‘ރޭގަނޑުގެ ރުއިން’ މިއީ، ރޭގަނޑުގެ މެދުތެރޭ އެހީ އަށް އެދި ރޮމުން ދިޔަ އަޑެއް، ޗުއްޓީ ކޭންޕެއްގައި އުޅުނު ކައުންސިލަރުންގެ ގުރޫޕަކަށް އިވުނު ހާދިސާ އަކާ ގުޅޭ ގޮތުން ލިޔެފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ. މިއީ ހަގީގީ ހާދިސާ އެކެވެ. އަދި މިހާރު ވެސް، އަހުރުތަކެއް ފަހުން ވެސް، އެ ކަމާމެދު ވިސްނުމުން އަހުރެންގެ ހަންގަނޑުން ހީބިހި ނަގަ އެވެ. …………………… އަހުރެންގެ އުމުރުން ނަވާރަ އަހަރުގައި، ޗުއްޓީ ކޭންޕެއްގައި އަހުރެން ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް […]
ފޯނު ބޭއްވުމަށްފަހު އަހަރެން ސޯފާގައި އޮށޯވެލީ ކާޓޫނެއް ބަލާލާށެވެ. ހުރިހާ ފިލާވަޅެއްހަދާ ނިމިފައި ހުރުމުން ކުރާނެ އިތުރު ކަމެއް ނެތީމައެވެ. އިރުކޮޅަކުން ނިޒާންބެ ވެސް އައެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި އަހަރެން ގެ ފައި ނިޒާޏްބެ އުނގަށް ލުމަށްފަހު ސޯފާގައި އިށީންދުނެވެ. އަހަރެންވެސް ހީލައިފައި ކާޓޫނު ބަލަން އޮތީއެވެ. އިރުކޮޅެއްނުވެ އަހަރެންގެ ފައިގައި ނިޒާންބެ ފިރުމަންފެށިއެވެ. އެއީ ނިޒާންބެ ވަރަށް ގިނައިން ކުރާކަމެކެވެ. އެއީ އަހަރެމެން މަސާޖު ކުރާ ހޮސްޕިޓަލް […]
‘ރަތް މޫނު’ އަކީ ކޮންމެވެސް، ބިރުވެރި ޚިޔާލީ އެކުވެރިންތަކަކާ އެކު ކުޑަކުއްޖަކު ބަލަހައްޓަމުން ގެންދާ އަންހެން ކުއްޖަކާ ބެހޭގޮތުން ލިޔެވިފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ. ……………. އަހުރެންގެ އުމުރުން ފަނަރަ އަހަރުގައި، ކޮންމެވެސް ވަރެއްގެ އިތުރު ފައިސާ ހޯދުމަށް އަހުރެން ބޭނުންވި އެވެ. އެހެންކަމުން ކުޑަކުދިން ބެލެހެއްޓުމަށް ހަވާލުވުމުގެ މަސައްކަތް އަހުރެން ފެށީމެވެ. އެއް ދުވަހެއްގެ ހަވީރުގައި، އިނދެގެން އުޅޭ ދެމަފިރިއަކު އެމީހުންގެ ކުޑަކުދިންނާ އަހުރެންނަށް ހަވާލު ވެވިދާނެތޯ އެހުމަށް އަހުރެންނަށް ގުޅި އެވެ. ‘ކެއިޓީ’ […]
ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..” އޮފީހަށް ދިޔުމުން އެންމެ ފުރަތަމަވެސް ފަރްހީންއަށް ކުރިމަތިލާން ޖެހުނީ ޝަމްހާންއާއެވެ. އެއްފަހަރާ އެތައްސުވާލެއް އޭނާ ކުރިނަމަވެސް ފަރްހީން ހިނިތުން ވުމަކުން ފުއްދާލީއެވެ. އަދި ކުރަންއައި މަސައްކަތް އަވަސްކަމާއެކު ކުރަމުން ދިޔައެވެ. އެފޮތް ކިޔުމަށް ކެތްމަދުވެފައިވާ ހާލުއެވެ. […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުމުރުން ނަވާރަ އަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮށްފައިވާ ފަރްހީންގެ ދުނިޔެ އަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ވހުރިހާ ވިސްނުމާ ފިކުރުތަށް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީންގެ […]
