Skip to content
އެސްފިޔަ

އިރު އޮއްސުމުން.. ހަތަރުވަނަ ބައި

“ރަމް ތިބުނާ ކާއިންއަކާ ދިމާވިފަހުން ވާގޮތެއްނުތީ.. ރަމް ތިބިރުގަންނަވަރަށް އަހަރެންވެސް ބިރުގަނެއޭ.. ރަމް ގަބޫލު ނުކުރިޔަސް އެއީ އަހަރެންގެ ކާއިންބެ އެއްނޫނޭ… ” ނާދިޔާ ރަމްޝާއައް އެއްޗެއް ވިސްނަދޭފަދަ ރާގެއްގަ ބުނެލިއެވެ.

“ކާއިންއެއް ނޫނޭ.. ދެންއެއީ ކާކު..؟”

ރަމްޝާ ބޮލުގަ އަތް އަޅަމުން މަޑުމަޑުން ޓައިލްސްތަކުގެ މައްޗައް ތިރިވާންފެށިއެވެ.. އޭރު ރަމްޝާގެ ދެލޯވަނީ ރަތްވެފައެވެ. މުޅިމީހާ ތުރުތުރު އަޅަމުންދެއެވެ.

ރަމްޝާއަށް ލޯހުޅުވާލެވުމާއެކު އެކިތަންތަން ހޯދަންފެށިއެވެ. މުޅިމީހާވަނީ ދާހިތްލާފޯވެފައެވެ. ހުންގަދަކަމުން އޭރުވެސް ރަމްޝާ ތުރުތުރުލައެވެ. ރަމްޝާގެކައިރީގައި ނަޝީދާއާއި ނާދިޔާ އިށީދެލައިގެންތިއްބެވެ.

“ދަރިފުޅާ.. ދަރިފުޅު ކީވެ މަންމަ ކައިރީ ނުބުނީ.. ކީއްވެ ސިއްރުކުރީ..؟” ނަޝީދާގެ އަޑުގައިވަނީ ހިތާމައެވެ. ހުރިހަމައެކަނި އަންހެންދަރިފުޅުގެ ހާލަތުފެނުމުން ދެރަވީއެވެ.

“މަންމާ…! ކިހިނެއްތަވީ….!” ބަލި އަޑަކުން ރަމްޝާ ވީގޮތަކާމެދު ސުވާލު ކުރިއެވެ.

“އަހަރެން ހުރިހާ އެއްޗެއް ކިޔާދީފިން ނަޝީދައްތައަށް.. ޒާހިދުބެ ދިޔައީ އަލިބެ ބަލާ ފެންކިޔަވަން” ނާދިޔާ ޖަވާބުދެމުން އިތުރައް ކިޔައިދިނެވެ.

“ފެންކިޔަވާށޭ.. ނޫން.. އަހަރެންނަކަށް އަދިއެވަރުގެ ކަމެއްނުވެއެއްނު..” ރަމްޝާ އެކަމާ ދެކޮޅުހެދިއެވެ.

“މީގެ އިރުކޮޅެއްކުރިން ވީ ކަންތައްތައް ދަރިފުޅައް އެނގޭނަމަ ތިހެނެއް ނުބުނާނެ.. ” ނަޝީދާ ރަމްޝާއަށް ވިސްނަދޭފަދަ ރާގެއްގަ ބުނެލިއެވެ.

” ކި.. ކި.. ކިހިނެއް… ކިހިނެއްވީ..؟” ސުވާލުން ފުރިގެންވީ ނަޒަރަކުން އެއްފަހަރު ނާދިޔާއަށް އަދި އެއްފަހަރު ނަޝީދާގެ މޫނަށް ރަމްޝާ ބަލާލިއެވެ.

” ދަރިފުޅުގެ ބައްޕައާ ދޮންބެއާ ދެމީހުންނައް.. ދަރިފުޅު ހިފާއްޓާވެސް ނުލެވުނު.. ކޮންމެސް ކާނި ގަސްދަށަކަށް……..!” ނަޝީދާ އަކަށް އިތުރަކަށް ކިޔައެއް ނުދެވުނެވެ. ހިތުގާޖެހުނުވަރުން ނަޝީދާގެ އަޑު ބެދުނީއެވެ. އިތުރައް ކިޔާދިނުމުގެ ހިތްވަރު ނުލިބުނީއެވެ. ނާދިޔާ ނަޝިދާގެ ކޮނޑުގައި އަތްބާއްވާލިއެވެ. ހިތްވަރު ކުރާށޭ ބުނާފަދަގޮތަކައްށެވެ.

