގަނޑުން ލަމުންދިޔަ މަޑު ތުރުތުރުން ކައިލާންގެ އެތެރެހަށީގައި ހުޅުހިފައިފި ކަހަލައެވެ. އޭނާގެ ދެއަތުން ޖަޒްލީގެ ފުރަގަހުން ވަށާލާ ބާރުކޮށްލީ ކުރެވެމުންދިޔަ ތަފާތު އިޙްސާސަކުންނެވެ. އަދި ޖަޒްލީގެ ކަނދުރާ މަތީގައިވާ ވާރޭ ފެނުން ބަރުވެފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ބޮސްދެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ކައިލާންގެ ބާރުގަދަ އަތްތިލައިގެ އިޙްސާސް ކުރެވުނު ޖަޒްލީއަށް ހަމަހޭވެރިކަންވީ އޭނާގެ ކަނދުރާއަށް ކައިލާންގެ ހޫނު ނޭވާތައް އެޅެން ފެށުމުންނެވެ.
ޖަޒްލީ ކައިލާންގެ މޭގައި އަތް އަޅައި ކުޑަކޮށް ދުރަށް ޖެހިލިއެވެ. އަދި ލަދުވެތި ގޮތަކަށް ކައިލާންއަށް ބަލައިލުމަށްފަހު ގޮސް ސިޓިން ރޫމް މޭޒުމަތީގައި ހުރި ކޮތަޅުތަކުން ގަނެގެން ގެނައި ސާމާނުތައް ނަގައި ކައްކާ ބައިގައި ހުރި ކަބަޑުގެ އެކި ބައިބަޔަށްލާ ތަން ތަރުތީބު ކުރަން ފެށިއެވެ. ކައިލާންވެސް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ކެތްތެރިކަން ކޮޅުން ލީތީ ލަދު ގަންނަގޮތް ވުމުން މަޑުމަޑުން ބޮލުގެ ފުށް ކިބައިގައި ޖަހާލާފައި އަވަހަށް ބެލްކަނި ދޮރު ލެއްޕޭތޯ ބެލިއެވެ. ކޮންމެސް ވަރަަކަށް ބާރުވެފައިވާ އެ ދޮރު މިފަހަރު ފަސޭހަ ކަމާއިއެކު ދަމާލެވުނެވެ.
މަސައްކަތުގައި އަމިއްލަ ނަފްސު އަވަދިނެތި އުޅޭކަން ޖަޒްލީގެ ހަރަކާތްތަކުން ދައްކަމުން ދިއަޔަސް އޭނާގެ ހިތް ތެޅެމުންދަނީ އޮބިނޯންނަ ވަރަށެވެ. ކައިލާންއާއި ދިމާއަށް ސިއްރު ސިއްރުން ބެލެމުން ދިޔައީ އެދެމެދުގައިވާ ނޭނގޭ ބާރަކުންނެވެ. ތެމުމުގެ ސަބަބުން ކައިލާންގެ ޓީޝާޓް މޭގައި ތަތްވެފައި ވާއިރު ފިރިހެން ވަންތަކަން އުތުރި އަރަމުން ދިޔައެވެ. އެ ރީތި ކަމުގެ ޖާދޫގައި ނުޖެހި ހަމަ އެންމެ ލޮލެއްްވެސް ސަލާމަތުން ދާނެބާވައޭ ޖަޒްލީ ހިތާއި ހިތުން ކިޔާލިއެވެ.
ސިޓިން ރޫމުގައި ބެލްކަންޏާއި ވީ ފަރާތުން ނިވައި ކުރުމަށް ދޮރުފޮތިގަނޑު ހަރުކުރަންހުރި ކައިލާންއަށް ޖަޒްލީގެ ސިއްރު ބެލުންތައް ފަޅާ އަރަމުން ދިޔައިރުވެސް އެނގޭ ކަމަށް ނުހަދާ ހުރީ އެކަމުން އޭނާގެ ހިތް އުފަލުން ނަށަމުން ދާތީއެވެ. ކައިލާންގެ ހިތުގައިވާ ހިތްހަމަ ޖެހުން މަޑު ހިނިތުންވުމެއް ވެރިވެފައިވާ އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.
