Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމުން.. ތިންވަނަ ބައި

princess lily Level 110 Stories
January 7, 2016 9 Mins Read
4 Comments

ބޮލުގާ އަޅަންފެށިވޭނެއްގެ ސަބަބުން ރަމްޝާ އައް ބޮލުގާ ބާރައް ހިފާއްޓާލެވުނެވެ. ދެން ވީގޮތެއް ރަމްޝާ އަކައް ނޭނގުނެވެ.

ލޯ ހުޅުވާލެވުނު އިރު ރަމްޝާ އައް އޮވެވުނީ ބޮޑު ކާނި ގަސް ދޮށުގަައެވެ. އަވަސް އަވަހައް ތެދުވެ ރަމްޝާ އެކި ދިމަދިމާ ހޯދާލިއެވެ. ރަމްޝާ އައް މިތަނައް އާދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ.

“ރަމް…..!” ރަމްޝާ އައް ސިހުން ލިބުނީ ކާއިންގެ އަޑުންނެވެ.

‘ކާއިން….! ” ރަމްޝާ ހޯދަމުން ކާއިން އައް ގޮވާލިއެވެ. ކާއިން ހުރީ ކާނިގަހާ ދިމާލައް ބަލާށެވެ. ރަމްޝާ އައް ހުރެވުނީ ކާއިންގެ ފުރަގަހުގައި ކަމައް ވުމުން ރަމްޝާ އަކައް ކާއިންގެ މޫނެއް ނުފެނެއެވެ.

 

“އަހަރެންނައް… މިތަނައް… އާދެވުނީ ކިހިނެއް..؟” ރަމްޝާ ކުޑަކޮން ބިރުގަތެވެ.

“އަހަރެން ރަމް ގެނައީ….!” ކާއިން ޖަވާބުދިނެވެ.

“ކާއިން… ކިހިނެއް.. އަހަރެން ގެނައީ.. ސަމާސަ ނުކޮއްބަލަ. އަހަރެން އަސްލުވެސް ވަރައް ބިރުގަނޭއެބަ..” ރަމްޝާ ބިރުން ހުރިނަމަވެސް ކުޑަކޮން ހިތްހަމަ ނުޖެހުނެވެ.

“އަހަރެންގެ އަސްލުސިފަ ފެނުނީމަ މާބޮޑައް ބިރުގަންނާނެ…!” ކާއިން ވާހަކަދެއްކީ ރަމްޝާ އައް ފުރަގަސް ދީގެން ހުރެއެވެ.

” ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ.. ތިއުޅެނީ އަހަރެން ބިރުގަންނުވަންދޯ.. އެހެންވީރު އަހަރެން ބިރުގަނެއްޖެ.. ދެންނިމުނީނު…” ރަމްޝާ ކާއިން ދެކެ ހިތްހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.

“ކާއިން.. މިކޮޅައް ބަލާބަލަ.. އެހެން ނޫނީ އަހަރެން ދަނީ..” ރަމްޝާ މިހެން ބުނުމުން ކާއިން ބަލާލިއެވެ.

އެއީ ކާއިން އެއް ނޫނެވެ. މުޅިމޫނުމަތި ހީވަނީ ވަކިދަމާފާ ހުރިހެންނެވެ. ދެލޯ ހީވަނީ އަލިފާން ކޮޅެއްހެންނެވެ. ރަމްޝާ އައް ފަހަތައްޖެހެވުނެވެ. ބިރުން މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ. ގަޔައްލެވުނުހާ ބާރެއް ލައިފާ ރަމްޝާ ދުއްވައިގަތެވެ. ވަކި މިސްރާބެއް ނެތި ރަމްޝާ ދުވަމުން ދިޔައީ އޭތީގެ ކިބައިން ސަލާމަތް ވެވޭތޯއެވެ. އެތައް އިރަކު ދުވުމައްފަހު ރަމްޝާ އައް ނިކުމެވުނީ އަތިރިމައްޗައްށެވެ. ވެފާވާ ވަރުބަލި އިހުސާސް ކުރެވުނީ ދެނެވެ. ފުންނޭވާތަކެއްލަމުން ރަމްޝާ ހިނގަމުން ދިޔައެވެ. އޭރުވެސް ގަނެފާވާ ބިރެއްގެ ސަބަބުން ރަމްޝާއައް އެކިދިމަދިމާ ހޯދެނީއެވެ.

ރަމް… !” އަނެއްކާވެސް ރަމްޝާ އާއީ ދާދި ގާތުން ކާއިންގެ އަޑު އިވުނެވެ. ރަމްޝާއައް ހީވީ ފައިގާ މީހަކު ހިފޭއްޓިހެންނެވެ. ކުރިއައް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރުވެސް ރަމްޝާ އަކައް ނުލިބުނެވެ. އެހީ އަކައް އެދި ގޮވާލަން ބޭނުން ވިއެވެ. އެކަމަކު ރަމްޝާގެ އަޑުވަނީ އަރުތެރޭގައި ބެދިފައެވެ.

“ރަމް.. ކީވެ އަހަރެންނާ ފިލަނީ… އަހަރެން ވަރަށް ލޯބިވޭ ރަމް ދެކެ..” އެހެން ފަހަރުތަކާ ހިލާފައް މިފަހަރު މިޖުމުލަ ރަމްޝާގެ ކަންފަތް ދަށުގާ ގުގުމަމުން ދިޔައީ ވައި އަޑުންނެވެ. ރަމްޝާ ކަންފަތުގާ ދެއައިތް އަޅާ އެއަޑުނާހަން މަސައްކައިތް ކުރިއެވެ. ކުއްލިއަކައް ކުރިމަތިން ސިފަވީ ބޮޑު ބިރުވެރި ސިފަޔަކައް ހުރި އެއްޗެކެވެ.

” މިހާރު ރަމް އަހަރެން ދެކެ ލޯބި ނުވޭތަ..؟ މީ ކާއިން އަކީ…؟” އެއީ ބިރުވެރި އަޑެކެވެ. އެއަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. އެބިރުވެރި މީހާ ރަމްޝާ އާދިމާލައް އަންނަން ފެށިއެވެ. ރަމްޝާ ބިރުން ދެލޯމަރާ ހަޅޭލަވައިގަތެވެ.

“ދަރިފުޅާ..ދަރިފުޅާ…” ރަމްޝާ ދެލޯ ހުޅުވާލީ ރަމްޝާގެ މަންމަ ނަޝީދާގެ އަޑައްށެވެ. އޭރު ޒާހިދު އާ ރިޔާން ވެސް ކޮޓަރިތެރޭގައި ހުއްޓެވެ.

