Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (6)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 12, 2017 7 Mins Read
78 Comments

ރުކާން ގޮސް އެނދުގައި އޮށޯވެ ލޯމަރާލީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާއަށް އާދަޔާ ޚިލާފު ހޫނެއް އެބަވެއެވެ. އެހެންކަމުން އޭނާ ނިދުމުގެ ކުރިން ފެންވަރާލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ތެދުވުމުގެ ކުރިން އެނދުގެ އަނެއް ފަރާތަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ އެތެރެހަށީގައި ނޭވާ ތާށިވީހެން ހީވިއެވެ. އޭނާއަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. މިއުވާންގެ ގައިން ދުން އަރަމުން ދިޔައިރު ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އަތަށް ވާންވެ ކަށިތައް އަރާފައިވާއިރު މަޑުމަޑުން ސިފަ ބަދަލުވަމުން ދިޔައެވެ. ގައިން ހުޅުނބުތަކެއް ފަޅަމުން ހަށިގަނޑު ފުފެމުން ދިޔަގޮތުން މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހެޔަށް ގޮތްނުވެ ނުދާނެއެވެ.

އިރުކޮޅަކުން މިއުވާންގެ ހަށިގަނޑު ހިމޭންވެއްޖެއެވެ. ރުކާން ހުރީ ބިރުން ގުޑިލާންވެސް ނުކެރިފައެވެ. ކުއްލިއަކަށް މިއުވާން ތެދުވުމުން ރުކާންއަށް ސިހިފައި ފަހަތަށް ޖެހެވުނެވެ. އޭރު މިއުވާންގެ ސިފަ ވަނީ އެއްކޮށް ބަދަލުވެފައެވެ. މިއުވާން ތެދުވި ގޮތަށް އޭނާއާ ދިމާއަށް ބަލާލުމުން ރުކާންއަށް ބިރުން ހިންދިރުވާލެވުނެވެ. އޭނާއަށް ދެކަމު ނުދެވުނީވެސް ކިރިޔާއެވެ. އޭނާގެ ކުރިމަތީ މިހާރު އެހުރީ މިއުވާންއެކޭ އެކަކުވެސް ނުބުނާނެއެވެ. އެއީ އިންސާނެއް ނޫނެވެ. އެދެލޯ ހީވަނީ އަލިފާންކޮޅެއްހެންނެވެ. މޫނާއި ހަށިގަނޑު އެއްކޮށް ފުރިފައިވަނީ ހުޅުނބުންނެވެ. އެ ބިރުވެރި ސޫރަ އޭނާއާ ދިމާއަށް ހިނގައިގަތުމުން ރުކާންއަށް ފަހަތަށް ޖެހެވެން ފެށުނެވެ. އޭތި ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ރުކާންއަށް ފަހަތަށް ޖެހެވެއެވެ. ސަލާމަތަށް އެދި ހަޅޭއްލަވަން ކުރި މަސައްކަތް ބޭކާރުވީ އަޑު ބޭރުނުވުމުންނެވެ. ހީވަނީ ދުލުގައި ގޮށެއް ޖެހިފައިވާހެންނެވެ. ފަހަތަށް ޖެހެމުން ދިޔަ ރުކާންއަށް ހުއްޓެން މަޖުބޫރުވީ ފާރުގައި ލައްވެވުމުންނެވެ. އޭތި ރުކާންއާ ދިމާއަށް ބަލާލާފައި ބިރުވެރި އަޑަކުން ހޭން ފެށިއެވެ. އޭރު އޭތި ހުރީ ރުކާންއާ ގާތްގަނޑަކަށް ފަސްވަރަކަށް ފޫޓް ދުރުގައެވެ. އޭތި ކުއްލި ހަރަކާތަކާއެކު އަތް ދިއްކޮށްލީ އޭނާއާ ދިމާއަށެވެ. އޭތީގެ ބޮޑު އަތްތިލައިގެ އިނގިލިތަކުގެ ކޮޅު މަހެއްގެ ނިގޫކޮޅުހެން ހުރިއިރު މެދުން ފަޅާފައިވާ ދިގު، ތޫނު ނިޔަފަތިތައް ފެނިފައި ވަގުތުން ރުކާން އަނބުރައިގަތެވެ.

އެއްޗެއް ވެއްޓި ޖެހުނު އަޑަށް އެއްވެސް ފިކުރެއްނެތި، ފާޚާނާގައި ފެންވަރަން ހުރި މިއުވާން ދިޔައީ ސިއްސައިގެންނެވެ. އަޑު އައީ ކޮޓަރިތެރެއިންހެން އޭނާއަށް ހީވިއެވެ. އޭނާ ފެންވަރަން ވަތްއިރު ރުކާން އޮތީ ނިދާފައެވެ. އެހެންވީއިރު ކޮޓަރި ތެރެއިން އެހާ ގަދަ އަޑެއް ކިޔަންވީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ. އެވާނީ އޭނާއަށް ހީވި ގޮތެއްކަމަށް ނިންމާފައި އަނެއްކާވެސް ފެންވަރަން ފެށިއެވެ.

“ވާން!” ރުކާންއަށް ހަޅޭއްލަވައިގެންފައި ނިދިން ހޭލެވުނެވެ. އޭރު މުޅިމީހާ ދަލުން ފެންވެރިފައިވާއިރު މާނޭވާ ލެވެމުން ދިޔައެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ހީވަނީ މޭފަޅާލާފައި ނުކުމެދާނެހެންނެވެ. އޭރު މިއުވާން ހުރީ ފެންވަރައިގެން ނުކުމެ އޭނާ ނިދަންލާ ސޯޓު ލާށެވެ.

“ރުކޫ! ކިހިނެއްވީ؟” ކުއްލިއަކަށް މިއުވާންގެ އަޑު އިވުމުން ރުކާން ސިހުނެވެ. ރުކާންއަށް ދެލޯ ބޮޑުކޮށްލައިގެން މިއުވާންއަށް ބަލަން އިނދެވުނީ ބިރުންނެވެ. މިއުވާންއަކީ އިންސާނެއް ނޫންކަން އޭނާއަށް އެވަނީ ޔަޤީންވެފައެވެ. މިއުވާންގެ ސިފަ ބަދަލުވީ އޭނާގެ ކުރިމަތީގައެވެ. ނަމަވެސް މިހާރު މިއުވާންގެ މޫނަކުންވެސް މީގެ އިރުކޮޅެއް ކުރިން ފެނުނުފަދަ އެއްވެސް އަސަރެއް ނެތެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އިންދާ މިއުވާން އޭނާ ގައިގައި ކޮށްޓާލުމާއެކު ސިހުނުވަރުން އެނދުން ނުވެއްޓުނީވެސް ކިރިޔާއެވެ.

