
ލޭކޯރު (05 ވަނަ ބައި)
ކަޅުއަދިރި ނާމާން ރޭގަނޑަކަށް ފަހު އިރުއަރައި ޖަންގަލިތެރޭ އަލިކޮށްލައިފިއެވެ. އެންމެން ވަނީ އެކަކު އަނެކަށް ގެއްލި ބެހިފައެވެ. ދެވޭ ނުދެވޭ ނޭގި މަގުއޮޅިފައިއެވެ. ލޯންޗް އޮތް ދިމާއެއް ފާހަގަކުރަން މާސް އަށް ވެސް ނޭގުނެވެ. ނައިލް ބޭނުންވީ ވީހައިވެސް އަވަހަކަށް ތަނާލް ވީ ހާލެއް ދެކޭށެވެ. އެހެނަސް މިހާރު ތަނާލް ވީ ކިހާހިސާބަކު ކަމެއްވެސް ނައިލް އަށް ނޭގެއެވެ. ހައިހޫނު ކަމާއެކު ތިންމީހުން އެޓަމްގެ ފަހަތުން ކުރިއަށްދިޔައީ ދުލަށްއައިހައި ހެޔޮއެއްޗެއް ކިޔަމުންނެވެ. އައިސްފާނެ ކުއްލި ހަމަލާއަކަށް ސިހިސިހި ތިބެއެވެ. ހަތިޔާރަކަށް އެމީހުން އަތުގައި އޮތްހައިވެސް އެއްޗަކީ އަތުލައިގަނެވުނު ދުނިދަޑިތަކެވެ.
ރެސްޓް ކުރަމުން ޒަހުނާ އާއި ސަމާހް ވެސް ދިޔައީ ކުރިއަށެވެ. ފެނާއި ކާ އެއްޗެހި އެމީހުންގެ އަތުގައި ހުއްޓަސް އިރުއަރައި އެތަށް އިރެއްވެގެން ދިޔައިރުވެސް އަންޝްމެންގެ ހަބަރެއްނުވިއެވެ. އަޑުގެ ކޮޅަށް ގޮވައިގެންވެސް ޖަންގަލީތެރެއިން މީހެއްގެ ހިލަމެއް ނުވިއެވެ. ” ވަރަށް ބޮޑަށް އެބަ ރިއްސައި. ދެން ނިހިގޭނެ ” އުނަގަނޑުގައި ދެއަތް ވިއްދަމުން ޒަހުނާ ހުއްޓިއްޖެއެވެ. އެ ފިނި ހެނދުނު ގަޑީ ޒަހުނާ ހުރީ ދާހިއްލާލާފައެވެ. ޒަހުނާ އަށް ބަލާލާފައިވެސް ސަމާހް ވަށައި އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ. ޒަހުނާ ކައިރީ ނުބުންޏަސް މަގު އޮޅިގެން ސަމާހް އުޅޭތާ އިރުކޮޅެއްވެއްޖެއެވެ. ” ސަމާހް ކީތްތަ ތިކުރަނީ؟ އަހަރެން މި އުޅެނީ ތަދުވާވަރުން ކެތް ނުކުރެވިގެން. އެކަމަކު އަހަރެންގެ ވާހަކަ އަޑުވެސް ނީވޭކަމަށް ހަދައިގެން ސަމާހް ތި ހުންނަނީ ” ” މާ މޮޅުމީހަކަށް ވެގެން ޖަންގަލީ ތެރެއަށް ވަތްއިރަކު ނޭގޭތަ ޖެހޭނެ ހާލަކީ ތީ ކަމެއް. މި ހުރިހައި ކަމެއް މިވަނީ ޒަހޫ ގޮތްދޫނުކުރަން ހަދައިގެން. މިހާރު ދެވިއްޖެއެންނު މޫމިނާއްތަ ކައިރިއަށް ” ޒަހުނާ އަޑުބާރުވުމުން ސަމާހް އެއްޗެހި ކިޔައިގަތީ ޒަހުނާއަށެވެ. ޒަހުނާ ދިޔައީ އަންގަ ހުޅުވިގެނެވެ. ” މި ހުރިހައި ކަމެއްމިވަނީ ސަމާހް އާއި ހެދި. އެވަރު ކުޑަކުޑަ ކަމަކާ ސަމާހް ޖެހޭތަ އަހަރެން ވަރިކުރަން؟ މީހަކަށް ދެރައެއްދީފައި އެކަކަށްވެސް އުފަލަކު ނޫޅެވޭނެ. ސަމާހް މަންމަ އަށް މިހާރު ހުންނާނީ އެވަރު ވިސްނިފައި. އަދިބަލަންހުރޭ އަހަރެން ދެން އުޅޭނީވެސް މާލޭ ގައި. ސަމާހް މަންމަ ފެންނަ ހިސާބައްވެސް ދެން މަށެއްނުދާނަން. ސަމާހް ޖެހޭނީ އަހަރެން ގޮވައިގެން މާލެ ބަދަލްވަން ” ” މަންމަ އަށް އެއްޗިހި ކިޔާއިރު ފައިމައްޗަށް ކޮޅަށް ނުހުރެވިގެން ތި އުޅެނީ. މިކޮޅަށް އާދޭ. ފެންގަނޑެއް އެއޮތީ ” ޒަހުނާގެ ބޭކާރު ވާހަކަތަކާއި ނޫޅެ ސަމާހް ޒަހުނާ އަތްދަނޑިމަށްޗަށް ނަގައިގެން ހިނގައިގަތީ ޖަންގަލިން ނިކުންނާށެވެ. އަޅާވޭންވަރު ބޮޑުވެ ކެތްކުރަން ދަތިވަމުން ދިޔައިރުވެސް ޒަހުނާއަށް އެވާހަކަ ހުއްޓައިނުލެވުނެވެ. ސަމާހް އަށް މާފް ކުރިއަސް ލުބުނާ ދެކެ ވަރަށް ބޮޑަށް ޒަހުނާ ހުރީ ރުޅިއައިސްފައިއެވެ.
އެމީހުންގެ އިންތިޒާރުގައި ކޮމާންޑް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓައި ދައިތަ ލޯ ހުޅުވާލައިފިއެވެ. އެހެން މީހަކު ފެންނަން ނެތުމުން ބަލިކަށި ދެލޮލުން ދައިތަ ދިޔައީ އިތުރު މީހަކު ފެނޭތޯ ބަލަމުންނެވެ. މޫމިނާ ކޮބައިތޯ ސުވާލުކުރަން ދައިތަ ބޭނުންވިއެވެ. އެހެނަސް ދައިތަ ވަނީ އެއްޗެއް ބުނެވޭވަރަށްވުރެ ހާލު ދެރަވެފައިއެވެ. ދައިތަ އަށް ކުރުނބާ ފެންފޮދެއް ކޮމާންޑްއަށް ދެވުނީ އިރުގަނޑަކު މަސައްކަތް ކޮއްގެނެވެ. ” ދައްތަ ކުޑަވަގުތު ފަހުން އަންނަނީ. ” ދައިތަ މޫމިނާ ހޯދާތަން ފެނުމުން ކޮމާންޑް އުޅުނީ ދައިތަ ހަމަޖައްސައިލާށެވެ. އަދި ދައިތަ ގައިމަތީ އަޅާފައިހުރި މޫމިނާގެ ހެދުންތަށް ރަނގަޅު ކޮއްލާފައި ގޮސް ބާކީ އޮތް ދަރުފައި އަލިފާންގަނޑަށް ލައިފިއެވެ. އިތުރު ދަރުފައެއް އަތުޖެހޭ ހިސާބުގައި ނެތުމުން ކޮމާންޑް ގޮސް ހޭޅިފަށުން ދަރު ހޮވަންފަށައިފިއެވެ. ދައިތަ އެރުވެސް ބަލަމުންދިޔައީ މޫމިނާ ފެނޭތޯއެވެ. އިއްޔަ މެންދުރު ދިޔަފަހުން އެމީހުންނާއްނަހެން ދައިތައަށް ހަމަ ހީވަނީއެވެ. ގަސްތަށް ތެމިފައި އޮތުމުން ރަނގަޅު ހައެއްކަ ދަރުފައި ކޮމާންޑް އަތުގައި ޖެހުނީ އިރުގަނޑަކު އުޅެގެނެވެ. އެންބުރިއައިކޮޅަށް ހިންގައިގަތް ކޮމާންޑްގެ ލޮލުގައި އަޅައިގަތީ ވަލުތެރެއިން ނުކުމެގެން ދައިތަ އާއި ދިމާއަށް ދިޔަ ހަށިގަނޑުންބިޔަ ކަޅުމީހާއެވެ. ކޮމާންޑްގެ ފިޔަވަޅަށް ދިޔައީ ހުއްޓުން އަރައިގެންނެވެ. އަތުގައި އޮތް މުގުރުބުރި ކޮނޑަށް ނަގަމުން އެމީހާ ގޮސް ދައިތަ ކައިރީ ހުއްޓުނީ ރުޅިވެރިކަމާއެކު ދައިތައަށް ބަލަމުންނެވެ. ހަށިގަނޑުގައި ނިވާކަމެއްނެތް މުޑުދާރު މީހަކު އައިސް ކައިރީހުއްޓުމުން ދެ ލޯ ބޮޑުކޮއްގެން ބަލަން ދައިތަ އޮތެވެ. އަވަސް އަވަހަށް ކޮމާންޑްވަނީ ކައިރީގައި ހުރި ގަސް ބިއްދޮށަށެވެ. އަމިއްލައަށް ތެދުވެގެން ފިލާނެހައިބާރު ދައިތަގައިގައި ނެތްކަން ވިސްނުމުން ވަށައި ހޯދަމުންގޮސް އެކަލޭގެ ލޯންޗަށް އަރައިފިއެވެ. އަންޝް މެން ލަސްވަނީ މަގުއޮޅިގެންކަމަށް ހީކޮއްގެން ހުރި ކޮމާންޑަށް ވެގެންއުޅޭގޮތް ވިސަނައިގަންނަން ކުޑަ ހިނދުކޮޅެއްވެސް ނުނެގިއެވެ. ލިބުނު ހާސް ކަމާއެކު ކޮމާންޑަށް ބަލައިލެވުނީ ދައިތަ އަށެވެ. އޮތްތަނުންތެދުވަން ދައިތަ މަސައްކަތް ކުރަމުންދިޔައީ ރޮމުންނެވެ. އެދިމާއަށް އެންމެ ފިޔަވަޅެއްވެސް ކޮމާންޑަށް ނެޅިއުޅެނިކޮށް ލޯންޗްއިން ފުންމާލައި އެކަލޭގެ މުގުރުބުރިން ލޯންޗްގައި ތަޅަންފަށައިފިއެވެ. އަވަސް އަވަހަށް ކޮމާންޑް ގަހުގެ މޫތަކުގެ ތެރެއަށް ފިލައިފިއެވެ. ތަޅައި ލޯންޗް ފަޅާލާފައި އެކަލޭގެ ގޮސް ހުއްޓުނީ ދައިތަކައިރީގައިއެވެ. އަދިރަހުމެއްނެތި ދައިތަ ކަރުހިފައި ނަގައި ކޮނޑަށް ލައިގެން ވަލަށްވަންނަން ހިނގައިގެންފިއެވެ. ދައިތަ ގޮވައިގެން އެކަލޭގެ ގޮސް ވަލަށްވަދެ ގެއްލުނުއިރުވެސް ދެ ލޯ ބޮޑުކޮއްގެން ބަލަން އޮތުންނޫން އެއްކަމެއްވެސް ކޮމާންޑަށް ނުކުރެވުނެވެ.
