މިވާހަކައަކީ އަޅުގަނޑު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް އެހެންވާހަކައަކާ އެއްގޮތް ކަމެއް ހުރުމާއި މިއީ އަޅުގަނޑު ލިޔުނު ފުރަތަމަވާހަކައައްވީތީ ކުށް ބަސްހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތިޔަ ކިޔުންތެރިންގެފަރާތުން ލިބޭ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްކަމައްދެކެމެވެ. ރަމްޝާ އިނީ އަތިރިމަތީގައި ބިޔަކޮން ހެދިފައިހުރި ގަހެއްގެދޮށުގާ އިށީނދެލައިގެންނެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތު ކަމުން މުޅިތަނަށް ވަނީ އަނދިރިކަމާ ހަމަހިމޭންކަން ވެރިވާން ފަށާފައެވެ. އަނދިރި ވުމުގެ ކުރިން މަންޒިލައް ވާސިލް ވުމައްޓަކާ ކޮޅުކޮޅުމައްޗައް އުދުހެމުން ދިޔަ ކާޅާ ކޮވެލީގެ […]
ފަހު އިމްތިހާން ނިމިގެން ޗުައްޓީ ގެ ދައުރު އަތުވެވެއްޖެއެވެ. ރަށު އެންމެން ކަހަލަ ގޮތަކަށް އުޅެނީ މާލެ ދާށެވެ. އާދިލް ގެ އެކުވެރިން ވެސް އުޅެނީ މާލެ ދާށެވެ. ރަށު ގެ އާބާދީ ގެ ދެބައި ކުޅަ އެއްބައި މާލެ ދާން ތައްޔާރު ވަނީއެވެ. އާދިލްގެ މަންމަ އާއި ބައްޕަ ވެސް އުޅެނީ އާދިލް ގެ ކޮއްކޮ ޝާހިދާ ގޮވައިގެން އިންޑިއާ އަށް ދާށެވެ. އެއީ ޝާހިދާ ގެ ބޮލުގައި ޓިއުމަރެއް ހުންނާތީއެވެ. ކޮންމެ އަހަރަކު ހަމަސް […]
ހަތްވަނަ ބައި މަޢްރިބު ނަމާދުގެ ވަގުތު ފާއިތުވެ އިޝާވަގުތު ޖެހި ރަށު މިސްކިތުން ބަންގި ގޮވަމުންދެއެވެ. ރޭގަނޑުގެ އަނދިރިކަން މުޅިރަށަށްވެރިވެގެން ދިޔައިރު ރަށުގެ މަގުތަކުން މީހުން މަދުވެ ގެތަކުގެ ތެރެއިން އަޅުކަމައިގެން މީހުން އުޅެގަތެވެ. އެއްބަޔަކު ޤުރުއާން ކިޔަވަމުން ދިޔައިރު އަނެއްބަޔަކު ނަމާދު ކުރަމުންދެއެވެ. މިސްކިތުން ނަމާދުކުރާއަޑުވެސް ރަށުގެ ބޮޑު ހިސާބަކަށް އިވެމުން ދިޔައެވެ. ގަބުވެފައި އިން އައިހަމަށް ކާންދީ އަވަދިވުމަށްފަހު ނަމާދުކުރުމަށް ކޮޓަރިތެރެއަށް އައިޝާ ވަނީ ލީނާއާއި މަންމައާއިއެކު ގޯތި ތެރެ ހަމައަކަށް އަޅުވާލާފައި އައިހަމް […]
ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ. […]
[އެދުވަހު އަސްލު އަހަރެން ދިޔައީ އަލީނާއާއި ޕްރޮޕޯސްކުރަން…. ނަސީބެއްދޯ އެކަން ނުކުރެވުނުކަން… އޭރު އެއީ އަލީނާއެއް ނޫން ދޯ… ރަނާ މަ މަރާލީސް ކަންނޭނގޭ ޕްރޮޕޯސް ކުރިނަމަ….] ދެމީހުން މޭޒުދޮށުން ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރ ގެނައި ބާކީ ފައިސާގައި ހިފަމުން މިޝްކާ ކަޔާންގެ ފަހަތުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. [އޯނޯ…. އަލީނާ ކައިރީ ޑިނާރގެ ވާހަކަ ނުބުނެވުނު… މިޝްކާ ހަނދާންކޮށް އަލީނާ ކައިރީ ބުނައްޗޭ… އިނގޭ… ވެނިސްޑޭ ނައިޓް…. މިތަނަށް… މިތާ އެރޭ ހާއްސަ […]
