ރޭގަނޑުގެ ރުއިން
‘ރޭގަނޑުގެ ރުއިން’ މިއީ، ރޭގަނޑުގެ މެދުތެރޭ އެހީ އަށް އެދި ރޮމުން ދިޔަ އަޑެއް، ޗުއްޓީ ކޭންޕެއްގައި އުޅުނު ކައުންސިލަރުންގެ ގުރޫޕަކަށް އިވުނު ހާދިސާ އަކާ ގުޅޭ ގޮތުން ލިޔެފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ.
މިއީ ހަގީގީ ހާދިސާ އެކެވެ. އަދި މިހާރު ވެސް، އަހުރުތަކެއް ފަހުން ވެސް، އެ ކަމާމެދު ވިސްނުމުން އަހުރެންގެ ހަންގަނޑުން ހީބިހި ނަގަ އެވެ.
……………………
އަހުރެންގެ އުމުރުން ނަވާރަ އަހަރުގައި، ޗުއްޓީ ކޭންޕެއްގައި އަހުރެން ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރީމެވެ. ކޭންޕުގެ ދިމާ އަސްލުގައި ވެސް ވަރަށް ފުރިހަމަ އެވެ. ލަކުޑިން ހަދާފައި ހުރި ކެބިންތަކާއި އަދި ކުޅި އެކެވެ. އެކަމަކު އެ ތަން ހުރީ އެއް ވެސް ބަޔަކު ނޫޅޭ ސަރަހައްދެއްގެ މެދުތެރޭގަ އެވެ. ކޭންޕު ވަށާލެވިފައިވީ ބޯ ގަސްތަކަކުންނެވެ. ގަސްތަކާއި ކެނިޔޯނު ފިޔަވައި އެއް ވެސް އެއްޗެއް ނުވެ އެވެ. އަދި އެންމެ ކައިރީގައި މީހުން އުޅޭ ސަހަރު އޮތީ ވިހި މޭލު ދުރުގަ އެވެ.
އެއް ރޭގަނޑަކު، އެންމެން އެތެރެ އަށް ވަދެ ފުންކޮށް ނިދާން އޮތް އިރު، ރޭގަނޑުގެ މެދުތެރެއިން ކުއްލިއަކަށް އަހުރެން ހޭލެއްވި އެވެ. އެއީ ތިބާ އަށް ހޭލެވި ކޮންމެވެސް ކަމެއް ރަނގަޅު ނޫން ކަމުގެ އިހުސާސް ގެނުވައި ދޭނެ އެއް ވަގުތެވެ.
ކޮންމެވެސް ސަބަބަކާ ހުރެ އަހުރެންގެ ހިތް ބާރުކޮށް ތެޅެމުން ދިޔަ އެވެ. އަހުރެން ހަމައެކަނި އޮތް ތަނުގައި ހަނުހިމޭންވެރި ކަމާ އެކު އޮތީ އެވެ. ސަމާލުވެރިކަމާ އެކު އަޑު އަހަމުންނެވެ. މުޅި ކެބިން ހަދާފައި ހުރީ ލަކުޑިންނެވެ. ކުޑަދޮރުތަކުގައި ބިއްލޫރި ހަރުކުރެވިފަ އެވެ. އެހެންކަމުން ސޫފިތައް އުދުހުމުގެ އަޑުތަކާއި، ގަސްތަކުގެ ތެރެއިން ޖެހެމުން ދިޔަ ވައިގެ އަޑު އަހުރެންނަށް އިވުނެވެ.
އަހުރެންނަށް އެ އަޑު އިވުނީ ދެނެވެ. އެހީ އަށް އެދެމުން ދިޔަ ވަރަށް މަޑު ރުއިމެކެވެ. އަޑު އިވުނު ގޮތުން އެ އަޑު އަންނަމުން ދިޔައީ ގަސްތަކުގެ ތެރެއިންނެވެ. އެއީ، ގަސްތަކު ތެރޭގެ ކޮންމެވެސް ތަނެއްގައި ގެއްލިފައި ވި ކުޑަ އަންހެން ކުއްޖެއްގެ ރުއިމެކެވެ.