އަލިބެގެނެސް ފެންކިޔަވާހެދުމުން ހުންމަޑުވެ މީހާ ހަމަޔަކައްއެޅުނެވެ. އޭރު އަލިބެ ވެގެންއުޅޭގޮތް ބެލުމައްޓަކައި ފަންޑިތަފޮތްތައް ބަލާ ކިޔެވެލިތައްކިޔެވުމައް ތައްޔާރުވަމުންދެއެވެ. ކިޔެވުމައް ބޭނުންވާ ބައެއްސާމާނު ހޯދުމައް ރިޔާން ދިޔައެވެ. އަލިބެވެސް ގޭދޮށައް ގޮސްލައިފާ އަންނާނެކަމައްބުނެ ނިކުތެވެ.

ހިނދުކޮޅަކައްނަމަވެސް ރަމްޝާ އެކަނިވީއެވެ. ރަމްޝާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ގައިގެ އެކިތަންތަނުގައި ރިއްސާތީއުޅޭފަދަގޮތަކައް ރަމްޝާ ހަރަކާތް ކޮއްލިއެވެ. ވެފާވާ ވަރުބަލީގެ ސަބަބުން ނިދީގެ އަސަރު ކޮންމެވެސް ލޮލުން ފެންނަން ހުއްޓެވެ.

ކުއްލިއަކައް މުޅިކޮޓަރިން ކަރަންޓު ކެނޑުނެވެ. ރަމްޝާއަށް ކޮޅައް ތެދުވެވުނެވެ. އެނބުރެމުން ދިޔަ ފަންކާ އިތުރައްބާރުވިއެވެ. މުޅި ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އައިހެންނެވެ. އެއަނދިރީގެތެރެއިން ކުއްލިއަކައް ހިޔަންޏެއް ފާޅުވިއެވެ.

” ކާ…. ކާކު…”ފަހަތައްޖެހެމުން ރަމްޝާއަށް ހަޅޭއްލަވައިގަނެވުނެވެ.

“ކާއިން.. ރަމްގެ ކާއިން.. ރަމްދެކެ އިންތިހާއަށް ލޯބިވާ ކާއިން… !” ކާއިންގެ އަޑާއެކު މުޅިކޮޓަރި އަލިވެގެންދިޔައެވެ. އެއީ ކާއިންއެވެ. ކާއިން ރަމްޝާއާ ދިމާއަށް ހިނގައިގަތެވެ. ލަސްފިޔަވަޅުތަކެތް އަޅަމުންނެވެ.

“ނާންނާތި..! އަހަރެން… އަ..ހަ..ހަރެންނާ ކައިރިނުވާތި…! ތީ ކާކު..؟” ރަމްޝާއަށް މިހެން ބުނެވުނު އިރު ބިރުން ގިސްލެވެން ފަށައިފިއެވެ.

“ރަމް.. މީ ކާއިންއޭ.. ރަމްގެ ކާއިން…” ކާއިންގެ އަޑުގައިވަނީ އިންތިހާ ލޮތްބާއި އޯގާތެރިކަމެވެ.

“ނޫން.. ނޫން.. ތީ ކާއިންއެއް ނޫން.. ” ރަމްޝާ ފަހަތައް ޖެހެންފެށިއެވެ.

“އާނ…..! މީ ތިހީކުރާ ކާއިންއެއް ނޫން.. އިންސާނެއްވެސް ނޫން…!” ކުއްލިއަކައް އަޑުބަދަލުވިއެވެ. ބިރުވެރި ބަރު އަޑަކަށެވެ. މަޑުމަޑުން ކާއިންގެ ސިފަޔައްވެސް ބަދަލުތަކެތް އަންނަންފެށިއެވެ. މުޅިމީހާގެ މޫނުމަތި ހީވަނީ ފިހިފަވާހެންނެވެ. ބަލާލަންކެރޭވަރަށްވުރެ ހަޑި ސިފަޔަކައް މުޅި މީހާ ބަދަލުވިއެވެ.

“އެކަމަކު ރަމްދެކެ ދީވާނާއެއްފަދައިން ލޯބިވަން.. ރަމްއާނުލާ ނުޅެވޭ ވަރަށް..! ޕްލީޒް ރަމް އަހަރެންނާ ދުރުނުވޭ..!” އެއަޑު އަނެއްކަވެސް ބަދަލުވިއެވެ. ހިތާމައާއި ވޭން އެކުލެވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. އެބިރުވެރި އެތި ރަމްޝާއާއި ދިމާއަށް އަންނަންފެށިއެވެ.

