ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ދެތިން މީހަކު އީތަން އޮތް ވޯޑުގައި ހަރަކާތް ތެރިވަމުންދިޔައެވެ. ކައިރީގައި ހުސްނާ އާ މަޖުދާ ތިބި އިރު ހައްމާދު ހުރީ އިތުރު ޕޮލިހަކާ ވާހަކަދައްކަން ތަންކޮޅެއް ދުރުގައެވެ. އީތަން ހޭއެރުމާއެކު ކުރިމަތިން ފުލުހުން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. އީތަން ވަށައިގެން ހޯދާލަމުން ބޮލުގައި އަތް ޖައްސާލިއެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ރިހުން އިހުސާސް ކުރެވުނަސް ކުރިއަށް ވުރެ ތަދު މަޑެވެ.
” ސޯ އަސްލު ކިހިނެއް ހިނގި އެކްސިޑެންޓެއްމީ..އެއްވެސް މީހަކަށް ޝައްކު ކުރެވޭތޯ؟ ކާރުގެ ނަމްބަރު ހަނދާން އެބަހުރިތޯ؟” އީތަން އޮތް އެނދުކައިރިއަށް ޖެހިލަމުން ފުލުހަކު ސުވާލުކޮށްލިއެވެ. އެމީހުންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ އީތަން ހޮސްޕިޓަލަށް ގެނެވުނީ ކާރެއްގައިޖެހިގެން އެކްސިޑެންޓް ވެގެންނެވެ. އީތަން ދެފަރާތަށް ބޯހޫރުވާލިއެވެ. ” ކައިޝާއާ ދެމިހުން އެންމެ ފަހުން ދިމާވީ ކޮން އިރަކު؟ މިހެން މިބުނީ އަދިވެސް އަޅުގަނޑުމެންނަށް ކައިޝާގެ އެއްވެސް ޚަބަރެއް ނުވާތީވެ..ދެން ހައްމާދުގެ ފަރާތުން ލިބުނު މަޢުލޫމާތުން ދޭހަވާ ގޮތުގައި އޭނައަށް އީތަން ކައިޝާގެ ކޮޓަރިއަށް ވަންނަނިކޮށް ފެނުނު ކަމަށް އެބަބުނޭ..ތި ދެމީހުންގެ މެދުގައި ދެކެވުނީ ކޮންވާހަކައެއްތޯ؟ ކައިޝާގެ ފަރާތުން އެއްވެސް ކަމަކަށް ޝައްކުވާ ކަހަލަ ކަމެއް ފެނުނުތޯ؟ މިހެން މިދެންނެވި ފަހަރެއްގައި ފިލައިގެންވެސް ހިނގައިދާނެ ކަމަށް ޝައްކު ކުރެވޭތީވެ”އީތަން ވިސްނުމަކަށް ގެއްލެމުން ދަނިކޮށް އެފުލުސްމީހާ އިތުރު ސުވާލުތަކެއް ކުރިމަތި ކޮށްލިއެވެ.
“ކޮން ކައިޝާއެއް؟..މަންމާ ކައިޝާއެއީ ކާކު؟ މަންމައަށް އިނގޭތަ..؟” ހުސްނާގެ މޫނަށް ބަލާލަމުން އީތަން ސުވާލުކޮށްލިއެވެ. އެވަގުތު ހުސްނާ ކައިރީގައި އިން މަޖުދާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އެޅީ އަޑުބޭރު ވެދާނެތީވެއެވެ. ދެލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ފައިބައިގަތް އިރު އީތަންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އީތަން އޭނަގެ މަންމަ ކައިރީގައި އިން ބީރައްޓެހި އަންހެންމީހާއަށް ވަމުންދާ ގޮތް ފެނިފައި ހިތުގައި އެތައް ސުވާލެއް އެނބުރެމުންދިޔައެވެ. “ކައިޝާ” އީތަން މަޑުމަޑުން ކިޔާލިއެވެ. އެނަން އީތަން ކުރިން އަޑުއަހާފައިވާ ނަމެއްހެން ހީވިޔަސް އެއްވެސް ހަނދާނެއް ސިކުނޑީގައި ހަރުލާފައެއްނެތެވެ.
