Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ބުޅާ

Ahmed Ammu Level 210 Stories100 Comments
November 27, 2015 7 Mins Read
31 Comments

ޖިންނި ޝައިތޯނުންނަކީ އެހެން މަޚުލޫގުންހެން ދުނިޔެމައްޗަށް ﷲ ސުބުހާނަހޫ ވަތައާލާ ފޮނުއްވާފައިވާ މަޚުލޫގުންނެވެ. އެ އެއްޗެހިންގެ ފަރާތުން އަހަރެމެންނަށްވާ އުނދަގޫ ތަކާއި އަހަރެމެން އިންސާނުންގެ ފަރާތުން އޭތިންނަށް ވާ އުނދަގޫ ތަކަކީވެސް އަހަރެމެން ޤަބޫލު ކުރަންޖެހޭ ހަޤީޤަތެކެވެ. އަދި އަހަރެމެންނަށް އުޅެވޭ ގޮތަކުން އޭތިންނަށް އަހަރެމެންގެ އުޅުން ކަމުދާ ފަހަރުވެސް ފަހަރުވެސް މަދެއްނޫނެވެ.
**************************

އޭރު އަހަރެންގެ އުމުރަކީ 20 އަހަރެވެ. ސްކޫލް ނިމުމަށްފަހު މަންމަ އާދޭސް ކުރުމުންވެސް އަހަރެން ވަޒީފާ އަކަށް ދާން ބޭނުންނުވީ އަދި މާއަވަސް ކަމަށް ބުނެއެވެ.  އަހަރެންގެ އުމުރުގެ އެހެން ފިރިހެން ކުދިންނެކޭ ވެސް އެއްފަދައިން އަހަރެންވެސް ބޭނުންވީ އެކުދިންހެން ކުއްޖަކާ ރައްޓެހި ވުމަށެވެ. އެކުދިންހެން ހަތަރެސްފައިގެ ކޮންމެ އިނގިއްޔަކަށް އަހަރެންވެސް ކުއްޖަކު ބޭނުންވީ އެކުދިންހެން އެމީހުންގެ ބިޓުންނާއެކީ ހޭދަކުރާ “ސަޅި” ވަގުތުތަށް ހޭދަކުރުމަށެވެ. އަހަރެން ނަކީ ވެސް ބޮޑުވަމުން އައިއިރު ރަށުތެރޭގައި ނަން ހިނގާ ރީތި ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖަކީމެވެ. އެގޮތުން އަހަރެން ކުއްޖަކާ ގުޅުނީ އޭގެ ހަފްތާއެއް ފަހުންނެވެ.

ރާނިޔާ އަކީ ބަލާލަން ރީތި އެކަމަކު އެއްވެސް ކަހަލަ އުޅުމެއް އަޚްލާގެއް ހުރި ކުއްޖެއް ނޫނެވެ. ރާނިޔާ އަކީ އަހަރެންނަށް ވުރެ 2 އަހަރު ހަގު ކުއްޖެކެވެ. ނަމަވެސް އަހަރެން އޭރު ގެން ގުޅުނީ މާބުރުގެ އުސޫލް ކަމުން އެކަމަކާ އަހަރެން ނުވިސްނަމެވެ. މާގިނަ ދުވަހަކު އުޅޭކަށްވެސް އަހަރެން ނުވިސްނަމެވެ. ހަމައެކަނި ބޭނުންވީ ބިޓުންގެ ލިސްޓަށް ގިނަކޮށްލާށެވެ.

ރަށްޓެހި ވެގެން އުޅުނުއިރު އަހަރެމެން އުޅުނީ ވަރަށް ގައިގޯޅި ކޮށެވެ. އެހެން އުޅޭކަށް ތަނެއް ތަނެއް ނޯވެއެވެ. އެހެން އުޅޭތާ ހަފްތާއެއްގެ ތެރޭގައި އަހަރެންނަށް ރާނިޔާގެ ކޮޓަރިއަށް އައުމަށް ދައުވަތު ލިބުނެވެ. 12 ޖެހީމައި ގެ ކައިރިއަށް އައިސް ފޯން އަށް މިސްކޯލް އެއް ޖެހުމަށް ބުނެ ރާނިޔާ ފޯނު ބޭއްވުމުން އަހަރެން ދިޔައީ ގެއަށެވެ. އަހަރެން ގެއަށް ވަތްއިރު މަންމަ ސިޓިން ރޫމްގައި ފޮތެއް ހިފައިގެން އިނެވެ. ގޭގައި އުޅެނީ އަހަރެންނާއި މަންމަ އެކަނި ކަމުން ވަރަށް ބޮލަށް ފަސޭހައެވެ. ވަޒީފާ އަކަށް ނުދިޔަސް ބައްޕަ ދުނިޔޭގައި ހުރިއިރު ރައްކާ ކޮށްފައި ވާ ލާރިން އަހަރެމެންނަށް އުޅެވެއެވެ. މަންމަ ވެސް އެކި މަސައްތް ކޮށްގެން ލާރި ހޯދައެވެ. އެކަމަކު އަދިވެސް އަހަރެން ވަޒީފާ އަކަށް ދާން ހިޔާލުް ވެސް ނުކުރަމެވެ. ބައެއްފަހަރު އަހަރެންނާއި މަންމަ އާއި އެކަމާ ދެބަސް ވާން ޖެހުނަސް މަންމަ ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. މަންމަ ކާން ހަދާފައި ހުރުމުން ކައިގެން ކޮޓަރިއަށް ދިޔައީ ީކުޑަކޮށް ޖައްސާލުމުގެ ނިޔަތުގައެވެ. އޭރު އަދި ގަޑިން ރޭގަނޑު  8:30 ވަނީ އެވެ. ކައިގެން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ހަމަޖެހިލީމެވެ. އަދި ވިސްނަމުން ދިޔައީ މިރޭ ކަންތަށް ކުރާނެ ގޮތަކާ ދޭތެރެއެވެ. ” ފުރަތަމަ ކަންތަށް ކާމިޔާބުވަނީ އެހެންވީ މައި މިރެއަށް ފަހު ރާނިޔާ ޝިފްޓް ޑިލިޓް”  އަހަރެން ހިތާހިތުން އޮވެ ބުނެލީމެވެ. ގަޑިން  10 ޖެހުމާއެކު އަހަރެން ފެންވަރާލައިގެން ނުކުތީ މިރެއަށް ބޭނުންވާ އެންމެ މުހިންމު އެތި ގަތުމަށް ބޭސް ފިހާރައަކަށް ދިއުމަށެވެ.