“ނޫން.. އަހަރެން ދޫކޮއްލާ…! ރަމްޝާއަށް ފަހަތައްގޮސް ފާރުގައި ޖެހެވުނެވެ.

“ދުރުވާށޭ.. އިންސާނަކަށް ނުވީމަތަ..؟ އިންސާނަކައްނުވީތީ ކޮންކަމެއް އުނިވީ..؟ ރަމްއަށް އަހަރެން ލޯބި ނުދޭތަ..؟ ދެރައެއް ދިނީންތަ؟ ދުރުވުމަކީ އެހާފަސޭހަ ކަމެއްނޫން.. އަހަރެންވީ ލޯބި އަދި އެލޯބި މުޅިއުމުރަށް ހާސިލްވެސް ކުރާން… ދެން މިކަމެއް ނުނިމޭނެ…!” މިފަހަރު އަނެއްކަވެސް އަޑުގައި އެކުލެވިގެންވީ އިންތިހާ ރުޅިވެރިކަމެވެ.

“އަހެރެންނައް އެތައް ދުވަހެއް ކުރިން ރަމްޝާދެކެ ލޯބިވެވުނު.. އެކާނި ގަސްދަށުން ރަމްޝާ ފެނޭތޯ އިންތިޒާރު ކުރިން.. އެތައްދުވަހަކައްފަހު ރަމްޝާއާ ބައްދަލުވެ މިހިސާބައް ދިޔުމުން ދެންކިހިނެއް ދުރުވާނީ.. ނުން.. އެކަމެއް ނުވާނެ…!” ބާރު ހުނުމުގެ އަޑު މުޅިކޮޓަރިތެރޭ ގުގުމަންފެށިއެވެ. އެ ބިރުވެރި އެތި ރަމްޝާ އާއި ދިމާއައް އަންނަންފެށިއެވެ. ރަމްޝާ ކޮޓަރީދޮރާދިމާލައް ދުއްވައިގަތެވެ.

“މަންމާ… މަންމާ… އަހަރެން ސަލާމަތްކޮއްދީ.. !” ރަމްޝާ ބާރުބާރަށް ތަޅުގައި ހިފައިގެން ހުޅުވޭތޯ މަސައްކަތް ކުރަންފެށިއެވެ.

“ރަމް.. ކީއްވެތަ ދުރައްދަނީ………!” މިފަހަރު އިވުނީ ކާއިންގެ އަޑެވެ. އެހެންނަމަވެސް ރަމްޝާ ފަހަތް ބަލާލިއިރު އެއަޑު ކޮޓަރިތެރެއައް ފޭދިގެން ހިނގައްޖެއެވެ. އެވަގުތު ކޮންމެވެސް މީހަކު ބޭރުން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ރަމްޝާއަށް ދޮރާ ކުޑަކޮން ދުރަށް ޖެހެވުނީ ލިބުނު ސިހުމަކުންނެވެ.

“ދަރިފުޅު ކީވެ ކޮޓަރިތަޅުލީ… ކިހިނެއްވެފަ މިއޮތީ…؟” ނަޝީދާ ކޮޓަރިއައް ވަންނަމުން ހައިރާންކަމާއެކު މުޅިކޮޓަރިއައް ނަޒަރު ހިންގާލިއެވެ. ކޮޓަރިއައްހީވަނީ ތޫފާނެއް އައިސައޮތްހެންނެވެ. މޭޒުމަތީގައިވާ ފޮތްތަކާއި އެނދުމަތީގައިވާ ބެޑުޝީޓާއި ބާލިސްތައްވެސް ވަނީ ޓައިލްސްތަކުގެ މަތީގައި އެގޮތްމިގޮތައް އުކާލެވިފައެވެ. ރަމްޝާ ރޮއެގަނެފަ ނަޝީދާގެގައިގާ ބައްދާލިއެވެ.

އޭގެ ތިންދުވަސް ފަހެވެ.

އަލިބެގެނެސްގެން ކިޔަވާ ހަދާތާ ތިންދުވަސްވެއްޖެއެވެ. ކުރިއައްވުރެން މިހާރު ރަމްޝާގެ ހާލު ރަނގަޅުވާހެން ހީވާންފަށައިފިއެވެ. މިރެއަކީ އަލިބެގެ ކިޔެވެލީގެ ފަހުރެއެވެ. އަލިބެޔާ ޒާހިދު އަދި ރިޔާންއާ ތިންމީހުން ތިބީ ސިޓިންރޫމްގެތެރޭގައެވެ. ރެއައް ތައްޔާރުވުމުގެގޮތުން ހޯދައިގެންގެނެސްފައިވާ ތަކެތި ހަމަތޯ ބެލުމުގެ މަސައްކަތުގައެވެ.

