Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (8)

Maree
January 6, 2016
7 Mins Read
36 Comments

އަށްވަނަ ބައި

އިރުގެ  ރަން ދޯދިން މުޅި ރަށް އަލިކުރަމުން އައި ވަގުތެވެ.  އެކި ހިސާބު ހިސާބުން ހާލާ ކޮވެލީގެ އަޑުން މުޅި ރަށް ގުގުމަމުން ދެއެވެ. ފަތިހުގެ ފިނިކަން އިހުސާސް ކުރަމުން ރަށުގެ އެކި ހިސާބުގަނޑުން އަންހެންވެރިން މަގުމަތި ކުނި ކެހުމުގައި މަޝްއޫލުވެގެން އުޅޭ މަންޒަރުން އެރަށުގެ އަންހެނުންގެ ހީވާގިކަމާއި މުރާލިކަން ފެންނަމުންދެއެވެ.

ގަޑިން 6ޖަހާ ބޮޑު ވެއްޖެއެވެ. ކޮޓަރީގައި ނިދިފައި އޮތް އައިންތަށް ހޭވެރިކަން ވީ އޭނާގެ ކޮޓަރީގެ ދޮރުގައި ބަންބަން ލާފައި މީހަކު ތަޅާ އަޑަށެވެ. މަންމަ ސަކީނާ ކޮޓަރީގެ ދޮރުތަޅަމުން ދިޔައިރު ހަޅޭއްލަވައި ރޮއި ހޭރެމުންދެއެވެ. ހަމަހޭވެރިކަން ޖެހުމާއިއެކެ އޮތްތަނުން ފުންމައިގެން ތެދުވެ އައިންތު އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ސަކީނާ ރޮއި ގޮވަމުން އަވަހަށް ބޭރަށް އައިސްބަލާށޭ ކިޔަމުންދެއެވެ. މާއިނަށް ގޮތެއްވެއްޖެޔޭ، އެފަކީރުގެ ހެޔެއްނެތޭ ކިޔާ ރޮއި މަރުވަނީއެވެ. އަޑުއަހަންނުހުރެ އައިންތުވެސް ހުރިގޮތަށް ދުވެ ގޮސް ސިޓިންގްރޫމާ ހަމައަށް އައިއިރު ސޯފާގައި އިން އޭނާގެ ބޭބޭ ޝާންގެ އުނގުގައި މާއިން އޮތްތަން ފެނި އައިންތަށް ރޮވުނެވެ. ޝާންގެ އުނގަށް ދެމިފައި އޮތް އިސްކޮޅުން ދިގު މާއިންގެ ލޯ ވަނީ މެރިފައެވެ. އޭނާގެ ދެފައިވަނީ ހަންމެށި ތަންތަނުން ކުރަކިވެފައެވެ. ކަނާތު ފައިތިލާގެ ހުދުހަން ވަނީ އަނދާފައި ހުރި ގޮތަކަށެވެ.

“ހޮސްޕިޓަލް ވޭނަށް ގުޅާބަލަ. އޭނައަށް ކިހިނެއްތަ ވެފަ މިއޮތީ.” ދުވެފައި ގޮސް މާއިންގެ ގައިގައި ހިފައި އޮޅުލަމުން އައިންތު ރޯންފެށިއެވެ.

“ގުޅައިފިން، އެބަ އާދޭ މިހާރު.” މާއިން ސޯފާގައި ބާއްވަމުން ޝާން ބުންޏެވެ.

“ކިހިނެއްތަ ވީ މާއިނަށް މަންމާ. އޭނަ…” އައިންތުގެ ޖުމްލަ ފުރިހަމަ ނުވަނީސް ގޭ ދޮރުމައްޗަށް ރަށު މަރުކަޒުގެ ވޭން އައިސް ބަރުގަނު އަޅުވާ އަޑުފަށްގަނޑު އިވިގެން ދިޔައެވެ. ތެޅިގެންފައި އެންމެންވެސް ބޭރަށް ނުކުމެ މާއިން ގޮވައިގެން އަވަހަށް ވޭނަށް އެރިއެވެ. އެޭރު އެގޭ ބޭރުގައި މީހުން އެއްވެގެން އުޅެއެވެ. އެންމެން އެންމެނަށް ވާނުވާ ނޭނގިގެން އެވާހަކަ ދައްކަމުންދެއެވެ. މާގިނަ އިރެއްނުވެ ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ވޭން އައިސް ރަށު މަރުކަޒުގެ ދޮރުމައްޗަށް ހުއްޓުނެވެ. މަރުކަޒުގެ ބޮޑު ދޮރުމައްޗަށް ވޭން ހުއްޓާލިއިރު މާއިންގެ އިންތިޒާރުގައި ބަލިމީހުން އުފުއްލާ ފުރޮޅުލީ އެނދަކާއެކީ ދޮރާށި މައްޗަށް މަސައްކަތުމީހަކު އައިސް ހުއްޓެވެ. އެންމެން ވޭނުން ފޭބިއިރު ޝާން ފޭބީ މާއިން އަތްދަނޑިމައްޗަށްލައިގެންނެވެ. އެއިރުވެސް މާއިންގެ ހެޔެއްނެތެވެ.  އެނދުމަތީ މާއިން ބާއްވައިގެން އެތެރެއަށް ވަތް އިރު މާއިންގެ ފައިތިލަ ދުޅަވެ ރަތްވެފައި ހުރި ތަން މަރުކަޒުގައި ތިބި މުވައްޒަފުންނަށްވެސް ފެންނަމުންދެއެވެ. އެނދުމަތީގައި އޮތް މާއިން ގޮވައިގެން ގޮސް ފުރަތަމަވެސް އެންމެން ވަނީ އެމަރޖެންސީ ކޮޓަރިއަށެވެ.  ދެ ތިން އެނދު ހުންނަ މި ކުޑަ ކޮޓަރިތެރެއަށް އެންމެން ވަނުމުން މިތަނަށް ވަދެވޭނީ ގިނަވެގެން 2 މީހުންނަށޭ ބުނެ ނަރުސް ކުއްޖަކު އައިންތުމެންނާ މުހާތަބުކުރިއެވެ. އެހެންކަމުން ސަކީނާ ބޭރުގައި މަޑުކޮށްލިއެވެ. ޝާން މެމޯކޮޅު ހެއްދުމާއިގެން އުޅެގަތެވެ. މެމޯ ހެއްދުމަށްފަހު އައިންތުގާތަށް ގޮސްފައި ތިމަންނަ މަންމަ ގާތު ބޭރުގައި މަޑުކުރާނަމޭ ބުނެ ޝާން އެ ކޮޓަރިންނިކުތެވެ.  އޭރު އެތަނުން އެނދެއްގައި މާއިން  ބާއްވައި އޭނާގާތު އައިންތުވެސް އިށީނެވެ. ކޮޓަރިން ބޭރުގައި ހުރި ގޮނޑި ބަރިއެއްގައި ކަންބޮޑުކަމާއިއެކު ސަކީނާއާއި ޝާން  އިށީނެވެ. ހިނދުކޮޅެއްގެ ތެރޭ ޑޮކްޓަރު އައިސް އެމަރޖެންސީ ކޮޓަރިތެރެއަށް ވަނެވެ.