ހަނދުވަރުދޭ ހިތްގައިމު ފިނިފިނި ރެއެކެވެ. ވާރޭވެހުމުގެ ސަބަބުން މުޅި ވެށި ވަނީ ފިނީގެ ތެތްކަމުން ފުސްކޮށްލާފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ބިންދާލައި އަޑުނޫން އެހެން އަޑެއް މާހައުލަކުން ނީވެއެވެ. މޫދު ކައިރިން ގޮނޑުދޮށުގައި ނިފޫ ހިނގަމުންދިޔައީ އެހަނދުވަރުގެ އަލީގައެވެ. އޭނާ ލައިގެންހުރި ގަދަ ނޫކުލައިގެ ހަވީރީ ދިގު ހެދުމުގެ ފަސްބައިވަނީ މޫދުގެ ލޮނުގަނޑުން ތެމި ފޯވެފައެވެ. ހިމަ ހޯޅި އެއްއަތުގައި ފުންނާބު އުސް (ހައި ހީލް) ފައިވާނެއް އޮތެވެ. ކަނާއަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައި ނިފޫގެ ހިމަހިމަ […]
ހަވަނަ ބައި ފިހުނު ކުކުޅުފަޔާއި ސޮސެޖްގެ އިތުރުން ރޮއްޓާ ޕާނުން ގޯތިތެރޭގައި ހުރި މޭޒުމަތި ފުރަމުން އެއްބަޔަކު ދިޔައިރު އަނެއްބަޔަކު ދިޔައީ އެ ބާވަތްތަކުން ތަށިތައް ފުރުވަމުންނެވެ. އެކަކުއަނެކަކަށް މަޖާ ނަގަމުން ހީ ސަމާސާ ކުރަމުންދިޔައިރު ވަގުތު ހިނގަމުން ދާ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. މި އުފަލުގައި ފާތުންނަށް ބައިވެރިނުވެވުނީތީ އެންމެންވެސް ތިބީ އެކަމާ ދެރަވެފައެވެ. އެއިރު ކޮޓަރީގައި ފާތުންގާތު މީގެ އިރުކޮޅެއްކުރިން ހުރި އައިސާމަނިކާއި އައިމިނާމަނިކެވެސް ބޭރަށްނުކުމެ އެންމެނާއިއެކު ކެއުމުގައި ބައިވެރިވެގެން އުޅެއެވެ. އެނދުމަތީގައި ނިދާފައި […]
“އާނާ… އަަހަރެން ވަރަށް ލޯބިވޭ އާނާދެކެ.. އެކަމު އަހަރެންނަކަށް މި ލޯތްބެއް ހާސިލެއް ނުކުރެވޭނެ.. އަހަރެން ހެޔޮ ހިތުން އާނާ އަހަރެން ކިބައިން ސަލާމަތް މިކުރަނީ އަބަދުވެސް ޒަޔާލް އާއި އެކު އުފަލުގައި އުޅޭނެ ކަމަށް.. އަހަރެންގެ ދުޢާ އަކީވެސް އެއީ… އަހަރެން އަބަދުވެސް ހުންނާނަން އާނާއަށް އެހީވެދެން ޒަޔާލް ނެތް ތާނގާ… އަބަދުވެސް……” އާނާއަށް ހޭލެވުނެވެ. އޭރު އޭނާގެ ކަންފަތުގައި އެނބުރެމުން ދިޔައީ ދާދި ދެންމެއަކު އޭނާއަށް ފެނުނު ހުވަފެނުގައި ކާރިލް ދެއްކި ވާހަކަތަކެވެ. […]
ފަސްވަނަ ބައި އައިހަމާ އާލިޔާއަށް މުޅިތަން ވަށާ ހޯދާލެވުނީ އެމީހުންނަށް ފެނުނު ނިވި ދިއްލެމުން ދިޔަ ބޯޅަ ގެއްލުމުންނެވެ. އަޅިތަކުގެ ތެރޭގައި ހުރެވުނުކަން އިހުސާސްވުމުން ތުއްތު އައިހަމް އާލިޔާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެ ވެލިގަނޑަށް އެރިއެވެ. އެއަށްފަހު އެތަނުން މިއަދު އޭނާ ގެންގުޅުނު ބޮލި ފެނުމުން ހިނިތުންވެހުރެ އެ ނެގުމަށް ތިރިވިއެވެ. އެއިރު ވާނުވާ ނޭނގިފައި ހުރި އާލިޔާ އެތަނުގައި މީހެއްގެ ހިލަމެއް ނުވާތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ފަށައިފިއެވެ. އައިހަމްގެ އަތަށް ދަމަމުން މަންމައަށް […]