Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 16

Anjal Level 210 Stories100 Comments100 Login
October 8, 2018 9 Mins Read
29 Comments

“ކީއްވެ ތި ރޮނީ..ބުނީމެއްނު ޒިން އަކީ ނުލަފާ މީހެކޭ..ނުލަފާ ކަން ދައްކަން ވެގެންނޭ މިއުޅެނީވެސް”. އެވަގުތު އީން ކިޔަވާ މޭޒުމަތީ ހުރި ޕެން ހޯލްޑާރ ގައި ހުރި ކަޓަރު ފެނުމުން ފުއްމައިގެން ގޮސް ތެދުވެ ޒިން އެ ނެގިއެވެ..

އެމަންޒަރު ފެނި އީން ގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ކަޓަރު ނަގައިގެން އޭގެ ތޫނު ތިލަ ބޭރު ކުރުމަށް ފަހު ޒިން ބަލާލީ އިން އާ ދިމާލަށެވެ. އީން ހުރީ ބިރުންގޮސް ނޭވާ ލާންވެސް ނޭނގިފައެވެ. ޒިން މަޑުމަޑުން އީން ގެ ޝޯލްގެ ކަނުގައި ހިފާ ދަމާލަމުން ކަޓަރު އަޅާ އެއިން ފޮތިފަށެއް ކަނޑާލިއެވެ.ލޯ މަރާ ބާރުކޮށްލަމުން އީން އަށް ހަޅޭއްލަވައިގަނެވުނީ ކަޓަރު އެޅީ ގައިގައި ކަމަށް ހީކޮށެވެ. އެހެނަސް ތަދުވެސް ނުވުމުން ލޯ ހުޅުވާލުމާއެކު ޒިން އެ ފޮތިފަތް އީން އަތަށް ދިއްކޮށްލަމުން އަތުން ލޭ އަންނަތަނުގައި ބަނދެލަދިނުމަށް އެދުނީ އަމުރުވެރި ގޮތަކަށެވެ. އޭރުވެސް ޒިން ގެ އަނެއް އަތުގައި ކަޓަރު އޮތުމުން އީން ގެ އަތް ތުރުތުރު ލާ ހާލު ފޮތިކޮޅު ހޯދަމުން ޒިން ގެ އަތުން ލޭ މަނާ ކުރިއެވެ.އީން ގެ މޫނު އެހާ ގާތުން ފެނުމުން ޒިން އަށް ބަލަން ހުރެވުނީ ގެއްލިފައެވެ. އެމޫނުގައި ވީ ދާތިކިތަށް ޒިން އަށް ފެނުނީ ވިދާ މުތީތަކެއްގެ ސިފައިގައެވެ. އެދުވަހު ފެނުނު އީން ގެ ފަން ދިގު އިސްތަށިގަނޑު ހަމަލޮލުން ބަލާލާ ފިރުމާލާހިތް ޒިން ވިޔެވެ. އެހެނަސް ތުރުތުރުލަމުން ދިޔަ އީން ގެ ހަށިގަނޑުފެނި ނޭނގޭ ބާރެއް ހިތަށް ކޮށް އެކަންކުރަން ފަސްޖެހެވުނެވެ.އިރުކޮޅަކު ބަހެއް ނުބުނެ އިސްޖަހާއިގެން ހުރުމަށް ފަހު އަނެއްކާވެސް ޒިން ގަސްތުގައި އޭނާގެ މޫނު އީން ގެ މޫނާ ގާތް ކުރަން ފެށިއެވެ. ޒިން ގެ މޫނު ގައި ނުޖެހެން ވެގެން ފަހަތަށް ޖެހި މޫނު ފާރުގައި ޖެހިފައި ހުރި އިރު ފާރުތެރެއަށް ވަދެވޭނަމަ ކިހާ ރަނގަޅުނަމައޭ އީން ގެ ހިތަށް އެރިއެވެ.