އީތަންގެ ސުވާލުން އެންމެނަށް ޝޮކެއް ލިބުނު ކަހަލައެވެ. ހާއްސަކޮށް މަޖުދާއަށް ފުންއަސަރެއް ކުރުވިއެވެ. ހަމައެކަނި ހުރި އަންހެންދަރިއަށް ވީނުވީއެއް ނޭނގުމުން މިހާރުވެސް އެހިތުގައި ރިހެމުން އެދަނީ ކެތްނުވާވަރަށެވެ. އަހުނަފުގެ ކުއްލި ވަކިވުމާ ކައިޝާއަށް ވީނުވީއެއް ނޭނގުމުން މަޖުދާއަށް އެދެކަންތަށް ސިފަ ކުރެވުނީ އެއާއިލާށް ކުރިމަތިވި މުސީބާތެއްގެ ގޮތުގައެވެ. މީހެއްގެ އެސްފީނާވެސް ޖެހިދާނެއެވެ. މަޖުދާ އެކޮޓަރިން ބޭރަށް ނިކުތީ އެތާ އިންނަން އިތުރަށް ކެތް ނުވުމުންނެވެ. “ދަރިފުޅާ ނޭނގޭތަ މަޖުދައްތަގެ ދަރިފުޅު ކައިޝާއެއް؟…އެއީ އަހުނަފުގެ ކޮއްކޮއެއްނު…” ހުސްނާ ލޯތްބާއެކު އީތަންގެ ބޮލުގައި ފިރުމާލިއެވެ. އެދެލޮލުން ކަންބޮޑުވުން ފާޅުވަމުން ދިޔައިރު ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފަންވެއްޖެއެވެ. އަނެއްކާ އޭނަގެ ދަރިފުޅަށް ނުބައި ބައްޔެއް ޖެހުނީ ނޫން ކަމެއްވެސް ނޭނގެއެވެ. އީތަން ސުވާލުގެ ނަޒަރުން ހުސްނާއާއި ދިމާއަށް ބަލަހައްޓައިގެން އިނީ އޭނާގެ މަންމަ ދައްކަމުންދާ ވާހަކަތަކުން އެއްވެސް ކަމެއް ދޭހަ ނުވާތީވެއެވެ.
“ހައްމު ކޮބާ އެއްކަލަ އައްމަޑޭ އަތުލައިގަނެވުނުތަ؟ އަހަރެން ވަރަށް މަތިން ދޯ ވެއްޓުނީ؟ ..އެހެންވެ ކަންނޭގެ އަދިވެސް ބޮލުގައި ރިހުން ނުފިލަނީ..ހައްމު ބުނިހެން އެއީ ވަރަށް ބަލި ފާރެއް..” އީތަން އޭނާގެ ބޮލުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އެވަގުތު ހައްމާދު ހައިރާންވިއެއް ކަމަކު އެވާހަކަ އިތުރަކަށް ނުދައްކައެވެ. ނަސީބަކުން އީތަންގެ އިތުރު ސުވާލެއް ކުރިމަތި ނުވަނިސް ޑޮކްޓަރު އެކޮޓަރިއަށް ވަދެގެން އައެވެ.
“އާނ އެކޭ ދައްތާ..އެއީ މީގެ ތިންމަސް ކުރިން.. އެދުވަހު އަހަރެމެންނަށް ލިބުނު މަޢުލޫމާތެއްގެ އެހީގައި ގެއެއް ބަލާ ފާސްކުރަން ދިޔައީ..އަހަރެން އީތަން ކައިރީ ބުނިން އެފާރުމައްޗަށް ނާރާށޭ އެކަމަކު އޭނަ އަހަރެންގެ ބަހެއް ނާހާ އެތާމައްޗަށް އެރިތަނުން ވެއްޓުނީ..އެވަގުތު އީތަން ހޭވެސް ނެތުނު އެކަމަކު އިތުރު ގެއްލުމެއް ނުލިބި ސަލާމަތްވީކަން އެއީ ހަމަ ލެއްވި ރަޙުމަތެއް..” އީތަން އޮތް ކޮޓަރިކައިރީގައި ހުރި ގޮނޑިބަރީގައި ހައްމާދު އިނީ ހުސްނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހައްމާދު ކަންތައް ބޮޑުވެފައި އެއިނީ ކުއްލިއަކަށް އީތަން މީގެ އެތައް ދުވަހެއް ކުރީގެ ވާހަކަ ދެއްކުމުންނެވެ. ކައިޝާ މަތިންވެސް ހަނދާންނެތް އިރު އެމީހުން މިވަގުތު އެތިބީ އައްޑޫގައި ކަމެއްވެސް އީތަންގެ ހަނދާނު ނެތްކަން ހައްމާދުއަށް ވިސްނުނެވެ. އެހެން ކަމަށްވާނަމަ ކައިޝާ ވީތަނެއް އީތަންއަށް އެނގުމާމެދު އެއްވެސް ސުވާލެއް ނެތެވެ. ހައްމާދު ފުންވިސްނުމަކަށް ގެއްލިފައި އިންދާ ހުސްނާ އެއަތުގައި ހިފާބާރުކޮށްލުމުން ހައްމާދު ބަލާލިއެވެ. އެވަގުތު އެދެމީހުންގެ ނަޒަރުވެސް ހުރީ ކުރިމަތީގައި