“މަންމާ ކާއި..ކާއި.ން.ން…!” ރަމްޝާ އައް ރަނގަޅައް ވާހަކަ ނުދެއްކެއެވެ.

“ކޮން ކާއިން އެއްތަ..؟ ހަމަޖެހިބަލަ .. ހުވަފެނެއް ފެނުނީތަ..؟ ހުންވެސް އައިސަދޯ..” ނަޝީދާ ރަމްޝާ ހަމައަކައް އެޅުވޭތޯ މަސައްކައިތް ކުރިއެވެ. އެތައްއިރަކު އުޅެގެން ރަމްޝާ ކުޑަކޮން ހަމައަކައް އެޅުނެވެ. އެހެން ނަމަވެސް ނަޝީދާގެ އެއްވެސް ސުވާލަކައް ރަމްޝާގެ ފަރާތުން ޖަވަބެއް ނުލިބުނެވެ. އެތައްފަހަރަކު ކާއިން އަކީ ކާކުތޯ ސުވާލު ކުރުމުންވެސް ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ރަމްޝާ އައް ނިދުމުން ނަޝީދާ ވެސް ބޭރައް ނުކުމެލިއެވެ. އޭރު ބޭރު ޖޯލީގައި ޒާހިދުއާއި ރިޔާން ތިއްބެވެ.

” މިހާރު ކިހިނެއް..؟” ނަޝީދާ ފެނުމުން ޒާހިދު ސުވާލުުކުރިއެވެ.

” ނިދިއްޖެ.. އެކަމަކު ހުން މަޑެއް ނުވޭ.. އިރު އިރުކޮޅާ ކޮންމެސް މީހެއްގެ ވާހަކަ ބުނޭ..” ޖަވާބު ދެމުން ނަޝީދާ އިތުރައް ބުނެލިއެވެ.

“ކާކުގެ ވާހަކައެއް..؟ ރިޔާން ސުވާލު ކޮއްލިއެވެ.

” ނޭނގެ.. އެހާބޮޑަކައް ނޭނގުނު.. ” ނަޝީދާގެ އަޑުގާވަނީ ކަންބޮޑުވުމުގެ އަސަރެވެ.

” މިހާރުވެސް އަތިރިމައްޗައް ދޭތަ؟” ޒާހިދު ސުވާލު ކުރިއެވެ.

” ކުރިންރޭ ވެސް ރައްޓެހި ކުއްޖަކު ބުނި ރަމް އެކަނި އަތިރީގަ އިންދާ ދެކުނީމޭ” ރިޔާންގެ އެކުވެރިޔަކު ބުނި އެއްޗެއް ހަނދާންވެގެން ރިޔާން ބުނެލިއެވެ.

” ދެން ވިސްނާދޭނެ ގޮތެއްނޭނގެ. ރަމްޝާ ކައިރީ ނުދާށޭ ބުންޏަސް ދަނީވިއްޔަ..”

މިގޮތުގާ ދެ ދުވަސް ފާއިތުވެ ދިޔައިރުވެސް ހުމަކައް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ކޮންމެސް ވަރަކައް ރަމްޝާ ވާހަކަ ދައްކާ ހަދައެވެ. ގަޑިން މެންދުރު ދޭއް ޖެހީއެވެ. ރަމްޝާ އައް އޮތީ ނިދިފައެވެ.

“ރަމް..” ރަމްޝާ އައް ހޭލެވުނީ ނާދިޔާ ގޮވާލުމުންނެވެ. ގަޑިން މެންދުރު ދޭއް ޖެހީއެވެ. ރަމްޝާ އައް އޮތީ ނިދިފައެވެ.

“ރަމް..” ރަމްޝާ އައް ހޭލެވުނީ ނާދިޔާ ގޮވާލުމުންނެވެ. “ނާދިޔާ.. ކޮންއިރަކު އައީ..” ރަމްޝާ އައް ނާދިޔާ ފެނުމުން ކޮންމެސް ވަރަކައް ހިތްހަމަޖެހުނެވެ.

“ދެންމެ.. ރަމް ބަލިވާހަކަ އަޑުއިވުނީމަ އަވަހައް މިއައީ.. އަސްލު ކިހިނެއްތަ ވީ..؟” ނާދިޔާ ސުވާލު ކުރިއެވެ.

” ފާޑެއްގެ ހުވަފެނެއް ފެނުނީ.. އޭގެފަހުން ހުން އައި ގޮތައް ރަނގަޅެއް ނުވޭ… އަބަދު ބިރުގަނެފަ ހުންނަނީ..” ރަމްޝާ ކިޔާދިނެވެ.

“ހަމައެކަނި ހުވަފެނެއް ފެނިގެން…؟ ވަރައް ހީވޭ ރަމް ކަމެއް ސިއްރު ކުރާހެން…” ނާދިޔާ އައް ރަމްޝާ އާމެދު ޝައްކުވިއެވެ.

“ނާދިޔާ އައް އަހަރެން ކަމެއް ސިއްރުކުރީން. އެކަމް މިހާރު ބޭނުމީ ކިޔާދޭން… އަހަރެން މިއުޅެނީ ކާއިން އާ ރައްޓެހިވެގެން.. މިހާރު ދުވަސްކޮޅެއް ވެއްޖެ…” ރަމްޝާ ކިޔާދިނެވެ.

” ކާއިންބެއޭ…؟ އަހަރެން ކިހިނެއް ތިކަން ގަބޫލުކުރާނީ…” ނާދިޔާ އައްލިބުނީ ހައިރާން ކަމެކެވެ.

“ކީއްވެ ގަބޫލު ނުކުރަންވީ…؟ ތެދެކޭ މިބުނީ. އަހަރެން ނާދިޔާ އައް ދޮގުހަދާނެތަ؟” ރަމްޝާ ނާދިޔާ އައް ޔަގީން ކޮއްދޭން މަސައްކަތް ކުރިއެވެ.

“އެކަމަކު ރަމް އާ ރައްޓެހިވެގެން ހުރެފަ…. ކާއިންބެ އެހެނެއް ނުހަދާނެ. އޭނަ މީހަކައް ދެރައެއް ނުދޭނެ. ހަމަޔަގީން..!” ނަދިޔާ ވެސް ޔަގީންކަން ދިނެވެ.

“ކީކޭތަ ތިކިޔަނީ.. ކިހިނެއް ހެދީތަ.. ނޭނގުނު ތިކިޔާ އެއްޗެއް..!” ރަމްޝާ އައް ނާދިޔާ ބުނި އެއްޗެއް ނޭނގުނެވެ.

“ރަމް އައް އެނގޭތަ އޭނަ މާލެ ދިޔައީ މީހަކާ އިންނަންކަން..” ނާދިޔާ ބުނެލިއެވެ.

” އަނެއްކަވެސް އެބުނީ.. އަހަރެންވެސް ހީކުރީ އޭނަ މާލެ ދަނީ ކަމައްށޭ.. އޭނަ މާލެއެއް ނުދޭ. މަށާ މީޓު ކުރި އެރޭވެސް.” ރަމަޝާ އިތުރައް ކިޔާދިނެވެ.

“ތިވާނީ އެހެން މީހަކައް. މަށައް އެނގޭނެ ނުދަންޏާ ވެސް. އޭނަވީ މާލޭގަ… ދެން އޯކޭ.. އޭނަޔާ ގުޅަންތަ..” ނާދިޔާ ފޯން ނަގާ ކާއިންގެ ނަންބަރައް ގުޅާލިއެވެ.

” ހަލޯ..” އެކޮޅުން ފޯނުނެގީ ކާއިންއެވެ.

“ކާއިންބެ ކޮންތާކު..؟” ނާދިޔާ ސުވާލު ކުރިއެވެ.

“އޮފީހުގަ މިއުޅެނީ..” ކާއިން ޖަވާބު ދިނެވެ.

” ކޮން އިރަކުންތަ މެރީ ކުރަނީ؟ ވައިފް ގެންނައްޗޭ މިކޮޅައް…” ނާދިޔާ ރަމްޝާ އައް ބަލާލަމުން ކާއިންއާ ސުވާލު ކޮއްލިއެވެ.

“ދެން އަންނަ ޗުއްޓީއެއްގަ ދާނީ ވައިފް ގޮވައިގެން.. މިހާރު ބިޒީ.. ފަހުން ގުޅާލާނަން..” ކާއިން ފޯނު ކަނޑާލުމުން ނާދިޔާ ރަމްޝާ އައް ބަލާލިއެވެ. އޭރު ރަމްޝާގެ މޫނުމަތިން ފެެންނަން ހުރީ ހައިރާންކަމާ ޖަވާބު ނޭނގޭ ސުވާލުތަކެވެ.

“އަދިވެސް ޔަގީން ނުވޭތަ؟ މަށައް ހީވަނީ ތި ރައްޓެހި ވެވުނީ ކޮންމެސް އެހެން މީހަކާހެން..”

” ތިބުނީ މިއޮއްހާ ދުވަހު އަހަރެން މިވާހަކަ ދެއްކީ އެހެން މީހަކާއޭތަ؟ ނޫން.. އަހަންނައް އޭނަ ނުފެންނަ ނަމަ ޔަގީން ނުވާނީވެސް. އެކަމް އެއީ ކާއިން ކަން ޔަގީންވާހާ ކައިރިން އަހަރެންނައް އޭނަ ފެނޭ ކޮންމެ ރެއަކު..” ރަމްޝާ ވެސް ބެލީ ނާދިޔާއައް ޔަގީން ކޮއްދެވޭތޯއެވެ.

” އޯކޭ.. ދެން އެއީ ކާކުކަން އެނގޭނެ އޮތީ އެންމެ ގޮތެއް.. ރަމް ތިބުނާ މިހަކާ މީޓުކުރަން ދާންވީމަ އަހަރެން ކައިރީ ބުނޭ.. އަހަރެން އެގަޑީގަ ގޮސްބަލާނަން އެއީ ކާކުތޯ..” ނާދިޔާ އެދުވަހު ގެއައް ދިޔައީ އެގޮތައް ނިންމައިގެންނެވެ. ރަމްޝާ ވެސް އިންތިޒާރު ކުރަމުން ދިޔައީ ހުން ރަނގަޅުވެ ހަމަޖެހިލެވޭނެ ދުވަހަކައްށެވެ. އެދުވަހަކުން ކާއިން އާ ބައްދަލުކޮއް ނާދިޔާ އައް ޔަގީން ކޮއްދިނުމައްށެވެ.

އޭގެ ހަފްތާއެއް ފަހުން މުޅިންހެން ހަމަޖެހި، ރަމްޝާގެ ހުން އެއްކޮން ރަނގަޅު ވެއްޖެއެވެ. ހުން އައިސްގެން ރަމްޝާ އެހާ ބަލިކޮން އުޅުނުއިރުވެސް ކާއިންގެ ހަބަރެއް ނުވާތީ ރަމްޝާ ހުރީ ކާއިން ދެކެ ކޮންމެވެސް ވަރަކައް ހިތްހަމަ ނުޖެހިފައެވެ. އެންމެ ފަހުން ރަމްޝާ ކާއިން އައް ގުޅިއެވެ.

“ކާއިން ގުޅާވެސް ނުލަމެއްނު..” ކާއިން ފޯނު ނެގުމާއެކު ރަމްޝާ ޝަކުވާކޮއްލިއެވެ.

“އެނގޭ ރަމް ބަލިކަން.. ރަނގަޅުވެގެން ގުޅަންދެން މަޑުކޮއްލީ..” ކާއިން ހީލަމުން ޖަވާބު ދިނެވެ. ކާއިންގެ އަސަރުގަދަ އަޑު އިވުމުން ކުޑަހިނދުކޮޅެއްގެތެރޭގައި ރަމްޝާގެ ހިތުގައިވާ ހިތްހަމަނުޖެހުން ފިލާދިޔަކަހަލައެވެ.

“މިރޭ މީޓު ކުރާނަން ދޯ..” ރަމްޝާ ހުރީ ކާއިން އާ ބައްދަލު ކުރަން ބޭނުންވެފައެވެ.

“ނޫނޭ.. ވަރަށް ބިޒީ މިރޭ.. އެހެން ރެއަކުން ދޯ..” ކާއިން ވިސްނާލުމައްފަހު ބުނެލިއެވެ.

“އެހާގިނަ ދުވަސްކޮއްފަ މީޓުކުރަން ބުނީމަ ކާއިން ތިހެން ބުނާނެކަމަކައް ހިއެއްނުކުރަން” ރަމްޝާ ބެލީ ޝަކުވާ ކޮއްގެންވިޔަސް ކާއިން އާ އެރޭ ބައްދަލުކުރެވޭތޯއެވެ. ވަަރައްގިނަ ގޮތްގޮތައް ރަމްޝާ ވާހަކަ ދެއްކުމުން އެންމެފަހުން ކާއިން އައް މަޖުބޫރުވީ އެރޭ ބައްދަލުކުރަން އެއްބަސްވާށެވެ.