***
“އެކަމަކު ރީޝް…. ކައީ ރީޝްދެކެ ލޯބި ނުވާކަން އަހަރެމެންނަށް ކުރިންވެސް އެނގޭނު… ދެން މިހާރު ތިހާ ކުއްލިއަކަށް ކައީ އާ ކައިވެނި ނުކުރަން ތި ނިންމީ ކީއްވެ… އެއްކަލަ ރަނާމެންވެސް ކައިވެނިކުރީ އާއިލާ ޕްރެޝަރުގަ….. އެކަމަކު ބަލާބަލަ މިހާރު…. ހިޔެއް ނުވާނެ އެއަށްވުރެ ވަކިން ލޯބިން އުޅޭ ދެމަފިރިއަކު އުޅޭނެ ހެނެއް… ”
ހަނާ ރިޝްފާއަށް ވިސްނާ ދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ
“ހަނާއަށް ނޭނގޭތީ ތިހެން ތިބުނަނީ… ރަނާ މެންނާ އަހަރެމެންނާ ވަރަށް ތަފާތޭ… އެދެމީހުން ކައިވެނި ކުރަން ބޭނުން ނުވީ އެހާ އަވަހަށް ސިންގަލް ލައިފް ދޫކޮށްލަން ބޭނުން ނުވާތީ…. އެދެމީހުންގެ ލައިފްގަ ތިންވަނަ މީހަކު ނެތެއްނު”
ނަމަވެސް ރިޝްފާގެ ވާހަކަ އަޑުއަހާފައި ހަނާއަށް ހައިރާންވެފައި އަހާލެވުނެވެ.
“ތިންވަނަ މީހެކޭ… ކައީގެ ލޯބިވެރިއަކު ހުންނަނީތަ؟”
ރިޝްފާ އެ އިންގޮތަށް އިނދެ ބޯޖަހާލީ އެ ހަޤީގަތް އެނގުނީއްސުރެ އޭނާގެހިތް ބަރުދާސްތު ކުރަމުންއެދާ ވޭނަށް ގަދަކަމުން ކެތް ކުރަމުންނެވެ.
“އެއީ ކާކު…. ދެން ކީއްވެ އަހަރެމެންނަށް ތިކަމުގެ ހިލަމެއްނުވީ. ”
“އަހަރެން ނާހަން އެއީ ކާކުތޯ… ކައީގެ ލޯބިވާ އެހެން ކުއްޖެއް ހުރި ކަން އެނގުމުންވެސް އަހަރެންގެ ހިތް މިވަނީ ފަޅައިގެންދާން ކައިރިވެފަ… އެއީ ކާކުކަން އެނގިއްޖިއްޔާ އަހަންނަށް ދުނިޔެއަށް ނޭވާލާންވެސް އުނދަގޫވާނެ…”
ރިޝްފާގެ ޖަވާބުން ހަނާއަަށް ރިޝްފާގެ ކޮނޑުގައި އަތްއަޅާލެވުނެވެ. އެކުވެރިޔާގެ ހިތުގެ ހާލު އިޙްސާސް ވުމުން ހިތްވަރު ދިނުމުގެ ގޮތުންނެވެ. ރިޝްފާ އެވަގުތު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ ނާއުއްމީދު ވެފައިވާ ހިތަކާއި ގެންނެވެ.
****
“ކަލޭމެން ކީކޭތަ ހީކޮށްގެން ތިއުޅެނީ…. މަގޭ ދަރިފުޅަކީ ކައިލާން ކުޅެން ގެންގުޅޭ އެއްޗެއްތަ؟ ބޭނުންވީމަ ނަގާފަ, ބޭނުން ނެތުނީމަ އެއްލާލާފަ… ”
ސިޓިން ރޫމު ސޯފާގައި ނިދި ޖެހިފައި އޮތް ހަސަން މަނިކަށް ހޭލެވުނީ އަލީވަހީދުގެ ރުޅިވެރި އަޑަށެވެ. އޭނާގެ ގާތުގައި ހުރި ޖަމީލާވެސް ހުރީ ރުޅިއައިސް ރަތް ވެފައެވެ. އެއަޑަށް ރުހާންވެސް ކޮޓަރި ދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ.