“ކިހިނެއްވީ؟ ބިރުވެރި ހުވަފެނެއް ފެނުނީ ދޯ؟ ޝަހާދަތް ނުކިޔާ ނިދަންޏާ ފާޑުފާޑު ހުވަފެންވެސް ފެންނާނެ.” މިއުވާން އެހެން ބުނެލުމުން ރުކާން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެ ފެނުނީ ހަމަ ހުވަފެނެއް ހެއްޔެވެ؟ އެކަމަކު ހަޤީޤަތާ ހާދަ ވައްތަރެވެ. ހީވަނީ ހަމަ އެވަގުތު އެތަނުގައި ހިނގި ކަމެއްހެންނެވެ. އޭނާގެ ހިތް ބުނަނީ އެއީ ހުވަފެނެއް ނޫންކަމުގައެވެ. ނަމަވެސް އެންމެފަހުން އެއީ ހުވަފެނެއްކަމަށް އޭނާ ނިންމީ އޭނާ އެވާހަކަ ބުންޏަސް އެކަކުވެސް އެވާހަކަ ޤަބޫލުނުކުރާނެކަން އެނގޭތީއެވެ.

“އަން. ދެން އެކަމާ ނުވިސްނާ މި ފެންތަށި ބޯލައިގެން ޝަހާދަތާ ކުރުސި ކިޔާލައިގެން އަވަހަށް ނިދާލާ އިނގޭ.” މިއުވާން ފެންތަށްޓެއް ދިއްކޮށްލަމުން ބުނެލިއެވެ. ރުކާން ތަށީގައި ތުންޖަހައި އެއްފަހަރުން ހުސްކޮށްލިއެވެ. އެވަރުންވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނުވިސްނާށޭ ބުންޏަސް އެކަމާ ވިސްނެނީއެވެ. އެކަން ވާނީވެސް އެހެންނެވެ. ކަމެއް ދިމާނުވާ މީހަކަށް އެކަމެއް ދިމާވި މީހާ ގާތުގައި އެކަމާ ނުވިސްނާ ހަނދާން ނައްތާލާށޭ ބުނަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން އެނގޭނީ އެފަދަ ކަމެއް ދިމާވެފައި ހުރި މީހަކަށެވެ. ނޫންނަމަ މިހުރިހާ ދުވަސްވީއިރު މިއުވާންއަށް އިއުނާސް މަތިން ހަނދާން ނައްތާލެވެން ޖެހޭނެނޫންހޭ ރުކާންގެ ހިތަށްއެރިއެވެ.

ރުކާންއަށް އެރޭ އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ހަމަ ލޯމަރާލާއިރަށް އެ ބިރުވެރި ސޫރަ ހިތަށް ސިފަވަނީއެވެ. ފަތިސްވީވެސް އޭނާ އެހާލެއްގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. މިއުވާން ފަތިސް ނަމާދަށް ދިއުމުން ރުކާން އޮށޯވެލީ އިރުއަރަންދެން ކުޑަކޮށް ނިދާލާށެވެ. އޭރު އޭނާގެ ބޮލުގައިވެސް ރިއްސަމުން ދިޔައީ ނުހަނު ބޮޑަށެވެ. ނަމަވެސް އެހެން އޮވެއޮވެވެސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ތެދުވެގެން ގޮސް އަލަމާރީގެ ތަޅުލާ ވަތްގަނޑު ހުޅުވާފައި ނެގީ ނިދާ ބޭސްގުޅައެކެވެ. އޭނާ އެވަތްގަނޑަށް ނިދާބޭސްފުޅި ލައިގެން އުޅެނީ މިއުވާންއަށް އޭނާ އެ ކާތަން ފެނިއްޖެއްޔާ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. އެއީ ވޭތުވެދިޔަ ފަސްއަހަރުވެސް އޭނާ ނިދާބޭސް ކާތަން މަދުން ނަމަވެސް މިއުވާންއަށް ފެނިގެން ވަރަށް ހިތްހަމަނުޖެހިގެން ވާހަކަދައްކާފައި ވާތީއެވެ. ބޭސްގުޅަ ކާލައިގެން އައިސް އެނދުގައި އޮށޯވެ މާގިނައިރެއް ނުވެ ބޭހުގެ އަސަރުކޮށް އޭނާގެ ދެލޯ މެރިއްޖެއެވެ.

ރުކާންއަށް ހޭލެވުނީ މިއުވާން ގޮވުމުންނެވެ. އޭނާ ވަރުބަލިކަމާއެކު ލޯހުޅުވާލަމުން ގަޑި ބަލާލުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ގަޑިން ދިހައެއް ޖަހާފައިވާތަން ފެނުމުންނެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ. ދެލޮލުން ހޫނު އަރަމުން ދިޔައިރު އޭނާއަށް އާދަޔާ ޚިލާފު ވަރުބަލިކަމަކާއި ލޮޑުކަމެއް އިހުސާސްކުރެވުނެވެ.

“ރުކޫ! އަވަހަށް ތެދުވޭ ސައި ބޮއިގެން ބޭސްކާން.” މިއުވާން އެހެން ބުނެލުމުން ހައިރާންވެފައި ރުކާންއަށް ކޮން ބޭހެއްހޭ އަހާލެވުނެވެ.

“ހުން އައިސްފަ އޮންނައިރު ބޭސް ކެއިމައެއްނު އަވަހަށް ރަނގަޅުވާނީ.” މިއުވާން އެހެން ބުނެލުމުން ރުކާންއަށް އޭނާގެ ކަރުގައި އަތް ޖައްސާލެވުނެވެ. ތެދެކެވެ. ހާދަ ހުންގަދައެވެ. ހައްތަހާވެސް ރޭގެ ކަންތަކެވެ. އޭނާއަށް މާބޮޑަށް އެހާދިސާއާ ދޭތެރޭ ވިސްނެނީއެވެ. ރުކާން ތެދުވަން އުޅޭއިރަށް ބޮލުގައި ރިއްސައިގަނެއެވެ. އެންމެފަހުން އޭނާ މިއުވާން ގާތުގައި އޭނާއަށް ނުތެދުވެވޭނެ ވާހަކަ ބުންޏެވެ. އެހެންކަމުން މިއުވާން ބަދިގެއަށް ގޮސް އޭނާގެ މަންމަ ގާތުގައި އެވާހަކަ ބުންޏެވެ. އިރުކޮޅެއް ފަހުން މުނީޒާ އައީ ބިސްގަނޑަކާއި ކިރުތަށްޓެއް ހިފައިގެންނެވެ.

