ލޭކޯރު (ފަހުބައި)
އާ ދުވަހަކަށް އެރި އިރާއެކު ރަށަށް ދިއުމަށް އަންޝް ފުރައިފިއެވެ. އަނެއްކައިވެސް ފެރީ ލާންޗް ގައި ދަތުރު ކުރަންޖެހުނީ އެވެ. އެއީ ހަލީމާ ބޭނުންވިގޮތެވެ. އަންޝް ލާންޗްއަށް އެރީ ހިތާ ދެކޮޅަށެވެ. ކަނޑުގައި ރާޅެއްނެތް މަޑުދުވަހަކަށް ވިއަސް އެދިގު ދަތުރު ނިމެންދެން އަންޝް އަށް އިންދެވުނީ ހަލީމާގެ ދެއަތް ތިލައިގައި ހިފަހައްޓައިގެނެވެ. ލާންޗް ބަނދަރު ކުރުމުން އެންމެ ފުރަތަމަ ލާންޗް އިން ފޭބީ އަންޝް އެވެ. ހަމަޖެހުމުގެ ނޭވައެއް އަންޝް އަށް ދޫކޮށްލެވުނީ އެއަށްފަހުއެވެ. ” ކޮބާ؟ ” އަންޝް އުޅުނުގޮތުން ހިނިއައިސްފައިހުރި ޔާން ލާނަޗްއިން ފައިބައި ވަށައި ހޯދައިލައިފިއެވެ. ” ކޯޗެއް؟ ” ” ފަހަރި ފެނިގެނެއްނޫންތަ ދޮންބެ އަވަސް އަރުވާލަފައި ތިފޭބީ ” ޔާން ގެ ވާހަކައިން އަންޝް ޔާންއަށް ބަލައިލީ ރުޅިއައިސްފައިއެވެ. ” ނޫނޭ. އެހެން ހީވީމަ އަހައިލެވުނީ. މަންމާ އަހަރެން ވަރަށް ބަނޑުހައިވެއްޖެ. މަންމަ މެން ގެއަށްދޭ އަހަރެން މިދަނީ ކާ އެއްޗިހި ހިފައިގެން. ” ޔާން ދުވެފައި ރަށުތެރެއަށް އަރައިގެން ހިނގައްޖެއެވެ. ހަލީމާ އާއި މަލުން ގޮވައިގެން އަންޝް ހިނގައިގަތީ ގެއާދިމާއަށެވެ.
ފަހެއް ޖަހަން ގާތްވެފައި ހުއްޓައި މަރީ އައިސް ތަނާލް ގެ ކޮޓަރީގެ ދޮރުގައި ތަޅައިގެންފިއެވެ. ސައި މޭޒު ދޮށުގައިތިބި އެއްމެން ބަލައިލީ މަރީ އަށެވެ. ” ތަޅުނުލައި ތިހިރީ. ތިހާވަރު ނުކުރިއަސް ތި ދޮރު ހުޅުވާނެ. މަރީ ވެއްޖެއެއްނު ތި ހަލަނިކަން ދޫކޮށްލަން މިހާރު. ކައިވެނި ކުރަން ރަންކިޔައިގެން ތި އުޅެނީ. ” ” ފައިޒާއްތަ އަހަރެންގެ ކައިވެނި ކެނެސަލްވެއްޖެ. އަފޫ އުޅެނީ މަށަށް މަކަރު ހަދައިގެން. އެ އުޅޭ ބަޑި ޝިމްލާ އާއި ރައްޓެހިވެގެން.” މަރީގެ ވާހަކައިން އެންމެނަށް ލިބުނީ ހައިރާންކަމެކެވެ. ތަނާލް ދޮރުހުޅުވައިލީ އެވަގުތުއެވެ. ހިޖާބުވެ މޫނު ބުރުގާއަޅައިގެންހުރި ތަނާލް މަރީ އަށްވުރެވެސް ހިއްކެވެ. ” ދެންވެސް އެންމެނަށް ގޯސް ވާނީ އަހަރެން. ” އެއްޗެހި ކިޔަމުން ތަނާލް ގޮވައިގެން މަރީ ހިގައްޖެއެވެ. ފާއިޒާ ބުނާނެއެއްޗެއްވެސް ނޭގިފައި ބަލަހައްޓައިގެން އިނެވެ.