ޒިން ގެ ނޭވާގެ ހޫނުކަން އިހްސާސްވެ ދެން ސަލާމަތް ނުވެވޭނެ ކަން އެނގި އީން ގެ ހިތްކުދިކުދިވީ ކަހަލައެވެ. އަލްޔާން ގެ ތަސްވީރު ލޯކުރިމަތީން ސިފަވުމާއެކު އީން ގެ ރުއިމުގެ އަޑުގަދަވިއެވެ. ދެއަތުން ޒިން ގެ ފައިގައި ހިފަމުން އޭނަ އާ ގާތް ނުވުމަށް އެދި އަދޭސް ކުރަން ފެށިއެވެ.” ޒިން ޕްލީޒް..އާދޭސް ކޮއްފަ ބުނަން އަހަންނާ ދުރަށް ދޭ..ހެޔޮނުވާނެ ޕްލީޒް” ޒިން ގެ ސިކުނޑި ބުނަމުން ދިޔައީ އީން ގެ ހަށިގަނޑާ ގާތްވެ ގަދަކަމުން ނަމަވެސް އުފާ ހޯދުމަށެވެ. އެހެނަސް ހިތް އެކަމަށް އިންކާރުކުރަމުން ދިޔައެވެ. ގިސްލަގިސްލާފައި އީން ކުރަމުން ދިޔަ އާދޭހުގެ ސަބަބުން ޒިން ގެ ބޮލަށް އުނދަގޫވިއިރު ނޭނގޭ އިހްސާސަކުން އޭނާގެ ނަފްސު ކޮންޓްރޯލް ކުރަމަށް މަޖްބޫރު ކުރަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ބޭނުން ވިޔަސް އީން އަށް ދެރަގޮތެއް ހަދާނެ ހިތްވަރު ނުލިބުމުން ޒިން އަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ރުޅިގަދަވެ ފާރުގައި އަތުން ޖަހާލަމުން”ޑޭމްއިޓް…” އެ ކިޔާފައި ހަޅޭއްލަވައިގަންނަމުން ތެދުވިއެވެ.  އީން އަށް ހަމަޖެހުމުގެ ނޭވާ އެެއްލެވުނީ ދެނެވެ.ޒިން ތެދުވެ އެއްއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ ދެކޮޅަށް ހިނގާލިއެވެ. އޭރު ޒިން ގެ ސިކުނޑިވަނީ ހާސް ވެފައެވެ.މީގެ ކުރީން އެތަށް ފަހަރަކު އެތަށް ބަޔަކަށް އެތަށް ގޮތަކުން ބިރު ދައްކާފައިވީ ޒިން އަށް މި އަންހެންކުއްޖާ އަށް ބިރު ދައްކަން ފަސްޖެހެވެނީ ކީއްވެ ކަމެއް ނޭގުނެވެ. މިއީ ހަގިގަތުގައވެސް ލޯބިބާވައެވެ. މޭގައި ފިރުމާލަމުން ޒިން ބަލާލީ އަދިވެސް  ގިސްލެވޭހާލު އިސް ޖަހައިގެން ފާރުގައި ތަތްވެގެން އިށީނދެ އިން އީން އަށެވެ. އެވަރުން އަދި ގޮތް ދޫކުރާކަށް ޒިން ބޭނުމެއް ނުވިއެވެ. އީން ހާސިލް ކުރަން އޭނަ ކޮންމެ ގޮތެއް ވިޔަސް ބޭނުމެވެ.އެހެންކަމުން ޒިން ގެ ސިކުނޑި އެނބުރެމުން ދިޔައީ ދެން ހަދާނެ ގޮތަކާ ދޭތެރޭގައެވެ. އަމިއްލަނަފްސާ ހަނގުރާމަކޮށްގެން ވިޔަސް ކޮންމެ ގޮތަކުން ވެސް އީން ގެ ލޯބި ހޯދަން ޒިން ވިސްނަމުން ދިޔައެވެ. “އަދިވެސް ބުނާތި މީ ލަސްޓް އޭ..އެހެންނަމަ މިތަނުން އަހަރެން ތެދުވާނީ އީން އަށް އަހަރެން ބޭނުން ގޮތެއް ހަދާފަ.. އެކަމަކު މި ހިތް އެކަމަކާ އެއްބަހެއް ނުވި..ގަބޫލް ނުކުރާނަންތަ އަދިވެސް މިއީ ލޯބިކަމަށް” އަނެއްކާވެސް ގޮސް އީން ކައިރީ އިށީންނަމުން ޒިން އަހާލިއެވެ. މިފަހަރު ޒިން އިށީނީ އީން އާ ތަންކޮޅެއް ދުރުގައެވެ. އަދި ވާހަކަވެސް ދެއްކީ މަޑުމަޑުންނެވެ. ހީވަނީ މުޅިން އެހެން މިހެއް ހެންނެވެ. “އެއްގޮތަކަށްވެސް ނުވިސްނާތި އަހަންނަށް ކަމެއް ކުރަން ނުކެރުނީ އޭ..އީން އަށް އަނިޔާއެއް ދޭން މިިހިތަށް ކެތްނުވީ..އެއީ…އެއީ އީން ދެކެ އަހަރެން ލޯބިވާތީ” ލަސްލަހުން ވާހަކަ ދެއްކި ކަމުގައި ވިޔަސް ޒިން ގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ. ކަރުނައިން ފުރިގެންވީ ލޮލުން އީން އިސްއުފުލާފައި ޒިން ގެ މޫނަށް ބަލާލިއެވެ. އީން އާ ހަތަރުކަޅި ހަމަ ވީ ވަގުތު ޒިްނ ގެ ހިތަށް އަނެއްކާވެސް އާދަޔާ ހިލާފް އަސްރުތަކެއް ކުރިއެވެ. އެ ހިލަ ހިތް މަޑު ފުއްކޮޅަކަށް ބަދަލްވި ފަދައެވެ. މަޑުމަޑުން އަނެއްކާވެސް އީން އާ ކައިރިއަށް ޖެހިލަމުން މޫނުގައި ހުރި ކަރުނަ ފޮހެދިނުމަށް ޒިން އަތް ދިއްކޮށްލިއެވެ. އެކަމަކު އީން ފަހަަތަށް ޖެހިލުމުން ޒިން ގެ ހިތް ރޯލިއެވެ.” އަހަރެން އިނގިލި ކުރީން ވެސް ބީހިލަން އީން ނޭދެނީ ކީއްވެ؟ އީން ގެ ތި ހިތުގަ އަހަންނަށް އެއްވެސް ޖާގަ އެއް ނުވާއިރު އަހަންނަށް އީން ދެކެ މިހާ ބޮޑަށް ލޯބި މިވެވުނީ ކީއްވެ؟” ހިތުގައި އުފެދުނު ސުވާލުތަށް އަސަރާއެކު އީން އާ ކުރަމުންދިޔަ ވަގުތު ޒިން ގެ ދެލޮލުގައި ރިހުމެއް ވިއެވެ. “ލޯތްބަކީ  ގަދަކަމުން ވާ ކަމެއް ނޫން ޒިން..ޒިން ފެނުމުގެ މާ ކުރީން އަހަންނަށް އަލްޔާން ދެކެ ލޯބިވެވިއްޖެ..ޒިން އަހަރެން ދެކެ ލޯބިވުން އެއީ ޒިން ގެ ކުށެއް ނޫން..އަހަންނަށް އަލްޔާން ދެކެ ލޯބިވެވުން އެއީ އަހަރެންގެ ކުށެއް ވެސް ނޫން..އެއީ ތަގްދީރުގަ އެކަން ލިޔެވިފަ އޮތް ގޮތް” އީން މަޑުމައިތިރިކަމާއެކު ޒިން އަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އީން ގެ ވާހަކަ އަޑުއިވުމުން ޒިން އަށް އިތުރަށް އުނދަގޫވިއެވެ. “ނޫން އަހަރެން އީން ގެ ތަގްދީރު ބަދަލް ކުރާނަން.ކޮންމެ ގޮތެް ވިޔަސް ކުރާނަން..އަލްޔާން ޖެހޭނީ މި ޕިކްޗާއިން އައުޓް ވާން..ޔޫ ވިލް އޮންލީ ބީ މައިން..ނެވާ ފޮގެޓް ދެޓް” ޒިން އޭނާގެ ފަހުބަސް އިއްވަމުން ނިކުމެގެން ދިޔައެވެ. އީން އަށް އެތަށް އިރަކު އެއިން ގޮތަށް އިނދެވުނެވެ.އަލްޔާން އަށް ގުޅާފަ ވީ ހުރިހާ ކަމެއް ކިޔާދޭން ބޭނުންވިއެވެ.އެހެނަސް ކުރީރޭ ވެސް އަލްޔާން އަށް ވީވަރު ހިތަށް އެރުމުން ފަސްޖެހެވުނެވެ.ޒިން ގެ އުނދަގުލުން ސަލާމަތް ވާން ބައްޕަ އައިހާ އަވަހަކަށް އަލްޔާން އާ ކައިވެނި ކުރާ ވާހަކަ ދައްކަން އީން ނިންމިއެވެ.