ގަޑިން 12 ޖެހި އިރު އަހަރެން ހުރީ ރާނިޔާމެންގެ ގޭ ބިއްދޮށުގައެވެ. ރާނިޔާގެ ކޮޓަރި ހުންނަނީ ގޭގެ ބިއްދޮށު ފަރާތަށް ވާ ގޮތަށެވެ. ހެދިފައި ހުރި ބިޔަ ބޮޑު ބަނބުކެޔޮ ގަހުގެ ނިވަލުގައި ހުރި އިރު އަހަރެންނަށް އެކި ދިމަ ދިމާއަށް ބެލެއެވެ.  ހަނދުވަރު ދީފައިވާރެއެއް ކަމުން ކޮންމެވެސް ވަރަކަށް ވަނީ އަލި ވެފައެވެ. އަހަރެން ރާނިޔާގެ ނަންބަރަށް ޑައިލް ކޮށްލީ މެވެ. ފޯން ކެނޑުނު އިރުވެސް ރާނިޔާ ފޯން ނުނަގައެވެ. 5 ވަރަކަށް މިނެޓްތެރޭ ހައެއްކަ ފަހަރަށް ޑައިލް ކޮށްލުމުންވެސް ފޯނު ނުނެގިއެވެ. ވީ ފޫހިން ދާން ހިނގައިގަތީ އެތާ ހުންނަ އިރު ހިތަށް އަރަމުންދާ އެކިފާޑު ފާޑުގެ އެއްޗެހިން ހިތަށް ބިރުވެރިކަން ވަންނަމުން ދާތީއާއި ވެސް އެކުއެވެ.

