Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 21

Sh@_n@ Level 410 Stories100 Comments100 Login
October 10, 2018 4 Mins Read
13 Comments

ވަގުތުތަށް ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖެހީއެވެ. ސާރާ އަރުޝްގެ އިންތިޒާރުގައި ހޮޅު އަށީގައި އިނެވެ. އަރުޝް ސާރާ ފަހަތުން އައިސް ސާރާގެ ލޯ މަތީ އަތް އެޅުމުން ސާރާ އަރުޝްއޭ ބުނެލިއެވެ. އަރުޝް އެ ހުރިގޮތަށް ހުރުމަށްފަހު ލޯ މަތިން އަތްނަގާ ރީތިކޮއް އިނުމަށްބުނެލިއެވެ. އަދި އެއަށްފަހު ސާރާގެ ބުރުގާ ދޮށަށް އަތް ލެއްވުމަށްފަހު ކަރުގައި ވަރަށް ރީތި ރިހި ފަށެއް އެޅުވިއެވެ. އެ އެޅުވުމަށްފަހު ފުރަގަހުން ސާރާގެ ކޮނޑަށް އަތްވައްޓާލާ ގެއަށް ގޮއްސަކަމަށް ބެލޭނީ ބުނެލިއެވެ. އަދި އައިސް ސާރާގެ ކައިރީގައި އިށީނެވެ. އަދި އެފަށަކީ ދެމީހުންގެ ލޯބީގެ ހަނދާނެއް ކަމާއި އެފަށަށް ރައްކާތެރިވުމަށް ބުންޏެވެ. މުޅި އުމުރަށް ރައްކާތެރިވާނެ ކަމަށްބުނެ އަރުޝްގެ އަތް ނަގާ އެ އަތަށް ފިތާލީ ވަރަށް ލޯބިންނެވެ.

“ހަލޯ, ކިހިނެއްވީއޭ” ނަޢުހާ ފޯނު ނެގިގޮތަަށް ބުނުމުން އެ ގުޅި މީހަކީ ނަޢުހާ ދަންނަ މީހެއްކަން ވަރަށް ރަނގަޅަށް އެނގުނެވެ.
“ހޭ ބޭބް, ހިނގާބަލަ ކަމެއް ކޮއްލާން, ވަރަށް ބޭނުންވެގެން މިއުޅެނީ” އެކޮޅުން ވާހަކަ ދެއްކި މީހަކު އެހެން ބުނުމާއެކު ނަޢުހާ ހީނގަތެވެ.

” އެކަހަލަ ކަމެއްގަ ވިއްޔާ އަހަރެން މަތިން ހަނދާންވާނީ, އެހެން ނޫނީ މީ ނެތް މީހެއްދޯ, އެހެން ނޫނަސް އަހަރެން މިހުރީ ރަށުގަ” ނަޢުހާ އެނދުމަތީ ހަމަޖެހިލާ އޮށޯންނަމުން ބުނެލިއެވެ.
” ތިހެން ނުބުނޭ ބޭބް, އަހަރެން އަބަދުވެސް ހަނދާންވޭ, ދެން ކޮންއިރަކުންތަ ދިމާވާނީ, މިއުޅޭ ތަނުން އަންހެން ކުއްޖަކަށް ނުކެރޭ ވިއްޔަ، މާ މާތް ބަޔަކަށް ވާން ވެގެން” އެމީހަކު އެހެން ބުނުމާއެކު ނަޢުހާ އަނެއްކާވެސް ހީގަތެވެ.

