Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (19 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 25, 2015 4 Mins Read
26 Comments

އޭރު ޖޭޑް ބިންމަތީ އޮވެ ތެޅި ފޮޅެމުންދިޔަ އެވެ. މިކްޔާލް އައިސް ޝެރިން ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ޝެރިން ކުއްލިއަކަށް މިކްޔާލްގެ އަތްދަށުން ދެމިގަތެވެ. އެވަގުތު މިކްޔާލަށާއި، ޔައިނާއި ދެން ތިބި މީހުންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ.

“ކޮއްކޯ…؟؟” މިކްޔާލަށް ބުނެވުނެވެ. އޭރު ޝެރިން ކަޅިޖަހާވެސް ނުލާ ޖޭޑާއި ދިމާއަށް ބަލަން ހުއްޓެވެ.

“ޖާވިން…” ޝެރިންގެ އަނގައިން ނުކުތް ލަފްޒު މިކްޔާލްގެ ކަންފަތާ ހަމައަށް ފޯރުމާއިއެކު މިކްޔާލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ.

“ޖާވިން…؟؟” މިކްޔާލަށްވެސް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

“ބޭބެ… އޭނަ ގަޔަށް ބަޑިޖެހީ ކީއްކުރަން؟؟” ޝެރިންގެ އަޑު ތުރުތުރު އަޅައިގަތެވެ. މިކްޔާލްގެ ގައިގައި އޮޅުލައިގަނެގެން ހުރެ ރޮމުން ގެންދިޔައިރު މިކްޔާލަށް ހުރެވުނީ ޚަބަރު ހުސްވެފައިވާ ޖޭޑާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

އެވަގުތު އެތަނަށް ކަޅުފޮތިން ނިވާވެފައިވާ ގާޑުން ތަކެއް އަންނަ އަޑު އިވެންފެށުމުން މިކްޔާލް އަވަސް ހަރަކާތަކާއެކު ޖޭޑް އުފުއްލައިލި އެވެ. ހައިރާންވެފައި ތިބި ޝެރިންމެނަށް ސަމާލު ކަމެއް ނުދީ ޖޭޑްގެ އަތް އޭނާގެ ކޮނޑަށް ލައިގެން އޭނާގެ ފަހަތުން އައުމަށް ޝެރިންމެނަށް އަމުރު ކުރި އެވެ. ޔައިންވެސް ޝެރިންގެ އަތުގައި ހިފައިގެން ދުއްވައިގަތީ ރައްކާތެރި ހިސާބަކަށް ދެވޭތޯ އެވެ.

އެމީހުންގެ އެދަތުރުގެ އާރުކާޓީއަކަށްވީ ރާނީ އެވެ. ރާނީއަކީ ކުރިންވެސް އައިރިސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހިއްސާދާރެއްކަމުން ކޮންމެވެސް ވަރަކަށް މިއިމާރާތަށް ވަދެވިފައިވާތީ އާއިއެކު ފުދޭވަރަކަށް ތަންނަން ދަސްވެފައިވެ އެވެ. ނަމަވެސް މިހާރު އޭނާވަނީ މިކުންފުނީގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާތީ ކުންފުނިން ވަކިވެފަ އެވެ.

ބައިގަޑިއެއްހާއިރު އެތަނުގެ ތެރޭގައި ތެޅިފޮޅިފައި އެންމެ ފަހުން ވަދެވުނީ އިމާރާތުގެ ވަރަށް އެތެރޭގައިހުރި ހަދަން ފަށާފައިވާ ބަޔަކަށެވެ. ފުދޭވަރަކަށް ހިރަފުހާއި މަކުނުވާ ހުއްޓެވެ. ނަމަވެސް މިކްޔާލް މެންގެ ސާމާނުތައް ބަހައްޓާފައި ވުމުން މިއީ މީހުން އުޅޭ ތަނެއްހެން ހީވެ އެވެ. މިކްޔާލްމެން ގިނަ ޢަދަދަކަށް ކާބޯބަކެއްޗާއި، އަންނައުނާއި، އަވަސް ފަރުވާއަށް ބޭނުންވާ ގިނަ ތަކެތި ގެނެސް ހުއްޓެވެ. އަދި ތަޖުރިބާ ހުރި ޑޮކްޓަރެއް އެޓީމުގައި ހިމެނެވުމަކީ އެމީހުންނަށް ލިބުނު އިތުރު ހިތްވަރެކެވެ. މިކްޔާލްގެ އެދުމުގެ މަތިން އެމީހުންނާއިއެކު ގެނައި ތިން މީހުން އެތަން ފޮޅައި، ޖޭޑް ބޭއްވޭނޭހެން ތައްޔާރުކޮށްލި އެވެ. އަދި މިކްޔާލްގެ އަމިއްލަ ގަމީހުން ބައެއް އިރާލާފައި ޖޭޑްގެ ބަނޑުގެ ވަށައިގެން ލޭމަނާވާނޭހެން އޮޅާލި އެވެ.