ހިނގައިގަތްތަނާ ހެން އަތުގައި އޮތް ފޯން ވައިބްރޭޓް ވުމުން ސިއްސައިގެން ގޮސް ފޯން އެއްލާލެވުނީ ގަނެފައި ހުރި ބިރެއްގެ ބޮޑު ކަމުންނެވެ. ފޯން ނަގާ ބަލާލި އިރު ރާނިޔާ ގުޅަނީ އެވެ. ފޯން ނަގާ ފުރަތަމަވެސް ކުރެވުނީ ޝަކުވާއެވެ. “ކޮބާތަ؟ މިހާރު މިތާހުންނަތާ ކިހާއިރެއް؟” ވައި އަޑުން މިހެން ބުނި އިރު އަހަރެން ހުރީ ހިސާބަކަށް ރުޅިވެސް އައިސް ފައެވެ. “ސޮރީ! އަހަރެން ފާހާނަ އިން މިނުކުތީ އާދޭ ކޮޓަރި ކުޑަދޮރު ކައިރިއަށް” ރާނިޔާ އެހެން ބުނެ ފޯންބޭއްވުމުން އަހަރެން ހިނގައިގަތީ ރާނިޔާގެ ކޮޓަރި ކުޑަދޮރާދިމާ އަށެވެ. ދޮރާ ހަމައަށް ނުދެވެނީސް ރާނިޔާ ދޮރު ހުޅުވާލިއެވެ. އަހަރެން އެތެއެއަށް ވަނުމަށްޓަކާ ދޮރުކަނި މަށްޗަށް އެއްފައިލީތަނާ އަހަރެންގެ އަނެއްފައިގައި އެއްޗެއް ހޭކޭހެން ހީވާތީ އަހަރެން ތިރިިބަލާލީމެވެ. އަހަރެންނަށް ފެނުނީ ކަޅު ބުޅަލެކެވެ. އާދަޔާ ހިލާފަށް ބޮޑު އެ ބުޅަލުގެ ދެ ލޯ ވެސް ވަނީ ރަތް ކުލައަކުން ދިއްލިފައެވެ. ގަތް ބިރެއްގެ ބޮޑުކަމުން ތެޅިގެންފައި އަހަރެން ކޮޓަރި ތެރެއަށް ދެމިގަތީ މެވެ. އޭތިވެސް ޒާތެއްގެ އަޑެއް ލައްވާލުމަށް ފަހު އެތަނުން ދުއްވައި ގަނެފިއެވެ. “ކިހިނެތް ވީ؟” ރާނިއާ ސުވާލުކުރީ އަހަރެން ހުރިގޮތުން ހާސް ވެގެންނެވެ. ބު.. ބުޅަލެއް.. ކަޅު ބޮޑު ބުޅަލެއް..” އަހަރެންނަށް އެހެން ބުނެވުނު އިރު އަހަރެންގެ އަޑު ތުރުތުރު ލައެވެ. އަނގަމަތީ އަތް އެޅުމަށްފަހު އަޑު ބޭރުނުވާނެހެން ރާނިޔާ ބަނޑަށްހޭން ފެށި އެވެ. “ޝިޒާން ވެސް ދޯ! މަހިޔެއް ނުކުރަން ތީ ތިހާ ފިނޑި މީހެއްކަމަކަށް؟ ތި ވާނީ މިގޭގައި އުޅޭ ބުޅާ ކަމަށް” ރާނިޔާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އެހެންބުނެ ގޮސް ކުޑަދޮރު ލައްޕާ ރަނގަޅަށް ތަޅުލައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ހުރުމުން ރާނިޔާ އަށް އަހަރެން ހިތް ހަމަ ނުޖެހިފައި ހުރިކަން ޔަގީންވެގެން މާފަށް އެދި އަހަރެންގެ ތުންފަތުގައި ބޮސް ދޭން ފެށިއެވެ.    ކުޑައިރު ކޮޅެއްގެ ތެރޭގައި އަހަރެންގެ ހުރިހާ ހިއްސުތައް ކޮޅަށް ޖެހި ވެގެންދިޔަ ކަންތަށް ހަނދާން ނެތި ބިރުވެސް ފިލާ ހިނގައްޖެއެވެ. ރާނިޔާ ގެ ގައިގެ އެތަށް މިތަނުގައި ބޮސް ދެމުން އަހަރެން ގެންދިޔައީމެވެ. ކެތް ނުކުރެވިގެން ގޮސް އެކީ އެނދުމަށްޗަށް ވެއްޓިގަނެވިއްޖެއެވެ. އޭރު ދެމީހުން ގައިގައި ހުރި ފޭރާން ވެސް ވަނީ ބޭލިފައެވެ. “ކޮބާ ކޮންޑަމް؟” ކަމަށް ދަހިވެތިވެފާ ހުރި ރާނިޔާ އެންމެ ބޮޑުކަންތަށް ކުރުމަށް އަވަސް ވެގަތެވެ. ރާނިޔާގެ އަނގައިން ބޭރުވަމުން ދިޔަ އަޑާ އެކު އަހަރެންގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެއަޑު އަހަރެންނަށް ވެގެންދިޔައީ ކުޅެމުންދާ މަޑު މިއުޒިކެއްގެ އަޑަށެވެ. ބަނޑު މައްޗަށް ވީ ހުނާ އެކު ރާނިޔާ ލޯ ހުޅުވާލައި އަހަރެންނާ ދިމާއަށް ބަލަން އޮތީ މަސްތީ ގޮތަކަށެވެ. އަހަރެންނަށްް ވަނީ މާނެވާ ލެވިފައެވެ.

އެނދުމަށްޗަށް ވެއްޓިގަތީ ވެފައިހުރި ވަރުބަލި ފިލުވާލުމަށެވެ. އޭރު ދެމީހުންވެސް ވަނީ ދާހިއްލާ ފޯވެފައެވެ. ޖަހާފައި ހުރި ފަންކަލުގެ އެއްވެސް ބޭނުމެއް ނެތްފަދައެވެ. “އަހަރެން ބޭނުންވި ކަންތަށް ވީތާ ދެން މިކަމުން ރެކިގަންނަންވީ” ފުން ހިޔާލެއްގައި އޮއްވާ އަހަރެން ސިއްސައިގެން ދިޔައީ ފާހާނާ ފްލަޝް ކޮށްލި އަޑަށެވެ. އޭރު ފާހާނައިން ނުކުމެ ރާނިޔާ އެނދާ ދިމާއަށް އާދެއެވެ. ހާދަ މޮޅޭ! ހިއެއް ނުވޭ އަލަށް ކުރި ކަމެއް ހެނެއް؟ އަދި ޝިޒާން ވަރުގެ މީހަކާ ދިމައެއް ނުވޭ” އަހަރެންގެ މޭމަތީ ބޯ އަޅައިގެން އޮވެ ރާނިޔާ ވާހަކަ ދެއްކިއެވެ. ހެހެ. ތޭންކްސް އޭ ކިޔާ ރާނިޔާ ގައިގައި ބައްދާލުމަށް ފަހު ފާހާނައަށް ވަދެ ފެންވަރާލުމަށް ފަހު އަހަރެން ނުކުމެ އެއްޗެހި ލާން ފެށީ ގެއަށް ދިއުމުގެ ބޭނުމުގައެވެ. ބޭނުންވި ކަންތަށް ވުމުން ހުރުމުގެ ބޭނުމެއްވެސް ނެތްތާއެވެ. އެއްވެސް މާނައެއްނެތް އަހުދުތަކާއި ވައުދުތައް ވުމަށް ފަހު އަހަރެން ދާން ހިނގައިގަތީމެވެ. ދޮރު ހުރުހުޅުވާލި ތަނާހެން ހަނދާންވީ ފެނުނު ބުޅަލުގެ މަތިންނެވެ. ވަގުތުގެ ގޮތުން އަހަރެން ބޭނުންވީ ކޮންމެ ހާލެއެގައިވެސް އެތަނުން ދިއުމަށެވެ. އެނބުރި ދުވަހަކުވެސް ނާންނަ ގޮތަށެވެ.