“ފަޒީލް ބުނަން ވާހަކައެއް, އަހަރެންނަށް މިހާރަކު މާލެއެއް ނުދެވޭނެ, ބޭނުންވާ މީހާދޯ އަންނަން ވާނީ, މާލޭގަ އުޅުން އިރު އަހަރެން އަބަދު ދަނީ ގެސްޓް ހައުސްއަށް” ނަަޢުހާ މާޒީގެ ދުވަސްތަކުގެ ވާހަކަ ދައްކަމުން ބުނެލިއެެވެ.
އެ ފޯނު ކޯލް 2 ގަޑިއިރަށް ދެމިގެން ދިޔައިރު ދެމީހުންގެ ބަހާއި އަމަލު އެންމެ ދަށުދަރަޖައަށް ވެއްޓެމުންދިޔައެވެ. މިކަމުންވެސް ނަޢުހާއަކީ ގޮތެއް ފޮތެއް ހުރި މީހެއް ނޫންކަން ހާމަވެގެންދިޔައެވެ. ފަހަރަކު މީހަކާ ގުޅުން ހިންގަމުންދާއިރު މިކުރެވެނީ ކިހާވަރެއްގެ ފާފައެއްކަން ކުޑަކޮއްވެސް ނަޢުހާގެ ހިތަށް ނާރައެވެ. ނަޢުހާގެ ހަގީގަތް އެނގޭ ދުވަހަކުން ޝާނިމްގެ ހިތް ފަޅައިގެން ދާނެކަން އެއީ ޔަގީންވާ ކަމެެކެވެ. މީހަކާ ދޭތެރޭ ކުޑަވެސް ރަހުމުގެ ކަންފުޅެއް ނަޢުހާގެ ނެތެެވެ.

ހޭ, ޕްރިންސެސް, ލޯ މަރާލަބަލަ, އަރުޝްއާ ޖެހިގެން އިން ސާރާގެ އަތުގައި ހިފާލަމުން އަރުޝް ބުނެލިއެވެ. ކުޑަކުއްޖަކު ފަދައިން އެއްވެސް ދެކޮޅު ހެދުމެއްނެތި ސާރާ ދެލޯ މަރާލިއެވެ.
“އޯކޭ, ދެން ހުޅުވާ” އަރުޝް އެހެން ބުނުމާއެކު ސާރާ ދެލޯ ހުޅުވާލިއެވެ. އަރުޝް ދިއްކޮއްލީ ޕާރްސަލް ކޮއްފައިވާ ފޮއްޓެކެެވެ. އަދި އެ ކަނޑާ ހުޅުވަން ސާރާ ކައިރީ ބުންޏެވެ. ސާރާ އެ ކަނޑަމުންދާ ތަން ވަރަށް ޝައުގުވެރިކަމާއެކު އަރުޝް އިނީ ބަލާށެވެ. ފޮށިގަނޑު އެތެރޭގައިވާ އަގު ބޮޑު ފޯނު ފެނިފައި ސާރާގެ ދެލޯ ބޮޑުވިއެވެ. އިސާހިތަކު ސާރާގެ ދެލޯ ކަރުނުން ފުރުނެވެ.

“އަހަ, މިހާރު މިއޮއް ރޮނީ, މިކުއްޖާއަށް ނުވާނެ މީހަކު އެއްޗެއް ދޭކަށްވެސް” އަރުޝް ސާރާގެނެސް އަރުޝްގެ ގައިގަ ލައްކޮއްލާ ނޭފަތުގައި ވަރަށް ލޯބިން ހިފާލިއެވެ. “މިހާ އަގު ބޮޑު އެއްޗެއް ކީއްކުރަން, މީހަކަށް ފެނިއްޖެއްޔާ ކީކޭ ބުނާނީ, މަންމަ ކީކޭ ބުނާނީ”ސާރާ އެ ހަދިޔާ ގަބޫލްކުރަން އުޒުރުވެރިވަމުން ބުނެލިއެވެ.

