Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

މިލަހަނދުވަރު 8

ފަރެސް އީމާން
April 3, 2017
4 Mins Read
45 Views
8 Comments

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އިރުއޮއްސެން ގާތްވިތަނާހެން ޝަމްއާން ގޯތިތެރެއަށް ނިކުތެވެ. ނަމަވެސް މިއަދު ޝަމްއާން ހުއްޓުވާކަށް ސަކީނާއެއް ނޫޅެއެވެ. ނަމަވެސް ޝަމްއާންގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ސަކީނާ ސިއްރުން ބަލަމުންދިޔައެވެ. ޝަމްއާން ދިޔަގޮތަށްގޮސް ޖޯލީގައި އޮށޯތެވެ. އަނެއްކާވެސް ތެދުވެފައި އޮށޯތެވެ. މީހަކާއި ވާހަކަދައްކާ ގޮތަށް އަތުގެ ހަރަކާތަށް އިޝާރާތްކުރާތަން ސަކީނާއަށް ފެނުނެވެ. ސަކީނާ ގޮސް ޝަމްއާންގެ ގާތުގައި ޖޯލިފަތީގައި އިށީނެވެ.

” އަތުގެ އިޝާރާތުން ކާކާއި ވާހަކަތިދައްކަނީ؟ ” ސަކީނާ ސުވާލުކުރިއެވެ.

” މިތާ މިއިނީ ފޫހިވާތީވެ. ދެން ލަވައެއް ކިޔާލާފައި ނަށާލީ ” ޝަމްއާން ގަސްތުގައި ދޮގުހެދިއެވެ.

” މަންމައަށް މިހާރު ޝައްކުވާން ފަށައިފި ދަރިފުޅު އަނެއްކާވެސް ޖިންނި އަވަލީހެން ” ސަކީނާ ބުނެލިއެވެ.

” މަންމާ ! އެމީހުންނަކީވެސް ދުނިޔޭގައި އުޅެންޖެހޭނެ ބައެކޭ ” ޝަމްއާން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

” މަންމަ ތިކަން ބަލާނަން ” އެހެން ބުނެފައި ސަކީނާ ގޭތެރެއަށްދާން ހިނގައިގަތެވެ. އެއިރު ގޭތެރޭގައި ޝަމްއާންގެ ބައްޕަވެސް އުޅުނެވެ.

” ކޮންކަމަކާ ހާސްވެގެން ތިއުޅެނީ؟ ” ސަކީނާ ފެނިފައި ޝަމްއާންގެ ބައްޕަ އަހާލިއެވެ.

” އަހަންނަށް ހީވަނީ ޝަމްއާނަށް އަނެއްކާވެސް ޖިންނި އަވަލީހެން ” ސަކީނާ ހުރީ ހާސްވެފައެވެ. ސަކީނާގެ އެވާހަކަތައް ޝަމްއާންގެ ބައްޕަ ޤަބޫލުކުރިއެވެ. އެމީހުން ނިންމީ ގޯތިތެރޭގައި ހުރި ޖޯލިފަތި ނައްތާލުމަށެވެ. ޝަމްއާން ގޭތެރެއަށް ވަނުމާއެކުހެން ޝަމްއާންގެ ބައްޕަ އެމަސައްކަތް ފެށިއެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތި ހަލާކުކޮށް ނައްތައިލިއެވެ. އެމަސައްކަތް ނިންމާފައި ގޭތެރެއަށް ވަންއިރު ޝަމްއާން ބަލަހައްޓައިގެން ހުއްޓެވެ.