އިރުއަރައިގެންއައި އިރު އަންޝްއަށް އިނީ ނިދިފައިއެވެ. ތަނާލްވެސް ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައިއެވެ. އެހެނަސް ނިދީގެ ކަންފުޅެއްވެސް ތަނާލްގެ ލޮލުގައިނެތެވެ. ޖެހިފައިވާ ބިރުވެރި މުސީބާތުން ތަނާލްވަނީ ގޮތްހުސްވެފައިއެވެ. މަންމައާއި އާއިލާ ހަނދާންވެ އިރުއިރުކޮޅަ ތަނާލްއަށް ގިސްލެވެއެވެ. އެމީހުންނާއި ބައްދަލް ކޮއްލުމުގެ ނަސީބް ދެން ތަނާލްއަށް ނުލިބޭނެކަން ތަނާލް އިނީ ޔަގީންކޮއްގެނެވެ. އަންޝް އާއި ދުރަށްޖެހި އަންޝްގެ ކުރިމަތީ އިށިއިދެގެންއިން ތަނާލް އަށް އިރުއިރުކޮޅާއި ބޭރުބަލައިލެވެއެވެ. އައިސްފާނެ ހަމަލާއަކަށް ތަނާލްއަށް އިދެވުނީ ސަމާލްވެގެނެވެ. އެހެނަސް އިރުއަރައި އެހާ އިރުވެގެންދިޔައިރުވެސް އެއްވެސް ކަހަލަ ނުރައްކަލެއްގެ ހިލަމެއްނުވިއެވެ. މިހެންމިވީ އަންޝް އެއިން ގިނަބަޔަކު އަންދައިލުމުންކަން ތަނާލްއަށް ވިސްނުނެވެ. ތަނާލްއަށް ބަލައިލެވުނީ އަންޝްގެ މޫނަށެވެ. ” އަންޝް ” ތަނާލް އަންޝް ފައިގައި ހިފައި ކޮއްޓައިލުމުން އަންޝްއަށް ވީ އުންދަގުލެވެ. ނިދިފައި އިންއިރުވެސް އަންޝްގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ޒަހަމްތަކުގައި އަޅާވޭނުން ވަރަށް ބޮޑަށް އަންޝްއަށް ތަދު އެބަވެއެވެ. ރޭވީހައި ވަރު ނުވިއަސް އަދިވެސް އަންޝް ހޫނެވެ. އަންޝްގެ މޫނަށް ބަލަހައްޓައިގެން ތަނާލްއަށް އިންދެވުނީ ފެންކަޅިވެފައިއެވެ. އެހައި ހިތްވަރުގަދަ އިންސާނެއް ތަނާލް ދުވަހަކުވެސް ނުދެކެއެވެ. އެމީހުންނާއި ކުރިމަތިވަމުން އެ އަންނަ ކޮންމެ މުސީބާތަކާއި އަންޝް ކުރިމަތިލަމުންއެދަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތިއެވެ. ބިރެއް ސިހުމެއް އަންޝް ނެތެވެ. މަސްދުވަސްކުރިން އެއީ ތަނާލް ނުވެސްދަންނަ ބީރައްޓެސެކެވެ. އަދި މިއަދު އަންޝް ތަނާލްދެކެ ލޯބިނުވާކަންވެސް ތަނާލްއަށް ވިސްނިއްޖެއެވެ. ނޫންނަމަ ރޭ ތަނާލް ދުރުކޮއްލަން އަންޝްގެ ހިތެއްނޭދޭނެއެވެ. ތަނާލް އަތްލުމުން އަންޝްއަށް ވީ އުންދަގުލެވެ. ލަދެއްނެތިގެން އަންޝްގެ އަތުތެރެއަށް އެރުނީ ތަނާލް އެވެ. އޮޅިގެންނަމަވެސް ލޯބިވާ ވާހަކަ ކުރިންވެސް ތަނާލްއަށް ބުނެވިއްޖެއެވެ. އަންޝް އިތުރު ސުވާލެއްނުކުރީ ލޯބިނުވާތީކަން އެހާވަރުން ތަނާލްއަށް ވިސްނެންޖެހެނެއެވެ. ” ހާދަވަރަކަށް އަހަންނަށް ތިބަލަނީ. ” އަންޝްގެ އަޑުއިވުމުން ތަނާލް ވަރަށް ބޮޑަށް ސިހިއްޖެއެވެ. އަންޝް ހޭލައިއިންކަން ތަނާލްއަށް ނުވެސް އެގެއެވެ. އަވަސް އަވަހަށް ތެދުވެ އަންޝްއަށް ފުރަގަސްދެމުން ތަނާލް ލޯ ފުހެލައިފިއެވެ. ” ތަނާލް…. ކިހިނެއްވީ؟ ” ” ވަރަށް ލަސްވެއްޖެ. ދެންހިނގާދާން ” އަންޝް ތެދުވުމުގެ ކުރިން އަވަސް އަވަހަށް އެތަނުން ނުކުމެގެން ވަލުތެރެއަށް ވަންނަން ތަނާލް ހިނގައިގެންފިއެވެ. ދެކޮޅު ބަލައިލުމެއްނެތި ތަނާލް ނިކުމެގެން ދިއުމުން އަންޝްއަށް ލިބުނީ ބޮޑު ސިހުމެކެވެ. ” ތަނާލް ” ފަހަތުން އަންޝް ހިގައިގަންނައިރަށް ތަނާލް ދުއްވައިގެންފިއެވެ. އަންޝްއަށް ލިބުނީ ހައިރާންކަމެކެވެ. ދުވެފައިގޮސް ތަނާލް ވަނީ ވަލުތެރެއަށެވެ. ބަލަން އަންޝްއަކަށް ނުހުރެވުނެވެ. ފަހަތުންދުވެފައި ގޮސް ތަނާލް ހިފަހައްޓައިފިއެވެ. ” ތަނާލް މޮޔަވީތަ؟ ތަނެއްދޮރެއް ބަލައިނުލައި ތި ދުވަނީ މިނިކާބަޔަކު މިތާއުޅޭކަން ހަނދާންނެތުނީތަ؟ ” އަންޝް ތަނާލްއާއި ކުރިމަތިލީ ވަރަށް ބޮޑަށް ހާސްވެފައިއެވެ. އިސްއުފުލައި ތަނާލް އަންޝްއަށް ބަލައިވެސް ނުލިއެވެ. ހަމަހުރެލާފައި ތަނާލް އަށް މިވީގޮތެއް އެއްގޮތަކަށްވެސް އަންޝްއަށް ނުވިސްނުނެވެ. އަންގައިންވެސް ނުބުނެ ތަނާލް ހުރީ ގިސްލެވިފައިއެވެ. ވަށައި ހުރިހައި ދިމާއަކަށް ބަލާލާފައި އަންޝް ކުރިމަތިލީ ތަނާލްއާއެވެ. ” ތަނާލް ކިހިނެއްވީ؟ ” ” ކަމެއްނުވޭ. އަހަރެން ބޭނުމީ ދޮންބެ ކައިރިއަށްދާން ” ” އަހަންނަށް ކަމެއްކުރެވުނީތަ؟ ” އަންޝްއަށް ހީވީ އެހެނެވެ. އަންޝް ގޯހެއް ނަހަދަންޏާ ހަމަކުއްލިއަކަށް ތަނާލްއަށް އެހާ ބޮޑު ބަދަލެއްނާންނާނެއެވެ. އަންޝްއަށް ހޭލެވުނުއިރުވެސް ތަނާލް އިނީ ރޯށެވެ. ވަރަށް ބޮޑަށް އަންޝް ހާސްވެއްޖެއެވެ. ” ތަނާލް މަށަށް ބަލާބަލަ. ބުނެބަލަ އަހަންނަށް…. ” ” އެއްވެސް ކަމެއްނުވޭ. ދޮންބެ ވީހާލެއްނޭގި އަހަންނަށް ނުހުރެވޭނެ ހަމަޖެހިލައިގެން ” ތަނާލް ނުބުންޏަސް އަންޝްއަށް އެވަރު އެނގެއެވެ. އަންޝްއަށް ނޭގުނީ ތަނާލް މޫނުއަންބުރައިގެން ހުރި ސަބަބެވެ. ” ކޮންމެވެސް ކަމެއްވެއްޖެ. ތަނާލް ބަލާބަލަ މަށަށް ” ކަންބޮޑުވެފައި އަންޝް ދެއަތުން ހިފެހެއްޓީ ތަނާލްގެ މޫނުގައިއެވެ. ” އަންޝް ޕްލީސް… ” އަންޝް އަތް ފޮޅުވާލާފައި ތަނާލް