 

ކޮޓަރިން ބޭރުގައި ހުރި ގޮނޑިބަރީގައި ތިބި ސަކީނާއާއި އައިންތުގެ ބޭބެ ޝާން ދައްކަމުން ދިޔައީ ހެނދުނު  ބޭރު ގޯތި ތެރެއަށް މާއިން ވެއްޓިފައި އޮތްވާހަކައެވެ. އޭނާ އެތަނުގައި އޮންނަންޖެހޭނެ ސަބަބެއް ނޭނގޭ ވާހަކައެވެ. ގޭ ދޮރާށިވެސް ލައްޕާފައި ހުރި އިރު މާއިން ބޭރު ގޯތިތެރޭގައި އޮންނަން ޖެހުނުކަމާއިމެދު ވިސްނާ ވިސްނާ ޝާންވެސް ބޯހަލާކު ވާވަރުވެއްޖެއެވެ.

” އޭނަ އެތާ ބޭރުގަ އޮށްވާ މަންމަ އަށް  ފެނުނީ ކޮން އިރަކު  ؟” ސިކުނޑިއަށް ބާރުކުރަމުން ޝާން ބޭނުންވީ ކަންވީ ގޮތެއް އޮޅުންފިލުވާށެވެ.

” މަންމައެއް ގަޑިއެއް ނުބަލަން. އެކަމަކު އެއިރު ހީވަނީ ގަޑިން 5:40 ވެދާނެހެން. ރިހަތެލި ހޫނު ކުރަން ބަދިގެއަށް ދާންވެގެން ގޭ ދޮރު ހުޅުވާލީ. އޭރު އެސޮރު އޮތީ ދޮރު ކައިރީ ބިންމަތީގައި. ކިރިޔާ މަންމަ ފައިދަށުނުވީ. ދެން މަންމަ އަވަހަށް ދަރިފުޅަށާ ބައްޕައަށް ގޮވީ. ބައްޕަ މިއަދު މާލެ ފުރަންދާން ނުޖެހުނުނަމަ މާއިންގާތު މަޑުކުރާނެ. ” ދެރަވެ ހާސްވެ ހުރެ އޭނާއަށް މާއިން ފެނުނު އިރު އޮތްގޮތް ސަކީނާ ކިޔައިދެމުންދިޔައެވެ. ދެވެރިން ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުމެއްއައީ މަރުކަޒުގެ ބޮޑު ދޮރާށިތެރެއިން ފާތުންނާއި ހަސަން އެމީހުންގެ ދަރިފުޅު އާލިޔާ ގޮވައިގެން އަންނަތަން ފެނުމުންނެވެ. ފާތުންގެ މޫނުމަތިން ރޮއިފައި ހުރިކަމުގެ އަސަރު ފެންނަމުންދެއެވެ. ހަސަންވެސް ހީވަނީ ހާސްވެގެން ހަދާނެގޮތް ހުސްވެގެން އުޅޭމީހެއްހެނެވެ. ފާތުންގެ ދެއަތްމަތީ އޮތް އާލިޔާ ގެ ގަޔަކު ވަރެއްނެތެވެ. އެމަންޖެ ދެމިފައި އޮތްއިރު ދިރުމެއްނެތް ފަދައެވެ. ފާތުންމެން ދުވަމުން އެމާރޖެންސީ ކޮޓަރިއާއި ހަމައަށް އަންނަ މަންޒަރުފެނި ސަކީނާ އިންތަނުން ތެދުވެ ގޮސް ފާތުންގާތަށް ދިއައެވެ.

“ފާތުން! އާލިޔާއަށް ކިހިނެއްވީ..” ހާސްކަމެއްގެތެރޭހުރެ ސަކީނާ ފާތުންނާ ސުވާލުކުރީ ފާތުން ދުވެގޮސް އެމަރޖެންސީ ކޮޓަރިތެރެއަށް ވަދެ ވަދެ ހުއްޓައެވެ.

