“ފަރީޤް މިހާރު ހުރިހާކަމެއް ނިމުނީ.. ކަލޭއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް.. ރީޝާ ދޫކޮށްލާ..” ރީޝާ ގަދަހަދަމުން ދިޔައެވެ. އަހަރެން ފަރީޤްއާއި ކައިރިއަށް ފިޔަވަޅެއް އެޅިވަގުތު އޭނަ ފަހަތަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” ރީޝާގެ އަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް ވަޅި ނެގި ތަނެއް ނޭނގި ފަރީޤްގެ ބަނޑަށް ވަޅި ހަރާލިއެވެ. ކުއްލި ސިހުމާއި އެކު ފަރީޤް ރީޝަ އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ބަޑި ގޮއްވާލިއެވެ. ************ އަހަރެންނަށް ސިހިފައި ފަހަތަށް ޖެހިލެވުނީ […]
“ނޫނޭ، ފްލޯރާ މަރުވީ ނޭވާ ހާސްވެގެންނު؟ އެގޭ ލިފްޓު ހުއްޓުނީކަމަށް ވާނީ. މަގޭ މިހިތަށް މިއަރަނީ ކީއްވެބާއޭ އެމީހުން ފުލުހުންނަށް ރިޕޯޓުނުކުރީ.” އެޑެމް މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ. $$$$ “އޭނަ މަންމަ ދުނިޔެއިން މޮޔަވާ ހިސާބަށް ދިޔައީމަ އެމީހުންނަށް ޑާނާގެ ކަންތަކުގައެއްނު އުޅެވުނީ؟” ތޯމަސް ބުންޏެވެ. އެޑެމްގެ ޖަވާބެއް ނައުމުން އޭނައާ ދިމާލަށް ބަލާލިއިރު އޭނާ މޫނުގައި ކަނާއަތް އަޅައިގެން ހުރެ ވޭނީގޮތަކަށް ރޮނީއެވެ. ތޯމަސް އޭނާގެ އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ނޮރޯށޭ ބުނާ ކަހަލަ […]
ވީ ފޫހިންނާއި ދެރައިން، އެޑެމް އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. “އޭ އެޑެމް، ތިދަބަސް ބަހައްޓާފަ ދޭބަލަ އޮފީހަށް ގޮސް ގެއަށް ގުޅަން. ގުޅާފަ ބުނެބަލަ ބެލްޓު ގެނެސްދޭށޭ.” ތޯމަސް ގޮވާލިއެވެ. “ދެން ނޫނެކޭ، ކަލޭ ތިއުޅެނީ އިތުރަށް މަ ލަދުގަންނަވަންތަ؟” ރުޅިމޫނު ދައްކައިގެން ހުރެ އެޑެމް ދިޔައެވެ. ބްރޭކް ގަޑިއެވެ. “ނަމްބަރ ސެވަންޓީން ހައިސްކޫލް”ގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިބީ ކެފެޓޭރިއާގައެވެ. “އޭ އެޑެމް، އިސްޓާކީންވެސް ނުލާތަ ތިއައީ މިއަދު؟” ކާއެއްޗެހި ގަންނަން ކިޔޫގައި […]
“އަހަރުމެންނަށް އެގިއްޖެ ޖަނާން ހުރި ތަނެއް” ވަހީދު އެތެރެއަށް ވަންނަމުން ނިހާންއާއި ދިމާލަށް ބުނެލިއެވެ. އުފަލާއި އެކު ނިހާން ތެދުވިއެވެ. “އޭނަ ދުނިޔޭގަ އެބަ ހުރި.. އެކަމަކު އެހާ ރަނގަޅު ހާލަތެއް ގައެއް ނޫން.. އަހަރެން ބޭނުން ތި ގްރޫޕްގެ އެންމެންނާއި ވާހަކަ ދައްކަން..” ވަހީދުގެ އަޑުގައިވަނީ ހާސްކަމެވެ. ނިހާން އަވަސް ކަމާއި އެކު ފޯނު ނަގާ ފައިސަލް އަށް ގުޅާލިއެވެ. ފައިސަލް ފޯނު ނެގުމުން ޖަނާންގެ ހަބަރު ދިނެވެ. އަދި ވަހީދު ބައްދަލު ކޮށްލަން ބޭނުންވާ […]
މަންމަމެން ތިބީ ނިދާފައިކަމުން އެމީހުންނަށް ގޮވާ ހޭލައްވާކަށް ޖެސިކާ ބޭނުމެއް ނުވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތްތާ އިރުތަކެއްނުވެ ނިދިއްޖެއެވެ. ޖެސިކާއަށް ހޭލެވުނީ ހެނދުނު ނުވައެއްޖަހާ ބޮޑުވި ފަހުންނެވެ. އަވަސްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަމެން ހާސްވެގެން އުޅޭތަން ފެނެއެވެ. “ކިހިނެތްހޭ ވީ؟ ވެގެން އުޅޭގޮތެއް ނޭނގޭތަ؟ މިއުޅެނީ ޖެސިކާގެ އެއްމާބަނޑު ފްލޯރާ މަރުވެގެންނޭ.” ޖެސިކާމެންގެ މަންމަ ޑާނާ ހާސްވެފައި ހުރެ ބުންޏެވެ. ޖެސިކާވެސް ހާސްކަމެއް މޫނަށް ވެރިކުރުވަމުން ކިހިނެތްވީ ކަމެއްހޭ އަހާލިއެވެ. ޑާނާ ބުނި ގޮތުގައި މި […]
