ހިތަށް ވެރިވެފައިވި ޖަޒުބާތުތަކުން ލޯމެރިފައިވި ޝަނާޔާއަށް ތެޅިގަނެފައި ދެލޯ ހުޅުވާ ބޮޑު ކޮށްލެވުނެވެ.
ޝަނާޔާގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ހުސްނާ ގޮވާލިއަޑު އިވުނެވެ.ޝަނާޔާ ޖިއާންއާއި ދުރަށް ޖެހިލުމަށްފަހު ނޭވާ ހަމައަކަށް އަޅުވާލަމުން ފާޚާނައިގެ ދޮރުހުޅުވާލަމުން ވާހަކަ ދެއްކިއެވެ.”މަންމާ ކިހިނެތްވީ”..”ދަރިފުޅު މިއޮއް ދަންވަރު ފާޚާނައިގަ ކީއްތިކުރަނީ”ޝަނާޔާގެ ސުވާލަށް ޖަވާބު ދިނުމަކާއިނުލާ ހުސްނާ ކޮށްލި ސުވާލުން ޝަނާޔާ ފިނިވެގެން ދިޔައެވެ.އަދި ފާޚާނައަކަށް ދާން ޖެހިގެން ހޭލެވުނީ ކަމަށް ބުނެ ގޮސް އެނދުގެ ބިއްދަށަށް އަރާ އޮށޯތެވެ.ހުސްނާވެސް ފާޚާނައަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދަށް އެރިއެވެ.ދުރުގައި ޝަނާޔާއަށް ބަލަހައިޓައިގެން ހުރި ޖިއާން ފެނި ޝަނާޔާގެ ހިތް މާޔޫސްވިއެވެ.ނަމަވެސް މިރެއަކު ދެން އިތުރު ގޮތެއް ނޯންނާނެތީ ޝަނާޔާވެސް އިސްޖަހާލިއެވެ.ޖިއާންއަށް ވެސް މިރޭގެ ޙާލަތު އިޙްސާސްވާތީ ދެރަވީނަމަވެސް ޝަނާޔާގެ ލޯމަތިން ގެއްލުނެވެ.
ޝަނާޔާ ގޮސް އޮފީހަށް ވަތްއިރު ކައުންޓަރުކައިރީ މަޑުކޮށްލައިގެން ތިބި ނިޢުމާމެންނަށް ޝަނާޔާ ނިތްކުރީގައި އަޅާފައި ހުރި ބޭސްގަނޑު ފެނުމުން ދެ މީހުން އެކީ ކަހަލަ ގޮތަކަށް ތިހިރީ ކިހިނެތް ހަދާފަހޭ ކިޔާ ސުވާލުކޮށްލިއެވެ.މަންމައަށް ދިން ޖަވާބު އެމީހުންނަށްވެސް ދޭންޖެހުނީ އޭނާގެ ދިރިއުޅުމުގައި އެހިނގާ ކަންތައްތައް އެމީހުންނަށް ޤަބޫލު ނުވެސް ކުރެވޭނެތީއެވެ.ނަމަވެސް މިހާރު އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ.
ޝަނާޔާ އެތެރެއަށް ވަދެގެން ގޮސް ޔާނިޢުގެ ކެބިންގެ ދޮރުހުޅުވާލީ ގައިގައި ހުރި ބާރެއް ލާފައެވެ.މިއަދުން ފެށިގެން އޭނާ އިންނަން ޖެހޭނީ އެތަނުގައި ކަމަށް ޔާނިޢު ބުނެފައި ވާތީއެވެ.ނަމަވެސް އޭނާ އެތެރެއަށް ވަދެ ހިނގައިގަންނަން ނެގި ފިޔަވަޅަށް ހުއްޓުން އެރީ އެތެރޭގައި ޝަނާޔާއަށް ބަލަހައްޓައިގެން އިން ޔާނިޢު ފެނި ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ.އަދި އަށެއް ޖަހަން އެގާރަ މިނެޓް އެބަހުއްޓެވެ.އެހާ އަވަހަށް ޔާނިޢު އައިސް އިންތަން ފެނުމުން ޝަނާޔާ ހުރީ ޤަބޫލު ނުކުރެވިފައެވެ.ޔާނިޢު އެތެރޭގައި އިންނާނެކަމަކަށް ޝަނާޔާ ކުޑަކޮށްވެެސް އުއްމީދެއް ނުކުރެއެވެ.ޓަކި ޖެހުމަކާއިނުލާ އެގޮތަށް އެތެރެއަށް ވަދެގެން އެއައީވެސް ހަމަ އެހެންވެއެވެ.ޔާނިޢުގެ އެސިސްޓެންޓެއްގެ ގޮތުގައި ނިކުތް ފުރަތަމަ ދުވަހުވެސް އޭނާއަށް މިޖެހުނީ ލަދުގަންނާށެވެ.ޝަނާޔާ ގަތް ލަދާއިއެެކު އިސްޖަހާލަމުން “ސޮރީ ސަރ”އޭ ބުނެލިއެވެ.
