Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ނިމުމުގެ ފެށުން: ފުރަތަމަ ބައި)

Jaishan Level 110 Stories
February 18, 2014 4 Mins Read
4 Comments

ޝެނިން

  3 މަސް ފަސް

  “މި ފަހަރު ކިހިނެއް ހަދަންވީ؟” އަހަރެން އެހެން އެހި އިރުވެސް އަންނަނީ ކޮން އެއްޗެއްކަން އެނގެއެވެ. މިވީ ދެމަސް ތެރޭގައި އަހަރެމެން ކުރަމުން އައި ކަމަކީ އެއީއެވެ. “ޝެނިންއަށް އެނގެއެންނުން މި ނޫން ގޮތެއް ނެތް ކަން އަހަރެމެންނަށް.” ޝަހުދު އަހަރެންގެ ނިތްކުރިއަށް ބޮސް ދެމުން ބުންޏެވެ.

   ރަނގަޅަށް ވިސްނާކަމުގައި ވާނަމަ މި ތިންމަސް ތެރޭ އަހަރެމެންގެ ހަޔާތް އެފުށުން މިފުށަށް ޖެހިއްޖެއެވެ. ލޯބިވީ ހުރިހާ އެންމެން ގެއްލިއްޖެއެވެ. އަހަރެން އެނބުރި ދާނެ އެކަކުވެސް ނެތެވެ. އިރަމް އެވަގުތު އަހަރެންނަށް ބަލާލިއެވެ. އެ ދެލޮލުން އަހަރެންނަށް ފެނުނީ ހުސް ވޭނެވެ. “އަހަރެންނަށް އެނގޭ ގޮތެއް. އަހަރެމެން ބައި ވާން ވީ ކަންނޭނގެ. މަށާއި ލިވީއާއި އެކު ކޮންމެވެސް ތާކަށް ދާނަން. ތި ދެމީހުން އަމިއްލަ މަގު ނަގަންވީ. އެހެން ނޫނީ އެމީހުން އަބަދުވެސް އަހަރެމެން ހޯދާނެ.” އިރަމް އިސް ޖަހާލުމަށްފަހު ބުންޏެވެ.

   އަދިވެސް އިރަމް ފެނުމުން އަހަރެންގެ ބަނޑުގައި ކޮކާ އުދުހޭހެން ހީނުވެޔެކޭ ނުބުނެވޭނެއެވެ. ނަމަވެސް އަދިވެސް އަހަރެންނަކަށް އޭނާއަކަށް މަޢާފެއް ނުދެވޭނެއެވެ. މި ވީ ދުވަސް ކޮޅުގެ ތެރޭގައި ދެން އަހަރެންގެ ހިތް މަޑުމަޑުން ޝަހުދާއި ދިމާލަށް ލެނބެނީމި ކީއްވެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެންނަށް ކުރެވޭ އިޙްސާސްތަކާއި ދެކޮޅު ހެދުން އަހަރެން ހުއްޓާލީމެވެ.

   “އުހުން. އަހަރެން ބޭނުމެއް ނޫން އެކަކުވެސް ވަކިވާކަށް. އަހަރެމެން ހަތަރު މީހުން ނުކުތީ އެކީ. ދިޔަޔަސް ދާނީ އެކީގައި.” ޝަހުދް ބުންޏެވެ. “ވަރެވަ މޭން. ކައޭ ބުނާ ގޮތެއް.” އިރަމް ބުނަމުން އިން ތަނުން ތެދުވިއެވެ. އެއަށްފަހު ކޮޓަރިއަށް ވަނެވެ. އޭރުވެސް ލިވީ ހަދާނެ ގޮތް ހުސްވެފައި އިން ހެން އިނެވެ.

