( ހަތްވަނަބައި ) ސެނާއާއި މާހު ބައްދަލުވުން ނިންމާލުމަށްފަހު ސެނާ އޭނާގެ އާދައިގެމަތިން އެހެންމީހުންގެ ލޯތަކަށް ސިއްރުން ގެއަށްހިނގައްޖެއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހާސްވުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ސެނާ ގެއަށް ވަދެގެން އައިއިރު ފެންޑާތެރޭގައި ހުރި ޖުމާނާއަށް ސެނާ ފެނުނެވެ. ހަމައެހެންމެ އޭނާއަށް ވެފައިހުރި ގޮތް ފާހަގަކުރެވި އެކަމާމެދު ވިސްނާ ލެވުނެވެ. ޖުމާނާއަކީ ފޫޅުމައިކޯސް ހަދައިގެންހުރި ފޫޅުމަޔަކަށްވާތީ ވަރަށް ފަސޭހަކަމާއެކު ސެނާގެ ހާލަތު ދެނެގަތެވެ. ވަގުތުތައް ފާއިތުވަމުންއައިސް ނުވައެއް ޖަހާކަންހާއިރެވެ. ރިސާމު ރަށުގައިނޫޅޭތީވެ ގޭގައިތިބީ ސެނާއާ […]
( ހަވަނަބައި ) ކޮންމެވެސްދުވަހަކުން އެތަނުން މާހު އޭނާއާ ބައްދަލުކުރާނެކަމަށް އޭނާގެ ހިތް ބުނަމުންދިޔަ ކަހަލައެވެ. އިއްޔެއާއި އޭގެކުރީދުވަސްފަދައިން މިއަދުވެސް އޭނާ އެތަނުގައި ހުރީ އެއުންމީދާއި އެހިޔާލުގައެވެ. ހަމައެހެންމެ އެއުންމީދާއި އެހިޔާލު ޙަޤީޤަތަކަށް ވެދާނެކަމަށް ކުރެވޭ އިންތިޒާރުގައެވެ. ކުރީދެރޭ އެހެންވީ ނަމަވެސް މިރޭމާހާއި ބައްދަލުވާނެކަމަށް އޭނާ ކުރާއުންމީދު އިތުރެވެ. މަޢުރިބުނަމާދު ވަގުތުގެ ބަންގިއާއެކުހެން ގިނަބަޔަކު މިސްކިތާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއެކު މަގުތަކުން މީހުންފެނުން މަދުވަމުން ދިޔައެވެ. ސެނާ އެތަނުގައި ހުރިއިރު، ވެރިވަމުންދިޔަ އަނދިރީގެސަބަބުން […]
( ފަސްވަނަބައި ) މާހާއި މެދުގައި އެހާ ބޭއިންސާފުން ކަންތައް ކޮށްފައިވާ ސެނާ މާހުދެކެ ލޯބިވުމުގެ ސިއްރަކީ ކޮބައިބާއޭ ހިތަށް އަރާނެ މީހުން ނުހަނު ގިނަވާނެކަން ޔަގީނެވެ. މާހަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ވަރަށްގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ސެނާ އެވާހަކަދެއްކީ އޭނާގެ އެކުވެރި ސުމްނާ ގާތުގައެވެ. ސުމްނާ އަކީ ސެނާގެ މަދުރަސީ ދައުރުން ފެށިގެން އޭނާއާ އެކުގައި އުޅެމުންއަންނަ އޭނާގެ އެންމެ ގާތް އެންމެ އެކުވެރި ރަހުމަތްތެރިޔާ އެވެ. ސެނާ އެދުނުއެދުމަށް ސެނާ މެންގެއަށް ސުމްނާ ދިޔައީ […]
( ހަތަރުވަނަބައި ) ސާމުގެ ރޭވުމަށް މާހާއި މެދުގައި ކަންތައްކުރެވުނު ގޮތާމެދުގައި ވެސް ސެނާއަށް ވިސްނާލެވުނީ މިހާރުއެވެ. އެކަމަކު މިހާރުވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ ސަބަބުން މާހުގެ ތަޢުލީމީހަޔާތް ވިއްސިވިހާލިވީ އެވެ. މާހުގެ އިތުރުން އައިސަ އާއި ކާސިންފުޅުގެ އުންމީދުތައް އޮޔާލީއެވެ. މާހަށް ކުރެވުނު ކުށައް މާހާއި އައިސަ މަޢާފަށް އެދުނެވެ. އަދި މާހުގެފަރާތުން އެފަދަކަމެއް ދެވަނަފަހަރަށް ނުފެންނާނެކަމަށްވެސް ބުންޏެވެ. އެއީ މަޢާފްނުކުރެވޭވަރުގެ ކުށެއްވެސްނޫނެވެ. އެހެނަސް ސެނާ އޭރުހުރީ ސާމުގެ ބާރުގެ ދަށުގައެވެ. ސެނާ ކަންތައްކުރީ ސާމު ބޭނުންވިގޮތަށެވެ. […]