ޝަނާޔާގެ ޖެހިލުންވެފައިވާ ރީތި އަޑު އިވުމުން ޔާނިޢުގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ.ޝަނާޔާ ހުރީ ޔާނިޢުގެ ޖަވާބެއް ލިބުނީމަ ނޫނީ އިށީންނަންވެސް ނުކެރިފައެވެ.ދެން ފެނުނީ ގޮނޑިން ތެދުުވުމަށްފަހު މަޑު ހިނގުމެއްގައި ޔާނިޢު ޝަނާޔާއާއި ދިމާއަށް އަންނަންފެށި ތަނެވެ.ޝަނާޔާއަށް ހުރި ފިޔަވަޅުމަތީގައި ކެތްކޮށްލެވުނީ އިރުކޮޅަކުއެވެ.ޔާނިޢު ޝަނާޔާއާއި އަރާ ހަމަވެދާނެހެން ހީވުމުން އޭނާއަށްވެސް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް ޖެހެވެމުން ދިޔައެވެ.ނަމަވެސް އިތުރަށް ފަހަތަށްދާން ނެގި ފިޔަވަޅާއިއެކު އޭނާގޮސް ލައްވީ ކެބިންގެ ދޮރުގައެވެ.ގޮތް ހުސްވެފައިވާ ފަދައަކުން ޝަނާޔާއަށް ޔާނިޢުއަށް ބަލައިލަމުން ހިންދިރުވައި ލެވުނެވެ.އެވަގުތު ޔާނިޢުގެ ޖީބަށް ޖަހާލެވިފައިވާ އަތް ނަގައި ޝަނާޔާގެ ނިތްކުރީގައި މަޑުމަޑުން ޖައްސާލަމުން ޝަނާޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.އެ ދެލޮލުގެ ތެރެއިން ހާސްކަމާއި، ކަންބޮޑުވުން ފާޅުވުމީ ޝަނާާޔާ ކުޑަކޮށްވެސް ޔާނިޢުފަދަ ފޮނި،ބޮޑާ މީހެއްގެ ކިބައިން އުއްމީދު ކުރި ކަމެއް ނޫނެވެ.”މިއަދު އޮފީހާށް ނައިސް ގޭގައި މަޑުކޮށްލިނަމަ…ހާދަ ވަރެކޭ ވެފަ ތިހުރީ”.ޝަނާޔާއަށް ޔާނިޢުއަށް ބަލަހައްޓައިގެން ހުރެވުނީ މިފެންނަނީ ހުވަފެނެއްބާއޭ ހިތަށް އަރައިފައެވެ.ޔާނިޢުގެ އެސިފަ އަދި ޝަނާޔާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.އޭނާހީކުރި ފަދައިން ބޮޑާ މީހަކަށް ޔާނިޢު ނުވެވެސް ހިނގައިދާނެ ބާވައެވެ؟އެއީ އެފެންވަރުގެ މީހަކު އާދައިގެ އެސިސްޓެންޓަކާއި ދޭތެރޭ އެވަރަށް ކަންބޮޑުވުން ފައުޅު ކުރާނީ އެ މޭގާވެސް މަޑު ހިތެއް ވާތީތާއެވެ.ޝަނާޔާއަށް ހިތާއި ހިތުން ކިޔައިލެވުނެވެ.ކޮންމެއަކަސް ޔާނިޢުގެ އެ ސިފަ ޝަނާޔާއަށް ވަރަށް ކަމުގޮސްފިއެވެ.
“މިއަދު އޮފީސް ނިމެންދެން ތަނެއްގައި ނުވެސް އިށިންނަންތަ ތިހުރީ؟”ޔާނިޢުގެ އަޑު އިވުމުން ޝަނާޔާ ސިހޭ ގޮތް ވިއެވެ.އޭރު ޔާނިޢުވެސް ގޮސް ގޮނޑީގައި އިށީންނަނީއެވެ.އިއްޔެ ޔާނިޢުގެ ފަރާތުން ފެނުނު ހަރުކަށިކަން މިއަދު އޭނާގެ ކިބައިގައި ނެތްތަނުގައި،ހީވާގޮތުގައި ޝަނާޔާގެ ކުރިމަތީގައި އެއިނީ މުޅިން ތަފާތު މީހެކެވެ.
އެހެން ދުވަސްތަކާއި ޚިލާފަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭތީ ޝަނާޔާ އިނީ ކުޑަކޮށް ފޫހިވާގޮތް ވެފައެވެ.ނަމަވެސް އޭނާ ހީކުރި ގޮތާއި ޚިލާފަށް ޔާނިޢުއާއި އެކު މަސައްކަތްކުރަން މާއުނދަގޫ ކަމަކަށް ނުވިއެވެ.އެހެންވެ އޮފީސް ނިމިގެން ދިޔައިރު ޝަނާޔާގެ ސިކުނޑިއަށްވެސް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައެވެ.ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ.
“ޖިއާން…މިހާރު މިގުޅުމަށް މިވަނީ އަހަރެއްވާން ކައިރިވެފަަ.. މަންމަ ވަރަށް ބޭނުންވޭ އަހަރެން މީހަކާ އިނދެގެން ދިރިއުޅުމެއް ފަށާތަން ދެކެން. އަހަންނަށް ހީވަނީ މަންމަގާތު ކައިވެނީގެ ވާހަކަ ދައްކަން ވީހެން..ކިހިނެތްވާނީ އެގޮތް؟؛”ޖިއާންގެ ކޮނޑުގައި ބޯ އަޅައިލައިގެން އިނދެ ޝަނާޔާ ވާހަކަ ދެއްކިއެވެ.ޝަނާޔާގެ އަތުގައި މަޑުމަޑުން ހިފާލައިގެންު އިން ޖިއާންގެ މޫނުމަތީގައިވި ހިނތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.އޭނާ ކުރަމުން އެދާ ދިގު އިންތިޒާރަށް ނިމުން އައީތީ ވަރަށް ލޯބިން ޝަނާޔާގެ ގައިގަ ބައްދާލަމުން ޝަނާޔާގެ އެނިންމުމުން ވަކި ޖިއާން އަށްވުރެ ބޮޑަށް އުފާވާނެ މީހަކު ނުހުންނާނެ ކަމަށް ބުންޏެވެ.