ޖެހުނީ ދުރަށެވެ. އަންޝް ދިޔައީ ހުއްޓުންއަރައިގެނެވެ. ” އަންޝް ތި ހީކުރާކަހަލަ އެއްވެސް ކަމެއް އަންޝް ނުކުރޭ. އަހަރެން ބުނީމަ…. ” އަންޝް އާއި ދިމާއަށް އެންބުރުނު ތަނާލް ގެ ނަޒަރު ހުއްޓުނީ އަންޝްގެ ފަހަތުގައި ވިއްސަކަ ފޫޓް ދުރުގައިހުރި މީހާގެ ދެލޮލަށެވެ. މޫނުމަތިންނާއި ހަށިގަނޑުން ބައެއްފިހިފައިހުރި އެކަލޭގެ އަތުކޮޅަށް ދުނިދަނޑި ދަމާލާފައި ހުރި އިރު ވަނީ ރުޅިއައިސްގެން ފުފިފައިއެވެ. ދުނިދަނޑި އަމާޒްކޮއްލާފައިވަނީ ސީދާ އަންޝްގެ ބުރަކަށްޓަށެވެ. ” އަންޝް ” ބިރުވެރި ހަޅޭކަކާއެކު ތަނާލްއަށް އަންޝް ކޮއްޕައިލެވޭވަރުވީ ކިރިއާއެވެ. ކައިރީގައިހުރި ރުކުގައި އަންޝް ޖެހުނުއިރު އެކަލޭގެ ދޫކޮއްލި ދުނިދަނޑި ހެރިގެންދިޔައި ތަނާލްގެ ކޮނޑަށެވެ. އެއްލިގެންދިޔަ ތަނާލް ވެއްޓިޖެހިއްޖެއެވެ. ” ތަނާލް ” އަންޝް ދުއްވައިގަތީ ތަނާލްއާއި ދިމާއަށެވެ. އެހެނަސް ތަނާލް އާއި ހަމައަށް ނުދެވި އުޅެނިކޮށް ފުރޭތައެއްހެންއައިސް އެކަލޭގެ އަންޝް ޖަހައިގެންފިއެވެ. އަންޝް ތެޅިގަތީ ސަލާމަތްވާށެވެ. އެވެސް ހާލެއްގައި އެކަލޭގެ އަތްދަށުވެ މަރުވާކަށް އަންޝް ބޭނުމެއްނޫނެވެ. އެހެނަސް ސަލާމަތްވަން އެއްކަމެއްވެސް އަންޝްއަށް ނުކުރެވުނެވެ. އަންޝް ވައްޓާލައި އެކަލޭގެ އަންޝްގެ ގައިގައި ތަޅައިގަތި ބިރުވެރި އަޑެއްނެރެ ހަޅައިލަވަމުންނެވެ. މަރުވެދިޔަ ރަހްމަތްތެރިންގެ މަރުގެ ބަދަލުހޯދަން އެކަލޭގެ ނުކުމެ ހުރި ކަހަލައެވެ.އަންޝްގެ މޫނާއި އަންގައާއި ނޭފަތުން ލޭ ދުއްވާލާފައި ދެއަތުކޮޅަށް ނަގައި އެތަނުގައިހުރި ހިލަތަކެއްގެ ތެރެއަށް ޖަހައިފިއެވެ. އަންޝްގެ ގައިންދިޔައީ އަޑުކިޔައިގެނެވެ. އިތުރަށް ގުޑިވެސް އަންޝްއަށް ނުލެވުނެވެ. އަންޝްއަށް ހިރިނުލެވޭވަރުކޮއްލާފައި މާނޭވާތަކެއްލަމުން އެކަލޭގެ ޖެހިގަތީ ތަނާލްއާއި ދިމާއަށެވެ. ތަނާލް ސަލާމަތްވާން ތެދުވެ ދުއްވައިގެންއިރު އެކަލޭގެއައިސް ތަނާލްގެ ގައިގައި ޖެހިގެންފިއެވެ .ރަހުމަތްނެތި ތަނާލްގެ އިސްތަށިގަނޑު އަތަށް އޮޅާލައި ޖެހި ދުނި ދަމައި ނައްޓައިލައިފިއެވެ. ” މަންމާ ” ވީ ތަދުން ތަނާލްއަށް ރޮއިގަނެވުނީ އަޑުގެ ކޮޅަށެވެ. ތެޅިގެންފައި ތަނާލްއަށް ހިފުނީ އެކަލެގެ އަތުގައިއެވެ. އެހެނަސް ތަނާލް ރުއިމަކުން ކުޑައަސަރެއްވެސް އެކަލޭގެ ހިތަށް ނުކުރިއެވެ. ތަނާލް މުނުމަތީގައި އެތިފަހަރެއް ޖަހާފައި ކައިރީގައިހުރި ބިޔަގަހާއި ދިމާއަށް ތަނާލް ހޫރާލައިފިއެވެ. ބޮލާ ނޭފަތާއެކު ޑަން ކިޔާފައި ގަހުގައިޖެހިފައި އެއަށްވުރެ ބާރަށް ތަނާލް ވެއްޓިޖެހުނީ ގަސްދަށަށެވެ. ބޮލަށް އެނބުރުންއަރައިގެންދިޔަ ތަނާލްގެ އަޑު ކެނޑިއްޖެއެވެ. އެހެނަސް ދެއްވެސް އެކަލޭގެ ޖެހިގަތީ ތަނާލްއާއި ދިމާއަށެވެ. ގޮސް ތަނާލް ލައިގެންހުރި ގަމީހުގެ ކަރުހިފައި ނަގައި ކޮޅަށްޖަހައިފިއެވެ. އަދި ގަމީހުގެ ކަރުގެ ދެފަރާތުގައި ހިފިހިފީނުން ގަމިސް އިރައިލައިފިއެވެ. ހޭވެރިކަމަށް ގޮތްވެފައިހުރި ތަނާލްގެ ބިރުވެރި ހަޅޭކުގެ އަޑު ގުގުމައިގަތެވެ. ސަލާމަތްވާން ތަނާލް ތެޅިގަތްއިރު އެކަލޭގެ ތަނާލްގެ ހަށިގަނޑަށް ރަހުމެއްނެތި އަރައިގެންފިއެވެ. ތަނާލްއަށް ގިޔާމަތް ކުރިމަތިވިކަހަލައެވެ. ” ނޫން ނޫން ނޫން އަންޝް….އަންޝް…. ” ތަނާލްގެ އަޑު އާދެއާއިހިލާފަށް ބާރެވެ. ސަލާމަތްވާން ތެޅިފޮޅެމުންދިޔަ ތަނާލް ވެއްޓިޖެހިއްޖެއެވެ. އެހެނަސް އެކަލޭގެ ވަނީ ތަނާލްގެ ގައިގައި ތަތްވެފައިއެވެ. ހަދާނެގޮތެއް ތަނާލްއަށް ހާދާފައި އެކަލޭގެ ހިފީ ތަނާލްގެ ޖިންސްގައިއެވެ. ޖިންސް ދޫވެފައިވުމުން ތަނާލް އައްސައިގެން އުޅުނު ރޯނުގަނޑު ޖެހި އެންމެ ލުއްކަކުން ކަނޑާލައިފިއެވެ. އެހެނަސް އެއްޗަކުން ޖެހިއަޑާއިއެކު އެކަލޭގެއަށް އައީ ހުއްޓުމެކެވެ. ތެޅިގެންދިޔަ ތަނާލްގެ އަޑުވެސް ދިޔައީ ކެނޑިގެނެވެ. އެވަގުތު އެކަލޭގެ ބޮލުން ބަބުޅި ޖަހާފައި ލޭތަށް މޫނުމައްޗަށް ފައިބައިގެންފިއެވެ. ބޮލުގައި އަތްއަޅާފައި އެކަލޭގެ ފަސްއެނބުރި އަންޝްއަށް ބަލައިލީ ވީތަދުން ހަޅެއިލަވަމުންނެވެ. އަތުގެ ކޮޅަށް ދުނިދަނޑި ދަމައިގެންހުރި އަންޝް ދުނިދަނޑި ހަރައިލީ އެކަލޭގެ އަނގައިގެތެރެއަށެވެ. އަދި ގައިގައި ހުރި ވަރުލާފައި ދުނިގަނޑުންއަޅައި ބެހެއްޓީ އެކަލޭގެ މޫނުމަތީގައިއެވެ. އިތުރަށް އެންމެ އަޑެއްވެސް ލައްވައިނުލައި އެކަލޭގެ ގަހުގެ މޫތަކުގެތެރެއަށް ވެއްޓިއްޖެއެވެ. ކަކުލުހުޅުން ބާރު ދޫވެ އަންޝް ވެއްޓުނީ ތަނާލް ކައިރިއަށެވެ. ގަމިސް ދެފަރާތުން ހިފައްޓައިގެން ކުރުގެޅިގެންއޮތް ތަނާލް އަޑުންއަޑުނަގާފައި ރޮމުންދިޔައިރު އަންޝް އޮތީ ތަނާލްއަށް އެހީވެދެން ތެދުވާނެހައި ވަރުވެސް ނެތި ދެލޯ މެރިފައިއެވެ.