“ޔާލް ބޭބެ ކީއްވެ އޭނައާ މެދު ތިރަނގަޅަށް ކަންތައް ކޮށްދެނީ؟ މިއީ އަހަރެމެންގެ ދުޝްމިނެއްނު…” ޔައިން އެހި އެވެ. އޭރުވެސް ޝެރިންގެ ނަޒަރު ޖޭޑަކާއި ވަތްކެތް ނުވެ އެވެ. އޭނާއަށް މިފެންނަ ފެނުން ޤަބޫލު ނުކުރެވެނީ ކަންނޭނގެ އެވެ.

މިކްޔާލް ވަކި ޖަވާބެއް ނުދެ އެވެ. ޑްކޮޓަރު ބަލިބަލާ ކަށިގަނޑުން ޖޭޑްގެ ވިންދު ބެލި އެވެ. އަދި ޒަޚަމުގެ ފުންމިނާއި، ނުރައްކާ ބަލައި، އޮކްސިޖަން ގުޅި އެވެ. އަދި ޖޭޑްގެ ހަށިގަނޑަށް އިތުރު ހޮޅިތައް ގުޅަން ފެށުމުން މިކްޔާލް މިވަނީ ކީއްތޯ ސުވާލު ކުރުމުން ބުނި އެއްޗަކުން އެންމެ ބޮޑަށް އަސަރުކުރީ ޝެރިނަށެވެ.

“އަޅުގަނޑަށް ވެވުނު އެހީއެއް ވާނަން… ޝިފާ ދެއްވާނީ މާތް ﷲ… ޑޮކްޓަރަކަށްވެސް މީހެއްގެ ފުރާނައެއް ނުހިފެހެއްޓޭނެ. އަދި އަހަރުމެން ގެނެސް މިހުރި އާލާތް ތަކަކުން އަދި އެހާ ބޮޑު ކުރިއެރުމެއް ނުލިބޭނެ! ދެންމެ ބެލި ބެލުމުން އެނގުނީ ޖޭޑް އެވަނީ ވަރަށް ފުން ކޯމާއެއްގައިކަން…” ޑޮކްޓަރުގެ ބަސް އިއްވުމުން ދެން އެތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭން ކަމެކެވެ. އެވަގުތު ޝެރިންގެ ބަޑިފަޅައިގެން ދިޔުންވީ މިކްޔާލަށްވެސް އަދި ޔައިނަށްވެސް ލިބުނު އިތުރު ޝޮކަކަށެވެ. ޔައިން ޝެރިނާއި ދިމާއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. ނޫނެކެވެ. ޝެރިނާއި، ޖޭޑް… އެހެނެއް ނުވާނެ އެވެ. އޭނާ އެހެން ވިޔަކަ ނުދޭނެ އެވެ.

އެހަދަން ފަށާފައިވާ ބައިގެ ބެލްކަންޏަށް ފިނިކޮށްލުމަށްޓަކައި މިކްޔާލްމެން ނިކުތެވެ. އޭރު ޝެރިން އިނީ ޖޭޑް ގާތުގަ އެވެ. މިތަން ފެނިފައި ޔައިންގެ ހިތަށް އެތަށް އުނދަގުލެއް ވާންފެށި އެވެ. ހަމައެއާއިއެކު ޖޭޑާއިމެދު ހިތް ނުބައިވާންވެސް ފަށައިފި އެވެ. އަދި ޝެރިނަށްވެސް އޭނާގެ ހިތުގެ އަޑިން ޝަކުވާކުރެވެންވެސް ފަށައިފި އެވެ.