“ދަރިފުޅާ! އަވަހަށް ހިނގާ ސައިބޮމާ ދޯ.” މުނީޒާ އޭނާ ގެނައި ދެތަށި ސޯފާ ކައިރީ ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. އެއަށްފަހު އެމޭޒު ގެނެސް އެނދާއި ކައިރިކޮށްލަދިނެވެ. އަދި ރުކާންގެ ބޯދަށަށް އަތްލައްވާލާ ރުކާން ތެދުވުމަށް އެހީތެރިވެދިނެވެ. ރުކާން ތެދުވުމާއެކު ބޮލުގައި އަތް އަޅާލީ ރިއްސައިގަތް ވަރުންނެވެ.

“ބަލިވީމަ ވަރަށް ހިތްވަރު ކުރަންވާނެ. އެހެންނޫނީ ހައްތަހާ ބަލިވާނީ. ބަލިވީމަ ކާއެއްޗެހި ނުބައިވެސްވާނެ. އެކަމަކު ހިތްވަރުކޮށްފަ ކާން މަސައްކަތް ނުކުރަންޏާ ކަމަކު ނުދާނެ. ބިސްގަނޑުކޮޅެއް ކާލައި ކިރުތަށި ބޯލީމަ ގައިގަ ވަރުޖެހޭނީ. ބޭސް ކާލައިގެން އަރާމުކޮށްލީމަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވެދާނެ. ދެން ހުން މަޑުނުވަންޏާ ޑޮކްޓަރަށް ދައްކަން ދާނީ.” ރުކާންގެ ބޯ މޮޑެލަދެމުން މުނީޒާ ވާހަކަދެއްކީ ނުހަނު ލޯބިންނެވެ. މުނީޒާގެ އެ ހިތްހެޔޮކަމުން ރުކާންއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ވަރަށް ހިތްވަރުކޮށްފައިވެސް އޭނާއަށް ކެވުނީ ބިސްގަނޑުން އެއްބައެވެ. ގަދަކަމުން ކިރުތަށި ހުސްކޮށްލީ މުނީޒާ އެތައް ވަރަކުން އުޅެގެންނެވެ. މުނީޒާ ދިއުމުން މިއުވާން އައިސް ކޮޓަރިއަށް ވަނެވެ.

“ރުކޫ މާބޮޑަށް ރޭގެ ކަންތަކާ ވިސްނީ ދޯ؟ އަހަރެން އޭރުވެސް ބުނީމެއްނު އެއީ ހުވަފެނެކޭ. އެހެންވީމަ އެކަމާ އެހާބޮޑަށް ނުވިސްނައްޗޭ.” މިއުވާން އެހެން ބުނެލުމުން ރުކާންއަށް ބޯޖަހާލެވުނީ މިއުވާން އެދެއްކީ ތެދު ވާހަކަތަކަކަށް ވީމައެވެ.

“ނުވިސްނާށޭ، ހަނދާން ނައްތާލާށޭ ދުލުން ބުނެލަން ވަރަށް ފަސޭހަ ދޯ. ވާންއަށްވެސް އެކަހަލަ ކަމެއްވީމަ އެނގޭނީ. ނޫންނަމަ މި ހުރިހާ ދުވަސްވީއިރު…”

“ދެން ހެޔޮ. ކޮންމެހެން ނާސް މިދޭތެރެއަށް ވައްދާކަށް އުޅޭނެކަމެއް ނެތް. ރުކޫވެސް އަހަރެންނަށް ކަމެއް ކޮށްދެންޏާ އޮޅުމަކުންވެސް ނާސްގެ ނަންވެސް ނުކިޔާ. އަހަރެން ބޭނުންވަނީ ނާސްގެ މަތިން ހަނދާން ނައްތާލަން. ރުކޫ އަބަދު އަބަދު އެނަން އަހަރެންނަށް ހަނދާން ކޮށްދެންޏާ އަހަރެންނަށް ދުވަހަކުވެސް އެހަނދާންތަކަކާ ދުރަކަށް ނުދެވޭނެ.” ރުކާންގެ ޖުމްލަ މެދުކަނޑާލާފައި މިއުވާން އެހެން ބުނެލުމުން ރުކާންގެ ދުލުގައި ހީވީ ތަޅެއް ލެވުނުހެންނެވެ.

“ދެން އަރާމުކޮށްލާ. ވަރަށް ބޮލުގަ ރިއްސައޭ ބުނީމެއްނު.” މިއުވާން އޯގާތެރިކަމާއެކު އެހެން ބުނެލުމުން ރުކާން ކިޔަމަންތެރިކަމާއެކު އޮށޯވެ ހަމަޖެހިލިއެވެ. އޭނާ މޫނުމަތިން ހަމަޖެހޭކަން ދައްކަން އުޅުނަސް އޭނާގެ ހިތުގައި އެތައް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. އޭނާއަށް މިއުވާންގެ ހިތުން އިއުނާސްގެ ނަން ފޮހެލެވިދާނެބާއެވެ. އިއުނާސްގެ ހަނދާންތައް ފޮހެލެވިދާނެބާއެވެ. މިއުވާންގެ ހިތުން އޭނާއަށް ކުޑަނަމަވެސް ޖާގައެއް ލިބިދާނެބާއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ އެކަމަށް މަސައްކަތް ކުރާނެއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އޭނާ މިއުވާންގެ ހިތުން ޖާގައެއް ހޯދާނެއެވެ.

“ކަލޭއަކަށް ދުވަހަކުވެސް ތިކަމެއް ނުވާނެ. ކަލޭއަށް ދުވަހަކުވެސް ވާންގެ ހިތުން އަހަރެންގެ ނަމެއް ނުފޮހެވޭނެ.” ދެބަދޭތެރޭގައި އޮއްވާ ކުއްލިއަކަށް ރުކާންއަށް ސިހިފައި ދެލޯ ހުޅުވާލެވުނީ އިވުނު އަޑަކުންނެވެ. އަންހެން އަޑަކާއި ފިރިހެން އަޑެއް އެކުވެގެން އައި އެއަޑު ނުހަނު ބިރުވެރިއެވެ. އޭނާއަށް ކޮޓަރިތެރެ ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާއަށް ހީވިގޮތެއްކަމަށް ނިންމާ އަނެއްކާވެސް ލޯމަރާލީ ނިދާލެވޭތޯއެވެ. ނަމަވެސް އޭނާ އަރިއަކަށް ވާގޮތަށް ފުރޮޅެލިތަނާ ކަނދުރާއަށް ހޫނުވެގެން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ކަނދުރާގައި އަތްލެވުނީ ދިލައެއް ނަގައިގަތުމުންނެވެ. ނަމަވެސް އެއްވެސް ކަހަލަ ތަފާތު ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެހެންކަމުން އެއީ މިއުވާން ބުނާހެން އޭނާއަށް އެކަހަލަ ކަންތައްތަކާ މާބޮޑަށް ވިސްނޭތީ ހީވާ ގޮތްގޮތްކަމަށް ނިންމިއެވެ.