“ވަހީދު……. މިއޮއް ދަންވެފަ ހުއްޓަ އަނެއްކާ ކިހިނެތްތަވީ.. ”
ހަސަން މަނިކު ރަނގަޅަށް ދެލޯ ފޮހެލާފައި ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލާލަމުން ބުންޏެވެ. ކައިލާން ރިޝްފާއާއި ބައްދަލް ކުރިކަން އެ މީހުންނަށް ނޭނގުނަސް ރުހާންއަށް އެކަން އެނގޭތީ ރިޝްފާ ބައްޕަ އެހާ ރުޅިއައިސް އެހުރި ސަބަބު ރުހާންއަަށް ވިސްނުނެވެ. އެހެންވެ ކޮޓަރި ދޮރު ލައްޕާފައި އެތެރެއަށް ވަދެ އޮށޯތީ ބައްޕަމެން ރޯކުރި އަލިފާންގަނޑު ބައްޕަމެންނަށް ނިއްވަން ދޫކޮށްލާފައެވެ.
“އަދި އެބަ އަހައެއްނު ކިހިނެތް ހޭ ވީ….. ކައިލާން ބޭނުން ނުވާއިރު ކައިވެނީގެ ވާހަކަ ދައްކައިގެން ކަލޭމެން ނުޖެހޭނެ މަގޭ ދަރިފުޅުގެ އިޙްސާސްތަކާ ކުޅޭކަށް…. މަގޭ ދަރިފުޅަށް މީގެ ކުރިން ކަރުނަ އަކީ ނުދަންނަ ބީރަށްޓެހި އެއްޗަކަށް ވިޔަސް މިއަދު ކައިލާން ކައިވެންޏަށް އިންކާރު ކުރީއްސުރެ އެ ދަރީގެ ލޮލުން ކަރުނަ ނުހިކޭ….. ހަނދާންކުރާތި މަގޭ ދަރިފުޅު އެ ކުރާ ހިތާމައިން އަހަރެމެން ދެކެމުން މިދާ ހިތްދަތި ވަގުތުތައް އަދި ކަލޭމެންނަށްވެސް އަންނާނެ”..
އަލީ ވަހީދު ހަސަން މަނިކަށް ރައްދު ދިންއިރު އޭނާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. އެ ސަކީނާ ކޮބާހޭ ކިޔާފައި ޖަމީލާ ގޮސް ސަކީނާމެން ކޮޓަރި ދޮރުހުޅުވާލިއެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ގައިގައި ރަޖާ ލައިގެން އަރާމު ނިދިން ނިދާލާފައި އޮތް ސަކީނާ ފެނުމުން ދަރިފުޅުގެ ހިތާމައިން މޮޅިވެރި ވެފައިހުރި ޖަމީލާ އިންތިހާއަށް ރުޅިގަދަ ވާގޮތް ވިއެވެ. އެތެރެއަށް ވަދެގެން ގޮސް ސަކީނާގެ ގައިމަތިން އަޅާފައި އޮތް ރަޖާ ގަނޑު ނަގައި އެއްލާލުމަށްފަހު މިވަރު ބޮޑު ކަންތައް ގަނޑެއް ހިނގައިގެން އުޅޭއިރުވެސް ކަލެއަށް ހަމަ ދެފައި ދަމަދަމާފައި ނިދޭދޯއޭ ބުނެލިއެވެ.
“ޖަމީ…… ”
ސަކީނާ ބިރެއް ފެނިގެން ތެދުވާހެން ކުއްލިއަކަށް ތެދުވެ އޭނާގެ ހޭވިފައިވާ ބޯރީތި ކޮށްލުމަށްފަހު ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ޖަމީލާ އަތުން އިޝާރާތް ކޮށްލުމަށްފަހު ސަކީނާގެ ދުލުގައި އޮތް ޖުމްލަ ހުއްޓުވިއެވެ.