ގެއަށް ވަދެވުމާ އެކު އަހަރެން ރާނިޔާ އަށް މެސެޖް ކޮށް މިގުޅުމުގެ ވާހަކަ މިހާހިސާބުން ނިމުނީ ކަމުގައި ބުނީމެވެ. އަދި އަހަރެން ރާނިޔާ އާއެކު އުޅުނީ ރާނިޔާ ދެކެ ލޯބި ވެގެން ނޫންކަމާއި ހަމައެކަނި ވަގުތީ ބޭނުމެއްގައި ކަމުގައި ބުނެ ނަންބަރު ބްލޮކް ކޮށްލީމެވެ.

ދުވަސްތަށް މާޒީ ވަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. މާޒީ ވަމުން ދިޔަ ދުވަސް ތަކުގައި އެކި މަލުން ފޮނިބޮމުން އަހަރެންދިޔައީ އެއިން ކުއްޖަކަށް ކުރާނެ އަސަރު ހިތަށްވެސް ނުގެންނަ ހާލުގައެވެ. މާޒީ ވެެގެންދިޔަ ދުވަސްތަކުގައި އަހަރެންގެ ބިޓުންގެ ލިސްޓަށް ކުދިންވެސް ވަނީ އިތުރުވެފައެވެ. އަދި ދޫކޮށްލާފައި ދިއުމުން އެއިންކުއްޖެއްގެ އުނދަގުލެއްވެސް އަހަރެންނަކަށް ނުފޯރައެވެ. އަހަރެންނަށް ވިސްނެމުން އައީ އެކުދިންވެސް އަހަރެންނާ ގުޅެނީ ލޯބި ވެގެން ނޫންކަމުގައެވެ. މައްސަލައެެއް ނެތްތާއެވެ. އަހަރެންގެ ނަސީބޭވެސް ހިތަށްއެރިއެވ.ެ  އަހަރެންގެ ރައްޓެހިންގެ ތެރޭގައިވެސް މިހާރު އެންމެ ކާމިޔާބު މީހަކަށް ހުރީ އަހަރެންނެެވެ.

އެކަމަކު ފަހަކަށް އައިސް އެމީހުން އަހަރެންނަށް މިއުޅުން ދޫކޮށްލުމަށް ނަސޭހަތް ދެމުންދަނީ އެމީހުންވެސް ރަނގަޅު މަގަށް އެޅެން ބޭނުންވާތީ އާވެސް އެކުއެވެ. ނަމަވެސް އަހަރެންގެ ރަށްޓެހިން ދެއްކިވާހަކަ އަހަރެން އަޑުނާހާ އަހަރެން އުޅެމުން އައިގޮތަށް އުޅުމަށް އަހަރެން ނިންމީ އެމީހުންނަށް ވުރެ އަހަރެން ކާމިޔާބުވުމުން އެމީހުން ހަސަދަވެރި ވަނީ ކަމަށް ބުނެއެވެ. މިކަން ވަނީ މިހާރު އަހަރެންނަށް ބައްޔަކަށް ވެފައެވެ. ފަހުން ފަހުން އައިސްް އަހަރެން ކުދިންނާ ރައްޓެއްސެއް ނުވަމެވެެ. އެކަމަކު އަހަރެން ކުރަމުން އައި ކަންތައް ކުރަމުން ގެންދިޔައީމެވެ.  ނަމަވެސް އެއްކަމެއް އަހަރެން ނަށް ފާހަގަ ވެއެވެ. އަހަރެންގެ ރައްޓެހި ވެގެން އުޅުނު ކުދިންނާއެކު އުޅުނު އިރު އަބަދުވެސް ރާާނިޔާމެންގެ ގެއިން ފެންނަ ބުޅާ އަހަރެންނަށް ފެންނަ ކަމެވެ.

އިރާކޮޅުގެ ވަގުތެވެ. ހަވީރު ބީޗްއަށް އައިގޮތަށް އަހަރެންނަށް އެތަނުގައި އިނދެވުނީ ގެއަށްދާންވެސް ނޭނގިފައެވެ. ގެނައި ސިނގިރޭޓް ފޮށީގައިވެސް މިހާރު އޮތީ އެންމެ ސިނގިރޭޓެކެވެ. ގެއަށް ދާނީ އެ ސިނގިރޭޓް ވެސް ބޯލާފަކަމަށް ހިތަށް އަރާ ސިނގިރޭޓް ރޯކޮޮށްލީމެވެ. އޭރު ުގަޑިން 6:30 ވަނީއެވެ. ކުއްލިއަކަށް ސިހިފައި  އަހަރެންނަށް ފަހަތް ބަލާލެވުނީ އިވުނު ވަރުގަދަ އަޑަކުންނެވެ. ފަހަތް ބަލާލިއިރު ދެ ބުޅާ ކޯޅެމުން ދެއެވެ. މީހުން ބުނާތީ އަޑުއަަހަމެވެ. އެގޮތަށް ދެބުޅާ ކޯޅޭ ތަންތަނުގައި ތިބުމަކީ މާ ރަނގަޅު ކަމެއްނޫނެވެ. ވަރަށް ބިރުން ހުރެ އަހަރެން ރަށު ތެރެއަށް ދާން އޮތް މަގުން ހިނގައި ގަތީމެވެ. “ޝިޒާން!” ސިހިފައި އަހަރެންނަށް ފަހަތް ބަލާލެވުނީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުން ނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ގަނެފައި ހުރި ބިރު ދެގުނައަށް އިތުރުވިއެވެ. އަނެއްކާވެސް އައިދިމާއަށް އަހަރެން ހިނގައިގަތް ތަނާ އަނެއްކާވެސް ގޮވާލި އަޑު އިވިގެން ބަލާލިމެވެ. އަހަރެންް އިން ގަސް ބުޑުގައި އަހަރެންނަށްް ފުރަގަސްވާ ގޮތަށް އިށީ އިނދެ ލައިގެން އަންހެންް ކުއްޖާފެނުމުން އަހަރެން ދިޔައީ ސިއްސައި ގެންނެވެ. ބިރުން ހުރުމުގެ ސަބަބުން އައި ކޮޅަށްދާން އަހަރެން ހިނގައިގަތީމެވެ.

