ނޭދެން ވަކިވާކަށް (އަށްވަނަބައި)
އަވަސް އަވަހާ ސިޑިމަތީ ފައި އަޅާލެވުނު ގޮތަކުން ވެއްޓެންދިޔަ ނޫރްއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.
“ނޫރް….”
މާހިލްއަށް ސިޑިއާއި ހަމައަށް ދުވެފައި ދެވުނު އިރުވެސް މާލަސް ވެއްޖެއެވެ. ނޫރް ސިޑީގެ ހަރުފަތްތަށް މަތިން ފުރޮޅެމުން ގޮަސް ތިރީގައިޖެހުނީ ވަރަށް ބާރަށެވެ. މާހިލް ދުވެފައި ސިޑިންފައިބައިގެން ގޮސް ނޫރް ނަގާއުނގުގައި ބޭއްވިއިރުގައި ނޫރްގެ ހެއެއް ނެތެވެ. އަދި ނޫރްގެ ނިތްކުރި ފެޅި ލެއިއަންނަމުންދިޔައެވެ.
“މަންމާ…..ބައްޕާ…..”
މާހިލް ގޮވާއަޑަށް ގޭގެ އެންމެންކަހަލަގެ ގޮތަކަށް އެތަނަށް އައިސް ހުއްޓުނެވެ. އެންމެންގެ މޫނުމަތިންވެސް އެވަގުތު ފެންނަމުންދިޔައީ ހާސްވުމާއި ކަންބޮޑުވުމެވެ. އެންބިއުލާންސްގައި ނޫރް ގެންގޮސް ފަރުވާދެމުންދިޔައިރުގައި ރިޔާޒްމެންވެސް އައިސް ހޮސްޕިޓަލުގައި ތިއްބެވެ. ޝާމާ މާހިލް ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިނީ މާހިލް ހާސްވެފައި އިންވަރުންނެވެ. ޑޮކްޓަރު ނިކުމެގެން އަންނަ ތަންފެނުމުން މާހިލް އަވަސް އަވަހާ ގޮސް ޑޮކްޓަރާއި ސުވާލު ކުރަންފެށިއެވެ.
“ޑޮކްޓަރ ހައު އިޒް ޝީ….”
“ނަތިން މޭޖާ….ވެއްޓި ޖެހުނު ގޮތަކުން ހޭނެތުނީ…..ދެން ކަނާއަތް ފޮރެކްޗަރ ވެފަ….ނަތިން އޭލްސް…..މިހާރުވެސް ގެއަށް ދާންވީހަމަ….”
“الحمد لله….ތެންކިޔޫ ޑޮކްޓަރ….”
މާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނޫރްގެއަށް ދޫކޮށްލުމުން އެންމެން ކަހަލަގެ ގޮތަކަށް އުޅުނީ ނޫރްކައިރީގައެވެ. ރީޔާޒުމެންވެސް ނޫރް ކައިރީގައި މަޑުކޮށްގެން ތިބުމަށްފަހު ދިޔައީ ވަރަށް ލަސްވީ ފަހުންނެވެ. މާހިލްއަށް ނޫރްއާއި އެކަނި ބައްދަލުކޮށްލާނެ ފުރުސަތެއް ލިބުނީ ވަރަށް ފަހުންނެވެ. އެންމެންހެން ނޫރްކައިރީގައި މަޑުކުރާތީވެ މާހިލްއަށް އެފުރުސަތު ލިބޭގޮތްނުވީއެވެ. އެންމެންގެ ފަރާތުން ލިބެމުންދިޔަ އަޅައިލުމާ އޯގާތެރިކަމުން ނޫރް ވަރަށް އުފާވިއެވެ. ޝާމާ އައިސް ނޫރްއަށް ޖޫސްތަށްޓެއް ދީފައި ދިއުމުން މިހާރު ކޮޓަރީގައިތިބީ ނޫރްއާއި މާހިލް އެކަންޔެވެ. ނޫރްގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ނޫރްގެ ނިތްކުރީގައި ބޭސްއަޅައިފައިވާއިރު އަތުގައި ޕްލާސްޓަރެއް އަޅައިފައިއޮތެވެ. މާހިލް އައިސް ނޫރްކައިރީގައި އިށީންނަމުން ނޫރްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މާހިލް ކުއްލިއަކަށް ނޫރްގެނައިސް މޭގައި ޖައްސާލައި ބައްދާލިއެވެ. ނޫރް ލާންއުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިނުވީ ކިރިޔާއެވެ.