ސޯފާމަތީ ގަ އޮތް ފޯނު ނަގާ ބަލާލިއިރު އަލްޔާން ގެ ކޯލްތަކާ މެސެޖް ހުރުމުން ގުޅާލަން ބޭނުންވިއެވެ. ބައްދަލުކޮށް އަލްޔާން ގެ މޭގާ ބޯއަޅާލައިގެން ރޯލާ ހިތްވިއެވެ. އެހެން ނަމަވެސް އެ ހިތްވަރެއް އީން އަކަށް ނުލިބުނެވެ. ވަރަށް ވަރުބަލިވެއްޖެ ކަމަށާއި މާދަން މީޓް ވާނެ ކަމަށް ލިޔެ މެސެޖެއް ކުރުމަށް ފަހު ފޯން ނިވާލަމުން އީން ގޮސް އެނދަށް އަރާ އޮށޯތެވެ.ހިނގާ ދިޔަ ހާދިސާގެ ސަބަބުން އިން ގެ ސިކުނޑިވަނީ މާބޮޑަށްވެސް ހާސްވެފައެވެ.އެހެންކަމުން ބޯމަތީ ބާލީސް އަޅައިގެން އޮވެ ލޯމަރާ ބާރުކޮށްލީ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ.

އެތަށް ފަހަރަކު ގުޅުނު އިރުވެސް އީން ގެ ފޯނު ނިވާލާފައި އޮތުމުން އަލްޔާން ދެރަވިއެވެ. އިރުއިރުކޮޅާ އީން ގެ މެސެޖް ކިޔާލެވެއެވެ. “އެންމެ މިނެޓަކަށް ނަމަވެސް ފެނިލި ނަމަ..ނޫނީ ވާހަކަ ދައްކާލި ނަމަ.ކީއްވެ ތިހާ ހާރޓް ކުރަނީ ލޯބި. ނޭނގޭތަ މިހިތަށް ކުރާ އަސަރު..އީން ގެ ލޯބީގަ އަހަރެން ދީވާނާ ވަމުން ދާކަމެއް އިހްސާސް ވެސް ނުވޭތަ” އަލްޔާން ފޯނަށް ބަލަހައްޓައިގެން އޮވެ ވޯލް ގަ އިން އީން ގެ ތަސްވީރާ ވާހަކަ ދައްކަމުން ހިތުގައި ފުނިޖެހެމުން ދިޔަ ޝަކުވާތަށް ބަނޑުން ކުރަމުން ދިޔައެވެ.މިއަދު އެއްމެ ފަހަރަކުވެސް އީން އާ ދިމާ ނުވީތީ އަލްޔާން ގެ ހިތަކަށް ހަަމޖެހުމެއް ނުލިބެއެވެ.