ދުއްވައިގަންނާނެވަރުވެސް އަހަރެންގައިގައި ނެތް ކަހަލައެވެ. “ޝިޒާން! އަހަރެން ބައިންދާފައި ދަނީތަ؟ އާދެބަލަ” އަހަރެން ނަށް ހުއްޓުން އެރީ އެއަޑުގައި ހުރި ޖާދުވީ ގޮތަކުންނެވެ. ފަސް އެނބުރި އަހަރެން އެކުއްޖާއާ ދިމާއަަށް ދާން ހިނގައިގަތީ ތެޅިތެޅި އޮތްހިތަކާ އެކު އެއީ ކޮްންކުއްޖެއްތޯ ބަލާލުމުގެ ޝައުުގުވެރިކަން ހިތުތެރޭގައި އަށަގެންފައި ވުމުންނެވެ. އަހަރެން ގޮސް އޭނާގެ ފަހަތުގައި ހުއްޓިހުރެ ވާހަކަ ދައްކަން ފެށީމެވެ. “ތީ ކޮންކުއްޖެއް؟ މިތާ އެކަނި އިންނަން ބިރެއްނުގަނޭތަ؟” އަހަރެން ސުވާލު ކުރުމާއެކު ޖަވާބު ލިބިގެން ހިނގައްޖެއެވެ. “ޝިޒާން ވެސް ތިހުރީނުން ދެން ކޮންކަމަކާ ބިރުގަންނަންވީ ފުރަގަހުއި ނުހުރެ އާދެބަލަ މިތާ އަހަރެން ކައިރީ އިށީންނަން” ފުރަގަސްދީގެން ހުރެއެ ގޮތްނޭނގޭ ކުއްޖާ ވާހަކަ ދައްކަމުން ގެންދެއެވެ. އެއަޑުގައި ވަނީ ހިތްހެޔޮކަމެވެ. އޭރު އަހަރެން ހިތުންވަނީ ބިރުވެރިކަން ފިލާ ގޮސްފައެެވެ. އެކުއްޖާގެ ކުރިމަތިން ގޮސް އަހަރެން އިށިއިނީ ޖެހޭ ނުޖެހޭހާ ކައިރީގައެވެ. އޭރުވެސް އެކުއްޖާގެ މޫނެއް އަހަރެންނަކަށް ނުފެނެއެވެ. “ކޮންނަމެއް ކިޔަނީ؟ ކިހިނެތް އަހަރެންގެ ނަން އެނގުނީ؟ ތީކޮންގެއެއްގެ ކުއްޖެއް؟ ފައްޗަކަށް އަހަރެންނަށް ސުވާލުތަށް އަމުނާލެވުނެވެ. “އަހަރެންނަށް ކިޔަނީ އައިޝާ! މާލޭގަ އުޅެނީ!” މިރަށަށް އައީ ޗުއްޓީއަށް ކަމަށް ބުނެ    ުައަހަރެންނާ ދިމާއަށް ބަލާލިއެވެ. އައިޝާގެ ނަމާ އެއްވަރަށް އޭނާގެ ސޫރަވެސް ރީއްޗެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. ވަށްމޫނަކާ އެކު ލިބިފައިވާ ބޮޑު ދެލޮލެވެ.  އައިޝާގެ ފަން ދިގު އިސްތަށިގަނޑު ވަނީ ކުރިމަށްޗަށް ވައްޓާލާފައެވެ. ލައިގެން އިން ކަޅުކުލައިގެ ހެދުމުގައި އިންނައިރު އަދި ވަކިން ރީއްޗެވެ. އަހަރެން އެންމެ ގަޔާވާ ހުރިހާ ސިފަތަކެއް އެބަހުއްޓެވެ. ސިހިފައި އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލެވުނީ އައިޝާ އަހަރެންގެ ގައިގައި ކޮށްޓާލުމުންނެވެ. “އަހަރެންގެ ނަން އެނގުނީ ކިހިނެތް؟” “އަހަރެން ހޯދީ!” އައިޝާ ގެ ޖަވާބު ކުރެވެ. އެއީ ކިހިނެތް؟” އަނެއްކާވެސް އަހަރެން ބުނީމެވެ. “ހާދަ ސުވާލު ގިނައޭދޯ؟ މިބުނީ ނުން ހޯދީއޭ” އައިޝާ ވާހަކަ ދެއްކީ ހިނިތުންވެ ހުރެއެވެ. އަހަރެންވެސް އިތުރަށް ސުވާލު ކުރާކަށް ނުހަދަމެވެ. ވަރަށް ގިނަ ވާހަކަ ދައްކަން ތިބެފައި ހިނގައިގަތީ ގެއަށް ދިއުމަށެވެ.

