Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭކަލާޔާ ގާތުގާ ވުމަށް (ހަތަރުވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 7, 2017 5 Mins Read
50 Comments

އަހަރެމެން ދެމީހުން ރޫމެން ކާރިޔައަށް ދިޔައިރު މަންމި ވެސް ހުއްޓެވެ. އަދި ލަސްނުކޮށް ގެޔައަށް ދާށޭ ބުނެ ކޮޓަރިއަށް ވަނެވެ. މުލައިލްވެސް މިރޭ އަށަކަށް ތިގޭދޮށަށް ދާނަމޭ ބުނެއެއްލޯ މަރާލަމުން ލައިތް ގޮވައިން ގެޔަށް ދިޔައެވެ. އަހަރެންވެސް ހީލަމުން ރޫގެ އަތުގައި ހިފާލައިން ގެއިން ނިކުތީ ހިތާމަތަށްހިންދާލަމުންނެވެ. އަހަރެން ހިތުން މިރޭ ވެގެން ދާނީ އުފާވެރި ރެއަކަށެވެ. އެއީ ރޫއާދެމީހުން އެއްކޮށް މަޖާކޮށްލުމަށްފަހު އެއްކޮށް ނިދާލެވޭނެތީއެވެ. ނަމަވެސް އަހަންނަށް ނޭންގުނީ އަހަންނަށް ދެވުނު ދައުވަތުގެ ސަބަބުން ކުރިމަތިވެދާނެ ބިރުވެރިކަމެވެ. އެތައްބައެއްގެ ފުރާން ނުރައްކަލަށް ހުށަހެޅިގެންދާކަމެވެ.

އަހަރެމެން ދެމީހުން އެންމެ ފުރަތަމަވެސް ބެލީ ލިބިފައި ހުރި ހަދިޔާތަށް ކެނޑޭ ތޯއެވެ. ހެދުން ވެސް ބަދަލު ކުރުމެއްނެތި  ދެމީހުން ހީހީފައި އެއްޗެހިތައް ބަލަމުން ދިޔައިރު އަހަރެންވެސް އިނީ މިރޭގެ ހާދިޘާ މަތިން ހަނދާންނެތިފައެވެ. ނަމަވެސް އަށެއްޖަހަން ފަސްމިނެޓަށް ވެފައިވަނިކޮށް ކާފަ އައިސް މުލައިލް މެން އެބަ ތިއްބޭ ބުނުމުންއަހަރެމެން އަވސް އަވަހަށް ހެދުން ބަދަލްކޮށް ރީތިވެލައިން ބޭރަށް ނިކުތް އިރު މުލައިލް އާއި ލައިތްވެސް ތިއްބެވެ. މުލައިލްގެ އަތުގައި ފިނިފެންމަލެއް އޮތް އިރު ވެލިގަނޑު ގައި އައި ލަވްޔޫ ރޫ ލިޔެފައި އޮތެވެ.

އަހަރެން އެތެރެ އެތެރެއިން ރޮއެރޮއެ ހުރި ނަމަވެސް ވަރަށް ނުވާ ކަމަށް ހަދާލައިފައި އަހަރެން ރޫ މުލައިލްއާ ދިމާއަށް މަޑުމަޑުން ކޮށްޕާލީމެވެ. އަހަރެމެން އެންމެން ގެ ކުރިމަތީގައި ރިހިއަލީގައި މުލައިލް ރުހާއަށް ލޯބި ހުށަހެޅީ އަހަރެންގެ ހިތް ފުންޑުފުނޑު ކޮށްލަމުންނެވެ. ރޫ ވެސް އެލޯބި ހިތުން ރުހުމުން ގަބޫލު ކުރިއިރު އެއީ އޭނާގެ ވެސް ފުރަތަމަ ލޯބިކަމަށް ބުނެލިއެވެ. އަހަރެމެން ހަތަރު މީހުން ސަކަރާތް ޖެހާނެ ވަރަކަށް ސަކަރާތް ޖެހުމަށް ފަހު ދިހަ ގަޑި ބައި ވަނިކޮށް މުލައިލްމެން ގެއަށް ދިޔައެވެ.

