Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

މިލަހަނދުވަރު 7

ފަރެސް އީމާން Level 110 Stories
April 2, 2017 4 Mins Read
12 Comments

ކިޔެވެލި ކިޔަވައި ނިމުމާއިއެކު ސަކީނާމެންނާއިއެކު ހަސަންފުޅު ގޭތެރެއަށްވަނެވެ. ހަސަންފުޅަށް ވަދެވުނީ ސިޓިންގރޫމާއި ހިސާބަށެވެ. ކުއްލިއަކަށް ހަސަންފުޅުގެ ކުރިމައްޗަށް އައިސް ޖެހިގަތީ ޒުމްރާއެވެ.

“ކަލޭ މިގެއަށް ނުވަންނާތި” ޒުމްރާ ބުންޏެވެ.

“ވަންނާނަން. އަދި ކަލޭގެ ކިބައިން މިރަށްވެސް ސަލާމަތް ކުރާނަން” ހަސަންފުޅު ބުނެލިއެވެ. މިމަންޒަރު ބަލަން ޝަމްއާންގެ މަންމަ އާއި ބައްޕަ ތިއްބެވެ. ޒުމްރާ ކައިރި ޝަމްއާންގެ ދަރިފުޅު ޔަމީން ހުއްޓެވެ. ހަސަންފުޅު އެހުރި ދިމާލަށް ބިންމަތީގައި އިށީނެވެ. ޒުމްރާ ހުރެގެން ތެޅިފޮޅެނީއެވެ. ބަލާކަށް ނުހުރެ ޝަމްއާންގޮސް ހަސަންފުޅު ކަރުގައި ހިފިއެވެ. ހަސަންފުޅަށް ނޭވާލާން ދަތިވާވަރަށެވެ. ޝަމްއާންގެ ބައްޕަ ގޮސް އެދެމީހުން ދުރުކުރިއެވެ.

“މަންމާ މިމީހާ މިގެއިން ނެރޭ! ނޫނީ އަހަރެން މަރުވެދާނެ” ޒުމްރާ އާދޭސް ކުރަމުންދިޔައެވެ.

“ކީއްކުރަން؟ ކުރިން އަހަރެން ހީކުރީ ތިއީ އިންސާނެއް ކަމަށް. މިހާރު އެނގިއްޖެ ތިއީ މިރަށް ހަލާކުކުރާ ޖިންނިއެއްކަން” ސަކީނާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އަހަރެންގެ ފަރާތުން މަންމަމެންނަށް ކޮން އުނދަގުލެއްވީ؟ އެހެންމީހުން ގޮތަށް އަހަރެންވެސް މިއުޅެނީ” ޒުމްރާ ރޯންފެށިއެވެ.

“އޭ! ކޮންމެހެން ރޯނެކަމެއްނެތް. މިގެއިން ނިކުމެގެންދޭ” ޝަމްއާންގެ ބައްޕަ އަމުރުކުރިއެވެ.

ޝަމްއާން ގޮސް ޒުމްރާގެ ގައިގައި ބައްދާލިއެވެ. ޝަމްއާން ދުރުކުރުމަށް ސަކީނާ މަސައްކަތް ކުރަމުންދިޔައެވެ. އެމަންޒަރު ބަލަން ޒުމްރާގެ ގާތުގައި ޝަމްއާންގެ ދަރިފުޅު ޔަމީން ހުއްޓެވެ.

“އޯކޭ. އަހަރެން މިދަނީ. އަދި އަހަރެން މަރާވެސްލެވިދާނެ. އެކަމަކު އަހަރެންގެ އާއިލާއިން އެކަމުގެ ބަދަލު ހިފާނެ”

“ބޭކާރު އަނގަ ނުތަޅާ ދެން ދާންއުޅޭ” ސަކީނާ އަނެއްކާވެސް ބުނެލިއެވެ.

“މަންމާ.. އަހަރެންގެ ބަނޑުގައި ޝަމްއާންގެ ދަރިއެއްވެސް އެބައޮތް” ޒުމްރާ މަރުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ޒުމްރާ އެހެން ބުނުމާއިއެކު ސަކީނާ ޖެހިލުންވިއެވެ.

