Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކަރުނަ އޭގެ އިންތިހާއަށް…4ވަނަ ބައި

ziyaad Level 110 Stories
February 8, 2014 5 Mins Read
1 Comment

               އެދުވަހު ދިމާވި މަޖާ ހާދިސާ އީނާޝް އޭނާގެ އެކުވެރިޔާއަށް ކިޔައިދިނެވެ. އޭރު އެދެކުދިން ހިނގަމުން ހިނގަމުންއައިސް އާސިމް މެން މަސައްކަތް ކުރާ ސަރަހައްދާއި އަރާ ހަމަ ވެއްޖެއެވެ. ” އަނީސާ އެޒުވާނާ ކިތައްމެ ހާވެސް ރީތި އެކަމަކު އެޒުވާނާއާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް އެޒުވާނާގެ އަހުލާގީ ފެންވަރު ހާމަ ކޮށްދީފި ” އީނާޝް ކިޔައިދިނެވެ. އަނީސާވެސް އެކުވެރިޔާގެ ބަހަށް ތާއީދުކުރިއެވެ.

                އާސިމް އާދައިގެ މަތިން އޭނާގެ ލޯ ދުށުމަށްއެދި އިންތިޒާރުކުރަމުންދާ އޭނާގެ ހިތުގެ ވެރިޔާ ގެ ހިޔަނި ނަމަވެސް ފެނޭތޯ މަގުމައްޗަށް ކަޅިއެއް އެއްލިއެވެ. އެވަގުތު އޭނާއަށް ހީވީ މެއަށް ފިނި ފެން އެއްޗެއް އަޅާލި ހެންނެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އޭނާގެ ހިތުގެ ވެރިޔާގެ މޫނަށެވެ. އެކުއްޖާގެ ކައިރީގައި އެހެން ކުއްޖަކުވެސް ހުއްޓެވެ. އާސިމްގެ ހިތުގެ ވެރިޔާ ކައިރީގަ އެހުރި ކުއްޖަކީ ކާކުކަން އޭނާއަށް އެނގުމާއެކު އާސިމް އަށް ކުޑަ ހިތްހަމަ ޖެހުމެއްލިބުނެވެ. އެއީ އެކުއްޖާ އާއި އެކު ހިނގާފަ އެދަނީ އާސިމްގެ ރައްޓެހި އަންހެންކުއްޖަކަށްވާތީއެވެ. އެކުއްޖާ މެދުވެރި ކޮށްގެން އެރީތި ކުއްޖާގެ ކިބައިން މާފަށް އެދެވޭނެ ފުރުސަތު ލިބި ދާނެ ކަމުގެ  އުއްމީދު އޮތަތީއެވެ. އެދެކުދިން އައިސް އާސިމް އާއި އަރާހަމަ ވުމާއެކު އާސިމް އެކުދިން ނުފެންނަކަމަށް ހަދާ އޭނާ އެކުރަން ހުރި މަސައްކަތަކާއިގެން މަސްހޫލުވިއެވެ. އީނާއަށް އެއްލިކަޅިއަކުން އެއްކަލަ ޒުވާނާ ފެނުނެވެ. އެއާއެކު ބޭއިހުތިޔާރުގަ ހުއްޓެވުނެވެ. ” ކިހިނެއްވީ…..؟” އީނާޝް ހުއްތުމާއެކު ކައިރީގަހުރި އަނީސާ އަހާލިއެވެ. އީނާޝް ދައްކާލީ އާސިމް އެވެ. “އެއީތަ ތިބުނާ ޒުވާނާ އަކީ……؟” އަނީސާއަށް އާސިމް ފެނުމާއެކު އަހާލިއެވެ. އާނ! އެއީ އީނާޝް ކުރިއަށް ހިނގައި ގައްނަމުން ބުނެލިއެވެ. ” އަހަރެން އޭނަ ދަންނަން…..! އަނީސާ ބުނެލިއެވެ. ” އޭނ! ދައްނަމޭ އެއީ ކިހިނެތް؟” އީނާޝް ހައިރާންވެފައި އަހާލިއެވެ. އަދި އެކުވެރިޔާގެ މޫނަށް ބަލާލިއެވެ. އަނީސާ ހިނިގަނޑެއް ޖަހާލިއެވެ. އަދި ހުއްޓި ހުރި އީނާޝްގެ އަތުގަ ހިފާ އައްނާށޭ ކިޔާފަ ހިނގައި ގަތެވެ. “އަހަރެން އޭނަ ދައްނާނެއެއްނު އޭނަ ހުއންނަނީ އަހަރެމެންގޭގައޭ” އަނީށާ ބުނެލިއެވެ. “އެހެންތަ…….ތިހެންޏާ ބުނެބަލަ އެޒުވާނާއަށް ކިޔަނީ ކޮން ނަމެއްތަ….؟ އެއީ ހަމަ އެހާ ގޯސް ފިރިހެނެއްތަ…….؟”  އީނާޝް އަހާލިއެވެ. އީނާޝްގެ އަޑުގައިވަނީ ސީރިއަސް ކަމެވެ. ” އައްދޭ….! އީނާޝް މިހާރު ތިވަނީ ކިހިނެތް؟ ބަލަ ކުރިން ބުނީމެއްނު ތިމަންނާއަކީ ހަމަ ތާކުން ފިރިހެނަކު ފެންނައިރަށް ފަހަތުން ދުވާނެ އަންހެނަކީ މެއްނޫނޭ……..އެކަމަކު މިހާރު…..އަހަރެންނަށް އޮޅިއްޖެ” އަނީސާ ސަމާސާ ރާގަކަށް ބުނެލިއެވެ. އެވަގުތު އީނާޝް ރަކިވިއެވެ. އީނާޝް ގަތް ލަދުން އިސްދަށަށް ޖަހާލިއެވެ. އަނީސާ އޭނާގެ އެކުވެރިޔާގެ ދަތް ދޮޅީގަ ހިފާ އިސް އުފުލާލިއެވެ. އަނީސާއަށް އެކުވެރިޔާގެ މޫނު ފެނުމާއެކު ހުރިހާ އެއްޗެއް ވިސްނުނެވެ. ” އެޒުވާނާއަށް ކިޔަނީ އާސިމް އޭނަ އުޅޭ އުޅުމުން އެއީ އެހާ ގޯސް ކުއްޖެއް ކަމެއް ފާހަގަ ކުރެވިފައެއްނެތް އެކަމކު ތިއަބުނާ ދުވަހަކު އޭނަ އެކުރީކީ ރަނގަޅު ހަރުދަނާ ޒުވާނަކު ކުރާކަހަލަ އަމަލެއް ނޫންދޯ” އަނީސާ ބުނެލިއެވެ. ” ހޫމް ދެން އެއްމެ ރަނގަޅޭ ދެން ތިވާހަކަ ހުއްޓާލާފަ އަޒޫމެންގެ ގެއާއައި ހަމައަށް ދެވޭތޯ އަވަހަށް ހިނގާބަލަ ” އީނާޝް ގެ ހިނގުން ބާރު ކޮށްލަމުން ބުނެލިއެވެ. އަދި  އީނާޝް އަށް އެޒުވާނާ ގެ ނަން އިވުމާއެކު ދެފަހަރަކު ހިތާ ހިތާ އެނަން ކިޔާލިއެވެ.