ރޭގަނޑު 8 ޖެހީއެވެ. ގޭގެ އެންމެން ތިބީ ރޭގަނޑުގެ ކެއުމައް އިންސާފުކުރަން ކާމޭޒު ދޮށުގައެވެ.

“ދަރިފުޅު މިހާރު އެއްކޮން ރަނގަޅު ދޯ..” ޒާހިދު ރަމްޝާ އައް ބަލާލަމުން އަހާލިއެވެ.

“މިހާރު ރަނގަޅު..” ރަމްޝާ ހީލަމުން ބުނެލިއެވެ.

“މަންމަ މިހިރީ ހަނދާން ނެތިފައޭ.. އެރޭ ދަރިފުޅު ހުންގަދަވި ގަޑީގަ ކޮންމެސް މީހެއްގެ ވާހަކަ ބުނި.. ކާކުގެ ވާހަކައެއްތަ ބުނީ.. ކާއިން އޭތަ؟” ނަޝީދާ ހަނދާންވެގެން އަހާލިއެވެ.

“ކާ..އިން…އޭ.. އެއީ.. ކާކު؟ މަންމަ އައް ހީވިގޮތްތީ..” ކާއިންގެ ނަން އަޑު އިވުމާާއެކު ރަމްޝާއައް ސިހުންލިބުނެވެ. ރަމްޝާ އަވަސްއަވަހައް ޖަވާބުދިނެވެ. މަންމަގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ ރަމްޝާ އަވަހައް ކައިނިންމާލައިގެން ގޮސް ކޮޓަރިއައް ވަނެވެ. ރަމްޝާ އެނދުގާ އޮށޯވެލިއެވެ.

“ހަލޯ.. މިއުޅެނީ މީޓުކުރަން ދާންވެގެން..” ރަމްޝާ ނާދިޔާއައް ގުޅާލިއެވެ.

“މިހާރުތަ..؟ މިރެޑީ ވެލަނީ އިނގޭ..” ނާދިޔާ ޖަވާބުދިނެވެ.

“ދާނީ ބީޗުގައިންނަ ބޮޑު ކާނި ގަސްދޮށައް އިނގޭ.. ނާދިޔާ ހުންނާނީ ދުރުގަ އިނގޭ..” ރަމްޝާ ނާދިޔާ އައް ހަދަންވީ ގޮތް ބުނެދިނެވެ.

9 ގަޑި ބައިވީއިރު ރަމްޝާ ހުރީ ކާނިގަސްދޮށުގައެވެ. ކާއިންގެ އިންތިޒާރުގައެވެ. އެހެން ހުންނަތާ އެތައް އިރެއް ވެއްޖެއެވެ.

“ރަމް…!” ކާއިންގެ އަޑު އިވުނެވެ.

“ކާއިން ހާދަލަސްވީ ކިހާއިރެއް މިތާ ހުންނަތާ..؟ ކާއިން އައިސް އިށީނދެލުމާއެކު ރަމްޝާ ޝަކުވާ ކޮއްލިއެވެ.

“އެނގޭ ރަމް މިރޭ މީޓު ތިކުރީ ކީވެކަން…!” ކާއިންގެ އަޑުގާ ވަނީ ހިތްހަމަ ނުޖެހުމާ ނުތަނަވަސް ކަމެވެ. ކާއިންގެ މިޖުމުލައިން ރަމްޝާ ހައިރާން ވިއެވެ.

“ތިބުނީ……؟” މަޑުމަޑުން ރަމްޝާ ސުވާލު ކޮއްލިއެވެ.

“މިބުނީ ރަމްޝާ އަހަރެން ދެކެ ލޯބިވާތީއޭ.. ހިތައް އަރަނީ ކިހާދުވަހެއް ވާނެބާއޭ…؟” ކާއިން ފަޒާގެ ތެރެއައް ފިނި ނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.

ކާއިންގެ ވާހަކަތައް ހުރިގޮތުން ރަމްޝާ ވަރަށް ހައިރާންވިއެވެ. ހީވަނީ މިރޭ ރަމްޝާ ކުރާ އެއްވެސް ސުވާލަކައް ކާއިން ސީދާ ޖަވާބުދޭން ބޭނުން ނުވާހެންނެވެ. ރަމްޝާ އައް މިރޭ ކާއިންގެ މޫނުމަތިންނާ ލޮލުން ފެންނަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެއަސަރުތައް ފޮރުވާލަމުން ކާއިން ރަމްޝާ ގެނެސް މެއާލާބޮނޑިކޮއްލިއެވެ. ހީވަނީ ރަމްޝާ ގެއްލިދާނެތީ ކާއިން ބިރުގަންނަހެންނެވެ.

ރަމްޝާވެސް ކާއިންގެ އަތުގަ ބާރަށް ހިފާއްޓާލިއެވެ. ދެމީހުންގެމެދައް ހަމަހިމޭންކަން ވެރިވިއެވެ. ކުއްލިހަރަކާތަކާއެކު ރަމްޝާ ދުރަށްޖައްސާލަމުން ކާއިން ތެދުވިއެވެ.

“ދެން ދަނީ.. މާ ލަސްވެއްޖެ.. ” ކާއިން ދާން ހިނގައިގަތެވެ. މީގެ ކުރިން ދުވަހަކުވެސް އިސްވެ ކާއިން ގެއައް ދާން ބުނެފަކާނެތެވެ. ކުރިން ކޮންމެފަހަރަކު ގެއައްދާން ބުނަނީ ރަމްޝާއެވެ. އަވަހައް ގެއައްދާން އުޅެނީއޭ ބުނެ ކާއިން ޝަކުވާވެސް ކުރެއެވެ. އެހެންނަމަވެސް މިފަހަރު ކަންތައް މިވީ މުުޅިން އިދިކޮޅައްށެވެ. ރަމްޝާ ވެސް ކާއިން ހުއްޓުވާކައްބޭނުމެއް ނުވިއެވެ. ކާއިން ގޮސް ލޮލައް ގެއްލެންދެން ރަމްޝާ ހުރީ ބަލާށެވެ.