ހަވީރުގެ ވަގުތެވެ. މިއުވާންއާއި ޔާމިން ތިބީ ޔާމިންގެ ގޭ ޓެރަހުގައެވެ. އެތާ ތިބޭއިރު މިނިވަންކަމާއެކު އައިސް ގައިގައި ބީހިލާ ރޯޅިތަކާއެކު އިތުރު ހިތްހަމަޖެހުމެއް ގެނެސްދެނީ އެ ޓެރަސް ފަރުމާކޮށްފައިވާލެއް ފުރިހަމަކަމުންނެވެ.

“ޔާމްބެގެ ބޮޑު ދުވަސް އަންނަނީނު ދޯ؟” މިއުވާން ދިމާކޮށްލާފަދަ ރާގަކަށް ބުނެލިއެވެ.

“އޭތް. ދިމާކުރާނެކަމެއް ނެތް އިނގޭ.”

“މަށަށް އެނގެޔޭ ކިތަންމެ ނޫންކަމަށް ހެދިގެން އުޅުނަސް ތިހުންނަނީ ފިނިވެ ހިތްއަވަސްވެފަކަން.” މިއުވާން އަދިވެސް ބެލީ ޔާމިންއާ ދިމާކޮށްލެވޭތޯއެވެ.

“އައްޗި. މަށަކީ ވާންއެއް ނޫނޭ.” ޔާމިން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ދެން ހެވޭ. އަޅެ ފިނިނުވާކަން ސާބިތުކޮށްދީބަލަ.” މިއުވާން އެހެން ބުނެލީ ޔާމިންގެ ދޫ ބަންދުކޮށްލަންކަން ޔާމިންއަށް އެނގުނެވެ.

“ކީއްކުރަންވީ؟ އަމިއްލައަށް މަރުވާންވީތަ؟” ޔާމިން އެހެން ބުނެލީ ސަމާސާއަކަށް ނަމަވެސް އެކަމުން މިއުވާންގެ ހިތަށް ބިރުވެރިކަން ވަނެވެ.

“މޮޔަވީތަ؟ މީގެފަހުން މަޖަލަކަށްވެސް ތިހެން ބުނެގެން ނުވާނެ.” މިއުވާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އޯކޭ އޯކޭ. އަސްލު އަހަރެން މަޖަލަކަށޭ އެހެން ބުނީ. މިހާރު އަހަރެންނަށް އެއްޗެއް ވިސްނިއްޖެ.” ޔާމިން ބުނެލިއެވެ.

“ކޮން އެއްޗެއް؟” މިއުވާން އަހާލިއެވެ.

“ވާންގެ ހިތުން އަދިވެސް ނާސްގެ ހަނދާންތަކެއް ނުފިލާ. ނޫންނަމަ އަހަރެން އެއްވެސް ނިޔަތެއްނެތި އެހެން ބުނެލި އެއްޗަކުން ވާން އެހާ ބިރެއް ނުގަތީސް. އަދި ރުޅިއެއްވެސް ނައީސް.” ޔާމިން އެހެން ބުނެލުމުން މިއުވާންގެ މޫނަށް ހިތާމައިގެ އަސަރު ވެރިވިއެވެ.

“ވާން! އާދެބަލަ މިތާ އިށީންނަން.” މިއުވާންގެ އަތުގައި ހިފައިގެން ގޮސް ޓެރަހުގައި ހުރި ޖޯލިފަތީގައި އިށީނދެލިއެވެ.

“ވާން! ބުނެބަލަ. ވާން ތިއުޅެނީ އުފަލެއްގަ ނޫންދޯ؟” ޔާމިން އެހެން ބުނެލުމުން މިއުވާން ޔާމިންއަށް ބަލާލިއިރު އެދެލޯ ވަނީ ފެންކަޅިވެފައެވެ.

“ވާން! ކޮބާ މައްސަލައަކީ؟ ނާސް ދުނިޔޭގަ ނެތްތާ މިހާރު ފަސްއަހަރުވެ ދިޔައީ. ދެން ކީއްވެ ވާންއަށް ނާސް މަތިން ހަނދާން ނައްތާނުލެވިގެން ތިއުޅެނީ؟ އަނެއްކާ ތިދެމީހުންގެ ދޭތެރޭ…”

“ނޫން ނޫން. ތިކަހަލަ އެއްވެސް ކަމެއްނުވޭ. އަހަރެމެން އެފަދަ ކަމެއް ނުކުރަން. އެކަމަކު އެއްރެއަކު ކިރިޔާ. އެހެން ވެދާނެތީ އެރޭގެ ފަހުން އަހަރެމެން އެކަހެރިކޮށް ބައްދަލެއް ނުކުރަން. މުޅިންވެސް ނާސްމެން ގޭގަ ނާސްގެ މަންމަ އިންދާ ދެމީހުން މީޓްކުރަނީ.” މިއުވާން އެހެން ބުނެލުމުން ޔާމިންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

“ދެން ކީއްވެ؟”

“އަހަރެންނަކަށްވެސް ނޭނގެ ކީއްވެކަމެއް. އަހަރެން މަސައްކަތްވެސް ކުރަމޭ. އެކަމަކު އެކަމެއް ކުޑަކޮށްވެސް ނުވޭ.” މިއުވާން ދެރަވެފައި އިނދެ ބުނެލިއެވެ.

“އަހަރެން ދެންތަ ރަނގަޅު ޚިޔާލެއް. ވާން އަވަހަށް ދަރިއަކު ހޯދާ. އަހަރެންނަށް ހީވަނީ އޭރުން ތިހަނދާންތަކުން ދުރުވާން ފަސޭހަވާނެހެން.” ޔާމިން އޭނާއަށް ވިސްނޭގޮތް ބުނެދިނެވެ.

“ކިހިނެއްތަ؟ އަދި މިއުޅެނީ އެއްރޭވެސް…” މިއުވާންއަށް މި ބުނެވެން އުޅެނީ ކީކޭކަން އެނގުމުން ހުއްޓާލިއެވެ. އޭނާ މޫނު ދުރަށް އަނބުރާލީ އެކުވެރިޔާގެ ކުރިމަތީ ބޭޒާރުވުމުންނެވެ.

“ތިބުނީ ވާންއަކަށް އަދި އެއްފަހަރުވެސް އެކަން ނުކުރެވެޔޭތަ!!؟” ޤަބޫލުނުކުރެވިފައި ޔާމިންއަށް އަހާލެވުނީ މިއުވާންގެ މޫނުން މީގެކުރިން އެއްވެސް ފިކުރެއް ކުރާކަހަލަ އަސަރެއް ނުފެނުނީތީއެވެ. ނަމަވެސް އެކުވެރިޔާއަށް ކައިވެނީގެ އެއްވެސް އުފަލެއް ނުލިބޭއިރުވެސް އެއެކުވެރިޔާގެ ކެތްތެރިކަން ފެނިފައި ޔާމިންއަށް ހިތާހިތުން މިއުވާންއަށް ތަޢުރީފުކުރެވުނެވެ. ޔާމިންގެ ވާހަކައަށް މިއުވާން ބޯޖަހާލީ އިތުރަށް ސިއްރުކުރާނެ އެއްޗެއް ނެތީމައެވެ. ނޭނގުމުގެ ތެރޭ އޭނާއަށް އެވަނީ އެވާހަކަ ބުނެވިފައެވެ.