ސްކޫޓަރުގައި ތަނާލް އާއި މަރީ މުޅި ރަށުތެރެ ދުއްވައިގެންވެސް ޝިމްލާ ނުފެނުނެވެ. ރޭ އަފޫ އާއި ޝިމްލާގެ ސިއްރު ގުޅުމުގެ ހަބަރު ލިބުނުފަހުން މަރީ އަށް އަދި ހަމަޖެހިލައިގެން ނުހުރެވެއެވެ. ” ހަމަތެދެއް މިބުނީ. މަށަށް އެ ރަންޑި ފެނުނުއިރަކުން ކުޅިވަރު ދައްކާލާނަން. ” މަރީ ސްކޫޓަރު މަޑުކޮލީ ސީސައިޑް ރެސްޓޯރެންޓް ކައިރިއަށެވެ. ” އިރުއޮސެން އެހެރަ ދަނީ ދެންހިނގާ ގެއަށް. ގޭގައިވެސް އެބަހުރި ސައި ހަދާފައި. ” ” މިކޮޅަށް އާދެބަލަ. އެއްޗެއް ކާލައިގެން އަދިވެސް ރަށުތެރެ ބަލާލާފައި ގެ އަށް ދާނީ. މަށަށް ހީވަނީ ބިރުން މަށަށް ފިލައިގެންހެން އެ ރަންޑި އެއުޅެނީ. އެކަމަކު އޭނަ ނުފެންނަހާ ހިނދަކު މަށަށް ހަމަޖެހިލައިގެން ނުހުރެވޭނެ. ބަލަ މެރީ ކުރަން އަހަރުމެން ރަން ކީމަ ދެންތަ އޭނައަށް އަފޫ ފެނުނީ ” މަރީ ތަނާލް ގޮވައިގެންގޮސް ހުސް މެޒެއްގައި އިށީދެއްޖެއެވެ. ތަނާލް ހީކުރިވަރަށް ވުރެވެސް އެތަނުގައި މީހުން ގިނައެވެ. ފިރިހެނުން އެހާ ގިނަ ތާކަށް އާދެވުމުން ތަނާލް ގެ ހިތް ނުތަނަވަސްވެ ހާސް ވެއްޖެއެވެ. ހުއްޓާނުލައި މަރި ޝިމްލާ އާއި އަފޫ އަށް އެއްޗިހިކިޔަމުންދިޔައި ފުދޭވަރަކަށް ބާރަށެވެ. މީހުންތަށް ބަލައި ހީ ހަދާތަން ފެނުމުން ވަރަށް ބޮޑަށް ތަނާލް ލަދުގަތެވެ. ” ތިވާހަކަ ހުއްޓާލަބަލަ ދެން.އެންމެން އެ ބަލަނީ އަހަރުމެންނަށް. ފުރަތަމަ ހިނގާ ޝިމްލާ ހޯދަން. ފަހުން އަހަރުމެން ސައި ބޯނީ. ” ތަނާލް އުޅުނީ ތެދުވާށެވެ. ” މަޑުކުރޭ އެއްޗެއް ކާލައިގެން……. ” ” އެކްސްކިއުޒް ” އިވުނު އަޑަށް ތަނާލް އާއި މަރީއަށް ބަލައިލެވުނީ އެކުގައިއެވެ. އައިސް އަންޝް މަޑުކޮށްލީ އެ ދެމީހުން ކައިރީގައިއެވެ. އެތަނުން އަންޝް ފެނިދާނެކަމަށް ތަނާލް ހީވެސް ނުކުރެއެވެ. އަންޝް ގެ މޫނަށް ތަނާލްއަށް ބަލައިލެވުނީ ދެ ލޯ ބޮޑުކޮށްލާފައިއެވެ. އަންޝް ފެނުމުން މަރީއަށް ބަލައިލެވުނީ ތަނާލްގެ މޫނަށެވެ. ” ތީ މަރީ ދޯ ” އަންޝް އަހައިލީ ޔަޤީން ކޮއްލާށެވެ. ހިޖާބު ވެގެން އިނީ ތަނާލް ކަމާމެދު ހިތަށް އަރުވާލަންވެސް އަންޝް އަށް ނޭގުނުވެ. އަވަސް އަވަހަށް ތަނާލް އިސްޖަހައި މޫނު އަންބުރައިލައިފިއެވެ. ” އަންޝް..ހައެ..ކޮންއިރަކު ރަށަށް އައީ؟ ކީތްވެ ކޮޅަށް ތިހިރި؟ އަވަހަށް އިށިއިންދޭ.” ޝިމްލާ އާއި އަފޫ ހަންދާން ނައްތާލައި މަރީ ހަމަޖެހިލައިފިއެވެ. އަންޝް އަށް ތަނާލް ނޭގޭކަން ވިސްނުމުން މަރީ ކައިރިއަށް ވަރަށް ހިނިއައެވެ. ” ތެންކްސް. މިއަދު އަހަރެން އައީ. ތަނާލް އަކަށް ނޭގޭނެ އަހަރެން އައިސްގެން އުޅޭކަމެއް. އެ ގެއަށް ގޮއްސަ އަހަރެން މިއައީ. އެކަމަކު އެކަކުވެސް ނޫޅޭ ގެއަކު. ” ” މުބާރާތް ފެށިގެން އުޅެނީ. އެތަނަށް ކަންނެގެ އެދިޔައީ. ” ” އެދިމާއަށް އަހަރެންވެސް މިދަނީ. އެކަމަކު މިތަނަށް މަރީ ވަތްތަން ފެނުނީމަ ހިތަށްއެރީ ވާހަކަ ދައްކާލަން ދާނީއޭ. އެކަމަކު ބިޒީ ގަޑިއެއްދޯ މީ. ” އަންޝް ހީލާފައި ބަލައިލީ އަތްފައި ފިނިވެފައި އިން ތަނާލް އަށެވެ. ” ނޫނޭ. މިހާ ފުރީކޮށް ދެން އަހަރުމެން ދިމައެއްނުވާނެ. މީ ފާތުން. ފާތުން ބީރުވާނެ. އަހަރުމެން ދައްކާ ވަހަކަ ނޭގޭނެ ފާތުންއަކަށް. އެކަމަކު ތަނޫ ގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން. ” ” އެކީތްވެ؟ އަންޝް އަހައިލީ ހައިރާންވެފައިއެވެ. ” އެކީތްކުރަން ތަނޫ ގެ ވާހަކަ ދައްކަނީ. އެފަކީރުގެ މުޅި ދިރިއުޅުން ހަލާކު ކޮއްލާފައި އަދިވެސް އަންޝްގެ ހިތް ނުފުރެނީތަ؟ ” މަރީގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަންޝްގެ ދުލުގައި ތަޅުލެވުނުކަހަލައެވެ. މަރީ ވާހަކަ ފެށިގޮތުންވެސް އަންޝް ހާސްކޮއްލާނެކަން ތަނާލްއަށް އެންގުނެވެ. ” ފިރިހެނެއްވެއްޖިއްޔާ ހުންނާނީ ދަނޑިވަޅެއް ނުލިބިފަ. ކާކު ހީކުރާނީ އަންޝް ތަނޫއަށް އެހެންހަދާފާނެއޭ. އެފަހަރަކު އަތުޖެހުނު ކޮންމެ އަންހެންކުއްޖެއް ތި މީހުންނަށް ހަމަ އޯކޭ. ” މަރީ ދައްކަމުންދިޔަ ވާހަކައިން ރުޅިއައިސްގެން ކުރާނެކަމެއްވެސް ތަނާލް އަކަށް ނޭގުނެވެ. މަރިގެ ވާހަކައިން އަންޝް ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ހަޤީގަތުގައިވެސް އަންޝް އަށް އެއުޅެވެނީ ބޮޑުކުށެއްކުރެވިގެންކަން ވިސްނިއްޖެއެވެ. ” އަޅާނުލާ. ވީކަންތަށް ނުވާކަމަކަށް ނެހެދޭނެ. އެކަމަކު ތަނޫ ބޭނުމެއްނޫން ދެން އަންޝްގެ މޫނު ދެކޭކަށްވެސް. އަސްލު ރަނގަޅުވާނީވެސް އެގޮތް. ދެމީހުން އެކުގައި އުޅެންޏާ ކަޅު ހިޔަންޏެއްހެން އެ ފަތިސް ދެމީހުންނަށް ކުރިމަތިލާނެ. ދެމީހުންގެ ކުރިމަގަށް ހުރަސް އަޅާނެ. ތި ދެމީހުންގެ ރަހުމަތްތެރިކަން އަންޝްވެސް ރަނގަޅުވާނީ ދެން ކަފުންކޮށް ވަޅުލިއްޔާ. ތަނޫ އައްޓަކައިވެސް ނަމަވެސް އަންޝް ދެން ތަނޫ އާއި ވާހަކަދައްކަން މަސައްކަތް ނުކުރޭ. ” މަރީ އަންޝްއަށް ވިސްނަދިނީ ތަނާލް އަށް ހަމްދަރުދީ ވަމުންނެވެ. އަންޝް އާއި އެއްވެސްކަހަލަ ގުޅުމެއް ބާއްވަން ތަނާލް ވެސް ބެނުމެއްނޫނެވެ. އެހެނަސް މަރި އަންޝްގެ ބޮލުގައި އެ އެޅުވީ އަންޝް ނުކުރާ ކުށެކެވެ. އެބަރު ބޯމަތީ ބާއްވައިގެން އުޅޭނެހައި ހިތްވަރު އަންޝް ގަޔަކު ނުހުންނާނެއެވެ. އެއްވެސް އެއްޗެއް ނުބުނެ އަންޝް އިނެވެ. ތަނަށް ވެރިވެގެންދިޔައީ ހިމޭން ކަމެކެވެ. އަންޝް އިސްޖެހިފައި އިންގޮތުން މަރީ ވެސް ދެރަވިއެވެ. އެހެނަސް ތަނާލްދެކެ އަންޝް ލޯބިނުވަންޏާ ތަނާލްގެ ކުރިމަގަށް އެޅޭ ކަޅުހިޔަންޏަކަށް ވެގެން ހުރުމުގެ ހައްޤެއް އަންޝް އަކަށްވެސް ނޯންނާނެއެވެ. ” ވަރަށް ލަސްވެއްޖެ މިހާރު. އަހަރުމެން ދާންވެއްޖެ. ފާތުން އާދޭ ދާން.” މަރީ ތެދުވެގެންގޮސް ތަނާލް އަތުހިފުމުން އަވަސް އަވަހަށް ތަނާލް ތެދުވެއްޖެއެވެ. ” އަހަރެންހީކުރީ ތަނާލް ވެސް އަހަރެންދެކެ ލޯބި ވާކަމަށް. ” އަންޝް ހިތުގައި ޖެހިއްޖެކަން އެއަޑުން ހާމަވިއެވެ. ތަނާލް އަށް މަޖުބޫރުވީ ހުއްޓޭށެވެ. ފަސް އެންބުރިބަލައިލެވުނީ އަންޝްގެ މޫނަށެވެ. ލޮލަށް ބަރުވި ކަރުނަ ފުހެލަމުން ހިތި ގޮތަކަށް އަންޝް ހީލީ މަރީ އަށް ބަލާލަމުންނެވެ. އަދި ކޮޅަށް ތެދުވެ މަރީ އާއި ކުރިމަތިލައިފިއެވެ. ” އަހަރެން ގަބޫލުކުރަން އަހަންނަށް ކުށެއްކުރެވިދާނެކަން. އެކަމަކު އަހަރެން ގަސްތުގައި އެވަރު ކަމެއް ނުކުރާނެކަން ތަނާލް އަށް އެންގޭނެ. އެކަން އެންގިހުރެވެސް ތަނާލް އަހަންނާއި ގުޅުންކަނޑާލީ ތަނާލް ހިތުގައި އަހަންނަށް ކުޑަކުޑަ މަޤާމެއްވެސް ދެވިފައިނެތީމަ. އަސްލު މަށަށް އޮޅިގެންމިއުޅެނީ. ތަނާލް ސަމާސާއަކަށް ލޯބިވެއޭ ބުނީމަ އަހަރެން މިހިރީ ހެއްދިފައި. ” އަންޝް ހީލާފައި މަލާމަތްކޮށްލީ އަމިއްލަ ނަފްސަށެވެ. ތަނާލް އާއި ވަކިން އަންޝްއަށް ނޫޅެވޭނެކަން އެ ދެ ލޮލުން ރީތިކޮށް ހާމަވެވެހުއްޓެވެ.