“ނޭނގެ ދައްތާ، އާލިޔާ ހެނދުނު ހޭލީއްސުރެ ހޮޑުލަނީ، ހުންވެސް އައިސްފަ ހުރީ.” ސަކީނާ ކުރި ސުވާލަށް ޖަވާބުނުދީ ހާސްވެފައިހުރި ފާތުން ދުވެގޮސް އެމާޖެންސީ ކޮޓަރިއަށް ވަނުމުން  ސަކީނާއަށް ޖަވާބުދިނީ ހަސަނެވެ.

ފާތުން ކޮޓަރިއަށް ވަނުމުން ނަރުސްކުއްޖަކު އައިސް ފާތުންނަށް އެނދެއްދައްކައި އާލިޔާ ބާއްވަން އެދުނެވެ. އެއަށްފަހު އާލިޔާއަށް ވީ ކިހިނެއްތޯ ފާތުންގާތުން އޮޅުން ފިލުވުމަށްފަހު މެމޯކޮޅު ހައްދަން ނަރުސްކުއްޖާ ބުންޏެވެ. އެކަމާއިގެން ހަސަން އުޅެގަތްވަގުތު  އެކޮޓަރީގެ އެހެންއެނދެއްގެކައިރީގައި ހުރި ޑޮކްޓަރުގާތަށް ނަރުސްކުއްޖާ ހިނގައިގަތެވެ. އެދިމާލަށް  ބަލާލިއިރު އައިންތު އެތާހުރުމުން  ފާތުން ހައިރާންވެފައި އައިންތަށްގޮވާލިއެވެ. އާލިޔާ އެނދުގައި ބާއްވައިގެން އޭނާގެ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އިން ފާތުން ލޮލުގެ އިޝާރާތަކުން ކިހިނެއްތޯ ވެގެން އުޅެނީ އައިންތުގާތު އަހާލިއެވެ. އައިންތުވެސް އަތުގެ އިޝާރާތަކުން ފަހުން ކިޔައިދޭނަމޭ ބުނެ މާއިންގެ ގައިގާ ކަށިގަނޑުއަޅައިގެން ހިތުގެ ވިންދު ބަލަންހުރި ޑޮކްޓަރަށް ސަމާލުކަންދިނެވެ. އެެއިރު ނަރުސްކުއްޖަކު އައިވީއެއް ގުޅައިދީފައި މާއިންގެ ފައިގައި ބޭސް އަޅައިދެމުންދެއެވެ.

” ހީ އިޒް ފާސްޓް އަ ސްލީޕް ރައިޓްނައު. ލެޓް ހިމް ސްލީޕް އެޓް ދަ މޯމެންޓް. ނަތިންގް ޓު ވޮރީ އެކްސެޕްޓް ދެޓް ހިސް ފީޓް އިޒް އިންޖާރޑް. އައިހެވް ރިޓަން ސަމް މެޑިސިންސް ޓު އެޕްލައި ދެއާރ.” މާއިނަށް ވެގެން އުޅޭގޮތް ކިޔައިދެމުން ޑޮކްޓަރު ވާހަކަދައްކަމުން ދިޔައީ އައިންތާއެވެ. އޭނާއަށް މާބޮޑު ކަމެއްނުވާ ވާހަކަ ބުނުމުން އައިންތުގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް އޭނާގެ ފަޔަށް އެހެން ވާންޖެހުނީ ކީއްވެތޯ ޑޮކްޓަރު ސުވާލުކުރުމުން އައިންތުވެސް ހައިރާންވެފައި ތިމަންނާއަށްވެސް ނޭނގެއޭ ބުންޏެވެ. ކުއްޖާއަށް ބޮޑަށް ސަމާލުވާށޭބުނެ އައިންތުއަށް ނަސޭހަތްތެރިވަމުން ޑޮކްޓަރު ހިނގައިގަތީ ފާތުންނާ ދިމާލަށެވެ.

އާލިޔާގެ މޭމަތީގައި ކަށިގަނޑު އަޅައި އެކުއްޖާގެ ހިތުގެ ވިންދު ހިނގަމުން ދާގޮތް ރަނގަޅަށް ބަލާލުމަށްފަހު ޑޮކްޓަރު އޭނާގެ ލޯވެސް ހުޅުވާ ބަލައިލިއެވެ. އަދި އެއަށްފަހު އަނގަ ހުޅުވާލައި އަނގަތެރެވެސް އަލިކޮށް ބަލައިލިއެވެ. އޭރު ކައިރީގައި ހުރި ނަރުސްކުއްޖާ އާލިޔާއަށް ވެގެން އުޅޭގޮތް ޑޮކްޓަރަށް ކިޔައިދެމުން ދިޔައެވެ. ޑޮކްޓަރު ފާތުންމެންގާތު ކިތައް ފަހަރުމަތިން ހޮޑު ލައިފިތޯ އެހުމުން 8 ފަހަރަށް އާލިޔާ ހޮޑުލިވާހަކައިގެ އިތުރުން ހޮޑަށް ލާނެ އެއްޗެއް ނެތް އިރުވެސް ހޮޑުލާން އޯކާ ދަމަދަމާ އުޅުނު ވާހަކަ ޑޮކްޓަރަށް ފާތުން ކިޔައިދިނެވެ. ޑޮކްޓަރު ނަރުސް ކުއްޖާއަށް އިޝާރާތެއްކުރުމަށްފަހު އައިވީއެއް ގުޅަން ބުނި އިރު ވާހަކަދައްކަމުން ދިޔައީ ފާތުންނާއެވެ. އަތުގައި އޮތް ފޮތުގައި ބޭސްތަކެއްގެ ނަންތަކެއް ލިޔަމުން އެއީ ކޮންކަމަކަށް ދޭ ބޭހެއްކަން ޑޮކްޓަރު ފާތުންނަށް ކިޔައިދެމުން ދިޔައެވެ. އަދި ހުސްބަނޑާ ނުބާއްވަންބުނެ ލިޔުނު ގަނޑު ފޮތުން ވަކިކޮށްލައި ފާތުން އަތަށް ދިނުމަށްފަހު އެ ބޭސް ސިޓީއަށް ބޭސްނަގާށޭ ބުނެ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އެދަނޑިވަޅަށް ކޮޓަރިއަށް ޝާން ވަނެވެ.

