
މަޑު ފިޔަވަޅުތަކެއްގައި އެމީހަކު އެކޮޓަރިއަށް ވަދެގެންއައި ވަރަކަށް އެމީހާގެ ސިފަޔަށް ބަދަލު އަންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައި އޮތް ކައިޝާ ހެޔަށް ގޮތްވެގެން ދިޔައެވެ. މެރެމުން ދިޔަ ދެލޮލުން ފެނުނީ ހުވަފެނުގައިވެސް ކައިޝާއަށް އުނދަގޫ ކުރާ ސޫރައެވެ.
ޒިއަދަން ކޮޓަރިތެރެއަށް ވަތް ގޮތަށް ކައިޝާގެ ގައިމަތީ އޮތް މީހާ ނަގާ އެއްލާލީ ލުއިފަތެއްހެންނެވެ. އެވަގުތު އެމީހާގެ ދެލޮލުން ބިރުވެރިކަމާއި ހާސްކަން ފެންނަމުންދިޔައެވެ. ޒިއަދަން އޭނާގެ އަސްލު ސިފައިގައި ހުރިއިރު ދެލޮލުން އަލިފާންކަނި ބުރަމުންދިޔައެވެ. އޭނާ އެވަނީ އެހާވެސް ރުޅިގަދަވެފައެވެ. ކައިޝާގެ ހަށިގަނޑަކީ އެނާގެ މިލްކެކެވެ. މިވަގުތާއި ހަމައަށްވެސް ކައިޝާއަށް އެއްވެސް ގެއްލުމެއްނުދީ އެބަހައްޓަނީ އީތަން އަންނާނެ އިރަކަށެވެ. އީތަންގެ ލޯކުރިމަތީ ކައިޝާގެ ޖިސްމުން އުފާހޯދަން ޒިއަދަން ރާވާލާފައިވަނީ ނުހަނު މޮޅު ޕްލޭނެކެވެ. އެހެންމީހަކު އެއުފާ ޖަހައިގަންނަން އުޅުމުން ޒިއަދަން އެވަނީ ނަފުސު ކޮންޓްރޯލުން ނެއްޓިފައެވެ. ޒިއަދަން އޭނަގެ ދިގު ބޯވަފައިތަކުން އެމީހާގެ ކަރުގައި އޮޅާލުމަށްފަހު ބިންމަތިން ހިއްލާލިއެވެ. އެވަގުތު އެމީހާގެ ކަރަށްވާންވެގެން ދިޔުމާއެކު ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ގޭތެރޭގައި ޖަހާފައިވާ ގަދަ މިއުޒިކުގެ އަޑާއެކު އެމީހާގެ ހަޅޭކުގެ އަޑު ހިނދެމުންދިޔައެވެ. ޒިއަދަން އޭނާގެ ތޫނުނިޔަފަތިތަށް އެމީހާގެ ބަނޑަށް ކޮށްޕާލުމާއެކު ލޭގެ ކޯރަކުން ޓައިލްސްމަތި ފަވާލިއެވެ. އޭރު އެމީހާގެ ކަޅި ހުއްޓިފާވާއިރު އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. ޒިއަދަން އޭނަގެ ފަޔަށް ދޫކޮށްލުމާއެކު އެމީހާގެ ކަރުގައި އޮޅާލެވިފައިވާ ދިގުފައިތައް މޮހެވިގެން ދިޔުމުން އެމީހާ ޓައިލްސް މައްޗަށް ވެއްޓުނެވެ. ޒިއަދަން އެނބުރި އޭނާގެ އިންސާނުންގެ ސޫރައަށް ބަދަލުވެގެން ކައިޝާ ކޮބައިތޯ ބަލާލިއެވެ. އެވަގުތު ދެލޯ ބޮޑުކޮށްލެވުނީ އެނދުގައި ކައިޝާނެތުމުންނެވެ. ޒިއަދަން އޭރު ކޮންޓްރޯލުން ނައްޓާ ކައިޝާއަށް އެހާބޮޑު ސަމާލުކަމެއް ނުދެވުނީ އެވަގުތު ކައިޝާ އޮތީ ހޭވެސް ނެތިފައިކަމުންނެވެ. “ކައިޝާ!!..