“الحمد لله….އައި ވޯޒް ސޯވޮރީޑް….ނޫރްއަަަށް ކަމެއްވިނަމަ…”
ނޫރްއަށް ހިނިތުންވެލެވުނެވެ.
“މާހިލް….އަމް ފައިން…..އިޓްސް ޖަސްޓް އަ ފްރެކްޗަރ….”
މާހިލް ނޫރްގައިން ދޫކޮށްލީ ކުޑައިރުކޮޅެއް ފަހުންނެވެ. މާހިލްގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ނޫރްގެ ހިތުގެ އެންމެ ފުންމިނާއި ކުޅެލިއެވެ.
ަމާހިލްދެރަވެފައި އިންނައިރުވެސް ހާދަ ހިތްގައިމެވެ.
“އިންޝާﷲ….ދެން ނޫރްއަށް ދުވަހަކުވެސް ކަމެއްވިޔަކަ ނުދޭނަން….”
މާހިލް ލޯބިން ފުރިގެންވާ ނަޒަރަކުން ނޫރްއަށް ބަލައިލިއެވެ.
“އަސްލު އެގަޑީގަ ކިހިނެއްވީ؟….ކާކު ގުޅީ؟….”
މާހިލް ކުރިންވެސް ކުރަން ބޭނުންވެފައި އިން ސުވާލު ކޮށްލިއެވެ. ނޫރްގެ ލޯ ބޮޑުވެގެން ދިޔައެވެ. މާހިލް މި ސުވާލު ކުރާނެކަން ނޫރްއަށް މާކުރިން ވެސް އިނގެއެވެ. ނަމަވެސް ދޭނެ ޖަވާބެއް ނޫރްގެ ހިޔާލަކަށްނައެވެ. މުނާޒްގެ ވާހަކަ ކިޔާދޭކަށް ނޫރްއަދި ބޭނުމެއްނޫނެވެ. އެހެންވެ ނޫރްއަށް އިސް ޖަހައިލެވުނެވެ.
“އިޓްސް އޯކޭ….ނޫރް ކިޔާދެން ބޭނުންނެތިއްޔާ އަޅާނުލާ…..”
“އެއީ އަހަރެން އެކްސް އެއް…. މެރީ ކުރިކަން އިނގުނީމަ ގުޅީ…”
ނޫރް ފާޑަަކަށް ހާމަކުރީ ހަގީގަތެވެ. ނޫރް މިހެންބުނުމުން މާހިލްއަށް ނޫރްއާއި ދިމާއަށް ބަލާލެވުނެވެ. އެ ބެލުމުގައި ވަނީ ކޮން އިހްސާސް ތަކެއްކަމެއް ދެނެގަންނާކަށް ނޫރްއަކަށް ނޭންގުނެވެ.
“އެހެންތަ؟…އެކަން ބާއްވަމާ ދޯ؟….”
މާހިލް އެކަމާއި އެހާ އަޅާލާހިތްނުވީ އެއީ އެވަރުގެ ކަމެއް ނޫންވީމައެވެ. އެހެންވެ އެކަމާއި ވިސްނާކަށް މާހިލް ބޭނުމެއްނޫނެވެ.