އަހަންނާ ރޫ ކެއުމަށް އިންސާފު ކުރަން ތިބި ވަގުތު ކާފަ ހާސް ވެފައި އިރު އިރު ކޮޅާ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލައެވެ. އަހަރެންނަށް އެކަން ފާހަގަވިނަމަވެސް މާބޮޑުކަމަކަށް ނުހަދާ ކާލީމެވެ. ނަމަވެސް ރޫއަކަށް ނުކެވުނެވެ. އެއީ ހަވިރު މާގިނައިން ހެދިކާ ކެއުމުން ކަމަށް ބުނެ ރޫ ތެދުވެގެން ދިޔައެވެ. އަހަރެންވެސް ފެން ބޯލައިން ކޮޓަރިޔަށް ވަނީ އަދި ކުރިޔަށް އަހަރެމެން މޮޅެތި ކަންކަން ކުރަން ރާވައި ފައި ވާތީއެވެ.

************************************************************

“އަން…މި ބޯލަބަލަ.” މަޒީނާ ފިނި ޖޫސްތައްޓެއް ދިއްކޮށްލަމުން ބުނެލިއެވެ. ޔުސްރާވެސް ފޮތް ލައްޕާލުމަށްފަހު އެ ޖޫސްތަށީގައި ހިފާ އެއްނޭވާ މަތިން އެތަށި ބޯލިއެވެ. “ދަރިފުޅާ…އެހާ އަވަސް އަވަހަށް ބޯކަށް ނުވާނެ.” މިފަހަރުވެސް ޔުސްރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން މަޒީނާ ދާން ތެދުވި ވަގުތު ޔުސްރާ އެއަތުގައި ހިފާލިއެވެ.

“ތީ ލާނީ މަންމައެއް ނޫން ދޯ؟” މަޒީނާ ހަމައެކަނި ހިނތުން ވުމަކުން ފުއްދާލިއެވެ. އަދި އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުން ދިޔައެވެ. ހައިރާންވެފައި އިން ޔުސްރާ ބޭރަށް ނުކުމެލީ އިރުގެ ރަންދޯދިތައް ކޮޑަދޮރުން ފެންނަން ހުރުމުން ނެވެ. ޔުސްރާ ބޭރަށް ނުކުމެލިއިރު ހަވީރުހެ ހިޔާޖެހި މުޅި މާހައުލު ވަނީ ގުދުރަތުން ޖަރީ ކުރެވިފައެވެ. އެހާ ހިތްފަސޭހަ މާހައުލެއްގައި އުމުރަށް ހުރެވޭނެނަމައޭ ޔުސްރާ ހިތަށް އެރިއެވެ.

ފޯނުހިފައިގެން ހުރެ އެ މަންޒަރުތައް ފޯނުގައި ރައްކާކުރަމުން ދިޔަ ޔުސްރާއަށް އަލާނިޔާ ގެ މެޖެއް އައުމުން ހީލަމުން އެ ނަންބަރަށް ގުޅާލީ އަލާނިޔާ ހުންނާނީ ވަރަށް ހިންހަމަ ނުޖެހިފައި ކަން އިނގޭތީއެވެ.”ކީއްވެތަ އަންގާވެސް ނުލާ ދިޔައި؟!!!.. މުލްގެ ފަރާތުން އިނގުނީ ވެސް.. ހަމަ ބުނެލެވޭނު ދޯ؟!… ލާނީ އެހާ ބޭކާރު މީހަކަށް ވީ ކޮންއިރަކުތަ؟..ހެޔޮ ކޮންމެ އެއްޗަކަސް. މިއުޅެނީ ވަރަށް އަނިޔާވެރި ގޮތަކަށް މއ. ޕެލަސްގޭގަ ނިހާ ކިޔާ ވަރަށް ޔަންގް ކުއްޖަކު މަރާލައިގެން. އެ ގެޔަކީ އަސްލު ފިލްމު ކުޅޭ ރުއާގެ ގެ. ވަރަށް އަނިޔާވެރި ގޮތަކަށް އޭނަ މަރާލާފަ އޮތީ..ލާނީވެސް ދެކުނިން. ކިރިޔާ ހޮޑު ނުލެވުނީ.. އޮތީ ހަމަ ނޮޅާލާފަ. ދެން ކޭސް އެއް ފައިލް ކޮށްފަ އެބައޮތް ރުއާ ޔާ ދެކޮޅަށް. އެކަމް ލާނީ އަށް އިނގޭ އެކަހަލަ މީހަކަށް ކުރަން ކެރޭނެ ވަރުގެ ކަމެއް ނޫންކަން އެއީ.. ސޯ އައި އެމް ހެލްޕިންގް ރުއާ.”