އަހަރެންގެ އަތްދަށުން ސަލާމަތްވީކަމަށް ހީކުރެވެންޏާ ތީކުރެވޭބޮޑު ކުށްހީއެއް..އީތަން ކަލެއަށް އަދި އަހަރެންގެ ނުބައިކަން ނުފެނިގެން ތިއުޅެނީ..ދެވަނަފަހަރަށް އަހަރެންގެ ކުރިމައްޗަށް އަރައިފިއްޔާ ކަލޭގެ ފުރާނަ ޖަހައިގަންނާނަން..!!” އައި ރުޅީގައި ޒިއަދަން އެތަނުގައި ހުރި ބޮޑު ގަސްމުށްޓެއް ފާރަށް އެއްލާޖެހިއެވެ. ކައިޝާ ގެންދިޔައީ އީތަން ކަމަށް ހިތުން އެއްބަސްވަމުން ޒިއަދަން އޭނާގެ ބަރު އަޑުން ހަޅޭލަވާގަތީ ވަށައިގެންވި ފާރުތައްވެސް ރެނދުލާނެހާ ބާރަށެވެ. ޒިއަދަން އޭނާ ދެންމެ މަރާލި މީހާ ނަގާ އެކޮޓަރީގެ ކުޑަދޮރުން ބޭރަށް ހޫރާލީ އެގޭ ބިއްދަށުން ފެންނަން އޮތް މާސިންގާ ކަނޑާދިމާއަށެވެ.
މޫދުގެ ލޮނުގަނޑުގައި އެއްޗެއް ޖެހުނު އަޑާއެކު ލޮނުތައް ބުރަބުރައިގެން ދިޔައެވެ. އެވަގުތު މޫދުގެ ލޮނުގަނޑުމަތިން ދުވަމުން ދިޔަ ކަކުނި ބައިގަނޑެއް މަޑުޖެހިލިއެވެ. އެއެއްޗެހި ހިފަހައްޓާއިގެން އޮތް ކައިޝާވެސް އޮތީ މޫދުގެ ލޮނުގަނޑުން މަތީގައެވެ. އެކަކުނިތަކުގެ މިސްރާބު ހުރީ ކަނޑުން ބޭރަށެވެ. އެކަތި އަނެކެއްޗަށް ލޮލުން އިޝާރާތެއް ކޮށްލުމަށްފަހު އެކަކުނިތައް ހުރި ދިމާއިން އަޑިއަށް ދާންފެށީ ކައިޝާވެސް ގޮވައިގެންނެވެ. ފަސޭހަކަމާއެކު އެކަކުނިތައް ކައިޝާ ގޮވައިގެން އަޑިއަށް ފީނާގަތީ އެއްވެސް އުނދަގުލަކާނުލައެވެ. މިއިން އެއްވެސް ކަމެއް ރޭކާނުލާ ކައިޝާ އޮތްގޮތުން ހީވަނީ ފުންނިންޖަކުން ނިދާފައި އޮތްހެންނެވެ. ކަނޑުގެ އެންމެ ފުނަށް ދެވުނު އިރުވެސް ކައިޝާގެ މެރިފައިވާ ދެލޯ ހުޅުވައެއް ނުލައެވެ. ހަމައެހެންމެ ނޭވާ ހާސްވެގެންވެސް ނޫޅެއެވެ. އެކަކުނިތައް ކައިޝާގޮވައިގެން ގޮސްވަނީ އަނދިރި ހޮރަކަށެވެ.