އަހަރެންގެ ގެއާ ހަމައަށް ދެވުމުން ގެ ދައްކާލީމެވެ. އަދި އައިޝާ ވެސް ދަނީ ކަމަށް ބުނެ ހިނގައި ގަތީ މާދަންރޭވެސް ހަމަ އެތަނުން ދިމާޥާނެކަމަށް ބުނެއެވެ. އަހަރެން އައިޝާ އާ އެކު ދާން އިންކާރު ކުރުމުން އިތުރަށް އާދޭސް ކުރާކަށް ނަހަދަމެވެ. ޖެހިގެން އިން މަގަށް އެޅުމުން އަހަރެންވެސް އެމަގަށް ދިޔައީމެވެ. ނަމަވެސް މަގުގައި އަލި ކަމެއެް ނެތުމުން އަހަރެންނަށް އައިޝާ ފެންނަ ވަރެއް ނުވިއެވެ. ޖެހިގެން ހުރި ގެއަށް ވަނީ ކަމަށް ބަލާ  އަނބުރާ ގެއަށް ދިއުމަށްް އަހަރެން ހިނގައިި ގަތް ތަނާ އަހަރެންގެ ގޭ ފާރުބުރި މަތީ އޮއްވައި އެއްކަލަ ކަޅު ބުޅާ އަހަރެންނަށް ފެނުނެވެ.
ނިދަން އޮތް އިރުވެސް އަހަރެންނަށް ވިސް ނެނީ އައިޝާ އާ ދޭތެރޭ އެވެ. އައިޝާ އާއި އެކު ދިރިއުޅުމުގެ ދުވަސްތަށް ހޭދަކުރަން އަހަރެން ނިންމީމެވެ. ކުރިން އުޅުނު ވިޔާނުދާ ގޮތްތަށް ދޫކޮށްލުމަށް އަހަރެން އަޒުމް ކަނޑަ އެޅީމެވެ.
އައިޝާ އާއި އަހަރެންގެ ގުޅުމަށް ހަފްތާއެއް ވެގެން ދިޔަ އިރުވެސް އަހަރެން ނަށް އެއީ ކޮންރަށެއްގެ ކާކު ކަމެއް ނޭނގުނު ތަނުގައި އަހަރެންގެ ރަށުގައި އުޅޭ ގެވެސް އަހަރެންނަށް ނޭނގެއެވެ. ސުވާލު ކުރުމުންވެސް ފަހުން ބުނާނެ ކަމަށް ބުނެ ވާހަކަ އޮޅުވާލައެވެ. މަންމަ އާއި ބައްދަލު ކުރުމަށް ވެސް އައިޝާ ދަނީ އިންކާރު ކުރަމުންނެވެ.
“ހަމަ އެކަނި އަހަރެންނަށް މި އެނގެނީ އައިޝާގެ ނަމޭ ބުންޏަސް ދޮގަކަށް ނުވާނެ” އެހެންރޭ ތަކެކޭވެސް އެއްފަދައިން އަހަރެމެން ބައްދަލުކުރާ ތަނުގައި ތިބެ އަހަރެން  ވާހަކަ ދެއްކީމެެވެ. ހިތްހަމަ ނުޖެހި ހުރެ އަހަރެން އެހެން ބުނުމުން އައިޝާ ވަރަށް ދެރަވިއެވެ. އަދި އައިޝާ އަށް މާފް ކުރުމަށް ބުންޏެވެ. “ކޮން ކަމަކަށް ހެއްޔެވެ. އަހަރެމެންގެ ދެމީހުންގެ ގުޅުމުގައި އަދި މާބޮޑު މައްަސަލައެއް ޖެހިފައެއް ނެތެވެ. މާފަށް އެދެންޏާ އެދެން ޖެހޭނީވެސް އަހަރެންނެވެ. އެއީވެސް އަހަރެންގެ މާޒީގައި ކަންތަށް ހިނގާފައިވާ ގޮތުންނެވެ ” އަހަރެންގެ ހިތަށް އެރިއެވެ. “އަހަރެންގެ ހަޤީޤަތް ކިޔައިދީފިއްޔާ ޝިޒާން އަހަރެންނާ އެކު ނޫޅޭނެ! އެކަމަކު އަހަރެން ޝިޒާން ދެކެ ވަރަށް ލޯބިވޭ އެކަމަކު  ކޮންމެ ގޮތެއްވިޔަސް އަހަރެން މިރޭ ހުރިހާ ވާހަކަތަކެއް ޝިޒާން އަށް ކިޔައިދޭނަން ޭ” އައިޝާ އެހެން ބުނުމުން އަހަރެންގެ ސިކުނޑި އަނެއްކާވެސް ސުވާލުމާކު ތަކަކުން ފުނިޖެހިއްޖެހުނެވެ. އައިޝާ އެކޭ އެއްފަދައިން އަހަރެންވެސް މިވަނީ އައިޝާ ދެކެ އިންތިހާ އަށް ލޯބިވެފައެވެ. ވަކިވާކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ.