ޖެސިކާ އަޑުއިވުނުކަމަށްވެސް ނުހަދާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޭރީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ރަނގަޅަށްވިއްޔާ އޭނަ ސްކޫލަށް އަންނާނީވެސް އެކަންޏެވެ. މިއޮށްފަދަ ފިނި، އަނދިރި ރޭގައިވެސް ބިރެއް ފިކުރެއް ނެތި އެއައީއެވެ. އެހެންނޫނަސް މިކަހަލަ ރޭތަކުގައި މީހުން ސްކޫލަށް އާދޭހެއްޔެވެ؟ އޭނާއަށް ވާނެނަމަ، މިހާރު މޭރީ އިންނާނީ ގޭގައެވެ. އެކަމަކު ޖެސިކާމެން މިރޭ ސްކޫލަށް އަންނަ ވާހަކަ ބުނެފައި އޮތުމުން އެމީހުން އެކަނިކޮށްނުލަންވެގެން އައީއެވެ. އެޑެމްމެން ނަޔަސް ޖެސިކާ ކޮންމެ ގޮތެއް […]
ވެހެމުންދިޔަ ވާރެއަށް އާޝޯޚުވެފައި ބަލަން ހުރެ ޖެސިކާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ކަކުލާ ހަމައަށް އަރާ ގަދަ ފެހިކުލައިގެ ބޯ ޔުނީފޯރމުގައި އޭނާ ފެންނަނީ ލޫޅާފަތިކޮށެވެ. އެޔުނީފޯރމުގެ މޭމަތީގައި ދެބަރިއަށް ހައެއްކަ ކަޅުކުލައިގެ ބޮޑެތި ގޮށް ހުށްޓެވެ. އުފަންވިއިރުވެސް ޖެސިކާއަށް ލިބިފައިވަނީ ފެހިނޫ ކުލައިގެ ލޮލެކެވެ. މުށިކަޅު ކުލައިގެ އެބުޅިފަން އިސްތަށިގަނޑު ވަނީ މަށްޗަށް ނަގައި ހުޅިއެއް ޖަހާފައެވެ. ހަމުގެ ކުލަ މާއަލިނޫނަސް މާކަޅެއްވެސް ނޫނެވެ. ގުގުރީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ހަމައެއާއެކު ވާރޭ އިހުނަށްވުރެވެސް ބޯކޮށްލިއެވެ. […]
ދެމީހަކު އެކަކު ދަމާފައި އެތަނަށް ވެއްދިއެވެ. އަދި އެތަނުގެ މެދައް ވައްޓާލުމަށްފަހު އެދެމީހުން ނިކުމެގެން ދިޔައީ އަހަރެން ދޮރުގެ ފަހަތުގައި ހުއްޓައެވެ. އެމީހުން އަހަރެން ކޮބާތޯ ބަލާވެސް ނުލައެވެ. އެމީހާ އޮތީ ހުއްޑުން ކަމުން އެމީހުން ދޮރު ޖެހުމުގެ ކުރިން އަހަރެންނަށް އެމީހާގެ މޫނު ފެނިގެން ދިޔައެވެ. “ހިލްމީ..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންނަށް ހިލްމީގެ ނަން ކިޔާލެވުނެވެ. “ހިލްމީ” ދެވަނަ ސިކުންތުގައި އަހަރެންގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. އަވަސްކަމާއި އެކު […]
“އަހަރެންނަށް ކަލޭމެން ދިން ހޮސްޕިޓަލްޓީއަށް ވަރަށް ބޮޑަށް ޝިުކުރިއްޔާ.. ދިއުމުގެ ކުރިން އެއްޗެއް އަހާލަން ބޭނުންވޭ.. ކަލޭމެން އެއްވެސް މީހަކަށް ހިލްމީގެ ހާލަތެއް އެނގޭތަ” ނާޝިދު ނުލަފާ ފާޑަކަށް ހީގަންނަމުން ސުވާލު ކޮށްލިއެވެ. ފައިސަލްއާއި ނިހާންއަށް އެކަކު އަނެކަކާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ. ************ “ހިލްމީގެ ހަބަރެއްވޭތޯ ބަލާބަލަ” ހާސްކަމާއި އެކު ނިހާންއާއި ދިމާލަށް ފައިސަލް ބަލާލީ ނާޝިދު އެތަނުން ނިކުމެގެން ދިޔައީމައެވެ. އަދި ބާރު ހިގުމެއްގައި އައިސް ޔާސިރު ހުރިތޯ ރޫމްއަށް ވަނެވެ. “ސަރ ހިގައްޖެ” […]