ައާދުވަހަކަށް އިރުއެރިއިރު ޝަނާޔާގެ މޫނުމަތީގައިވަނީ ކައިވެންޏަށް ކުރެވެމުންދާ ފޮނި އުއްމީދެވެ.ހެނދުނު ސައިބޯން އިންއިރުވެސް ޝަނާޔާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަމުގެ އިޙްސާސް ހުސްނާއަށް ކުރެވެމުން ދިޔައެވެ.އެހެން ދުވަސްދުވަހާއި ޚިލާފަށް ބަސްމަދުވެފައި، އިރުއިރުކޮޅާ ހުސްނާއަށް ބަލާލާ ގޮތުންވެސް ޝަނާޔާގެ ހިތުގައި ދުލާހަމައަށް އައުމަށް ފަސްޖެހެމުންދާ ބަސްތަކެއް ވާކަން ހުސްނާއަށް ޔަޤީން ވިއެވެ.އަދި ދަރިފުޅާ ވަރަށް ލޯބިން ސުވާލު ކޮށްލިއެވެ.”ދަރިފުޅު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ވެގެން ތަ ތިއުޅެނީ؟”.ހުސްނާގެ ސުވާލުން ޝަނާޔާއަށް ހައިރާންކަމެއް ލިބުނީ އޭނާ ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަން މަންމައަށް އެނގުމުންނެވެ.ނަމަވެސް ހިތްވަރު ކޮށްފައި މަންމަ ގާތު ޖިއާން ވާހަކަ ބުނުމަށް އަނގަހުޅުވާލިތަނާ ޝަނާޔާގެ ފޯނު ރިންގުވާން ފެށިއެވެ.ފޯނު ބަލައިލުމަށްފަހު ސައިލެންޓަށް ލީ އެގުޅަނީ ޔާނިޢު ކަމަށްވާތީއެވެ.އެއީ ޔާނިޢުގެ އާދައެވެ.ޝަނާޔާއަށް ވުރެ ކުރިން އޮފީހަށް ދެވިއްޖެ ދުވަހެއްގަ ވިއްޔާ އެކަން އަންގާލަން ގުޅާނެއެވެ.މިހާރު ޔާނިޢުއާއި ޝަނާޔާއަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.ދެމީހުންވެސް ކަންތައްތައް އެކަކު އަނެކަކާއި ހިއްސާކުރަނީ ފުރިހަމަ އިތުބާރާއި އެކުގައެވެ.ނަމަވެސް ޖިއާންގެ ވާހަކަ ޝަނާޔާ ޔާނިޢު ގާތު ބުނެފައި ނުވަނީ ޔާނިޢުއަށް ކިތަންމެ އިތުބާރު ކުރިނަމަވެސް އެވާހަކަ ފުރަތަމަ އެނގުން ޙައްޤުކަން ބޮޑު މީހަކީ މަންމަ ކަމުގައި ޝަނާޔާ ދެކޭތީއެވެ.”މަންމާ އަޅުގަނޑު އޮފީސް ނިންމާލާފަ އައިސް އެވާހަކަ ބުންޏަސް އެންމެ ރަނގަޅުތަ؟ތަންކޮޅެއް ހަމަޖެހި ލައިގެން މަންމައާއި ވާހަކަ ދައްކާލަން ބޭނުންވާތީ؛”.ޝަނާޔާގެ ވާހަކަ އަޑުއަހާފައި ދަރިފުޅު ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހާލާހިތުން ހުސްނާއިނީ ކެތްމަދު ވެފައެވެ.އަދި އެހެންވީއިރު ހަވީރު މަންމަ ތަނަކަށް ނުގޮސް ދަރިފުޅު އަންނަންދެން ގޭގައި މަޑު ކުރާނަމޭ ބުނެލިއެވެ.
ޝަނާޔާ އަވަސް ހިނގުމެއްގައި ހިނގާލާފައި ގޮސް ޔާނިޢުގެ ކެބިން އަށް ވަތްއިރު ޔާނިޢު އިނީ ފޯނެއްގައެވެ.އެހެންވެ މަޑުމަޑުން ގޮސް ގޮނޑީގައި އިށީނދެލީ ޔާނިޢު ފޯނަށް ޖަވާބުދީ ނިމެންދެންނެވެ.ޔާނިޢު އެންމެ ފުރަތަމަ އޮފީހަށް އައިދުވަހާއި މިހާރާއި ހާދަ ތަފާތެވެ.މިޒާޖުގައި އެހާ ހަރުކަށި ގޮތެއްހުރި މީހާއަށް އެވަރުގެ ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް އޮފީހުގެ އެއްވެސް މުވައްޒަފަކު ހިއެއްނުކުރެއެވެ.ޚުދު ޝަނާޔާއަށްވެސް އެކަން ޤަބޫލުކުރަން ވަގުތު ނެގިއެވެ.ނަމަވެސް ޔާނިޢުއާއިއެކު ހޭދަކުރެވުނު ތިން މަސްދުވަހުގެ ތެރޭގައި އޭނާގެހުރި ރަނގަޅު ކިތަންމެ ސިފައެއް ޝަނާޔާއަށްވަނީ ފެނިފައެވެ.ޝަނާޔާއަށް ޔާނިޢުއަށް އިތުބާރު ކުރެވެން ފެށީވެސް އެހެންވެއެވެ.އޭނާއަށް ޔާނިޢު އެވަރަށް ދަސްވެފައި ވާއިރުވެސް،އެހެން މުވައްޒަފުންނަށް ޔާނިޢުގެ ބެލުމާއި،ހަރަކާތް ތަކުގައި ޝަނާޔާއަށްޓަކައި ވާލޯބި ފެނި ޝަނާޔާއާއި ދިމާކޮށް ހަދާއިރުވެސް އޭނާ އެކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.އޭނާ ދެކޭ ގޮތުގައި ޔާނިޢުއަކީ ގާތް ރައްޓެއްސެކެވެ.އަދި ޔާނިޢުވެސް ޝަނާޔާއާއި ދޭތެރޭ އިތުރު ގޮތަކަށް ނުދެކުނިއްޔާ ދެމީހުންނަށް ވެސް ރަނގަޅު ވާނެއެވެ.ޝަނާޔާ ދެކޭގޮތުގައި އޮފީހުގައި ދެކެވެމުންދާ ވާހަކަ ތަކަށް އޭނާ ކުޑަކޮށްވެސް ޝަޢުގުވެރި ކަމެއް ފައުޅު ކޮށްފިއްޔާ ޔާނިޢުގެ ހިތުގައި ޝަނާޔާއަށްޓަކައި ލޯތްބޭ މިކިޔޭ އިޙްސާސެއް ވާނަމަ ޝަނާޔާގެ ކުރިމަތީގައި އެކަމަށް އިޤްރާރުވާން ޔާނިޢުއަށް އިތުރު ހިތްވަރެއް ލިބުން ނޫންކަމެއް ނުވާނެއެވެ.