“ޒާހިދޫ.. މިރެއަކީ ބޮޑުރެއެއް.. ވަރަށްހިތްވަރު ގަދަ ކުރާތި.. މިކަހަލަ ކަންތައްތަކަކީ މާކަ ފަސޭހަކަންތައްތަކެއް ނުން.. ” އަލިބެ ވާހަކަދެއްކިއެވެ.

“އަލިބޭ.. އަނެއްކަ މިކަން ރަނގަޅުވާނެތަ… މަގޭ ދަރިފުޅު ސަލާމަތް ވާނެތަ..؟” ޒާހިދުގެ އަޑުގައިވަނީ ފުން ހިތާމައެވެ.

“އިރާދަކުރެއްވިޔާ ރަނގަޅުވާނެ… އެކަމަކު އެހާ ފަސޭހައެއް ނުވާނެ މިކަން ކުރާކައް… އެޖިންނި އެހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކައްނުން.. ފަހަރެއްގަ އެމަންޖެގެ ފުރާނަޔައްވެސް….! ” އަލިބެގެ ވާހަކަ މިހިސާބުން ހުއްޓާލަމުން ޒާހިދުއާދިމާލައް ބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެނުނު ކުލަވަރުން އެބުނި ޖުމުލައިގެ ފަހުބައި ވިސްނިއްޖެއޭ ބުނާކަހަލަގޮތަކައް ޒާހިދު ލޯމަރާލިއެވެ. ހިތައްކުރި އަސަރެއްގެ ބޮޑުކަމުން ހަށީތެރޭ ނޭވާ ހިފާއްޓާލެވުނީއެވެ.

މިމަންޒަރު ބަލަން ދުރުގާ ހުރި ނަޝީދާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އެދަމަފިރިން ނުހަނުލޯބިން ބަލަހައްޓަމުންދިޔަ ދެދަރިންގެތެރެއިން އެންމެ ހަގުދަރި މިއަދު އުޅެމުން އެދަނީ ކޮންފަދަ ހާލެއްގަހެއްޔެވެ.؟

ރޭގަނޑު އަށޭއްޖެހީއެވެ. އަލިބެއާއި ކިޔަވަން ގެނެސްފައިވާ ދިހަވަރަކައް ކުދިން ސިޓިންރޫމައްޖަމާވެއްޖެއެވެ. ރަމްޝާއޮތީ ސިޓިންރޫމްގެ މެދުގައިވާ ހުދުފޮތިގަނޑެއްގެ މަތީ އުޑުތިލަމަތިންނެވެ. ވަށައިގެން ކިޔަވާކުދިން އިށީނދެގެން ތިއްބެވެ. ރަމްޝާ ކައިރީ ފެންތަށްޓެއް ހިފައިގެން އަލިބެ އިނެވެ.

ލަސްނުކޮއް އަލިބެ ކިޔެވެލިފެށިއެވެ. ދިހަވަރަކަށް މިނެޓުފަހުން ރަމްޝާއަށް ގޮތްތަކެތްވާހެން ހީވާންފެށިއެވެ.

” ތީކާކު…!!!” އަލިބެ ފެންމުށެއް ރަމްޝާގެ ގަޔައްޖަހަމުން ސުވާލުކުރިއެވެ.

“އަހަރެން މީ ކޮންމެމީހެއްވިޔަސް ކަލެއަށް ކީއް؟..” ރަމްޝާގެ ހަށިގަނޑުތެރެއިން އިވެމުން ދިޔައީ ރަމްޝާގެ އަޑެއްނޫނެވެ. އެއީ ބިރުވެރި އަޑެކެވެ.

“ރަމްޝާއަށް އުނދަގޫކުރުމުގެ ބޭނުމަކީ ކޮބާ..؟” އަލިބެވެސް ރުޅިވެރިކަމާއެކު ސުވާލުކުރިއެވެ.

“އެއީ ކަލެއައް އެނގެންޖެހޭ ކަމެއް ނުން…!” އަނެއްކާވެސް އެބިރުވެރި އަޑު ޖަވާބުދިނެވެ.