ހުރި ދޮރު ހުޅުވާލާފައި ނިކުތް ޑޮކްޓަރަށެވެ. އެމޫނުމަތިން ފެންނަމުންދާ ހައިރާންކަމާ ނުތަނަވަސް ކަމުން ކަންތައްތައް ރަނގަޅު ނޫން ކަމަށް ހެކިދެއެވެ. ހައްމާދުއާ ހުސްނާވެސް ތެދުވެލީ ޑޮކްޓަރުގެ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދެމުންނެވެ. ” އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން ވީހާވެސް އަވަހަކާ އީތަން ގޮވައިގެން މާލެ ފުރާށޭ..އަޅުގަނޑު ދެންމެ އީތަން ޗެކްކޮށްލިއިރު ފާހަގަވީ ކަމަކީ އޭނާގެ ސިކުނޑިން ބައެއް ކަންތައްތައް ހަނދާން ނެތިފައިވާކަން…ޚާއްސަކޮށް އައްޑުއަށް އާދެވުނު ގޮތެއް އެއްވެސް ވަރަކަށް އީތަންގެ ހަނދާނަކު ނެތް..އަޅުގަނޑާވެސް ވަރަށް ގިނަ ސުވާލުތަކެއް ކުރި..ދެން ޕޭޝަންޓް މާބޮޑަށް ހައިޕަރ ވަމުންދާތީވެ މިވަގުތު އެއޮތީ ނިދާ އިންޖެކްޝަނެއް ޖަހާފަ..އެކަމަކު އަބަދަކު އެހެންވެސް ނުހެދޭނެ..ވީމާ އަޅުގަނޑު އެދެނީ އިތުރު ޗެކަޕްތަކެއް ހަދާލަން..މިކޮޅުން ދެވެން ހުރި ފަރުވާއެއް ވިއްޔާ އަޅުގަނޑުމެން އެހުރީ ދީފަ ދެން އިތުރަކަށް ދެވޭނެ ފަރުވާއެއް މިވަގުތު ނެތް..” ޑޮކްޓަރުގެ ވާހަކައިން ހުސްނާގެ މާޔޫސްކަން އިތުރުވެގެންދިޔައެވެ. ލޯބިވާ ދަރިފުޅު އެތަހައްމަލު ކުރާ ވޭން އެހިތުގައިވެސް އަޅަމުން ދިޔައެވެ. ހުސްނާ ވަގުތުން ފޯނުނަގާފައި ނަމްބަރަކަށް ގުޅާލިއެވެ. އަދި އެއަށްފަހު ވާހަކަދައްކަމުން ހައްމާދުއާ ދުރައްޖެހިލިއެވެ. ހުސްނާ ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ހައްމާދު ވަނީ އީތަން އެޑްމިޓް ކޮށްފައި އޮތް ކޮޓަރިއަށެވެ.
ހައްމާދުއާ ހުސްނާގެ ވާހަކަތަށް އަޑުއަހަން ހުރި ޒުއްނޫރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އީތަންއަށް މާބޮޑުކަމެއް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެހިތުގައިވެއެވެ. ނަމަވެސް ހުސްނާގެ މޫނުމަތިން ފެނުނު ހިތާމައިން އެހިތުގައި ރިއްސާލިއެވެ. އަދިވެސް ފަނޑުކަމެއްނެތި އެހިތުގައި ފެވިފައިވަނީ ހުސްނާގެ ލޯތްބެއެވެ. ވީއިރު ލޯބިވާ ފަރާތެއް ތަކުލީފެއްގައިވާ ތަން ދެކެން އެހިތަށް ކުޅަދާނައެއްނޫނެވެ. “ދަރިފުޅާ ކޮންކަމަކާ ވިސްނަނީ..އަނެއްކާ ކަމެއް ގޯސްވީތަ؟” ޒުއްނޫރު ސިސހިގެން ދިޔައި ދާދި ކައިރިން އިވުނު އޭނާގެ މަންމަ އިބްޒާގެ އަޑުންނެވެ. އިބްޒާއަކީ އީތަން އުފަންވީއްސުރެ މިއަދާ ޖެހެން ދެންވެސް ދެގޮތެއްނުވެ ޒުއްނޫރުގެ ވަކާޅާތު ކުރަމުން އައި މީހެކެވެ. ފިރިމީހާއާ ދެކޮޅަށް ވިޔަސް އިބްޒާ ހުންނަނީ ޒުއްނޫރު ކުރާ ކޮންމެ ކަމަކަށް އެހީ ވުމަށް ތައްޔާރަށވެ. އޭނައަށް ވަފާތެރި އެތައްހާސް ޖިންނިންނެއް ރެއާ ދުވާލު އެހުންނަނީ އީތަންގެ ދިފާއުގައި އައްޑަނައަކަށް ވެގެންނެވެ. މިއަދު ދެޅޮފަދައިން ބަލަމުންއައި ދަރިފުޅަށް އެފަދަ ހާލެއް ޖެހުމުން އިބްޒާއަށް އމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައީ އިންތިހާއަށެވެ. ނަމަވެސް