މަރީ އަށް ހުރެވުނީ ބުނާނެއެއްޗެއްވެސް ނޭގިފައިއެވެ. ތަނާލް އަށް އަންޝްގެ މޫނަށް ބަލަން ހުރެވުނީ ކަޅިވެސް ޖަހާލަން ނެގިފައިއެވެ. ” އަޅާނުލާ ދެން. އަހަރުމެން ބައްދަލްވި ވާހަކަ މަރީ ތަނާލް އަށް ނޭންގިއްޔާ އަހަންނަށް ރަނގަޅީ. ” ” މަޑުކޮށްބަލަ. އަންޝް ވާހަކަދައްކާގޮތުން ހީވަނީ އަންޝް ތަނޫ ދެކެ ލޯބި ވާހެން. އެކަމަކު ތަނޫ ބުނީ އަންޝް ލޯތްބެއްނުވެއޭ. ” މަރީ ސުވާލުކުރީ ވަރަށް ބޮޑަށް ހައިރާންވެފައިއެވެ. ” މިދިޔަ މަސް ދުވަހު ތަނާލްގެ ފޯނަށް އަހަރެން ގުޅިވަރު ހުދު އަހަންނަށްވެސް ނެގެ. އަސްލު އެއީ މައްސަލައަކީ. އަހަރެން ލޯބިވާކަން އެހާވަރުން ތަނާލް އަށް އެންގިއްޖެ. އެހެންވެ އޭނަ ލޯބިނުވާތީ އަހަރެންބޮލުގައި ބަދުނާމު އަޅުވާފައިދުރުގަ އެހެރީ. އެންމެ ފަހަރަކު ރީތިކޮށް ބުނެލިނަމަ ނުގުޅާށޭ. އަންޝް ގުޅީމައި އުންދަގޫވެއޭ. އަހަންނަށް ކެތްކުރެވޭނެ. ނުދާނަން އުންދަގޫކުރާކަށް. ނޭގިނަމަވެސް އަހަންނަށް ހެދުނު ގޯހަށް މާފަންއެދެން އަހަރެން ބެނުން. އެކަމަކު ތަނާލްއަށް އުންދަގޫކުރަން ދެން އަހަރެންވެސް ބެނުމެއްނޫން. ” އިތުރަށް އެތަނުގައި މަޑުނުކޮށް އަންޝް ހިގައްޖެއެވެ. އަންޝް ނުކުމެގެންދިއުމުން މަރީ އަށް ތަނާލްގެ މޫނަށް ބަލައިލެވުނީ މަޖާވެފައިއެވެ. އަންޝް ދިޔަދިމާއަށް ބަލަން އުފަލުންރޮވިފައި ތަނާލް ހުއްޓެވެ.
އަންޝް ދިޔައީ ގެއަށެވެ. ” ދޮންބެ ހާދައަވަހަކަށް ތިއައީ. މަންމަ ބުންޏެއްނު ފަހަރި ގޮވައިގެންއަންނާށޭ. ކޮބާ ފަހަރި؟ ” ސޯފާގައި އިން މަލުން ދުވެފައިގޮސް ދޮރުމަތި ހުއްޓިއްޖެއެވެ. އެހެނަސް ތަނާލް ފެންނާކަށްނެތެވެ. މަލުންއަށް ޖަވާބުދިނުމެއްނެތި އަންޝް ކޮޓަރިއަށްވަދެ ދޮރުޖަހައި ތަޅުލައިފިއެވެ. ކަންތަށް ރަނގަޅު ނޫންކަން އެހައިވަރުން މަލުންއަށް ވިސްނުނެވެ. ދުވެފައިގޮސް އެހަބަރުދިނީ ހަލީމާއަށެވެ. އެހެނަސް ހަލިމާ އައިސް ދޮރުގައި ޓަކި ދިނުމުންވެސް އަންޝް ދޮރެއްނުހުޅުވިއެވެ. ” މަންމާ އަހަންނަށްހީވަނީ ފަހަރި….. ” ” މަލުން މަންމަ ހަވާލުކުރި ތަރުކާރީކޮޅު ކޮށިންތަ؟ ” ” ކޮށަންހުއްޓައި ދޮންބެއައީ. އަވަސްއަވަހަށް މަލުން ގޮސް ސޯފާގައި އިށިއިދެ މަސައްކަތަށް އެންބުރިއްޖެއެވެ. ހަލީމާ ނިކުތީ ބޭރަށެވެ. ” މަންމާ ހާދަކަންބޮޑުވެފައި، ކިހިނެއްވީ؟” ގޯތިތެރެއަށް ވަދެގެންއައި ޔާން އަށް ހަލީމާ ފެނުމުން އައިސް ހަލީމާ ކުރިމަތީ ހުއްޓިއްޖެއެވެ. ” ދަރިފުޅަށް އެންގޭތަ ތަނާލް އުޅޭގެއެއް. ” ” އާން، އެކަމަކު ކިހިނެއްވީ؟ ” ” މަންމަ ގޮވައިގެން އެގެއަށް ހިންގާބަލަ. މަންމަ ބޭނުން ތަނާލްއާއި ވާހަކަ ދައްކާލަން، އެގެއަށް ގޮސްސަ އައިސް ތަޅުލައިގެން އަންޝް އެބައޮތް. ތަނާލް އެއްޗެއް ބުނީ ކަންނޭގެ. ދިމާވި ކަންތަށް ގަޑުން އަރައިނުގަނެވި އަދި އެއުޅެނީ. ތަނާލް އެހެންހެދީމަ ދެންވާނީ ކިހިނެއް؟ ” “އެކަމަކު މަންމަ ފަހަރިއަށް އާދޭސްކުރަން ދިޔައީމައޯ. ދޮންބެ އަށް އެންގިއްޖިއްޔާ ރުޅިވެސް އަންނާނެ. ” ” މަޑުންހުރޭ. ހިންގާ މަންމަ ގޮވައިގެން. މަންމަ ބޭނުން ތަނާލް އާއި ބައްދަލުކުރަން. ” ” އެކަމަކު މަންމާ.. އެގެ މީހުން އެތިބެނީ ތަނޫ އަންޝް ކިޔާލަކިޔާލައި. މަންމަ ގޮސްސިއްޔާ އެމީހުން މަޖުބޫރުކުރާނެ ފަހަރިއަށް. މައިންބަފައިން މަޖުބޫރުކުރުވައިގެން ކައިވެނިކުރާ ޒަމާނެއްނޫނެމީ.” ޔާންގެ ވާހަކަ ގަބޫލުކޮށް ހަލީމާ ޖެހުނީ އެންމެ ފަހުން އެގެއަށްދާ ހިޔާލުދޫކޮށްލާށެވެ. އެންބުރި ހަލީމާ ގެއަށް ވަނީ ހަދާނެގޮތްހުސްވެފައިހުރެއެވެ.
