އެގާރަވަނަބައި ފިތުރުޢީދުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރަން ” އެހެންވީރު އުފާކުރޭ …. ޑޮކްޓަރާއެކު އެގެއަށް ގޮސް ރަނގަޅަށް ނިދާލާ. އޭރުން ހަމައަކަށް އެޅިދާނެ. ” ނިހާޔަތުގެ ބޮލުގަ ފިރުމާލަމުން ކާސިންފުޅު ވާހަކަ ދެއްކީ މިވަގުތައް އެންމެ މުހިންމުކަންތައް އިސްކުރަމުންނެވެ. ” އާން. ” އަނގައާއި ބޮލުގެ އިސާރާތުން ނިހާޔަތު ބުންޏެވެ. ޑޮކްޓަރާއި ނިހާޔަތު ކާރާއި ދިމާއަށް ހިނގައިގަތް އިރު ވެސް ކާސިންފުޅު ކޮންމެވެސް ސިއްރު ކިޔެވެއްޔެއް ކިޔަވަމުން އެ ހިސާބުގައި ހިނގަމުން ދިޔައެވެ. […]
( ސާދަވަނަބައި ) އެގޭގައި އިރުކޮޅަކު މަޑުކުރުމަށްފަހު ފިރާސާއި ވަދީފު ދިޔައީ ރިސާމުމެންގެއަށެވެ. އެއީއެގޭގައިއޭނާއުޅެދާނެކަމަށް ބަލާފައެވެ. އެގޭގައިކަންތައްތަކެއް ހިނގާފައިވީ ނަމަވެސް އެކަމަކަށް ބަލާކަށް އެދެޒުވާނުން ބޭނުމެއްނުވިއެވެ. ފިރާސާއި ވަދީފު އެގެއަށް ދިޔައިރު އެގޭތެރޭ އެއްވެސްމީހަކު ނެތެވެ. ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ދެތިންފަހަރަކު ސަލާންގޮވާލުމަށްފަހު އެއްވެސްމީހެއްގެ ހިލަމެއް ނުވުމުން ފިރާސާއި ވަދީފު އެކުގައި ކަހަލަގޮތަކަށް އެގެއަށްވަނެވެ. އެގޭތެރޭން މީހެއްގެ ހިލަމެއްނުވި ނަމަވެސް ގޭގައިވާ ހޮޅިބުރިތައްދިއްލައި އަލިކޮށްފައިވެއެވެ. ގޭތެރެބަލަމުން ބަލަމުންގޮސް ފިރާސާއި ވަދީފު ވަނީގިފިއްޔަށެވެ. އެއާއެކުހެން އެމީހުންގެ ލޮލުގައި […]
( ތޭރަވަނަބައި ) ތަކުރުބޭ ހިނަވައި ކަފުންކުރުމަށްޓަކައި އެ ހަށިގަނޑު ގެންދިޔައީ ތަކުރުބޭގެ ގެއަށެވެ. ސެނާވެސް އޭނާގެ މާމަގެއަށް ބަދަލުވިއެވެ. އަނިޔާވެރިކަމާއިރަހުމުކުޑަކަމުން ފުރިގެންވާފަދަގޮތަކަށް މަރާލާފައިވާ ތަކުރުބޭގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތެރުމާއެކުހެން މީހުންތައް ބިރުން ތެޅިފޮޅޭން ފެށިއެވެ. ހިތްބަލިމީހުން ރޮއިރޮއިފައި އެވާހަކަދައްކަމުން އެމީހުންގެ ޢާއިލާމީހުން ކޮބައިތޯ ބަލަމުންދިޔައިރު ހިތްވަރުހުރި ބައެއްމީހުން ރަށުތެރެއަށްނުކުމެ މީހުންތައްހަމައަކަށްއެޅުވޭތޯ މަސައްކަތްކުރަމުން ހިތްވަރާ ނަސޭހަތްދެމުންދިޔައެވެ. ތަކުރުބޭގެމޫނުފެނުނު އެންމޭންނާއި އެކަމާބެހޭ ފުރިހަމަމަޢުލޫމާތު ލިބިފައިވާ އެންމޭންވެސް ބުނަމުންދަނީ ތަކުރުބޭގެމަރަކީ އިންސާނަކު ގަސްދުގައިކޮށްފައިވާ ކަމެއްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. ހަމައެހެންމެ […]