” މީ އަދި ސާރާާއާ ބަލާފަ އެއްވެސް އެއްޗެއް ނޫން, އަހަރެންނަށް ސާރާގެ އަގު މާ ބޮޑު, މީހުން ކިޔާ އެއްޗަކަށް ބަލައިގެން ކިހިނެއް ދުނިޔޭގައި އުޅޭނީ, ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން ހައްދުން ބޭރުނުވާ ގޮތަށް އޮންނާނެ, ސާރާއަށް އެންމެ ރަނގަޅަކަށް އުޅުނީމަ ހުންނާނީ ރަނގަޅަށް, އެހެންނޫނަސް ތީ އަހަރެންގެ ވާން އުޅޭ އަނބިމީހާއެއްނު” އަރުޝް ގެ އެ ޖުމްލައިން ސާރާ ލޮލުގެ ކޮޅުން ފޭބި ކަރުނަތަށް ފޮހެލަމުން ހިނިތުންވެލިއެވެ
“ހޫމް, ތިޔޭ މަ ބޭނުންވާ ފޭސް އަކީ, މި ފޯނުން ނެޓަށްވެސް ވަދެވޭނެ, މީނަތަނަށް ފިތާލަބަލަ”އަރުޝް ފޯނު އަންލޮކް ވާ ފިއް ދައްކާލަމުން ބުނެލިއެވެ. ސާރާ ފިތާލުމާއެކު ފޯނު ދިއްލުނެވެ. ފޯނުގެ ވޯލް ޕޭޕަރ ލާފައިވަނީ ސާރާއާއި ސާރާގެ މަންމަގެ ފޮޓޯއެކެވެ. ސާރާއަށް މީ ކިހިނެއްހޭ އަހާލެވުނެވެ.
” ތީ ދޯ، އަސްލު އަހަރެން ނެގި ފޮޓޯއެއް ނޫން, ޝާމިންގެ ކަމެއްތީ، އޭނަޔަށް ސާރާ މަންމައާ އެކު ފެނިގެން ނަގާފަ, ރީތި ދޯ, ”
އަރުޝް ތަފްސީލް ދިނުމުން ސާރާ ހިނިތުންވެލިއެވެ. ” ހޫމް ވަރަށް ރީތި, އެކަމް މީ މީގެ އަހަރެއްހާ ދުވަސްކުރީގެ ކަމެއް, ގައިގަ ރިއްސާތީ މަަންމަ ކިޔާވަރުން ޑޮކްޓަރަށް ދާން ގޮސް އިތުރަށް ކުރިޔަށް ނުދެވިގެން ޕާރކްގަ މަންމަގެ ކޮނޑުގަ ބޯ އަޅާއިގެން އޮއްވަ, އެކަމް ޝާމިން އެ ފޮޓޯ ނެގީ ކީއްވެ, އޭރު އަރޫ އާ ދިމާވަން ހިތަށްވެސް ނާރުވައެއްނު” ސާރާ އެހެންބުނުމުން އަރުޝް ހީނގަތެވެ.

” ސާބަސް, ނޭނގޭތަ އޭނައަކީ ފޮޓޯގްރާފަރ އެކޭ, ވެދާނެ އެއްނު ދިމާވާން ކަމަށް އެ ދުވަހު އެ ފޮޓޯ އެ ނެގީ, މިއަދު މަށަށްވެސް ލިބުނީ, ސާރާ އުފާވާ ވަރުގެ ވޯލް ޕޭޕާރއަށް ލާނެ ފޮޓޯއެއް ނޭނގިގެން އުޅެނިކޮއް ބުނީ އިންނާނޭ ސާރާގެ ފޮޓޯއެއް, އެހެންވެ ލީ” އަރުޝް އެހެން ބުނުމާއެކު ސާރާ އަރުޝްގެ ގައިގަ ބައްދާލިއެވެ.
” އޯކޭ އޯކޭ, މާ އިމޯޝަނަލް ވާނެ ކަމެއްނެތް, ޓީޗަރ ކިޔާދޭ ގަޑީގައި އަޑުއަހާނީ އިނގޭ” އަރުޝް އެހެން ބުނުމާއެކު ސާރާ ހީނގަތެވެ. އަރުޝް ސާރާއަށް ފޯނާ ކުޅޭގޮތް ކިޔައިދެމުން ދިޔައެވެ. ބަސްއަހާ ކުއްޖެއް ފަދައިން ސާރާ އަޑު އަހަމުންދިޔައެވެ.