އިރުއިރުކޮޅާ ކޮންމެވެސް އެކަކު ދޮރުގައި ޖަހާލައެވެ. އެހެނަސް ދޮރުހުޅުވައި ހަލީމާއާއި ކުރިމަތިލާނެހައި ހިތްވަރު އަންޝް ގަޔަކުނެތެވެ. ތަނާލް ލޯބިވާކަން ހީކޮށް އަންޝް އަށް ކުރެވުނީ ކުއްހީއެއްކަން ހަލީމާ އަށް ބުނެދޭނެގޮތެއް އަންޝް އަކަށް ނުވިސްނުނެވެ. ވަރުބަލިވެފައިވާ އަންޝް އަށް ނިދުނީއެވެ. ރޭވެ ނުވައެއް ޖަހައި ބޮޑުވިއިރުވެސް އަންޝް އޮތި ކޮޓަރީގައިއެވެ. ނިދިފައިއޮތް އަންޝް އަށް ލޯ ހުޅުވައިލެވުނީ ކޮޓަރީގެ ދޮރުލެއްޕުނު އަޑަށެވެ. އެދިމާއަށް އަންޝް ބަލައިލީ ނިދިންބަރުވެފައިވާ ދެ ލޮލުންނެވެ. ތަނާލް ލައިޓް ދިއްލާލި އެވަގުތުއެވެ. ކުއްލިއަކަށް އަންޝް ތެދުވެ އިށިއިންދެއްޖެއެވެ. ދެ ލޯ ބޮޑުކޮއްލާފައި ތަނާލްއަށް ބަލައިލިއިރު ނިދީގެ ކަންފުޅެއްވެސް އެ ދެ ލޮލުގައިނެތެވެ. މޫނު ފޮތިކޮޅު އަޅައިގެން ތަނާލް ހުރުމުން އަންޝް އަށް މިފަހަރުވެސް ތަނާލް ނެގުނެވެ. ކޮޓަރިތެރެއަށް ތަނާލް ކޮއްޕައިލީ މަރީ އެވެ. ލަދުން ތަނާލް ހުރީ ހަދާނެގޮތެއްނެގިފައިއެވެ. އެހެނަސް އަންޝްއަށް ވީގޮތްފެނުމުން ހިނިވެސް އައެވެ. ” ފާ ފާތުން….ތީ ފާތުން ދޯ.” އެކޮޓަރިން ފާތުން ފެނުމުން އަންޝްގެ ހޭބުއްދިފިލައިނުދިޔައީ ކިރިއާއެވެ. ހާސްކަމާއެކު އަންޝް އަވަސްއަވަހަށް ގޮސް ހުއްޓުނީ ތަނާލް ކުރިމަތީގައިއެވެ. ” މިތާންގަ ކީތްތިކުރަނީ؟ ކޮޓަރިއަށްވަނީ ކިހިނެއް؟ ކޮބާ މަރީ؟ ” ” އަހަރެން މިހިރި ބެރުގައި. އަންޝް ފާތުން ބޭނުންވަނީ އަންޝް އާއި މެރީ ކުރަން. ތަނޫ ލޯބިނުވިއަސް ފާތުން އަންޝް ދެކެ ވަރަށް ލޯބިވޭ. ދެ ފެމިލީ ވާހަކަދައްކައި މިހާރު ކައިވެނިވެސް ހަމަޖެހިއްޖެ. އެންމެން މިތިބީ ބެރުގައި. ” ދޮރުހުޅުވާލަން އަންޝް ހިފިއިރު އަނެއްފަރާތުން މަރީ ހުރި ދޮރުހުޅުވުނަ ނުދެން ހިފަހައްޓައިގެންނެވެ. މަންޒަރުދެކެން ސޯފާގައިތިބި ނައިލް މެން ހީގަތީ އެކުގައިއެވެ. އަންޝް ދިޔައީ ހުއްޓުންއަރައިގެނެވެ. އަންޝް ތަނާލްއަށް ބަލައިލީ ދެ ލޯ ބޮޑުކޮށްލާފައިއެވެ. އައިހިނިން ދެތުންފަތްޖައްސާ ބާރުކޮށްގެން ތަނާލް ހުއްޓެވެ. ” މަރީ އޭއި ސަކަރާތް ނުޖަހާ. މި ދޮރުހުޅުވާ ދެން. މަންމަ އަށް ފެނިއްޖިއްޔާކިކޭ އަހަރެން ބުނާނީ؟ “އަންޝް އުޅުނީ ދޮރުހުޅުވައިލާށެވެ. އެހެނަސް މަރީވެސް ހިފައިގެންހުރީ ގައިގައިހުރިވަރުލާފައެވެ. ” މަންމަވެސް ގޭތެރޭގައި މިއުޅެނީ. ތަނާލް ނޫނިއްޔާ ވާނީކީތް؟ ހިޖާބު އަޅައިގެންހުރި ރަނގަޅު ކުއްޖެއް ފާތުންއަކީވެސް. ” ހަލީމާ ގޮސް އިށިއިނީ ފާއިޒާ ކައިރީގައިއެވެ. ” ބޭބެމީ ފާތުންގެ ބައްޕަ، ތި ދެކުދިން ގުޅެން ބޭބެވެސް ގަބޫލު. ” ތަނާލް ބައްޕަ ޝިފާއު ގޮވައިލީ އަންޝްއަށް އިވޭވަރަށެވެ. އެންމެނާއެކު ތަނާލްއަށް ވެސް ހީގަނެވިއްޖެއެވެ. ކަންބޮޑުވެފައިވަހަކަތަށް އަހަންހުރި އަންޝް ތާނަލްއަށް ބަލައިލީ ސިހިފައިއެވެ. ތަނާލްއަށް