ޔާނިޢުއަކީ އެކުގައި ޙަޔާތެއް ފަށަން ކިތަންމެހާވެސް ރަނގަޅު ބައިވެރިއަކަށް ވާނެކަމާއިމެދު އޭނާ ޝައްކެއް ނުކުރެއެވެ.ނަމަވެސް ޔާނިޢު ޝަނާޔާގެ ދިރިއުޅުމަށް އައުން މާބޮޑަށްވެސް ލަސްވީއެވެ.ޝަނާޔާގެ މޭގައި ވަނީ އެންމެ ހިތަކަށްވެފައި،އެހިތް ވަނީ މިހާރު އެހެން މީހަކަށް ހަދިޔާ ކުރެވިފައެވެ.އެހެންވީއިރު އޭނާއަށް މަޖުބޫރު ވެގެންވެސް ދެވޭނީި ޔާނިޢުގެ ހިތް ކުދިކުދިވާނެ ޖަވާބެކެވެ.އެކަމުގައި ހަމަ އެންމެ ރަނގަޅު ގޮތަކީ ނޭނގޭ ކަމަށް ހަދައިގެން ހުރުން ކަމަށް ޝަނާޔާގެ ހިތް އޭނާއަށް ވިސްނައިދެމުން ދިޔައެވެ.
“ހޫމްމްމް…މިއަދު މަށަށް ދޯ ކުރިން މިއާދެވުނީ”ފޯނު ބާއްވަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.”އެހެންނުވާނީ.މަށަށްވުރެ ކުރިން އަންނަން ވެގެން ރޭގަ ނުވެސް ނިދާ ކަންނޭނގެ”.ޝަނާޔާވެސް މަޖާވެލާފައި ޔާނިޢުއާއި ދިމާކޮށްލިއެވެ.ޝަނާޔާދެކެ ވާލޯބިން ޔާނިޢުއަށް އެވަރުގެ ބޮޑު ބަދަލެއް އައިއިރު، ޔާނިޢުގެ އެކުވެރިކަމުން، އެއޮއް މަޑުމަޑުން ހުންނަ ޝަނާޔާގެ މިޒާޖަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.ކުރިން އެވަރަށް ހީ ސަކަރާތް ޖަހާ ނުއުޅޭ ޝަނާޔާ، މިހާރު އަބަދު އުޅޭނީ ކޮންމެވެސް ކަމަކާއި ޔާނިޢުއާއި ދިމާކޮށްލާ، އެފަދަ ކޮންމެވެސް ސަކަރާތެއްގައެވެ.އެދެމީހުންނަށް އައިސްފައި އެވާ ބަދަލުގެ ސަބަބުން މުޅި އޮފީސްތެރެއަށް ހީވަނީ ބަހާރު މޫސުމް އައިސްގެން އުޅޭ ހެންނެވެ.ޔާނިޢު މުވައްޒަފުންނާއި ދޭތެރޭ ބަހައްޓާ ގާތްކަން ފެނި ޝާހިދުވެސް ހުންނަނީ ނުހަނު އުފަލުންނެވެ. ވާނީވެސް އެހެންތާއެވެ.ދަރިފުޅަކީ އެއްއިރެއްގައިވެސް މީހުންނާއި މާ އެކުވެރިކޮށް އުޅޭ ކުއްޖެއް ނޫނެވެ.އަދި އޭނާ ދެކޭ ގޮތުގައި އެކުވެރިކަން ބަދަހި ކުރަން ޖެހޭނީވެސް އެއްފެންވަރުގެ ކުދިންނާއެވެ.ހިނިތުން ވުމަކީ އޭނާ ނުވެސް ދަންނަ ކަމެކެވެ.މިއަދު އެދަރިފުޅަށް އައިސްފައިވާ ބޮޑު ބަދަލުން ޝާހިދުގެ ހުރިހާ އެދުމެއް ފުރިހަމަ ވެފައިވާ ކަހަލައެވެ.އެކަމުގައި އޭނާ ޝަނާޔާއަށް ހިތުގެ ފުންމިނުން ޝުކުރުވެރި ވެއެވެ.އޭނާ އުއްމީދު ކުރަމުން އެދަނީ އެދެކުދިންގެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހާލެވޭނެ ދުވަހަކަށެވެ.
އޮފީސް ނިންމާފައި ޝަނާޔާ ގެއަށްދާން ނިކުތްއިރު އޭނާގެ ފިޔަވަޅު ތަކުގައި އެހެންދުވަސް ދުވަހާއި ޚިލާފަށް ފަސްޖެހުމެއް ހުއްޓެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.މިއަދު އޭނާ އެވަނީ މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްގެން އުޅުނު ކަންތައް މަންމައާއި ހިއްސާ ކުރުމަށް ނިންމާފައެވެ.ނަމަވެސް ނަމެއްގައެވެ.ޖިއާންގެ ޙަޤީގަތް ދުވަހެއްގައިވެސް މަންމައާއި ހިއްސާކުރުމަށް އޭނާގެ ހިތްވަނީ ނުކުޅެދިފައެވެ.ކޮންމެ ގޮތެއްވިޔަސް ޖިއާންއާއި ނުލާ ޝަނާޔާއަކަށް ދެން ނުއުޅެވޭނެއެވެ.އެހެން ގޮތަކަށް ބުނާނަމަ ޝަނާޔާ އެވަނީ ޖިއާންއަށް ދެވިހިފާފައެވެ.އޭނާ ބޭނުންވަނީ މަންމައަށް އޮޅުވާލައިގެން ވިޔަސް އެގުޅުމަށް ނަމެއް ދޭށެވެ.ކޮންމެ ރެއަކު މަންމައަށް ސިއްރުން ބައްދަލް ކުރުމަށްވުރެ އެގޮތްވެސް މާރަނގަޅުކަމަށް ޝަނާޔާއަށް ޤަބޫލުކުރެވޭތީއެވެ.