“ކީއްވެ؟ ރުކާން ބޭނުން ނުވަނީތަ؟” ޔާމިން ހީވަނީ ތަހުޤީޤު ކުރާ މީހެއްހެންނެވެ.

“ނޭނގެ. އޭނަ އަދި ރެޑީނުވަނީ ކަންނޭނގެ.”

“އެކަމަކު ތީ ދެން ވަރަށް ހެއްވާ ކަމެއް. ބަލަ މީހުން މީހުންނާ އިންނަނީ ރެޑިވީމައެއް ނޫންތަ؟ ދޮވެ އިސްތިރިކޮށް ކާންދީ ހެދީމަ އަނތްބެއްގެ ޑިއުޓީ ފުރިހަމަވީކީ ނޫނޭ. އޭނަ އަނެއްކާ ވާންއާ އިނީ މަޖުބޫރުންތަ؟” ޔާމިން އެންމެފަހުން ކޮށްލި ސުވާލުން މިއުވާން ޔާމިންއަށް ބަލާލިއެވެ.

“އަހަރެންނަކަށް ނޭނގެ އޭނަގެ ހިތުގަ އޮތީ ކޮން އެއްޗެއް ކަމެއް. އޭނަ ބުނީ ކައިވެންޏަށް އެއްބަސްވީ ހިތުން ރުހުމުންނޭ. އަދި އޭނަ އަހަރެންދެކެ ވަރަށް ލޯބިވެޔޯ ކުޑައިރުއްސުރެ ފެށިގެންވެސް. އެކަމަކު އެލޯތްބެއް ޢަމަލަކުން ނުފެނޭ.” މިއުވާން އެހެން ބުނެލީ ރުކާން ބުނި ބަސްތަކާމެދު ޔަޤީންކަމެއް ނެތްފަދަ ގޮތަކަށެވެ.

“އެކަމަކު ތީ ކިހާ ބޮޑު އަނިޔާއެއް. ކައިވެނީގެ އެންމެ މުހިންމު އެއް ބޭނުމަކީ ފާހިޝް ޢަމަލުތަކުން ދުރުވެ ހެޔޮ ދަރިފަސްކޮޅެއް ބިނާކުރުން. ކައިވެނިކޮށް އެކަން ހާސިލްނުވަންޏާ ކީއްކުރާ ކައިވެންޏެއް؟ ވާން ރުކާންއާ ވާހަކަދައްކާ. އޭނައަށް ވިސްނަދީ ވާންއަކީވެސް ސިއްހަތު ސަލާމަތުން ހުރި ފިރިހެނެއްކަން. އެވަރުންވެސް އެކަން ނުވެއްޖެއްޔާ ވާން އެހެން މަގެއް ހޯދަން އަހަރެން ލަފާދޭނީ. މިބުނީ ދެވަނަ ކައިވެންޏަކަށް. ދެއަނތްބަށްވިޔަސް ނޫނީ ރުކާން ވަރިކޮށްފަވިޔަސް. އަހަރެން މިދެއްކި ވާހަކައާ ދޭތެރޭ އެއްޗެކޭ ހީނުކުރާތި. މީ ހަމަ ޚިޔާލެއް. ވާންއަށްވެސް ރަނގަޅަކަށް. ކަންކުރާނެ ގޮތެއް އެނގޭނީ ވާންއަށް. މިކަމާ ވިސްނައްޗޭ.” ޔާމިން އެހާ ސީރިއަސްވެފައި ވާހަކަދެއްކުމުން މިއުވާން ބޯޖަހާލިއެވެ.

“ކަލޭ ކޮންތާކުން ދަސްކުރި އެއްޗެހިތަކެއްތަ ތީ؟” މިއުވާން ކުޑަކޮށް މަޖާވެލަމުން އަހާލިއެވެ.

“ކޮބާ؟”

“ދެންމެ ތި ދިނީނު ބޮޑު ތަޤުރީރެއް. އެވާހަކަ މިބުނީ.” މިއުވާން ބޭނުންވީ މޫޑް ރަނގަޅުކޮށްލާށެވެ. އެހެންކަމުން އޭނާ އެވާހަކަ ދެއްކީ ސަމާސާ ރާގެއްގައެވެ.

“އެވާހަކަ ދޯ؟ ބަލަ މަށަކީ ނުކިޔަވާ ހުރި މީހެއްނޫނޭ އިސްލާމުން ޕީއެޗްޑީ ނުނަގާ ހުއްޓަކަސް. އެހެންނޫނަސް މަވެސް މީހަކާ އިންނަން އުޅޭއިރު ވީހާވެސް ކައިވެންޏާ ގުޅުންހުރި ކަންތައްތައް ހޯދާނެތާ.” ޔާމިން އެހެން ބުނެލުމުން މިއުވާން ޖަހާލީ ހިނިގަނޑެކެވެ.

“އަސްލު ބުނަންތަ ވާހަކައެއް؟ އަހަރެން ވަރަށް އުފާވޭ ޔާމްބެ ތިހާ ޗޭންޖްވީމަ. ކުރީގަ ހުންނަ ސަމާސާ ގޮތް ހުއްޓަކަސް މިހާރު ވަރަށް ސީރިއަސްވެއްޖެ އަސްލުވެސް.” މިއުވާން އެކުވެރިޔާއަށް އައި ބަދަލާމެދު އުފާކުރަމުން ވާހަކަދެއްކިއެވެ.

“އެއީ ހަމަ ވާންއުޅޭ އަނބިމީހާގެ ހެޔޮލަފާކަން. ރަނގަޅު މީހަކާ ޖެހުނީމަ މަކަހަލަ ކިތަންމެ މީހަކު ހަމަ މަގަށް އެޅިދާނެ.” ޔާމިން އެހެން ބުނެލީ އޭނާގެ ވާންއުޅޭ އަންހެނުންނަށް ތަޢުރީފުކުރަމުންނެވެ.

“ހޫމް. ދެން ހެވޭ ތިހާވަރަށް ތަޢުރީފު ނުކުރިޔަސް. ކައިވެނީގެ ފުރަތަމަ ރެޔަށްވެސް ބައެއް ފޮރުވާފަ ބަހައްޓާ. މަގޭ ތަޢުރީފުވެސް އެމަންޖެއަށް ހަމަ އޮއްސާލަން. ކޮން ނަމެކޭތަ ބުނީ އެމަންޖެއަށް ކިޔަނީ؟” މިއުވާން އެކުއްޖާގެ ނަން ހަނދާންކުރަން މަސައްކަތްކުރަމުން ބުންޏެވެ.