” ކޮން ދަރިއެއް؟ އަހަރެމެން ޖިންނި ދަރިއެއް ބޭނުމެއްނޫން ” ޝަމްއާންގެ ބައްޕަ ރުޅިގަދަވިއެވެ. އެއިރުވެސް ހަސަންފުޅު ކިޔެވެލި ކުރިއަށް ގެންދިޔައެވެ.

” ބައްޕާ ! މަގޭ ދަރިވެސް މަރާލަންތަ ތިޔައުޅެނީ؟ ” ޝަމްއާންވެސް ރޯންފެށިއެވެ.

ދެން ފެނުނީ އަލިފާންގަނޑެއް ރޯވިހެން ރޯވެފައި ޒުމްރާ ގެއްލުނުތަނެވެ. ހަމައެއާއިއެކު ޝަމްއާންވެސް ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. އެންމެން ވެގެން ޝަމްއާން ނަގައިގެން ގޮސް ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. އެއިރު ކޮޓަރިތެރެވަނީ އެފުށްމިފުށަށް ޖަހައިފައެވެ. ޝަމްއާން ހޭވެރިކަންވޭތޯ ހަސަންފުޅު މަސައްކަތް ކުރަމުންދިޔައެވެ.

” ކޮބާ ދެން މިކަންވެސް މިނިމުނީދޯ؟ ” ޝަމްއާންގެ ބައްޕަ ހަސަންފުޅާއި ސުވާލުކުރިއެވެ.

” އާނ.. އެކަމަކު އަދިވެސް ބިރުއެބައޮތް. ސަބަބަކީ އެނާ އެބުނާ ކުއްޖާ ދުނިޔެއަށް އުފަންވެއްޖެއްޔާ ބަދަލުހިފާފާނެތީ ” ހަސަންފުޅު ބުނެލިއެވެ.

” އެކުއްޖާވެސް މަރަމާ؟ ” ޝަމްއާންގެ ބައްޕަ ރަހުމްކުޑަކަމާއިއެކު ބުންޏެވެ.

ދެން އެކަމާއި ނުވިސްނުމަށްބުނެ ޝަމްއާންއަށް ހޭވެރިކަންވުމުން ހަސަންފުޅު ގެއަށްދާން ހިނގައިގަތެވެ. ހަސަންފުޅު ދިއުމާއިއެކު ޝަމްއާން ރޯންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ލޯބިންކުރި ކައިވެނި ރޫޅައިލީތާއެވެ.

” މަންމާ.. އެއީ ޖިންނިއެއް ކަމަކު ޒުމްރާ ކިހާ ރަނގަޅު ” ޝަމްއާން އޭނާގެ މަންމައަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. އެވަގުތު ޝަމްއާންގެ މައިންބަފައިންގެ ހިތުގައި އެއްވެސް ކަހަލަ ކުލުނެއް ރަހުމެއް ހަމްދަރުދީއެއް ނެތްކަހަލައެވެ.

” ހެޔޮ ޖިންނިއެއްވިޔަސް އިންސާނެއްވިޔަސް. ދެން ޒުމްރާއަކަށް ލާހިކެއްނޫން މިގެއަށް ކީއްކުރަން.. މިދުނިޔެއަށްވެސް އަންނަން ” ސަކީނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

ހެނދުނު އިރުއެރި އިރު މުޅިރަށުގައި އޮތީ އެނާމާންކަމުން އެރަށް ސަލާމަތްވިވާހަކައެވެ. މުޅި ރަށުގައިވެސްވަނީ އުފާވެރިކަމެވެ. ރޭގަނޑު އެކަނި ގެއިން ބޭރަށް ނިކުމެލުމުގެ އުފާ ދުވަސްތަކަކަށްފަހު ވަނީ ލިބިފައެވެ. އެހުރިހާ ޝުކުރެއް އެމީހުން އަދާކުރަނީ ހަސަންފުޅަށެވެ. ހަސަންފުޅު އެކުރި ހިތްވަރު ނުކުރިނަމަ މިދުވަހެއް ނައިހެވެ.