ވަލުތެރެ ހިނގަމުންދިޔަ ނައިލްއާއި މުބާ އަދި މާސްގެ ކުރީގައި އޮތް އެޓަމް ހުއްޓިއްޖެއެވެ. ތިންމީހުނަށް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ބިންމަތިން ފެންނަންހުރި ފިޔަވަޅެއްގެ ވަސް ގަނެލާފައި އެޓަމް މަޑުމަޑުން ދުވަންފަށައިފިއެވެ. ” ތަނޫ… ” ނައިލްއަށް ހީވީ އެހެނެވެ. ތިންމީހުން އަވަސްއަވަހަށް ދުއްވައިގަތީ އެޓަމް ފަހަތުންނެވެ.
ތަދުބޮޑުވެ ޒަހުނާ އެންބުރޭތާ ގަޑިއިރުވަނީއެވެ. ހަދާނެގޮތްހުސްވެފައިވާ ހާލު ޒަހުނާ ހަމަޖައްސައިލެވޭތޯ ސަމާހް މަސއްކަތްކުރަމުންދިޔައެވެ. ޒަހުނާވެސް މަސައްކަތް ކުރަމުންދިޔައީ ކެތްކުރެވޭތޯއެވެ. އެތަނުގައި އެކަނިހުރެ ވިހަންޖެހިދާނެތި ޒަހުނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ލޭފެނުމުން ސަމާހަށް އެންބުރުން އަރައެވެ. ޒަހުނާ އެކަނިއޮވެ މަރުވިއަސް ސަމާހްއަށް ކޮއްދެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. އެއިން މީހަކު ފެނޭތޯ މުޅިވަލުތެރެ ހޯދައި އަތްފުނާއަޅަމުންދިޔަ ދެމީހުނަށް ނިކުމެވުނީ އެތަނަށެވެ. ފެންގަނޑުކައިރީ ތިބި ޒަހުނާއާއި ސަމާހް ފެނުމުން އެކަކު އަނެކަކަށް ބަލާލާފައި ދެފަޔަށް ބާރުލާފައި އެދިމާއަށް ހިގައިގެންފިއެވެ. ފެންގަނޑުން ޒަހުނާގެ ހަތަރެސްފައާއި މޫނު ދޮވެލަދީފައި ސަމާހް އޭނަ އުނގުގައި ޒަހުނާ ބާއްވައިފިއެވެ. ” ވ ވަގުތު ޖެހިއްޖެ…. ސަމާހް އަހަރެން ވިހަންޖެހޭ ވަގުތު ޖެހިއްޖެ. ” އަވަސްނޭވާތަކެއް ލަމުންދިޔަ ޒަހުނާ އޮތީ ބަނޑުގެ ދެއަތުން ހިފަހައްޓައިގެނެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލި ސަމާހަށް ފަސްއެނބުރި ބަލައިލެވުނީ އައިސްކައިރީގައި ބަޔަކު ހުއްޓުމުންނެވެ. ޒަހުނާއަށްވެސް ބަލައިލެވުނެވެ. ކޯރާޑިއާއި ދަގަނޑު ތުނޑުލީ ޗޭނުބުރިތަށް ހިފައިގެންތިބި ދެމީހުން ފެނުމުން ޒަހުނާއަށް ތެޅިގެންފައި ހިފުނީ ސަމާހްއަތުގައިއެވެ…..
ޒަހުނާ ބާރަށްހިފެހެއްޓީ ސަމާހްގެ އަތުގައި އެވެ. ހަތިޔާރާއެކު އައިސްތިބި ދެމީހުން ފެނުމުން ސަމާހްގެ ދުލުގައި ތަޅުލެވުނުކަހަލައެވެ. ހައިރާންވެ އަންތަރީސްވެފައި ސަމާހަށް ކޮޅަށްތެދުވެވުނީ ބޭއިޙްތިޔާރުގައިއެވެ. އަޖައިބްވެފައި ސަމާހަށް އެދެމީހުންގެ މުޑުދާރު ހަށިގަނޑަށް ނަޒަރު ދޫކޮށްލެވޭވަރުވީ ކިރިޔާއެވެ. އެއިން އެކަކު ގެންގުޅުނު ހަރު ޗާބޫކުން ސަމާހް އުނަގަނޑުތެރޭ ދިލަހުރި އެތިފަހަރެށް ޖަހައިފިއެވެ. ތެޅިފޮޅިގަތް ސަމާހްއަށްވުރެ ބާރަށް ހަޅޭލަވައިގަނެވުނީ ނޭވާ ހިފެހެއްޓިފައި އިން ޒަހުނާއަށެވެ. ޒަހުނާގެ ބިރުވެރި ހަޅޭކުގެ އަޑު ދިޔައީ ޖައްވުތެރޭ ގުގުމައިގެންނެވެ. ހިމޭންވެފައިއޮތް އަންޝްގެ ލޯހުޅުވުނީ އެ އަޑަށެވެ. ވަރުދެރަވެ ދެލޯ މެރިފައިއޮތް ތަނާލްއަށްވެސް އެ އަޑުއިވުނެވެ. ތެދުވެ އިށީއިނުމުން އަންޝްގެ ބޮލަށް އެންބުރުންއަރައިފިއެވެ. އެވަގުތު އަނެއްކައިވެސް އެއަޑުއިވިއްޖެއެވެ. ކިތަށްމެ ދުރުންއިވުނަސް އެއީ ޒަހުނާގެ އަޑުކަން އަންޝްއަށް ޔަޤީނެވެ. ކަންތަށްގަނޑެއް ޒަހުނާއާއި ކުރިމަތިވީއެވެ. ހިތްވަރުކޮށްފައި އަންޝްއަށް ޖެހުނީ ތެދުވާށެވެ. ބިރުންކަންފަތް މަތީ އަތްއަޅައިގެން ކުރުގެޅިގެންއޮތް ތަނާލް ކޮޅަށްނަގައިފިއެވެ. އެއްމެ ފުރަތަމަވެސް އަންޝްގެ ލޮލުގައި އަޅައިގަތީ ތަނާލްގެ ކޮޑުން ފައިބައިފައިއޮތްހައި ލޭ ތަކެވެ. ލައިގެންހުރި ހުދު ގަމީހުގެ އެއްފަރާތް ލެއިން ތެމިފޯވެފައިއޮތެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އަންޝްއަށް ސަމާލްވެވުނީ އިވެމުންދިޔަ ޒަހުނާގެ އަޑަށެވެ. އަޑުއަންނަ ދިމާ ފާހަގަކުރަމުން ލައިގެންހުރި ޓީޝާޓް ބާއިލައި އަންޝް އެ ޓީޝާޓް ތަނާލް ލައްވައިފިއެވެ. ތަނާލް ގައިގައި ކޮޅަށްހުންނާނެހައި ވަރުވެސްނެތެވެ. އަންޝްގެ ހާލަކީވެސް އެއެވެ. އެހެނަސް އެހަށީގައި އެންމެ ވިންދެއް ހުއްޓައިވެސް އިތުރުމީހަކު އެޖާހިލުންގެ އަތްދަށުވެ ނިމިގެންދާކަށް އަންޝް ބޭނުމެއްނޫނެވެ. ” މި ކޮޅުން އަޑުއަންނަނީ….އާދޭ ” ތަނާލް އަތުހިފައިގެން އަންޝް ދުވަންފެށީ އަޑުއަންނަ ދިމާއަށެވެ. އަމިއްލަ މާކަ ބޮޑު ބާރެއްނެތި އަންޝްގެ އެހީގައި ތަނާލް ވެސް ކުރިއަށްދިޔައެވެ.