“ރަމް..! މިހާރު ގަބޫލު ކޮއްފިން ރަމް އައް މީހުން ހައްދަން އެނގޭކަން.. އަސްލު ހައްދަންތަ އުޅުނީ ނޫނީ ރަމްގެ ބިރު ކުޑަކަން ސާބިތު ކޮއްދޭންތަ؟” ނާދިޔާ އައިސް ރަމްޝާ ކައިރީ ހުއްޓެމުން ސުވާލުކުރިއެވެ. ނާދިޔާ ހުރީ ހިތްހަމަ ނުޖެހިފާކަން ނާދިޔާގެ އަޑުން އެނގެއެވެ.

“ކީކޭތަ ތިކިޔަނީ..؟” ރަމްޝާ ވެސް ކުރީ ސުވާލެކެވެ.

“މިތާ އެކަނި ހުންނަން ކެރޭކަން އަނގަން ހޭ މަ ގެނައީ.. ކާއިންބެ އަންނާނޭ ކިޔާފަ ދޮގުތަކެއް ނުހެދިޔަސް ރަމް ބުނީމަ މަ އަންނާނަމޭ..” ނާދިޔާ ބުނެލިއެވެ.

“މިހާރު ކާއިން މާލެ ނުދާކަން އެނގުނީމަ މަ ދެކެދޯ ތިރުޅި އައީ..؟ ރަމްޝާ ހިލަމުން ބުނެލިއެވެ.

“ތިކަންވެސް އެނގޭނީ މިރޭ ތިބުނާ މީހަކު އައި ނަމަތާ..” ނާދިޔާވެސް ދޫދޭކައް ބޭނުމެއް ނުވިއެވެ.

“ނިދާފަދޯ ހުރީ.. އެހެންވެތާ ކާއިން އައިސަ ދިޔައިރުވެސް ނުފެންނާނީ..!”

“ކާކު މިތަނައް އައީ.. އަހަރެން ހުރީ ބަލަން.. މަށަކައް އެކަކުވެސް ނުފެނުނު..” ނާދިޔާ ރަމްޝާ އައް ބަލާލަމުން ބުނެލިއެވެ.

“ސާބަސް ދެން އަޅެ ތެދައް ބުނެބަލަ ކާއިން ފެނުނޭ…”ރަމްޝާ ހީކުރީ ނާދިޔާ ސަމާސަ ކުރަނީ ކަމައްށެވެ.

“ހުވާކޮއްފަ މިބުނީ އެތަނުން އިތުރު މީހަކު މަށަކައް ނުފެނޭ..” ނާދިޔާގެ މޫނުމަތިން ފެންނަން ހުރި ހައިރާންކަމުން ނާދިޔާ އެކުރަނީ ސަމާސާ ނޫންކަން ރަމްޝާ އައް ޖެހުނީ ގަބޫލު ކުރާށެވެ.

އެނބުރި ގެއައް އައިއިރު ދެމީހުންގެ މެދުގައިވެސް ވަނީ ހަމަހިމޭން ކަމެވެ. ދެމީހުންގެ ވިސްނުމުގައިވެސް ވަނީ ޖަވާބުދޭން ނޭނގޭ ސުވާލު ތަކެކެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ރަމްޝާ އުޅުނީ ބަދިގޭގައި ނަޝީދާ އާއެކު ހެނދުނުގެ ނާސްތާތައްޔާރު ކުރާށެވެ. އޭރުވެސް ރަމްޝާގެ ހިތުގައިވަނީ ކާއިންގެ ހިޔާލުތަކެވެ. ބަދިގޭގެ މަސައްކަތް ނިންމާލުމައްފަހު ރަމްޝާ ގޮސް ކޮޓަރިއައް ވަނެވެ. އަވަސް އަވަހަށް ފޯނުނެގުމައްފަހު ނާދިޔާއަށް ގުޅާލިއެވެ.

“ކީކޭ ރަމް..؟ ” އެކޮޅުން ނާދިޔާ ފޯނުނެގިއެވެ.

“އެކަމާ ވިސްނޭތީ މިއުޅެނީ.. އަދިވެސް ވާނުވާއެއް ނޭނގެ.. ކިހިނެތްތަ ހަދާނީ. ؟ ރަމްޝާގެ ވާހަކައިން ގޮތްހުސްވެފާވާކަން ނާދިޔާއަށް އެނގުނެވެ.

” އަހަރެން ބުނާގޮތެއްހަދާނަންތަ؟؟” ނާދިޔާ ސުވާލުކުރިއެވެ.

“ކޮންގޮތެއް؟؟”

“މިދުވަސްކޮޅު މީޓުކުރަން ނުދޭ.. ލޯބިވަންޏާ އެމީހަކު ރަމް ނުފެނިގެން ރަމްއަށް ގުޅާނެ.. ގުޅީމަ ބުނޭ ގެއައް އަންނާށޭ.. އެމީހަކު އެއީ އަސްލުވެސް ކާއިން ކަމަށް ވާންޏާ އޭނަ ރަމް ހޯދަން އަންނާނެ.. އޯކޭ..!!”” ނާދިޔާގެ މިހިޔާލައް ރަމްޝާ ވެސް ތާއީދު ކުރިއެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދައުރުވަމުން ދެއެވެ. ރަމްޝާ ހިކުރީ މީޓުކުރަން ނުދާތީ ކާއިން ގުޅާނެކަމަށްށެވެ. އެހެންނަމަވެސް ކަންތައްވީ މުޅިން އެހެންގޮތަކައްށެވެ. ކާއިންގެ ހަބަރެއްނުވާތާ ހަތަރުދުވަސް ވެއްޖެއެވެ. ރަމްޝާ އިންތިހާން ކުރަމްދިޔަ ކާއިންގެ ލޯބަށް ފުރަތަމަފަހަރަށް ޝައްކު ކުރެވެން ފެށިއެވެ.   ކާއިން ރަމްޝާ ދެކެ ލޯބިވޭބާއޭ ބައެއްފަހަރު ރަމްޝާގެ ހިތައްއަރައެވެ. އަބަދުވެސް ރަމްޝާއަށް އިނދެވެނީ ފުންހިޔާލެއްގައެވެ. މިކަންފާހަގަ ކުރެވިގެން ނަޝީދާ ވަރަށް ގިނަފަހަރު ރަމްޝާއާ ސުވާލުވެސް ކުރެއެވެ. އެކަމަކު އެސުވާލުތަކަށް ރަމްޝާ ޖަވާބެއް ނުދެއެވެ.