އައިންތު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ހެނދުނު މާއިން  އޮތްތަން  ޝާން ކިޔައިދިނުމުން އައިންތުވެސް އެކަމާ ހައިރާންވިއެވެ. އަދި ހަމައެއްގޮތަކަށްވެސް މާއިން ބޭރަށްދާން ޖެހުނު ސަބަބެއް އޭނާއަށް ނުވިސްނުނެވެ. ރޭ ނިދަން ދިޔައިރު މާއިން ހޭލާއޮތް ވާހަކަވެސް އައިންތު ޝާނަށް ކިޔައިދިނެވެ.  ފާތުންނާ އައިންތުވެސް އެކަކު އަނެކަކަށް ކުދިންނަށް ވެގެން އުޅޭގޮތް އެމީހުންނަށް އެނގޭ މިންވަރުން ކިޔަިއދިނެވެ. އެކަމާ ވާހަކަދައްކައި އެހެން ވާންޖެހުނު ސަބަބުނޭނގޭ ހާލުގައި އެކަމާ ކަންބޮޑުވެ ފިކުރުބޮޑުވެފައި ދެ މައިންވެސް އެބައެއްގެ ގޮނޑީގައި ތިއްބެވެ. ދެ ކުދިންގެ އައިވީ ހުސްވާން މާ ގިނަ އިރެއްނެތެވެ. އެހެނަސް އަދިވެސް މާއިނަށް  ހޭވެރިކަމެއްނުވެއެވެ.

ބައި ގަޑި އިރުވެގެން ދިޔައިރު  އާލިޔާ ކުޑަކޮށް ލޯ ހުޅުވާ ވާހަކަ ދައްކަމުންދެއެވެ. ގައިގާ ވަރުޖެހި ކޮންމެވެސް ވަރަކަށް ކާންވެސް އުޅެއެވެ.  ހަސަން އޭނާ ކާހިއްވާ އެއްޗަކާއި ބޯނެ ޖޫސް ޕެކެޓްތަކެއް ހިފައިގެން އައިސް އޭނާއަށް ކާންދީ ބޯންދެމުން ދިޔައެވެ. އެވަގުތު ޑޮކްޓަރު ދިން ބޭހުން އާލިޔާ ހޮޑުލުން ހުއްޓި ކުޑަކޮށް ހަމައަކަށް އެޅިއްޖެއެވެ.

ހިނދުކޮޅެއްގެތެރޭ މާއިނަށްވެސް ހޭވެރިކަންވިއެވެ. އެނދުކައިރީގައި ހުރި ގޮނޑިތަކުގައި އިށީނދެގެން ތިބި އައިންތާއި ޝާންވެސް ހިނިތުންވެފައި ލޯހުޅުވައިގެން އޮތް މާއިންގެ އަތުގައި ހިފާލިއެވެ. މާއިން އޮތީ އޭނާ އޮތްތަން ނޭނގިފައެވެ.

“މާއިން މިއޮތީ ކޮންތާކު؟”   އޮތްތަން އޮޅުން ފިލުވަން މާއިން އަވަސްވެގަތީ އެއީ އޭނާގެ ކޮޓަރިނޫންކަން ޔަގީންވުމުންނެވެ.

އައިންތު އޭނާގެ ސުވާލަށް ޖަވާބުދިނުމަށްފަހު ފަތިހު މާއިން ގޯތިތެރޭގައި ވެއްޓިފައި އޮންނަންޖެހުނު ސަބަބެއް އޮޅުފިލުވަން މަސައްކަތްފެށިއެވެ. އޭނާގާތު ގޯތި ތެރެއަށް ދިޔައީ ކޮން އިރަކުތޯ ސުވާލުކުރުމުން އެއްވެސް އެއްޗެއް ހަނދާން ނުވާ ވާހަކަ ބުންޏެވެ. އެންމެފަހު ހަނދާނަކަށްހުރީ ރޭ އެންމެނާއިއެކު ކައިގެން ކޮޓަރިއަށްވަދެ ނިދި ހަނދާނެވެ. ފަޔަށް ކިހިނެއްވެފައި ހުރިކަމެއްތޯ މިއީ ސުވާލު ކުރުމުން މާއިނަށް އެއީވެސް ކިހިނެއްވެފައި ހުރިކަމެއް ކަންސް ނޭނގޭ ވާހަކަ ބުންޏެވެ. ތަދުވޭހޭ ސުވާލުކުރުމުން ތަދުވާ ވާހަކަ ބުންޏެވެ. ނަމަވެސް ކީއްވެގެން ވީކަމެއް ކަން އޭނާ އެއްގޮތަކަށްވެސް ހަނދާނެއްނެތެވެ.