“ނޫން… ކައިލާން މަގޭ ދަރިފުޅު ކަރުނައިގެ ކަނޑަކަށް ޤަރަގު ކޮށްލާފަ ދިޔައީމަ ދެން އަހަރެމެން ދެމީހުންގެ ދޭތެރެއަކު މި އެކުވެރި ކަމެއް ނުބޭއްވޭނެ… އަހަންނަކަށް ހިޔެއްނުވެ ކައިލާން އެވަރުބޮޑު ނިންމުމެއް ނިންމާއިރު ސަކީނާއަށް ސިއްރުވެފަ އޮންނާނެ ހެނެއް…. އެކަމަކު މިއަދާ ހަމައަށްވެސް އަހަރެމެން މި އަނދިރިކަމުގަ ބޭތިއްބީތީ އަހަންނަށް ދުވަހެއްގައިވެސް ކަލެއަށް މަޢާފެއް ނުކުރެވޭނެ…. ”
ޖަމީލާ އައިސްފައި ހުރި ރުޅީގައި ކޮޓަރީގެ ދޮރު ނެތްތަނަށް ހުޅުވާލާފައި ނިކުމެގެން ދިޔައެވެ. ފާޑަކަށް ގަބުވެފައި ހުރި ސަކީނާއަށް ހުރިތަނަށް ތިރިވެވުނެވެ. އިސާހިތަކު އޭނާގެ ދެލޮލަށް ކަރުނައިގެ ލަޝްކަރުތައް ހާޒިރު ވެއްޖެއެވެ. ޖަމީލާއަކީ އޭނާގެ ދެގޮތެއް ނުވެހުރި ހަމަ އެކަނި ޒަމާންވީ ރަޙުމަތްތެރިޔާއެވެ. ކަންތައްތަކުގައި ދެމީހުން ގުޅިލައިގެން އުޅޭއިރު ހީވާނީ ދެބެން އުޅޭ ހެންނެވެ. ނަމަވެސް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ވެއްޔަށްވެ ދިޔައީއެވެ. ސަކީނާއަށް އަޑުން އަޑުނަގައި ރޯން ފެށުނެވެ.
ސިޓިންގ ރޫމުގައި އިން ހަސަން މަނިކުގެ ހާލަކީވެސް އެއީއެވެ. ގޭތެރެއިން އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައީ ފަޅު ކަމާއި ވީރާނާކަމެވެ. އިއްޔެއާއި ޖެހެންދެން ކިހާ އުފާވެރިކޮށް އުޅުނު އާއިލާއެއް ހެއްޔެވެ؟ނަމަވެސް މިހާރު ފެންނަމުން އެދަނީ ވަރަށްވުރެ އަމިއްލަ އެދުން އިސްވީމައި ދެން ވާނެ ގޮތެވެ. އެންމެ ފަހުން އެ ދެމަފިރިން އެވަނީ އެ ބޮޑު ގެއަށް ގިނަވެފައެވެ. މިރޭވެސް ކައިލާން ވީތަނެއް ނޭނގެއެވެ. އެކަމަކު އަމިއްލަ ދަރިއަށް ގުޅާލާ ހުރި ތަނެއްވެސް އަހާލުމަށް މިއަދު އެދެމަފިރިން އެވަނީ ނުކުޅެދިފައެވެ. މިއަށްވުރެ ވަކިން ބޮޑު ނުކުޅެދުންތެރި ކަމެއް ވާނެބާވައޭ ހަސަން މަނިކު ހިތަށް އަރަމުން ދިޔައެވެ.
****
އަންނައުނުތައް ކޮނޑުގައި އަޅުވައި ތަރުތީބު ކުރުމުގައި ކައިލާން ޖަޒްލީއަށް އެހީތެރިވަމުން ދިޔައެވެ.ވެހެމުންދިޔަ ވާރޭ މިހާރުވަނީ ކޮންމެވެސް ވަރަކަށް ތުނި ކޮށްލާފައެވެ. އޭރު ގަޑިން ބާރަޖަހަން ދަނީއެވެ. އެވަގުތު އެނދުމަތީގައި ބާއްވާލާފައި އޮތް ކައިލާންގެ ފޯނު ރިންގުވާން ފެށިއެވެ. ކައިލާން ފޯނު ނަގައި ބަލާލިއިރު ގުޅަނީ އިރުފާނެވެ. ޑިއުޓީއަށް ދިޔައިރު ކައިލާން ފެންނަން ނެތުމުންނެވެ.
“އާނ.. މިހުރީ ޗުއްޓީގައޭ… މެރީ ކުރަން ވެގެން 30 ދުވަސް ނެގީ…. އޯކޭ… ޔަޕް….. ”
ކައިލާން ކޯލް ނިންމާލާފައި އެނދުމަތީގައި ފޯނު ބާއްވާފައި އެނބުރިލީއިރު ޖަޒްލީ ހުރީ ކައިލާން އިރުފާނުއާއި ދެއްކި ވާހަކަތައް އިވިފައި އުފަލުން ގޮސް ރޮވިފައެވެ. ކައިލާން ޖަޒްލީދެކެ ލޯބިވާ ދަރަޖައަށް ޚުދު އޭނާއަށްވެސް ކައިލާން ދެކެ ލޯބި ނުވެވޭނެކަން ގައިމެވެ. މިއޮއްފަދަ ޒަމާނުގައި ކައިލާންއަކީ އޭނާއަށް ލިބުނު އަގު ނުކުރެވޭފަދަ ޖަވާހިރެކެވެ.
ކައިލާން އައިސް އޭނާގެ އަތުގެ ނުފުށުން ޖަޒްލީގެ ކަރުނަތައް ފޮހެލައިދީފައި ބޮލުގެ އިޝާރާތުން ނުރޯށޭ ބުންޏެވެ. އަދި ޖަޒްލީގެ ކޮނޑުގައި ދެއަތުން ހިފާފައި ގެނެސް އެނދުގައި ބޭންދުމަށްފަހު ޖަޒްލީގެ ގާތަށް ދެކަކޫ ޖަހާފައި ތިރިވުމަށްފަހު ޖަޒްލީގެ އުނގުގައި ބޯއަޅާލިއެވެ. އަދި ސޫން ވީ އާ ގޮއިން ޓް ބީ ހަޒްބަންޑް ވައިފް އޭ ބުނެލިއެވެ. ޖަޒްލީއަށް އުފަލުންގޮސް ކައިލާންގެ ބޮލުގައި އެއްއަތުން ނުހަނު ލޯތްބާއިއެކު ފިރުމާލެވުނެވެ. އޭނާވެސް ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން އެ އަންނަނީ ކައިލާންގެ އަތްބަކަށް ވެވޭނެ ވަގުތަކަށެވެ. އަދި އޭނާގެ ހިތުގައި ކައިލާންއަށްޓަކައި އެވާ ލޯބި ޙަލާލު އިޙްސާސަކަށް ހެދޭނެ ވަގުތަކަށެވެ.