“އަހަރެންނަކީ އިންސާނެއް ނޫން” ބުނި ފުރަތަމަ ޖުމްލައިންވެސް އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. “ތީ ސަމާސާ އެއް ދޯ؟ ތީ ދޮގެކޭ ބުނޭ” އަހަރެންނަށް ހުރި ފިޔަވަޅު މަތީ ހުރެ އެހެން ބުނެވުނީ އެއީ ތެދެއް ކަމަށް ޤަބޫލް ކުރަން ބޭނުން ނުވާތީއެވެ. މީ ދޮގެއް ނޫން އެކަމަކު އަހަރެންގެ ފަރާތުން އެއްވެސް ނުރައްކަލެއް ޝިޒާން އަކަށް ނެތް. އަހަރެންނަށް ޝިޒާން ފުރަތަމަ ފެނުނީ ރާނިޔާ މެންގެ ގެއިން ހަނދާން ވޭތަ  އެގެއަށް ވަންނަންް އުޅުމުގެ ތެރޭގައި އެއްޗެއްގައި ފައި ޖެހުނު ހަނދާން؟” އައިޝާ ބުނި އެއްޗަކުން އަހަރެންނަށް ތެޅި ގަނެވުނީ އެރޭ މަތިން ހަނދާން ވުމުންނެވެ. ދުއްވައި ގަންނަން އުޅެފައިވެސް އަހަރެން މަޑުކޮށްލީ އައިޝާ ބުނި އެއްޗެއް ހަނދާން ވުމުންނެވެ. ބިރުގަނެފައި ހުއްޓެއް ކަމަކު ދައްކާ ވާހަކަ އަޑު އަހާލަން އަހަރެން މަޑު ކުރީއެވެ. “އެދުވަހަށް ފަހު ޝިޒާން އުޅޭ ނޫޅޭ ގޮތް އަހަރެން ވަރަށް ރަނގަޅަށް ބަލަން އަދި ޝިޒާން ރައްޓެހިވި ކުދިންނާއި އެކުދިންނާއި އެކު އުޅެމުން ދިޔަގޮތްތަށް އަހަރެންނަށް އެނގޭ އެކުދިން ޝިޒާން އަށް އުނދަގޫ ނުކުރަނީވެސް އަހަރެން ބުނެގެން” އެހެން ބުނެ އައިޝާ އަހަރެންނާ ދިމާއަށް އެނބުރުނު ވަގުތު އަހަރެންގެ ހެޔަށް ގޮތްނުވީ ކިރިޔާއެވެ. ބޮލަށް ފާޑެއްގެ ދިލައެއްވެސް އަރަން ފެށިއެވެ. މިހާރު އަހަރެންގެ ކުރިމަތީ ގައި އެހުރީ އަހަރެން އެ ސިފައަކަށްޓަކައި ފަޚުރުވެރިވި އައިޝާގެ ސިފައެއް ނޫނެވެ. މޫނުންވަނީ ފާޑެއްގެ ކެހެރިތަކެއްުް ނުކުމެފައެވެ. ދެލޯ ހީވަނީ އަނގުރު އަލިފާން ކޮޅެއްހެންނެވެ. ބޮލާ ދިމާއިންވަނީ ބޮޑު ދެކަންފަތް ނުކުމެފައެވެ. މިހާރު އައިޝާގެ މޫނު ވައްތަރީ ބުޅަލަކާއެވެ. ގެނަފައި ހުރި ބިރުން އަހަރެން ދުއްވައިގަތީމެވެ. “އަހަރެން ވަރަށް ލޯބިވޭ ޝިޒާން ދެކެ” ރޮވިފަި ހުރެ ަޭު އައިޝާ އެހެން ބުނި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެކަމަކު އެއަޑު ނާހައި އަހަރެން ދުވަމުން ދުވަމުން ގޮސް  ގެއައް ވަދެ ދޮރު ޖެހީމެވެ.
*******************************************************************
ޑެޑީ! ސިހިފައި އަހަރެންނަށް ބަލާލެވުނުނީ އަހަރެންގެ 3 އަހަރަށްދާ ދަރިފުޅު ޝާނިޒް ގޮވާލުމުންނެވެ. މިއަދު އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. ކުއްޖެއްގެ ބައްޕައެކެވެ. ކުރެވުނު ކުއްތަކަށް އަހަރެން ތައުބާވެއްޖައީމެވެ. އައިޝާގެ  ފަރާތުން އެދުވަހަށް ފަހު އަހަރެންނަކަށް އުނދަގުލެއް ނުވެއެވެ. އެކަމަކު އަހަރެންނަށް އައިޝާ ފެނެއެވެ. މަސްދުވަސް ފަހުން އަހަރެންވެސް ސަރުކާރު ވަޒީފާ އަކަށް ވަނީމެވެ. އީޝާ އާއި އަހަރެން ދިމާވީ   އަހަރެން އުޅުނު އޮފީހުންނެވެ. އިޝާ އާއި އަހަރެންގެ ދަރިފުޅާއި މަންމަ އާއި އެކު އަހަރެން އުޅެމުން މިދަނީ  ވަރަށް އުފަލުގައެވެ.
**************************************************************************
އަހަރެންނަށް ރަނގަޅު މަގު ފެނުނީ އައިޝާގެ ފަރާތުންނެވެ. އެކަމަކު ޖިންނި އަކާ އެކު އަހަރެން ދިރިއުޅުން ބިނާ ކުރާނީވެސް ވަކި ކިހިނަކުން ހެއްޔެވެ. އެކަމަކު އަހަރެން އަބަދުވެސް އައިޝާ އަށް ޝުކުރުވެރި ވަމެވެ. މިހުރިހާ ދުވަހު އަހަރެންނަށްް އެއްވެސްް ގޯނާއެއް ނުދީ މިހުރީ އަހަރެންދެކެ އައިޝާ ވީ ތެދުވެރި ލޯބިންކަން އަހަރެންނަށް އެނގެއެވެ.
 