( ތިންވަނަ ބައި ) ސެނާގެ ބާރު ރުއިމާއި އޭނާ ސަލާމަތް ކުރުމަށް އެދި އާދޭސް ކުރަމުންދިޔަ ގޮވުމުގެއަޑަށް ދަރިވަރުންނާއި ޓީޗަރުންތައް އެތަނަށް ޖަމާވާންފެށިއެވެ. ހަދާނެގޮތްހުސްވެ ބުނާނެއެއްޗެއް ނޭނގިފައި މާހުހުރިއިރު ސެނާ މޫނުގައި އަތްއަޅައިގެންހުރެ ބާރަށް ރޮނީއެވެ. ” ނީމާ! ސެނާ ގެންގޮސް ގެއަށްލާ … މާހު ! މަދަރުސާއިން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރޭ. ” ހިތްހަމަ ނުޖެހުމާއެކު މާހަށް ބަލާން ހުރެ ހެޑްމާސްޓަރ ސާއިދު ވާހަކަދެއްކިއެވެ. ވާނުވާނޭނގޭ ޓީޗަރުންނާއި ދަރިވަރުންތައް މަޑުމަޑުން އެކިދިމާއަށް […]
ކަންތައް ވަމުންދާ ގޮތުގެ ސަބަބުން ނިހާޔަތުގެ ސިކުނޑި ސުމަކަށް ދާ ވާރު ވެއްޖެއެވެ. އެހެންކަމުން އަވަސް އަވަހަށް ލައިލާމެން ގެއަށް ގޮސް ލައިލާގާތު އެވާހަކަތައް ދައްކާ އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދުނެވެ. ލައިލާގާތަށް އައިސް ނިހާޔަތު ދައްކަމުންދާ ވާހަކަތަކަކީ އަޖުމަލް އަޑުއަހާން ބޭނުންވާ ވާހަކަތަކަކަށް ނުވިއެވެ. އެހެންވެ އޭނާގެ ކިބައިން ފެނިގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ” ކަލެއަކީ ސުންޕާ މީހެއް ….. ކަލޭ މިގެއިން ނުކުމޭ ……. ދެން ދުވަހަކު ވެސް މިގެއަށް […]
( ދެވަނަބައި ) ” ސެނާ! އަހަރެންނަށް ފުރުސަތެއްދީ… އަހަރެން ސެނާ ދެކެ ވަރަށް ލޯބިވޭ…. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ތިއީ. އަހަރެންނަށް ތިހާ ނަފްރަތު ނުކޮށްބަލަ. ” ސެނާއާ ދިމާއަށް ބަލާންހުރެ އާދޭސްކުރާ ފަދައަކުން މާހު ވާހަކަ ދެއްކި އެވެ. ” އަތުންދޫކޮށްލާ .. މިހާރު ކިތައް ފަހަރު ބެނެފިން މާހު ތިއީ އަހަރުމެން ފެންވަރެއްނޫނޭ … އަހަރެން މި އިންތިޒާރުކުރަނީ އަހަރެންފަދަ މީހަކަށް … ތިކަހަލަފަގީރަކު އައިސް އަހަރެމެންގެ މުއްސަނދިކަމުގެ ތެރެއަށް ފުންމާލައިގެން […]
ދެބަދުނާމް ފެށުން ނާހިދާއި މާހު ވާހަކަދައްކަން ތިބީ ރަށުގެ އުތުރުފަރާތު އަތިރި މަތީ ސަރަހައްދުގައިވާ ގަހެއްދަށު ހަދާފައިވާ ޖޯލިފައްޗެއްގަ އެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތު ނަމަވެސް އެހިސާބުގައިވާ ގަސްތަކުން ޖޯލިފައްޗަށް ހިޔާއެޅިފައި ވާތީއާއި ޖެހެމުންދާ ހިތްގައިމުވައިގެ ސަބަބުން ހޫނުކަމުގެ އެއްވެސް އަސަރެއް ނާހިދާއި މާހަށް ނުކުރާ ކަހަލައެވެ. ” އަހަރެންނަށް ސެނާ ނުލިބުނީ ކީއްވެ ؟ އަހަރެންވެސް ސެނާ ދެކެ ލޯބިވިން. އަހަރެންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހަކު ނުހުންނާނެ. ދެން ކީއްވެ […]
އަށްވަނަބައި ތަފާތުޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑިއަށްބާރުބޮޑުވެނިދިން މަހުރޫމު ވެފައި ނިހާޔަތު އޮއްވައި ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފިއެވެ. އޭރު އޭނާގެމޫނުމަތިން ފާޅުވަމުންދަނީ ވަރުބަލިކަމާއިބަލިކަމުގެއަސަރުތަކެވެ. ނުތަނަވަސް ކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ. ލައިލާ އައުމުން އޭނާއާ އެކުގައި ނިހާޔަތު ހޮސްޕިޓަލަށް ދިޔައެވެ. އަދި ނިހާޔަތު ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރާންޖެހޭ ހުރިހާކަމެއް ލައިލާ ކުރިއެވެ. ވަރަށްރަނގަޅަށް ނިހާޔަތުގެ ހަށިގަނޑުބަލައި ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުބުނީ އެއްވެސްމައްސަލައެއް ނެތްކަމަށެވެ. ހަމައެހެންމެ ވެގެންއުޅޭގޮތް ރަނގަޅަށް ކިޔައިދިނުމަށް އެދުނެވެ. އިހަށްރޭ އިރާކޮޅު ދިމާވިކަންތައް […]