ޒަހުނާގެ ހަޅެއިކުގެ އަޑު ނައިލްމެނަވެސް އިވުނެވެ. އަންޝް މެންނަށް ދުރުން އެއަޑުއިވުނަސް އެމީހުންނަށް އެއަޑުއިވުނީ ކައިރިންނެވެ. އެޓަމް މިސްރާބްޖަހާފައި ހުރީވެސް އެދިމާއަށެވެ. އެއަޑުއިވުމުން ހަތަރެސްފައަށް ލެވުނުހައިބާރެއްލާފައި އެޓަމް ދުއްވައިގެންފިއެވެ. ތިންމީހުންވެސް މަޑެއްނުކުރިއެވެ. ބާރަށް ދުވެފައިގޮސް އެޓަމް ގަސްތަށް ފޫއަޅުވާލާފައި އެތަނަށް ނުކުމެއްޖެއެވެ. އޭރު އެކަކު ސަމާހް މެދުހަށީތެރޭ ކޯރާޑިންތަޅައި ބުރިކޮށްލަން މަސައްކަތް ކުރަމުންދިޔައިރު ދެންހުރި ކަލޭގެ ޒަހުނާގެ ގަޔަށް އަރައިގަނެގެން އުޅެއެވެ. އަޑުގެ ނެތްތަނަށް ޒަހުނާ ހަޅެއިލަވަމުންދިޔައިރު އެކަލެގެ އަވަސްއަރާފައިވަނީ ޒަހުނާ ޝިކާރަ ކުރާށެވެ. ނައިލް އާއެކު މާސްއަށްވެސް ދުއްވައިގަނެވުނީ އެދިމާއަށެވެ. ދިޔަގޮތަށްގޮސް ނައިލް ބެއްދީ ޒަހުނާގެ ގައިމަތީއޮތް ކަލޭގެ ކަރުގައިއެވެ. ހަޅެއިލަވައިގަނެފައި އެއްލިއަތުން އެކަލެގެ ހިފީ ނައިލްގެ އިސްތަށިގަޑުގައިއެވެ. ދެމީހުންހިފައިގަނެ ފެންގަނޑުގެ ތެރެއަށްވެއްޓިއްޖެއެވެ. އެމަންޒަރުފެނި ސަމާހް ދޫކޮއްލާފައި ދެންހުރިކަލެގެ އުޅެގަތީ ނައިލްއަށް ހަމަލަދޭށެވެ. ދުވެފައި އައިސް މާސް ބެއްދީ އެކަލޭގެ ގައިގައެވެ. މާސް ބޭނުންވީ ވައްޓާލާށެވެ. އެހެނަސް އެކަލޭގެ އެއްއަތުން މާސް ކަރުގައި ބައްދައި ކުރިމައްޗަށް ގެނެސްފިއެވެ. ދުނިދަނޑި ދަމައިގެންހުރި މުބާއަށް ދުނި ދޫކޮށެއްނުލެވުނެވެ. އެކަކު ކުރިމަތީ މާސް އެވެ. އަނެކަކު ކުރިމަތި ނައިލް އެވެ. ދުނި ނައްޓާލާފައި މުބާ އެދިމާއަށް ދުއްވައިގަތީ އެހެންގޮތެއްނެތިގެނެވެ. އެހެނަސް ތަޅައި އުނަގަނޑުތެރެއިން ބުރިކަށްލާފައި އޮތް ސަމާހް ފެނުމުން ކުރިއަށް އެޅިފިޔަވަޅުވެސް މުބާ އަށް އެޅުނީ ފަހަތަށެވެ. ނައިލް އާއި މާސް އެއޮތީ އެދެމީހުންގެ އަތުތެރޭ ރަނގަޅަށް ހައްޔަރުވެފައިއެވެ. ވެއްޓިފައި އޮތް ޒަހުނާގެ ގައިގެ ދެތަނެއްގައި ވަޅިއަޅާފައި ހުއްޓެވެ. ހިނދުކޮޅަކަށްވެސް ޒަހުނާގެ އަޑުނުކެޑެއެވެ. އެޓަމް ޒަހުނާގެ ވަށައި އެންބުރި އަޑުލައްވަމުންދިޔައެވެ. ވަރަށް ރަނގަޅަށް ނައިލްގައިގައި ތަޅާލާފައި އެކަލޭގެ ނައިލްގެ އެއްފައިހިފައި ދަމާފައިގެންގޮސް ހަތިޔާރުތަށްހުރިތަނަށް ނައިލް އެއްލާލައިފިއެވެ. އަދި ކޯރާޑި ނަގައި ދެއަތުކޮޅަށް ދަމާލައިފިއެވެ. ނައިލް ތެޅިގަތީ ސަލާމަތްވާށެވެ. ދުވެފައި އައިސް މުބާ އެދެމީހުން ކުރިމަތީހުއްޓި ދުނިއަޅުވައި ދެމުނުވަރަކަށް ދަމާލާފައި ދުނިދޫކޮށްލައިފިއެވެ. އެހެނަސް ތަންކޮޅެއްލަސްވީ އެވެ. އެކަލޭގެ ކޯރާޑިންޖަހައި ނައިލްގެ ފައިތިލަ ބުރިކޮށްލައިފިއެވެ. ޖަހަންގުދުވި ވަގުތު ދުނިހެރިގެންދިޔައީ އެކަލޭގެ ސިކުޑިވަޅަށެވެ. ކޯރާޑި އެއްލާލާފައި އެކަލޭގެ ބޮލުގައި ދެއަށްއަޅާފައި އެންބުރެންފެށީ ރޮއެ ހަޅެއިލަވަމުންނެވެ. ވަލުތެރެއިން ދުވެފައި ނުކުތް އަންޝްއަށް އެމަންޒަރުފެނުނެވެ. ތަނާލް ދޫކޮށްލާފައި އަންޝް ދުއްވައިގަތީ އެދިމާއަށެވެ. އެއިރު ދެންހުރިކަލޭގެ މާސްގެ ކަރުގައި ހިފާފައިއޮތެވެ. ނޭވާކުރުވެ މާސް މަރަށްތެޅެނީއެވެ. އަންޝް ދުވެފައިގޮސް ފުރަގަހުންބެއްދީ އެކަލޭގެ ކަރުގައިއެވެ. ގައިގައިހުރި ހުރިހައި ބާރެއް އަތަށްގެނެސް ނޭވާނުލެވޭ ވަރަށް ފިއްތައިލުމުން މާސް ދޫކޮށްލާފައި އަންޝްއާއި އެކަލޭގެ ކުރިމަތިލައިފިއެވެ. މާބޮޑު އުންދަގުލަކާނުލައި އަންޝްގެ އަތްނައްޓާލައި އަންޝް ކަރުގައި ހިފައިފިއެވެ. ކަރުބުޑުގައި ނޭވާ ތާށިވުމުން އަންޝް މަސައްކަތް ކުރީ އެއަތްދަށުން ސަލާމަތްވާށެވެ. އެހެނަސް އަންޝް ފެނުމުން އެކަލޭގެ ދެބުމަ ގޮށްޖެހި ރުޅިގަދަވެ ތުރުތުރު އަޅަންފަށައިފިއެވެ. އަލިފާން ރޯ ކޮށް އެމީހުންގެ މުޅިއާއިލާ ނެތިކޮށްލި މީހަކީ އެއީކަން ފެންނައިރަށް އެކަލޭގެއަށް އެންގިއްޛެއެވެ. އައިރުޅިން ހަޅެއިލަވައިގެންފައި އެކަލޭގެ މުއްކަވާފައި އަންޝް މޭ މަތި އެތިފަހަރެއް ޖަހައިފިއެވެ. ބަލަން މިފަހަރު މުބާއަކަށް ނުހުރެވުނެވެ. އަތުޖެހުނު ޗާބޫކު ހިފައިގެން ދުވެފައިގޮސް ގައިގަ ހުރިވަރުލާފައި އެކަލޭގެ ބުރަކަށްޓަށް ހޫނު އެތިފަހަރެއް އަރުވައިލައިފިއެވެ. ވީ ތަދުން އެކަލޭގެ ދިޔައި އެންބުރިގެންނެވެ. އެހެނަސް އެހައިވަރުންވެސް އެކަލޭގެ އަންޝް ދޫކޮށްލާ ހިޔާލެއްނުކުރިއެވެ. ވީތަދާއި އެކު އައިސްފައިހުރި ރުޅިން ދެންވެސް މުއްކަވައިފައި ޖެހީ އަންޝްގެ މެމަތީގައިއެވެ.، ބަލާކަށްނުހުރެ މުބާ ޗާބޫކުން ތަޅައިގަތީ އެކަލޭގެ ގައިގައެވެ. އަންޝް އެއްލާލާފައި އެކަލޭގެ މުބާ ކަރުގައި ހިފީ ކުއްލިއަކަށެވެ. އަދި މުބާ ނިއްކުރީގައި ބޮލުން ޖެހިޖެހީނުން އެތަނަށް މުބާ ވައްޓައިލައިފިއެވެ.
