ެ. މިކަންކަމާއި ހެދި ޔައިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެ އެވެ. ކުށެއް ނެތް ތުއްތު ފުރާނަ ތަކަކަށް ކެތްނުވާ ވަރުގެ ބުރަ މަސައްކަތްތައް ޖައްސަމުންދާއިރު އެހަރު ހިލަ ހިތްތަކަކަށް އެކައްޗެއްވެސް ނާރާބާއޭ ޔައިންގެ ހިތަށް އެރި އެވެ. އެއްދުވަހެއްގެ ދަންވަރުގެ ވަޤުތު ޔައިނާއިއެކު އަބަދުހެން އުޅޭ ފިރިހެން ކުއްޖެއް އޭނާއަށް ގޮވަން ފެށުމުން ޔައިނަށް ހޭލެވުނެވެ. އޭރު ގަޑިން އެއްގަޑި ބައިވެދާނެ އެވެ. ތަން ވަނީ ހަމަ ހިމޭންވެފަ އެވެ. ނަމަވެސް ހުރިހާ ކުދިންހެން […]
ދަރިފުޅު (ދެވަނަ ބައި) ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. ބިރުގެންފައި ހުރި ފާތުން ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނީ ގައިން ވަރުދޫވެގެންނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ވާނުވާ ނޭގޭ އެތައް ހިޔާލުތަކެކެވެ. ތަޅުގައި ހިފައި، ތަޅުވާ އަޑުފަށް ގަނޑު ނޫން އިތުރު އެހެން އެއްވެސް އަޑެއް ފާތުންގެ ކަންފަތަކަށް ނީވޭ ކަހަލައެވެ. ކަންފަތަށް އުނދަގޫވެ ބޯ ފަޅައިގެންދާ ވަރަށް އެ އަޑު ދިޔައީ ގަދަވަމުންނެވެ. ފާތުންނަށް ހީވީ އޮތްތަނަށް ބިރުން ވިރިދާނެހެނެވެ. އޭނާގެ ބޯ, ފަން […]
ދަރިފުޅު (ފުރަތަމަ ބައި) ނޯޓް: މިއީ، އަޅުގަނޑުގެ ހަޔާތުގައިވެސް މިގޮތަށް ލިޔާ، ފުރަތަމަ ބިރުވެރި ވާހަކައެވެ. މިވާހަކައަކީ، އަޅުގަނޑުގެ ރަށުގެ ހަނދާނުގައި ލިޔާ، ހިޔާލީ ވާހަކައެކެވެ. އިރުއޮއްސި ރަތްވިލާ ފޭދި، އުޑުމަތި ކަޅުވެއްޖެއެވެ. ދެނަމާދު ދޭތެރޭގެ ވަގުތެއްކަމުން ރަށުގެ މަގުތައް އަމާންވެއްޖެ ހިނދެކެވެ. ގ.ދ ގައްދޫއަށް އުފަން ފާތުން، ފުރިހަމަ ނަމުން ނަމަ ފާތުމަތު ޒުހައިރު ގެއަށް ދާން ހަލުއި ހިނގުމެއްގައި، އޭނާގެ 1 އަހަރުވީ ދަރިފުޅު އުރުޖަހައިގެން ތުނޑިން އެއަންނަނީ ވަރަށްވެސް ބިރުން ހުރެއެވެ. ފާތުންނާ […]
“ޒަޔާލް” އޭ ކިޔާ އެންމެންވެސް ހަޅޭ ލަވައިގަތެވެ. “އަހަރެންގައިގަ އަތް ނުލާށޭ ބުނެފީމެއްނު..” އަނެއްކާވެސް އާނާ ގެ އަޑު ބަދަލުވިއެވެ. ލޯ ރަތްކުލައަށް ބަދަލުވިއެވެ. އެންމެންގެ މޫނުމަތިން އަނެއްކާވެސް ބިރުވެރިކަން ފާޅުވާން ފެށިއެވެ. އިނގޭ ހެޔޮ އެއްޗެހި ބާރަށް ކިޔަން ފެށީ އާނާއަށް ބަދަލެއް އާދޭތޯއެވެ. ޒަޔާލް އޮތް ތަނުން ތެދުވެލީ އޭގެ މިނެޓެއް ހާއިރު ފަހުންނެވެ. އާނާ އިސް ޖަހައިގެން އިން އިރު ބޮލުގައި ހުރި ބައެއް އިސްތަށިތަށް ވަނީ ކުރިމައްޗަށް ވެރިފައެވެ. އޭނާ […]