ހަފްތާގެ ހުކުރުވިލޭ ރެއެވެ. އެހެންރޭ ތަކެކޭ އެއްގޮތައް މިރޭވެސް އެންމެން އެކުގައި ރޭގަނޑުގެ ކެއުމައް އިންސާފުކުރިއެވެ. ރަމްޝާވެސް ނަޝީދާ އާއެކު ބަދިގޭގެ މަސައްކަތް ނިންމާލުމައްފަހު ގޮސްކޮޓަރިއައް ވަނެވެ. އޭރު ރަމްޝާގެ ފޯނުން ރިންގުވާ އަޑު އިވެއެވެ. ރަމްޝާ ފޯނުބަލާލިއެވެ. ކާއިންގެ ނަންބަރު ފެނުމުން ލިބުނު ހައިރާންކަމުގެ ސަބަބު ފޯނައްބަލަން އިރުކޮޅަކު ހުރެވުނެވެ.

” ކާއިން މިއޮއްހުރިހާ ދުވަހު ގުޅާވެސް ނުލާ.. ދެން މިހާރު ތިގުޅީ ކީކުރަން..؟ ފޯނުނެގިގޮތައް ރަމްޝާ ޝަކުވާ ކުރިއެވެ.

“ކޮންމެ ރެއަކު ރަމްޝާގެ އިންތިޒާރުގަ ހުންނަން.. މިރޭ މީޓުކުރަން އަންނަންވީނު..!” ކާއިން ވާހަކަދެއްކިއެވެ.

” ނޫން ދެން އެތަނައް މީޓު ކުރާކައް ނުދާނަން.. ކާއިން ލޯބިވަންޏާ އަދޭ މިގެއައް..ދެން މަންމަމެންނައް ސިއްރުން އެއްވެސް ތާކައްދާކައް ބޭނުމެއްނޫން..” ރަމްޝާ ބޭނުންވާގޮތް ބުންޏެވެ.

“މަންމަމެންނައް ސިއްރުން އަންނަންޖެހޭތީތަ؟ ނޫނީ އެހެންކަމެއް ވެގެންތަ؟ ކާއިން ފުންމާނައެއް އެކުލެވޭ ރާގެއްގައި ބުނެލިއެވެ.

” ކީކޭ ތިބުނީ؟” ރަމްޝާ އައް ހައިރާންކަމާއެކު ސުވާލުކޮއްލެވުނެވެ.

“އެއްޗެއް ނޫން.. ދާނަން ތިގެއައް.. ފަހުން ނުބުނާތި ނުބުނަމޭ އަންނާށެކޭ..އެއްފަހަރުވެސް ގޮސްސިއްޔާ ދެން އަބަދުވެސް ހުންނާނީ ކައިރީގަ.. ރަމް ފޮނުވާލަން އުޅުނަސް ނުދާނަން. މިއޮއްހުރިހާ ދުވަހުވެސް މިމަޑުކުރީ ރަމް އަމިއްލަޔައް ތިގެއައްދާން ދައުވަތެއް ދޭތޯ…!” ކާއިން ހީލަމުން ބުނެލިއެވެ. ކޮންމެ ޖުމުލައެއްގައިވެސް އެތައް މާނައެއް އެކުލެވިގެންވާކަހަލައެވެ.

” އެހެންތަ؟ ރަމް ހީކުރީ މަންމަމެން އުޅޭތީ އަންނަން ނުކެރިގެން ކަމައް”” ރަމްޝާވެސް މަޖާވެލާފައި ޖަވާބުދެމުން ހީލިއެވެ.

ފޯނު ބޭއްވުމައްފަހު ރަމްޝާ ގޮސްވަނީ ފާހާނައައްށެވެ. ފެންވަރާލައިގެން ރަމްޝާ ނިކުތެވެ. ރަމްޝާއަށް ހުއްޓެވުނީ އެނދުމަތީގައި އޮތް ރަތް ކުލައިގެ ފިނިފެންމާ ފެނުމުންނެވެ. ފިނިފެންމަލައް ބަލާލުމައްފަހު ވިސްނާލިއެވެ.

“”” ކާކު ގެނައި އެއްޗެއް.. އަހަރެން ދިޔައީ ކޮޓަރީ ދޮރު ތަޅުލައިފަ.. “”‘ ރަމްޝާ ގޮސް ޔަގީން ކޮއްލުމުގެ ބޭނުމުގައި ކޮޓަރީ ދޮރުގެ ތަޅުގައި ހިފާލާ ހުޅުވޭތޯ ބަލާލިއެވެ. ދޮރުހުރީ ތަޅުލައިފައެވެ. ދެންރަމްޝާ ހިނގައިގަތީ ކުޑަދޮރާދިމާލައްށެވެ. ކުޑަދޮރައްވެސް ރަންގަޅައް ބަލާލިއެވެ. ކުޑަދޮރުވެސް ހުރީ ތަޅުލައިފައެވެ.

ކުއްލިއަކައް މުޅިތަނައް ފުން އަނދިރިކަން ވެރިވެގެން ދިޔައެވެ. ރަމްޝާ މަޑުމަޑުން ކުރިޔައްދިޔައެވެ. ކޮޓަރީގެ ލައިޓް ދިއްލާލުމުއްޓަކައި ސުއިޗްބޯޑް ހޯދުމުގެ ބޭނުމުގައި ފާރުގައި އަތްލަމުން ސުއިޗްބޯޑު ހޯދޭތޯ މަސައްކަތް ކުރިއެވެ. ވަރަށް އުނދަގުލުން ސުއިޗްބޯޑުގައި އަތްޖެހުނެވެ. އެތައްފަހަރަކު ރަމްޝާ ކޮޓަރީގެ ލައިޓު އަލުންޖެއްސޭތޯބެލިއެވެ. އެހެންނަމަވެސް ރަމްޝާއަށް ކުރެވުނީ ބޭކާރު މަސައްކަތެކެވެ. “ރަމް…” ރަމްޝާ ސިއްސައިގެން ދިޔައީ ކާއިންގެ އަޑު އިވުމުންނެވެ. ރަމްޝާ ފަސްއެނބުރި ބަލާލިއިރު މީހަކު ރަމްޝާއާއި ވަރަށް ގާތުގައި ހުއްޓެވެ. އަނދިރިކަމުން އެއީ ކާކުކަމެއް އެގޭވަރެއްނުވިއެވެ.