               މަސައްކަތްތައް ނިންމާލުމަށްފަހު އާސިމް ދިޔައީ އޭނާ ހުންނަގެއަށެވެ. ގެއަށް ގޮސް ފެންވަރާލައިގެން ނިކުމެ ބޭރު ޖޯލީގައި އިށީދެލިއެވެ. އާސިމްގެ މަގުސަދަކީ އަނީސާ އާއި ބައްދަލުކުރުމެވެ. ވަގުތަކީ އަނީސާވެސް ގޭގައި އުޅޭ ވަގުތެއްކަމުން އާސިމް އެތާ މަޑުކޮށްލީއެވެ. އެޖޯލިފަތި ހުންނަނީ ގޭގެ ވަލުފަރާތުގައި ހުންނަ ބޮޑު ބަނބު ކެޔޮގަސްދޮށުގައެވެ. އެޖޯލީގައި އޮންނައިރު ބަދިގެ ފަރާތުގައި އަންހެންވެރިން ހޭލަމޭލަވާތީ ފެނެއެވެ. ބަދިގެއިން ނިކުމެގެން ފެންތާނގީ ކައިރިއަށް ދެވޭނީ އެޖޯލިފަތި ހުރަސް ކޮށްފައެވެ. އާސިމް އިނތިޒާރު ކުރަމުން ދަނީ އަނީސާ އެމަގުން ކުރި ކަނޑާނެ ވަގުތަކަށެވެ. ވަގުތަކީ އިރު އޮށްސެމުން ދިޔަ ވަގުތު ކަމުން އަނީސާ އުޅުނީ ހަވީރުގެ ސައި ތައްޔާރު ކުރާށެވެ. “ދަރިފުޅާ އަނީސާ ބައްޕަ ދުރުވެއްޖެތަ…؟” ބަދިގެތެރޭގައި ސައިތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން އަނީސާގެ މަންމަ އަހާލިއެވެ. “އަދި ބައްޕައެއް ނުދުރުވޭ އެކަމަކު އަޅު ގަނޑަށް ހީވަނީ އާސިމް އަތުވެއްޖެހެން……” އަނީސާ ތަށިތަށް ދޮންނަން ހުރެފައި ޖަވާބު ދިނެވެ. ” އެހެންތަ އެހެންވިއްޔާ ތިއަށްވުރެ އަތްމަތި އަވަސް ކޮށްލާފަ މޭޒުމަތި ރީތިކުރަން އާދޭ…” މަންމަ އެދުނެވެ. އަނީސާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށް ފަހު އަވަސް އަވަހަށް ތަށިތައް ދޮންނަން ފެށިއެވެ.

               އާސިމް ޖޯލީގައި އޮށޯވެ ރަނގަޅަށް ހަމަ ޖެހިލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިނގާލިއެވެ. ބޯމަތިން ފެންނަނީ ބިޔަ ބޮޑު ބަނބު ކެޔޮ ގަހުގެ ގޮފިތަކެވެ. އޭގައި ފަޅާފަ ހުރި ބޮޑެތި ފަތްތަކެވެ. ޖެހެމުންދާ މަޑު ވައިރޯޅިއާއެކު ގަހުގެ އޮފިތައް ކޮންމެވެސް ވަރަކަށް ހެލިލައެވެ. އެއާއެކު އެއިވޭ މިއުޒީކީ އަދުގެ ސަބަބުން ހިތްހަމަ ޖެހުން ގެނުވައިދެއެވެ. އުޑުމަތީގައި ކޮންމެވެސް ވަރަކަށް ކޮތަރިވިލާ ހުއްޓެވެ. ހޮޅަގުފަރާތުން ރަތްވިލާގެ ކުލަ ފާޅުވަމުންދެއެވެ. މިރީތި މަންޒަރުތައް ފެނުމާއެކު އާސިމްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އާސިމްލޯމަރާލިއެވެ. އެއާއެކުސިފަވާންފެށީ އޭނާގެ ހިތުގެ ބައިވެރިޔާއެވެ.އެރީތި ލޮލެވެ. އަޖައިބެއްފަދަ ހިނިތުންވުމެވެ.