“ރުހާ” ޔުސްރާގެ އަނގައިން އެ ލަފްޒުތަށް ބޭރުވީ ކީއްވެ ކަމެއް ހުދު ޔުސްރާއަކަށް ވެސް ނޭންގުނެވެ.”ނޫން ރުހާ އެއް ނޫން.. ރުއާ..އޭ މިރޭ ގުޅާނަން. މިދަނީ ރުއާޔާ ޓޯކް ކޮށްލަން”

އެހެން ބުނެލުމަށްފަހު އަލާނިޔާ ފޯނު ކަނޑާލިއެވެ. ނަމަވެސް ޔުސްރާގެ އަށް ކޮންމެސް އެއްޗެއް ވިސްނެން އުޅޭކަހަލައެވެ. އެހެންކަމުން ލަސްކުރުމެއްނެތި އޭނާ ބެލީ އަވަހަށް ގޮސް އެފޮތް ކިޔާ ނިންމާލެވޭތޯއެވެ.

 

 

އެންމެ ފުރަތަމަ ކަމަކަށް އޮތީ އަހަރެމެންނަށް ރީތިވެގެން އުޅުނު ފިރިހެން ކުއްޖެއްގެ ފޭސްބުކް ހޭވުމެވެ. ހީހީފައި އެކުއްޖާ ލައިފައިހުރި ފޮޓޯތަކަށް މަލާމާތް ކުރަމުން ދެންވެސް ފެނުން ދެތިން ރީތިކުއްޖެއްގެ ވަނަވަރު އިނގޭތޯ އުޅުނީމެވެ. އެޔަށް ފަހު ފެށަން ޝޯ ކުޅުމާ ފޮޓޯނެގުންފަދަ އެތަށް ކަމެއް ކުރީމެވެ. މެންދަމުން އަލިވެ ދޭއްޖަހަނިކޮށް އަހަރެމެން ނިދަން އޮށޯތީ ދެމީހުންވެސް އިންތިހާއަށް ވަރުބަލި ވެފައިވާތީއެވެ.

ނިދުނުކަމެއް ނޭންގެއެވެ. އަހަރެން ނަށް މީހަކު ރޯކަހަލަ އަޑެއް އިވޭތީ ހޭލެވުނެވެ. ފުންމައިގެން ތެދުވެ ބޮކި ދިއްލިއިރަކު ރޫއެއްނެތެވެ. ހާސްވެގެން އަހަރެން ހުރި ގޮތަށް ތެދުވެ ފާހަނަޔާ ބޭރު ގޯތިތެރެވެސް ބެލީމެވެ. އެއްތާކުން ވެސް ރޫއެއް ނުފެނުނެވެ. އޭރުވެސް ކޮންމެސް މީހެއްގެ ވޭނީ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެންގެ ހިތް ނުބައި ގޮތަކަށްތެޅިލީ އެއީ ރޫގެ އަޑުކަމަށް އަހަރެންގެ ސިކުނޑި ގޮވާލުމުންނެވެ. ދެފައި ތުރު ތުރު އަޅާހާލު އަހަރެން އެއަޑު އަންނަ ދިމާއަށް މިސްރާބު ޖެހީމެވެ. އެއަޑު އަންނަނީ އަހަރެންނަށް ވަނުން މަނާ ކޮށްފައިވާ ކޮޓަރިއަކުންނެވެ. އެއީ ކާފަގެ ހަރުކަށި އުސޫލުތަކެވެ. އަހަންނަށް ވަދެވޭނީ ވަކި ކޮޓަރިތަކަކަށެވެ. ކޮންމެ ރެއަކުވެސް ރޭގަނޑު ކެއުން އެއީ ކޮންމެހެންހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ދަންވަރު ބޭރަށް ނިކުމެގެން ނުވާނެއެވެ. އެ ގޮތަށް ކިތަންމެ ގަވައިދެއް ހުއްޓަސް އަހަރެން ސުވާލު ނުކުރަނީ ކާފަޔަށް އަހަރެންގެ ހިތުންދެވިފައިވާ މަގާމް މަތިކަމުންނެވެ.