ތަޤްދިރު އޭނައާވެސް ސަމާސާ ކޮށްލީއެވެ. މާމަދެދަރިންގެ ހަނގުރާމައިގައި އޭނާ އެވަނީ މބަލިކަށިވެފައެވެ. އީތަންދެކެ ވާ ލޯބި ނުވެނުސް އޭނަ ޒިއަދަންއަށް އަނިޔާއެއް ދޭކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިހާރު އޭނަވާނީ އީތަންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހުރިހާކަމަކުން އޭނާ ސަލާމަތްކުރަން ޖިންނީންގެ ވަރުގަދަ ލަޝްކަރެއް ތައްޔާރުކޮށްފައެވެ. “ކަމެއް ނުވެޔޭ މަންމާ..ހިނގާދެން ދަމާ އަހަރެމެންގެ ބޭނުމެއް މިތަނުގައި މިވަގުތު ނެތް..އެހެން ނަމަވެސް މިވަގުތު ކުރަންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތް..ވަގުތު ފާއިތު ނުވަނީ ހިނގާ..” ޒުއްނޫރުގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. އިބްޒީމާވެސް އިތުރު ސުވާލެއް ނުކޮށް ޒުއްނޫރު ފަހަތުން ހިނގައިގަތެވެ. ހޮސްޕިޓަލުން ނިކުމެވުމާއެކު އެދެމިހުން އެހެން މީހުންގެ ލޯތަކަށް ގެއްލިގެން ދިޔައީ އެއްވެސް މީހަކަށް ޝައްކެތް ނުވާފަދަ ގޮތަކަށެވެ.
**
ފަޒާގައި ގުގުމާލައިފައިވަނީ މިއުޒިކްގެ ގަދަފަދަ އަޑުފަށްގަނޑެވެ. ކައިޝާއަދިވެސް ހުރީ އެހުރިގޮތަށް ތަނބުގައި އައްސާފައެވެ. ޒިއަދަން އޭނަގެ އެކުވެރި ފިރިހެން ގުރޫޕެއް ގެނެސް އެތަނުގައި ނުކުރާކަ ނުބައި ކަމެއް ނެތެވެ. މަސްތުގެ ހާލަތުގައި ތިބެގެން ވަލު ޖަނަވާރުންހެން އެމީހުން އެންމެހާ ނުބައިކަމެއް ކުރަމުން އެދަނީ ކައިޝާގެ ކުރިމަތީގައެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ހުރި ކައިޝާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒިއަދަންގެ އަނިޔާވެރި ޖަލުގައި ގައިދުވެފައި އެހުންނަނީ އެއްވެސް ކަމެއް ނުކުރެވޭހާލުގައެވެ. “އީތަން..ޕްލީޒް…ތިހެން ނުހަދަބަ” ކަރުނައިގެ ތެރެއިން ކައިޝާ އާދޭސް ކުރަމުން ދިޔައެވެ. ޒިއަދަންގެ ހަޤީގަތް ނޭނގޭ ހާލު އެހިތް ކަތިލެވެމުން އެދަނީ އީތަން އެފަދަ އަނިޔާވެރި މީހަކަށް ވުމުންނެވެ. އެސިކުނޑިއަށް އެވަނީ ބަރުދާސްތު ނުކުރެވޭވަރުގެ ހިތްދަތި ކަމެއް ލިބިފައެވެ. ކައިޝާގެ ގައިގައީ ބީހެމުން ޒިއަދަން އޭނަ އީތަންދެކެ ކުރާ ނަފުރަތުގެ އަލިފާނުން ކައިޝާގެ ޖިސްމު ފިއްސަމުން ދިޔައެވެ. އެއްވެސް އިތުރު މީހަކު ކައިޝާގެ ގައިގައި އަތްލުމުގެ ހުއްދައެއް ޒިއަދަން ނުދެއެވެ. މިކަމުން ކައިޝާގެ ހިތަށް ކުޑަނަނަމަވެސް ހަމަޖެހުމެއް ލިބުނަސް އެހާލުގައި އެތައް ފިރިހެނުންގެ ކުރިމަތީގައި ހުންނަން ވުމުން ކައިޝާ ލަދުން މަރުވާވަރު ވެއްޖެއެވެ. އެނުބައި މީހުންގެ ދަހިވެތި ލޯތަކުން ކައިޝާގެ ހަށިގަނޑަށް ކަޅިއަޅަމުން ދާގޮތުން ހީވަނި ރޮލާ ކާލަން އުޅޭހެންނެވެ. އެއަނިޔާވެރިކަމުން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ކުރަމުން ކައިޝާ ގިސްލަމުން ދިޔައެވެ. އެގިސްލުމުގެ އަޑު އިވޭނެ އެއްވެސް މީހަކު އެތަނުގައި ހުރިހެނެއް ހިޔެއް ނުވެއެވެ.