“ޖަޒްލީ…. އަހަރެންގެ ދިރިއުޅުމާ މުޅި އުމުރަށް ހަވާލުވެދީ… އަހަރެން ހިތުގެ ހަމަ ޖެހުމަކީ ތީ.. އަހަރެން ބޭނުންވަނީ ޖަޒްލީގެ ފިރިއެއްގެ ގޮތުގަ ހުރެގެން ތި ލޯބީގެ އެހީތެރި ކަމާއި އެކު އަމިއްލަ ފައިމައްޗަށް ތެދުވަން.. އަހަންނަށް އިނގޭ މިކުޑަކުޑަ ހަތަރު ފާރު ތެރޭގަ ޖަޒްލީ ފޫހިވާ ފަހަރުވެސް އަންނާނެކަން… އަހަރެންގެ އަތްމަތި ހަމަޔަކަށް އެޅޭ އިރަށް ޓީވީއަކާ ފުރިޖެއްވެސް ހޯދާނަން…. އަހަންނަށް ވީވަރަކުން ޖަޒްލީއަށް އަހަންނާއެކު ދިރިއުޅެން ފަސޭހަ ކޮށްދެވޭތޯ ރެޔާއި, ދުވާލަކަށް ބެލުމެއް ނެތި މަސައްކަތް ކުރާނަން…. އަހަރެންގެ ހުރިހާ ވަގުތެއް ޖަޒްލީއަށް އުފާވެރި ދިރިއުޅުމެއް ހޯދާދޭވޭތޯ ހޭދަ ކުރާނަން…. ކޮންމެ އިންސާނަކީ ތަފާތު ފިކުރެއްގެ ތަފާތު މީހަކަށް ވާއިރު, ދެމީހުން އެކުގައި ކައިވެނީގެ ގުޅުމުން ގުޅި ޒަވާޖީ ހަޔާތެއް ކަޑައްތު ކުުރަމުން ދާއިރު އެކެއްގެ ހިތުގަ ޖެހޭ ކަންތައް އަނެކާއަށް ކުރެވޭ ފަހަރުވެސް އަންނާނެ… އެކަމަކު އެ ކަހަލަ ކޮންމެ އިމްތިހާނެއްގައި ޖަޒްލީ ކެތްތެރި ކަމާއިއެކު އަހަންނާއި އެކުގަ ވެދޭންވާނެ…. އަދި އެ ކޮންމެ ކަމަކާއި ސާބިތު ކަމާއިއެކު ކުރިމަތި ލުމަށް ތީ އަހަރެންގެ ހިތްވަރަށް ވެދީ… އަދި ތި ހަށިގަނޑުގަ ފުރާނަ ހުރިހާ ހިނދަކު އަހަންނަށް ވަފާތެރިވެ ހަމައެކަނި އަހަރެންގެ ޙައްޤެއްގެ ގޮތުގަ ހުރެދީ…. ”
ކައިލާން އޭނާގެ ފަހު ޖުމްލަ އާއި އެކު ޖަޒްލީގެ އުނގުން ބޯ ހިއްލާލާފައި އޭނާއާއި ދިމާއަށް ބަލައިލިއެވެ. އެ ބެލުމުން އޭނާ ޖަޒްލީއާއިއެކު އުފާވެރި ޙަޔާތެއް ފެށުމަށް ކެތްމަދު ވެފައިވާ ވަރު ޖަޒްލީއަށް އިޙްސާސް ކުރެވެމުން ޖަޒްލީގެހިތުން އަވަސްވީ ގޮތަކަށް ދެ ވިންދު ޖަހާލިއެވެ. އެ ހިތުން ކައިލާންގެ ތެދުވެރި ލޯބި ބަލައިގަތް ކަމުގެ ފެހި ސިގްނަލެއްގެ ގޮތުން ކަންނޭގެއެވެ. ޖަޒްލީ އޭނާގެ ދެއަތުން ކައިލާންގެ މޫނުގައި ހިފައި ކައިރި ކޮށްލުމަށްފަހު ކައިލާންގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ކައިލާންއަށް އަށްޓަކައި އޭނާގެ ހިތާއި ފުރާނައިންވެސް ޤުރުބާން ވާނަމޭ ބުންޏެވެ.
**ނުނިމޭ**
37 Comments!
Comments are closed.
Maadhamaa update kohdheyn bunefaves vagutheh veema hama liyelevunu thunkolhu mi update kohla dhinee. ThanQ All. ???
Wow salhi…thnxx
ThanQ dear
Haadha rangalhey noor dear…mi part vx vv reethi…waiting 4 next part…n me first tha
Yes dear. U r the first. ThanQ dear
Wow varah reethi vaahaka mee..up veytho balabala indhevenee.. pls next part avahah upkohla dhehchey..kailan aa jazlee dhuru nukuruvahchey. Married lifege romantic seeneh genes dheebala dhen noor?