” މިހާރު އަހަރެން އެޖޯލީގައި އޮންނާތީވެސް އުނދަގޫވީދޯ ” ޝަމްއާން ސުވާލުކުރިއެވެ. ނަމަވެސް އެކަމާއި ޝަމްއާންގެ ބައްޕަ އަޅައެއް ނުލިއެވެ. ޝަމްއާންވެސް އިތުރަކަށް ސުވާލެއްނުކުރެއެވެ. ޝަމްއާންގޮސް ކޮޓަރިއަށް ވަނެވެ. މިފަހަކަށްއައިސް ޝަމްއާންގެ ދަރިފުޅު ޔަމީންވެސް ނިދަނީ މަންމަގެ ކޮޓަރީގައެވެ. އެހެންވުމާއިއެކު ޝަމްއާންގެ ކޮޓަރީގައި އޮންނަން ޖެހެނީ ޝަމްއާން އެކަންޏެވެ. ޝަމްއާން ހެދުން ބަދަލުކޮށްލައިގެން ގޮސް ނިދަން އޮށޯތެވެ. ނިދޭކަށް މާކަގިނަ އިރެއް ނުނެގިއެވެ. އެނދުގައި އޮށޯވެލިތަނާހެން ނިދިއްޖެއެވެ. އިރުކޮޅަކުން ޝަމްއާންއަށް ހޭލެވުނީ ކޮޓަރިތެރޭގައި ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ޝަމްއާން ލޯ ހުޅުވައި ބަލާލިއިރު ޒުމްރާ ކޮޓަރިތެރޭގައި އުޅެއެވެ. ޒުމްރާގެ ގާތުގައި ދަރިފުޅު ނަޒާހާވެސް އުޅެއެވެ. ޝަމްއާން އެނދުން ތެދުވުމާއިއެކު ކުޑަކުޑަ ނަޒާހާ ދުވެފައިގޮސް ޝަމްއާންގެ އުނގުތެރެއަށް ވަނެވެ. ޒުމްރާވެސް ގޮސް އެނދުގައި އިށީނެވެ.

” އޭ ކާކާ ތިވާހަކަ ދައްކަނީ؟ ” އަނެއްކާވެސް ޖިންނި ގެންގުޅެން ފެށީދޯ؟ ” ކުއްލިއަކަށް ޝަމްއާންގެ މަންމަ ސަކީނާ ކޮޓަރީގެ ދޮރުހުޅުވާލައިފައި އެތެރެއަށް ވަނެވެ.

” އާނ! ޖިންނީންނާއި މި ވާހަކަ ދައްކަނީ ” ޝަމްއާން ވަރަށް ކެރިހުރެ ޖަވާބު ދިނެވެ.

” ތިކަން އަހަރެން ބަލާނަން. ތިޔަ ގެންގުޅޭ ޖިންނީންތޯ މޮޅީ ނުވަތަ އަހަރެންތޯ މޮޅީ ” ކޮޓަރިން ނިކުންނަން ސަކީނާ ހިނގައިގަތެވެ. އެމަންޒަރު ބަލަން ހައިރާންވެފައި ކުޑަކުޑަ ނަޒާހާ އިނެވެ. ދަރިފުޅުގެ ގާތުގައި ރޮވިފައި ޒުމްރާ އިނެވެ.

” ކެތްކޮށްލާ ! މާދަމާ މިގެއަށް ޕެޓްރޯލް އަޅާ މުޅިގެ އަންދާލާނަން ” ޒުމްރާ ރޯން ފެށުމުން ޝަމްއާންގެ ރުޅި އިންތިހާއަށް ދިޔައެވެ.

” އަހަރެން މަރުވިއަސް އޯކޭ. އަހަރެންގެ ދަރިފުޅަށް ދެރަގޮތެއްވިޔަ ނުދޭތި ” ޒުމްރާ ގިސްލަމުން ބުނެލިއެވެ. ހެނދުނު ހޭލައިގެން ޝަމްއާން ސައިބޯން އިންދާ އަޑުއިވުނީ މާދަމާ އަނެއްކާވެސް ހަސަންފުޅު މިރަށަށް އަންނަ ވާހަކައެވެ. އެކަމާއި ޝަމްއާން ހިތްހަމަނުޖެހި ރުޅިވެސް ގަދަވިއެވެ. ނަމަވެސް މިފަހަރު ހަސަންފުޅު މިރަށަށް ގެންނަން އިސްނެގީ ޝަމްއާންގެ މައިންބަފައިންނެވެ.