   “ހިނގާ ނިދަން ދާން.” އެންމެފަހުން ލިވީ ބުންޏެވެ. މިވީ ތިން މަސް ދުވަސް ތެރޭ އަހަރެންނަށް އެނގުނު ކަމެކެވެ. ލިވީ އަކަށް އެކަނި ނިދާކަށް ނުކެރެއެވެ. އެއްބައި ރޭރޭ ނިދީގައި ރޯނެއެވެ. ގިނަ ރޭރޭ އެހެންކަމުން އަހަރެންނަށް ޖެހެނީ އޭނާ ހިފަހައްޓައިގެން އޮންނާށެވެ. “އާން ހިނގާ ދޯ. މާދަމާ އަދި މިރަށުން ދަންޏާ ޖެހޭނެދޯ ނިދާލަން ރަނގަޅަށް.” އަހަރެންވެސް އެއަށްފަހު ތެދުވީއެވެ. “އެކަނި އެހާ ގިނަ އިރު ނީންނާތި މިތާ.” ޝަހުދް ކައިރީ އަހަރެން ބުނީމެވެ.

   “ސޯ. ކިހިނެއް މިފަހަރު ހަދާނީ؟” ކޮޓަރިއަށް ވަނުމާއިއެކު ލިވީ އަހަރެން ކައިރީ އެހިއެވެ. “ތިބުނީ؟” އަހަރެންނަށް އެ ކުރީ ކޮން ސުވާލެއް ކަން ނޭނގުމުން އެހީމެވެ. “ބޮލަށް. މިހާރު ހުރިހާ ގޮތެއް ބޮލަށް ހަދައިފީމެންނުން.” ތެދެކެވެ. އަހަރެމެން އެންމެން ބޮލަށާއި ގަޔަށް ފިލަން ނުހަދާ ގޮތެއް ނެތެވެ. މިފަހަރު އަހަރެންނާއި ލިވީ ބޮލުގައި ކުލަ ޖެއްސީއެވެ. ލިވީގެ އަސްލު ހުންނަނީ ބުޅި ގަދަ ޗޮކްލެޓް އިސްތަށިގަނޑެކެވެ. ނަމަވެސް މިހާރު އެހުރީ ސީދާ ކަޅު ކުލައިގައެވެ. ކުރިން ކޮނޑަށްވުރެ ތިރީގައި ހުރި އިސްތަށިގަނޑު މިހާރު އެހުރީ  ކަނދުރާ އާއި ހަމައިގައެވެ.

   އެއާއި ޚިލާފް އަހަރެންގެ އިސްތަށިގަނޑު. ހަމަ އެ ބުޅިއެވެ. ނަމަވެސް ކުރިން ހުރި ދިގުމުނެވެ. އަހަރެންގެ ބޯ ހުންނާނީ ހައިލައިޓް ކޮށްފައެވެ. އަހަރެންގެ ސިކުނޑިއަށް އެވަގުތު އައީ ޚިޔާލެކެވެ. “ތެދުވޭ އިހަށް. އައި ހޭވް އެން އައިޑިއަރ!” އަހަރެންގެ ދަބަހާއި ދިމާލަށް ދަމުން އަހަރެން ބުނީމެވެ. “މިފަހަރު ދެމީހުން ބޯ ފަން ކުރާނީ!” އަހަރެން ބުނީމެވެ.

  “ޔޫ ވިލް ލުކް އަގްލީ!” އަހަރެން ވަގުތުން އެނބުރުނީ ކަންފަތުގައި އެލީޝާގެ އަޑު ޖެހިގެންނެވެ. މިހާރު އޭނާވެސް އުޅެނީ އަހަރެމެންނާއި އެކުއެވެ. “އެހެން؟” އަހަރެންވެސް ޖެއްސުމަށް ބުނީމެވެ. “ކާކާ….. ނެވަ މައިންޑް..” ލިވީ އެއްޗެކޭ އަހަން އުޅެފައި ވާހަކަ ބަދަލ ކޮށްލިއެވެ. އަހަރެން ލިވީ އަތުގައި ހިފައިން ގޮސް ފާހާނައަށް ވަނީމެވެ.