                 އާސިމް ހުރީ ރަށުގެ ހުޅަނގުފަރާތު އަތިރިމަތީގައެވެ. އިރުއޭގެ ވާޖިބުއަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަނީއެވެ. އާސިމް ހުރީ އޭނާގެ ލޯބިވެރިޔާގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރު އިރު ކޮޅާ އަތުކުރީގަ އޮތް ގަޑިއަށް ބަލާލައެވެ. ކުއްލިއަކަށް އައި ވައިރޯލިއެއްފަދައިން އައިސް އާސިމްގެ ކުރިމަތީގަ ހުއްޓުނީ އާސިމްގެ ލޯބިވެރިޔާއެވެ. އާސިމް ދިޔައީ ތައްޅުވައިގެނެވެ. އައި ނައި ދިމާލެއްނޭނގި ކުއްލިއަކަށް އައިސް ހުއްޓުނީތީއެވެ. އާސިމް ހުރީ އޭނާގެ ލޯބިވެރިޔާ އައުން ލަސްވިއަތީ ހިތްހަމަ ނުޖެހިފައެވެ. އެކަމަކު ލޯބިވެރިޔާގެ ފަރި ހިނިތުންވުން ފެނުމާއެކު އާސިމްގެ ހިތްހަމަ ޖެހުން ފިލާ ހަމަ ޖެހިއްޖެއެވެ. އާސިމް ގަސްތުކުރީ ނުހަނުލޯބިން އޭނާގެ ލޯބިވެރިޔާގެ ނިޔަނެތި އަތްތިލާގައި ބީހިލާށެވެ. މިހެންވެ އާސިމްގެ އަތް ލޯބިވެރިޔާއާއި ދިމާއަށް ދިއްކޮށްލިއެވެ. “އާސިމް އަސިމް ސައިތައްޔާރު ވެއްޖެ ސައިބޯން ދާންވީނު…..!” އާސިމް އަށް ހޭވެރިކަންވީ އަނީސާ ގޮވާ އަޑަށެވެ. އާސިމް ތެދުވެ ހަމަ ޖެހިލިއެވެ. ” އަނީސާ….!” އަނީސާ އާސިމް ކައިރި ސައިބޯން އައްނާށޭ ބުނެފަ އެނބުރި ގެއާ ދިމާލަށް ދާން ހިނގައި ގަތްތަނާ އާސިމް ގޮވާލިއެވެ. “ކިހިނެއްވީ؟” އަނީސާ އެނބުރި އާސިމް ކައިރިއަށް އައިސް އަހާލިއެވެ. ” އަނީސާ ގާތު ކުޑަ ވާހަކަ އެއް ދައްކާލަން ވެފަ އެބައޮތް…….ބިޒީ ނޫނިއްޔާ ވަގުތުކޮޅެއް ދެވިދާނެތަ…..؟” އަނީސާ އައުމުން އާސިމް އިންތަނުން ކޮޅަށް ތެދުވެ އަހާލިއެވެ. އަނީސާ ހިނިތުންވެލިއެވެ. އެއަށް ފަހު ޖޯލީގައި އިށީނެވެ. އާސިމް އެދައްކަން އުޅެނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގެއެވެ. ” ހޫމް ދެން ތިބުނަން އުޅޭ ވާހަކައެއް ބުނެބަލަ!” އަނީސާ އެދުނެވެ.