އަހުރެން އަވަސްކޮށް އެނދުން ތެދުވެ އަހުރެންނާ އެކު އެއް ކޮޓަރީގައި އުޅޭ ބައިވެރިޔާ ހޭލުއްވީމެވެ. އޭނާ އަކީ ވެސް ކައުންސިލަރަކެވެ. އަހުރެން އޭނާގެ ގާތު އަޑު އެހުމަށް ބުނީމެވެ. އަދި އަލުން އެ ރުއިން އައި އިރު، އަހުރުމެން ދެ މީހުންނަށް އެ އަޑު އިވުނެވެ. އަހުރުމެން އަވަސްކޮށް ހެދުން އެޅީމެވެ. އަހުރުމެންގެ ބައްތިތައް ދަމައިގަތީމެވެ. އަދި އެ އަޑު އަންނަމުން ދިޔަ ދިމާ ބޭރަށް އަހުރުމެން އަވަސްވެގަތީމެވެ.
އެ އަޑު އަންނަމުން ދިޔައީ މެދުކެނޑެމުންނެވެ. އެކަމަކު “އެހީވެދީ!”، ނޫނީ “އަހުރެން މި ވަނި ގެއްލިފައި!” ކިޔަމުންދާ އަންހެން ކުއްޖާގެ އަޑު ދޭތެރެދޭތެރެއިން، ގަސްތަކުގެ ތެރެއާ ދުރުން އަހުރެންނަށް ސާފުކޮށް އިވުނެވެ. އެ ކުއްޖާގެ އަޑު ހުރީ އެ ކުއްޖާ ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައިވާ ފަދަ ގޮތަކަށެވެ. އަހުރުމެންނަށް ބޮޑަށް ރަނގަޅު ވާނީ، އަހުރުމެންނަށް އެ ކުއްޖާ ހޯދުނުހާ އަވަހަކަށް ހޯދެވުމެވެ. އެއިރުން އަހުރުމެންނަށް އޭނާ އަނބުރާ ކޭންޕަހަށް ރައްކައުތެރިކަމާ އެކު ގެންދެވޭނެ އެވެ.
އެ ރޭ އޮތީ އިންތިހާ އަނދިރި ކޮށެވެ. އަދި އަހުރުމެންގެ މަގު އަލި ކުރުމަށް އަހުރުމެންގެ އަތުގައި އޮތް ހަމައެކަނި އެއްޗަކީ ދެ ކުޑަ ބައްތި އެވެ. އެ އަންހެން ކުއްޖާ އެ ވަނީ ފުން ކަޅުގައި، އެއް ވެސް އެއްޗެއް ފެންނާނެ ގޮތެއް ނެތި އެވެ.
ފިރިހެން ކުދިންގެ ކެބިންތައް ހުރީ ކުޅީގެ އެއް ފަޅީގަ އެވެ. އަދި އަންހެން ކުދިންގެ ކެބިންތައް އޭގެ އިދިކޮޅު ފަރާތުގަ އެވެ. ހިނގަމުން ދިޔަ ދިޔުމުގައި އަހުރުމެންނަށް އަންހެން ކައުންސިލަރަކާ ދިމާވެވުނެވެ. އޭނާގެ ކޭންޕު ހުރި ފަޅިން އޭނާ އަށް ވެސް އެ ރުއިންތައް އިވުނެވެ. އަހުރުމެން ތިން މީހުން އެކުގައި ގަސްތަކުގެ ތެރެއާ ދިމާ އަށް މިސްރާބު ޖެހީމެވެ. އަހުރުމެންގެ ބައްތިތަކުން ކަނާތް ފަޅި އަށާއި ވާތް ފަޅި އަށް އަލިކުރުވަމުންނެވެ. އަދި ގެއްލިފައި ވި އަންހެން ކުއްޖާ އަށް ބާރުލާ ގޮވަމުންނެވެ.