އެވަގުތު އެގޭ ބޭރުން ދުންތަކެއް އެރުމަށްފަހު ބޮޑު ކަކުނި ބައިގަނޑެއް އެގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. މަޑުމަޑުން ދުވަމުން ދިޔައަ އެކަކުނި ތަކުގެ ދެލޯ ވިދަމުންދިޔައީ ލޭރަތް ކުލައިގައެވެ. ވަކި ހިސާބަކުން އެކަނުނިތައް ދެބަޔަކަށް ބެހި އެތަނު އެއްބައި އެގޭ ފާރުމަތިން ގޮސް ފުރާޅުމައްޗަށް އެރިއެވެ. އަނެއްބަޔަކު އެގޭގެ މައިދޮރުން އެތެރެއަށް ވަދެގެން ދިޔައެވެ.
ދަންވި ދަންވިހެން ޕާރޓީގެ ފޯރި ދިޔައީ ގަދަވަމުންނެވެ. ޒިއަދަންވެސް އެހެންމީހުންނާ މަސްހުނިވެގެން އުޅެންފެށިއެވެ.އެގޭގެ އެތަން މިތަނުގައި ކަކުނިތައް ދުވަމުން ދިޔައިރު އެއިން އެއްވެސް ކަމެއް ރޭކާލާނެ ވަރުގެ މިހެއް ނެތެވެ. ނަމަވެސް ކައިޝާއަށް އޭނާގެ ފައިކައިރީގައި އެނބުރެމުންދިޔައ ދެތިން ކަކުންޏެއްފެނި ހަޅޭލަވާގަނެފައި ފައިން ޖަހާ އެއެއްޗެހިތައް ދުރައް ފޮޅާލިއެވެ. އެއަޑަށް އެތަނުން ތަންކޮޅެއް ވަރުގަދަކޮށްހުރި ފިރިހެނަކު ކައިޝާ އައްސާފައިވާ ވާތަށް ކަނޑާލިއެވެ. ވީއުފަލުން ކައިޝާ އުޅުނީ ހަށިގަނޑު ނިވާކުރެވޭތޯއެވެ. އެވަގުތު ކުއްލިއަކަށް އެމީހާ ކައިޝާ ކޮނޑުމައްޗަށް ނަގައިގަނެގެން އެތަނުގައި ހުރި ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. ކައިޝާ ރޮމުން އަޑުގަދަ ކުރަމުން ދިޔައެވެ. އެއްވެސް އުނދަގޫ ކަމެއްނެތި އެމީހާ ކައިޝާގޮވައިގެން މައްޗަށްއަރާ އެންމެ ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު ކައިޝާ ނަގާ ހުރާލީ އެނދާ ދިމާއަށެވެ. އެނދުގައި ޖެހުނު ގޮތަކުން ކައިޝާއަށް ހަރަކާތެއްވެސް ގެންނަން ނޭނގިފާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. “ނޯ…ނޯ..ޕްލީޒް…” އެމީހާގެ ހަރަކާތްތައް ހުރި ގޮތުން ކައިޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. ލައިގެން ހުރި އެއްޗެހި ބާލަމުން އެމީހަކު ކައިޝާއާ ދިމާއަށް އަންނަމުން ދިޔައީ ދަހިވެތި ބެލުމަކުންނެވެ. ދެލޯ އަމާޒުވެފައިވަނީ އެއްވެސް ނިވާކަމެއް ނުވާ ކައިޝާގެ ހަށިގަނޑަށެވެ. އެމީހާ މަޑުމަޑުން އައިސް ކައިޝާގެ ގައިމައްޗަށް ޖެހިގަތީ ދަހިވެތި ސިންގާއެއް ޝިކާރައަކަށް ފެންބޮވައިގެންވާ ފަދައަކުންނެވެ. ކައިޝާ ރޮއެގަންނަމުން މަންމާއޭ ކިޔާ ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް އެމީހަކު އެއްވެސް ރަހުމެތް