ނިމުނީ

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ކެއްކުރީމޭ އެހެނަސް…

Next

..ހާދައޭ ބޭނުމީ ކަލާ.. ( ހަތްވަނަ ބައި )

Next
November 28, 2015

..ހާދައޭ ބޭނުމީ ކަލާ.. ( ހަތްވަނަ ބައި )

Previews
November 27, 2015

ކެއްކުރީމޭ އެހެނަސް…

31 Comments!

  1. ishaa says:
    November 27, 2015 at 7:19 pm

    dhivehi bahun “eythinge” ekeyy nukiyaaane… kiyaanee “e’ehchehinge”… Good job!!!!.keep it up!!!

    1. Naani says:
      November 27, 2015 at 8:24 pm

      Alhugandahvex faahaga kollewunu thankolhehthyyy…!!!

    2. Ahmed Ammu says:
      November 27, 2015 at 9:24 pm

      Dhen faharakun ran’galhu kollaanan. Thanks 🙂

  2. Thaathu says:
    November 27, 2015 at 7:33 pm

    Vaahaka reethi… ekamaku mivaru thila nukuriyass kiyaa meehunah vaanuvaa ingeyne kanneynge ….

  3. Queen says:
    November 27, 2015 at 7:36 pm

    Varah reethi. Ekam faahaga kohlevunu thankolheh ebain aishaa buni dw male’ kujjekey but story ga fahun shizaan bunefa innany e ee kon thanehge kaaku kamehves neyngeyey only name ey engeny. Overall story is really nice and our country is a 100% percent muslim country but all those things are common, that’s the bitter truth. varah reethi moral eh. hope to see another story of yours.

    1. Ammu says:
      November 27, 2015 at 8:26 pm

      Yeah e ee Male’ ga ulhey kujjeh. Thanks Ingey ☺

  4. misty says:
    November 27, 2015 at 7:45 pm

    V reethi ? gud luck for ur next story

    1. Ahmed Ammu says:
      November 28, 2015 at 3:20 pm

      Thank You 🙂

  5. Anonymous says:
    November 27, 2015 at 8:04 pm

    Superb! Waiting for your another story. ☺️ BTW I love this story. Keep up the great work ??

    1. Ammu says:
      November 27, 2015 at 8:25 pm

      Thanks 🙂

  6. suha says:
    November 27, 2015 at 8:52 pm

    Awwnn.. Good job bro.. Keep it up.. :-*

    1. Ahmed Ammu says:
      November 27, 2015 at 9:22 pm

      Thanks Shuhakko 😀

  7. Ahmed Ammu says:
    November 27, 2015 at 9:21 pm

    Thanks Everyone. 🙂

  8. lam says:
    November 27, 2015 at 9:31 pm

    nice nice story
    waiting for your next story of ammu

    1. Ammu says:
      November 27, 2015 at 10:49 pm

      Thank You 🙂

  9. lillygirl says:
    November 27, 2015 at 9:55 pm

    Vv reethi frst story aa balaafa hama baraaabaru kuda koh kuh ebahuri btw u can improve it best of lucks ammu 😉

    1. Ammu says:
      November 27, 2015 at 10:50 pm

      Thank You 🙂 . Dhen faharakun rangalhu kollaanan.

  10. faz says:
    November 27, 2015 at 10:17 pm

    Hii ammu nice storyy..iz dat a true story?? Keep uploadin more..

    1. Ammu says:
      November 27, 2015 at 10:50 pm

      Thank You

  11. Fiar Prince says:
    November 28, 2015 at 12:36 am

    Dhivehi liyuntherikamah loabikoh liyanbeynunvegen liyuntheriyaa tiya genesedehvvee ibaaraaiytah maa thilakoh unprofessional…vaahakaiga mivaru saafuseedaakoh genaun meekee ragalhu gotehnoon…hope fahun ragalhuvaane kamah….

  12. aisha says:
    November 28, 2015 at 2:20 am

    kiyaala kiyaala huttaa vaahaka nimijje kulliakah.dhn faharu thankoheh dhigu vaahakaeh liyahche biruveri..v v v v v v reethi vaahaka :]

  13. Shabee says:
    November 28, 2015 at 7:05 am

    vrh reethi 🙂

  14. dhaana says:
    November 28, 2015 at 9:35 am

    Hageegy vaahaka eh tha?

  15. dhaana says:
    November 28, 2015 at 9:36 am

    Hageegy vaahaka eh tha?p

  16. Red Rose says:
    November 28, 2015 at 11:32 am

    Mee hagygy haadhisaa ehtha? Varah reethi.

  17. shareef says:
    November 28, 2015 at 3:08 pm

    vrah salhi……

  18. Ahmed Ammu says:
    November 28, 2015 at 3:20 pm

    Thanks Everyone 🙂

  19. Eyesh says:
    December 1, 2015 at 12:51 am

    As this is ur 1st story its fantastic. Varah rythi ingey. Best of luck besty ?

    1. Ahmed Ammu says:
      December 1, 2015 at 10:55 am

      Thank You Besty 😉

  20. Faith says:
    December 16, 2015 at 4:47 pm

    ma sha Allaah v nice story. Kudhi kuh huttas v ibraitheri.

  21. ssuhakko says:
    December 17, 2015 at 10:16 pm

    Varah reethi. But kudhi kuh huri. Heekuran than liya story ah rangalhu kuraanekamah. GOOD LUCK…………

Comments are closed.



All Right Reserved!