އެފަދަ ޚިޔާލު ތަކެއްގައި ހުރެގެން މަގު ހުރަސް ކުރަމުން ދިޔަ ޝަނާޔާ، ބާރު ސްޕީޑުގައި އައި ސައިކަލެއްގައި ޖެހި ވިއްސައިގެންގޮސް ޖެހުނީ ކުރިމަތީ އޮތް ގޯޅިން ނިކުތް ކާރެއްގައެވެ.ގޮސް ޖެހުނު ގޮތަށް ބޮލުގެ ފުށްކިބަ ފަޅައިގެންގޮސް، ކަނާތު އަތްވެސްވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ.މުޅި ތަނުގައި ލޭކޯރު ހެދިފައި ވާއިރު،ބޮލުގައި އަތް އަޅައިގެން އޮވެ މަރަށް ތެޅޭ ފަދައަކުން ޝަނާޔާ ތެޅެމުން ދިޔައެވެ.ސައިކަލުގައި އިންމީހާ އެ ދިޔަ ގޮތަށް ގޮސްއޮބާލި އިރު،ކާރުން ފޭބި މެދުއުމުރުގެ ފިރިހެން މީހާ އައިސް އެމްބިއުލާންސަށް ގުޅައިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދިޔަ ޝަނާޔާގެ ޙާލު އިތުރަށް ދައްވަމުންދާތީ އޮޕަރޭޝަން ތިއޭޓަރަށް ޝިފްޓް ކުރެވުނެވެ.އަވަހަށް އޮޕްރޭޝަން ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެތީ އެވެ.ހަވީރުގެ ވަގުތު ނަމަވެސް،ތިއޭޓަރ ބޭރުގައި މަޑުކޮށްލައިގެން ހުރި ހުސްނާގެ ދުނިޔެ ވަނީ އޮއްސިފައެވެ.ބަނަވެފައެވެ.ދަރިފުޅު އަނބުރާ ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.ޑޮކްޓަރުންނާއި ނަރުހުންގެ ހަރަކާތްތަކުންވެސް ،ހިތަށް ކިތަންމެ ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް އެއްވެސް ކަމެއް ރަނގަޅު ނޫންކަން އެނގެއެވެ.އޭނާގެ ފިރިމީހާ ފަދައިން ދަރިފުޅުވެސް އެވަނީ މަރުގެ ތުންފަތް މަތީގައެވެ.ރޮއިރޮއި ހުސްނާގެ ލޮލުުން ކަރުނަ ހުސްވެފައި ވާފަދައެވެ.މައިމީހާ ދުނިޔޭގައި ހުރެ އޭނާގެ ލޯމަތީގައި ދަރިފުޅު ފަހުނޭވާ ދޫކޮށްލާތަން ދެކެން އެއްވެސް މަޔަކަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟
“ޑޮކްޓަރ ޕޭޝަންޓު ކިހިނެތް މިހާރު؟”.ރޮއިރޮއި ވަރުބަލިވެފައިވާ ހުސްނާއަށް ތިއޭޓަރގެ ދޮރާ ދިމާއަށް ބަލައިލެވުނީ ޔާނިޢުގެ އަޑު އިވުމުންނެވެ.”ވަރަށް މަސައްކަތްކުރަން އެބަ.އެކަމަކު ޕޭޝަންޓް ހޭއެރީމަ ވަކި އެއްޗެއް ބުނަން އެނގޭނީ”.ޔާނިޢުގެ ސުވާލަށް ޖަވާބު ދީފައި ޑޮކްޓަރ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.ޔާނިޢުގެ ފަހަތުން ކަހަލަ ގޮތަކަށް ނިޢުމާއާއި އަފާފްވެސް އެތެރެއަށް ވަދެގެން އައެވެ.ހުސްނާއަށް އެމީހުން ފެނިފައި އިތުރަށް ރޮވޭގޮތް ވިއެވެ.
ޔާނިޢުގެ މޫނުމަތީގައި ވަނީ ހިތާމައާއި މާޔޫސްކަމެވެ.އޭނާގެ ހިތުގެ މަލިކާ ދެކެލުމަށްޓަކައި އޭނާގެ ހިތް ތެޅިފޮޅެނީއެވެ.މިއޮއް ހުރިހާ ދުވަހު އެހިތުގައި ޝަނާޔާއަށްޓަކައި ވީ ލޯބި ރަށްކާކޮށްގެން ފޮރުވައިގެން އެއުޅުނީ އެލޯބި ޝަނާޔާއަށް ހުށަހަޅައިފިނަމަ ޝަނާޔާގެ ޙަޔާތުން އެކުވެރިއެއްގެ ޖާގަވެސް ނުލިބިދާނެތީއެވެ.އެކަމަކު ކުއްލިއަކަށް މި ދިމާވި ހިތްދަތި ކަމަކުން އޭނާގެ ކެތްތެރިކަންވެސް އެވަނީ ކޮޅުން ލާފައެވެ.މުޅި އުމުރަށް ޝަނާޔާ ގެއްލި ދާނެ ކަމުގެ ބިރުން އެހިތް އެވަނީ ނުތަނަވަސް ވެފައެވެ.
އަފާފް ނުރޯންވެގެން ކެތްކުރަމުން ދިޔައިރު،ހުސްނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނިޢުމާއަށް ބާރުބާރަށް ރޮވެނީއެވެ.މިއަދު އޮފީހުގައި މަޖާކޮށްކޮށްފައި އުޅުނުއިރު މިވަރުގެ ބޮޑު ތޫފާނެއް ބޯމަތީގައި އޮތްކަން އޭގެން އެކަކަށްވެސް އެނގުނުނަމަ ޝަނާޔާއާއި ވަކިވެސް ނުވީހެވެ.އެހެންޏާ ކޮންމެ ދުވަހަކު ޝަނާޔާ ގެއަށްލާދޭން ދާ ޔާނިޢުވެސް ބައްޕަގާތު ކެބިންގައި މަަޑުކުރީ،ކުރިއަށް އޮތް ހަފްތާއަށް ޕްލޭން ކޮށްފައި ހުރި ކަންތައްތައް ބައްޕައާއި ކުޑަކޮށް ހިއްސާ ކޮށްލުމަށެވެ.ކޮންމެއަކަސް މިއީ ތަޤުދީރުގައި މާކުރިން ހަމަޖެހި ނިމިފައި ހުރި ކަންކަމެވެ.ކެތްތެރި ކަމާއިއެކު ކުރިމަތިލުން ނޫން ގޮތެއް ނޯންނާނެއެވެ.