ކޮންމެއަކަސް މިފަހަރު މިއޮތީ މިތަނަށް ވަންނަން ޖެހިފައެވެ. ވަރަށް ހިތްވަރު ކޮށްލައިފައި އަހަރެން ދޮރު ހުޅުވާލީމެވެ. ފެނުނު މަންޒަރުން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

“ކާފާ؟؟؟؟!!!!!!!!!!!!!”

އެވަގުތު ކޮންމެސް ފިޔާތޮށި ކުލައިގެ އެއްޗެއް އަނގަޔަށް ލައިގެން އޮތް އަހަރެންގެ ކާފަ އޭތި އަނގައިން ނަގަމުން މޭޒުމަތީ ބޭއްވުމަށް ފަހު އަހަރެންގެ ކާރިޔަށް އައެވެ. އަދި ރޫވެސް އައްސައިފައި އިން ގޮނޑީގެ ކައިރީ އަހަރެން ގަދަހަދަހަދާ އޮއްވާ އައްސާލިއެވެ.

“އިނގޭތަ. އަހަންނަށް އެންމެ މީރީ އިންސާނުންގެ ހިތް..އްމްމްމްމް… އަހަރެން އާލް އަހަރެންގެ ކާފަ ދަރިޔަށް ވީމަ ވަރަށް ބެލިން ނިދާ ބޭސް ދީގެން ވެސް ކޮޓަރީގަ ބޭއްވޭތޯ. އެއީ އަހަރެން ދަންވަރު މިކުރާ މަސައްކަތް ފެނިއްޖެޔާ ދެން އެހިސާބުން އެމީހެއްގެ މަރާ އެ ސަލާމް ކޮށްލެވުނީ..ހެހެ..ކަލޭގެ މަންމަވެސް ބައްޕަވެސް ނިމިދިޔައީ އެފަދަ ގޮތަކަށް..އެކަމުވެސް ކީއްކުރާނީ ދޯ…އެކަކުވެސް މަ ނުބަހައްޓާނު މީހުންގެ ތެރޭގަ. އެހެންވެ ދެން މަ ކާލާ އެތިކޮޅުވެސް ގިނަ ވާނެތީ ދޯ…..”

އަހަންނަށް ކާފަ ކިޔަމުން ދިޔަ އެކައްޗެއް ފަހުމު ނުވިޔަސް އަހަރެން ހުރީ އިންތިހާޔަށް ބިރުގަނެފައެވެ. އޭރު ރޫ ވަނީ ބިރުންގޮސް ހޭވެސް ނެތިފައެވެ. އަހަރެން ކާފަޔާ ދިމާލަސް ބަލައިލިއިރު އަނެއްކާވެސް ކާފަ ހުރީ ކުރިންވެސް އަނގަޔަށް ލައިގެން ހުރި އެތި ހަފާލަ ހަފާލާއެވެ. އެވަގުތު މި ވާނުވާ އަހަންނަށް ފަހުމުވިއެވެ. ތުރުތުރު އަލާހާލު އަހަރެން އަހާލީމެވެ. “ތީ..ގް.ގޮހޮރެއްތަ؟..ތ..ތ…ތި.ކަނި..ކަނީ..އިންސާނުން..ތ.ތ..ތަ؟” ދެން އިވިގެން ދިޔައީ ބިރުވެރި ހުނުމެއްގެ އަޑެވެ. އަދި ކާފަ މަޑު މަޑުން އަހަރެންގެ ކައިރިޔަށް އައިސް ލެއިން ތަތްތެޅިފައި އޮތް އިންސާނެއްގެ ސިކުނޑި ދައްކާލިއެވެ. އެޔަށް ފަހު ފެނުނީ އެ ހުރިހާ ލޭތަކާއެކު ކާފަ އޭތި މީރު ކޮށް ހަފާލައިން ކާންފެށި ތަނެވެ. ވަގުތުން އަހަރެންގެ ހެޔަށް ގޮތްގޮތް ވެގެން ދިޔައެވެ.