“ދެން ކޮއްކޮ ކޮންމެވެސް ގޮތަކަށް ބޭރަށް ދިޔައިމަތާ އެތާ އޮންނަން ޖެހޭނީ. ޑޮކްޓަރ ބުނީ މާއިން ހޫނުގަދަ އެއްޗަކުން ފައިގަ ޖެހިފަޔޯ މިހިރީ. ދަރިފުޅު ހަނދާންކޮށްބަލަ. ކޮންތާކަށް ދާންވެގެންތަ ގެއިންނިކުތީ. ބަދިގެއަށް ދާންތަ؟”

“ނޯ މަންމި، ކޮއްކޮއެއް ނުދަމޭ އެއްވެސް ތާކަށް. ހަމަ އަސްލުވެސް. ކޮއްކޮއަކަށްނޭނގޭ ފަޔަށް މިހެންވީ ކީއްވެކަމެއް.” މާއިންނަށް ހަޤީޤަތުގައިވެސް އޭނާއަށް ވީނުވީއެއް ނޭނގެއެވެ.

“ނިދީގަ ހިނގީ ދޯ ކޮއްކޮ. ފްރެންޑެއް އަތުގަ ހިފައިގެން ހިނގާލަންދިޔައީ ދޯ؟” އެނދުގައި އޮށޯވެގެން އޮތް މާއިންގެ މަގަތުގައި އިށީންނަމުން ޝާން އޭނާ އާ ސަމާސާކޮށްލިއެވެ.

އެވަގުތު އެމަރޖެންސީ ކޮޓަރީގައި މޮޕްލައި ސާފު ކުރުމަށް އެތަނަށްވަދެ ހުރި މުސްކުޅިފުރައިގެ އަންހެނަކު މާއިން އޮތް އެނދުކައިރިއަށް އައިސް އައިންތުމެންގެ ވާހަކާގައި ބައިވެރިވާން މަސައްކަތްކުރިއެވެ.

“އެސޮރުގެ ފައި އަހަރެންދުށިން. އޭނަގެ ފަޔަށް އެއްޗެއް އެޅިފައެއްނޫން ހުރީ. އެއީ އާދަޔާޚިލާފް ކަމެއްގެ އަސަރު. އަހަރެން މިފަދަ ނިޝާންތަކެއް މިރަށު އެހެންކުއްޖެއްގެ ގައިންވެސް ދުށިން. ” އެ އަންހެންމީހާ ދެލޯ ބޮޑުކޮށްގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ އައިންތުއާއެވެ.

“ކޮން ކަހަލަ އާދަޔާޙިލާފް ކަމެއްތަ؟” އައިންތުއާއި ޝާން ހުރީ މިއަންހެން މީހާ ވާހަކަދެއްކިގޮތުން ހައިރާންވެފައެވެ.

“ރޫޙާނީ.. ޖިންނި ޝައިތާނުންގެ ކަމެއް…” އެއްއަތުން މޮޕެއް ހިފައިގެން ހުރި މިއަންހެންމީހާ ވާހަކަދެއްކީ ވައިއަޑުން ސިއްރު ސިއްރުންނެވެ. ބިރުވެރި ރާގަކަށް އެހެންބުނި އިރު އައިންތުވެސް ޖެހިލުންވިއެވެ. ނަމަވެސް މާއިންގާތު އިން ޝާން ގާތަށް އައީ ރުޅިއެވެ. ބޭކާރު ވާހަކަނުދައްކާށޭ ބުނެ، ޝާން އިންތަނުން ތެދުވެ އޭނާގާތު ނުބެހޭކަން ކަމާއިނުބެހޭށޭބުނެ އެތަނުން ދުރަށްދާންބުންޏެވެ. އެހެންކަމުން މި އަންހެންމީހާވެސް އޭނާގެ ބަސް އެމީހުންގާތު ނުވިކުނުކަން އެނގުމުން އަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ.

އެއިރު ފާތުންމެން އާލިޔާ ގޮވައިގެން ގެއަށްދާން ތައްޔާރުވަނީއެވެ. ޑޮކްޓަރު ދިން ބޭސް ސިޓީއަށް ހަސަން  ބޭސް ނަގައިގެން އައިސް ފާތުންނާއި އާލިޔާއާ އެކު ގެއަށް ދިޔުމަށް ހިނގައިގަތުމުގެ ކުރިން އައިންތުމެންގާތަށް ދިޔައެވެ. އައިންތުގާތު ދަނީއޭބުނެ މާއިނާވެސް ވާހަކަދައްކާލުމަށްފަހު ފާތުންމެން  އެތަނުން ނިކުތެވެ. އިރުކޮޅަކުން އައިންތުމެންނަށްވެސް ގެއަށް ދާން ހުއްދަ ލިބުނެވެ.

……………………………………………………………………………………………………..

 

“ހަނދާންކޮށް އޮފް ޓޫ ޑޭޒް ނަގާތި. ދަތުރު ރާވާފަ އޮތީ ރިޒާންއަށް އާދެވޭ ދުވަހަށް.” ކޮނޑުގައި ދަބަހެއް އަޅުވައިގެން ރިސޯޓަށްދާން ތައްޔާރުވެގެން ގޭޓުން ނިކުމެ ނިކުމެ ހުރި ރިޒާނާއި ވާހަކަ ދެއްކީ އޭނާގެ އަންހެނުން އައިޝާއެވެ.  ރިޒާން ފަހަތަށް އެނބުރި އައިޝާއަށް އަތުގެ އިޝާރާތުން އާއެނކޭބުނެ ގެއިން ނިކުމެގެން ހަލުވި ހިނގުމެއްގައި ހިނގައިގަތެވެ. ގޭ މައިދޮރާށިމަތީގައި ހުރި އައިޝާ ހިނިތުންވެލާފައި އެތެރެއަށް ހިނގައިގަތީ އައިހަމްގާތަށް ދާށެވެ. ގަޑިން 7 ޖަހާބޮޑުވިއިރުވެސް އައިހަމް ހޭ ނުލާތީއެވެ. އައިހަމަކީ އާންމުކޮށް ވަރަށް ހެނދުނާ ތެދުވާ ކުއްޖެކެވެ. ނަމަވެސް މިއަދު އައިހަމް ހޭނުލާތީ އައިޝާ ހުރީ އެކަމާ ކަންބޮޑުވެފައެވެ.