“އެނީވޭ…..ކެންއައި ހަގް ޔޫ އެގެއިން؟…”
މާހިލްއެހެން އަހައިލުމުން ނޫރްއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ.
“އަހަން ޖެހޭތަ؟…މީ މިހާރު މާހިލްގެ ހައްގެއް ނޫންތަ؟…..އެކަހަލަގެ އެއްޗެކޭ ބުނި ހަދާނެއްވޭ އެބަ….”
ނޫރް ސަމާސާ ކޮށްލީ މާހިލްގެ މޫޑް ރަގަނޅު ކޮށްލުމުގެ ބޭނުމުގައެވެ. ނޫރް މާހިލްއަށް ބަލާލިއިރުގައި މާހިލްގެ ނަޒަރުވެސް ނޫރްއަށް ހުއްޓިފައިވާތަން ފެނި މީހާފިނި ވާގޮތްވިއެވެ. ނޫރް ލަދުން އިސްޖަހައިލިތަން ފެނި މާހިލްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. މާހިލް ނޫރްގެ ކޮލުގައި މަޑުމަޑުން ބީހިލުމުން ނޫރްއަަށް ދެލޯމަރައިލެވުނެވެ. އެއީ މާހިލްއަށް ލިބުނު އިތުރު ހިތްވަރެއްކަމުން މާހިލްއަދިވެސް ނޫރްއާއި ކައިރިވެލިއެވެ. ނަމަވެސް އެ ވަގުތުކޮޅަށް ވެސް ނިމުމެއްއައީ އެކޮޓަރިއަށް އައިސް ވަތް ނުއުމާންގެ ސަބަބުންނެވެ.
“އުޕްސް…..އުޕްސް….ހިއާ އައިގޯ އެގެއިން….ސޮރީ ސޮރީ….ނޮކް ކުރަން ހަދާން ނެތުނީ އޭ އަނެއްކާވެސް….ފަހަރިއެއް އިންކަން އަދިވެސް ހަދާނުގަ ހަރުނުލަނީ ހަމަ….އެނީވޭ….ދޮންބެއަށް ޑޭޑް އެބަގޮވާ….”
ނުއުމާން ވާހަކަ ދައްކަމުންދިޔައީ ލޯމަތީގައި އަތްއަޅައިގެން ހުރެ ކަމުން މާހިލް ކައިރިއަށް ވަރަށް ހިނިއައެވެ. ނޫރްވެސް އިނީ އިސްޖަހައިލައިގެން ހީލަ ހީލައެވެ.
“ހެހެ….ހިނގާ ނޯޓީ ބޯއީ….ނޮކް ކުރަން ދަސްކުރަން އެބަޖެހޭ ނިކަން ރަގަނޅަށް މިހާރު….”
“ހެހެ….ސޮރީ ދޮންބޭ…..ގަސްދުގައެއް ނޫނޭ އިނގޭ އެއީ…..މި ކޮޓަރީގެ ދޮރުގައި ނޮކް ކުރާށޭ ޖަހާފައި ބައިންދަންވީ ދޯ….އޭރުން ހަދާން ވާނެ ކަންނޭންގެ…ހެހެ….”
މާހިލް ނުއުމާންގެ ކަންފަތުގައި ހިފައިލަމުން ދާން ހިނގާގަތެވެ. ނުއުމާން ވެސް ނޫރްއަށް ސަޅި ހިނިތުންވުމެއް ހަދިޔާ ކުރަމުން ދިޔައީއެވެ. ޝާމާ އިރުއިރުކޮޅުން ނޫރްގެ ހާލުބަލާ ކުދި ކުދި ކަންތައްތައް ކޮންދެން އާދެއެވެ.
“މަންމާ…ޑޯންޓް ވޮރީ….މި އެވަރުގެ ކަމެއް ނޫނޭ….”
ނޫރްއަށް އެންމެ ފަހުން ބުނެވުނެވެ.