“އީޝަލް.” ޔާމިން ބުނެލިއެވެ.

“އާނ. އީޝަލްއަށް ހަމަ ހާސްފަށުން ޝުކުރު ޔާމްބެގެ ލައިފްގެ ވިހި ޕަސެންޓް ނަމަވެސް ސީރިއަސްކަމަށް ބަދަލުކޮށްލީތީ. ހެހެހެ.”

“ސާބަހޭ. އޭނަ މިތާ ނުވެސް ނެތްއިރު ތީ ދެން ކޮންހާ ބޭކާރު އަނގައެއް. ދެންވެސް ދޭބަލަ ރުކާންއާ ވާހަކަދައްކަން.” ޔާމިން ބެލީ އަވަހަށް މިއުވާން އަވަހަށް ފޮނުވާލެވޭތޯއެވެ.

“ހޫމް. ކޮންމެހެން ތިހެން ނުކިޔާ އަހަރެމެން މާފޮޅުވާލަން ވެއްޖޭ ބުންޏަސް އަހަރެން ހިނގައިދާނަމޭ.” މިއުވާން އެހެން ބުނެލާފައި ޖޯލިން ތެދުވުމުން ޔާމިން މިއުވާންގެ ފޫކޮޅުގައި ބޮނޑިއެއް އެޅުމާއި މިއުވާންއަށް ވަރަށް ބާރަށް ފޮޑިއެއް ޖެހުމާއި ދިޔައީ އެކުއެކީއެވެ. ޔާމިންއަށް “އައްޗީޑި”އޭ ބުނެލެވުނީ އޭނާގެ އަތަށް އެ ހަމަލާ އައުމުންނެވެ. އިސާހިތަކު ދުވާލި ނުބައި ވަހުން ޔާމިންއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. މިއުވާން ހެމުން ހެމުން ނުކުމެގެން ދިޔައީއެވެ.

“މާފޮޅުވާށޭ ކިޔާފަ އެދިޔައީ މާގަސް ހަލުވާލާފައެއްނު. ޗީޑި. ހީވީ ކެވުނުހެން. ޗީޑި ދެން. ނޭނގެ ކޯއްޗެއް ކައިގެން ކަމެއްވެސް ބަނޑު ކުނިކޮށްގެން އެއުޅެނީ.” ޔާމިން ކުދިކިޔަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އީޝަލްއަށް ގުޅާލުމަށެވެ.

މިއުވާން ގޮސް ކޮޓަރިއަށް ވަތްއިރު ރުކާން އިނީ އެނދު ފަޑީގައި ލެނގިލައިގެން ފޯނާއި ކުޅޭށެވެ. މިއުވާން ވަނުމާއެކު އޭނާ މިއުވާންއަށް ސަމާލުކަން ދިނެވެ. މިއުވާންގެ މޫނުމަތީގައި ވަނީ ކޮން އަސަރެއްކަން ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

“މިހާރު ހުންގަނޑު ކިހިނެއް؟” ވަރަށް އޯގާތެރިކަމާއެކު އަހާލަމުން މިއުވާން އައިސް ރުކާންގެ ގާތުގައި އިށީނެވެ.

“މިހާރު ހުމެއް ނެތްދޯ؟ އަދިވެސް ބޮލުގަ ރިއްސާތަ؟” މިއުވާން އެހެން ބުނެލުމުން ރުކާން ނޫނެކޭ ބުނެލިއެވެ. ރުކާން އެނދުން ފައިބައިގެން ހިނގައިގަތީ މޭޒާއި ދިމާއަށެވެ. އެވަގުތު މިއުވާން ރުކާންގެ އަތުގައި ހިފެހެއްޓިއެވެ.

“ދަނީތަ؟ އާދެބަލަ.” މިއުވާންގެ ދެލޮލުގައިވާ އަސަރަކުން ރުކާންގެ ހިތް ހަލަބޮލިކޮށްލިއެވެ.

“މި އަންނަނީ ފޯނު ޗާޖަށް ޖަހާލާފަ.”

“ފަހުން ފޯނު ޗާޖަށް ޖަހާނީ. އިހަށް އާދެބަލަ.” އެހެން ބުނެލަމުން ކުއްލި ހަރަކާތަކާއެކު މިއުވާން ރުކާން ގެނެސް ބޭންދީ އޭނާގެ އުނގުގައެވެ. މިއުވާން ރުކާންގެ މެޔާއި ދިމާއިން އަތް ވަށާލާ ހައްޔަރުކޮށްލީ އެއަތުތެރެއިން ދުރަށް ނުދެވޭނެހެންނެވެ. މިއުވާން ރުކާން ކަނާއަތު ކޮނޑުމަތިން ކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު އެއްފަރާތްކޮށްލާފައި ކަނދުރާގައި ބޮސްދޭން އުޅުނު ވަގުތު ހުއްޓުން އެރިއެވެ.

“މިހުރީ ކިހިނެއްވެފަ؟” މިއުވާން ހައިރާންކަމާއެކު އަހާލިއެވެ. އެޔާއެކު ރުކާންއަށް ލިބުނު ހައިރާންކަން މާބޮޑެވެ.

“ކިހިނެއްވީ؟” ރުކާންއަށްވެސް ހައިރާންކަމާއެކު އަހާލެވުނެވެ.

“މިތަން މިހުރީ ފިހިފަ ކަހަލަ ގޮތަކަށް.” ރުކާންގެ ކަނދުރާއިން ފިހިފައިވާ ތަންކޮޅުގައި އަތް ޖައްސާލަމުން މިއުވާން ބުނެލިއެވެ. ރުކާންއަށް މަޑު އާހެއްގެ އަޑު ލައްވާލެވުނުއިރު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ހިތަށް ވެރިވި ޚިޔާލަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެ ތޫފާނީ ރޭ (ޓްރެއިލަރ)

Next

ކަކުނި13

Next
May 12, 2017

ކަކުނި13

Previews
May 11, 2017

އެ ތޫފާނީ ރޭ (ޓްރެއިލަރ)

78 Comments!

  1. Saandy says:
    May 12, 2017 at 2:09 am

    Assalaam A’lailum.!! Miothy “IUNAAS” vaahakaige 6 vana bai… Kuda kameh dhimaavegen lasvy… 1 part lasveema maadhamaa baeh up kohdheynan… Insha Allah!! Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves varah baajjaveri reyakah edhen… Love u all 🙂

    1. Saandy says:
      May 12, 2017 at 3:25 pm

      Assalaam A’laikum*

    2. Leen says:
      May 13, 2017 at 1:03 pm

      Saandy not 7… 6 vana part.. vvv reethi story

    3. Saandy says:
      May 13, 2017 at 1:12 pm

      Oh ThanQ Leen… Mihaaru ran’galhu kollaifin 🙂

  2. Aish says:
    May 12, 2017 at 2:17 am

    Me tha first?