ރޭ އައިހަމްގެ ކޮޓަރިއަށް ވަތް ގޮތަށް ވަދެ އައިހަމްގެ މައުސޫމު މޫނަށް ބަލަން އޭނާގެ މަގަތުގައި އައިޝާއަށް އޮވެ ނިދުނުއިރެއްވެސް އައިޝާއަށް ނޭނގެއެވެ.  ބަންގީގެ އަޑަށް ހޭލެވިގެން ތެދުވެ އަމިއްލަ ކޮޓަރިއަށްވަނެވެ. އަދި ނިދަން އޮތް ރިޒާން ހޭލެއްވުމަށްފަހު އައިހަމް ގާތު އޮތްއިރު ނުގޮވީ ކީއްވެތޯ ސުވާލުކުރިއެވެ. ދެމީހުންވެސް ގަދަނިދިން ނިދިފައި އޮތުމުން އަޅާނުލީއޭބުނެ ރިޒާން އޮތްތަނުން ތެދުވެ ރިސޯރޓަށްދާން ތައްޔާރުވެގަތެވެ. އައިޝާ އަވަހަށް ފެންވަރައި އަވަދިވެގެން ނަމާދުކޮށްލައި ރިޒާނަށް ސައިހަދަން ބަދިގެއަށް ދިޔައިރުވެސް އައިހަމް އޮތީ ނިދާފައެވެ. ބަދިގެއިން އަވަދިވެގެން އައިޝާ ދިޔަގޮތަށް ދިޔައީ އައިހަމް ގާތަށެވެ. ރިޒާންވެސް ފުރާތީވެ އައިހަމްއާ ލޯބިކޮށްލުމަށް އޭނާގާތަށްއައިސް އޭނާ ހޭލެއްވުމަށް މަސައްކަތްކުރިއެވެ.  މައުސޫމު އައިހަމް ނިދީގައި އޮތްއިރު ހީވަނީ ވަރަށް ޒަމާންކޮށްފައި ނިދިލިބިގެން ނިދާ ކުއްޖެއްހެނެވެ. ވަރަށް މަސައްކަތްކޮށްކޮށްވެސް އައިހަމް ހޭނުލުމުން ރިޒާނަށް ސައިދިނުމަށްފަހު ރިޒާން ގެއިން ދިއުމުން އަނެއްކާވެސް އައިޝާއެހުރީ އައިހަމް ގާތަށްއައިސް އޭނާގެ ކޮޓަރީގައެވެ.

“ދަރިފުޅު، އައިހަމް، ދޫނީ… މިލްކް ބޯން ތެދުވޭ ދޫނީ..ވޭކް އަޕް ބޭބީ” ކިރުތަށްޓެއް ހިފައިގެން އައިސް އެނދުކައިރީގައި ހުރި މޭޒުމަތީ އެ ބެހެއްޓުމަށްފަހު އައިޝާ މަސައްކަތް ކުރަމުން ދިޔައީ އައިހަމް ހޭ ލެއްވުމަށެވެ.