ހަނގުރާމަމަތީ ސިފައިންގެ އަށެއްކަ މީހުން ވަލުތެރެއިން ދުވެފައި ނުކުމެއްޖެއެވެ. ފެނުނު މަންޒަރުން އެމީހުންނަށްވެސް ލިބުނީ ސިހުމެކެވެ. އެއިރު ހަންޖަރުހިފައިގެން ގޮސް އެކަލޭގެ އަންޝް ކައިރީގައި ހުއްޓިއްޖެއެވެ. ހަރަކާތް ހުސްވެ ލޯމެރިފައި އޮތް އަންޝް މިހާރު ހޭވެސް ނެތެވެ. އެހެނަސް އެކަލޭގެ ހަންޖަރު ހަރާލަން ދިމާކޮށްފައިހުރީ އަންޝްގެ ކަރަށެވެ. އައިސްތިބި ސިފައިންގެ ކުރީގައިހުރި ކޮމާންޑަރު ޖީބުންބަޑިނަގައި އަމާޒްކޮށް ވަޒަން ދުކޮށްލައިފިއެވެ. ވަޒަންހެރިގެން ދިޔައީ އެކަލޭގެ ކަކުލަށެވެ. އަޑުފައްގަނޑަކާއެކު ފަޔަށް އެއްޗެއް ހެރިގެން ދިއުމުން އެކަލެގެއަށް ލިބުނީ ބޮޑު ސިހުމެކެވެ. ދުވެފައި އެދިމާއަށްއައި ގުރޫޕް ފެނުމުން ފަޔަށްވީ ތަދަށް ބެލުމެއްނެތި އަވަސް އަވަހަށް އެކަލޭގެ ދިމާކުރީ އަންޝްގެ ކަރު ބުރިކޮށްލާށެވެ. އެހެނަސް ޖަހަޖަހައި އޮއްވައި އެއިން ތިންމީހަކު އައިސް އެކަލެގެ ހިފައި އެތަނަށް ވައްޓާލައިފިއެވެ. ގައިގައި ބާރު ހުރުމުން ތިންމީހުން ފޮޅުވާލަން އެކަލޭގެ އަށް ކުރެވުނުހައި ކަމެއްކުރިއެވެ. އެހެނަސް އެ ތިންމީހުންގެ ކުރިމަތީ މާކަ ބޮޑު ބާރެއް އެކަލޭގެ ގަޔަކު ނެތެވެ. ހަޅެއިލަވަލަވައި ޖެހުނީ އޮންނާށެވެ. ” އޯ މައި ގޯޑް ” ފެންނަމުން މިދާ ކަންތަށްގަނޑު ޤަބޫލުކުރަންވެސް އެމީހުނަށް ދަތިވިއެވެ. ސަމާހް ދެބައަށް ބުރިކޮށްލާފައި އޮތްއިރު ޒަހުނާ މަރަށް ތެޅެމުން ދިޔައެވެ.ނައިލްގެ ހާލަކީވެސް އެއެވެ. ޖެހިލެއި ބާރުކަމުން މުބާ އޮތީ އެންބުރުންއަރާފައިއެވެ. ނޭވާ ނުލެވިގެން މާސް އަދިވެސް އެންބުރެނީ އެވެ. ލެއިންކަޅި ވެފައި އޮތް އަންޝްގެ ވަށައި އެޓަމް އެބުރެމުންދިޔައެވެ. ތަންކޮޅެއްދުރަށް ވެއްޓިފައި އޮތް ތަނަލްވެސް އޮތީ ހެއިވެރިކަންނެތިފައިއެވެ.
އެއްމަސްފަސް
ޒަހުނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ކޯމާގައި ޒަހުނާ އޮއްނަތާ މަސްދުވަސް ވެގެން ދިޔައީއެވެ. ޒަހުނާ އަލުން މި ދުނިޔައަށް ލޯ ހުޅުވައިލަފާނެ ކަމުގެ އުއްމީދެއްނެތެވެ. ކެތްތެރިވުންނޫން އެއްވެސް ގޮތެއް ޒަހުނާގެ މައިންބަފައިނަށް ނެތެވެ. ސަމާހް އަދި އަންނާނެއޭ ކިޔައި ބޯ ހަމަނުޖެހޭވާހަކަތަކެއް ދައްކާލަ ދައްކާލައި ލުބުނާ އިންދެއެވެ. ރައްޓެހިންނާއި ގާތް މީހުންގެ ހިތްވަރުން ހިތްވަރު ހޯދައިގެން ޝުކުރުކޮށްލައިގެން މުހައްމަދު ރިޟާ ލުބުނާގެ ހިދުމަތުގައި ދުވަސްތަށް ހޭދަކުރަމުންދިޔައެވެ.
” މަންމާ…މަންމާ ” މެންދުރު ކަށްކަންހުރި ހަލީމާ ބަލައިލީ އަންޝް އައިސް ދޮރުމަތީގައި ހުއްޓުމުންނެވެ. ޔާން އަންޝް ފަހަތުން ޖައްސާފައި ހުއްޓެވެ. ” މި އޮތީ ރިޕޯޓް. މިހާރު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް ” އަންޝް ސަލާމަތްވީ ކިރިއާއެވެ. ހަތަރު އޮޕަރޭޝަނަކަށްފަހު އަންޝް އަލުން ލޯ ހުޅުވައިލީ އައި ސީ ޔޫ ގައި އޮންނަތާ ތިންވަނަ ދުވަހުގައިއެވެ. ” މާލެ ދާހިތުން ކެތްނުކުރެވިގެން ތިއުޅެނީ އެވަރުގެ ކޯޗެއް މާލޭގައި އޮތީތަ؟ ގައިމު ދަރިފުޅުބުނި ވަޒީފާވެސް ދޫކޮށްލައިފީމޭ ” ހަލީމާ އެންބުރުނީ ކުރަންހުރި މަސައްކަތަށެވެ. ” ތަނޫ ދެކެލާހިތުން އެއުޅެނީ ” ޔާން ފަށާއިރަށް އަންޝް ޔާން ކަންފަތު ހިފައި އަންބުރާލައިފިއެވެ. ” ކަންފަތް ބުރިކޮށްލަންވީތަ؟ ” ” ދޮގުވާހަކަ އެއްނޫން އެބުނީ. މަންމަ އަށް ވެސް ފެނޭ ނައިލް އަށް ގުޅައިގެން ތަނާލްއާއި ވާހަކަދަށްކަން ދަރިފުޅު ކުރާ މަސައްކަތް. ބަލަ ދަރިފުޅާ ވާހަކަ ދައްކަން ތަނާލް ބޭނުންނުވަންޏާ ދަރިފުޅު ކީތްކުރަންތަ ތިހާވަރަކުން ތިއުޅެނީ؟ ” ހަލީމާގެ ވާހަކައަށް އެއްވެސް އެއްޗެއް އަންޝްއަށް ނުބުނެވުނެވެ. އަންޝް ހަމައަކަށް އެޅިލިއިރު އެ އެންމެން މާލެ ހިނގައްޖެއެވެ. މިހާރު ތަނާލް ވީ ރަށުގައިއެވެ. ނައިލް އާއ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންޝް ވާހަކަ ދައްކައެވެ. ނައިލް ފޯނު ދީފައި ދިއުމުން ކޮންމެ ފަހަރަކުވެސް ތަނާލް ފޯނު ކަނޑައިލަނީ އަންޝް އާއި އަންގައިންވެސް ނުބުނެއެވެ. ތަނާލް އެހެން އެހަދަނީ ނޭގިނަމަވެސް އެރޭ އަންޝް އަށް ގޯހެއްހެދުނީތީކަން މިހާރު އަންޝް އަށް ޔަޤީނެވެ. ހިތްމޯޅިވެފައި އަންޝްގޮސް އިށިއިނީ ސޯފާގައިއެވެ. ދިމާވި ހާދިސާ އަށް މަސް ދުވަސްވެގެންދިޔައިރު ދެންމެވި ކަމެއްހެން އެކަންތަށްތަށް އަދިވެސް އަންޝްގެ ލޮލުގެ ކުރިމަތިން ސިފަވަމުންދެއެވެ. ހަމަޖެހިލައިގެން އަންޝް އަށް ނުނިދެއެވެ. ކާހިތް ކެނޑިފައި ވުމުން ވަރަށް ބޮޑަށް އަންޝް ވަނީ ހިކިފައެވެ. ” ދޮންބެ އަށް އެންގޭތަ ކޮމާންޑްއަށް މަރުގެ ހުކުމްއިއްވިކަން؟ ހުރިހައިކަމަކަށް އެއްބަސްވެގެން އޭނާ އުޅެނީ. ” މަލުން އައިސް އިށިއިނީ އަންޝް އަތުތެރޭ ކަހަލަ ގޮތަކަށެވެ. ” ކޮމާންޑަކީ ގޯސްމީހެއްނޫން. ” ” ދޮންބެ ކީތްވެތަ ތިހެންތިބުނަނީ؟ އޭނާ އާއި ހުރެ ކިތަށް މީހުން މަރުވެގެން އެ ދިޔައީ. އިލާ ގެ ހަބަރުލިބިގެން ހާޓް އެޓޭކެއް ޖެހިގެން އިލާ ބައްޕަ މަރުވީ. ސަމާހް މަންމަ އަކި މިހާރު މޮޔައެއް. ޒަހޫ އޮތް ހާލު އެއޮތީ. ދައިތަވެސް ގެންދިޔައީ އޭނަ ބަލަންހުއްޓައި. ދައިތަ ސަލާމަތްކުރަން އެއްވެސް ކަމެއް އޭނާ ނުކުރި. އެންމެ ފުރަތަމަ ދޮންބެ ފެނުނީމަ ޑޮކްޓަރ ވެސް ހީކުރި ދޮންބެ ވެސް އޮތީ މަރުވެފައިކަމަށް. ހަނގުރާމަ ކުރާ މީހުނަށް ނުފެނުނު ނަމަ އެކަކުވެސް ސަލާމަތްނުވިސް. އަނިއްކޮޅުން މޫސަބެ ވެސް މަރާލީ ހަމަ އޭނަ. މަރުވި އެންމެން ވެސް މަރާލީ އެ ކޮމާންޑް. އަހަރެން ހަމަ ހައިރާންވެ ދޮންބެ ތިހެންބުނާތީ. ދޮންބެ އެކަނި ތިހެން ބުނަނީ. މުޅި ދުނިޔެ ގަބޫލް ކުރޭ ކޮމަންޑް ކަން އެންމެން މަރާލީ ” ” ކޮންމެ ދުވަހަކު ފަށަފަށައިގެން މަލުން ކީތްކުރަން ދައްކާހާ ވާހަކަތަކެއްތަ ތީ؟ މިހިރީ ކާންހެދިފައި. ކާން އާދޭ މިކޮޅަށް. އަންޝް ޔާން އާދޭ އަވަހަށް ” ހަލީމާ ގޮވައިލުމުން ޔާން އާއި މަލުން ގޮސް ކާމޭޒް ދޮށުގައި އިށިއިދެއްޛެއެވެ. އޭރުވެސް މަލުން އެއްޗިހިކިޔަމުންދިޔައީ ކޮމާންޑަށެވެ. އެވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އިލާގެ ގިސްލުމުގެ އަޑު އަންޝްގެ ކަންފަތްދޮށުގައި ގުގުމަންފަށައެވެ. އައިސް ގާތުގައި ހަލީމާ އިށިއިނުމުން އަވަސް އަވަހަށް އަންޝް އުޅުނީ ހަމަޖެހިލާށެވެ. ” ހެނދުނު ސައިވެސް ނުބޮއި ދަރިފުޅު ތިއުޅެނީ. ހިނގާ ކާން. ކައިގެންދެން ޓިކެޓްގެ ކަންތަކާ އުޅޭނީ. ” ” ތަނަލް އަހަންނާ ވާހަކަ ނުދައްކަނީ ކީތްވެކަމެއް އަހަންނަކަށް ނުވިސްނުނު. އަހަރެން ނުކުރަން ތަނާލް ރުޅިއަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް. ” ” ރުޅި އައިސްގެނެއްނޫން ތަނާލް އުޅެނީ. ފާއިޒާ ބުނީ ގޭ މީހުންނާވެސް ތަނާލް ވާހަކަދައްކާކަށް ނޫޅެއެ. އެމީހަކު ތިމަންނަ ގައިގަ އަތްލައިފިއޭކިޔާފަ މިހާރުވެސް ރޯ ވަހަކަ ދެއްކި. ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ތަނާލްއަށް ހުރީ. މަންމަ އަށް ފެންނަނީ ރަށަށް ގޮސް ވީހައިވެސް އަވަހަކަށް ދަރިފުޅު ކައިވެނިކުރަން. ” ” މަންމަ” އަންޝް ދިޔައީ ދެ ލޯ ބޮޑުވެގެންނެވެ. ” ހޫނ..ދެން ނޫންކަމަށް ހެދޭނެކަމެއްނެތް. ދަރިފުޅު ނުބުންޏަސް ހުރިހައި އެއްޗެއްވެސް މަންމަ އަށް އެންގޭ. ދެންވެސް ހިގާ ކާން. ” ” މަންމަ ތި ހީކުރާކަހަލަ ގުޅުމެއްނޯވޭ އަހަރުމެން ” އަންޝް ބުނެލީ ވަރަށް ނޫންކަމަށް ހެދިލައިފައެވެ. ހުރީ ކޮންމެވެސް ވަރަކަށް ހިނިވެސް އައިސްފައެވެ. ” ދަރިފުޅުހުރޭ ތިހެންކިޔާލަކިޔާލައި. އެކަމަކު ރަށަށް ދާގޮތަށް މަންމަ ފާއިޒާއާއި ވާހަކަ ދައްކައިގެން މަންމަގެ ދަނބިދަރިފުޅު ގެއަށްގެންނާނަން. ދަރިފުޅު ތައްޔާރުވޭ ކައިވެނި ކުރަން. ހަލީމާގެ ވާހަކައިން ހިނިއައިސްފައި އަންޝް އިނެވެ. ކައިވެނި ކުރާ ވާހަކަ ދެއްކުމުން ރަށަށް ގޮސް ތަނާލް އާއި ކައިވެނިކުރަން މިހާރުވެސް އަންޝްއަށް ލަސްވެއްޖެއެވެ. ” މަންމަ އަށް ތަނާލް ނެގޭތީ ތިހެންތިބުނަނީ. ކައްކަންވެސް ނޭގޭނެ އޭނައަށް. މަލުއްކޮއަށް ވުރެ ކަންތަށް ބޮޑުވާނެ. ތި ހިޔާލު ކުރެވުނީތީވެސް މަންމަ ފަހުން ދެރަވާނެ. ” ” އުޅެން ނޭގިއްޖިއްޔާ ތަންގަނޑު އެންމެން އެއްކޮށްފައި މަންމަ އެވާހަކަ ދެއްކީމަ އެވީނު. އޭރުންތާ މަންމައަށް ވެސް މައިދައިތަ އަކަށް ވެވުނުކަމަށް ވާނީ. ” ހަލީމާގެ ވަހަކައިން އަންޝް ހިފަހައްޓައިގެންހުރި ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. ޔާން އާއި މަލުން ބަލައިލީ އެކުގައިއެވެ. ” މަންމަ ބެނުންގޮތެއް. މަންމަ މައިދައިތައަކަށް ހަދަން އަހަރެން ތައްޔާރު. ” ހެމުން އަންޝް ހަލީމާ ގައިގައި ބައްދައިލީ ލޯބިންނެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް ފެނިފައިނެތުމުން ޔާން އާއި މަލުން އެކަކު އަނެކަކަށް ބަލައިލީ ހައިރާންވެފައިއެވެ. ދެއްކި ވާހަކަ އެއް އަޑުއަހާހިތުން ދުރުގައިވެސް އެދެމީހުންނަށް ނުތިބެވުނެވެ.