ގަސްތަކު ތެރޭގެ މާ ދުރަށް ދިއުމަށް އަހުރުމެން ޖެހިލުން ވީމެވެ. އަނދިރިގަނޑުގެ ތެރޭ ގެއްލުމަށް އަހުރުމެން ބޭނުން ނުވާތީ އެވެ. އެ އަންހެން ކުއްޖާ އަށް ގޮވާ ކޮންމެ ފަހަރަކު، އަދި އެ ކުއްޖާގެ އިޖާބައިގެ އަޑު އިވޭ އިރު އަޑު އަންނަނީ އެ ކުއްޖާ ހުރީ ތަންކޮޅެއް ދުރުގައި ފަދަ ކޮށެވެ.
ފަސް މިނެޓަކަށްހާ އިރު ވަންދެން ހިނގުމަށް ފަހު، ރުއިމާ އެކު ކުރު ނޭވއިން ނޭވާ ލަމުން ދިޔަ އެ ކުއްޖާގެ އަޑު އަހުރުމެންނަށް އިވުނެވެ. އެހެންކަމުން އަހުރުމެންނަށް ދިޔައީ އެ ކުއްޖާއާ ކައިރިވެވެމުންކަން އަހުރުމެންނަށް އެނގުނެވެ. އަޑު އަންނަމުން ދިޔައީ، އެ ކުއްޖާ ހުރީ އަހުރުމެންނާ މަދު ފިޔަވަޅުތަކެއް ދުރުގައި ވި ފަދަ ކޮތަކަށެވެ. އަދި މަޑު އަޑެއްގައި، “އަހުރެން މި ހުރީ ބިރުގަނތްފައި! އަހުރެން މި ހުރީ ކޮންތާކު؟”، ކިޔަމުން ދިޔަ އެ ކުއްޖާގެ އަޑު އަހުރުމެންނަށް އިވުނެވެ.
އަހުރުމެން އެ ކުއްޖާ އަށް ޔަގީންކަން އަރުވައިދިނުމަށް މަސައްކަތް ކުރަމުން ދިޔައީމެވެ. އަދި ދެން، އަހުރެމެންނަށް މި ހުރެވެނީ ސީދާ އެ އަންހެން ކުއްޖާގެ ފަހަތުގައި ކަމަށް އަހުރުމެންނަށް އިހުސާސް ކުރެވުނު އެ ހިނދު އެ ކުއްޖާ ކުއްލިއަކަށް ހަނުހުރުމަކަށް ދިޔަ އެވެ. “އަހުރުމެން މި ހުރީ މިތާ! ތިބާ ކޮންތާކުތަ؟” އަހުރުމެން ބާރުލާ ގޮވީމެވެ. އެކަމަކު އެއް ވެސް ޖަވާބެއް ނެތެވެ.
ދެން، ހިސާބަކަށް ދުރުން، އަހުރުމެންނަށް އަނެއްކާ ވެސް އެ ކުއްޖާގެ އަޑު އިވުނެވެ. “އަހުރެންނަށް އެހީވޭ! އަހުރެން މި ވަނީ ގެއްލިފައި! އަވަހަށް އާދޭ!”، ގޮވާ ރޮމުންނެވެ.
އެ ކުއްޖާގެ ރުއިންތަކުގެ އަޑާ ދިމާ އަށް އަހުރުމެން ހިނގައިގަންނަށް ފެށީމެވެ. އެކަމަކު އަނެއްކާ ވެސް ދެން، އަހުރުމެން ހުރީ އެ ކުއްޖާގެ ކުރިމަތީ ޖެހިގެން ކަމަށް އަހުރުމެންނަށް އިހުސާސް ކުރެވުނު ހިނދުން، އެ ކުއްޖާ ހަނުހިމޭންވެރި ވި އެވެ. އަހުރުމެން އެ ކުއްޖާ އަށް އަޑުލާ ގޮވީމެވެ. އެ ކުއްޖާގެ އިޖާބަ އަށް މަޑުކުރީމެވެ. އެއް ވެސް ކަމެއް ނެތެވެ.
ދެން އިހުނަށް ވުރެ ވެސް ދުރުން، އަހުރުމެންނަށް އަނެއްކާ ވެސް އެ ކުއްޖާގެ އަޑު އިވުނެވެ. “އެހީވެދީ! ކީއްވެތަ ތިބާ އަށް އެހީ ނުވެވެދެނީ؟!”