އެވަގުތު ކައިލްގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ އޮފީހުން ކޮންމެވެސް ކަމެއް ޖެހިގެން އައި ކޯލެކެވެ. ނަމަވެސް ވަގުތުގެ ގޮތުން ކައިލް އެކޯލު ކަނޑާލި އެވެ. އާއިލާއަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ހުއްޓާނުލާ ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ކައިލަށް ވިސްނުނީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމެވެ. އެހެންކަމުން ކޯލު ނަގައިގެން އެންމެނާއި ތަންކޮޅެއް ދުރަށް ދިޔަ އެވެ. ކަނޑުން ފެންނަ މަންޒަރުތަކަށް ބަލަމުން ކައިލް ވާހަކަދައްކަމުން ގެންދިޔަ […]
“އަހަންނަށް އެނގޭ ހަނާގެގައިގަ އެތަވީދުނެތްކަން. ހަނާއަށް ނޭނގުނަސް ތަވީދު ވީތަންވެސް އަހަންނަށް އެނގޭ. އެތަވީދުވީ މިރަށު ތުނޑީގައި ހުންނަ ނިކަގަހުގެބުޑުގަ ވަޅުލާފަ. ” ސޯލިހު ވަރަށް ޔަގީން ކަމާއިއެކު މިހެން ބުނުމުން ހަސަނާއި އާބިދާ ހައިރާންވެފައި ސޯލިހުގެ މޫނަށްބަލަން ތިއްބެވެ. “ހަނާ… ތަވީދު ގެއްލުނު ވާހަކަ ނުބުނަންތަ އިރުޝާދުކައިރީގަ؟” ހަސަނު ހައިރާންވެފައި އިނދެ މިހެންއެހިއިރު އިރުޝާދުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. “އަހަރެން ހަނދާންނެތުނީ..” ހަނާއަދިވެސް ހުރީބިރުންނެވެ. އޭނާ އެހެން ބުނިނަމަވެސް އިރުޝާދުއަށް ހަނާގެ އުނަގަނޑުގައި ތަވީދު ނެތްކަން […]
ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ކީއްވެކަން ޚުދު ރަނާއަކަށް ވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެނެވެ. އެ ދެ […]
ހައިރާންކަމާއި އެކު އާނާގެ މޫނަށް ބަލަން ޝައުނާއަށް ހުރެވުނީއެވެ. “އާނޫ.. ހަނދާނެއް ނެތްތަ؟” ދެބުމަ ގޮށްޖަހާލަމުން ޝައުނާ އެހެން އަހާލުމުން އާނާ ކޯޗެއްހޭ އަހާލިއެވެ. “ދެން ބުނެބަލަ… އެހެން ނޫނީ އާނޫ ބުނެބަލަ މަޖަލެކޭ ތީ…” ޝައުނާ އެހެން ބުނެލީ އާނާގެ އަތުގައި ހިފައި ބާރު ކޮށްލަމުންނެވެ. “އަޅެ ކީކޭތަ ބުނަންވީ… ކީއްވެ މަޖަލެކޭ ބުނަން ވީ؟” އާނާ އެހެން އަހާލީ ޝައުނާ ދައްކަމުން ދިޔަ ވާހަކަ އަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ […]
މިކްޔާލާއި ޝެރިން ރޮބިންގެ އޮފީސްތެރޭ ދެތިން މިނިޓް މަޑުކޮށްގެން ތިއްބެވެ. އެއީ ނުލާހިކު ތަނަވަސް އޮފީހެކެވެ. އެތަނުގެ ބެލްކަނީ ވަނީ އެއްކޮށް ބިއްލޫރިންނެވެ. ބޭރުން ފެންނަނީ ދުރުދުރަށް ދާންދެން ބޮޑެތި އިމާރާތްތަކެވެ. އޮފީހުގެ އެތެރޭގައި މެދެއްހައި ހިސާބުގައި ބޮޑު ދިގު މޭޒެއް ބަހައްޓާފައި ވެއެވެ. މޭޒުގެ ވަށައިގެން ބާރަ ވަރަކަށް ގޮނޑި ބަހައްޓާފައިވާއިރު، އެއް ގޮނޑި އެހެން ގޮނޑިތަކަށް ވުރެން ބޮޑެވެ. ތަނުގެ ފާރު ކައިރީގައި ވަނީ ފޮތް އަލަމާރި އެކެވެ. އޭގައި ފޮތަށް ވުރެން ފައިލު […]