                    އާސިމް އަނީސާ އިށީދެގެން އިންޖޯއްލި ދޫކޮށް ދެން އިންޖޯލީގައި އިށީނެވެެ. އެއަށް ފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ” އަހަރެން ހިތައްއަރާ މިވާހަކަ ފަށާނީ ކޮން ހިސާބަކުން ބާއޭ…..މަށަށް ހީވަނީ އިހަކަށް ދުވަހު މަށަށް ކުރެވުނު ކޮސްކަމެއްގެ ވާހަކަ އަނީސާއަށް ވެސް އަޑު އިވިފަހެން އޮއްނާނީ…” އާސިމް ވާހަކަ ފެށިއެވެ. “އާނ އަޑު އިވިފައޮތީ….” އަނީސާ ހީލަމުން ބުނެލިއެވެ. އަދި އާސިމްގެ މޫނަށް ބަލާލިއެވެ. އެމޫނުގައި ލަދުވެތި ކަމާއި މާޔޫސްކަން ނޫން އެހެން ކުލައެއްނެތެވެ.             ” އެއީ އަހަރެން ގަސްތުގަ ކުރި ކަމެއްނޫން…..އަހަރެން ބޭނުން އެކުއްޖާގެ ކިބައިން މާފަށްއެދެން…..! އަނިސާ އަހަރެންނަށް އެކުއްޖާއާއި މީޓް ކުރެވޭނެގޮތް ހަދައި ދީފާނަންތަ…..؟ ” އާސިމް އޭނާގެ މަގުސަދު ހާމަ ކުރިއެވެ. ‘މައްސަލައެއް ނޯއްނާނެ އަހަރެން އާސިމްއަށް ތިކަން ކޮށްދޭނަން……!” އަނީސާ ވަރަށް އިތުބާރާއެކު ބުނެލިއެވެ. “ވަރަށް ބޮޑަށް ސުކުރިއްޔާ….. އަދި އެއްވާހަކަ އެކުއްޖާއަށް ކިޔަނީ ކޮން ނަމެއްކަން ބުނެވިދާނެތަ؟ ” އާސިމް ބުނެލިއެވެ.  ” އެކުއްޖާއަށް ކިޔަނީ އީނާޝް އެކުއްޖާ ހުރީ ހަމަ ހުސްކޮށް އާސިމް އެކުއްޖާ އާއި ރައްޓެހިވާން ބޭނުންތަ…..” އަނީސާ ލާނެތް ފާޑަކަށް ބުނެލިއެވެ. އެއާއެކު އާސިމް ކައިރިއަށް ހިނިއައެވެ. ” ކިހިނެއްތޓަސްލާފަ ތިހިސާބަށް ދާނީ….؟” އާސިމް މަޖާވެލާފަ ބުނެލިއެވެ. ” ހަމަ އެހެން ކުދިންވެސް ދާގޮތަށް ދާނީ ފުރަތަމަ މާފަށް އެދޭނީ ދެން ލޯބިވާ ވާހަކަ ބުނެފަ ރައްޓެހިވާން އަހާނީ ކިހިނެތް އެނގެނީ އީނާޝްގެ ހިތުގަ ވަނީ އާސިމް ނޫންކަމެއް…..” އަނީސާ ބުނެލިއެވެ. އަނީސާ ބޭނުންވަނީ އާސިމްގެ ހިތުގައި އޮތް އެއްޗެއް ބަލާށެވެ. އަނީސާގެ މިޖުމްލަތަކުން އާސިމް އަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާގެ ހިތް އެދި ރޮމުން މިދާ ކަންތައް ހާސިލް ވެދާނެހެން ހީވާކަހަލައެވެ. ” އާސިމް ވެސް އީނާޝް ދެކެ ލޯބިވޭދޯ” އަނީސާ އަހާލިއެވެ. “އާސިމްވެސް އޭ ތިއެހީ ކީއްވެ؟ އާސިމް ކުއްލިއަކަށް އަހާލިއެވެ. ” އުހު މިބުނީ އާސިމް އޭނަދެކެ ލޯބިވޭހޭ…؟” އަނީސާ އަހާލިއެވެ. އިހަށް ތިވާހަކަ ނުދައްކާ ފުރަތަމަ އެކުއްޖާގެ ކިބައިން މާފަށް އެދެވޭނެ ގޮތް ހަދައިދީ އިނގޭ” އާސިމް އަނީސާގެ ސުވާލަށް ޖަވާބު ނުދީ އޭނާ މިވަގުތު ބޭނުންވާގޮތް ހާމަ ކުރިއެވެ. ” ހޫމް އޯކޭއޭ…..މަށަށް އެނގޭ މިވަގުތު ޖަވާބު ދޭން ބޭނުން ނުވީކަން…… ބައްދަލު ކުރާނެ ތަނާ ގަޑިއާ އަހަރެން ފަހުން އަންގާލާނަން އިނގޭ…..ދެން ހިނގާ ސައިބޯން…..” އަނީސާ ޖޯލިން ތެދުވަމުން ބުނެލިއެވެ.

                އާސިމްގެ މިލާ މޯޅިވެފައިވާ މޫނު އުޖާލާވެ އަލިވެގެން ދިޔައެވެ. ވެފައިވާ މާޔޫސްކަން ފިލާ ހިތަށް ހަމަޖެހުން ލިބުނެވެ. އަނީސާ ކައިރި ބުނެފިއްޔާ އަނީސާ އެކަން ކޮށްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އާސިމްއަށް އޮތީ  މާކުރިންވެސް ލިބިފައެވެ.ލިބިފައެވެ. މިވީ ދުވަސްތަކުގެ ތެރޭގަ އަނީސާ އާއި އާސިމް ވަނީ ގާތް ދެރަހުމަތް ތެރިންނަށް ވެފަ ވިއްޔާއެވެ.