ހެނދުނު ހޭލެވުނު އިރު އަހަރެންގެ ގާތުގައި ރޫ ނިދައިފައި އިތެވެ. އަހަރެން ފުންމައިގެން ތެދުވީ ރޭ ވީ ގޮތް ހިތަށް އެރުމުންނެވެ. އެވަގުތު ރޫވެސް ހޭލިއެވެ. ” އާލް.. އާލްގެ ކާފަ.. އިންސާނުން ކަނީ..އާލްގެ މަންމަޔާ ބައްޕަވެސް މަރާލީ ހަމަ އޭނަ. އެއީ ނުލަފާ މީހެއް.. މީހުންމަރާ މިނިމަސްކާ މީހެއް.. އާލް.. ދެން އަހަރެމެންވެސް މަރުވާނީތަ؟” ތެދުވިގޮތަށް ރޫވެސް ފެށީ އެވާހަކައެވެ. އަހަރެމެން ބިރުން ވިރި ތިއްބާ އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ފޯނުގެ ދަށުގައި އޮތް ގަނޑުކޮޅެވެ. “ހަނދާން ކުރާތި!. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް އިނގިއްޖެޔާ ތި ހަތަރު މީހުންގެ ތެރެއިން އެކަކުވެސް ދުނިޔެއަކު ނުބަހައްޓާނަން..”

އެ ގަނޑު ކޮޅު އަހަރެންގެ އަތުން ދޫ ވިއިރު އެ ހަތަރު މީހުންނަކީ އަހަރެން ގެ އިތުރުން ރޫ، މުލް އަދި ލައިތް ކަން ދެނެގަނެވުނެވެ. އެ ވަގުތު މި ހުރިހާ ކަމެއް މީ ހުވަފެނަކަށް ވުމަށް ދުއާވެސް ކުރެވުނެވެ. އެގޮތަށް ތިއްބާ އަހަރެމެން ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮރު މަތީގައި ނުބައި ފާޑަކަށް ހީގަނެގެން ހުރި ކާފަ ފެނުމުން މޭ ފަލާލައިފައި ހިތް ނިކުތް ފަދައެވެ.” މަރީނާ އެބަހުރި. ރޫ ދަރިފުޅު ބަލާ އައިސް… އާލް.. ދަރިފުޅު ދެން ހުންނާނީ އެކަނި ދޯ؟!!”

ދޮރު ޖެހުނު އަޑަށް ރޫ އަހަރެންގެ އަތުގައި ހިފާލިއެވެ. “ނޫން.. ރޫ.. ރޫ މިރޭ ނިދާނީ އަހަރެމެންގެ ގޭގަ. އެއްޗެހި އަޅާ..ހިނގާ ދާން…” އަހަރެން ނިކުތީ ބޭނުންވާނެ ހުރިހާ އެއްޗެއް މިދިޔަ އަހަރުގެ ސްކޫލު ދަބަހަށް އަޅައިގެންނެވެ. ހައިރާންވެފައި ތިބި ކާފަ އަދި މަންމި ފެނުމުން އަހަރެން ވަރަށް މޮޅަށް ވާހަކައެއް ހަދާލީމެވެ.” އަސްލު މީ ސެވެން ގެ އަހަރު ވީމަ، ސްކޫލު ހުޅުވެންދެން ރޫ މެންގެ ގޭގަ ހުރެލަންކަމަށް. މިހާރުއްސުރެ ތައްޔާރު ވާންޖެހޭނު.” އެވަގުތު ކާފަ ދަތްކުނޑި ވިކާލިއިރު މަރީނައްތަ އުފާވެފައި ހުރެ އަހަންނަށް ތައުރިފު ކޮށްލީ އަހަންނަކީ ވިސްނޭކުއްޖަކަށް ވީމައެވެ. އަހަންނާ ރޫ އަތުގައި ހިފައިގެން އެގެއިން ނިކުތް އިރު އަދި މިރޭވެސް އައުމަށް އަހަރެމެންވަނީ ނިންމާފައެވެ.