ކޮންމެވެސް ކަމެއް ރަނގަޅަށް ނުހިނގާ ކަމުގެ އިހުސާސް ކުރެވުނެވެ. އަހުރުމެން އެންމެން އެކަކު އަނެކަކާ ދިމާ އަށް ބަލައިލީމެވެ. އަދި ބަހެއް ބުނުމަކާ ނުލާ، އަނބުރާ ކޭންޕަށް ދިއުމަށް ގަސްދު ކުރީމެވެ. އަހުރުމެން އެ ކުއްޖާ އަށް ގޮވީމެވެ. އަދި އަހުރުމެން މި އުޅެނީ އެހީ ހޯދުމަށް ކަމަށާއި، ހޯދާނެ ގުރޫޕަކާ އެކު އަހުރުމެން އަނބުރާ އަންނާނެ ކަމަށް އަހުރުމެން އެ ކުއްޖާ ގާތު ބުނީމެވެ. އަހުރުމެންނަށް އަދިވެސް، ފަނޑު ގިސްލުންތަކާއި ރުއިންތަކުގެ އަޑުތައް އެ ކުއްޖާގެ ކިބައިން އިވުނެވެ. އެހެންކަމުން ހަމަޖެހި އިށީންދެ އިނުމަށާއި، އަހުރުމެން އަނބުރާ އަވަހަށް އަންނާނޭ ކަމަށް އެ ކުއްޖާ ގާތު ބުނީމެވެ.
އަހުރުމެން ތިން މީހުން ދުވެނަގާފައި އަނބުރާ ކޭންޕަށް ދިޔައީމެވެ. އަދި މައި އޮފީހުގެ ރަނގަބީލު އަހުރުމެން ތެޅުވީމެވެ. އެމަޖެންސީ އެއް ވާކަން މުޅި ކޭންޕަށް އެލާޓު ކުރުމަށެވެ. ކޭންޕުގެ މެނޭޖަރު، ސަރަހައްދުގައި ހުރި ބޮކިތައް ދިއްލި އެވެ. އެންމެންގެ ނަންތައް ގޮވާ، ބޯތައް ގުނުމަށް އަހުރުމެން އެންމެން ހުސް ޖާގަ އަށް އެއްވީ މެވެ.
އެ މީހުން ފަށައިގަތީ ކައުންސިލަރުންގެ ނަންތަކަށް ގޮވަމުންނެވެ. އަހުރުމެންގެ އެންމެން ހުރީ މައުޖޫދުވެ އެވެ. ދެން އެ މީހުން ގޮވީ ކޭންޕު ކުރާ މީހުންގެ ނަންތަކަށެވެ. ހުރިހާ ކުދިން ވެސް ހުރީ ކޭންޕުގަ އެވެ. އެއް ވެސް ކުއްޖަކު ނުގެއްލެ އެވެ.
އެންމެންގެ ނަންތަކަށް ގޮވުމުގައި އެ މީހުން ދެތިން ބުރު ޖެހި އެވެ. ކޭންޕުގައި ވާން ޖެހުނު ކޮންމެ މީހަކު ވީ ޗެކު ކުރެވި މައުޖޫދު ވެފަ އެވެ. އެކަމަކު ދެން އެ އަންހެން ކުއްޖާގެ އަޑަކީ ކޮންކަމެއް ބާވައެވެ؟
ކޭންޕުގެ މެނޭޖަރާއި އަދި އެހެން ކައުންސިލަރުން ނިންމީ އެއީ ނުބައި އެލާމެއް ކަމަށެވެ. އަދި ބުނީ، އަހުރުމެންނަށް އިވުނު ކަންކަން ވާންވާނީ ހަމައެކަނި އަހުރުމެންގެ އަމިއްލަ އަޑުތަކުގެ ރިވެލިވުމުން އިވިފައިވި އިވުންތައް ކަމުގައި ކަމަށެވެ. އެ މީހުން، އެންމެން ދޫކޮށްލުމަށް ފަހު އަނބުރާ ނިދުމަށް ފޮނުވި އެވެ.