ދުވަސްތަކަކަށްފަހު ހަސަންފުޅު އެރަށް ދޫކޮށް ފުރަން އޮތް ދުވަހެވެ. ރަށުގެ ކުދިބޮޑު އެންމެން ތައްޔާރުވަމުން ދިޔައީ ހަސަންފުޅަށް އަލްވަދާޢު ކިޔުމަށެވެ. އަތިރިމަތީގައި ރަށުގެ ރައްޔިތުން އެތުރިލައިގެން ތިބިއިރު ހީވީ ދަޢުލަތުގެ އިސްބޭފުޅަކު ވަޑައިގަންނަވަން އުޅޭހެންނެވެ. ހަސަންފުޅު ދޯންޏަށް އެރިއިރު ރަށުގެ ރައްޔިތުންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ހަސަންފުޅު އެރަށަށް އެކޮށްލަދިން ކަންތައް އެރަށުގެ މީހުންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ހަސަންފުޅު ފުރުމާއި އެކު ކުދިބޮޑު އެންމެން އެމީހުންގެ ގެއަށް ހަސަންފުޅަށް ޝުކުރުވެރި ހިތަކާއިގެންނެވެ. ކުރިން އެމީހުން އުޅެމުންދިޔަ ދިރިއުޅުމަށް ރުޖޫޢަވެވޭތީ އެކަމާއި އުފަލުންނެވެ.

ދުވަސްތަކަކަށްފަހު ރަށުގައި އޮތް އުފާވެރިކަން އަނެއްކާވެސް ގެއްލި ބިރުވެރިކަމަކަށް ބަދަލުވާންފެށީ ބައެއް މީހުންނަށް ރަށުގެ އެކި ދިމަދިމާލުން ގޮތްނޭނގޭ ކުޑަކުއްޖެއް ފެންނަން ފެށުމުންނެވެ. އެކަމަކު ރަށުގައި އެއްވެސް ކަހަލަ ނާމާންކަމެއް ނެތެވެ. އެބުނާ ކުޑަކުއްޖާގެ ފަރާތުންވެސް އެއްވެސް މީހަކަށް ގޯނާއެއް ނުވެއެވެ. އެހެންކަމުން ރަށުގެ ބައެއް މީހުން އެކަމެއް ޤަބޫލެއްނުކުރިއެވެ. ސަބަބަކީ އެބުނާ ކުޑަކުއްޖާ ފެންނަނީ ވަކި ބަޔަކަށް ވަކި ގަޑިތަކެއްގައި ކަމަށްވާތީއެވެ. އަދި އެކުޑަކުއްޖާގެ ފަރާތުން އެއްވެސް މީހަކަށް ގޯނާއެއް ނުކުރުމަކީވެސް ބައެއް މީހުންނަށް އެކަން ޤަބޫލުކުރަން ދަތިވި ސަބަބަކަށެވެ. އަދި ހަސަންފުޅު އެހާ ޔަގީންކަންދީފައި އޮއްވާ އެކަހަލަ ކަމެއް ނުހިގާނެކަމަށް އެމީހުން ދިޔައީ ޤަބޫލުކުރަމުންނެވެ. އެބުނާ ޖިންނި ޒުމްރާ އަވަލައިގެން އުޅުނު ޝަމްޢާން ވެސް މިހާރުވަނީ ހަމައަކަށް އެޅިފައެވެ. އެއާއިލާއާއި ރަށުގެ ރައްޔިތުންނާ އަދިވެސް ގުޅުން އޮވެއެވެ.

ހުކުރުދުވަހުގެ ހަވިރު ވަގުތެވެ. ސަކީނާ އިނީ ޝަމްއާންގެ ދަރިފުޅު އުރާލައިގެން ބޭރު ޖޯލިފަތީގައެވެ. އެހެންދުވަސް ދުވަހާއި ޚިލާފަށް މިއަދު ޝަމްއާންގެ ދަރިފުޅު ޔަމީން ހަލަބޮލިކަން ސަކީނާއަށް ފާހަގަކުރެވުނެވެ. އެހެންދުވަސްދުވަހާއި ޚިލާފަށް މިއަދު މާ އުފާވެފައި ހުރިތަން ސަކީނާ ދުއްޓެވެ. އެކަމާއި ސަކީނާ ވަރަށް އުފާވިއެވެ. ނަމަވެސް ޔަމީން ބޭނުންވަނީ އެކަނި އުޅުމަށެވެ. ޔަމީން އާއި އެއްވެސް މީހަކު ބައިވެރިވުމަށް އެނާ ބޭނުމެއްނުވެއެވެ. އެކަނި ހުރެ ވާހަކަ ދެއްކުމާއި ހުނުން މިއީ މިއަދު ޚާއްސަ ކަމެކެވެ. ޝަމްއާންވެސް ގޯތިތެރެއަށް ނިކުމެ ދަރިފުޅުގެ މަޖަލުގައި ބައިވެރިވިއެވެ.