**
މާލޭގެ ވައިގެ ބަނދަރުގައި ފްލައިޓް ޖެއްސުމާއެކު އީތަން ލޯ ހުޅުވާލިއެވެ. އެވަގުތު ވަށައިގެން ހޯދާލެވުނީ ދަންނަ މީހަކު ހުރިތޯއެވެ. އީތަންގެ ދެފަރާތުގައި އިން ހުސްނާއާ ހައްމާދު ފިޔަވާ ދަންނަ އިތުރު މީހަކު ނެތެވެ. އެވަގުތު އީތަންގެ ހިތް ގެނބިގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އައްޑުއިން ފުރިއްސުރެ އީތަންގެ ހިތުގައި ގޮތް ނޭނގޭ ޖަޒުބާތުތަކެއް އުފެދެމުން ދިޔައެވެ. ހީވަނީ ދިރިއުޅުމުން ވަރަށް މުހިއްމު ފަރާތެއް ގެއްލުނުހެންނެވެ. ވިސްނާ ވިސްނާވެސް ސިކުނޑިއަށް އެއްވެސް ސޫރައެއް ނުގެނެވުނެވެ. އީތަންގެ ހިތް ބުނަމުން ދިޔައީ ކޮންމެވެސް މީހަކު އީތަންގެ ހަޔާތުގައި ވާކަމެވެ. ނަމަވެސް އީތަންގެ ޚިޔާލަށްވެސް ނުގެނެވިގެން އެއުޅެނީ ކާކުކަމެއް ޚުދު އޭނައަށްވެސް ނޭނގެއެވެ. “މަންމާ..” އީތަން އޭނާގެ މަންމައަށް ގޮވާލިއެވެ. އެބެލުމުގައި ވަނީ ހިތްދަތި ކަމެވެ. ހުސްނާ އޭނާގެ ހިތާމަތައް ފޮރުވަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ. އޭނަގެ ލޯބިވާ ދަރިފުޅު ހިތާމަ ތަކުގައި ނިމިގެންދާން ހުސްނާ ބޭނުމެއް ނޫނެވެ. ނަމަވެސް މިވަގުތު ކައިޝާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އީތަންއާ ހިއްސާކުރެވޭކަށް ނެތެވެ. އެސިކުނޑިއަށް އިތުރު ބުރައެއް ދޭކަށް ހުސްނާ ބޭނުމެއް ނޫނެވެ. ހައްމާދުއަށްވެސް އެކަން އަންގާފައިވަނީ އޭނަގެ ފަރާތުންވެސް އީތަންއަށް ވިސްނަން ޖެހޭފަދަ ކަމެއް ނުކުރުމަށެވެ. “ދަރިފުޅު ހާސްނުވެބަލަ..މިއީ ހަމަ އާދައިގެ ޓެސްޓެއް..ޑޮކްޓަރު ވެސް ބުނުއްވިއެއްނު ސީރިއަސް ކަމެއްނެތޭ..މިދެން ހަމަ މަންމަ ބޭނުންވެގެން ޓެސްޓު ހަދަން މިއުޅެނީ..” އީތަންގެ ހިތުގައި އޮތީ ކޮން ސުވާލެއްކަން ކަނޑައެޅިގެން އެނގިހުރެ ހުސްނާ އޭނަގެ އަމިއްލަ ވާހަކަ ދެއްކީ ދެން އެވަގުތު އިތުރަށް އީތަން އެމަޢުލޫއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދިނުމަށެވެ. ހުރިހާއެއްމެން ފްލައިޓުން ފޭބުމުން އެންމެފަހުން އީތަންމެންވެސް ފޭބިއެވެ. އެއަރޕޯރޓްގަޔާ ފެރީގައިވެސް އީތަންގެ ދެލޯ ހޯދަމުން ދިޔައީ އެގޮތްނޭނގޭ އިންސާނާ ފެނޭތޯއެވެ. ފުސް ހަނދާނެއްގެ ސިފައިގައި އޭނައަށް ޖެއްސުން އެކުރަނީ ކާކުތޯ ބަލާލަން އެހިތްވަނީ ބޭޤަރާރުވެފައެވެ. “ހައްމު