  ދެމީހުން ބޯ ފަން ކުރީމެވެ. ލިވީގެ ބޯ ކުރިއަށް ވުރެ ދިގެވެ އަހަރެން ވަގުތުން އަހަރެންގެ ބުޅި އިސްތަށިގަނޑުމަތިން ‘މިސް’ ވިއެވެ. “ހިނގާ ބޯ ކޮށާލަން. މަށަށް އެނގޭ ގޮތެއް.!” ލިވީ ވަރަށް ގަޔާ ވެފައި ބުންޏެވެ. އަހަރެންނަށްވެސް ޖެހުނީ އެއްބަސް ވާށެވެ.

  ފުރަތަމަ އަހަރެން ލިވީ ބުނި ގޮތަށް ބޯ ހަދައިދިނީމެވެ. އެއަށްފަހު އަހަރެންވެސް އެހެން ހަދާ ހިތްވިއެވެ. ލިވީ ކައިރީވެސް އަހަރެން އެހެން ހަދަން ބުނީމެވެ. ނަމަވެސް ލިވީގެ އިސްތަށިގަނޑު ފުރަގަހުން އެއްވަރަކަށް ހުރި އިރު އަހަރެންގެ އިސްތަށިގަނޑު ކަނދުރާއާއި ދިމާލަށް ކުރު ކުރީމެވެ. އަދި އަރިމަށްޗަށް ދިގުކުރީމެވެ. ދެމީހުން މިހާރު ވަރަށް ވައްތަރެވެ. ދެމީހުންގެ އިސްތަށިގަނޑު ނިތްކުރިމަތިން ދިގު ވާގޮތަށް ކޮށީއެވެ. އަހަރެމެން ދެމީހުންގެ ލޮލާއި ހިސާބަށް ހުއްޓެވެ. “އައި… ލަވް. އިޓް!” އަހަރެން މަޑުން ބުނީމެވެ. “ހުތުރެކޭ ނުބުނާނަން.” ފަހަތުން އެލީޝާ ބުންޏެވެ. އަހަރެންނަށް ޖަހާލެވުނީ ހިނިގަނޑެކެވެ. އެލީޝާއަށް ތައުރީފަކަށް އާދެވޭނެ އެންމެ ދުރުމިނަކީ އެއީއެވެ.

   “އަ… އެލީޝާދޯ.!” ލިވީ ބުންޏެވެ. “ހޭ!” ލިވީ އެލީޝާއަށް ގޮވާލިއެވެ. ނަމަވެސް ލިވީ އެނބުރުނީ އެލީޝާ ހުރި ދިމާލާއި އިދިކޮޅަށެވެ. އެލީޝާ ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް އަހަރެންނެއް ލިވީ ކައިރިއަކު ނުބުނާނަމެވެ.

  އެއަށްފަހު އަހަރެން ނިދަން އޮށޯތީއެވެ.

***********************************************

    އަހަރެންނަށް ފުރަތަމަ ހުރިހާ އެއްޗެއްވެސް ފެނުނީ ފުސްކޮށެވެ. ހަޖަމް ކުރަން އުނދަގޫވެފައި އަހަރެން އިނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް އިރަކުން ބަޔަކު އަހަރެން ދަމާފައި ގެންދާކަން އެނގުނެވެ. ނަމަވެސް އަހަރެންނަށް އަދިވެސް އެއްވެސް ކަމެއް ކުރުމުގެ ހިތްވަރު އަންނާކަށް ނޫޅެއެވެ. މަންމައާއި ބައްޕަގެ ފުރާނަނެތް ހަށިގަނޑަކުން އަހަރެންގެ ނަޒަރެއް ނުނެގެއެވެ.