ކޮޓަރިއަށް ވަންނަން ދިޔަ އަލްކާ އަށް ބިންމަތީގަ ހުރިލޭ ފެނުމުން ހަޅޭއްލަވައިގަނެވުނެވެ. “އީން..އީން..” ބިރުވެރިކަމެއް ހިތުގައި ހިނގާލުމުން ދެލޯބޮޑުކުރަމުން އަލްކާ ދުވެފައިގޮސް އީިން އަށް ގޮވީ ކަމެއް ވެފައި އޮތީ ކަމަށް ހީކޮށެވެ. އީން ކުޑަކޮށް ލޯ ހުޅުވާލަމުން ބަލާލިއެވެ. އެއާއެކު އީން ރޮެއެފަހުރިކަން އަލްކާ އަށް އެގުނެވެ. “ކިހިނެތްވީ ..މީ ކޮން ލެޔެއް..މީހަކު އައީތަ..ކީއްވެ ރޮއެފަ ތިހިރީ..”އަލްކާ އެއްނޭވާއިން ހުރިހާ ސުވަލެއް ކުރަމުން އީން ގެ ކޮލުގައި އަތް ޖައްސާލީ ރަތްކަމެއް ފާހަގަ ވުމުންނެވެ. އަތުގައި ލޭ ނުހޭކުނު ނަމަވެސް ދުވި ވަހުން އެއީ ލޭ ކަން އެނގި އަލްކާ ވަރަށް ކަންބޮޑުވެ ހާސްވިއެވެ.”ނަތިން..”ކުރު ޖަވާބެއް ދެމުން އީން އޮށޯތުމުން އަނެއްކާވެސް ހަމަ އެ ސުވާލުތަށް އަލްކާ ތަކުރާރުކޮށްލިއެވެ.”މި ބުނީނު ކަމެއް ނުވެޔޭ…އަހަންނަކަށް ނޭނގޭ ވީކަމެއް..ނާދޭ މީހަކު މިތާކަށް..ނަތިން ހެޕެންޑް ..ޕްލީޒް ލީވް މީ އެލޯން” ހަރުއަޑުން ރުންކުރު ގޮތަކަށް އީން ޖަވާބު ދިނުމުން އަލްކާ އަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.ވާނީ ވެސް އެހެން ނޫންހެއްޔެވެ. މީގެ ކުރީން އީން ދުވަހަކުވެސް އެ ރާގަށް ރުޅިއައިސް ވާހަކަ ދެއްކިތަނެއް އަލްކާ އަށް ފެނިފައިނުވެއެވެ. އެހެން ކަމުން ކޮންމެވެސް ކަމެއް ހިނގައިފި ކަން އަލްކާ ދެެނެގަތެވެ. އެކަމަކު މިވަގުތު އިތުރަށް އީން އަށް އުނދަގޫ ކުރަން ބޭނުން ނުވުމުން އެއްޗެކޭ ނުބުނެ ތެދުވިއެވެ. ލޭ ސާފުކުރުމަށް ފަހު އައިސް ނިދަން އޮށޯތުމުން ވެސް އަލްކާ އަށް ނިދޭ ގޮތެއް ނިވިއެވެ. ހަމަ ބެލެނީ އީން އާ ދިމާލަށެވެ. ގަޑި ބަލާލިއިރު 12 ޖަހަން ގާތް ވީ ނަމަވެސް ވީ ގޮތެއް ބަލަން ހިތުގައި ޝައުގުވެރިކަން ބޮޑުވިވަރުން އަލްކާ ގުޅާލީ އަލްޔާން އަށެވެ.ފެނުނު ކަންތަކުގެ ވާހަކަ އަލްކާ ކިޔާދިނުމުން އޮށޯވެ އޮތް އަލްޔާން ވަގުތުން ތެދުވުނެވެ. “ވަޓް؟؟ ކާކު ގެ ލެޔެއް އެއީ؟ޔަގީން ތަ އީން އަށް އެއްވެސް ކަމެއް ނުވާކަން..އާ ޔޫ ޝުއަރ؟ ހަމަ މިހާރު މިދަނީ  އިނގޭ” ކަން ބޮޑުވެފައި ހުރެ އަލްޔާން  ޓީޝާރޓް ގަޔަށް މަހާލީ ވެސް ފޯނުން ވާހަކަ ދައްކަން ހުރެއެވެ. “ނޫން ޕްލީޒް އަލްޔާން..މި ގަޑީގަ އިހަށް މަޑުކޮށްލާ..އީން އޮތީ ނިދިފަ .އެހެން ނޫނަސް މިގަޑީގަ ނުވެސް ބުނާނެ” އަލްކާ ނާންނާށޭ ބުނެ އާދޭސް ކުރަން ފެށުމުން އަލްޔާން މަޑުކޮށްލި ނަމަވެސް އުނދަގޫވިއެވެ. އީން ސިއްރު ކުރަނީ ކޮންކަމެއްބާއޭ ހިތަށް އެރުމުން އެއްގޮތަކަށްވެސް ނުނިދުނެވެ. އަނެއްކޮޅުން ޒިން ކަމެއްކުރީބާއޭ ހިތަށްއަރައި ރުޅިވެސް ގަދަވިއެވެ.