ލޭކޯރު (ފަހުބައި) އާ ދުވަހަކަށް އެރި އިރާއެކު ރަށަށް ދިއުމަށް އަންޝް ފުރައިފިއެވެ. އަނެއްކައިވެސް ފެރީ ލާންޗް ގައި ދަތުރު ކުރަންޖެހުނީ އެވެ. އެއީ ހަލީމާ ބޭނުންވިގޮތެވެ. އަންޝް ލާންޗްއަށް އެރީ ހިތާ ދެކޮޅަށެވެ. ކަނޑުގައި ރާޅެއްނެތް މަޑުދުވަހަކަށް ވިއަސް އެދިގު ދަތުރު ނިމެންދެން އަންޝް އަށް އިންދެވުނީ ހަލީމާގެ ދެއަތް ތިލައިގައި ހިފަހައްޓައިގެނެވެ. ލާންޗް ބަނދަރު ކުރުމުން އެންމެ ފުރަތަމަ ލާންޗް އިން ފޭބީ އަންޝް އެވެ. ހަމަޖެހުމުގެ ނޭވައެއް އަންޝް އަށް ދޫކޮށްލެވުނީ އެއަށްފަހުއެވެ. […]
ކަޅުއަދިރި ނާމާން ރޭގަނޑަކަށް ފަހު އިރުއަރައި ޖަންގަލިތެރޭ އަލިކޮށްލައިފިއެވެ. އެންމެން ވަނީ އެކަކު އަނެކަށް ގެއްލި ބެހިފައެވެ. ދެވޭ ނުދެވޭ ނޭގި މަގުއޮޅިފައިއެވެ. ލޯންޗް އޮތް ދިމާއެއް ފާހަގަކުރަން މާސް އަށް ވެސް ނޭގުނެވެ. ނައިލް ބޭނުންވީ ވީހައިވެސް އަވަހަކަށް ތަނާލް ވީ ހާލެއް ދެކޭށެވެ. އެހެނަސް މިހާރު ތަނާލް ވީ ކިހާހިސާބަކު ކަމެއްވެސް ނައިލް އަށް ނޭގެއެވެ. ހައިހޫނު ކަމާއެކު ތިންމީހުން އެޓަމްގެ ފަހަތުން ކުރިއަށްދިޔައީ ދުލަށްއައިހައި ހެޔޮއެއްޗެއް ކިޔަމުންނެވެ. އައިސްފާނެ ކުއްލި ހަމަލާއަކަށް ސިހިސިހި […]
ލޭކޯރު ( ފަސްވަނަ ބައި ) އެއްވެސް ހާލެއްގައި ގޮތްނޭގޭ އެ ޖަންގައްޔަށް ވަންނަން އިލާ ބޭނުމެއްނޫނެވެ. އެހެނަސް އެހާ ރީތި ތަނަކަށް އިލާ ބަހައްޓާފައި ދާކަށް މާސް ގެ ހިތެއް ނޭދުނެވެ.އެމީހުންނާއެކު ދާން ބޭނުންވިއަސް ކޮމާންޑް މަޑުކުރީ އަންޝް ބުނުމުންނެވެ. ދެކެވުނު މޮޔަ ވާހަކަ ތަކާ މެދު އަމިއްލަ ނަފްސައް އެއްޗެހި ކިޔަން އިރުގަނޑަކު ތަނާލް ފާހާނާގައި ހުއްޓެވެ. ފާހާނައިން ތަނާލް ނުކުތީ އިތުރަށް އަންޝްގެ ހަބަރެއްނުވުމުންނެވެ. ” އަންޝް ހިގައްޖެ ” ތަނާލް ބޯ ދިއްކޮށް […]
އަމިއްލައަށް ތަނާލް ބޭޒާރު ވުމުން އަންޝްއަށް ހީގަނެވިއްޖެއެވެ. ބުނެވުނު އެއްޗެއް ވިސްނި ތަނާލްއަށް ދަތް އެޅުނީ ދުލު ކުރީގައެވެ..ލަދުން މޮޅިވެފައި ތަނާލް އަންޝް އާއި ދުރަށް ޖެހިއްޖެއެވެ. ” އެހެނެއްނޫން މިބުނީ..އަސްލު އަހަރުމެން ހަމައެކަނި ރައްޓެހިވީ. ހުވާ.. އެންމެ ފަހަރަކުވެސް އަދި މީޓް ނުކުރަން. އަލަށޭ އަހަރެން ކުއްޖަކާއި ރައްޓެހި މިވީ. އެވަރު ކަމެއްތަ އެއީ؟ ” ” ނޫނޭ.. މައްސަލައަކި ތަނާލް ތުއްތު ބަބައެއްހެން އުޅޭތީ.” އަންޝް އިނީ އަދިވެސް ހިނިއައިސްފައެވެ. ” ރަނގަޅު ވާނެ […]