މުޅިދުވަސް ފާއިތުވެގެން ދިޔައީ ހަމަހިމޭން ކަންމަތީއެވެ. އެރޭ ދަންވަރު ބާރަޖެހިއިރު އަހަރެމެން ދެމީހުން ތިބީ އަހަރެންގެ ގޭގެ ބިއްދޮށު ފަރާތުގައެވެ. އެހެން ތިއްބާ ވަގުވަގަށް ކާފަ ނިކުމެގެ އުޅޭތަން ފެނުނެވެ. އަހަރެމެންވެސް ކާފަޔަށް ނޭންގޭނެހެން ފާރަލަމުން ގެންދިޔައިމެވެ. ކާފަގޮސް ވަނީ އެއްކަލަ ކޮޓަރިއަށެވެ. ނަސީބަކުން ދޮރު ނުލައްޕާ ހުރުމުް އަހަރެމެން ވެސް ވަނީމެވެ. ދެން ކާފަ އެތާ ހުރި އަލަމާރި ދުރައްޖައްސާލިއިއިރު ފެނުން މަންޒަރުން އަހަރެންނަށް ކކުޑަކޮށް ހޮޑޫވެސް ލެވުނެވެ. އެތާ ބިއްދަށުގައި ހުރީ ބޮޑު އައިސަލަމާރިއެކެވެ. އޭތި ފުރާލާފައިވަނީ އިންސާނުންގެ ހަމާ އެކިއެކި ގުނަވަންތަކުންނެވެ. ކާފަޔަށް އަހަރެމެން ނުފެނުނީ އަހަރެމެން ތިބީ އެތާ ހުރި ކޮންމެސް ފޮށްޓެއްގެ ފަހަތުގައި ކަމުންނެވެ.

ނަސީބަކުން އެތަނުގެ އެއްވެސް ބޮތްކެއް ނުދިއްލާ ހުރިއިރު ކާފަޔަކީ ކުޑަކޮށް ބީރު މީހެއްކަމުން މަޑުމަޑު އަޑު އިވުނަސް އަޑުނީވޭނެކަން އިނގޭތީ އަހަރެން އިނީ ވަރަށް ހިންހަމަ ޖެހިފައެވެ. ދެން ފެނުނީ އެތަނުން ދިގުދިގު އެއްޗެއް ނަގައިން އެ ކާންފެށިތަނެވެ. އަހަރެމެންނަށް އެތާކު އެންމެ ސިކުންތަކުވެސް މަޑުކުރާކަށް ނުކެރުނެވެ. އަޑެއް ބަޑެއްނުލައްވާ އެތަނުން ނިކުތް ގޮތަށް އަނެއްކާވެސް އަހަންނަށް ހޮޑުލެވުނެވެ.

“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!”

ނުނިމޭ….

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޝައިން (ޕާޓް-21)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (29)

Next
May 7, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (29)

Previews
May 7, 2017

ޝައިން (ޕާޓް-21)

50 Comments!

  1. imagination says:
    May 7, 2017 at 9:39 pm

    here is the fourth part.. hope you like it… sorry las vima.. :'( <3 and feel free to leave ah comment
    <3

    1. imagination says:
      May 7, 2017 at 9:47 pm

      nytsss ?????

  2. ReeXa says:
    May 7, 2017 at 10:23 pm

    Yuk.. eh hadhan heyo nuvaane… BT mi part vx v reethi.. When next part

    1. ReeXa says:
      May 7, 2017 at 10:23 pm

      N me first dhw

    2. imagination says:
      May 8, 2017 at 8:20 pm

      yes.. u first.. yeyy.. hehe thanks reexa ?

  3. pritty hajja says:
    May 7, 2017 at 10:37 pm

    OMG.. ehn hadherkernuvernun.. v nice ingey story… waiting for the next part…..

    1. imagination says:
      May 8, 2017 at 8:22 pm

      dhw.. kon kahala meeheh.. hehee thanks pritty ????

  4. Saandy says:
    May 7, 2017 at 11:03 pm

    V salhi mibaives… V interesting… Next partge inthizaaruga… Keep it up Imagination 🙂
    Page share kolladhehchey

    1. imagination says:
      May 8, 2017 at 8:23 pm

      hehe.. thanks a lot saandy. labba share kohllaifin mihaaru ?