*****

އަނެއްކާވެސް ދުވަސްތަކަކަށްފަހު ހަސަންފުޅު މިރަށަށް އަންނަނީއެވެ. ރަށުގެ ގިނަ ބަޔަކު ދިޔައީ އުފާކުރަމުންނެވެ. ނަމަވެސް ބައެއްމީހުން ބުނަމުން ދިޔައީ ހަސަންފުޅަކީ މަކަރުވެރިއެއް ކަމަށެވެ. އޭނާ ހެދި ފަންޑިތައިން އެއްވެސް ކަމެއްނުވާ ވާހަކައެވެ. އެބުނާ ޖިންނި ކުއްޖާވެސް ފެންނަންފެށީ ހަސަންފުޅު މިރަށް ޖިންނީންގެ ކިބައިން ރައްކާތެރިކޮށްފީމޭ ބުނިފަހުންނެވެ. ރައްކާތެރި ކުރިނަމަ އެބުނާ ޖިންނިން ނުފެންނާނެ ނޫންހެއްޔެވެ. ހަސަންފުޅު މިރަށަށް އައިދުވަހުގެ ރޭ ކިއެވެލި ކިޔަވަން ފަށައިފިއެވެ. ފުރަތަމަވެސް ކިޔަވަންފެށީ ޝަމްއާންމެން ގޭގައެވެ. ގޯތިތެރޭގައި ކުރިންވެސް ހަސަންފުޅު ގެންގުޅުނު ގުރޫޕް ގޮނޑިތަކުގައި އިށީނދެތިއްބެވެ. ހަސަންފުޅު އައިސް އެމީހުންގެ މެދަށްވާ ކަހަލަގޮތަކަށް އިށީނދެ ކިޔެވުން ފަށައިފިއެވެ. ޝަމްއާން އާއި އެނާގެ މަންމަ އާއި ބައްޕަވެސް ބައިވެރިވިއެވެ. ކިޔެވެލީގައި ޝަމްއާން ބައިވެރިވީތީ ސަކީނާމެން ތިބީ ވަރަށް އުފަލުންނެވެ.

” އަންނާނަން ގިފިއްޔަށް ވަދެލާފަ ” ޝަމްއާން ތެދުވެގެން ދަމުން ބުނެލިއެވެ. ނަމަވެސް އެކަމަށް ސަކީނާ ހުރަސްއެޅިއެވެ. ނަމަވެސް ޝަމްއާންގެ އާދޭހާއި އެކު ހުއްދަ ދިނެވެ. ޝަމްއާން އެދިޔަގޮތަށް ގޮސް ވަނީ ގިފިއްޔަށެވެ. ގިފިއްޔަށް ވަދެ ރަނގަޅަށް ތަންޑު އެޅުވުމަށްފަހު ފާރުމަތިން މަގުމައްޗަށް ފުންމާލައި ތުނޑިއާއި ދިމާލަށް ދުއްވައިގަތެވެ. ” އޭ މިއޮށް ފިލަނީ ޝަމްއާން ” މަގުމަތިން މީހަކު އެހެން ގޮވާލުމާއިއެކު ޝަމްއާން ހުއްޓުނެވެ. އަދި ބަލާކަށްނުހުރެ އައިސް އެމީހާ ކަރުގައި ހިފެހެއްޓިއެވެ. ގިނައިރުތަކެއް ނުވެ އެމީހާގެ ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެމީހާ ބިންމައްޗަށް ވެއްޓުމާއިއެކު އެމީހާ ދޫކޮށްލާފައި އަނެއްކާވެސް ތުނޑިއާއި ދިމާލަށް ދުއްވައިގެންފިއެވެ. ތުނޑިއާއި ހިސާބަށް ދެވުނު އިރު ޝަމްއާން ހުރީ ވަރުބަލިވެފައެވެ. މަޑުމަޑުންގޮސް ރާޅުޖަހާ ހިސާބުގައި އިށީނެވެ. ޒުމްރާގެ އިންތިޒާރުގައެވެ. ނަމަވެސް އެގޮތަށް މާގިނައިރެއް ހޭދަކުރާކަށް ނުޖެހުނެވެ. ޒުމްރާ އައިސް ޝަމްއާން ގާތުގައި އިށީނެވެ.