ދެއަތްއެޅުނީ އަންގަމަތީގައިއެވެ. އެހެނަސް އަންޝްގެ ހާލުފެނުމުން ތަނާލް އަށް ހިނިގަނޑުހިފަހައްޓައިނުލެވުނެވެ. ” ތަނާލް ” އެ އަޑު ކަންފަތުގައި ޖެހެއިރަށް އަންޝްއަށް އެންގިއްޖެއެވެ. މުނު ފޮތިކޮޅުގައިހިފައި އަންޝް މައްޗަށް ހިއްލައިލީ ކުއްލިއަކަށެވެ. ” ނޫން އަތްނުލައި ހުރޭ.” ސިހިފައި އަންޝްގެ އަތް ތަނާލް ދުރުކޮށްލައިފިއެވެ. ” ” ތަނާލް….ތީ ” އަންޝްއަށް ބުނާނެއެއްޗެއްވެސް ނޭގުނެވެ. އަންޝްއަށް އެހައިބޮޑު ހައިރަންކަމެއްލިބުމުން ތަނާލްއަށް އިސްޖެހުނީ ވަރަށް ބޮޑަށް ހިނިއައިސްފައިއެވެ. ” ތީގެ މާނައަކީ މިއަދު މަރީ އާއި އެކުވެސްހުރި ތަނާލްއޭތަ؟ ” ” އާން އެކަމަކު އަހަންނެއްނޫން ގެއަށްގޮސް އެވާހަކަ ދެއްކީ. މަރީގެ ކަންތަށްއެއީ. ދޮންބެ މިގެއަށް އަންނަން އުޅުނީމަ އެހެންމީހުން އަހަރެން ގަދަކަމުން ގެނައީ. މިގެއަށް އައިމަ އަންޝް މަންމަ ބުނީ އަންޝް އާއި މެރީ ކުރާށޭ. މިހާރު ހުރިހައިކަމެއް ހަމަޖެހިއްޖެ. މަރީގެ ކަންތަށްއެއީ. އަންޝްމަންމަ މި ކޮޓަރީގެ ޑަބަލް ތަޅުދަޑިވެސް ދިނީ. ” އިސްޖެހި ފިނިވެފައި ތަނާލް ހުރިއިރު އަންޝް މިހާރުހުރީ ހައިރާންވެ ހިނިއައިސްފައިއެވެ. ތަނާލް އެކަހަލަ ސަޕްރައިޒެއް އަންޝް އަށް ދީފާނެކަމަކަށް އަންޝް ހިތަށްވެސް ނާރައެވެ. މިއަދު އެހުރިހައިވާހަކައެއް އަންޝް އަށް މިދެއްކުނީ ކައިރީގައި ތަނާލް ބަހައްޓަފައިއެވެ. ” ހާދަ އަޑުމަޑުވެއްޖެއޭ. އަންޝް ފާތުންގެ މޫނު ފެނުނީތަ؟ ” ދޮރުގައި ކަންފަތް ޖަހައިގެންހުރި މަރީ އުޅުނީ ދޮރުހުޅުވައިލާށެވެ. އަވަސް އަވަހަށް އަންޝް އެދޮރުގައި ތަޅުލައިފިއެވެ. މަރީ ދިޔައީ އަންގަހުޅުވިގެނެވެ. ތަނާލް ބަލައިލީ ސިހިފައިއެވެ. ” ނޫން ތަޅުލީމަ މަންމަ ރުޅިއަންނާނެ”” ކޮންއިރަކު ތަނާލް ހިޖާބު އެޅީ؟ ހާދަހިކިއްޖެއޭމިހާރު. މި ފޮތިކޮޅު ނަގާބަލަ.” ” ނޫން ނޫން ޕްލީސް ދެން ދޮރުހުޅުވާ. ” ” ތިހާ ބިރުގަންނަންޏާ އެތެރެއަށްވަނީ ކީތްކުރަން؟ ” ” މަރީގެ ކަންތަށްމީ. ދެންހުޅުވަބަލަ. ލަސްކުރަންޏާ ބައްޕަ ހީކުރާނީ ކީކޭ؟ ” ދޮރުހުޅުވަން ތަނާލް އަތްދިއްކޮއްލުމުން އަންޝް ހިފެހެއްޓީ އެ އަތުގައިއެވެ. ” އަހަރެންދެކެ ބިރުންތަ ތިއުޅެނީ؟ނަގާބަލަ މި ފޮތިކޮޅު. ” ދެކެލާހިތުން ކެތްމަދުވެފައި އަންޝް އަތްނެގީ ތަނާލްގެ މޫނު ފޮތިކޮޅުނަގާށެވެ. ތަނާލް ހިފެއްޓީ އެއަތުގައިއެވެ. ހިނިއައިސްފައި އަންޝްއަށް ބަލައިލެވުނީ ތަނަލްގެ ދެލޮލަށެވެ. ” އަންޝް ދެކެ ރުޅިއައިސްފައި އަހަރެން މިހިރީ. ލޯބިވަންޏާ ކީތްވެ ކުރިން ނުބުނީ؟ ” “ބުނާށޭ އަހަރެންއައިސް މިހުރީ. ވަގުތު ލިބުނީމަ ނޫންތަ ބުނެވޭނީ. ” ” އެރޭ ފަތިހު ކީތްވެ ނުބުނީ؟ ” ތަނާލް ޝަކުވާކުރީ ހިތްހަމަ ނުޖެހިފައެވެ. ” އެގަޑީ ބުނެވޭތަ؟ މަރުގެ ތުންފަތްމަރީގައި އަހަރުމެންތިބީ. ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނެތް. ” ” އެކަމަކު އަހަރެންހުރީ އަޑުއަހާށޭ. އަންޝް އަށް އެނގޭތަ އަހަރެން އަޑު އަހާހިތުން ހުރިކަން؟ އެހެންވެ އަހަރެން އަންޝްއާއި ވާހަކަދެއްކުން ހުއްޓާލީ ” ތަނާލް އަންޝްގެ އަތް ދުރުކޮށްލާފައި ގޮސް އެންދުގައި އިށިއިދެއްޖެއެވެ. ” ތިބުނީ.. ” “މިބުނީ އެރޭ އަންޝް އެއްވެސް ކަމެއްނުކުރެއޭ. މަރީ މިއަދުހެދީ ހުސްދޮގު. އަހަރެންހީކުރީ އަންޝް އަހަރެން ދުރުކޮށްލަން އުޅުނީ އަންޝް އަހަރެންދެކެ ލޯބިނުވާތީ ކަމަށް. އެހެންވެ އަންޝް ލޯބި ނުވާތީ އަންޝް އާއި ހުރިހާގުޅުމެއްކަނޑާލާފައި އަހަރެން ދުރަށްދިޔައީ. އެކަމަކު އެއީ އަހަރެންގެ ކުށެއްނޫން. އަންޝް ޕްރޮޕޯސް ކުރިނަމަ އެހެނެއްނުވާނެ. އަސްލުނުވޭ އަންޝް އަހަރެންދެކެ ލޯތްބެއް. އަންޝްއަށް ވެސް އަހަރެންފެނިގެންތިއުޅެނީ މިހާރު އަހަރެން ރީތިވީމަ. ” ތަނާލް ޝަކުވާކުރަމުންދިޔައީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިއެވެ. އެހާލޯބިން ތަނާލް ޝަކުވާކޮއްލުމުން އެހެންހުރިހާކަމެއް އަންޝް ހަދާންނެތިއްޖެއެވެ. ތަނާލް އަންޝްދެކެ ލޯބިނުވާކަމާމެދު ހިތުގައި އުފެދުނު ހުރިހައި ޝައްކެއް ހިތުންފިލައި ހިގައްޖެއެވެ. ތަނާލް އާއި ދުރުގައިވެސް އަންޝް އަށް ނުހުރެވުނެވެ. އައިސް ތަނާލް ކައިރީގައި އިށިއިދެއްޖެއެވެ. ” ދޮގެއްތީ… ލޯންޗަށްއެރި ފުރަތަމަ ދުވަހު ތަނާލް މިހާ ފަލަކޮށްހުއްޓައި އަހަރެން ސިއްރުސިއްރުން ތަނާލްއަށް ބަލަންފަށައިފިން. ” އަންޝް ބުނީ ދެއަތް ފަތުރާލާފައެވެ. ” އަހަރެން ތިހާފަލައެއްނޫން އޭރު. ” ” އޯކޭ މިހާ ފަލައިރު. ” ” ދޮގު އަހަންނަށް…. ” ” ހެކި އެބައޮތް އަހަރެންއަތުގަ. ” އަންޝް ބުނެލީ މަޖާވެފައިއެވެ. އެހައިވަރަކުން ތަނާލްއަކަށް ނުވިސްނުނެވެ. ” މަޑުކުރޭ. ” ބާލިސްކައިރީގައި އޮތް ފޯނު ނަގައި އަންޝް ފޯނު ހާވާލާފައި އަޅުވައިލި ވީޑިއޯއިން ތަނާލް ދިޔައީ ދެލޯ ބޮޑުވެގެނެވެ. މުބާއަށް ސިއްރުން ތަނާލް އެއެއްމިއެއްނުބަލައި ކަމުންދިޔައިރު ރުޅިއައިސްގެން އިރުއިރުކޮޅާ ނައިލް އެއްޗެއް ބުނެލައެވެ. އެއީ އެންމެ ފަހުން ތަނާލް ބަންޑުފުރައި ކެއިފަހަރެވެ. އަންޝް އެއޮތީ އެމަންޒަރު ވީޑިއޯ ކޮށްފައެވެ. ތަނާލް އަންޝްގެ މޫނަށް ބަލައިލީ ވަރަށް ބޮޑަށް ރަކިވެފައިއެވެ. “މުބާ ލޯމަރައިގެން އިނީމަ އެއެއްމިއެއް ނުބަލައި ކެއީ. ލޯންޗް އިންޖީނު ހުއްޓުނީމަ ދެންވެސް ބެލީ ކެވޭތޯ. ” ” މަލާމާތް ކުރާނެކަމެއްނެތް. ޑިލީޓް ކުރޭ ތި ވީޑިއޯ. ގެނޭ ފޯނު ” އަންޝް ހޭންފެށުމުން ތަނާލް ވަކިންބޮޑަށް ލަދުގަތެވެ. އުޅުނީ ފޯނު އަތުލާށެވެ. އެހެނަސް ހުށިޔާރުކަމާއެކު އަންޝް ފޯނު ދުރުކޮށްލައި ތަނާލް އާއި ގާތްވެލައިފިއެވެ. ” ކީތްކުރަން ޑިލީޓް ކުރަނީ؟ މި ވީޑިއޯއިން ހާދަ ލޯތްބޭ ތަނާލް. މުބާ ނުބަލަންޏާ އޯކޭ މުޅި ދުނިޔެއަށް ފެނުނަސް ” އަންޝްގެ ވާހަކައިން ހީގަންފައި ތަނާލް ބޮންޑިވި އަންޝް މޭގައެވެ. ” އަހަންނަށް ކިހިނެއްތަ އެންގެނީ އަންޝް ބަލަންހުރި ކަމެއް؟ އޭރު އަހަރެންކަނީ ތި ގޮތަށޭ. އެކަމަކު ތި ވީޑިއޯ ޑިލީޓްކުރޭ. ނޫނީ އަހަރެންގެ މޫނު އަންޝްއަކަށް ނުފެންނާނެ. ” ” އެހެންތަ! ތިހެންވިއްޔާ ދެންޖެހޭނީ ގަދަބާރުން ތިކަންކުރަން” ” ނޫން ނޫން ” އަންޝް ދިމާކުރީ ފޮތިކޮޅުނާގާށެވެ. ހީގެންފައި ތަނާލް އަންޝްގެ އަތްދަށުން ދެމިގެންފިއެވެ. ” ތިކަމެއްނުވާނެ. ކައިވެނީގެ ކުރިން އަންޝްއަށް އަހަންނެއް ނުފެންނާނެ. ” އަންޝް އަތުނުޖެހި ތަނާލް ދުވެފައިގޮސް ދޮރުހުޅުވާލާފައި ބޭރަށްނުކުމެއްޖެއެވެ. އެންމެން ފެނި ފަހަތުން އައި އަންޝް އަށް ހުއްޓެވުނީ ދޮރުމަތީގައިއެވެ. އަވަސް އަވަހަށް އަންޝް ހަމަޖެހިލައިފިއެވެ. ދޮރުހުޅުވާލާފައި ތަނާލް ނުކުތީ އެމީހުން ހަންދާންނެތިފައިހުރެއެވެ. އެންމެން ބަލަން ތިބިތަންފެނުމުން ތަނާލް ގައިންދިޔައީ ހީބިހިނަގައިގެނެވެ. ލަދުން ދާނެ ދިމާއެއްވެސް ތަނާލްއަށް ނޭގުނެވެ. އެ ދެމީހުނަށްވީގޮތުން އެކަކު އަނެކަކަށް ބަލާލާފައި އެންމެން އެކުގައި ހީގެންފިއެވެ.
ޖެހިގެންއައި ހަފްތާތެރޭގައި ތަނާލް އާއި އަންޝްގެ ކައިވެނި ކުރެވިއްޖެއެވެ. އަލަތު ކައިވެނީގެ އުފާވެރިދުވަސްތަށް ފެށިގެންހިގައްޖެއެވެ. އަންޝްގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަމުން ދާދިއަވަހަށް ތާނާލް އެ ހާދިސާގެ ބިރުވެރި ހިޔާލްތަކާއި ދުރަށް ޖެހިލައިފިއެވެ. ބިރުން ނުނިދައި ރޭގަނޑު ދަންވަރު ހެލައިއުޅޭ ތަނާލް އަންޝްގެ މޭގައި ބޯއަޅައިލައިގެންއޮވެ މިހާރު ނިދާލަނީ ހިޔާލެއްފިކުރެއްނެތިއެވެ.
( ނިމުނީ )
14 Comments
Comments are closed.
OMG me first…really nice ending…..dhn ves mikahala shyx ge vaahaka eh kiyaalan libeyne kamah ummeedhu kuran….story vrh vrh vrh vrh reethi……keep it up???
Thanuuu I still Love You… Keeve mashah beyvafaatheri thivyyy…… 🙁
Mubaa mihaaru thanu aky hama ekani magey haggeh ?
but i love only Ansh ….not u Mubaa
Yeyy!!I Lurw Yuh Thanu ??
Nimunyy???…haardha avahakah thi ninmaalyy…comaga oyy anhen kujja ah v goyy ves nethehnnu….ninmun ehaa rycheh noon…hyvanyy avas aruvaalafa oyy hen
v v v v furihama
maa avahakannu thi nimmaalee… ekm ves reethi ingey…
Kihineh salaamai vy??
reethi. rangalhah kyynama emmenah ves vee goi v rangalhah ingeyne. mi kiyaafa gain heebihi nagaa. v fahkkaa ingey. adhives mikahala story eh kiyaalan libeyne kamah heekuran <3
vrh salhi…vrh furihama…love this stry…really interesting…
Vvvv shalhi mi vaahaka
Very nice ???
Amazing story I love this