“އަހަރެންކުރާ ސުވާލުތަކައް ޖަވާބުދީ އެހެންނޫނީ ކަލޭ އަންދާލާނަން…!” އަލިބެ އިންޒާރުދިނެވެ.

“މަށަށް ބިރުދައްކަނީތަ… ތިއުޅެނީ އަދި އަހަރެންގެ ބާރުނޭނގިގެން….!” އެބިރުވެރި އަޑުންވެސް ލިބުނީ އިންޒާރެކެވެ.

އަލިބެ ކިޔެވެލި އިތުރަށް ބާރުކޮއްލިއެވެ. އަދި ފެންމުށެއްނަގާ ރަމްޝާގެ ގަޔައްޖެހިއެވެ. އެވަގުތު ރަމްޝާގެ އަތުގަ ފެންޖެހުނު ހިސާބުވަނީ ފިހިފައެވެ.

“އަދިވެސް ކަލޭ މިތަނައްއައި ބޭނުމެއް ނުބުނާނަންތަ؟” އަލިބެ ސުވާލު ކުރިއެވެ.

“އަހަރެން އައީ ރަމްޝާދެކެ ލޯބިވާތީ.. އަދި މިހާރު ރަމްޝާވެސް އަހަރެންދެކެ ލޯބިވޭ…!” އެބިރުވެރި އަޑު އިތުރައް އަޑަށް ބާރުލަމުން ވާހަކަދެއްކިއެވެ.

“އިންސާނަކަށް ޖިންނިއަކާ އެކު ނޫޅެވޭނެ. އޭރަކު ރަމްޝާއަކައް ނޭންގޭ ތީ ޖިންނިއެއްކަމެއް.. ސުލްހައިގަ ކަލޭ މިތަނުން އަދި އަދި ރަމްޝާގެ ދިރިއުޅުމުން ދިޔުން ރަނގަޅުވާނީ… އެހެންނޫނީ އަހަރެންނައް ޖެހޭނީ ކަލޭގެ ވަސްވެސް ފޮހެލަން…” އަލިބެ ވާހަކަދެއްކިއެވެ.

“އަހަރެންނެއް ނުދާނަން… ކަލޭ މިކަމުގެތެރެއައް ނުވަދޭ…” އެބިރުވެރި އަޑު ޖަވާބުދިނެވެ.

“ކަލޭ އިންސާނުންގެ ދިރިއުޅުމާ ކުޅެނީ ކީކުރަން… އަހަރެން އެންމެ ފަހުފަހަރައް މި އަހަނީ ސުލްހައިގަ ދާނީހޭ؟” އަލިބެގެ އަޑު ދިޔައީ ފަހަރެއް ފަހަރަކައް ގަދަވަމުންނެވެ.

“ނުދާނަން.. !!” އެބިރުވެރި އަޑުން އިވުނު މި ޖުމުލަޔާއެކު އަލިބެ ކިޔެވެލި ބާރުކޮއްލިއެވެ. އިތުރު ސުވާލެއްކުރުމަކާނުލާ އަލިބެ ކިޔަވަމުން ފަހަރަކު ފެންމުށެއް ރަމްޝާގެގަޔަށް ޖަހަމުންދިޔައެވެ. ކޮންމެފެންމުށަކާއެކު ރަމްޝާގެ ގައިގައި ނިޝާންތަކެއް ލެވެމުންދިޔައެވެ.

ރަމްޝާއައް ލޯހުޅުވާލެވުނު އިރު ރަމްޝާ އަށް އޮވެވުނީ ކޮޓަރީގައެވެ. ކައިރީގައި ގޮނޑިއެއްގައި އަލިބެ އިށީނދެގެން އިނެވެ. ނަޝީދާއާއި ޒާހިދުވެސް ކައިރީ ތިއްބެވެ.

“މަންމާ…!” ކުރެހިފައިވާ އަޑަކުން ރަމްޝާ ނަޝީދާއަށް ގޮވާލިއެވެ.