******

އީން ވަރަށް ހެނދުނާ ތެދުވެ ސައި ހަދާ ނިންމުމަށް ފަހު ކޮލެޖަށް ދާން ތައްޔާރުވިއެވެ.އަލްކާ ނިދިފައި އޮއްވާ ފެނުމުން ރޭގަ ރޫޑް ކޮށް ވާހަކަ ދެއްކުުނު ހަނދާން ވުމުން ސޮރީ އޭ ލިޔެ ހެޕީފޭސް އެއް ކުރެހުމަށް ފަހު ހޭލާ އިރު ފެންނާނޭހެން ތަތްކުރުމަށް ފަހު ދާން ނިކުތެވެ. ގެއިން ނިކުންނަމުން ފޯން އޮންކުރީ އަލްޔާން ގުޅާނެކަން އިނގޭތީއެވެ.ކޯލް އެލާރޓް އަންނަން ފެށުމުން ފޯން ގެ ސްކްރީން އަށް ބަަލަމުން ނިކުތް އީން ސިހުނީ އިންތިޒާރުގައި ކުރިމަތީ ހުރި އަލްޔާން ފެނުމުންނެވެ.އެއާއެކު ރޭގަ ހިނގި ހާދިސާ އީން ގެ ސިކުނޑީގައި ހިނގާ ހިތުގައި ނުތަނަވަސްކަން ވެރިވިއެވެ.ޒަހަމްވެފައިވީ އީން ގެ އެ ހިތަށް އަލްޔާން ގެ އޯގާތެރި ފިރުމުން ބޭނުންވިއެވެ.އެހެނަސް އަލްޔާން އަށް އެކަން ސިއްރު ކުރަމުން އީން ހިނިތުންވެލިއެވެ. ފަރުވާތެރިކަމާއެކު އީން ގެ މޫނަށް ބަލަން ހުރި އަލްޔާން އަށް އީން ގެ ޕްލާސްޓިކް ހިނިތުންވުން ރަނގަޅަށް ދަނެގަނެވުނެވެ.”ލިސެން އީން..އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި ބުނެބަލަ..ކިހިނެތްވީ ރޭގަ؟ އީން ގެ ކޮޓަރީގަ ހުރީ ކޮން ލެޔެއް؟” ސީރިއަސްކޮށް އެހެނަސް މަޑުމައިތިރިކަމާއެކު  އީން ގެ އަތުގައި ހިފައިގެން ހުރެ އަލްޔާން ކޮއްލި ސުވާލުން އީން އަށް ސިހުން ލިބި އަތްދަމައިގަނެވުނެވެ. އެއާއެކު ރޭގަ އަލްކާ އަލްޔާން އަށް ގުޅައި ހަބަރު ދިނީ ކަން ވިސްނުނެވެ. އެހެނަސް ޒިން ދެއްކިވާހަކަތަކާ ކުރި ކަންތަށް އަލްޔާން އަށް ކިޔާދީގެން އިތުރަށް މަސްލަހަތު ގެއްލުވަން އީން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އަވަސް އަވަހަށް ކަމެއް ނުވެޔޭ ބުނެލިއެވެ.އެޖަވާބުން އަލްޔާން ގެ ހިތަށް އިތުރަށް އުނދަގޫވެ ދެރަވިއެވެ.” އީން ކީއްވެ އަހަންނަށް ކަންތައް ސިއްރު ކުރަން އުޅެނީ..ވަޓްސް ރޯންގް..ހަމަގައިމުވެސް އީން ކޮޓަރީގަ ދޮރުކައިރީ ލޭ ހުރި..ކޮންމެވެސް ކަމެއް ހިނގި..ކީއްވެ ނުބުނަނީ..ޒިން އައީތަ؟” ޒިން ގެ ނަން އަޑުއިވުމުން އީން އަށް ބުމަ ގޮތް ޖަހާލެވުނެވެ.ދެން އިތުރަށް ބުނަން ވީ ކީކޭކަމެއް ނުވިސްނުމުން އީން ގަޑިޖެހެނީ އޭ ބުނެ ހިނގައިގަތެވެ. ފަހަތަށް އެނބުރުނު އީން ގެ އަތުގައި އަލްޔާން ހިފާލުމާއެކު އީން އަށް ލޯމަރާލެވުނެވެ. ވީގޮތް ސާފު ނުކޮށް އަލްޔާން ހުއްޓާނުލާނެ ކަން އެނގުމުން ކޮންމެވެސް ގޮތަކުން އަލްޔާން ގެ ސުވާލުތައް ހުއްޓުވަން އީން އަށް މަޖްބޫރު ވިއެވެ.” ކިހާވަރަކަށް ބުނާނީ ކަމެއް ނުވެޔޭ..އަލްޔާން އަށް އަހަންނާ މެދު ތިހާ ޝައްކުވަންޏާ އަހަންނާ ރައްޓެހިވީ ކީއްކުރަން..އެހެން ނޫނަސް އައި އޯލްސޯ ހޭވް އަ ޕްރައިވެޓް ލައިފް..ރިލޭޝަންޝިޕެއްގަ ހުއްޓަސް ކޮންމެވެސް ވަރެއްގެ ޕްރައިވެސީ އެއް އަހަންނަށް ވެސް އޮންނަންވާނެ ދޯ؟ އައި ކޭން ޓޭކް ކެއާރ އޮފް މައި ސެލްފް” ރުޅިވެރިކަމާއެކު އީން ބުނެލި ބަސްތަކުން އަލްޔާން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ގަބޫލްކުރަން ދަތި ނަޒަރަކުން އަލްޔާން އަށް އިރުކޮޅަކު އީން އާ ދިމާލަށް ބަލަން ހުރެވުނެވެ. އެދެލޮލަށް ބަލާނެ ހިތްވަރެއް އީން އަކަށް ނުލިބުނެވެ. އަލްޔާން ދެރަވާނެ ވަރު އިހްސާސް ވުމުން އީން ގެ ހިތް ރޯލިއެވެ.”ގަޑި ޖެހެނީ..ޕްލީޒް ލެޓް މީގޯ” އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. “ހިނގާ އައި ވިލް ޑްރޮޕް ޔޫ” ޒަހަމް ވެފައި ވީ ހިތަކާ އެކު އަލްޔާން އީން ގެ އަތުން ދޫކޮށްލަމުން ގޮސް ސައިކަލަށް އެރިއެވެ. ވާހަކަ ދެއްކުުނު ގޮތާމެދު ދެރަވެފައި ހުރެންގެންމެ އީން ވެސް ގޮސް އަލްޔާން ފަހަތަށް އެރިއެވެ.އެމީހުން ނައްޓާލުމާއެކު ފަހަތުން ގާޑްވެސް ސައިކަލުގައި ދިޔައެވެ. ދެމީހުންގެ ދެމެދަށް ފުން ހިމޭން ކަމެއް ވެރިވެފައިވީ ނަމަވެސް އަލްޔާން ދިޔައީ ހިތާހިތުން އީން އާ ޝަކުވާކުރަމުންނެވެ.

ކްލާހުގައި އީން އަށް އެއްގޮތަކަށްވެސް ކޮންސެންޓްރޭޓް ނުކުރެވުނެވެ. އަލްޔާން ގެ މާޔޫސް ވެފައިވީ މޫނު ލޯ ކުރިމަތީން ސިފަވަމުން ދިޔަ އިރު އެހިތަށް ވާނެ އުނދަގޫ އިހްސާސް ވަމުން ދިޔުމުން އީން އަކަށް ކެތެއް ނުކުރެވުނެވެ. އެހެން ކަމުން ފުރަތަމަ ކްލާސް ނިމުމުން ދެވަނަ ކްލާހަށް މަޑުނުކޮށް އީން ބޭނުން ވީ އަލްޔާން އާ ބައްދަލް ކުރަން ދިޔުމަށެވެ.

އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން އަލްޔާން ސޯފާގައި ޖައްސާލީ ވަރުބަލިކަމާއެކީގައެވެ. އީން ގެ ފަރާތުން ފެނުނު ރުޅިވެރިކަމާ، ދެއްކިވާހަކަތުން އެ ސިކުނޑިއަށް ވަނީ ބުރަކަމެއް ވެރިވެފައެވެ.އޮފީހަށް ވެސް ދާން ބޭނުން ނުވެފައި އޮތް އަލްޔާން މިއަދުގެ އެޕޮއިންޓްމެންޓްސް ކެންސަލް ކޮށްދިނުމަށް އެދި ޕީއޭ އަށް މެސެޖް ކުރިއެވެ. އެހެނަސް ވަގުތުން ސޮއި ބޭނުންވާ ޑޮކިއުމެންޓްސް ހުރިކަމަށް ބުނެ ޕީއޭ ގެ މެސެޖެއް ލިބުމުން ފައިލްތަށް ގެއަށް ފޮނުވާ ދިނުމަށް އަލްޔާން އެދުނެވެ. އިރުކޮޅެެއްފަހުން އަލްޔާން ގެ އެސިސްޓެންޓް އައިލީން އެގެއަށް އައެވެ. “އައިލީން ކީއްވެ އައީ ..އެހެން މީހަކު އަތަށް ދީފަ ފޮނުވި ނަމަވެސް އޯކޭ ނު” އައިލީން އައުމުން އަލްޔާން ހައިރާންވި ނަމަވެސް އެއީ އަލްޔާން އައިފަހުން ލިބުނު މުހިއްމު ޕްރޮޖެކްޓެއްގެ ލިޔުންތަށް ކަމަށް ބުނުމުން އަލްޔާން އޭގައި ސޮއިކުރިއެވެ. އައިލީން އަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނާއި ބޮލުގައިވެސް ރިއްސާފައި ހުރުމުން އަލްޔާން އޭގައި ސޮއިކުރީ ރަނގަޅަށް ބަލާވެސް ނުލައެވެ.

އައިލީން ދިޔަތާ އިރުކޮޅެއްވެސް ނުވަނީސް ގޭގެ ބެލް ޖެހުމުން ކާކުބާއޭ ހިތާ ގޮސް ހުޅުވާލިއިރު ކުރިމަތީގައި ހުރި އީން ފެނުމުން އަލްޔާން ގެ ހިތް އުފަލުން ފޮޅުނެވެ.”އީން މިގަޑީގަ..ކްލާސް ގަޑިއެެއް ނޫންތަ؟” އުފާވިނަމަވެސް  މީ އީން ގެ ކޮލެޖް ގަޑިކަން އިނގޭތީ އަލްޔާން ސުވާލުކޮށްލިއެވެ. އެއްވެސް ޖަވާބެއް ދިނުމެއްނެތި އީން އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ގޮސް ސޯފާގައި އިށީނެވެ. އަލްޔާންވެސް ފަހަތުން ގޮސް އީން ކުރިމަތީ ހުއްޓިލިއެވެ. “ސޮރީ..ކްލާސް ބަންކް ކޮށްފަ މިއައީ ސޮރީ ބުނަން” އަލްޔާން ގެ މޫނަށް ނުބަަލަން ވެގެން ދުރު ބަލަހައްޓާއިގެން ހުރެ އީން ބުނެލިއެވެ.އީން ވާހަކަ ދެއްކި ގޮތް މަޖާވި ނަމަވެސް އަލްޔާން އެއްޗެކޭ ނުބުނެ އިށީންނަމުން އީން ގެނެސް މެޔާލާ ބައްދާލިއެވެ. “ލަވް ޔޫ” އެ ލަފްޒު އަޑު އިވުމުން އީން އަަށް ލޯމަރާ ބާރުކޮށްލެވުނެވެ.އަލްޔާން ކުރިމަތިގައި ހިތުގައި ހުރި ހުރިހާކަމެއް ބަންޑުން ކޮށްލަން ބޭނުން ވުމުން އީން ގެ ލޯ ފެންކަޅިވިއެވެ.” ލޯބި..އަހަރެން މިހިރީ އީން ބޭނުން ހުރިހާ ޕްރައިވެސީ އެއް ދޭން ތައްޔާރަށް.. އައި ޖަސްޓް ވޯންޓް ޒިން ގެ ފަރާތުން އެއްވެސް އުނދަގުލެއް ވާނަމަ ބުނަން..ކޯޒް ހީ އިޒް ވެރީ  އިވިލް..މިގެއަށް އީން ޗޭންޖް ވާން ބޭނުންވަނީ އޭނަގެ ފަރާތުން ޕޮރެޓެކްޓް ކުރަން.. އެއްވެސް ހާލެއްގަ އީން ގެ މިނިވަންކަން ނިގުޅައިގަންނަން ބޭނުމެއް ނޫން..އަދި އީން އަށް ޝައްކެތްވެސް ނުކުރަން ކޯޒް އައި ރިއަލީ ލަވް ޔޫ” ކުޑަކުއްޖަކަށް ވެސް ވިސްނަދޭހާ މަޑުމައިތިރި ކަމާއެކު ލޯބިން އަލްޔާން ވާހަކަ ދެއްކުމުން އީން އަށް ގިސްލެވެން ފެށުނެވެ. އެހާ ލޯބިން އަލްޔާން އުޅޭ އިރުވެސް އީން އަށް ކަންތަށް ކުރެވުނު ގޮތާ ދޭތެރޭ ދެރަވިއެވެ. “އިޓްސް އޯކޭ..އީން އަށް އުނދަގޫނަމަ މިހާރު ކިޔާ ނުދިނަސް އޯކޭ..އެކަމް ޕްލީޒް ޑޯންޓް ކްރައި” އީން ގިސްލެވެން ފެށުމުން އަލްޔާން އަނެއްކާވެސް އީން ގައިގައި ބައްދާލިއެވެ. “އަލްޔާން ޕްލީޒް އަބަދުވެސް ތިހެން އަހަރެންދެކެ ލޯބިވައްޗޭ.. މީހަކު އަހަރުމެން ދުރުކުރުވަން އުޅުނަސް ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ ޕްލީޒް..އައި ކާންޓް ލިވް ވިތައުޓް ޔޫ” ކަރުނައިން ފުރިގެން ވީ ލޮލަކުން އަލްޔާން އަށް ބަލާލަމުން އީން ބުނެލި ގޮތުން އަލްޔާން ގެ ހިތުގެ އެންމެ ހަމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. ދެއަތުން އީން ގެ މޫނުގައި ހިފަހައްޓައިގެން ހުރި އިރު އެމޫނުގައިވީ ހިތާމަވެރިކަން ފެނި އަލްޔާން ގެ ހިތަށް ބަޔާން ކުރަން ދަތި އުނދަގޫކަމެއް އިހްސާސްވިއެވެ. “ކީއްވެ އީން އަށް ހީވަނީ މީހަކު ބުނެގެން އަހރެން އީން ދޫކޮށްފާނެޔޭ..ނެވާ..އެއްވެސް މީހަކަށް އަހަންނާ އީން ދުރުނުކުރެވޭނެ” އަލްޔާން އެހެން ބުނަމުން ކަރުނައިގެ ތެތްކަން އެކުލެވިފައިވީ އެ ފިނި ތުންފަތުގައި ބޮސްދިނެވެ. އަލްޔާން ގެ ހަރަކާތަށް އީން ވެސް ހިތާރުހުމުން އެއްބަސް ވެވުނު އިރު އެވަގުތުކޮޅު މުޅި އުމުރަށްވެސް ދެމިގެން ދިޔުމަށް އެދެވުނެވެ.