” ކޮބާ ދަރިފުޅު ނަޒާހާ” ޝަމްއާން އަށް ފުރަތަމަވެސް އަހާލެވުނީ ދަރިފުޅުގެ ވާހަކައެވެ.

” ގޭގައި ބައިންދާފައި މިއައީ. ކަލޭމެން އިންސާނުން ގާތަށް ދަރިފުޅު ގެންނާކަށް ހެޔޮނުވާނެ ” ޒުމްރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

” އެކަމަކު އެއީ އަހަރެންގެވެސް ދަރިއެއްނު ” ޝަމްއާން ޝަކުވާގެ ރާގުގައި ބުނެލިއެވެ.

” އެކަމެއް ނޭނގުނު. ތިއުޅެނީ އަހަރެމެން ދުނިޔެއިން ނައްތާލަން ވިއްޔާ ” ޒުމްރާ ޖަވާބު ދިނެވެ.

” ދެންވެސް މަންމަމެން ގާތުގައި ބުނެބަލަ ތިކަން ހުއްޓާލާށޭ ” ޝަމްއާން އަނގައިން ނުބުނުމުން އަނެއްކާވެސް ޒުމްރާ ވާހަކަ ދައްކަންފެށިއެވެ.

” ތިކަން ހުއްޓުވަން އަހަރެން ކިހިނެއް ހަދަންވީ؟ ” ޝަމްއާން ޒުމްރާގެ ގާތުގައި އެހިއެވެ.
” އެއަންނަނީ ޝަމްއާން ގެއްލިގެން ހޯދަން. އެމީހުން މާދަމާރޭ އަހަރެން މަރާލާނެ ” ޒުމްރާ ރޯންފެށިއެވެ.

ތެދެކެވެ. ހަސަންފުޅުގެ ފައުޖު ޝަމްއާންމެންނާއި ދިމާއަށް އާދެއެވެ. އަޑުހަރުކޮށް ކިޔަވަމުންނެވެ. ޝަމްއާންމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޒުމްރާވެސް ޝަމްއާން ދޫކޮށްލާފައި ދާކަށް ބޭނުމެއްނޫނެވެ. މިރެއަކީ އެމީހުންގެ އެންމެ ފަހުގެ ބައްދަލުވުން ކަމަށްވުމަކީ ވެސް ވެދާނެކަމެކެވެ. އެމީހުން އައިސް ޝަމްއާނުގެ އަތުގައި ހިފެހެއްޓިއެވެ. އެމީހުން ބޭނުންވީ ޝަމްއާން ގެންދާށެވެ. ހަސަންފުޅުމެންނަށް ޝަމްއާން ހިފެހެއްޓުނީ ހަމަކިރިޔާއެވެ. ޝަމްއާން ދޫކޮށްލުމަށް އެދި އޭނާ ރޮއެ އާދޭސްކުރިއެވެ. ނަމަވެސް އެމީހުން އެއަޑު އަހާކަށް ބޭނުމެއްނުވިއެވެ. އެމަންޒަރު ބަލަން ޒުމްރާ ދުރުގައި ރޮވިފައި ހުއްޓެވެ. ހަސަންފުޅުމެން ޝަމްއާން ގެނެސް ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި ބޭންދިއެވެ. ހަސަންފުޅު ޖެހިގެންހުރި ޖޯލީގައި އިށީނދެ ކިޔަވަންފެށިއެވެ. މާގިނައިރެއްނުވެ ޝަމްއާންވެސް ހަސަންފުޅުގެ ބަސް ޤަބޫލުކޮށް ގޭތެރެއަށްވަނެވެ. ޝަމްއާން ގޭތެރެއަށް ވަނުމުން އޭނާ ރަނގަޅަށް ބެލެހެއްޓުމަށް ސަކީނާގެ ގާތުގައި ހަސަންފުޅު އެދުނެވެ. ސަކީނާ ހުރީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ޝަމްއާންވެސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ނިދާލުމުގެ މަގްސަދުގައެވެ. ހަސަންފުޅާއި އޭނާގެ ގުރޫޕުން މިރޭގެ ކިޔެވެލި ނިންމާލުމަށްފަހު ގެއަށްދާން ހިނގައިގަތީ މާދަމާރޭވެސް ހަމަ މިގަޑިއަށް ޝަމްއާންމެން ގެއަށް އައުމަށެވެ. އެޒުވާން ކުދިން ހިނގައިގަތީ އެކި ދިމަދިމާލަށެވެ. އެމީހުންގެ ގެއަށް ދިއުމަށެވެ.