ނެތި ކައިޝާގެ ހަށިގަނޑުގެ އެތައް މިތާ ބޮސްދެމުން ދިޔައެވެ. ކައިޝާގެ ހިތަށް ބިރުވެރިކަން ވަދެފައި ވަނީ އޭގެ އިންތިހާއަށެވެ. އެނާގެ އިތްފަތްތެރިކަން ވެއްޔާ މޮޑެވޭން އުޅޭކަމުގެ ބިރުވެރިކަމުން ހިތަށް ލޮޅުން އަރައިގެން ދިޔައެވެ. އެވަގުތު ކައިޝާއަށް އީޝަލްގެ ސޫރަ ސިފަވެގެން ދިޔުމާއެކު ދެލޯ ފުރިގެން ބަންޑުންވިއެވެ. އީޝަލްއަށް ކުރެވޭނެ އިހުސާސް ކައިޝާގެ ހިތުގެ އެންމެ ފުންމިނުން ކުރެވެމުން ދިޔައެވެ. އީޝަލް ފަދައިން އޭނާވެސް ޝިކާރަވެގެން ދާނީހެއްޔެވެ؟ ކައިޝާގެ ހިތަށް އެތައް ހާސް ކަށިތަކެއް ހެރެމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އޭނަގެ ގައިމަތީގައި އޮތް މީހާ ސިފަކުރެވެނީ ހަމަ ވަލު ޖަނަވާރަކާއެވެ. އެހެން ނޫންނަމަ އެއްވެސް ރަޙުމެތްނެތި އަންހެން ކުއްޖަކަށް އެފަދަ ނިކަމެތި ކަމެއް ދޭން ވެދާނެހެއްޔެވެ؟ ކައިޝާގެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދަނިކޮށް އެކޮޓަރީގެ ދޮރު ހުޅުވިގެންދިޔައެވެ. ކުރިމަތިން ފެނުނު ސުރައަކުން ކައިޝާ ހައިރާން ވިއެއްކަމަކު އުފާވެސް ވިއެވެ. މިނަރަކައިން އޭނާ ސަލާމަތް ކުރެވޭނެ ހަމައެކަނި ފަރާތަކީ އެކޮޓަރީގެ ދޮރު ކުރިމަތީ އެހުރި މީހާއެވެ. އެމީހަކު އެކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އެދެލޯ ދިއްލިގެންދިޔައެވެ. މަޑު ފިޔަވަޅުތަކެއްގައި އެމީހަކު އެކޮޓަރިއަށް ވަދެގެންއައި ވަރަކަށް އެމީހާގެ ސިފަޔަށް ބަދަލު އަންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައި އޮތް ކައިޝާ ހެޔަށް ގޮތްވެގެން ދިޔައެވެ. މެރެމުން ދިޔަ ދެލޮލުން ފެނުނީ ހުވަފެނުގައިވެސް ކައިޝާއަށް އުނދަގޫ ކުރާ ސޫރައެވެ.
80 Comments
Comments are closed.
I m first tha
Why such a big break
And story is nice
well ehendhw miveee…btw i was not well ehenve cudnt write it..but insha allah now feeling much better..thank u soooooo much..:*
Zail mi story kiyaalan libeyne irakah wait khgn mihury..vrh salhi mi part vx..wen us next part..anehkaa kaakubaa kai ah fenign eulheneee…
oooohhhh zail…vvvv ufaaavejje mihaa dhuvas fahunves dhimaaveema..n thaannnnk u sooooooo much..:) next part ah inthizaaru kuraanekamah heekuran…hopefullyy tmrw nyt..
Is*.