ދިގު އޮޕަރޭޝަނަކަށްފަހު ޝަނާޔާ އައި ސީ ޔޫ އަށް ޝިފްޓު ކުރެވުނެވެ.އޮޕަރޭޝަން ކާމިޔާބު ވުމުން ހުސްނާގެ އުއްމީދު އައު ވެގެން ދިޔައެވެ.ނަމަވެސް އައި ސީ ޔޫ އިން ނިކުމެގެން އައި ޑޮކްޓަރުންގެ ފަރާތުން އިނގުނު ގޮތުގައި ޝަނާޔާ އަދިވެސް ހެއެއް ނާރައެވެ.އަދި އެހެން ހޭ ނާރަ މާ ގިނައިރު ވާނަމަ ކޯމާއަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ބުންޏެވެ.އެލިބުނު ޚަބަރަކުން ހުސްނާގެ ހެޔަށް ގޮތްވެގެން ވެއްޓުނެވެ.
ހުސްނާއަށް ދެލޯ ހުޅުވާލެވުނުއިރު އޮވެވުނީ ވޯޑުގައި ހުރި އެނދެއްގައެވެ.ފުންމައިގެން ތެދުވެ މަގޭ ދަރިފުޅު ކޮބާ ހޭ ކިޔައި ރޮއިގަތެވެ.އެވަގުތު އެތަނުގައި ހުރި ކޮންމެ މީހެއްގެ ހިތަށްވެސް އަަސަރު ކުރާނެކަން ގައިމެވެ.އެ މަންމަގެ ނާއުއްމީދު ވެފައިވާ ރުއިމުގެ އަޑުވަނީ މުޅި ތަނުގައި ހިފާލާފައެވެ.އަފާފް މަސައްކަތް ކުރަމުން ދިޔައީ ހުސްނާ ހަމައަކަށް އެޅުވޭތޯއެވެ.ނަމަވެސް ނިޢުމާައަކީ ހިތްބަލި ކުއްޖެއްކަމުން އޭނާގެ މޫނުމަތިވެސް ވަނީ ރޮއިރޮއި ދުޅަވެފައެވެ.
އައި ސީ ޔޫގެ ދޮރުމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޔާނިޢު ކައިރިއަށް އައިސް ހުއްޓުނު ޝާހިދުއާއި،ފިރާޝާ ފެނުމުން ޔާނިޢުގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް ފައިބައިގަތީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.ފިރިހެނަކަސް މަންމަ އާއި ބައްޕަ ފެނުމުން އޭނަގެ ކެތްތެރިކަން ކޮޅުން ލީއެވެ.ފިރާޝާ ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ކެތްތެރިވުމަށް ހިތްވަރު ލާދެމުންނެވެ.ޝާހިދުއެކޭ އެއްފަދައިން ދަރިފުޅުގެ ހިތުގައި ޝަނާޔާއަށް ދެވިފައިވާ ދަރަޖަ އޭނާއަކަށްވެސް ސިއްރުވެފައެއް ނުވެއެވެެ.ދަރިފުޅުގެ އުޅުމަށް އެވަރުބޮޑު ބަދަލެއްއައި ސަބަބު ދެނެގަންނަން އޭނާއަކަށް މާގިނަ ދުވަހެއް ނުނެގިއެވެ.ވާނީވެސް އެހެންތާއެވެ. ނިދިފައި އޮތަސް އެދުލުގައި ވާނަމަކީ ޝަނާޔާއެވެ.ޝާހިދުއެކޭ އެއްގޮތަށް ޔާނިޢު އާއި ޝަނާޔާ ގުޅުމަށް ފިރާޝާވެސް ނުހަނު ރުހެެއެވެ.
ވޯޑުން ނިކުމެގެން ދުވެފައި އައި ހުސްނާ އައި ސީ ޔޫ އަށް ވަންނަން މަަސައްކަތް ކުރަމުން ދާއިރު ހީވަނީ ދުނިޔެއިން މޮޔަވެފައިވާ މީހެއް ހެންނެވެ.ނަމަވެސް ފިރާޝާ އާއި އަފާފް ހުސްނާ ހަމައަކަށް އެޅުވޭތޯ އެތަނުގައި އިން ގޮނޑިއެއްގައި ބައިންދައިގެން މަސައްކަތް ކުރަމުން ދިޔައެވެ.ބަސްނާހާ ކުޑަކުއްޖަކު ފަދައިން ހުސްނާ ގަދަ ހަދަމުންދިޔައިރު ލޮލުން ކަރުނަތައް ފައިބަމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ.
ޝަނާޔާ އައި ސީ ޔޫ އަށް ގެނައި ފަހުން ދޮޅުގަޑި އިރު ވީއެވެ.ހުސްނާގެވެސް ރުއިމުގެ އަނޑު ވަނީ ކެނޑިފައެވެ.ނަމަވެސް މޫނުމަތި ވަނީ މިލާ ދުޅަވެފައެވެ.ނިޢުމާާއާއި އަފާފުވެސް ގެއަށް ދިޔައީ އިރުއޮއްސި ހައެއްޖަހަން ކައިރިވެފައި ހުއްޓައެވެ.އޭރުވެސް ޝާހިދުގެ ދެމަފިރިންނާއި، ޔާނިޢު ހުރީ އައިސީޔޫގެ ބޭރުގައި ހުސްނާގެ ގާތުގައެވެ.ތަނަށް ވެރި ވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ އެތެރެއިން ނިކުމެގެން އައި ނަރުސްކުއްޖާގެ އަޑުންނެވެ.؛”މިވަގުތު ޕޭޝަންޓާ ބައްދަލް ކުރެވިދާނެ.އެކަމަކު ފަހަރަކު މީހަކަށް ވަދެވޭނީ”.