މިފަދަ ގޮތެއްގައި ދުވަސްތައް ފާއިތުވެ ދާން ފަށައިފި އެވެ. ސަލާމަތް ވެވޭނޭ ގޮތެއް ހޯދޭތޯ އެކިގޮތްގޮތަށް މިކްޔާލްމެންގެ ޓީމް މަސައްކަތް ކުރަން ފެށި ނަމަވެސް، އެއްވެސް އަލިމަގެއް އަދިއެއް ނުފެނެ އެވެ. ސަބަބަކަށްވީ އެމީހުންނަށް ތިބެވުނީ ޢިމާރާތުގެ ވަރަށް އެތެރޭގައި ކަމަށްވާތީ އެވެ. ބަޑިޖަހާ މަރާލާފައި އޮތް ގާޑެއް ޢިމާރާތުގެ ކޮޓަރިއަކުން ފެނިފައިވާތީ ތަނުގެ ސަލާމަތީ ނިޒާމު ވަނީ ވަރަށް  ވަރުގަދަ ކޮށްފަ އެވެ. މީގެ އިތުރުން މިކްޔާލްމެން ގެނައި ފޯނުތަކަށްވެސް ރޭންޖު ނުލިބޭތީ އެމީހުން އެތާނގައި ތިބީ ފާޑަކަށް ހިފެހެއްޓިފަ އެވެ.

ޖޭޑް ކައިރިން ދުރަށް ނުގޮސް އިންނަނީ ހަމައެކަނި ޝެރިނެވެ. އޭނާއަށް ކެވެނީވެސް ނުހަނު މަދުންނެވެ. މިކަމުން އެންމެ ބޮޑަށް އަސަރުކުރީ ހަމަ ޔައިނަށެވެ. އޭނާގެ ޝަކުވާތައް ޝެރިންގެ ކުރިމަށްޗަށް އަޅާލަން ކިތަންމެ ބޭނުންވިޔަސް… އަދި ފިރިހެނަކަށް ވިޔަސް… އެފަދަ ހިތްވަރެއް އޭނާގެ ކިބައިގައި ނެތީ ޝެރިންގެ ޙާލަތު ފެނިފަ އެވެ. ޖޭޑާއި މާގާތްކޮށް ހިތާތަން ފެނިފަ އެވެ. ދެން މިކަމުން ހައިރާންކަމެއް ލިބުން މީހަކަށްވީ މިކްޔާލެވެ. އޭނާއަށް މިތަނުން ޝެރިނާއި ދިމާވި ދުވަހުން ފެށިގެން ޖޭޑާއި ދިމާއަށް ޝެރިން ބަލާލާ ހިތާމަވެރި ގޮތް ފެނުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދެއެވެ. އޭނާ ބޭނުންވީ ޝެރިނާއި ވާހަކަ ދައްކާށެވެ. މިގުޅުމަކީ މިކްޔާލް އެއްގޮތަކަށްވެސް ޤަބޫލުވާނެ ގުޅުމެއް ނޫނެވެ. ސަބަބު އެނގޭނީ ހަމަ އޭނާއަށެވެ.

 

އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. އާދައިގެމަތިން އެޓީމުގެ އެކަކުވީ ތަނުގެ ބޭރުގެ ޙާލަތު ބަލަން ގޮހެވެ. ކޮންމެ ފަހަރަކުވެސް މީހަކު ފޮނުވައިގެން ތަނުގެ މަސްލަޙަތު ހުންނަގޮތް އެމީހުން ބަލަ އެވެ. އަދިވެސް ޢިމާރާތުގެ ސެކިއުރިޓީ ވަރުގަދަކަމުން ހުރިހާ އެންމެނަށް އެތަނުން ނިކުތުން ރައްކާތެރި ނުވަނީ އެވެ.