” މިހާރު އެނގިއްޖެދޯ، ދެން ހިނގާ ގެއަށް ދާން, މަންމަ މިހާރު ހޯދާނެ ކަންނޭނގެ, ދެން ނޭނގޭ ބައި ކިޔައިދޭނަން ދެން އިންނަ ކުލާހުގައި” އަރުޝް އެހެން ބުނުމާއެކު ސާރާ އާނ ހިނގާށޭ ބުނެ އިންތަނުން ތެދުވިއެވެ. ސާރާ ހިނގައި ގަތުމާއެކު އަރުޝް ސާރާގެ އަތުގައި ހިފަހައްޓާ އަތަށް ދަމާލިއެވެ. އަރުޝްގެ އެކަހަލަ އަމަލަކަށް ނުވިސްނާ ހުރުމުގެ ސަބަބުން ސާރާ އައިސް ޖެހުނީ އަރުޝްގެ ތަނަވަސް މޭ ގައެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވީ ހިނދު ތަފާތު އެތަކެއް މެސެޖްތަށް އެކަކު އަނެކަކު ދިޔައީ ފޮނުވަމުންނެވެ. ދެމީހުންގެ ލޮލަށް ގެއްލިފައި އަމިއްލަ ދުނިޔޭގައި ދެމީހުންނަށް ތިބެވުނެވެ. ދެމީހުންނަށް ތިބެވުނުލެއް ގާތް ކަމުން ދެމީހުންގެ ނޭވާ އެކަކު އަނެކަކު މޫނަށް އެޅެމުންދިޔައެެވެ. އަރުޝް އިތުރަށް ސާރާއާ ގާތްވެލީ ސާރާއަށް ވަމުންދާ ގޮތް ފެނިފައެވެ. ކައިރިވަމުން ގޮސް ދެމީހުންގެ ނޭފަތް ޖެހުމާއެކު ސާރާއަށް ދެލޯ މަރާލެވުނެވެ. އަރުޝްގެ ހިއްސުތަކަށް އެނގުން ވެލައިގެން ދިއުމާއެކު ސާރާގެ ކޯތާފަތުގައި އަރުޝްގެ ކޯތާފަތް ހާކާލިއެވެ. އަރުޝްގެ ފަޅާފައިވާ ތުބުޅިން ސާރާ ހީލި ކެރުމާއެކު ސާރާ އަރުޝްއާ ދުރަށް ޖެހިލާ ހިނގައި ގަތެވެ. އެހެންނަމަވެސް މިފަހަރުވެސް ކާމިޔާބު ވާ ގޮތް ނުވެ އަރުޝްގެ އަތުތެރޭގައި ހައްޔަރުވިއެވެ. އަރުޝް ސާރާގެ ފުރަގަހުން ބައްދާލިއެވެ.

އަރުޝްގެ އަތް ގެނެސް ސާރާ ވަށާލައި ދަތް ދޮޅި ސާރާގެ ކޮނޑުގައި ޖައްސާލާ ބާރުކޮއްލިއެވެ. ސާރާގެ ނޭވާ އަވަސް ވަމުން ދިޔަ ވަރަކަށް އަރުޝްގެ އަތުގައި ހިފާ ބާރު ކޮއްލެވުނެވެ. އަރުޝް ސާރާ ކުރިމައްޗަށް އަނބުރާލިއެވެ. އަދި އަރުޝް ކުއްލިއަކަށް އެގެނައި ހަރަކާތުން ސާރާ ހުއްޓުންއެރިއެވެ. އަދި އިސާހިތަކު ހިއްސުތަކަށް ބާރު ނުފޯރުވި އަރުޝްގެ އެ ހަރަކާތުގައި ފުރިހަމައަށް ސާރާއަށް ވެސް ބައިވެރިވެވުނެވެ. ދެމީހުންގެ ނޭވާ ކޮޅަށް ގޮސް ދުރުވެލަން މަޖުބޫރުވިއެވެ. ސާރާ އިސްޖަހައިގެން ހުރި ތަން ފެނުމާއެކު އަރުޝް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ, އަރުޝްގެ އަމިއްލަ ނަފްސަށް ބާރު ނުފޯރުވި ސާރާގެ ނުރުހުމުގައި އެކަހަލަ ކަމެއް ކުރެވުމުންނެވެ. އެހެންކަމުން ސޮރީ އޭ ބުނުމަށްފަހު ގެއަށް ދިއުމަށް އެދުނެެވެ.

ދެމީހުން ހިނގަމުން ދިޔައިރު ދެމީހުންގެ މެދުގައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. އެއްވެސް މީހަކަށް އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ. ދެމީހުންގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ. އަރުޝް ކުރީގައި ހުރެ ސާރާ އަރުޝްގެ ފަހަތުން މަޑުމަޑުން އަންނަމުން ދިޔައެވެ. ސާރާމެން ގެޔާ ކައިރީގައި ހުރި ގޭ ކައިރީ އަރުޝް މަޑުކޮއްލާ ފަހަތް ބަލާލީ ސާރާގެ އަޑެއް ނީވުނީމައެވެ. ސާރާ އައިސް އަރުޝްއާ އަރާ ހަމަކޮއްލާ އަރުޝްގެ މޫނަށް ބަލާލިއެވެ. އަރުޝް ސާރާގެ އެ ބެލުމަށް ކެތް ނުވުމުން އިސްޖަހާލާ ގުޑްނައިޓްއޭ ބުނެ ހިނގާގަތެވެ. އެހެންނަމަވެސް އަރުޝް ހުއްޓުނީ ސާރާގެ އަޑުންނެވެ.