ލޯބީގެ ޖަޒްބާތުގައި ބެހެމުން ދިޔަ ދެހިތަށް ސިހުން ގެނުވީ ކުއްލިއަކަށް ގޭގެ ބެލް ޖަހާލުމާއެކު ބާރަށް މީހަކު ޓަކި ދޭން ފެށުމުންނެވެ. ކާކު ކަންނޭނގި އަލްޔާން އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީ ޕޮލިހުންގެ ޔުނިފޯރމްގައި ތިބި 5 ވަރަކަސް މިހުން ފެނި ހައިރާންވިއެވެ.އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެމީހުން އެއްފަހަރާހެން އެތެރެއަށް ވަން  އިރު އަލްޔާން ގެ ދެ ބޮޑީގާޑުންވެސް ދުވެފައި އައިސް ކައިރީގައި ހުއްޓިލިއެވެ. ކުއްލިއަކަށް ގެއަށް ވަން ޕޮލިހުންތަށް ފެނި އީން ގަތްބިރުން ދެލޯބޮޑުކޮށްގެން ބަލަން ހުރެވުނެވެ. “އައްސަލާމް އަލައިކުމް..އަޅުގަނޑުމެންމީ ދިވެހި ފުލުހުން..ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއްގައި އަލްޔާން ވަލީދު މި ވަގުތުން ފެށިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންދެވޭ ވާހަކަ ދަންނަވަން..ތިޔަ ފަރާތަށް ހަނު ހުރުމުގެ ހައްގާއި އަދި ގާނޫނީ ވަކީލަކު އިޚްތިޔާރު ކުރުމުގެ މިނިވަންކަން މި ވަގުތުން ފެށިގެން ލިބިގެން ވޭ” އެމީހުން ކުއްވެރިޔެއް ފަދައިން އަލްޔާން ގެ ދެއަތުގައި ހިފަން ފެށުމުން އެތަނުން އެއް ގާޑް އަލްޔާން އެރެސްޓް ކުރަން ކޯޓް އަމުރެއް އޮތް ނަމަ ފުރަތަމަ އެ ދެއްކުމަށް އެދުނެވެ. ކުޑަގޮތަކަށް އެ ދައްކާލަމުން އެމީހުން އަލްޔާން ގެ ފޯން ވެސް އަތުލާ އެވިޑެންސް ބޭގް އަކަށް ލިއެވެ. އަދި އެތަނުން ދެމީހުން އަލްޔާން ގައިގައި ޖެހިފިތި ބާރުވެގެން ހެން ތިބެ ސުލަހްވެރިކަމާއެކު ދިޔުމަށް އެދުނެވެ.ގުޑިލަން ވެސް ނޭގިފައި އީން އަށް ހުރެވުނީ އެދިމާލަށް ބަލަން ށެވެ. ދިރިއުޅުމުގައިވެސް ފުރަތަމަ ފަހަރަށް މިފަދަކަމަކާ ކުރިމަތިވުމުން އަލްޔާން ބިރުގަތެވެ. އެހެނަސް ހާސްވެ ކަންބޮޑުވެ ރޮވިފައި ބަލަން ހުރި އީން ފެނުމުން ފުލުސްމީހާ ކައިރީ މިނެޓެއް ދިނުމަށް އެދެމުން އަލްޔާން ހަމަޖެހޭ ގޮތް ދައްކަމުން އީން ކައިރިއަށް ގޮސް ވަރަށް ބާރަށް އީން ގައިގައި ބައްދާލަމުން “ޑޯންޓް ވޮރީ..މިއީ އެއްވެސް ކަމެއް ނޫން އައި ވިލް ކަމް ސޫން” އޭ ބުނެލިއެވެ.އީން ބާރަށް ގިސްލަމުން އަލްޔާން ގެ ހަށިގަނޑުން ދޫކުރަން ވެސް ނޫޅުނެވެ. އެވަގުތު ފުލުސްމީހާ އައިސް އަލްޔާން އަތުގައި ހިފުމުން އަލްޔާން ގަދަކަމުން އީން ދުރުކުރުވާން އުޅުނެވެ. “ޕްލީޒް އީން ޑޯންޓް ކްރައި..” އަލްޔާން ގެ ގަމީހުގައި އީން ހިފާފާއި ހުރި ގޮތް ބާރުކަމުން ދޫކުރުވަން އުނދަގޫވެސް ވިއެވެ. އަލްޔާން ގެ އަރުބެދޭކަހަލަ އިހްސާސެއް ކުރެވުމުން އީން ކުރިމަތީ ދެރަނުވުމަށް ހިތްވަރު ކުރަމުން އަވަސް އަވަހަށް ގާޑް އަށް ބަލާލުމުން އޭނާ ދުވެފައިި އައިސް އީން ދުރުކުރުވިއެވެ. ދަމުން އަލްޔާން ގާޑް ކައިރީ އީތަން އަށް ގުޅާ އީން ގެޔަށް ލާދޭން ދާ ބުނުމަށާއި ބައްޕައަށް ގުޅަފައި މި ވާހަކަ އެންގުމަށް އެދުނެވެ.މިއީ ފްރޭމް ކުރެވިގެން ކުރެވޭ ކަމެއްކަން އެވަގުތު އަލްޔާން ގެ ހިތަށް އެރިނަމަވެސް އެއްޗެކޭ ނުބުނެ އެމީހުންނާއެކު ދިޔުމަށް ފަސްއެނބުރުނީ ފެންކަޅިވެފައިވާ ހާލުގައެވެ….