( ބާރަވަނަބައި ) ރިސާމު އެހެންބުނި ނަމަވެސް ނަމާދުކުރާކަށް ސެނާ ނޫޅެއެވެ. ކުޑައިރުކޮޅަކު ފިލާވަޅުކިޔާލުމަށްފަހު ސެނާ ދިޔައީ އޭނާގެ މާމަގެއަށެވެ. ރޭގަނޑުގެ ހަމަހިމޭންކަމާއެކުގައި ވަގުތުތައްފާއިތުވަމުން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން އައިސް ފަތިސްނަމާދު ވަގުތުވުމުން ރިސާމު އޭނާގެ އާދައިގެމަތިން ފަތިސްނަމާދުކޮށްލައިގެން މަހަށްފުރައިފިއެވެ. އޭރު ވެސް ސެނާ އޮތީނިދާފައެވެ. އެހެންދުވަސްތަކެކޭވެސް އެއްފަދައިން ހަގަޑިފަނަރަ ހާއިރު ސެނާ ނިދާތެދުވެގެން ފާހާނާއަށްވަދެ ފެންވަރައި ތައްޔާރުވެލައިގެން މަދަރުސާއަށް ހިނގައްޖެއެވެ. މަދަރުސާއިން ސެނާއާ ސުމްނާ ބައްދަލުވިނަމަވެސް އެދެމެދުގައި އެއްވެސްގުޅުމެއްނެތުމުގެ ސަބަބުން އެދެމީހުން ވާހަކައެއް ނުދައްކައެވެ. ސެނާ […]
( އެގާރަވަނަބައި ) ގެއާއިގޯތިތެރެ އަދި މަގުތައް ކުނިކަހާ ސާފުކޮށް ކުނިގެންގޮސް އަންދާ ނިންމާލުމަށްފަހު ސެނާ އޭނާގެ އާދައިގެމަތިން އޭނާގެ މާމަމެން ގެއަށްދިޔައެވެ. ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ފަހެއްޖަހާކަން ހާއިރެވެ. ރިސާމު މަހުންއައިސް އެމަސައްކަތް ނިންމާލުމަށްފަހު ފެންވަރާންވެގެން ގިފިއްޔަށް ވަނުމާ އެކުހެން ރިސާމަށް ފާހަގަކުރެވުނީ ރޭގައި އޭނާ އިންދި ބޯކަށިކެޔޮމާގަނޑު ނެތްކަމެވެ. އެއާއެކުހެން ރިސާމުގެހިތުގައި ހައިރާންކަން އުފެދިގެން ދިޔައެވެ. ހަމައެހެންމެ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ވެސް އުފެދިގެން ދިޔައެވެ. ރިސާމު އަވަސްއަވަހަށް އައިސް ގޭތެރެބަލާލިއިރު ގޭތެރޭގައި […]
( ދިހަވަނަބައި ) ތަކުރުބޭގެ އެޖުމްލައިގެ ސަބަބުން ރިސާމުގެ ހިތުގައި އުފެދުނު ސުވާލުތަކާއެކުހެން ހާސްވެ ކަންބޮޑުވެސް ވިއެވެ. އެމާގަނޑަށްވީގޮތްފެނިފައި އޭގައިއަތްލާކަށް ރިސާމަކަށްނުކެރުނެވެ. ތަކުރުބެއަށް އެކަންފާހަގަކުރެވުމުން އެމާގަނޑުނަގާ ރިސާމުއަތަށް ދިނެވެ. މާގަނޑު ހިފައިގެން ރިސާމުމެން ގެއާދިމާއަށް ހިނގަމުންދިޔައިރު ވެސް ތަކުރުބޭ ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަމުން ގެންދިޔައެވެ. ރިސާމާއި ތަކުރުބެ އެމާގަނޑު ހިފައިގެން ރިސާމުމެން ގެއާއި ދިމާއަށް ހިނގަމުންދިޔައިރު ރަށުތެރޭން ފެންނަމުންދަނީ ނުހަނުހަމަހިމޭންކަމާއި ފަޅުކަމެވެ. ރަށުތެރޭން މީހަކު ނުފެންނައިރު ގެއެއްގެތެރޭން ގަދައައްޔެއްވެސް ނުފެނެއެވެ. ހަމައެހެންމެ ގަދައަޑެއްވެސް ނީވެއެވެ. ” ތި […]