” މިހާރު އިރުއޮއްސެނީ. އާދޭ އެތެރެއަށް. މަންމަވެސް މިދަނީ ޔަމީން ގޮވައިގެން ގޭތެރެއަށް ” ސަކީނާ ގޭތެރެއަށްދާން ހިނގައިގަތެވެ.

” ވަރަށް ނަލަ ވައިރޯޅިއެއް އެބަޖެހޭ. އެހެންވީމާ އިރުކޮޅަކުން ދާނަން ” ޝަމްއާން މަންމައަށް ޖަވާބު ދިނެވެ. ޝަމްއާން އަށް އެވައިރޯޅީގެ އަރާމުކަމުން ލޯމެރުނެވެ. ނިދާލަން ބޭނުންވިއެވެ. ނަމަވެސް ޝަމްއާން ސިއްސައިގެން ދިޔައީ ޔަމީން ގޮވާލި އަޑަށެވެ. އަވަހަށް ތެދުވެ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހީވިގޮތެއްކަމަށް ބަލައި އަނެއްކާވެސް ޖޯލީގައި އިށީނެވެ. ދެވަނަ ފަހަރަކަށްވެސް ޝަމްއާން ސިއްސައިގެން ދިޔައީ ކައިރީގައި މީހަކު އުޅޭހެން ހީވެގެންނެވެ. އަވަހަށް ތެދުވެ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ޝަމްއާން އަވަސްވެގަތީ ގޭތެރެއަށް ވަނުމަށެވެ.

” ޝަމްއާން މަޑުކޮށްބަލަ ” ޝަމްއާން ހުއްޓުނީ ޒުމްރާގެ އަޑު ޝަމްއާންގެ ކަންފަތުގައި ޖެހުމުންނެވެ. ޝަމްއާން ފަހަތަށް އެނބުރި ބަލައިލިއިރު ޒުމްރާ އާއި ކުޑަކުއްޖަކު ޝަމްއާން އާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ޝަމްއާން ދުވެފައި ކަހަލަ ގޮތަކަށްގޮސް އެކުޑަކުއްޖާ އުރައިލިއެވެ.

” ތިއީ ޝަމްއާންގެ ދަރިއެއް. އަހަރެން މަރުވިއަސް ދަރިފުޅު ބަލައިދޭތި ” ޒުމްރާ ޝަމްއާންއާއި ވާހަކަ ދެއްކިއެވެ.

އެވަގުތަކީ ސަކީނާވެސް ބޭރަށްނިކުތް ވަގުތެވެ. ސަކީނާ އަންނަނީ ޝަމްއާންމެންނާއި ދިމާލަށެވެ.

” އަހަރެން ދަނީ. އެކަމަކު ދަރިފުޅު އަބަދުވެސް މިގޭގައި ހުންނާނެ ” ޒުމްރާ ދާން އަވަސްވެގަތެވެ.

” މަޑުކޮއްބަލަ ” ޝަމްއާން ޒުމްރާ ހުއްޓުވޭތޯ ބެލިއެވެ.

” ދެން ދަނީ. އެކަމަކު ކޮންމެ ރެއަކު އަހަރެން އަންނާނަން ” އެހެން ބުނެފައި ޒުމްރާ ގެއްލުނެވެ.

ސަކީނަ އައިސް ޝަމްއާން ގޮވައިގެން ގޭތެރެއަށް ވަނެވެ. އެއިރު ޝަމްއާންގެ ލޯ ހުއްޓިފައިހުރީ ގޯތިތެރޭގައި ހުރި ޖޯލިފައްޗާއި ދިމާލަށެވެ.