  5. mareee says:
    May 7, 2017 at 11:21 pm

    story rythi ekm hama nujehey..aal 2yrs vadhen coma ga ovefa olevel hedhy.ekm 19 yrs v iru vakileh.ehaa avahah vakil kan kiyavany kihineh.16 yrs school nimunas 19 yrs vakil kan kiyavaa nunimeyne.hithah eryma bunely.

    1. imagination says:
      May 8, 2017 at 8:28 pm

      kurin ves thi mahssala ai. alhugandu bunin ei aslu olhigenney.. dhen mifaharu imagine kohllani yey.. aslu v bodah sorry. o level hedheyne ehnnu .. miss vaani seven ge year and eight ge year. dhen vakeelukan kiyevumah nagaa years a dheythere visnaanulavuni.. thanks a lot. mistakes faahaga kohdhinyma ingeyni aslu.. thikahala readers are so helpful ]???

  6. Jjeyツ says:
    May 8, 2017 at 12:02 am

    V nice and interesting ingey. Looking forward for next part dear❤?

    1. imagination says:
      May 8, 2017 at 8:28 pm

      thanks a lot.. mifaharu v belin ingey buni kanthah rangalhu kureveythoa.. hope i did it.. ???

    2. Jjeyツ says:
      May 8, 2017 at 9:39 pm

      Yes. You did it. So happy to see it imagination. Keep it up dear?❤

    3. imagination says:
      May 8, 2017 at 10:51 pm

      awwn.. soo loabi ?

  7. Maree says:
    May 8, 2017 at 12:17 am

    vv reethi maveshuree hodhulavaafa

    1. imagination says:
      May 8, 2017 at 8:34 pm

      ahhaah.. alhugandu naseebakun kaigen ais liyuni heheh.. anehka ehvves kuhjjaku hodunulah chey.. hehehe.. thanks marreee???????

  8. ithoo says:
    May 8, 2017 at 1:31 am

    Alhe kon kahala kaafa eh dww..idea v salhi dearr..all the best dearr??

    1. imagination says:
      May 8, 2017 at 10:16 pm

      asluves.. inhuman dhw varah..heheheh.. thankss ithooo ????luv ur story too ?

  9. Coco says:
    May 8, 2017 at 5:52 am

    Aaaaai it’s so gross but v v v nice vaahaka eh

    1. imagination says:
      May 8, 2017 at 10:27 pm

      ehehehe.. woops. gross tha hama ehaa ves.. thanks coco ??

  10. Chum handi says:
    May 8, 2017 at 7:25 am

    eyna ge kaafa… chee… gross…. but story salhi… when next part…..

    1. imagination says:
      May 8, 2017 at 10:44 pm

      hehe.. asluves dhw.. kihineh ulhey meeheh tha.. thanks ingeyy chumm ???

  11. mil says:
    May 8, 2017 at 8:08 am

    v interesting..nice

    1. imagination says:
      May 8, 2017 at 10:47 pm

      awwnn.. thanks mil?

  12. Kal says:
    May 8, 2017 at 1:36 pm

    OMG… Yuck what type of a person?? Is he really a human?? Or a disguiser of a zombie?

    1. imagination says:
      May 8, 2017 at 10:53 pm

      hehehe.. ekahala meehe kurin ulhunu vaahaka adu ehin. ekamu dhen ei thoathoa vaahakaeh .. she ate her hus oa.. so cheeedi.. anyways.. thanks kal ??

  13. zombie ? says:
    May 8, 2017 at 5:00 pm

    its meeeeee….huehuehue the zombie.. gonna eat u alll

    1. imagination says:
      May 8, 2017 at 10:53 pm

      ahaha.. ?

  14. Rainy princess says:
    May 8, 2017 at 6:40 pm

    Vaahaka kiyaafa mey nubaa kuraagoi vehje ?? Ekam story vara vara salhi..waiting for the next part..ekam dhen part eh kudako dhigu kohlaane kama umeedhu kuran ?

    1. imagination says:
      May 8, 2017 at 10:55 pm

      labba. in sha allah i will try.. ehhe.. alheyy sorry ehen hadhan jeheythi… thanks ingey princess ????