ޔައިނާއި ދެން ތިބި މީހުން ތިބީ ބެލްކަނީގަ އެވެ. އެބެލްކަނީ އުސްވެފައި، އިމާރާތުގެ ފުރަގަހަށް ވާގޮތަށް ހުރުމުން، އަދި އެތަނަކީ ހަދަން ފަށަން އުޅެ އަދިވެސް ނުހެދި ހުރި ތަނެއްކަމުން، އެތަނަށް އެއްވެސް މީހަކު ނާދެ އެވެ. އެތަނުގައި މީހުން އުޅުނަސް ނޭނގޭނެ އެވެ. މިކްޔާލް އެތެރެއަށް ބޯދިއްކޮށްލި އިރު ޖޭޑް ގާތުގައި އިނީ ހަމައެކަނި ޝެރިނެވެ. މިކްޔާލް ދަނޑިވަޅުގެ ބޭނުން ހިފާފައި ޝެރިނާއި ވާހަކަދައްކަން ނިންމި އެވެ. އޭނާ މަޑުމަޑުން އެތެރެއަށް ވަންނަން އުޅެފައި ފިޔަވަޅުތަކަށް ހުއްޓުން އެރީ ޝެރިން ދައްކަމުންގެންދިޔަ ވާހަކަ އަޑުއިވިފަ އެވެ.

ޝެރިން އިނީ ޖޭޑްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ޖޭޑް… އައި އެމް ރިޔަލީ ސޮރީ…” ޝެރިން ބުންޏެވެ. އޭރު އޭނާވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ޖޭޑާއިއެކު މަސައްކަތްކުރި ދުވަސްކޮޅު ޖޭޑް އޭނާއަށް ވަރަށް ހެވެވެ. ނަމަވެސް އޭގެ ބަދަލުގައި ޝެރިންވަނީ ފުސް މޫނު ދައްކާފަ އެވެ. ރުޅިބަސް ބުނެފަ އެވެ. އޭނާއަށް ކުރީގެ ހަނދާންތައް މަންޒަރެއްގެ ސިފައިގައި ފެންނަން ފެށި އެވެ.

ފެހުމުގެ ތެރޭގައި ޝެރިންގެ އަތަށް ތިނޯސް ވަތް ދުވަހު ޖޭޑް އޭނާގެ އަތުގައި ބޭސް އަޅާދިން މަންޒަރެވެ. އެދުވަހު ޖޭޑްގެ ހޭޒަލް ކުލައިގެ ދެލޮލުން ފެނުނު އޯގާވެރިކަމާއި، އަޅާލުމެވެ. ދެން ޝެރިންގެ ޚިޔާލަށް އައީ ހަމަ އެދުވަހު ޖޭޑް ޝެރިން ގާތު ބުނެފައިވާ ވާހަކަ އެވެ. އެވާހަކަ ހަމަ ޖޭޑްގެ އަޑުން ޝެރިންގެ ސިކުނޑީގައި ހަރުލާފައި ވިއެވެ…

((“ބުނަންތަ… ތިއީ ވަރަށް ތަފާތު ކުއްޖެއް. ތިލޮލުގެ އާދަޔާޚިލާފު ކުލައިންވެސް އެކަން ދޭހަ ވެއްޖެ. އެކަމަކު ބުނަން… ޝެރިން މިތަނަށް މިގެނައީ އަހަރެން ބުނެގެން… އަހަރެން ޝެރިނަށް ފާރަލާން މީހުން ފޮނުވީން… އެކަމަކު ކޮންމެ ފަހަރަކުވެސް ނާކާމިޔާބު ވެގެން އެނބުރި އަންނަން ޖެހެނީ ސެކިއުރިޓީގެ ސަބަބުން… އަހަންނަށް ޝެރިންގެ ބޭބެވެސް އެނގޭ…! ތިގޭ އެންމެންވެސް އިނގޭ! އަހަންނަށް މިކަންތައް އެނގުނީ ކިހިނެތްކަން އަދި ފަހުން އިނގޭނެ…!”))

ޖޭޑް އޭނާއަށް މާކުރިންވެސް ފާރަލީ ޝެރިން ހަމަ ތެދަށްވެސް ދަންނާތީބާ އެވެ؟ އެވަގުތު ޝެރިންގެ ހިތުތެރޭ އެތަށް ސުވާލެއް އުފެދުނެވެ.

“ޖޭޑް! އަހަންނަށް ނޭނގޭ އެއްޗެހި ވަރަށް ގިނަ!” ޝެރިން ވައިއަޑަކުން ބުނެލި އެވެ. އޭނާއަށް އަޑުއިވިފައިވާ ގޮތުގައި ކޯމާގައި އޮންނަ މީހުންނަށް އެހެން މީހުން ކިޔާއެއްޗެހި އަޑުއިވޭނެ އެވެ. އަދި ކޯމާއިން ހޭލެވޭއިރު އެއެއްޗެހި ބައެއް ފަހަރު ހަނދާންވެސް ހުންނާނެ އެވެ. އެހެންކަމުން މަޑުމަޑުން ވާހަކަ ދައްކަން ފެށި އެވެ.