Zail ah second dho ehnmma elibunyh?yey..hehe
yaayyyy dhw..:)
kaya haadha lassvy..kihineh vy anekka…mi part ves v nala..
thank u yal…well insaanunveema balives vaane dhw..n baei kahala kanthah hunnaane avahaa rangalhu nuvaa kantahahves..heekuran kudhin kudhin understanad vaane kamah..:)
thedheh thibunee kaya…insaanun veema bali vaane…anekka goas gothakah nudhekeythi alhugandu ehn bunyma…hama kaya ge habareh nuve gina dhuvas vyma ehn ahaalevuny…sry dear…
eiii kamei nooney dear no need to feel sorry..hhehe..:)
Thanks….. varah dhigu inthizaarakaffahu emmefahun mi vaahaka kiyaafa mi libuny…. Haalu angaala dheefiyya varah rangalhu….
jinn v bodah maafah edhen comments thakah reply nukureuneema..miadhu fenuneevs..insha allah feeling much better but eikkonei ok ei noon adhives ekamves kudhin inthizaaruga thibeynekan ingeytheve juz tried to write it n here it is hope u liked it…v ufaavejje haalu ahaaleema..really u r a true reader n i love you for dat:*
Nuuri Wishrrm
Reethi… when next part
thank u ReeXa…happy to knw dat u liked it..:) btw next part will up hopefully tmrw nyt..
WOW!! V inthizaaru kurevijje mivaahaka up kollaane irakah… Kaya mihaaru OK tha?? Heevany Eathan noony Zunnoorhen e aee… Zunnoor aisdhaane faharehga Eathange sifa jehigenves… Next partge inthizaaruga mihury… Kon irakun next part kiyaalan libeyny?? Keep it up Kaya 🙂
awwwnnn saandy..thank u soo much…dn engidhaane eii kaakukan dhw…hehhe..hope u ll b waiting..:) btw i saw ur story..its been so many episodes adhi nukiyey..but nw m bak n sure will read it..nukiyaaves ingey reethivaanekan..hehehe..:)
eii Ziadhan aee aslu sifaaga ???????? EATHAN ??? LOL?? maybe vedhaane zunnoor kamah ?
neynge dhw..hhehe…mirey ingeyne eii kaakukamei…keep waiting:)
ei Ziadhan dhw e aee aslu sifaaga ???? maybe vedhaane zunnoor kamah ?
waiting waiting!
Kaya. Missed u❤. Happy to see a new episode. Gws Kaya❤?. V interesting ingey. N v nice.keep it up. Waiting for next part ??
awnnn jj…thank u soooo much…ufaavejje like veema..:)
some of u might hate me nw..:( asluves liyeven nethyma upnukurevuny..i felt sad comments thah kiyaafa..miadhu gina comments thah fenuneeves…n i knw it was all my fault i shud actually inform u guys but i was so unwell n bxxy in my life.. thrz alot of things which i hav to think n as well as tc so beside from all that i cudnt got any time for de story..insha allah kuriah huri parts thah medhu nukendi genesdhevethw try kuraanan..missed u all..heekuran like vaane kamah..thankz dhegothethei nuvaa readers..:)
Alhey. We understand ey kaya. Dont be sad?. We all are with u kaya.. hama gaimu es i’ll be there ekaku nethas. Coz u are an amazing writer??.Kuri aramun ahna. V happy vey konme episode eh kiyaafa es improvements fennathi. Keep it up ingey??. Ingey bxy vaanekan. Bali vs vaane. We all are human eynu dho. Readers jehen ekan understand van. Hope all readers Will understand it?. emeehakah ekameh dhima veema ekamehge huri burakan ingeyneee. Btw missed u kaya❤… looking forward for next part ingey.??. Gws❤
v touch vejje comment kiyaafa..asluuves v ufaavey thikala readers ulheythyve..i cnt tell anymore..juz wanted to thank u deep frm my heart:)
Vara vara reethi….god bless u…????
thaaaaannk you nakko:)
Alhey….kayaa….hih thalhuvaalaafa thininmaalee….aneh bai kiyaa hithun nuves nidheyne kan neynge….kaya shafakallah….??
awwwwnnnnn azu:) thank u soooo much:) vvvv happ vejje azu like veema:)
Owh thnkxxxxx thnkxx. Thnkxxxxxc ..v vvwait kurevijje .. Konme dhuhukuves mi story up vi thoa balan n finally miothy up vefa … Story is awesome alhe kaishaa ah ehen nuhadhaa e zaidhan kan angaidheebala eyrun ves e hithah hamajehumeh libeynu e Ethan nunkan iguneema … Feeling v sad for Kai? .. One again thankx a lot … Love yewh ???
thank u sooo much for ur lovely comment…ziadhan dhw keekuraanee some ppl ah happiness libenee anei bayaku rovvaafa..kai ah vaane gothei engiodhaane kuriah huri parts thakun..keep waiting…n vvvvv bodah thanks thigothah abaduves support dheythyve..ufaavey varah:)
Ziadhan *
mihaaruves adhi ekkoh ok nuvey tha? Gws ingey eheviyyaa.. N story reethi hama.. Kuri ah gendhaathi.. Kiyan ” ” hunnaanan
awwwwwwnnnn…thanks dear…vvv ufaavejje..i still had rough coughs mostly at nyts..insha allah v avahaa rangalhuvaane kamah hope kuranee…:)
Thnkxxx kayashandy?…story vrh vrh salhi..pls pls kai ah dheragotheh nuhadhahchey?