” އޭހުއްޓިބަލަ ! އަހަރެންމީ ކަލޭމެން މަރާލަން ތިއުޅޭ ޖިންނި ޒުމްރާ ” މިހެން ގޮވާލިއަޑަށް ޝިރުހާން ފަސްއެނބުރި ބަލާލިއެވެ. ޝިރުހާންއަކީ ކިޔެވެލި ކިޔަވާ ގުރޫޕުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. ޝިރުހާން ފަހަތް ބަލާލިއިރު ޒުމްރާ ޝިރުހާނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

” އާދެބަލަ މަރާލަން ” ޒުމްރާ ޝިރުހާންއާއި ދިމާލަށް ހިނގައިގެންފިއެވެ. ޝިރުހާން ދުއްވައިގަތީ ޒުމްރާ ޝިރުހާނާއި ވަރަށް ގާތަށް އައުމުންނެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ޒުމްރާ އައިސް ޝިރުހާނުގެ ކަރުގައި ހިފެހެއްޓިއެވެ. ޝިރުހާން ހަޅޭއްލަވައިގަތެވެ. ނަމަވެސް މިވަގުތު އޭނާގެ އަޑު އަހާނީ ކާކުހެއްޔެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

” އަހަރެން ދޫކޮށްލާ. އަހަރެން ދެން އެތަނަކަށް ނުދާނަން ” ޝިރުހާން އާދޭހާއި އެކު ބުނެލިއެވެ.

” ކަލޭމެން އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ ” ޒުމްރާ ޝިރުހާންގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ. ޝިރުހާން ތެޅިގެންފިއެވެ. އިރުކޮޅަކުން ހަބަރުހުސްވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ޒުމްރާގެ މަގްސަދު ހާސިލްވަމުންދަނީ އެވެ. އެގުރޫޕުގެ އެންމެން މެރުމަކީ ޒުމްރާގެ ބޭނުމަކަށް މިހާރުވަނީ ވެފައެވެ. ( ނުނިމޭ )

ފަރެސް އީމާންގެ ފޭސްބްކް facebook.com/fareseeman

ފަރެސް އީމާންގެ ޓްވިޓަރ twitter.com/fareseeman

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ފަރެސް އީމާން

Other Articles

Previous

ރޭޝަމް (12) – ފަހުބައި

Next

އެއީ ކީއްވެ..؟ 12 ވަނަ ބައި

Next
April 3, 2017

އެއީ ކީއްވެ..؟ 12 ވަނަ ބައި

Previews
April 3, 2017

ރޭޝަމް (12) – ފަހުބައި

8 Comments

  1. firu says:
    April 3, 2017 at 9:01 am

    reethi. ekm thankolheh kuree.

  2. maree says:
    April 3, 2017 at 9:32 am

    vvvvv reethi

  3. Naakko says:
    April 3, 2017 at 11:55 am

    Reethi haadha kurey dho

  4. Hajja says:
    April 3, 2017 at 1:30 pm

    Thankolheh avahah up kollaa…eyrun kuras ok vaane

  5. En says:
    April 4, 2017 at 3:21 pm

    Majaa vaahakaeh miii…

  6. Shai? says:
    April 4, 2017 at 7:46 pm

    Reethi bt its very short

  7. naaya says:
    April 5, 2017 at 7:36 am

    Mi vaahaka kiyailyma v hevey. Mee biruveri comedy vaahakaeh dhoa. Z?

  8. Shai?? says:
    July 30, 2019 at 8:37 pm

    V reethi.

Comments are closed.

All Right Reserved!