   އަހަރެން ކޮޓަރިއަކަށް ވެއްދި ކަންވެސް އެނގުނީ، މަންމަމެން އަހަރެންގެ ނަޒަރުން އޮބާލުމުންނެވެ. އަހަރެންނަށް ގޮތެއްވެސް ވާން މިއިނީ ނޭނގިފައެވެ. ކުއްލިއަކަށް މަޑުމަޑުން މީހަކު އަހަރެންގެ ކޮނޑުގައި ހިފިއެވެ. ކުޑަކޮށް ތަޅުވާލިކަން އެނގުނެވެ. ހަމަ ބިމަށް ފޭބުން ކަހަލައެވެ. އަހަރެންނަށް ރޯން އެނގުނީ ދެނެވެ.

   އަހަރެންގެ މުޅި ހަށިގަނޑުން ރޫރޫ އަޅަނީއެވެ. އަހަރެންނަށް އެއްވެސް ހުއްޓުމެއް ނެތި ރޮވުނެވެ. އިރުކޮޅަކުން މީހަކު އަހަރެންގެ ގައިގައި އަތް އޮޅާލިއެވެ. ވަގުތުން އަހަރެން ހިމޭން ވިއެވެ. ތެޅިގަނެފައި ދުރަށް ޖެހުނީމެވެ. ބިރުން އިނދެ އަހަރެން އޭނާ އާއި ދިމާލަށް ބަލާލީމެވެ. އެއީ އަންހެން ކުއްޖެކެވެ. އަހަރެންނަކަށް ވުރެ އުމުރުން ދޮށްޓެއް ނުވާނެއެވެ. “އައިމް ސޮރީ. އެމީހުން އަހަރެންގެ މަންމަ މެނަށްވެސް ހެދީ އެހެން.” އަތް މުއްކަރުވާލަމުން އޭނާ ބުންޏެވެ. އަހަރެން އޭނާގެ ލޮލަށް ބަލާލީމެވެ. އަހަރެން ބޭއިޚްތިޔާރުގައި ފަހަތަށް ޖެހުނީމެވެ. ބޭރު ކަޅި ބިއްލޫރި އަލިފާން ކުލައެއްގައި ދިއްލިފައި ހުއްޓެވެ.

   އޭނާއަށްވެސް އަހަރެން ފެނުނެވެ. ވަގުތުން ލޮލުގެ ކަޅި މުށި ކުލައަކަށް ބަދަލު ވިއެވެ. “ސޮރީ. ރުޅިއައީމަ ކޮންޓްރޯލް ނުވަނީ.” އޭނާ ބުންޏެެވެ. އޭނާ އާއި ނުތޮޅުމަށް އަހަރެން ހަނދާން ކުރީމެވެ. “އަހަރެންނަށް ކިޔަނީ އީވާ. އެކަމު އެންމެން ކިޔަނީ ލިވީ. ކޮޒް ޔު ނޯ…. އީވާ.. ކަމަކު ނުދޭ!” އޭނާ އަހަރެން ކައިރީ ތަޅުންގަނޑުގައި އިށީންނަމުން ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.

   ވަށައިން ފުރަތަމަ ފަހަރަށް އަހަރެން ބަލާލީމެވެ. ހުދު ހަތަރެސްކަން ކޮޓަރިއެކެވެ. ދެ އެނދު ފިޔަވާ މިތާ އެތެރެ ހުހެވެ. އަހަރެން ގުޅައަކަށް އޮށޯތީމެވެ. ވިސްނޭނެ ގޮތެއް އޮތީ އެގޮތް ވީމައެވެ.

************************

    “ޝިންނު.. ޝެނިން!” އަހަރެންނަށް ހޭލެވުނީ ލިވީގެ ބިރުގަނެފައިވާ އަޑުން އަހަރެންނަށް ގޮވުމުންނެވެ. އަހަރެންގެ ގައިން ދާ ހިއްލަނީއެވެ. މިހާރު މުޅިންވެސް ފެންނަނީ އޭގެ ހުވަފެނެވެ. ކުރިން ވެފައިވާ ކަންތައް ތަކުގެ އެތިކޮޅުކޮޅެވެ. “ކިހިނެއްވީ؟” އަހަރެން އަވަހަށް އެނދުން ތެދުވަމުން ބުނީމެވެ. ލޯ ކަހަމުންނެވެ. “އެމީހުން އާދޭއެބަ. ދާން ވީ އަވަހަށް” އޭނާގެ ލޮލުގައިވާ ހާސްކަން ފަނޑު އަލީގެ ބޮކިންވެސް ސާފުކޮށް ފެނެއެވެ. އަހަރެންނަށް އިތުރަށް ސާފު ކޮށްދިނުމުގެ ބޭނުމެއް ނެތެވެ. އަހަރެން މިހާރު ހުރީ ރަނގަޅަށް ހޭލާފައެވެ.