  15. imagination says:
    May 8, 2017 at 8:08 pm

    https://www.facebook.com/imaginationgestories/

  16. Lily says:
    May 8, 2017 at 9:55 pm

    Maasha Allah. ❤
    Story ge idea varah salhi. ?Adhi story gendhaa goihves. I feel like story thereyga ulheveyhen?
    Keep it up?
    Avahah up kohdhehchey ❤

    1. imagination says:
      May 8, 2017 at 10:57 pm

      aawwwhh… thankss a lott for the loabi loabi comment ?????

  17. Azu says:
    May 8, 2017 at 10:52 pm

    Ahcheedi..heevanee hama asluhen….fakuris….eyee hama insaanehtha???vaahaka vv salhi…

    1. imagination says:
      May 8, 2017 at 10:58 pm

      heeheh.. alheyyy… thankks ingeyy azuuuu .. hama insaaneh ei.. hehe .. ??

  18. Kiara says:
    May 8, 2017 at 11:55 pm

    ??
    Vamp ulhey story eh..
    Yuckkk..
    varah vaanuvaa balaa hih vaa story eh mee..ekm biruveri ey bunyma kiyan jehilun ve hure kiyanee..
    I hate biruveri vaahaka..

  19. pritty hajja says:
    May 9, 2017 at 10:33 pm

    v nice story. whn next part upp kurany.???
    loved it..
    bt haadher gose kaafer erkey.a ner ker er ee aal ger kaaferther…. shahku verjer.. amiler dhari vers kaali….. ehn hedhymer haadher dhera ey.. dehrn e kiyaa roo dho kafer gother vergern er ulherny. mull hodehrn vergern… mul ger first love ekrm hader gohey… ermern nolhain kaalerny… meynubai kuraa varu ver.. bt v nice ingey. v kiyaa hithun kiyaa nimaly mi part vers…
    v salaam

    1. pritty hajja says:
      May 10, 2017 at 3:56 pm

      kobber next part… waiting ingey

    2. imagination says:
      May 10, 2017 at 5:07 pm

      Aan dhww… Dhen vaagotheh balamaa dhw.. Hehe… Sorry ingey up nukurevuni ma . but thanks for the lovely comment ???

    3. pritty hajja says:
      May 10, 2017 at 6:34 pm

      hehehehehe?????❤❤??
      its okey.. bt waiting for the next part…..
      WC…. ♥♥♥

    4. pritty hajja says:
      May 13, 2017 at 12:47 am

      whn next part sandy. cant wait for it. awerher up kohler dhybo

    5. pritty hajja says:
      May 13, 2017 at 10:36 pm

      awern.. swry… miss wrote the name. 🙁 .
      whn next part up kurany. ???? cnt wait fr the next part…

    6. pritty hajja says:
      May 15, 2017 at 9:59 pm

      hadherlaheynext part. alher aws koh fer up kohber.. nw friday vers gossi… mihaaru monday. imagination. plxx. aws koh upp koh bo next part. plx plx plx.. mi vaahaker kiyaa hithun ESFIYA site komer dhuvhaku koner iru vers up nuver adhi vers… alher awers koh dhybo.. awerher up koh dhybo

  20. Jjeyツ says:
    May 10, 2017 at 9:06 am

    Imagination kober next part. Was waiting for ur story last nyt dear?. Avahah up kolla dhehchey ingey??

  21. imagination says:
    May 10, 2017 at 5:03 pm

    Alheyy.. Guyss sorry ingeyyy.. Iyye school ah dhanikoh i met with a minor accident… In sha allah dhen anna part up kohdheveyni friday ga ?

    1. Kal says:
      May 12, 2017 at 6:51 pm

      Koba mirey upvane dhw.. Waiting ingey

  22. Kal says:
    May 14, 2017 at 12:37 pm

    Koba tha story???? miharu miadhu mi Sunday

  23. Kal says:
    May 14, 2017 at 12:39 pm

    Kameh vy tha accident ga imagination ah.. Plx tell smtn

  24. Jjeyツ says:
    May 15, 2017 at 6:44 pm

    Imagination where are you???. Waiting dear?. Please up soon??

Comments are closed.


All Right Reserved!