“ދަރިއަކަށް ކަމެއްވީމަ މަންމައެއް ކިހިނެއް އަޅާނުލާ ހުންނާނީ…..ދަރިފުޅަށް ވެސް ﷲ އިރާދަފުޅުން ދަރިއެއް ލިބުނީމަ އިނގޭނެ މަންމަ މިބުނި ވާހަކަ….”
ޝާމާ ދިއުމުން ނޫރް ފޫހިވެގެން ކުޑަކޮށް އިންސްޓަގުރާމްްއާއި ފޭސްބުކްްއަށް ވެދެލިއެވެ. ދެން އެއަށް ފަހުވެސް ފޫހިވެގެން ގޮސް ޓީވީ ހުޅުވާލައިފައި ބަލާނެ އެއްޗެއް ހޯދަންފެށިއެވެ. ޓީވީއަށް ޖަހައިފައި އިން ހާޑްގައި މާހިލް ޖަހައިފައި އިނުމުން ނޫރްއެ ބަލާލާ ހިތްވިއެވެ. އޭގައި ހުރީ ދަރުހާއި ޤްރުއާން އާައި ހުސް މަދަހަފަދަ ތަކެއްޗެވެ. ނޫރް އެއްޗިހި އެހާ ބަލާހިތް ނުވިނަމަވެސް އެއިން ދީނީ ދަރުހެން އަޅުވާލިއެވެ. ދަރުހުން އިވެމުން ދިޔައީ އިސްލާމްދީނުގައި އަންހެނުންގެ އައުރައާއި މަގާމުގެ ވާހަކަތަކެވެ. ނޫރްގެ ޝައުގުވެރިކަން ޓީވީއަށް ހުސްކޮށްލެވުނީ އެ ޝެއިޙް ދަރުސް ދެމުންދާލެއް ފުރިހަމަ ކަމުންނެވެ. އަބަދުވެސް ދަރުހެއް އަޔަސް އެއަށް ޖޯކްޖަހާ ހަދާ ނޫރް މިވަގުތު ޓީވީ ބަލަންއެއިނީ ނިކަން ޝައުގުވެރިކަމާއި އެކުގައެވެ. ދަރުސް ދެއްވަން އިން ޝެއިޙް ހީވަނީ ސީދާ ނޫރްއަށް އަމާޒުކޮށްގެން ދެމުންދިޔަ ދަރުހެއް ހެންނެވެ. ނޫރްގެ ހިތް ތެޅެމުން ދިޔައީ ނިކަން ބާރަށެވެ. އެދަރުސް ނިމުމުން އަނެއްކާ އެހެން ދަރުހެއް ނޫރް އަޅުވާލިއެވެ. އެކި ކަންކަމާއި ބެހޭގޮތުން ދަރުސްތައް ދެމުންދިޔައިރު ނޫރް އިނީ އެއަށް ސަމާލުކަން ހުއްޓައިލައިގެންނެވެ. ނޫރްގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކަަށްވަޅު އަޒާބުތަކާއި ޤިޔާމަތް ދުވަހުގައި ހުރި އަޒާބު ތަކުގެ ވާހަކަ އަޑުއިވިފައެވެ. ދަރުހަކަށް ފަހު ދަރުހެެއް ނިމެމުން ދިޔައީ ނޫރްއަށް އިތުރުއެއްޗެހި ތަކެއް ދަސްކޮށްދީފައެވެ. ނޫރްއަށް ބާރަށް ރޮއި ގަނެވުނީ މިހާތަނަށް އުޅެވުނުގޮތް ހަދާންވެފައެެވެ. ކުރިން ނަމާދުނުކޮށް ޤުރުޢާން ނުކިޔަވާ އުޅެވުމުން ނޫރް ކިތަށްމެހާވެސް ދެރަވެއްޖެއެވެ. ނޫރް އަޒްމު ކަޑައެޅީ އަވާހާ ތަޢުބާވެ ރަގަނޅުމަގުން ކުރިއަށް ދިއުމަށެވެ. އަދި މީހާރު ލާހެދުންތަށް ވެސް ބަދަލުކޮށް އައުރަ ނިވާކުރަން ނޫރް ނިންމިއެވެ. ރާއިންއާއި ބައްޕަ ދިން ނަސޭހަތުގައި ކުރިން ހިފުނުނަމަ ކިހާ ރަގަނޅު ވީސް ބާއޭ ނޫރް ހިތަށްއަރަމުންދިޔައެވެ. ނަމަވެސް ދެން އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ކޮށްލާކަށް ނޫރް ބޭނުމެއްނޫނެވެ. ހަމަ އެންމެ ދަރު ހަކުންވެސް މީހަކަށް ހެއުވިސްނުން ވިސްނިދާނެއެވެ. ނޫރްއަށް ވެސް މިވީ މިފަދަ ގޮތެކެވެ. މާހިލް ކޮޓަރިއަށް އައިސް ވަތްތަނުން ފެނުނު މަންޒަރަކުން މޫނުމަތީގައި ދުވެލީ ލުއި ލުއި ހިނިތުންވުމެކެވެ. ނޫރް ނަމާދު ކުރަން އިންތަންފެނި މާހިލްގެ ހިތަށް ލިބުނީ އަޖައިބެއްފަދަ އުފަލެކެވެ. ނޫރް ނަމާދުކޮށް ނިމިގެން ބަލާލިއިރުގައި މާހިލް ސޯފާގައި ހެވިފައި އިނެވެ.
“ކިހިނެއްވީ؟….ހާދަ އުފާވެފަ އިންހެން ހީވެއޭ….”
“ނަތިން…ޖަސްޓް ހެޕީ ވީ ހަމަ….”
ނޫރް މާހިލްއަށް ބުމައަރުވާލަމުން ގޮސް އެދަށްއަރާ އޮށޯވެލީ ބޮލަށް ތަދުވާތީއެވެ.
“ކިހިނެއް ވީ؟…ތަނަކަށް ތަދުވަނީ ތަ؟…”
“ހޫމް…ބޮލުގައި ރިއްސަނީ….”
މާހިލްއައިސް ނޫރްކައިރީގައި އިށީންދެލިއެވެ. ނޫރް އޮށޯވެލައިގެން އޮތްއިރު މޫނުމަތިން ފެންނަނީ ބަލިކަމެވެ.
“ބޯ މޮޑެލަދޭން ވީތަ؟…”
މާހިލް ނޫރްބުނާނެ އެއްޗަކަށް ބަލާނުލާ ބޯ މޮޑެދެން ފެށިއެވެ. ނޫރް ކުއްލިއަކަށް ތެދުވީ މާހިލް ބޯމޮޑެންފެށީމައެވެ.
“ކީއްތިކުރަނީ؟….”
“އަހަރެންގެ ވައިފީ ބޯމޮޑެލަދެނީނު މި….”
ަމާހިލް ނޫރްއާއި ދިމާއަށް އެއްލޯމަރާލިއެވެ.
“ހެހެ….އަހަރެން ރެސްޓް ކޮށްލީމަ ރަގަނޅުވެދާނެ…..ބަޓް އައި ނީޑް ޓޫ ޗޭންޖް ފަސްްޓް…..”
ނޫރް މިހެންބުނެ ދިޔައީ ފާހާނައަށް އެއްޗެހި ބަދަލުކުރާށެވެ. ނަމަވެސް އަތުގައި ޕްލާސްޓާރ އަޅައިފައި އޮތުމުން އުޅެ އުޅެވެސް އެކަނި އެއްޗެހި ބަދަލު ކުރެވޭ ގޮތެއްނުވިއެވެ.
“މާހިލް….”
ނޫރް ގޮވާއަޑުއިވުމުން މާހިލްފާހަނައިގެ ދޮރާއި ކައިރިވެލިއެވެ.