އަހުރުމެންނަށް އިވުނީ ކޮން އަޑެއްކަން އަހުރުމެން ތިން މީހުންނަށް އެނގެ އެވެ. އަދި އެއީ ރިވެލިވުމުގެ އަޑެއް ނޫނެވެ. އެއީ ނާންމާންވެރި ކަމުން ފުރިފައިވި އަޑެކެވެ. އެ އަޑު، އަހުރުމެން ގަސްތަކުގެ ތެރެ އަށް ދަތުރު ކުރުވަމުން ގެންދިޔަ އެވެ. ދުރަށް، އަދި އިތުރަށް ދުރަށެވެ. ކޮންމެވެސް މީހަކު، ނޫނީ ކޮންމެވެސް ކަމެއް ދިޔައީ އަހުރުމެން އިތުރަށް ފުނަށް ގަސްތަކުގެ ތެރެ އަށް ސަމާލުވެރި ކުރުވަމުންނެވެ. އަދި މިއަދާ ހަމައަށް ވެސް، އެ އަޑު އަހުރުމެންނަށް މެދުވެރި ކުރުވަން ގަސްދު ކުރީ ކޮންކަމެއް ކަމުގެ އެއް ވެސް ޚިޔާލެއް އަހުރެންގެ ނެތެވެ.
މި އީ މިހާތަނަށް އައިރު އަހުރެންނަށް އަދި ކުރެވިފައިވި އެންމެ ނާންމާވެރި ތަޖުރިބާ އެވެ. އަހުރެންނާއި އަންހެން ކައުންސިލަރު ގަބޫލު ކުރީ އެއީ ކޮންމެވެސް އާދަޔާ ޚިލާފު، ޖިންނި-ޝައިތާނީ ކަމެއް ކަމުގަ އެވެ. އެކަމަކު އަހުރުމެން ކުރެ އެކަކަށް ވެސް އެ ކަމެއް ތަފުސީލެއް ނުކޮށްދެވުނެވެ. އަހުރެންނާ އެކު އެއް ކޮޓަރީގައި އުޅުނު ކައުންސިލަރު އެ ކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ދެކޮޅު ހެދި އެވެ. އަދި އަހުރުމެން އެ ވާހަކަ ފަށާ ކޮންމެ ފަހަރަކު، އެއީ އަހުރުމެންގެ އަޑުތައް ރިވެލިވުން ކަމުގައި އޭނާ ބުނާނެ އެވެ. އެކަމަކު އަހުރެން އޭނާގެ ދެ ލޮލަށް ބަލާ އިރު، މަރަށް ގަންނާނެ ފަދަ ބިރެއް އަހުރެންނަށް އޭނާގެ ފަރާތުން ފެނެ އެވެ. އެ ކަމެއް ނުހިނގާ ކަމަށް އޭނާ އޭނާގެ އަމިއްލަ ނަފުސަށް ހަމައެކަނި ޔަގީންކުރުވަ ދިނުމަށް ބޭނުންވަނީ އެވެ.
………………………..
ނޯޓު: މިއީ ތަރުޖަމާ ކުރުމުގެ ތެރެއިން ކުރެވިފައިވާ މަސައްކަތެކެވެ.
8 Comments!
Comments are closed.

Hmm
Snakeeyes rai muunu continue nukuraniitha
Nuunii two stories together continue kuraniitha
I doubt u can continue both stories together
Gavaidjn up kureveynetha??
continue Rai Moonu? dear I think that story is finished.
And why not continue two or more. These are translated stories, might have been translated long before.
At least the author mentioned that it was translated, but also linking or mentioning the original story is the proper way to do things.
And I dont like this language
Haada ehen gotakah adi ninmaafa tiotii ves
Furatama kiyaaliima hiikurii adi continue kuraane kamah
Ekam get nuvegen adi ehfaharu kiyaaliima enguny nimunukan
Bahun bahah tharuhama koffa
wow its nice but so biruveri ??
that language is ””””””””””””’
Aan mivaahaka varah salhi hevany maves jangalyga ulhunuhen aslu mi vaahaka kiyaafa vaahaka kiyan feshey alhugandu ?