   ދަބަހަށް ލާން އޮތް އެއްޗެއް ލުމަށްފަހު އަހަރެން ލިވީ އާއި އެކު އަވަހަށް ބޭރަށް ނުކުތީމެވެ. އޭރު އިރަމް އަދި ޝަހުދް ބޭރުގައި ދަބަސް އަޅުވާލައިންގެ ތިއްބެވެ. މަޖަލެއް ނޫން ހެއްޔެވެ؟ ތިންމަސް ތެރޭގައި އަހަރެމެންގެ ހުރިހާ އެއްޗެއް ކުޑަ ދަބަހަކަށް ފައްތާލެވޭހާ އެއްޗެހި މަދު ވެއްޖެއެވެ. އަދިވެސް އިރަމް އަހަރެންނާއި ހަތަރު ކަޅި ހަމަ ކުރަން ދެކޮޅު ހަދަނީއެވެ. “މަށާއި ލިވީ ދާނަން މިހެން. ތިމީހުން ދޭ އެކޮޅުގައި އޭނި މަގުން. އޭރުން ފެންނަ ބަޔަކަށް ޝައްކު ނުވާނީ.” އެންމެން ނައްޓާލުމުގެ ކުރިން އިރަމް ބުންޏެވެ.

   ޝަހުދް އަތް މުއްކަރުވާލިއެވެ. ދަތްކުނޑިވިކާލިއެވެ. “މަ ބުނީ-” ޝަހުދަށް ބުނެވުނީ އެހާ ހިސާބަށެވެ. އިރަމް ހުރީ އަޑު އަހާކަށް ނޫނެވެ. ލިވީ އަތުގައި ހިފައި ދުއްވައި ގަތެވެ. އަހަރެން ގޮވަން އުޅުނީމެވެ. ނަމަވެސް ވިސްނާލީމެވެ. އިރަމް އެބުނީ ތެދެކެވެ. މިހެން ހެދިއްޔާ މީހުންގެ ސަމާލުކަން މަދުވާނެއެވެ.

   ޝަހުދްވެސް އަހަރެންގެ އަތުގައި ހިފާ ހިނގަން ފެއްޓެވެ. ނަމަވެސް އޭނާ ދިޔައީ އަހަރެންނަށްވުރެ ތަންކޮޅެއް ކުރިންނެވެ. އަހަރެންނަށް އޭނާގެ މޫނެއް ނުފެނެއެވެ. އަހަރެން ހާސްވާން ފެށީ މަޑު މަޑުން އަހަރެންގެ އަތަށް ޝަހުދް ބާރު ކުރަން ފެއްޓީމައެވެ. ނަމަވެސް އަހަރެން ހުއްޓުނީ އޭނާގެ އަތް އަހަރެންގެ އަތުގައި މާބާރަށް ހިފަން ފެށީމައެވެ. “ޝަހުދް! ތަދު ވޭއެބައޭ.” އަހަރެން އަތް ފޮޅާލަމުން ބުނީމެވެ. “ހުރިހާ ކަމެއްވެސް ކޭ ތަ؟” އަހަރެން އެހީމެވެ. ނަމަވެސް ޝަހުދް އަދިވެސް އަހަރެންނާއި ދިމާލަކަށް ނުބަލައެވެ.