    1. Saandy says:
      May 12, 2017 at 3:08 pm

      Hmm… Aisha first… Hehehe 🙂

  3. ithoo says:
    May 12, 2017 at 3:18 am

    Alhe..rukaan ah haadha varekey a kurany..naseebehunun birun gos hih nuhuteykan..v v reethi mi part vx..saandy..

    1. Saandy says:
      May 12, 2017 at 3:09 pm

      ThanQ Ithoo… Hmm dhw 🙂

  4. remoo says:
    May 12, 2017 at 3:40 am

    v salhi mi part vx :3

    1. Saandy says:
      May 12, 2017 at 3:09 pm

      ThanQ Remoo 🙂

  5. Kittiy. says:
    May 12, 2017 at 6:08 am

    V v salhi……❤

    1. Saandy says:
      May 12, 2017 at 3:10 pm

      ThanQ Kittiy 🙂

  6. Thaa says:
    May 12, 2017 at 8:03 am

    Saandyge vaahakathah kiyaaa fooohinuvey haadhasalhiyey

    1. Saandy says:
      May 12, 2017 at 3:10 pm

      ThanQ Thaa… V ufaavejje 🙂

  7. Zee says:
    May 12, 2017 at 8:24 am

    Naash ge maraa rukaan aa gulhumeh vany thr. . v v salhi ingey.. Hama habeys

    1. Saandy says:
      May 12, 2017 at 3:11 pm

      ThanQ Zee… Vedhaane thiyahen kamahves… Noony ehen kamehves ovedhaane hama 🙂

  8. Ss says:
    May 12, 2017 at 9:37 am

    Rukan dho iunas maraali

    1. Saandy says:
      May 12, 2017 at 3:12 pm

      Ss!! Hama vedhaane thihenves 🙂

  9. Anonymous says:
    May 12, 2017 at 9:52 am

    vv reethi mi vaahaka vx.. waiting for another part.. plx up soon.. anehkaa rukaan tha iunaas maraaly? eyge badhal tha a hiafany iunaas?

    1. Saandy says:
      May 12, 2017 at 3:13 pm

      ThanQ Anonymous… Hama vedhaane thihenves… Noony ehen kameh kamahves vedhaane… Next part maadhamaa up kolladheynan… Insha Allah!! 🙂

  10. Eeny says:
    May 12, 2017 at 9:53 am

    Wow beautiful story??

    1. Saandy says:
      May 12, 2017 at 3:14 pm

      ThanQ Eeny 🙂

  11. silver mist says:
    May 12, 2017 at 10:09 am

    Vvv reethi

    1. Saandy says:
      May 12, 2017 at 3:14 pm

      ThanQ Silver mist 🙂

  12. flower says:
    May 12, 2017 at 10:51 am

    Wow..Just wow…mi prt ves v rythi..as expected frm Saandy..When ix the nxt prt?

    1. Saandy says:
      May 12, 2017 at 3:15 pm

      ThanQ Flower… Next part maadhamaa… Insha Allah!! 🙂

  13. Haly says:
    May 12, 2017 at 11:09 am

    Waitin for next part.jaldhy karoa.

    1. Saandy says:
      May 12, 2017 at 3:16 pm

      ThanQ Haly… Next part maadhamaa… Insha Allah!! 🙂

  14. Zee says:
    May 12, 2017 at 11:11 am

    Vvvvvv salhi

    1. Saandy says:
      May 12, 2017 at 3:17 pm

      ThanQ Zee 🙂

  15. YAANAz says:
    May 12, 2017 at 11:20 am

    Varah hama salhi mibai ves… Ekam iunaas ah alhe ehen nahadhaba…

    1. Saandy says:
      May 12, 2017 at 3:18 pm

      ThanQ YAANAz… Thibuny Rukaan-ah dhw 🙂

  16. Malsa says:
    May 12, 2017 at 11:27 am

    mi part ves varah reethi! 🙂 🙂
    naas maraalumugai rukaan baiveri vihen haadha heevey.
    Saandy, mi vaahakaiga kithah episode idheytha?

    1. Saandy says:
      May 12, 2017 at 3:20 pm

      ThanQ Malsa… Vedhaane dhw… Adhi neynge kithah episode kameh… Aslu target kury 10 ah… Ekam mihaaru idea eh aissi dhigukollanves… Ekam adhi nuninman dhigukuraanethoa noony nookuraanethoa… Dhigu nukuranyaa heevany 10 ahvure ginaeh nuvaanehen 🙂

  17. Love says:
    May 12, 2017 at 11:43 am

    wow v v v v reethi

    1. Saandy says:
      May 12, 2017 at 3:21 pm

      ThanQ Love 🙂

  18. Maree says:
    May 12, 2017 at 11:50 am

    vvvvv reethi

    1. Saandy says:
      May 12, 2017 at 3:21 pm

      ThanQ Maree 🙂

  19. Appy says:
    May 12, 2017 at 12:48 pm

    Wow haadha rychey mihaaru …..saandy reygandu up nukuraathi mi story …..rukaan ah mi vany kihineh tha alhe …..miuvaan yaambe ah eyoh dhin hamalaaeh heehee bandah thdhuvehje ….

    1. Saandy says:
      May 12, 2017 at 3:23 pm

      ThanQ Appy… Rukaan-ah vaagothehves adhi en’geyne… Aan dhw… Maagas haluvaaleema vaagoiy… Hehehe 🙂

  20. Ayra says:
    May 12, 2017 at 1:02 pm

    Rukaan dhw iunaas maraalee..

    1. Saandy says:
      May 12, 2017 at 3:23 pm

      Ayra!! Hama vedhaane thihen kamahves 🙂

  21. Rainy princess says:
    May 12, 2017 at 2:21 pm

    Vara salhi..next part avaha upkohdhechey igey…

    1. Saandy says:
      May 12, 2017 at 3:24 pm

      ThanQ Rainy princess… Next part maadhamaa up kolladheynan… Insha Allah!! 🙂

  22. Chum handi says:
    May 12, 2017 at 3:56 pm

    woah…. interesting… aslu rukuu ah kihinehtha vany… well, story habeys… waiting 4 the nxt prt…

    1. Saandy says:
      May 12, 2017 at 6:46 pm

      ThanQ Chum handi… Rukoo-ah aslu ehen evaa sababuves adhi en’geyne… Next part maadhamaa… Insha Allah!! 🙂

  23. Zee says:
    May 12, 2017 at 6:49 pm

    Vvvvvvv nice story

    1. Saandy says:
      May 12, 2017 at 9:13 pm

      ThanQ Zee 🙂

  24. Shaa says:
    May 12, 2017 at 8:18 pm

    Mashah heevani jinni naas maraalafa ruku aa dhimakurani..V reeeethi

    1. Saandy says:
      May 12, 2017 at 9:14 pm

      ThanQ Shaa… Theeves hama vedhaane gotheh 🙂

  25. pritty says:
    May 12, 2017 at 10:39 pm

    v nic ingey mi part vers. saandy kon irakun next part up kurany ??<3

    1. Saandy says:
      May 12, 2017 at 11:44 pm

      ThanQ Pritty… Next part maadhamaa… Insha Allah!! 🙂

  26. Aisha says:
    May 12, 2017 at 11:41 pm

    Mi story ves varah salhi.. Waiting 4 the next part ?