މޯޅިއަކަށްދެމިފައި އައިހަމްގެ ދެލޯހުޅުވާލިއެވެ. އަދި ލޯއުނގުޅަމުން ‘މިލްކް’ އޭ ކިޔަމުންދިޔުމުން އައިޝާ އަވަހަށް ކިރުތަށި ހުރިތަނުންނަގައި އައިހަމަށް ކިރުތަށިދިނެވެ. އެއްނޭވާއިން ކިރުތަށި ބޯލުމަށްފަހު އަނެއްކާވެސް އައިހަމް  އެނދުގައި އޮށޯންނަން އެނދަށް ވެއްޓިގަތެވެ. އެހިނދު އައިޝާ އައިހަމް އުރާލައި އޭނާގެ މޫނާމޫނު ކައިރިކޮށްލައި ކޮލަށް ދޮނެއްދިނުމަށްފަހު އައިހަމްގެ ލޯބި ލޯބި މޫނުކޮޅަށް ބަލާލިއެވެ. އެވަގުތު ފަލަކޮށް ހުންނަ އައިހަމްގެ ބޮޑު ކޯކޮޅެއްނެތްކަން ފާހަގަވިއެވެ. އޭނާގެ ބަރުދަނުގައި ލުއިކަމެއް އިހުސާސްވެގެންދިޔައެވެ. ހަށިގަނޑު ހިކިކަމަށް ދައްކަމުން ދިޔައިރު ލޮލުގެކައިރި ކަޅުވެ ބަލި ކުއްޖެއްވައަތަރު ޖަހާހެން ހީވިއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައި އައިހަމް އަނެއްކާބަލިވީތޯ ހިތާ ހިތުން އައިޝާއަށް ސުވާލުކުރެވުނެވެ. އަވަހަށް ގޮސް އައިހަމް ތެދުކޮށް އޭނާ ފާޙާނައަށް ވައްދައި ފެންވަރުވައި ރީތިކުރުމަށްފަހު ގޮވައިގެން ބަދިގެފަރާތަށް ދިޔައީ އޭނާއަށް ކާންދޭށެވެ. އިއްޔެ އައިހަމްދެެކެ ރުޅިއާދެވުނީތީ އައިޝާ ހުންނަނީ އެކަމާ ހަޤީޤަތުގައިވެސް ދެރަވެފައެވެ. އިއްޔެ ކަންތައް ދިމާވިގޮތުން އައިޝާއާއި ދުރުދުރުން އައިހަމް އުޅޭކަން އައިޝާއަށް އިހުސާސްވެއެވެ. އިއްޔެގެ ހާދިސާއަށްފަހު އައިހަމް ހުންނަނީ މައިތިރިވެފައެވެ. މީހަކާ ކައިރިވާކަށް ބޭނުންނުވާކަން އައިޝާއަށް ފާހަގަވެއެވެ. ކާންދޭން އިންއިރުވެސް އައިހަމް އެއްވެސް ވާހަކައެއް ނުދައްކައެވެ. ޓީވީ ބަލާކަށްވެސް ބޭނުމެއްނުވެއެވެ. އިންތާއިނދެ ކައި އަވަދިވުމުން އައިހަމް ދަނީއޭބުނެ އޭނާ ދުވެގޮސް އޭނާގެ ކޮޓަރިއަށްވަނީ ފެންވެސް ނުބޮއެވެ. އެވަގުތަށް ބަދިގެތެރެއަށް އައިސާމަނިކާއި ލީނާ ވަނެވެ. އައިހަމް ބާރަކަށް ދުވަމުން އެދިޔައީ ކޮންތާކަށްތޯ އައިޝާގާތު އަހަމުން ލީނާ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެންމެންއެއްކޮށް ކައިއަވަދިވުމުން އައިޝާ ތިމަންނާ މިދަނީ އައިހަމް ގާތަށޭބުނެ އަވަހަށް އައިހަމް ވަތް ކޮޓަރި ދޮރުމައްޗަށް ގޮސް ހުއްޓުނެވެ. ކޮޓަރިތެރެ ހޯދާ ބަލާލިއިރު  އައިހަމް ފެންނާކަށްނެތެވެ. ކުޑަދޮރު ކައިރީގައި ހުރި ފޮތްރެކު ކައިރިން ބިންމަތީގައި ބައިވަރު ކުރަހާ ކަރުދާސްތަކެއް  އަތުރާފައި ހުރިތަން ފެނުމުން އައިޝާ އެތެރެއަށްވަދެ އެކަރުދާސް ތައްކައިރިއަށް ދިޔައެވެ. އެހިނދު އެނދުކައިރީ ޓައިލްސްގަނޑުމަތީގައި ދެފައި ވައްކޮށްލައިގެން ފަންސުރެއް ނަގައިގެން އެ ތަނުން ކަރުދާސް ގަނޑަކު ކުރަހަން އިން އައިހަމް ފެނުނެވެ. ހަމަޖެހިލައިގެން ބިންމަތީގައި ކުރަހަން އިން އައިހަމްފެނި އައިޝާވެސް އޭނާގެ ކުރެހުމުގައި ބައިވެރިވުމަށް އޭނާގެ ގާތު އިށީނެވެ. އެއަށްފަހު އައިހަމް ކުރަހަމުން ދިޔަ މަންޒަރަށް އައިޝާ ނަޒަރު ހިންގާލިއެވެ. ކަރުދާސްގަނޑުގައި އައިހަމް ކުރަހަމުންދިޔަ އާދަޔާޙިލާފު މަންޒަރު ފެނި އަޖައިބުވެ ހުރެ އައިޝާ ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

 

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Maree

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 8

Next

އިތުބާރު ގެއްލުވާ ނުލާ…7

Next
January 6, 2016

އިތުބާރު ގެއްލުވާ ނުލާ…7

Previews
January 6, 2016

ލޯބިވާ މަންމާ މަގޭ.. 8

36 Comments

  1. Maree says:
    January 6, 2016 at 10:10 pm

    thank you Shazlyn for the great help and support. 🙂

  2. shuhoo says:
    January 6, 2016 at 10:41 pm

    Hope to see the next part soon 🙂

  3. shine says:
    January 7, 2016 at 6:52 am

    Nice this partvx…

  4. Luyoona says:
    January 7, 2016 at 9:16 am

    vvv reethi ingey story

  5. Aiham says:
    January 7, 2016 at 5:47 pm

    nice

  6. akko says:
    January 9, 2016 at 12:24 pm

    Nice story

  7. Laila says:
    January 10, 2016 at 5:19 pm

    Next part kon irakun upload kuranii
    Cnt wait to read it

  8. Maree says:
    January 10, 2016 at 11:21 pm

    I’m a bit busy these days.. Will upload as soon as I can.. Sorry for the delay..

  9. Shaffie says:
    January 16, 2016 at 4:01 pm

    Alhey vaahaka kiyaa meehunnaa dheytherey visnaalaafa thi vaahaka upload kohllaa … Maa gina dhuvas nagaaa thee v foohi !!!

  10. aalaa says:
    January 17, 2016 at 6:01 pm

    Kobaatha stry

  11. Maree says:
    January 18, 2016 at 7:20 pm

    *** This Comment has been removed due to violation of Esfiya rules. ***

    1. Liyaza says:
      January 23, 2016 at 1:01 pm

      Ehenvejjeya vaahaka Liyan fetti iruves thikan ingeyne dho… Thi v Kada gotheh thi vee !!! Regular basis ehgga vaane kamuge ummeedhuga kiyan fetteee… Vaahaka avahah ninmmaaalun budhdhiveri!!!! Mee Varah dhera gotheh ?