  “ޔޫ ސްޓޫޕިޑް ބިޗް! ކަލޭއަށް އެނގޭތަ އެދެމީހުން ދިޔައީމަ ދެން ވާނެ ގޮތެއް؟” ޝަހުދް އެނބުރެމުން އެންމެ ފަހުން ހަޅޭލަވައިގަތެވެ. އަހަރެން ބިރުން ފަސްވަރަކަށް ފިޔަވަޅު ފަހަތަށް ޖެހުނީމެވެ. އޭނާގެ ނުބައި ބަހުރުވައިންނެވެ. ނަމަވެސް އިތުރު ކަމެއް ވިސްނުމަށް ވަގުތު ލިބުމުގެ ކުރިން، ނުވަތަ ޝަހުދް ބުނި އެއްޗެއް ހަޖަމް ވުމުގެ ކުރިން އަހަރެންނަށް ކުއްލި ތަދެއް ބޮލަށް އެރިއެވެ.

   “ތި މީހުންނަށް ވެއްޖެ އިރު!” ޝަހުދް ބުންޏެވެ. ނަމަވެސް އަހަރެންނަށް މިހާރު އަޑުތަށް މަޑުމަޑުން ފަނޑުވާން ފެއްޓެވެ. ބޮލަށް ތަދުވާ ތަނުގައި އަހަރެން އަތް އެޅީމެވެ. އެތަން ވަނީ ތެމިފައެވެ. އަހަރެން ވަގުތުން ލޮލާއި ދިމާލަށް އަތް ގެނައީމެވެ. އަނދިރީގައިވެސް އެއީ ލޭ ކަން އަހަރެންނަށް އެނގެއެވެ. ފަހަތަށް ބަލާލީ ދެނެވެ. ހަތަރު މީހުން ތިއްބެވެ.

    އަނދިރިވާން ފެއްޓެވެ. މަޑުމަޑުން ބިންގަނޑު އަހަރެންނަށް ގޮވާހެން ހީވެއެވެ. މަރުހަބާ ކިޔަމުން އަހަރެން އަނދިރި ގަނޑުގެ ތެރެއަށް ވަނީމެވެ. ބިންމައްޗަށް ވެއްޓުނެވެ. މަޑުމަޑުން ހޭވެރިކަން އަހަރެންނާއި ދުރުވާން ފެއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ފިކްޝަން

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ކަރުނަ އޭގެ އިންތިހާއަށް…..8 ވަނަބައި

Next

ތީ ހާދަ ލޯބި ލޯތްބެކޭ ، ބީވެއްޖެޔޭ އަތުން މަގޭ… ( 1ވަނަބައި )

Next
February 19, 2014

ތީ ހާދަ ލޯބި ލޯތްބެކޭ ، ބީވެއްޖެޔޭ އަތުން މަގޭ… ( 1ވަނަބައި )

Previews
February 18, 2014

ކަރުނަ އޭގެ އިންތިހާއަށް…..8 ވަނަބައި

4 Comments!

  1. ކިޓީ says:
    February 19, 2014 at 6:27 pm

    މިބައި ފެށުނު އިރު ވީގޮތެއް ނޭންގުނު.. އެނީވޭސް ވވ ރީތި… މީގެ ދެވަނަ ބައި ނިކުންނާނީ ކޮންއިރަކުތަ؟؟

    1. Jaishan says:
      February 19, 2014 at 7:17 pm

      މިހާރު ވީގޮތް އެނގޭއެބަތޯ؟
      ޝުކުރިއްޔާ ކިޓީ.. 🙂
      ނެކްސްޓް ޓިއުޒްޑޭގަ.

    2. shakko shamy says:
      May 3, 2014 at 6:22 pm

      yh dhow
      😉

    3. Jaishan says:
      May 5, 2014 at 12:53 am

      Ei anekka rangalhu yh ehtha
      Ehen kamugai vany nama thank yuh

Comments are closed.

Next Episodeހަތިޔާރު (ނިމުމުގެ ފެށުން: ދެވަނަ ބައި)←


All Right Reserved!