” ހާދަ ހޫނޭ މިރޭ. އަންނާނަން ޖޯލިފަތީގައި އޮށޯވެލާފައި ” ޝަމްއާން ބޭރަށްދާން ހިނގައިގަތެވެ.

” ނޫނޭ މިހާރު އިރުއޮއްސުނީ. ދެންދާނެކަމެއްނެތް ” ސަކީނާ ބުނެލިއެވެ.

” އަދިވެސް މަންމަ ހީކުރަނީ އަހަރެން މިއީ ކުޑަކުއްޖެއްކަމަށްދޯ ” ޝަމްއާން ޖަވާބު ދިނެވެ. ޝަމްއާން ދިޔަގޮތަށްގޮސް ޖޯލިފަތީގައި އޮށޯތެވެ. މަންމަ ބުނާ އެއްޗެއް އަޑުނީވޭ ކަހަލައެވެ. ނުވަތަ އަޑުއަހަން ބޭނުންނުވާ ކަހަލައެވެ. ޝަމްއާން ގޯތިތެރެއަށް ނިކުތުމުން ސަކީނާ އެކަމާއި އަޅައެއްނުލިއެވެ. ޝަމްއާން ގޮސް ޖޯލިފަތީގައި އޮށޯވެލިތަނާހެން ޒުމްރާވެސް އައިސް އިށީނެވެ. ޒުމްރާއާއި އެކީގައި ދަރިފުޅުވެސް އައެވެ.

” ހާދަ އަވަހަށް ތިއައީ ” ޝަމްއާން ޒުމްރާއާއި ސުވާލުކުރިއެވެ.

” އާނ. އަހަރެމެންނަށް ކެތެއް ނުކުރެވެޔޭ ކަލޭމެން އިންސާނުން ކެތްކުރާ ވަރަށް ” ޒުމްރާ ޖަވާބު ދިނެވެ.

” ކޮބާ ކޮންނަމެއް އަހަރެންގެ މިދަރިފުޅަށް ކިޔަނީ؟ ” ޝަމްއާން ސުވާލުކުރިއެވެ.

” ނަޒާހާ. މިއީ އަންހެން ކުއްޖަކަށް ކިޔަން ކިހާ ރީތިނަމެއްދޯ ” ޒުމްރާ ހީލިއެވެ.

ޝަމްއާން އުފަލުންގޮސް ދަރިފުޅު ގައިގައި ބައްދައިލިއެވެ. ނަމަވެސް އެއުފާވެރިކަމަށް ނިމުމެއް ގެނައީ ސަކީނާގެ އަޑުންނެވެ.

” އެކަނި އިނދެގެން ކޮންވާހަކައެއްތަ ތިދައްކަނީ؟ ” ސަކީނާ ބުނެލިއެވެ.

” އަހަރެންގެ ފެމެލީއާއި ” ޝަމްއާންއަށް ބޭއިޚްތިޔަރުގައި ބުނެލެވުނެވެ.

” މިތާ ނެތެއްނު އިތުރުބައެއް ” ސަކީނާ އަނެއްކާވެސް ބުނެލިއެވެ.

އެވަގުތު ޒުމްރާއާއި ދަރިފުޅު ނަޒާހާ ޖޯލިފަތީގައި ތިއްބެވެ.

” މަންމައަށް ހީވަނީ ދަރިފުޅު އަނެއްކާވެސް ކުޅިގަނޑެއް ކުޅޭހެން ” ސަކީނާ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.

” މަންމައަށް އަބަދުވެސް ހީވާނީ ތިހެން ” ޝަމްއާން ނޫންކަމަށް ހެދުނެވެ.

” އާދޭ ދެންވެސް ގޭތެރެއަށް. އެހެންނޫނީ ޖިންނި އަނެއްކާވެސް އަވަލަފާނެ ” އެހެން ބުނެފައި ޝަމްއާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޝަމްއާން ދާން ހިނގައިގަތުމާއިއެކު ޒުމްރާވެސް ޝަމްއާންގެ އަތުގައި ހިފެހެއްޓިއެވެ.