( ނުވަވަނަބައި ) ގޭތެރޭގައިހުރި ރިސާމަށް ޖުމާނާގެއަޑު އިވުމާއެކުވެސް ކޮންމެ ވެސް ކަމެއް ވެއްޖެކަން ޔަގީންވިއެވެ. އަވަސް އަވަހަށް ދުވެފައި ކަހަލަގޮތަކަށް ގޮސް ގިފިލީ ދޮރުކައިރިއަށްހުއްޓި ޖުމާނާއަށް ގޮވާންފެށި ނަމަވެސް، ޖުމާނާގެ އެއްވެސްޚަބަރެއް ނުވިއެވެ. ދެތިންމިނިޓް އެގޮތުގައި ހޭދަކުރުމަށްފަހު ޖުމާނާގެ އެއްވެސް ޚަބަރެއް ނުވުމުން ރިސާމުގެ ހިޔާލު ބަދަލުވިއެވެ. އެހެންވެ ރިސާމު ދެން ކަންތައްކުރީ ގިފިއްޔަށް ވަންނާންހުރި ދޮރުގެތަޅު ހަލާކުކޮށްލާށެވެ. ގިފިލީދޮރުގެތަޅު ހަލާކުކޮށްލައިގެން ރިސާމުވަތްއިރު އެތަންއަނދިރިކަމުން ތަނެއްދޮރެއް އެނގޭވަރެއްނުވެއެވެ. އެހެންވެ އަވަސް އަވަހަށް ގެއަށްވަދެ ގިފިލީބޮކި ދިއްލިއެވެ. […]
( އަށްވަނަބައި ) ” މިހާރު ދޭއްޖަހަންވަނީ. ދޭއްޖެހީމަ ފެންވަރައިގެން ކާން އާދޭ. ބެޑްސީޓާއި އެއްޗިހި ރަނގަޅަށް ދޮންނާތި. ” ސެނާއާ ދިމާއަށް ބަލާލަމުން ޖުމާނާ ބުންޏެވެ. އަދި އެކޮޓަރިން ނުކުންނާން ހިނގައިގަތެވެ. ” މަންމާ! އަހަރެންގެ ދަރި.. ” މަޑުމަޑުން ސެނާ އަހާލިއެވެ. ” ލަދެއްނުގަނޭތައެވާހަކަ ދައްކާކަށް؟ ހަނދާންކުރާތި މީގެފަހުން އެމާހާއި ވާހަކަ ދައްކައިގެން ނުވާނެ. އަދި އެދަރީގެ ވާހަކަވެސް ދައްކައިގެން ނުވާނެ. ” ހިތްހަމަނުޖެހުމާއެކުގައި ވާހަކަ ދައްކަމުން ދައްކަމުން ޖުމާނާ ގޮސް އެކޮޓަރިން ނުކުތެވެ. […]
” ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއި އަންހެނަކާއި ފިރިހެނެއްގެ ހުނުމުގެ އަޑު ދޯ ؟ އެހެންވީރު މިކަމުގެ އަޑީގަ ވަރަށްބޮޑު ސިއްރެއް ވާނެ. ” އޭނާގެ އަތުގައިވާ ފޮތަށް ބަލާންހުރެ ކާސިންފުޅު ވާހަކަ ދެއްކިއެވެ. ޓޯޗްބައްތީގެ އަލީގެ އެހީގައި ކާސިންފުޅު އެފޮތްބަލަމުން ކިޔަމުން ދިޔައިރު، ހާސްކަމާ ނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލަ ހޯދާލަ ހުރުން ނޫން އެހެންކަމެއް ނިހާޔަތަކަށް ނުކުރެވެއެވެ. ” ނިހާޔަތު ފިޔަވާ އެހެން އަންހެންކުއްޖަކާ ސިފާންއާ ދެމެދު ގުޅުމެއް ހިނގާދިޔަކަން އެނގޭތަ ؟ ” […]