ދެން ބުނެބަލަ އަހަރެމެން ކީއްކުރަން އައްޑޫގައި ތިބީ..؟” އީތަން ހައްމާދުއަށް އެކަނި އިވޭވަރަށް ބުނެލިއެވެ. އެސުވާލުވެސް ހައްމާދުއާ ކުރެވުނު އަދަދެއް އީތަންއަކަށް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ހައްމާދު ވާހަކަ އޮޅުވާލައެވެ. އެހެން ނޫނީ ދެން ދައްކާނީ ކޮންމެވެސް ބުއްދި ޤަބޫލު ނުކުރެވޭފަދަ ވާހަކައެކެވެ. ހައްމާދުއާ އޭނަގެ މަންމަ އުޅޭގޮތަކުންވެސް އީތަންގެ ބޮލުގައި ރިހެމުން ދިޔައެވެ. އެދެމީހުންވެސް ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އީތަންގެ ހަވަނަ ޙިއްސު ސިގުނަލް ދެމުންދިޔައެވެ. “ކަމޯން މޭން..އަހަރެން ކުރިންވެސް ބުނީމެއްނު މިއީ އަހަރެމެން ހަމަ ޗުއްޓިއެއް ހަދާލަނީއޭ..އަބަދުވެސް އުޅެމެންނު އައްޑުއަށް ނުދެވިގެން ދެން މިފަހަރު ކަލޭ މޮމް ބުނެގެން މިދަތުރެއް ރޭވީ..” ހަމަޖެހިލައިގެން އިނދެ ހައްމާދު ހިނިތުންވެލިއެވެ. އީތަންވެސް ހިނިތުންވުމަކުން ފުއްދާލިދެން އިތުރަށް ބޭކާރު ސުވާލު ނުކުރުމަށެވެ. އޭނަގެ މަންމަގެ ގައިގައި ހޭހުރިހާ ހިނދަކު އަމިއްލައަށް އިސްނަގައިގެން އައްޑުއަށް ދަތުރެއް ނުރާވާނެކަން އީތަންއަށް އެނގެއެވެ. ވީއިރު އެމީހުން އައްޑުއަށް ގޮސްތިބީ ކޮންމެވެސް އެހެން ބޭނުމަކު ކަން އީތަންއަށް އިނގެއެވެ. އަނެއްކާ އޭނާގެ ހުވަފެނު ރާނީއާ ބައްދަލުވިބާއެވެ؟ އީތަން އައްޑުއަށް ދާން އުޅޭ ސަބަބަކީ އެއީއެވެ. ނަމަވެސް އައްޑުއަށް ގޮސް ކަންތައް ހިނގި ގޮތުގެ އެއްވެސް ހަނދާނެއް އީތަންގެ ސިކުނޑީގައި ހަރުލާފައެއް ނެތެވެ. އީތަން މާޔޫސް ކަމާއެކު ކަނޑުގެ ރާޅުތަކަށް ނަޒަރު ހިންގާލިއެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ދިޔަ ރާޅުތަކުގެ މެދުން ކުއްލިއަކަށް އަންހެން ކުއްޖަކު ފެނުން މައްޗަށް އެރިތަން ފެނުމާއެކު އީތަންއަށް ކޮޅަށް ތެދުވުނެވެ. އެދިމާއަށް ދުއްވައިގަނެވުނީވެސް ބޭއިޚްތިޔާރުގައެވެ. އެވަގުތު ފެރީގައިތިބި ގިނަބަޔަކު ހަޅޭލަވާގަތީ ދުއްވާފައިދިޔަ ފެރީގެ ދިރުބާކޮޅުން ބޭރަށް ދުއްވައިގަތް އީތަން ފެނިފައެވެ. ފަހަތުން ހައްމާދުވެސް ދުއްވައިގަތެވެ. ހުސްނާ ރޮއެގަންނަމުން އީތަންއަށް ގޮވާލިއެވެ. ހައްމާދުއަށް އިތަންގެ ގައިގައި ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އޭރުވެސް އީތަން ގަދަހަދަމުން ދިޔައީ މޫދަށް ފުންމާލުމަށެވެ. “ކޮބާ އޭނަ…ދެންމެ ފެނުނެންނު..