” ދާނެކަމެއް ނެތް ” ޒުމްރާ ޝަމްއާން ދިޔަ ނުދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ސަކީނާ ޝަމްއާންގެ އަތުގައި ހިފައިގެންގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ޒުމްރާއަށް ހުރީ ރޮވިފައެވެ. ޝަމްއާން ބޭރަށް ނިކުމޭތޯ ޒުމްރާ އިރުކޮޅަކު މަޑުކޮށްލިއެވެ. ނަމަވެސް ޝަމްއާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. ޒުމްރާ މާޔޫސްވެ އިންސާނުން މަތިން ފޫހިވިއެވެ. ނަމަވެސް ކުރާނި ކީއްހެއްޔެވެ. ޒުމްރާގެ ގާތުގައި ހުރީ އިންސާނެއްގެ ދަރިއެކެވެ. ކޮންމެގޮތެއް ވިއަސް ދަރިފުޅު ބައްޕައާއި ދުރުކުރާކަށް ޒުމްރާ ބޭނުމެއްނުވިއެވެ.  ( ނުނިމޭ )

ފަރެސް އީމާންގެ ފޭސްބްކް facebook.com/fareseeman

ފަރެސް އީމާންގެ ޓްވިޓަރ twitter.com/fareseeman

Share Article

Follow Me Written By

ފަރެސް އީމާން

Level 110 Stories

Other Articles

Previous

ރޭޝަމް (11)

Next

ހާސިލް ނުވި ލޯބި ޓްރެއިލާރ

Next
April 2, 2017

ހާސިލް ނުވި ލޯބި ޓްރެއިލާރ

Previews
April 2, 2017

ރޭޝަމް (11)

12 Comments!

  1. mnnm says:
    April 2, 2017 at 9:38 am

    pis pis mi dhen alhe vaahaka eh tha?

    1. Sweetie says:
      April 2, 2017 at 9:52 am

      Eemaan adhi vaahaka liyan dhaskuraneeyey. Thihen nukiyaa hivvaru dheebala. Adhi molhu vaahaves liyeveyneyey.
      Massalayakee thee ehnu. Abadhuves Ameethaabu. Ehen meehaku ulhey filmeh molheh nuvaane. ???

    2. mnnm says:
      April 2, 2017 at 11:22 am

      Mashah hadi v ma hadi vaahaka mibuny.. negative comments vs libeyne kan visnan vaane.. every negative comment means kuriah alhan libey fiyavalheke ei.. bt ekamaa visnaaliyaa dhw

  2. Ibu says:
    April 2, 2017 at 10:57 am

    This story is interesting. Would like to read what happens next. Eki meehunah hunnaanee eki reethi. Keep it up dear Eiman

  3. whatever says:
    April 2, 2017 at 11:48 am

    ‘mnnm’ komme dhuvahaku vaahaka kiyaanee reethi veema thaa dhoa?? vaahaka kiyaa nimuneema ‘mi dhen vaahaka eh’ hey bunan vee keevve baa? 🙂

  4. Alex says:
    April 2, 2017 at 1:22 pm

    No one is perfect kan ves visnan vaane.. Btw vaahaka vrh reeethi.. Keep it up..

  5. Shai? says:
    April 2, 2017 at 1:59 pm

    Vrh salhi

  6. maree says:
    April 2, 2017 at 2:00 pm

    vvvv reethi

  7. Bluish says:
    April 2, 2017 at 4:13 pm

    I think ma direct kon genahsa hunnani ,than kolhei interesting kohlan sifakurun gina kohlaafa , v kiyaahihvaa gothakah genahsihya v salhivaane . Keep it up ❤

    1. imagination says:
      April 2, 2017 at 8:12 pm

      agreed

  8. Spencer Nern says:
    April 2, 2017 at 9:08 pm

    Vrh salhi .. Keep it up.. ????❤❤??

  9. Amin says:
    April 3, 2017 at 2:17 am

    This story makes me laugh

    Keep going eiman. Its a fact that this story is childish which doesn’t mean v readers have to discourage the writer. In fact we have to encourage them as they are the people who r entertaining us through these stories.. No one is perfect but gradually everyone will make it. We have to encourage them n keep them going.. I hope one day u will b a good writer eman 🙂

Comments are closed.


All Right Reserved!