    1. Saandy says:
      May 12, 2017 at 11:43 pm

      ThanQ Aisha… Next part maadhamaa… Insha Allah!! 🙂

  27. Sidhu says:
    May 12, 2017 at 11:46 pm

    Nice story…..

    1. Saandy says:
      May 12, 2017 at 11:50 pm

      ThanQ Sidhu 🙂

  28. Lucifer says:
    May 13, 2017 at 4:23 am

    Neygi namaves ruku ah kameh kurevuni hen heevani. Vaahaka v interesting inge saandy dear. Kiyaahithun invarun heevee kuruhen. Miadhu aa baeh kiyaalan libeyne kama heekuran.

    1. Saandy says:
      May 13, 2017 at 12:36 pm

      ThanQ Lucifer… Yes… Miadhu aa baeh kiyaalan libeyne… Insha Allah!! 🙂

  29. Natha says:
    May 13, 2017 at 10:44 am

    Varah salhi mi part ves. Keep it up saandy?.Kobaa tha next part… Can’t wait.?Avahah genes dhyba… ??

    1. Saandy says:
      May 13, 2017 at 12:37 pm

      ThanQ Natha… Miadhu up kolladheynan… Insha Allah!! 🙂

  30. Rockstar says:
    May 13, 2017 at 11:29 am

    kobaatha vaahaka????? miadhu genesdheynan kama saandy bunymenu…. haadha lahey!!!! ehenyaa hendhunu hendhunaa vaahaka nerefa inaane…

    1. Saandy says:
      May 13, 2017 at 12:39 pm

      ThanQ Rockstar… Aan kurinves bunihen miadhu aa bai neredheynan… Insha Allah!! Reyga half liyefa nidhi aivarun nidhy… Ehenve hen’dhunu up nukurevuny… Miadhu up kolladheynan in’gey 🙂

  31. Haly says:
    May 13, 2017 at 11:50 am

    Kobaa haadha lahay

    1. Saandy says:
      May 13, 2017 at 12:40 pm

      Haly!! Dhen ehaa laheh nuvaane… Miadhu up kohdheynamey dear… Insha Allah!! 🙂

  32. Princess Yaa says:
    May 13, 2017 at 11:56 am

    Mipart varah salhi. Waiting for the next part. ??

    1. Saandy says:
      May 13, 2017 at 12:42 pm

      ThanQ Princess Yaa… Miadhu up kolladheynan… Insha Allah!! 🙂

  33. Loolu says:
    May 13, 2017 at 2:12 pm

    Saandy miadhu kihaairaku tha vaahaka up kuraany

    1. Saandy says:
      May 13, 2017 at 11:50 pm

      Loolu!! Mihaaru up kollaifin… Sorry for the late update 🙂

  34. Anysa says:
    May 13, 2017 at 3:16 pm

    Can’t wait saaandy..
    Ur story is wonderful

    1. Saandy says:
      May 13, 2017 at 11:55 pm

      ThanQ Anysa… Mihaaru up kollaafa innaany 🙂

  35. Saadhuna says:
    May 13, 2017 at 5:01 pm

    Vaahaka nereine ire bunela dheynama. Reader eh kamaku faseha kame noon mi iru irukolhaa esfiya balaala balaala inan. Vaguthu angaala dheynama saadh ge ves time save vaane…

    1. miuvaan says:
      May 13, 2017 at 5:05 pm

      thihen nubune Saadhuna. saandy ge hitha v asaru kuraane. eyna heekuraanee saadhuna eyna ge bolah aran ulheniye. Mammaa!!! mibunevuni ves gosko yageen mage kuri comment ves remove kolaane mifaharu

    2. Saandy says:
      May 14, 2017 at 12:00 am

      @Saadhuna: Aslu up kuraa gadi bunelun e-ee adhi maa masala goasvaane kameh kamah fennany… Eyrun bunaa gadiah upkoh nudhevijjeyyaa maa goasvaane… Dhuvas buneemaves up kurun lasvegen v shakuvaathah aadhey… Ehenve vaki gadieh nubunany 🙂
      @Miuvaan: Asarukury kaakahkan en’geyne mihaaru hurihaa kudhinnahves… Comment approve kuraneeky Saandy eh noon… Remove kollaavarah bahuruva huthuru vejjeyyaa noony Saandy comment remove eh nukuran… V salaam 🙂

  36. Na dha says:
    May 13, 2017 at 5:09 pm

    ekaka ves emheege fault eh nufenaane. haasako mihaaru esfiya ga liya writers v v v fupaaa :/

    1. Saandy says:
      May 14, 2017 at 12:02 am

      Nadha! Saandy hunnaany bunaa dhuvahu up kohdheefa v madhu faharaku nooniyyaa… Eves kameh dhimaavegen bunaa dhuvahu up nukohdhevi hunnaany… Mifaharu vaahaka fashamunves bunefa onnaane Saandy midhuvaskolhu ulheny v bixykoshey… Ehenve faharehga adhi thankolheh lasviyas e-ee adhi massalaeh kamakah nudheken 🙂

  37. Maree says:
    May 13, 2017 at 5:57 pm

    saandy akee v baraabara bunaadhuvaha vaahaka gesdhey meeheh konmemeehakuves dhiriulhumah kuraa masahkaihunnaane busy veema ehen evanee thimaa thimaa dheytherey nuvisnias anekaa aa dhey therey visnaalaa

    1. Aman says:
      May 13, 2017 at 6:28 pm

      konme meehaku ves visnaanee emeehaku beynun meehakaa medhu. saandy aa medhu maree thi visni maree a kamudha writer e veema

    2. Saandy says:
      May 14, 2017 at 12:05 am

      ThanQ Maree… V ufaavejje understand veethy 🙂
      @Aman: Enmennakeeves insaanun… Ehen veema nuvisniyas hageegathuga enmenaa dheythereyves visnan jeheyne 🙂

Comments are closed.

Next Episodeއިއުނާސް (7)←


All Right Reserved!