happy to c ur comment..thank u silvermist..:)
Mamma ah kiyany ibzyma tha ibza tha?
ibza…i guess ibzyma kiyaahen mansha vaahakige knmes character akah
Mi vahaka kiyaa meehun vara fake vahaka nuliya thi ba faa Dhn bunaaneee bali yaa busy yaaa fake vahaka liyaa meeehun vara. Story reethi kithama vara ka ves
thnk u for ur view…v ufaavey mihaa dhuvas fahuves kiyaaleema..:)
Mi part wes vrh vrh rythi .. Hope kuran awahah next part wes up kohdheyne kamah .. ??
thannk u tutee…next part mirey..insha allah:)
V salhi hama..Nxt prt kn irakn???
luhan ves ebaulhen dhw…happy to knw dat u liked it…insha allah next part mirey..:)
Alhey..haadha dhigu inthizaarakah fahu ey ..anyways,vaahaka vrh rythi..
thank u misha..happy to c yu here..:)
Reethi… haadha kurukoh.!!
sowreee for kurukoh up kurevuneema..:(
Nice story… Keep it up..
thaaaankkkuu malaa
Vara ufaa vehje kaya mi stry up ko dhineema..stry kiyaahithun moya vefa mi innanee ves.mi part ves vara reethi..next part ah vara boda inthizaar eba kurevey..btw happy to knw that u r feeling well now.?
awwwnnnn….haadha sweet ey dhw..thank u soooo much rainy princess..:) v happy vejje comment kiyaafa..:)
Wow v reethi….
thanks lily..:)
al hamdulillah haalu rangalhutha mi haaru aslu v deravi ingey
awwwnnnn maree v ufaavejje..:)
Ehaa dhuvas koffa upload kuri iru vx haadha kurey ? vaahaka vrh vrh reethi keep it up ???
asluves dhw adhy…soree abt dat..btw thank u sooo much..:)
wow?? kaya is back ??
kai salaamai kohdhehchey???.. btw stwry v salhi ?❣
keep it up dear
when nxt ep?
hingaa dhw balamaa..thanks drr..insha allah tonyt around 9 ii ll up keep waiting..:)
wooowww…thanks..hehe:)
Vv reethi mi part. Kihinebbaa vaany next part ga? How are u doing now kaya?? 🙁 I was very worried story up nuve gina dhuvas vaathy. I thought story stop vee kamah
as i said i ll finish it…n dats a promise..:) thank u sooooo much mihaa duvas fahunves kiyaalaafa comment kureema…vvvvv ufaa vejje..:)
Awwhh..v inthixaaru kurin mi stry ah..n avas shifa akah edhen dearr…mi part vx v v v v reethi..keep it up??
awwwnnn ithooo so nice of u…vvvv ufaavejje like veema…thanks alot dear..:)
kuir inthixaar ge nimun athuvejje…. v v v v v nice mi part thankoo kaya hope u feeling better now….
awwwwwnnnn remoo…v ufaavejje comment kiyaalaafa…thanks dear:)
Get well soon Kaya dear. V thafaathu biruveri vaahaka eh. V salhi inge.
ooohhh ehentha dear…m glad dat u liked it…thank u sooo much:)
oh may god!!
Kaya is back!
Yay ?
I missed you ?
But story is awsome?
Cheer up!!
Egerly waiting for the next part?
GWS?
wat a lovely comment..thank u dear..vvvv happy dat u liked it:)
V dhuvas kohlaafa kiyaalevijje
dhw.syn..thankzzzz:)
Thanks Kai varah ufaavi up viyma….mihaaru feeling well dhow… Vvvv nice mi parts ves keep it up… Waiting 4 next part..??
welcome n thank u YAANA….vvv ufaavejje ehaa duvas fahunkiyaafaves like veema…:)
Finally. Konme dhuvahaku beley mi story up vejjetho. Vvvvv salhi mi part ves. Waiting for next part. All the best.
varah bodah sorry ehaa dhiguninthizaarei kuran jehuneema..n thank u so much for ur love:)
Alheyyy kayaa baby haadha dhuvaheh fahunn thii up kholee.?…bt story nic?
hey kayaa…varah dhuvas kohlaafa dhw cmmnt mi koh levunee…btw haalu kihineh tha??..nd story is amazing ingey keep it up!!