ހައްމު ނުދެކެންތަ؟ އަހަރެންނަށް ހީވި އެއީ ވަރަށް ދަންނަ ކުއްޖެއްހެން..ބޮޑު ބޮޑު ލޮލެއް އިންނަ ކުއްޖެއް އެއީ..ހައްމު އެއީ ކާކުތަ؟” އީތަން ދައްކަމުން ދިޔަ ވާހައިން ހައްމާދުގެ ސިކުނޑިއަށް އެއްވެސް ކަމެއް ނަގައެއް ނުގަނެވުނެވެ. އެއަށްވުރެ އޭނަ ވަނީ ބިރުގަނެ ހާސްވެފައެވެ. ދެންމެ އީތަން ނުހިފެހެއްޓުނުނަމަ ހިތާމަވެރި ހާދިސާއެއް ހިނގާނެކަން ޔަޤީނެވެ. ހައްމާދު އިތުރަށް އެއްވެސް ވާހަކެއް ނުދައްކާ އީތަން ގޮވައިގެން އައިސް ފެރީގެ ކުރީ ގޮނޑިބަރީގައި ހުސްނާ ކައިރީ އިށީނެވެ. ފެރީގައި ތިބި މީހުންތައް ސިއްރު ވާހަކަތައް ދައްކަމުން ދިޔައެވެ. “މޮޔައެއް ކަންނޭގެ..” އެކަކު ބުނެލިއެވެ. “އާނ ވެދާނެދޯ…އެކަމަކު ހީވެސް ނުވޭ..ނުލާހި ސްމާޓް ކޮށްއެހުންނަނީ..” ޒުވާން ފުރައިގެ އަންހެންކުއްޖަކު ބުނެލިއެވެ. އެވާހާކަތަކުން އީތަންއަށް އެއްވެސް އަސަރެއް ނުކުރިއެއް ކަމަކު ހުސްނާގެ ދެލޮލުން ކަރުނައެއް ނުހިކެއެވެ. އީތަންގެ އަތުގައި ބާރަކަށް ހިފަހައްޓައިގެން އިން ހުސްނާގެ ހިތުގެ ހިނގުން އަވަސްވެފައިވަނީ އެދަރިފުޅު ބީވެގެން ހިނގައިދާނެކަމުގެ ބިރަށެވެ. ހުސްނާގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނީ ފެރީ މާލޭގެ ޖެޓީއާ ގާތް ކޮށްލިވަގުތުއެވެ. ” ޒުއްނޫރު!” ހުސްނާއަށް މަޑުމަޑުން ބުނެވުނެވެ. އޭނާގެ ކުރިމަތިން މީހުންތަކެއްގެ މެދުތެރޭން އެދަނީ ދެލޯފަދައިން އަބަދުވެސް ލޯބިވާ އޭނަގެ ފިރިމީހާއެވެ. ހުސްނާ ތަންކޮޅެއް ބާރަށް ޒުއްނުރަށް ގޮވާލިއެވެ. އޭރު އެމީހަކު ފެރީއިން ފައިބައިގެން ހުސްނާގެ ލޯކުރިމަތިން ގެއްލުނެވެ. އީތަންގެ ސިކުނޑީގައި ހަރުލާފައިވަނި މޫދުގެ ލޮނުގަނޑުތެރެއިން އެފެނުނު އަންހެން ކުއްޖާއެވެ. އެހެން ކަމުން އޭނަގެ މަންމަގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ހައްމާދުވެސް އެވަގުތު ހުރީ ފޯނެއްގައިކަމުން އެވަގުތު ކަންތައް ހިނގާދިޔަ ގޮތެއް ނޭނގުނެވެ. “ދައްތާ ކޯންޗެއް ތިހޯދަނީ؟ ” މަގުގެ ދެފަރާތަށް ބޯއަރިކޮށްފައި ބަލަން ހުރި ހުސްނާގެ ކޮނޑުގައި ހައްމާދުގެ އަތް ބާއްވާލިއެވެ. ހުސްނާ ސިހިގެން ދިޔައެވެ. އެއްވެސް ކަމެއް ނުވެޔޭ ބުނެ ހުސްނާ އީތަންގެ އަތުގައި އަނެއްކާވެސް ހިފާ ބާރުކޮށްލިއެވެ. ” ހިނގާދެން ދަމާ..