އެތެެރެއަށް ދާން ހިނގައިގަތް ޔާނިޢުގެ ފިޔަވަޅަށް ހުއްޓުން އެރީ ފިރާޝާ ޔާނިޢުގެ އަތުގައި ހިފާލުމަށްފަހު ހުސްނާ އެތެރެއަށް ވައްދާށޭ ބުނުމުންނެވެ.އެވަގުތު ޔާނިޢުއަށްވެސް ހަމަހޭވެރިކަން ވިއެވެ.އަދި އޭނާގެ ކެތްމަދުވެފައިވާ ހިތަށް ވިސްނާދެމުން ގޮނޑީގައި އިން ހުސްނާ ނަގައިގެންގޮސް އެތެެރެއަށް ވެއްދުމަށްފަހު އައިސް ފިރާޝާގާތު ގޮނޑީގައި އިށީނެވެ.ޔާނިޢުގެ ހަރަކާތް ތަކުންވެސް އޭނާގެ ހިތުގައި ޝަނާޔާގެ ލޯބި ބިންވަޅު ނެގިފައިވާ މިންވަރު ހާމަ ވެއެވެ.މަންމައާއި،ބައްޕަގެ ހާޟިރުގައި ޝަނާޔާގާތަށް ދިޔުމަށް ކެތް ނުކުރެވިގެން އެއުޅެނީ މީހަކު ތިމާގެ އަނބިމީހާ އެކްސިޑެންޓެއް ވެގެން އުޅޭ ފަދަައަކުންނެވެ.މީހުން ބުނަނީ ތެދެކެވެ.ލޯތްބަކީ އެއަކަށް އެއްވެސް މީހަކަށް ބާރުފޯރުވޭ ވަރަށްވުރެ ބާރުގަދަ ޖަޒުބާތެކެވެ.އެހެން ނޫންނަމަ ޔާނިޢުވެސް މަންމަމެންގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް،ލަދުގެ ކަންފުޅެއްވެސް ނެތި އެހެން އުޅެން ލަދުގަތީސްތާއެވެ.
އެތެރެއަށް ވަދެގެން އައި ހުސްނާ އައިސް ދަރިފުޅުގެ ގާތުގައި ހުއްޓިލީ އޭނާގެ ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ނުރޯންކަމަށް ހިތާއި ހިތުން ވަޢުދު ވަމުންނެވެ.އެއީ އޭނާގެ ލޯބިވާ ދަރިފުޅެވެ.ވީއިރު ދުވަހެއްގައިވެސް އެއީ އޭނާގެ ބަލިފަޔަށް ވިޔަކަ ނުދޭނެއެވެ.ދަރިފުޅު ކޮންމެ ޙާލެއްގައިވިޔަސް އޭނާގެ ގާތުގައި ވީހާ ހިނދަކު އޭނާ ކެތް ކުރާނެއެވެ.އޮކްސިޖަން މާސްކްގެ އެހީގައި ޝަނާޔާ ނޭވާލަމުން ދިޔައީ އުނދަގޫ ގޮތަކަށެވެ.ދަރިފުޅުގެ އެ ޙާލުފެނި ހުސްނާވަނީ އެތެރެއެތެރެއިން ކުދިކުދި ވެފައެވެ.މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟މިއަދު އެ ދަރިފުޅު ގެއިން ނިކުމެގެން ދިޔައީ މަންމައާއި ކޮންމެވެސް ވާހަކައެއް ހިއްސާކުރަން ބޭނުންވާު ކަމަށް ބުނެފައެވެ.އޭނާ މިއަދު ދަރިފުޅު އޮފީހަށް ދިޔައީއްސުރެ ވަގުތުތައް ގުނަމުން އެދިޔައީ ދަރިފުޅާއި ދެން ބައްދަލްވާނެ ވަގުތަކަށެވެ.ނަމަވެސް އޭނާގެ ބަދު ނަސީބުކަން ދެކިބަލާށެވެ.އޭނާގެ އިންތިޒާރަށް ނިމުން އެއައީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟
ދެލޯ މެރިފައިވާ ޝަނާޔާގެ އެއްކޯތާފަތް ވަރަށް ބޮޑަށް މެށިފައިވާއިރު، ބޮލާއި،ކަނާތު އަތުން ބޮޑުބައެއްގަވަނީ ބޭސްއަޅާ ބަންދުކޮށްފައެވެ.ހުސްނާ ހުރީ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމާލަންވެސް ނުކެރިފައެވެ.ދަރިފުޅަށް ލިބިފައިއެވާ އަނިޔާތަކަށް ވޭން އަޅާނެވަރު ހިތަށްއަރާ،އިތުރު ތަދެއް ނޭނގިނަމަވެސް ދެވިދާނެތީއެވެ.ޝަނާޔާގެ އަތްތިލައިގައި ހިފާލުމަށްފަހު އޭނާގެ މޫނާއި ކައިރި ކޮށްލި ވަގުތު ހުސްނާގެ ލޮލަށް އިސާހިތަކު ކަރުނަ ޖަމާވެ ރޮވިއްޖެެއެވެ.ކިތަންމެ ކެތްކުރަން ބޭނުން ވިޔަސް ދެން އޭނާއަށް ކެތެއް ނުވާނެއެވެ.ޝަނާޔާގެ ކުރިމަތީގައި އެއްވެސް މީހަކު ނުރުއިމަށް ޑޮކްޓަރ ބުނެފައިވާތީ ހުސްނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އައި ސީ ޔޫ އިން ނިކުތެވެ.
ފިރާޝާއަށް ރޮމުންރޮމުން ނިކުމެގެން އައި ހުސްނާ ފެނުމުން އައިސް ހުސްނާއަށް ހިތްވަރުދޭން ފެށިއެވެ.އެވަގުތު ޝާހިދުވެސް ކައިރި ވެލާފައި ހުސްނާ ގޮވައިގެން އިހަށް ގެއަށް ދިޔުމަށް ފިރާޝާ ގާތު ބުންޏެވެ.ހުސްނާ ކިތަންމެ ދާން ބޭނުން ނުވި ނަމަވެސް ޝާހިދުމެން ދެމަފިރިންނާއިއެކު ގެއަށްދާން ހިނގައިގަތީ ނަމާދު ކޮށްލާ ހަދާލަން ބޭނުން ވެފައި ހުރީތީއެވެ.