               “ހަނީފާ ހާދަ ތަދޭ ދޯ މިހާރަކަށް އައިސް ފެނިވެސް ނުލާވިއްޔަ..” އީނާ ގޭގައި ފިލްމެއް ބަލަން އިންދާ ހަނީފާ އައެވެ. ހަނީފާ ހިނިތުންވެލާފައި އެތެރެއަށް ވަނެވެ. އަދި އީނާޝް އާއި ޖެހިގެން އިން ސޯފާގަ އިށީނެވެ. “މިހާރު ފެނިވެސް ނުލަނީ އަހަރެމެންނާއި ރުޅީތަ؟” އަނެއްކާވެސް އީނާޝް ވާހަކަ ދެއްކިއެވެ. “ރުޅީކީ ނޫން އަސްލު ނާދެވެނީ މިހާރު އުޅެންޖެހޭލެއް ބިޒީކަމުން!” ހަނިފާ ކިޔާދިނެވެ. އެހެންތަ އަނެއްކާ ބިޒީ ކޮށްލައިގެން ކީއްކުރަނީ….؟” އީނާޝް އެކުވެރިޔާގެ މޫނަށް ބަލާލުމަށް ފަހު އަހާލިއެވެ. “މިއުޅެނީ މެރީކުރަން….! އައްނަ ހަފުތާގަ އަޔާ އެބައާދޭ!” ހަނީފާ ސިއްރު ސިއްރުން ބުނެލިއެވެ. “ހަމަ އަސްލުވެސްތަ؟ ކޮންގުރާ އިނގެ” އީނާޝް މަރުހަބާ ކިއެވެ. “ކޮންމެހެން ގުރައެކޭ މާކަނައެކޭ ކިޔާނެ ކަމެއްނެތް އީނާޝް ވެސް އަވަހަށް މެރީކުރަން އުޅޭ އިނގޭ….!” ހަނީފާ ސަމާސާ ރާގަކަށް ބުނެލިއެވެ. އެއާއެކު އީނާޝް ހިނިގަނޑެއް ޖަހާލިއެވެ. “އަހަރެންދޯ……! އަހަރެން އަހަރެންވެސް މިހާރު ތިކަހަލަ ކަމަކާ އެބަ ވިސްނަން…..” އީނާޝް ބުނެލިއެވެ. ” ހަމަ އަސްލުވެސްތަ؟ އީނާޝްގެ ހިތް ކިޔާކަހަލަ ޒުވާނާއަކާ ދިމާވީދޯ…..އެއީ ކުރީދުވަހު މަގުމަތިން ދިމާވެ އީނާޝްގެ އަތުގާ ބޮސްދޭން އުޅުނު ޒުވާނާތަ؟” ހަނީފާ ސުވާލު ފޯޏެއް އޮއްސާލިއެވެ. ސާބަހޭ އެއްފަހަރާ ހާދަ ބައިވަރު ސުވާލެއް ތިކޮށްލީ …..؟ އީނާޝް ހަނީފާ އަށް ބުނެލިއެވެ. “ދެން ބުނެބަލަ އެއީ އެޒުވާނާތަ؟” ” ތިއެއް ބުނާކަށް އަދި ނޭނގެ ވަގުތު ޖެހުނީމަ އެކަން އެނގޭނެ.” އީނާ ކުރުޖަވާބަކުން ފުއްދާލިއެވެ.

              އާސިމް އަނީސާ އާއި ހަވާލުކުރި ކަންތަކާ އަނީސާއަށް އުޅެވޭ ވަރުވީ އޭގެ ދެދުވަހެއް ވަރު ފަހުންނެވެ. އަނީށާ އީނާޝް އާއި ވާހަކަ ދައްކައިގެން އެދެކުދިންނަށް ބައްދަލުކުރެވޭނެ މަގު ފަހިކޮށްދިނެވެ. އެއަށް ފަހު އެކަން އާސިމް އަށް ވެސް އެންގިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީ މަގޭ… 3 ވަނަބައި

Next

ލަފްޒު (ފުރަތަމަބައި) -ސްނީކް ޕީކް-

Next
February 9, 2014

ލަފްޒު (ފުރަތަމަބައި) -ސްނީކް ޕީކް-

Previews
February 8, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ… 3 ވަނަބައި

One Comment

  1. nuxiiii says:
    February 9, 2014 at 6:14 pm

    ITS NICE……

Comments are closed.

Next Episodeކަރުނަ އޭގެ އިންތިހާއަށް….5ވަނަބައި←


All Right Reserved!