ހަމަ އެދުވަހު ޓިކެޓް އޯކޭ ކޮށް އޭގެ ދެދުވަސްފަހުން އެ އާއިލާ މާލެ ހިނގައްޖެއެވެ. އެއާރޕޯޓުން އަންޝް އާއި ބައްދަލުކުރީ މާސް އާއި މުބާ އެވެ. މުބާ ހަމައަކަށް އެޅިލާފައި ހުއްޓަސް މާސް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައިއެވެ. އިލާގެ ހަނދާންތަކާ ދުރަށް މާސް އަށް ނުދެވޭނެކަން ކުރިންވެސް އަންޝް އަށް އެންގެ އެގެއެވެ. މާލެ އައިސް ޔާން އައި އެކު ހަލީމާ އާއި މަލުން ފޮނުވާލާފައި ތިންމީހުން ދިޔައީ ޑައިނަމޯއަށެވެ. ދުވަސްތަކަކަށްފަހު އެކަކު އަނެކަކާ ބައްދަލުވުމުން އެހަނދާންތަށް މާބޮޑަށް އެމީހުނަށް އުނދަގޫ ކުރިއެވެ. ދައްކާނެވާހަކައެއް ނޭގިފައި ތިންމީހުން ތިއްބައި މޭޒުމައްޗަށް ކާއެއްޗެހި އަތުރާލާފައި ވޭޓަރު ހިނގައްޖެއެވެ. ފުންނޭވައެއް ދުކޮއްލަމުން އަންޝް ބަލައިލީ އެ ދެމިހުނަށެވެ. ” މިހާރު ޒަހުނާ ކޮބާ؟ ” ” ގޭގައި މިހާރު އޮންނަނީ. ޑޮކްޓަރ ބުނީ ނޭގެއޭ ވާނެގޮތެއް. ” ޖަވާބުދިނީ މާސް އެވެ. އަންޝް ވަރަށް ބޮޑަށް ދެރަވިއެވެ. ” ” އެމީހުން ތަނާލްއަށް ހެދީ ކިހިނެއް؟ ލަންކާ ހޮސްޕިޓަލްގައި އޮތްއިރު އިރުއިރުކޮޅާ ތަނަލް ރޯންފަށައި ތިމަންނަ ގައިގައި އަތްނުލާށޭ ކިޔާފައި އަނިއްކާ ތަނޫ އަށް ވެސް….. ” ” މާސް އަށް ހީވޭތަ އަންޝް ހުއްޓައި ތަނޫ އަށް އެކަހަލަ ގޮތެއް ހަދާލެވިދާނެހެން މީހަކަށް؟ މުބާ އަހައިލީ ހިނިއައިސްފައިއެވެ. މާސް ދެފަރާތަށް ބޯހުރުވައިލީ ހަމަޖެހިލަމުންނެވެ. ” ވާނެ ކަމެއްނޫން އެއީ. އެކަމަކު ކޮންމެވެސް ކަމެއްވީމަ ދޯ އެހެން ކިޔާނީ.އަނިއްކާ އަންޝް ނޫންބާ ތަނޫ އަށް ކަމެއްކުރަން އުޅުނީ.” މާސް އަހައިލީ ދިމާކޮއްލާ ރާގެއްގައިއެވެ. ” މަށަކީ އަންހެން ކުއްޖެއް ފެންނައިރަށް ގަޔަށް ބޮލަށް އަރާހިތްވަ މީހެއްނޫން. އެހެންނޫނަސް މަށެއްނޫން ދޯ ތަނާލް އާއި ހުރެ މޮޔަވެފައި ހުންނަނީ. ” ” ރީތި ކޮށް އަހާލިއަސް ތިކުރަން އުޅޭ ސުވާލުގެ ޖަވާބް އަހަރެންދީފާނަން. ” ” ނޫނޭ އަހަރެން….. ” ” އަންޝް އާއި ހަނގުރާމަ ކުރަން އަހަރެން ބިރުގަނޭ. އެހެންވެ މިހާރު އަހަރެންގެ ބިޓެއްހުރޭ. ވަރަށް އަވަހަށް މެރީ ކުރަން އަހަރުމެން މި އުޅެނީ. ތަނޫ އަންޝް ފެނިފައި މަށަށް އޮޅުވާލީއަސް ޝިފާ އެހެނެއް ނަހަދާނެ. މިފަހަރު މިނެގީ ތަނާލް ކަހަލަ ކުއްޖެއްނޫން. ” ” މުބާ ކަންތަށް ކުރި ގޮތުން ތަނާލް މުބާ އާއި ދުރަށްދިޔައީ. ” މުބާ އެހާ ހަމަޖެހިލާފައި ވާހަކަ ދައްކައިލުމުން އަންޝް ވެސް ދުލެއްނުކުރިއެވެ. ” އަންޝް ތަނޫ އާއި ދުރުގައިހުރިނަމަ މަށަށް ތަނޫ އޯކޭ ކޮއްލުމަކީ މާ ބޮޑުކަމެއްނޫން. މި ވާހަކަ ހުއްޓާލާފައި ބުނެބަލަ އަންޝް އަދިވެސް ގަބޫލުނުކުރަންތަ ތަނޫ ދެކެ ލޯބިވާކަން؟ މުބާ އަހައިލީ ވަރަށް ހަމަޖެހިލާފައިއެވެ. ހިނިއައިސްފައި އަންޝް އަށް ބޯކަހައިލެވުނީ ބުނާނެއެއްޗެއް ނޭގިގެނެވެ. ” މިހާރު ދެން ވެއްޖެއެއްނު ލޯބި ވަންޏާ ލޯބިވާ ވާހަކަ ބުނަން. އެއީ އެވަރު ކަމެއްތަ؟ ” ” މިތާހުރެ ބުނެވޭތަ؟ އަދިކިރިޔާ މި އެނގުނީ މުބާ ވެސް އެހެންމަގަކުން ދަތުރު ފަށައިފިކަން. އެހެންނޫނަސް އަދިވެސް އެބައޮތް މައްސަލައެއް. ތަނާލް މާށާއި ވާހަކަ ދައްކާކަށް ބެނުމެއްނުވޭ. ” ” އެ ކީތްވެ؟ ” ދެމީހުނަށް އަހައިލެވުނީ އެކުގައިއެވެ. އެ ރޭ ވީގޮތް އަންޝް އެދެމީހުނަށް ކިޔައިދިނެވެ. އެހެނަސް ތަނާލް ރުޅިއަންނަން ޖެހޭވަރުގެ ކަމެއް އެދެމީހުނަކަށްވެސް ނުވިސްނުނެވެ. އެކަހަލަ މިކަހަލަ ވާހަކަތަކަކަށްފަހު ކައިގެން ތިންމީހުން އެކުގައި ދިޔައީ ޒަހުނާގެ ގެއަށެވެ. މެޝިން ތަކުގެ އެހީގައި ޒަހުނާ އޮތެވެ. ލޯ ހުޅުވައިގެން އޮތް ޒަހުނާ އެސްފިޔަވެސް ޖަހައިނުލައި އެވެ. ރޫމުން އަންޝް ނުކުތީ އެހާލުގައި ޒަހުނާ ދެކޭނެހައި ހތްވަރު އަންޝްގައިގައި ނެތުމުންނެވެ.
އެދުވަހާއި އެރޭ މާސް އާއި މުބާ އާއި އެކު ވަގުތު ހޭދަކޮށްފައި އާދުވަހަކަށް އެރި އިރާއެކު ރަށަށް ދިއުމަށް އަންޝް ފުރައިފިއެވެ….
( ނުނިމޭ )
28 Comments!
Comments are closed.
Wow varah salhi
V salhi.. Wrong turn ga vaakahala gotheh dhw mi story ga mivee..
Nice… owsome
woaaahh. dhen mirey nues nidheyne
Aaaah varubalivehje dhen vaanee kihinehbaaey hithaafa indhefa vaahaka keema. Varah reethi thanks
Vvv rythi maasha allah n zahoo rangalhukurah chey eynsge baby attakaaves thanoo n anshves gulhuva dhybala eyrun rythivaany waitin waitin
vara reethi mi vahaka. adhi mikahala vahaka eh nukiya
Maa sha Allah
Had never read a such interestin nd touchin dhivehi story
May Allah bless u with success dear
Good luck
Wow
Ummm…nail ah higey thr
Alheyy haadha molhey writer
Jus love this story
Vaahaka nimmaalanitha
V hunaruveri liyun therieh
Next part kiyaa huthun hureveniki nun mihaaru
Ansh and thanu dhen gulhuva dhyba
Avahah up kohdhyba heyo nuvaane
Varah varah intresting story eh
Obines to the max
Jus wow
KN iraku aneh bai genesdheny imthixaaru GE gitaa jaha jahaa mihunnany avahah up kohba
Wow hama habeys avahah aneh part up khdhy ba❤❤❤❤
Dhn sifainge meehunah emeehun feni emyhun naki behigen ulhey baehkan neyge.eiy kon gaumehkanvx neyge.dhn aneh kamaki zahuna ehaaluga ohva rahje genaee kihinrh baaey.vaahaka varah salhi.dhigu vaahakaeh.ehn veema thankolheh details koh liyaanama mivaahaka varah furihamavees.ekamvx aslu vvvvv reethi…….
Agree to redrose
Avahah up kohdheeba..waiting waiting..varah furihama mi story
Fahu part nuveh feney
Story ge fahi bayah vadhevey link nula ineema nueh vadhevey… Rangulhu thaaga fahubai jahafa up kolla dheebala.. Gunvoalu
Story ge fahi bayah vadhevey link nula ineema nueh vadhevey… Rangulhu thaaga fahubai jahafa up kolla dheebala.. Gunboalu
Kihineh tha fahubai kiyany
Fahu episode kieyne gotheh hadhaadhybala
Alhey fahu baiga heading nethyma nuhulhu vunu….?????
Haadha dheraey fahubayah nuvadheveythy alugandakee hamaekani kiyun therieh ehennamaves keehkuraany comment kurandhoa jeheyny mihen veema
alhay nuvadhevay fahubayakah so sad
Alhey so sad fahu part kiyan ulhe ulhe nuhulhuvunu.
vadhevayne postarah clik kury maa ☺☺☺☺try kohlaba nuvadhevay kudhin
Kihineh hadaagen tha last episode kiyaalan libeynee..pls tell me