“ކާކު… ކިހިނެއް މިކޮޓަރިއައް ވަނީ..” ރަމްޝާ ސުވާލުކުރިއެވެ. އަދިރީގެތެރެއިން އެމީހާ ރަމްޝާއައް ފެންނަނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. އެހިޔަނި ކުރިޔައް ހިގައިގަތުމުން ރަމްޝާއައް ފަހަތައް ޖެހެވުނެވެ. އަދި ހަޅޭއްލަވައިގަންނަން މަސައްކަތްކުރިއެވެ. އެކަމަކު އަޑެއްނުނިކުތެވެ.

“ކާ..ކު..ތީ…؟ ރަމްޝާއައް ބިރުންހުރެ ސުވާލުކުރެވުނެވެ. އޭރު ބިރުންގޮސް މުޅިމީހާ ދާހިތްލާފޯވެއްޖެއެވެ.

“ނޭންގުނުތަ؟ އަހަރެން މިއައީ ރަމް ބުނެގެން..!” އެބިރުވެރި މީހާ ހޭންފެށިއެވެ..

“އަ..ހަ..އަހަރެން ނު..ނުބުނަން…!” ރަމްޝާ ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

“ކާއިން ކައިރީ ނުބުނަންތަ؟”

ރަމްޝާގެ ބޮލައްގޮތްވާން ފެށިއެވެ. ބޮލުގާބާރަށް ދެއަތުން ހިފާއްޓައިގެން ހުރެ މުށިތަކުގެ މައްޗައް ތިރިވާންފެށިއެވެ. ދެންވީގޮތެއް ރަމްޝާ އަކައް ނޭނގުނެވެ.

އިރުގެ ރަންދޯދި ތަކުން ދުނިޔެ އަލިވާންފަށައިފިއެވެ. ރަމްޝާ އަށް ލޯހުޅުވާލެވުނެވެ. އޭރު ރަމްޝާއަށް އޮވެވުނީ ކޮޓަރިތެރޭގައި މުށިތަކުގެ މަތީގައެވެ. އޭރުވެސް ކޮންމެސްވަރަކަށް ބޮލުގައި ރިހެމުންދެއެވެ. ރޭގައި ވީ ކަންތައްތައް އެކިގޮތްގޮތުން ހަނދާންކުރަން އުޅެވެސް ރަމްޝާއަކަށް ފަހުންވީގޮތެއް ނޭނގުނެވެ. އެކަމަކު ރޭގައި އެފެނުނީ ހުވަފެނެއްކަން ގަބޫލުކުރަން ރަމްޝާއަށް ވަރަށް ދަތިވިއެވެ. ރަމްޝާ މަޑުމަޑުން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ވަރަށް އުނދަގުލުން ފާރުގައި ހިފާއްޓަމުންގޮސް ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. ވެފާހުރިގޮތްފެނުމާއެކު މުޅިމީހާއަށް ހުއްޓުންއެރިއެވެ. ގަބޫލުނުކުރެވިގެން ރަމްޝާ މުނޫގައި އަތްޖައްސާލިއެވެ. ވެގެންދިޔަ ތަދެއްގެސަބަބުން ރޭގައިފެނުނީ ހުވަފެނެއްނޫންކަން ޔަގީންވިއެވެ. މޫނުގެ އެކިތަންތަންވަނީ ރަތްވެފައެވެ.

ރަމްޝާ ހިތްވަރުކޮއްލާފައި ފާހާނައަށްވަދެ ފެންވަރާލިއެވެ. ރަމްޝާ ކޮޓަރީގައި އިނދެ އެތައްއިރަކު ވިސްނިއެވެ. ހަދާނެގޮތް ހުސްވެގެން ކޮޓަރިތެރޭގައި ހިނގުނީ ކިހާއިރެއްވަންދެންކަމެއްވެސް ނޭނގެއެވެ. އެންމެފަހުން ފޯނުނަގާ ގުޅާލިއެވެ.

“ނާދިޔާ.. މިގެއައް އާދެވޭނެތަ..؟” ހާސްވެފައިވާ އަޑަކުން ރަމްޝާ ވާހަކަދެއްކިއެވެ.

“ކިހިނެއްވީ؟ މިގަޑީގަ ސައިހަދަން މިއުޅެނީ.. ވީގޮތެއް ބުނެބަލަ!” ނާދިޔާ ސުވާލުކުރިއެވެ.

ރަމްޝާ ރޭގެ ހުވަފެނުން ފެށިގެން ކަންތައްވީގޮތް ނާދިޔާއައް ކިޔާދިނެވެ.

“ދެން ކިހިނެއްހަދާނީ..؟ މިގޮތައްހުއްޓަ ކޮޓަރިން ނިކުންނާކަށް ނުކެރޭނެ.. މަންމަ ވަރަށް ސުވާލު ކުރާނެ.. އަހަރެން ކޮންޖަވާބެއްދޭނީ.. އަހަރެންނައްވެސް ވީގޮތް ރަނގަޅައް އެނގިގެންނެއްނު ކިޔާދެވޭނީވެސް.. ”

“ރަމް ހުރޭ އަދި ކޮޓަރީގަ.. އަހަރެން މިކަން ނިމުނީމަ ދާނަން. ގޮސް ތިކަމާ ވާހަކަ ދައްކާނީ..” ނާދިޔާ ވިސްނާލުމައްފަފު ފެންނަގޮތެއް ބުންޏެވެ.

” އެހާ ލަސްނުވާތި.. އަހަރެން ނުނިކުމެ ގިނައިރުވަންޏާ މަންމަ އަންނާނެ އަހަރެންނައް ގޮވަން..”

ނަޝީދާ އޭރު އުޅެނީ ބަދިގެތެރޭގައެވެ. އެހެން ދުވަސްތަކާ ހިލާފައް މިއަދު ރަމްޝާ އަދި ބަދިގެއައް ނާންނާތީ ސައިހެދުމުގެ ހުރިހާކަމެއް ކުރީ ނަޝީދާއެވެ. ސައިހަދާ ޖޯޑުތަކާ ތަށިތައް މޭޒުމައްޗަށް ނެގުމައްފަހު ނަޝީދާ ހިނގައިގަތީ ރިޔާންގެ ކޮޓަރިޔާދިމާލައްށެވެ.

ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޖަހާލުމުން ރިޔާން ދޮރު ހުޅުވިއެވެ.

“އަވަހަށް އާދޭ ސައިބޯން.. ގަޑިޖެހެނީނު..” ނަޝީދާ ރިޔާން ފެނުމުން ބުނެލިއެވެ.

“ހިނގާ.. ކޮބާތަ ރަމް.. ” ރިޔާން ސުވާލު ކުރިއެވެ.