Hehe. Ok. Ur request is noted..will c what I can bring on. ThanQ 4 the comment dear.
Vrh vrh reethi…..??alhey dhen kailan aa jazlee marry kuryma haadhahaa reethi vaaney…hevany action movie eh balaahen….vrh vess reethi….when next part..
Hehe. ThanQ dear. In sha Allah tonight
Abadhuves mi story kian comment nukurias..varah varah reethi nd noor has become one of my favourite writers…keep it up dear?????????????
Ohh thanQ dear. Happy to know that.
balaaleeru meene upkolhaafa .ThanQ dear.U r The Best Noor.
ThanQ dear
I dnt normally comment on stories, but this story is just awesome ehnve comment kohnulaa hama nuhurevuny ??
Waiting for the next part avahah jax nd kai marry kuruva ❤️
So happy to c ur comment dear.. Hoping to c ur comments from the upcoming parts too. ThanQ dear
Mihaaru next part kiyaa hithun indheveny eii nooon…haadha reeiichey…dhn jax and kai dhuru nukurahchey. ..Avahah e dhekudhin marry kuruvaa ..plx. .. E kudhinnah dhera eh nudhey. ..Love this story …interesting story dear..plx upkh dhehchey avahah
Ohh. ThanQ for the lovely comment.. In sha Allah tomorrow next part update koh dheynan.
Wow. Hama v reethi. ???❤?❤?And thx eha avahah up kohladhineethee.. noor u r awesome.??? hama v salhi. ❤?. I just luv thiz stry.
ThanQ 4 the lovely comment dear.. ThanQ
2 meehun kaivani kohgen ufalu ulhun kailaan main bafain rulhi gadha kohbala! Jazly aa eki goth gothun emeehun dhimaa koh ekamaku emeehun nah naakaamiyaab vun kailaan Dhaka Kurin Lobi v kuhjaa dhahkun thari kaivani eh koh Lobi nuvun (main bafain bunegen kuri kaivani eh)harukashi feri akah vun. Vaahaka v reethi
So happy to c ur comment dear. ThanQ
Mi part ves varah reethi waiting 4 next part
ThanQ dear
Maa sha Allah,, haadha furihama vaahaka ekey.. Mi vaahaka site ah up kuraa than ves feney.. Ekam adhi mi kiyaalevuny.. Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv vvvvvvv reethi in part ves adhi kureege hurihaa part eh ves.. ????????
Oh.. ThanQ 4 the lovely comment.. Hope to c ur comments from upcoming parts too
Nor Vrh molhu vaahaka liyan.. Maa sha Allah.. Neiyy Hama Bunaane ehcheh ves.. Vrh furihama mi story.. ??? when nxt??? Kiyaalaa hithuga mihury VrhVrh bodah.. ????
Oh. ThanQ dear.. In sha Allah tonight
adhi mi kiyailee mi vaahaka fashaigen. saabahey noor! meege fahun thee mi site ga magey fav writer. and mihaa avahah vaahaka nimma nulachey. nimmalias aa vaahaka eh fashachey.
Alhey.. Haadha ufaavejje comment kiyaalaafa. ThanQ dear
vvvvvvvvv Reethi.Masha Allah.Waithing For The Next Part Noor Dear.❤❤❤
ThanQ dear..
Mi part wes warah warah reethi <3
ThanQ dear
vaahaka hama v reethi.. keeo it up
ThanQ dear
alhey dear kobaatha next part? vrh kiyaalaa hiyyvey eba dhn oiyy bai.. avahah up kohdheebala dNoor ah vegen vaa emme avahakah.. 🙂 las viyas k dhn.. dear men ves bxy vaanu dhw? qabool kuran ekan.. dear ah v irakun up kolladhy ingey..
I think 10 haakah haairu liye ninmaaleveyne. Now on the way of finishing… Will up soon. ThanQ dear