ޔާނިޢުއަށް ޝަނާޔާ ގާތަށް ދިޔުމަށް ފުރުސަތު ލިބުނީތީ ޝުކުރުވެރިވާފަދަ ނަޒަރަކުން ބައްޕަައަށް ބަލައިލަމުން ގޮސް އެތެރެއަށް ވަދުނެވެ.ޒަޚަމްތަކާއިއެކު އޮތް ޝަނާޔާ ފެނިފައި ޔާނިޢުގެ ހިތަށް ހީވީ ތޫނު ވަޅިއެއް ހަރާލި ހެންނެވެ.އޭނާ އެހާ ލޯބިވާ ކުއްޖަކު އެހާލުގައި އޮތްތަން ފެނުމުން ހިތަށްކުރި ފުން އަސަރަކުން ހިން ދިރުވާލެވުނެވެ.މަޑު ފިޔަވަޅު ތަކެއްގައި ގޮސް ޝަނާާޔާ އޮތް އެނދުގެ ކައިރީ ހުއްޓިލާފައި ޝަނާޔާގެ މަޑުމަޑު އަތްތިލައިގައި ހިފާލެވުނީ އޭނާގެ ހިތަށް ކުރެވެމުންދިޔަ ހިތްދަތި އިހުސާސަކުންނެވެ.
ދެލޯ މެރިފައި އޮތް ޝަނާޔާ ހީވަނީ ފުން ނިންޖަކުން ނިދާލާފަ އޮތް ހެންނެވެ.ހަމަހިމޭންކަން ވެރިވެފައިވާ އެކޮޓަރިތެރެއިން ޝަނާޔާގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އަޑުފިޔަވާ އިތުރު އަޑެއް ނުއިވެއެވެ.ޝަނާޔާއަށް ބަލަހައްޓައިގެން އިނދެ ހިތުގައި އަޅަމުންދާ ވޭނަށް ގަދަކަމުން ކެތްކުރަމުން ދިޔަ ޔާނިޢުއަށް މައްޗަށް ބަލައިލެވުނީ ކުއްލިއަކަށް ޝަނާޔާގެ ކޯތާފަތަށް ވެއްޓުނު ފެން ތިއްކަކުންނެވެ.ނަމަވެސް މަތިން ފެންތިކި ތަޅަން ޖެހޭކަހަލަ ކަމެއްވެސް ފެންނާކަށް ނެތެވެ.ޝަނާޔާއަށް ތަދުވެދާނެތީ ވަރަށް މަޑުމަޑުން އަތުގެ ނުފުށުން ފެންތިިކި ފޮހެލާދީފައި ކައިރީގައި އިން ގޮނޑި ދަމާލުމަށްފަހު އިށީނެވެ.ނަމަވެސް އަންނަ ނާންނަ ތަނެއް ނޭނގި ދެސިކުންތުން ކަހަލަ ގޮތަކަށް ޖަހަމުން ދިޔަ ފެންތިކިތަކުން ތެންމަމުންދިޔަ ޝަނާޔާގެ ކޯތާފަތް ފެނިފައި ޔާނިޢުގެ ގައިން ދިޔައީ ހީބިހި ނަގަމުންނެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
59 Comments!
Comments are closed.





Vvvv salhi
Thanx Zee??
story is very good i love the story
Thanx naeem??
V v v reethi
Thanx dear??
Mee mi site ga mihaar up kuramun dhaa emme rythi vaahaka v v v v v v v v v rythi keep it up
Thanx Mash
???
Wow vv reethi mi part n v thafaath.noor ur the best n keep it up dear..adhi mihaa reethi story eh nukiyan.really
Thanx Hau??
Wow v v reethi
Thanx lily??
omg……….. what is that water drop about… vrh reethi… waiting for the next partttttttttttttt………… gdnyt…
Thanx Chum handi.??
And gdnight dear
Eiiii jiaan rony.. Karuna eiiiii… Pakapakapakaas ???????
Noor i love u i love ure stories tooo much
Thanx reader ??
Amazing… when next part??
Thanx Pinkish..hopefully friday night??
Varah reethi. ?
Thanx Hunana??
V reethi
Thanx Jeem??
v reeethi v chaaalu v furihama ….waiting for tthe next part part
Thanx remoo??
Vvvv reethi when next part waiting for it ??keep it up
Thanx Fary??hopefully friday night
v reethi
Thanx Maree
wow.. cant wait to read the next part. I love the way the story is going. please make it more interesting and upload the next part soon…You sure are very talented and one of my fav writers in this blog.
Thanx Hud.happy to c such an encouraging comment…will try my best…???
welcome. 🙂 <3 waiting for the next part.
?
V v v reethi mivaahaka
Thanx Xahy????
wow <3 i love the stry…When is the next part? cant wait to read the next part :*
Thanx Rainy princess???
Varah reethi????
Thanx Eeny
Mivaahaka emme salhivaanee dhen yaaniuaa shanayaa gulhuneema handi maraalaafaves
noooo… don’t kill Jian..
Thanx khadheeja…Lets c wat happens dhw
Vvvvvv reeti rovihjje can’t wait long pls pls bring nwx part sooooon my dea noor l ❤ this
Thanx princess???
Yaaniu aai Shanyaa gulhuvadhybw…Mi prt v rythi..
Thanx flower???
Varah reethi story eh. Konme sentence eh ves hama ehaa intresting. Baeh meehunge story thakuga haasaru ginaviyas mi story ga ehves varakah ebai nehkan faahaga kurevey. Sifa kohdhinun ves varah salhi. Keep going. Waiting for the next part. Avahah upvaane kamah unmmeedh kuran. ??
Thanks Princess Yaa…next part avahah up kohdheveytho balaanan..???
This is the one……perfect story best of esfiya site now… Keep it up….
Thanx YAANA???
Vaahaka Vrh salhi….Vrh kiyaa hiy vey…But maa lahun upload vaaty dheraee….Heekuran Dhn vaahaka episode tah avax vaanekamah…?
Thanx dear…will try??
Just wow. Vvvv. Interesting. I lov it. Keep going dear. Waiting 4 the next part.
Thanx Shaaaan???
v v v reethi… jiyaan ronii dhw haadha dheravaaneey??? ?????…… next part up kolhachey… salhi vaahaka.. best of luck Noor… vara Interest veje vaahaka ya kurin avure adhi ehaame reethi…. ??
sorry for that rudi face….?????????????? its was mistake.. sorry….
Hehe…its ok dear..happy to meet u again..❤❤