“އަދި ނުހޭލެވެނީ ކަންނޭނގެ.. މަންމަ މިދަނީ ގޮވާލަން.. ސައި ހުންނާނީ ޖޯޑަށް އަޅާދީފަ.. ދަރިފުޅުދޭ ސައިބޯން..” ނަޝީދާ އެނބުރި ހިނގައިގަންނަމުން ބުނެލިއެވެ.

އަވަސް ފިޔަވަޅުތަކެތް އަޅަމުން ނަޝީދާ މިސްރާބުޖެހީ ރަމްޝާގެ ކޮޓަރިއާދިމާއަށްށެވެ. ކޮޓަރީގެ ދޮރުމަތީ ހުއްޓި ދޮރުގައި ދެފަހަރަކު ޓަކިދެމުން ރަމްޝާއަށް ގޮވާލިއެވެ. އެތައްއިރަކު ހުރެވެސް ޖަވާބު ނުލިބުމުން ދެވަނަފަހަރަށްވެސް ގޮވާލިއެވެ.

“ދަރިފުޅާ ރަމްޝާ…! އަދިވެސް ހޭނުލެވެނީތަ.. ؟” ނަޝީދާ ސުވާލުކޮއްލިއެވެ.

“ނޫން.. މަންމާ…!” ރަމްޝާ ޖަވާބުދިނެވެ.

“ދަރިފުޅު ބަލީތަ…” ނަޝީދާ އަށް ރަމްޝާގެ އަޑުން ތަފާތުކަމެއް ފާހަގަކުރެވިގެންކަހަލަ ގޮތަކައް އަހާލިއެވެ.

“ނޫން… އެއްވެސް ކަމެއް ނުވޭ..” ރަމްޝާ އަޑުގައިވާ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރިއެވެ.

“އާދޭ ސައިބޯން.. ތިދޮރުހުޅުވަބަލަ..” ނަޝީދާ ދެފަހަރަކު ތަޅުގައި ހިފާލަމުން ބުނެލިއެވެ. ދޮރުހުރީ އެތެރޭން ތަޅުލައިފައެވެ.

“ސައިބޯހިތެތްނެއް މަންމަ ދޭ ސައިބޯން…” ރަމްޝާ ބެލީ އަވަހައް މަންމަ ފޮނުވާލެވޭތޯއެވެ. ގިނައިރުވެއްޖެންމަ މަންމަގެ ސުވާލުތައް އިތުރުވެ ޖަވާބުނުދެވިދާނެތީއެވެ.

ގަޑިން ދިހައެއް ޖަހަން އުޅެނިކޮން ނާދިޔާ އަތުވެއްޖެއެވެ. ރަމްޝާ އާއި ނާދިޔާ ވާހަކަ ދައްކަންތިބީ ރަމްޝާގެ ކޮޓަރީގައެވެ.

“މިހާރު މަންމަ ގޮވި އަދަދެއްވެސް ނޭނގެ.. “ރަމްޝާގެ އަޑުގައިވަނީ ހާސްކަމެވެ.

“ދެންމަންމަ ކައިރީ ބުނެބަލަ ރޭގަ ވީގޮތް.. ހުވަފެން ކިޔާދީބަލަ..” ނާދިޔާ ވިސްނާލަމުން ހިޔާލެއްދިނެވެ.

“އެއީ ހުވަފެނެއްތަ؟ ހުވަފެނަކުން މިހާވަރުވީ.. ބަލާލަބަލަ…!” ރަމްޝާ އަތުގައިވާ ނިޝާނެއް ދައްކާލިއެވެ. ފެންނަފެނުމައްހީވަނީ މީހަކު ވަރަށް ބާރަށް ހިފޭއްޓުމުގެ ސަބަބުން ރަތްވެފައިވާހެންނެވެ. ރަމްޝާގެ ދެއަތުގަވެސް އެނިޝާން ހުއްޓެވެ.

“އަހަރެން ބުނާއެއްޗެއް ގަބޫލުކުރާނަންތަ.. އަހަރެންނައް މިހާރު އެހެންގޮތަކުން ހީވާންފަށައިފި..!” ނާދިޔާ ރަމްޝާއަށް ބަލާލަމުން ބުނެލިއެވެ.

“ކޮންގޮތަކުން؟ ކީކޭ ބުނަން ތިއުޅެނީ..؟” ނަދިޔާގެ ވާހަކަހުރިގޮތުން ރަމްޝާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

ތިފެންނަ ހުވަފެންތަކާ… ތިކަންތައްތަކުން.. ދެންނޭނގެ.. އަދިވެސް ކާއިންއާ ބައްދަލުކުރަންތަ؟”

“ނޫން.. ބުނަންތިއުޅޭ އެއްޗެއް ސާފުކޮން ބުނެދީބަލަ..އަހަރެން އެބަ ބިރުގަނެއޭ” ރަމްޝާގެ ހިތް އަވަސްވިއެވެ. ނާދިޔާ ބުނަންއުޅޭ އެއްޗެއް ނުވިސްނިގެންނެވެ.

“ރަމް ތިބުނާ ކާއިންއަކާ ދިމާވިފަހުން ވާގޮތެއްނުތީ.. ރަމް ތިބިރުގަންނަވަރަށް އަހަރެންވެސް ބިރުގަނެއޭ.. ރަމް ގަބޫލު ނުކުރިޔަސް އެއީ އަހަރެންގެ ކާއިންބެ އެއްނޫނޭ… ” ނާދިޔާ ރަމްޝާއައް އެއްޗެއް ވިސްނަދޭފަދަ ރާގެއްގަ ބުނެލިއެވެ.

“ކާއިންއެއް ނޫނޭ.. ދެންއެއީ ކާކު..؟”

ނުނިމޭ

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ކަނޑު ފުރޭތަ

Next

އިރު އޮއްސުމުން.. ހަތަރުވަނަ ބައި

Next
January 7, 2016

އިރު އޮއްސުމުން.. ހަތަރުވަނަ ބައި

Previews
January 7, 2016

ކަނޑު ފުރޭތަ

4 Comments!

  1. nihaa says:
    January 7, 2016 at 10:11 pm

    V reethi…..keep it up……nice hingey………kaain jinni eh dho…haadha dhera ey dho mi v goy…story v nice hingey…..

  2. maahish? says:
    January 8, 2016 at 11:03 am

    Nice

  3. Natsu says:
    January 9, 2016 at 11:04 pm

    So scaerd..it is very nicy

  4. zekk says:
    January 31, 2016 at 10:05 pm

    Salhi

Comments are closed.


All Right Reserved!