“ހޫމް….ކިހިނެއްވީ؟..”
“މަންމައަށް ގޮވާލަދީފާނަންތަ؟..”
“އެ ކީއްކުރަން؟…”
“ޕްލާސްޓަރ އަޅާފަ އޮތީމަ ޗޭންޖް ނުކުރެވިގެން…..”
ނުބުނަން ހުރެފައިވެސް ނޫރް ބުނެލިއެވެ. މާހިލް ޝާމާއަށް ގޮވަންދާން އުޅެފައި ނުދިޔައީ ޝާމާއަށް މާހިލްއާއި ނޫރްގެ ގުޅުން އޮތްގޮތް އިނގިދާނެތީއެވެ. ޝާމާ ގާތުގައި ނޫރްގެ އެއްޗިހި ބަދަލުކުރަން ބުނެފިނަމަ ހީކުރާނީ ކީކޭ ބާއޭ މާހިލްގެ ހިތަށްއަރަމުން ދިޔައެވެ.
“އެކަމް…މަންމަ އައިސްފިއްޔާމުން އިނގޭނެ އެއްނު އަހަރުމެންގެ ރިލޭޝަން އެހާ ރަގަނޅު ނޫންކަން…..”
“ހޫމް ތީވެސް ތެދެއް….ދެން އެކަމް ހައުވިލްއައި ޗޭންޖް….”
“ލެޓް މީ….”
“ކީކޭ….”
ނޫރްއަށް ބާރަށް އަހައިލެވުނު އިރު ދެލޯ ބޮަޑުކޮށްލެވުނެވެ.
“ނުނިމޭ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.



Mi baiwes varah kuru dho… so insha allah i will upload next part tomorrow… ?
Koba munaz?…waiting for a scene of his … btw this part is also nice.. waiting for the next part ?
Munaz wes ahnaane adhi…anw jazakillah khairan ?
mi part ves v reethi…
Jazakillah khairan ?
miadhu nxt part up khlevidhaane thr plx if you can vrh ryythi mi stry n waitinnnnn
Jazakillah khairan…insha allah try kuraanan leweytho ?
Wow haadha inthixaarekey
Jazakillah khairan ?
Varah reethi but any one can u explain me what is the meaning of btw
Jazakillah khairan ?
It’s BY THE WAY ?
Go girl gooooo…
Masha Allah v reethi mi part ves
Wow mi part ves varah??? reethi❤❤❤❤
I love this story a lotxx
Jazakillah khairan ?
When next part?
Miadhu insha allah ?
? Beautiful
? Maahil
Jazakillah khairan ?
Wow??
And Munaz dhen keehbaa kuran eulhenee?
Jazakillah khairan.. ?
Wow… Maahil and Noor?. . .Now this is the fav story. .can’t wait for the next part♥️
Jazakillah khairan shimaa ?
When next part..
Ava’s kolachay
Insha allah miadhu ?
Kobaa dharifulhey aneh bayah mi inthizaaru kurany
Insha allah miadhu laanan ?
Inaash ge neydhen vakivaakah mi vaahaka vv salhi
Miadhu up vaathee v happy vejje
Inshaa allah unmeedhu kurnee kuranee kiyeyne kah
Jazakillah khairan ?
khba nxt part??? waitin
Insha allah miadhu ?
Alhe dear next part kobaa tha.. Haadha reehchey story. Ehnve Hama nuhurevigen mibunely.. Hehe.
Jazakillah khairan…? next part submit kohfa v…
Wow v salhi….waiting waiting
Jazakillah khairan ?
khba next part inaash vrh waitinnn
Insha allah v awaha upload waane… ?
Haadha lahey dhw submit kurima ves up vaaleh.. Can’t wait to read next part..
Yes it is submited… ?
yah, vrh wait kuranii mi..
Its uploaded ?