“ދަރިފުޅާ އިރާދަކުރެއްވިއްޔާ ދެން ހުރިހާކަމެއްވެސް ރަނގަޅުވާނެ..” ނަޝީދާ ރަމްޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

” ހަނދާނުގައި ބަހައްޓަންވީ މިދޭ ދުއާ ތަކަކީ އަބަދުވެސް ސަލާމަތްތެރިކަންކަން… ބޭރައް ނުކުންނައިރުގަޔާ ފެންވަރަން ވަނުމުގެ ކުރީގަޔާ.. އެކި ވަގުތުތަކުގަ އެވަގުތަކައް އަދި އެކަމަކައް ޙާއްސަ ދުވާތައް.. މިދުވާތައް ކިޔަން ހަނދާނުގައި ބަހައްޓާތި.. އިރު އޮއްސޭ ގަޑިގައި ބޭރުތެރޭ އުޅުން ރަނގަޅެއްނޫން.. އެވަގުތައް ގޭތެރެއައް ވަދެވޭތޯބަލާތި.. އޭރުން ރަނގަޅުވާނެ” އަލިބެ ރަމްޝާއައް ކަންތައްތައް ކުރަންވީގޮތް ބުނެދެމުން ދުއާ ތަކެތް ކިޔެފައިވާ ކުޑަ ފޮތެތް ދިނެވެ.

ނިމުނީ

Comments (18)

  1. princess lily

    vaahakaigai huri mistake thah bunedhin kudhinnah v v bodah thanx.. thankolheh kurin liyefa in vaahakaeh vyma ehkon up kohly.. dhen thi libunu comment thakun dhen liyaa vaahakaehga mi mistake thah rangalhu kohleveytho v masahkai kuraanan. adhives ehfaharu thanks vaahaka kiyaalyma n mistake bunedhinyma.. i love u all

  2. aika

    Adhi story thankolheh dhigu kohlinama…. Btw hadieh noon. Good luck 4 ur next story lily. Dhigu kohlinama vvvv reethi vaanehen heevany. Aslu 1 nd 2nd part kii iru aika heekuree thankolheh reethi vaane kamah. But still its nt bad ingey. Lily ge ehen vaahaaeh fehnaane kamah uhmeedhukuran. Gud luck ingey.

    1. aika
      aika

      Oooh! Im 1st dhw.hehehehe

  3. bubble

    nice.I thought it’s a long nd a horrw stry
    anyways stry v nice.but heekurihaa biruveriehnoon…….
    dhn liyaa stry akah best wishes frm me….
    bye.tc

  4. isha.. fathun

    Vahaka feshign ai iru v rythi. N thankolhei dhigu kolli nama eahvure rythi vaane. Hadi eh nun ngey. Iburaitheri.. n ithuru ehn vahaka akah waiting ngey. Best wishes sis

  5. Shyhaa

    Wowwwww….Varah salhi….Than kolheh kury dhw….Dhn liyaa stry eh mi ah vure dhigukohla dhehchey…

  6. lavish

    VVV NICE. thankolheh dhigu vaahakaeh kiyaalan libeyne kamah ummeedhu kuran. confidence aai eku vaahaka liyey v kuriah dheveyne kamah feney

  7. princess lily

    thanx ingey… hurihaa kiyuntherinnah… miah vuren dhigukon dhen liyaa vaahaka genes dheynan ingey…

  8. sharu

    Varah aanmu vaahaka thakeh…thafaathu haadhisaa thakeh hingi nama v reethi vaane..bt not bad..

  9. zahu

    ? ma sha allah..migothah emmen vez story liyaa nama kihaa rangalhu dua thakuge muhimmu kan angai dhee adhi huhdha nuun fandithah nufethurumakee alhugandu varah thaaeedhu kuraa kameh.. ?

  10. mudhahriss

    aslu nimun ehaaa rangalheh nun..effaharaa ninmaaaly…aslu kaain ah vee kihineh kan bunedhen jeheyne vaahaka nimey iru…kaain ge sifaaaga e handi annann jehunu sababu vess bunan jeheyne…vaahaka reethi ekam nimun genesfa oileh goahy…dhen liyaa vaahaka ehgga mikan rangalhu kohllan jehey

  11. Natsu

    Biruvericamunves ciyan nukerey..varah biruganey

    1. lucy
      Natsu

      u are the girl to write stories right natsu

  12. naax

    Vvv reethi vaahakaeh heekurin miahvure dhiguvaanekamah dhen vaahakaeh miah vure dhigu kohlahchay thankssssss

  13. lucy

    emeh furathamh neegunu kon kaain eh kameh ekam fahun igunu. by the way nice story

  14. You don't need to know me. Im de alfa

    Vara salhi
    Dhigu kolinama mi avure salhi vaane
    Kiyaa hithun kiyaale vunu vaahaka e

  15. You don't need to know me. Im de alfa

    Ok

  16. Gigi

    Mi vaahakaigava vaagoih kudakoh fathis hafhuvaraa vahtharu gotheh hurey.. Bt nice

Comments are closed.