  12. Aliyah Mikael says:
    January 20, 2016 at 1:38 am

    Don’t worry, take your time and upload when you can. 🙂 This part is awesome! x

  13. Ahoo says:
    January 26, 2016 at 3:49 pm

    Mibaii vara rythi

  14. ummu leesh says:
    January 31, 2016 at 6:48 pm

    Alhe dhen kondhuvahakuntha aneh part kiyumuge furusatheh libeynee?? keh madhu vefa mi innanee :/ :/

  15. Shaan says:
    February 1, 2016 at 10:48 pm

    Still nei dhoa ?
    V ithubaaru nei liyun therieh thee !!!! Vaahaka kiyaa meehunah regular basis ehgga nukoh dhevenyyaa vaahaka nuliyun Varah bodah edhevigen vey! Mee Varah unreliable meeheh kan ingijje ?

    1. Maree says:
      February 2, 2016 at 12:53 pm

      Ajaibeh! Dhen naadhebala mi story Kiyan !!

  16. Laila says:
    February 2, 2016 at 1:06 am

    Mivaru vanya vaahaka (nimunee) jahaalaafa ninmaala
    Varah foohi almost 1 month vani
    Kiyaa hih kedijje

    1. Maree says:
      February 2, 2016 at 12:52 pm

      Laila mivaahaka nukiyun edhevigen vey !! Don’t waste your energy here lady!! Go and read other stories that impress you!

  17. Aaliyah says:
    February 4, 2016 at 12:24 am

    Adhi vaahaka update nuvi ey kiyaafa rulhi annaakah nuvey dho. I just can’t believe how rude some of you are. She said she is a busy teacher and that she would upload as soon as she can. So just stop posting your rude comments and stop being so hateful.

    1. Maree says:
      February 24, 2016 at 7:47 pm

      *** This Comment has been removed due to violation of Esfiya rules. ***

  18. Aaliyah says:
    February 4, 2016 at 12:27 am

    And to the author of this story: take your time. Haters gona hate but your loyal readers will patiently wait for the next update with no complaints 🙂

  19. Laila says:
    February 8, 2016 at 9:57 am

    Ki vaahaka ah mihaaru inthizaareh nukuran
    Maa reethi vaahaka eh kiyan kibijje
    Upload kuriyas nukuriyas i really dont care
    Nuvaa varun ulheythii hinii annanii

    1. Maree says:
      February 15, 2016 at 7:32 pm

      Oh my god lady! You are like running around here in the circle barking all alone!! Stop wasting your energy !! I’m glad you found something interesting to read!! But still seems like you couldn’t stop pushing your self in to this place!! Haha! That’s more funny !! Anyway good luck stalker!!

    2. Shaam says:
      February 22, 2016 at 1:06 pm

      haadha rulhi control nuvaa liyun theri ekey mee dhoa :p kekekek
      ehen vaane meehaage aslu sifa fennaaanee emeehaa rulhi aeema ey bune ennu :p mi kahala comment thakaa face kuraa hiyy varu nethiyyaa vaahaka liyefa laptop ga baindhaa 😛

  20. lippe says:
    February 15, 2016 at 1:16 am

    thi vahaka varah kamudhey its a intrasting story thi vahaka liyun faraathaa bahdhal kohleveyne gotheh vedhaane baa

  21. lippe says:
    February 15, 2016 at 1:24 am

    so mi vahaka liyefa beyfulhaa mi number ah gulhaala dhehvun edhen 9123993

  22. Shaheem says:
    March 15, 2016 at 8:29 am

    Vaahaka varah reethi.
    Varah Kiyaa hiyyvey. Vaaahaka gendhaa gothun dhen vaanee kihineh baa hithah araa… adhi enmme furihama ee kiyamun dhaa iru vaahakaigaa vaa goi sifa vamun dhaathee.
    Brilliant Job Author <3
    Waiting impatiently for the next one !!!

  23. Shareef says:
    March 15, 2016 at 8:30 am

    Vaahaka varah reethi.
    Varah Kiyaa hiyyvey. Vaaahaka gendhaa gothun dhen vaanee kihineh baa hithah araa… adhi enmme furihama ee kiyamun dhaa iru vaahakaigaa vaa goi sifa vamun dhaathee.
    Brilliant Job Author <3
    Waiting impatiently for the next one !!!

  24. ananyaa says:
    March 30, 2016 at 11:52 am

    SUPERB STORY. WRITE MORE STORY. DO NOT STOP WRITING STORY.

  25. Ammadey says:
    March 30, 2016 at 9:38 pm

    Kobaatha next episode ? 🙁 haadha lahey

  26. Maishy says:
    April 2, 2016 at 10:12 pm

    Wow ☺ Varah reethi vahaka…
    Jux can’t wait to read Next Part… Keep It Up Dear…

  27. Enaash says:
    May 20, 2016 at 8:04 pm

    Still nothing uploaded… nuvaa varun kanthah kuran ulhuny ma ehen meehunge hih halaaku vany v boring mee mi site ga mihen v 4 vana story

  28. މަރީ says:
    June 8, 2016 at 10:44 am

    މާ ތަރުވާޒުބައި ބޮޑީ

  29. Jasmine says:
    December 23, 2018 at 2:56 am

    Kaleah thiothy vaahakaeh liyevifa
    Hello my love up next part

  30. Zain Mohamed sharaf says:
    September 22, 2020 at 3:34 pm

    Wow varah Reeth biruveri vaahaka eh ❤️❤️

Comments are closed.

All Right Reserved!