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (23

Next

ނޭދެން ވަކިވާކަށް (ހަތްވަނަބައި)

Next
October 8, 2018

ނޭދެން ވަކިވާކަށް (ހަތްވަނަބައި)

Previews
October 8, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (23

29 Comments!

  1. Shaiii says:
    October 8, 2018 at 12:21 pm

    Reethi. Ekam maa bodah kuru ?

    1. Anjal says:
      October 8, 2018 at 8:19 pm

      Thanks shaiii☺️ next epi insha allah diguvaane

  2. zeek says:
    October 8, 2018 at 12:29 pm

    Again second place ???
    anyways stryyy vvvvv habeys ???❤?….hope u’ll update soooon???? … lovr this stry angal ?????

    1. Anjal says:
      October 8, 2018 at 8:21 pm

      Zeek ?????? thanks..much love. Next part friday night insha allah

  3. Airah says:
    October 8, 2018 at 12:34 pm

    me first dhw.vvv Reethi.when Next?Alyaan ah dearagothea nahadachey plx plx

    1. Anjal says:
      October 8, 2018 at 8:23 pm

      ☺️ airah thanx.. Alyan ah va gotheh lets c dhw next epi ga.? Insha allah friday night

  4. Sham says:
    October 8, 2018 at 12:46 pm

    Alhey haadha reeeeeehchey…..waiting for next part???

    1. Anjal says:
      October 8, 2018 at 8:24 pm

      Oww thanx sham,?.. U ll get to read sooon

  5. Shaz says:
    October 8, 2018 at 1:06 pm

    Next part plxxx ??

  6. Maya says:
    October 8, 2018 at 1:55 pm

    Alhey haadha reehcheyy… Masha Allah ??????????????????????Yageen dhenme e ai kuhja e sign kuruvi e papers thah kan.. And zin bunegen kuruvivkameh kannenge eii… ?????????????????????vv reethi alyaan ah dhera gotheh nuhadhahchey ???????????.. Curiously waiting for next part avahah up kohdhehchey Darling luv u ??????????????????????????

    1. Anjal says:
      October 8, 2018 at 8:26 pm

      Hehe?? maya dear v molhu inge?? good guess.. Ekm balamaa dhw een and alyaan ah den vaa gotheh. Mch love frm anjal ???

  7. Surey says:
    October 8, 2018 at 1:56 pm

    Dhen een alayaan salami kuran zen aai innanee……

    1. Anjal says:
      October 8, 2018 at 8:28 pm

      ???? zin aa marry kuran een yes bunaane ba?????

  8. luyoo says:
    October 8, 2018 at 2:21 pm

    plx een zin gadaa nu deavaathi erun story v hadivaanea

    1. Anjal says:
      October 8, 2018 at 8:29 pm

      ?? faharegga hama zin kurukamakah nuve ves hingaidaane nu hama.. Dhw?????

  9. Hanaan says:
    October 8, 2018 at 6:37 pm

    Ejehunee aneh kanthakaa. Alyan aai Een dhuru nukuracchey plz ????

    1. Anjal says:
      October 8, 2018 at 8:32 pm

      ☺️☺️☺️☺️ keeep smiling hanan dear.

  10. @Ikleel says:
    October 8, 2018 at 9:38 pm

    This part also very nice….Alhe Zin een aa dhuru kuran gotheh visnaba…Alyaan ah een liben jeheyny…Waitting for next

    1. Anjal says:
      October 9, 2018 at 8:00 pm

      ☺️☺️☺️ thanx ikleel..

  11. Reader says:
    October 9, 2018 at 2:04 pm

    PA ge kamakah vess vedhaanw

    1. Anjal says:
      October 9, 2018 at 8:01 pm

      ☺️? dhw… Hama vedhaane… Lets c dhw vaa gotheh

  12. Mona says:
    October 9, 2018 at 6:59 pm

    dhen alyaan salaamaiy kuran een jeheyny zin a marry kuran…een akah enoon gotheh noanane…eean ya zin marry kohfinama story ge dhirun gehluny…kada

    1. Anjal says:
      October 9, 2018 at 8:03 pm

      ☺️☺️☺️☺️☺️☺️☺️

  13. MIROO says:
    October 10, 2018 at 5:31 am

    dhn ehn stry ga vaagothah nuhadhahchey like mona said that is common mihaaru zin ah ves gotheh hadhan vejje nun part 20ge kurin zin dhurah fonuvaalaathi. Zin maa dangerous v ma kadaee….anyway love the storyy

  14. sierra says:
    October 10, 2018 at 12:40 pm

    pls een ai zin marry kuraa gothah nahadhacchey eyrah story ekoh hadivaane.

  15. Naa says:
    October 10, 2018 at 9:48 pm

    vrh vrh reethi…when next part.

  16. Faathey says:
    October 11, 2018 at 11:17 am

    Very very nice varah asaru gadha kon irakun next part othy

  17. ??? says:
    October 11, 2018 at 11:31 pm

    Kobaa vashakaii ge aneh baiiiii

  18. Airah says:
    October 12, 2018 at 9:27 am

    avaha up kolhachey plxplx

Comments are closed.


All Right Reserved!