“ފެށުނީއްސުރެން ފެށިގެން އަހަރެން ޖޭޑަށް ވަރަށް ނަފްރަތު ކުރިން… އަހަރެންގެ ދުޝްމިނެއްގެ ލަޤަބު ދިނިން…! އެކަމަކު… އެކަމަކު ފަހުން ފަހުން އައިސް އަހަންނަށް ބަދަލު ތަކެއް އަންނަމުން ދިޔަކަން ޚުދު އަހަންނަށްވެސް ފާހަގަ ކުރެވުނު… އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން… އަހަންނަށް އަހަރެން ކިޑްނެޕް ކުރި މީހާދެކެ ލޯބި ވެވިދާނޭ ކަމަކަށް… ނޫނީ އަހަރެން އެކަން އެއީ ނުވާ ކަމަކަށް ހެދީ! އެކަމަކު… އަހަންނަށް މިއިޙްޞާޞް ތަކަށް ރައްދު މިދެވުނީ ވަގުތު ފާއިތުވީ ފަހުން ކަމުގައެއް އަހަރެން ނުދެކެން.. ޖޭޑް! އަހަރެން ކިޔާ އެއްޗެއް އަޑު އިވޭނަމަ އެއްފަހަރު ވެސް ލޯ ހުޅުވާލަބަލަ!”

ޖޭޑް ލޮލެއް ނުހުޅުވި އެވެ…

އޭނާގެ ލޮލެއް ހަރަކާތެއް ނުކުރި އެވެ…

އެވަގުތު ޝެރިންގެ ޚިޔާލަށް އައީ ވާހަކަ ތަކުގައި ހުންނަ ވާހަކަ ތަކެވެ. ކޯމާގައި އޮންނަ މީހެއް ގާތު އޭނާ އެދިއެދި ހުރި ކަމަކަށް އެއްބަސް ވެއްޖެ ނަމަ ހޭއަރާނޭ ކަން ޝެރިން ކިޔާ ވާހަކަ ތަކުގައި ހުރެ އެވެ.

އެވަގުތު ޝެރިން ޖޭޑްގެ ވަރުގަދަ އަތުތެރެއަށް އޭނާގެ އަތްތިލަ ލައްވާލި އެވެ. އަދި ފުން ނޭވާއެއްލި އެވެ. އޭނާއަށް ހިތާހިތުން ދުޢާ ކުރެވެމުންދިޔަ އެވެ. “ޖޭޑް… އަހަރެން… އަހަރެން…” ޝެރިން ދެލޯމަރާ ބާރުކޮށްލި އެވެ. “އަހަރެން ޖޭޑްދެކެ ލޯބިވަން!!”

ޝެރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށި އެވެ. އެއާއިއެކު އޭނާ ސިއްސައިގެން ދިޔައީ ޖޭޑްގެ އަތުތެރޭ އޮތް އޭނާގެ އަތަށް ކުޑަކޮށް ބާރުކޮށްލިހެން ހީވުމުންނެވެ… ނޫނެކެވެ! އެއީ ހީވި ހީވުމެއް ނޫނެވެ! ހަމަ ހަޤީޤަތުގައިވެސް ޖޭޑް އޭނާގެ އަތަށް ބާރުކޮށްލައިފި އެވެ. ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހިތުގެވެރިޔާ********

Next

..ހާދައޭ ބޭނުމީ ކަލާ.. ( ފަސްވަނަ ބައި )

Next
November 26, 2015

..ހާދައޭ ބޭނުމީ ކަލާ.. ( ފަސްވަނަ ބައި )

Previews
November 25, 2015

ހިތުގެވެރިޔާ********

26 Comments!

  1. Faxoo says:
    November 25, 2015 at 9:24 pm

    SORRY MI BAI KURUKOH GENES DHEVUNYMA… I TRIED TO MAKE IT LONG, BUT I WAS TOO BUSY!! HOPE YOU GUYS WOULD UNDERSTAND ME!! 🙁 AND by the way, you guys are always giving me the courage 🙂 🙂 🙂

    1. RAVOO says:
      November 26, 2015 at 12:35 pm

      its okay faxoo. atleast you wrote something. I am happy with this. masha allah. when is next part?