ދައްތަ ބުނި ކޮޓަރި ތައްޔާރަށް ހުރި ވާހަކަ..އެކޮޅަށް ގޮސް ފޮށި ބަހައްޓާފައި ސައި ބޮއެގެންނު ހޮސްޕިޓަލަށްދާނީ..” ހައްމާދު ޓެކްސީއަކަށް އަތް ނަގަމުން ބުނެލިއެވެ. އީތަންއާ ހައްމާދު މާލޭގައި ކިޔަވަންހުރި ގޭގެ ދައްތައަކީ އެމީހުންނަށް މަންމައެއްފަދަ އަންހެނެކެވެ. މާލޭ މީކަށް ވިޔަސް އެއްވެސް ބޮޑާ ގޮތެއް ނުހުރެއެވެ. ހިތް ހެޔޮ ވެފައި އީތަންމެންނާމެދު ދެކޭނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެދައްތަގެ ދަރިއެއް ނެތުމުން ހައްމާދުއާ އީތަންއާ ދެމީހުންނަށް ގޮވާނީވެސް ދަރިފުޅު ކިޔާފައެވެ. ހައްމާދު ވަނީ މާކުރިއްސުރެ އީތަންގެ ވާހަކަ އެދައްތައާ ހިއްސާކުރުމަށްފަހު އެމީހުން އަންނަ ވާހަކަވެސް ބުނެފައެވެ.
ދެބުރި އިމާރާތެއްގެ ދޮރުމައްޗަށް ގޮސް މަޑުކޮށްލި ކާރުން ފައިބައިގެން އީތަން އެގެއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކުރީގެ ހަނދާންތަކެއް ސިކުނޑިގައި ކޮށައިލިއެވެ. އެއީ އެމިހުން ކިޔަވަން ހުރި ދުވަސްތަކުގައި ޖެހި ސަކަރާތާއި ކުރި މަޖާކަންތަކެވެ. ހައްމާދުގެ ފަހަތުން ހުސްނާ އެގެއަށްވަދެގެން ދިޔައެވެ. އެމީހުންގެ ފަހަތުން އިތަންވެސް އެތެރެއަށްވަނެވެ. ސިކުނޑިއަށް ކުރަމުންދާ ބާރަކުން މިވަގުތަށް ކަންތައްތަކާ ނުވިސްނުމަށް އީތަން އަޒުމު ކަނޑައެޅިއެވެ. ނަމަވެސް އެނުދަންނަ އަންހެން ކުއްޖާގެ ސޫރަ އީތަންގެ ހިތާ ސިކުނޑިގައި ބިންވަޅު ނެގިއްޖެއެވެ. އެއީ ކާކު ކަމެއް ނޭނގުނަސް އެމިހަކާ އިތަންއާ ދެމެދު ގުޅުމެއްނުވެ ނުދާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އީތަންމެން އެތެރެއަށް ވަދެ ހަމަޖެހިލުމާއެކު އެގޭގައި ގެންގުޅޭ ބިދޭސީ މީހާ ފޮށިތަށް އެތެރެއަށް ވެއްދިއެވެ. ހަމަ އެވަގުތު ކާގެއިން ނިކުމެގެން އައި ދެބައިއުމުރުގެ އަންހެނެއްގެ އަތުގައި ތަބަކެއް ހުއްޓެވެ. ޖޫސްތަށިތަކެއް އަތުރާފައިވާ އެތަބަށް ގެނެސް ސޯފާ ކުރިމަތިގައި ހުރި މޭޒުމަތީ ބެހެއްޓިއަޑާއެއްކޮށް ކުރިމަތިން ފެންނަން ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތް ހަށިގަނޑުވަރުގަދަ އަންހެނަކު ހިނިތުންވެލިއެވެ. “އަހާނ..