“ގުޑްނައިޓް ލަވް،” ސާރާ މިހެންބުނުމުން އަރުޝް ސާރާގެ ކައިރިއަށް އައިސް އަތުގައި ބޮސްދިނެވެ. ސާރާ ލަދުން އިސްޖަހާލިއެވެ.،” ދެން ދޭ އަވަހަށް އަރުޝް އެހެން ބުނުމުން ސާރާ ހޫމް އަޅުވާލިއެވެ.
“ޝާމިން” ސާރާ އެހެން ބުނުމާއެކު އަރުޝް އަނެއް ފަރާތަށް ބަލާލީ ކޮބާހޭ ކިޔާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ސާރާ އަރުޝް އެނބުރުމާއެކު ކޮލަށް ބޮސްދިނުމަށްފަހު ދުއްވައިގަތެވެ. ސާރާގެ މިއަމަލުން އަރުޝް ސާރާ ދިޔަދިމާލަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. އަދި ސާރާ ބޮސްދިންތަނުގައި އަތުން ފިރުމާލާ ހިނިތުންވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ދޫކޮށްފައި ނުދޭ ލޯބިވާ… ( ޓްރެއިލަރ)

Next

ާެފިދާ

Next
October 10, 2018

ާެފިދާ

Previews
October 10, 2018

ދޫކޮށްފައި ނުދޭ ލޯބިވާ… ( ޓްރެއިލަރ)

13 Comments!

  1. ❤️❤️ says:
    October 10, 2018 at 1:11 pm

    Me first dhw.??..stry vrh nic…e ulhey villain ge kanthah gadhu kn irakun bust vaany…mi stry ge sifakurunthah vrh loabi…whn is next part?????????????

  2. Mixuhan says:
    October 10, 2018 at 1:21 pm

    Wow …interesting….story is owesome dear ..when is the next part ??

  3. Sh@_n@ says:
    October 10, 2018 at 2:21 pm

    Thanx mixuhan❤?

  4. Sh@_n@ says:
    October 10, 2018 at 2:23 pm

    Hii all readers.. How’s, here 21 part, hope kurany hurihaa kudhin nah kamudhaane kamah, kiyaalaafa comment kohlahchey, love u all

  5. Naju says:
    October 10, 2018 at 2:35 pm

    ᗯOᗯ ??? ᔕO ᖇOᗰ ᗪᕼᗯ ??? ᔕTOᖇY ᗰIᕼᗩᗩᖇᑌ ᐯᐯᐯᐯᐯᐯᐯᐯᐯ ᑎIᑕE ᑎ IᑎTEᖇEᔕTIᑎG ᗪEᗩᖇ ???

  6. Lily says:
    October 10, 2018 at 4:06 pm

    Story v salhi. But thankolhey kuru. Next part ah waiting.❤️

  7. ??? says:
    October 10, 2018 at 4:46 pm

    Vvvvv rythi?????

  8. Thaashaa says:
    October 10, 2018 at 6:29 pm

    Varah reethi wow ?❤❤?

  9. maya says:
    October 12, 2018 at 1:41 pm

    ahaaaaa ..eba rangalhu vey saaraa..waaaaaaaaaau masha allah.vvv interesting..avahah nxt part up kohdhehchey,,,curiously waitinh..luv u darling

  10. Ishaa says:
    October 12, 2018 at 6:21 pm

    Vara reeti story … Koniruku next part up kodheynee

  11. shaa says:
    October 14, 2018 at 10:41 am

    Can’t wait for the next part…❤❤????

  12. Plx says:
    October 15, 2018 at 8:22 am

    Alhey kobaatha nxt prt can’t wait plx up kolladhybala plx

  13. shaa says:
    October 15, 2018 at 3:05 pm

    Alhey Kobaa thrr nxt part..I’m dying to read it..

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 22←


All Right Reserved!