  2. lillygirl says:
    November 25, 2015 at 9:41 pm

    yay me 1st story v nice faxoo give all ur strenth to it kyp it up :

  3. Athy says:
    November 25, 2015 at 9:42 pm

    Masha allah,.. v reethi.. kiyamun daairu hevanee e thanuga ulheveyhen, sifa kurun v salhi….

  4. isha says:
    November 25, 2015 at 9:53 pm

    its very nice keep it up

  5. shaff says:
    November 25, 2015 at 9:58 pm

    hi this is my first comment 4 you…. this story is interesting… keep it up… varah obi… iga..

  6. ina says:
    November 25, 2015 at 10:06 pm

    As usual.thix part ix also v v v nice.kyp it up faxuu

  7. Mal says:
    November 25, 2015 at 10:15 pm

    This part is awesome ????I love this story???

  8. suha says:
    November 25, 2015 at 10:19 pm

    V reethi mibaivx. Mifaharu kuruviyas dhen faharakun dhigu kohlahchey ingey.☺

  9. shaz says:
    November 25, 2015 at 11:57 pm

    maa kury ekm vx okay..
    aneh part dhigu kohdhechey.
    waiting for the next part..

  10. afu says:
    November 26, 2015 at 12:31 am

    V v v. Nice ingey

  11. niha says:
    November 26, 2015 at 8:18 am

    V salhiii

  12. alma says:
    November 26, 2015 at 9:07 am

    vvvvv reethi……………keep it up

  13. Shabee says:
    November 26, 2015 at 12:01 pm

    Mi dhn koahcheh. ??? hadi hadi

  14. RAVOO says:
    November 26, 2015 at 12:36 pm

    v….v…..v….v… reethi. I love this faxoo. my best writer ever.

  15. ravoopinky says:
    November 26, 2015 at 12:48 pm

    maashaa allah varah furihama

  16. hadi says:
    November 26, 2015 at 2:11 pm

    vvvvvvvvvvvvvvvvvvvvvvvvvvv hadiiiiiiiiiiiiiii eee uuuuuuuuuuuuu

  17. no name says:
    November 26, 2015 at 7:14 pm

    Vaahaka hadi kudhin vaahaka nukiyaanee ingey…eyrun e nimuny eh nun..ehves myhaku force eh nukure eh nun hadi vaahaka kiyaa kah..BTW faxu vaahaka hama awesome ingey..ehen myhun kiyaa ehchisah nubalahchey

    1. ravoopinky says:
      November 27, 2015 at 12:49 pm

      that’s right your stories are awesome. dont think what others say. keep on going. we love your stories. goodluck on the next part.

  18. maakanaa says:
    November 26, 2015 at 9:21 pm

    Habeysss

  19. ann says:
    November 26, 2015 at 10:21 pm

    waaaaaaaaaaaaaaaaaaaaauuuu… nice.. carnt wait… faxoo avas kowbba . wen next prt?????? jeyd loa hulhuvany oa…….. soooo happy… 🙂

  20. ravoopinky says:
    November 27, 2015 at 12:51 pm

    wow. when is next part.

  21. Zin says:
    November 28, 2015 at 8:38 am

    Dharifu dhooni kobirakun nxt part.
    Fazoo ge bxy kan v avahah fillavaandheyve.. aameen.

  22. ann says:
    November 28, 2015 at 1:41 pm

    when is the next prt???????????????????????????????? i carnt wait….. plzzzzzzz a little fasterrrr… oikey.. 🙂 fazooooooooooooo where are you……. ok dont tell me that there is low internet connection.. cox it’s alll of the writers excuses… damn it 🙁

  23. ravoopinky says:
    November 29, 2015 at 5:48 am

    faxoo…….faxoo.. I am waiting .. My best writer ever were are you?…..seriously I am missing you very much………… You know I can not even sleep……pls ..tell me when is next part….

  24. Faxoo says:
    November 29, 2015 at 9:07 am

    thankx for understanding me guys 🙂 you mean a lot to me <3 next part miadhu up kuraanan

Comments are closed.


All Right Reserved!