ދަރިފުޅުމެން …މީއީ އިތަން މަންމަ ދޯ…އެންމެފަހުން މިއޮތީ ދިމާވެފައިއެންނު..” ހިނތުންވެލަމުން ސަރަފިއްޔާ ބުނެލިއެވެ. ސަރަފިއްޔާއަކީ ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. ހުސްނާއާއި އަލަށް ބައްދަލުވިޔަސް ފޯނުން އެދެމީހުން އެތައް ވާހަކަތެކެއް ދައްކާފައިވެއެވެ. އެހެންކަމުން އެދެމެދުގައިވެސް އެއްވެސް ބީރައްޓެހިކަމެއް ނެތެވެ. “ސައި ބޮއެގެން އަރާމުކޮށްލާފަދޯ ހޮސްޕިޓަލަށްދާނީ..އަމްޖަދުވީ ހޮސްޕިޓަލަށް ގޮސް..ދެންމެ ގުޅާފައި ބުނެފި މެންދުރުފަހަށް ނަމްބަރެއް ލިބުނު ވާހަކަ..ލަތާ ދޭބަލަ ސައި ތައްޔާރުކޮށްލަން..” ކާގޭގެ ދޮރުމަތީހުރި އަންހެންމީހާއަށް ބަލާމުން ސަރަފިއްޔާ ބުނެލިއެވެ. އަމްޖަދު އެއީ ސަރަފިއްޔާގެ ފިރިމީހާއެވެ. ހައްމާދު ގުޅާފައި އަންނަ ވާހަކަ ބުނިއްސުރެ އަމްޖަދުވެސް އެއުޅެނީ އެކުދިންގެ ޚިދުމަތުގައެވެ. އެދެމަފިރިން އެކުދިންދެކެ އެހާވެސް ލޯބިވެއެވެ. “ދައްތަ ކީއްކުރަން ބޭބެ ފޮނުވީ..ހައްމުއާ ދެމިހުން ދާންކަމަށް މިއުޅެނީ..ބޭބެ އޮފީހުގައި އުޅެމުން އުނދަގުވެސް ވާނެ ހޮސްޕިޓަލަށް ގޮސް އިންނަން..” އީތަން ހިތްހަމަ ނުޖެހުނެވެ. އަމްޖަދު އެއީ އަމިއްލަ ވިޔަފާރިއެއް ހިންގަމުން ރެސްޓޯރެންޓެއްގެ މަސައްކަތުގައިވެސް އުޅޭމީހެކެވެ. ބިޒީކަމުން ގެއަށް ވަދެލާނެ ފުރުސަތެއްވެސް ލިބޭނީ މަދުފަހަރަކުއެވެ. ” އެއީ އެވަރުގެ ކަމެއް ނޫނޭ..އެހެން ނޫނަސް ދަރިފުޅުމެންގެ ކަމެއްގައި ބޭބެ ދުވަހަކުވެސް ބިޒީވޭތަ؟ ދެން މިއަދު ކީއްވެ ތިހެން ތިބުނީ؟..އެހާދުވަސް ފަހުން އައިސްފަވެސް ޝަކުވާއޭ ކުރަނީ..” ސަރަފިއްޔާ ލޮލުގައި އަޅާފައިވާ ނަމްބަރު އައިނު ހެޔޮވަރުކޮށްލަމުން އީތަންގެ ބޮލުގައި ފިރުމާލިއެވެ. ހުސްނާގެ ލޮލުން ކަރުނަ ނިރާލި އީތަންގެ ނަސީބާމެދު ހިތް އުފާކުރަމުންނެވެ. މިފަދަ މާތް ބައެއްގެ ހިތްހެޔޮކަމުގެ އަގު އަދާ ކުރާނެ ގޮތެއްވެސް ނޭނގެއެވެ. ހުސްނާގެ ދުޢާއަކި އީތަންގެ އުފާވެރިކަން އަބަދުވެސް އެގޮތުގައި ލެހެއްޓެވުމެވެ.
**
ހޮސްޕިޓަލުން ނިމިގެން އީތަންއާ ހައްމާދު ކޮފީއަކަށް ދިޔައެވެ. އެދެމިހުންގެ ހަރަކާތްތަކަށް ފާރަލައިގެން އިން ޒުއްނޫރު އިނީ އެމިހުންނާ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައެވެ. ކައިރީގައި އޭނަގެ މަންމަ އިންއިރު ދެމީހުން މަޝްވަރާކުރަމުން ދިޔައީ އީތަންގެ ހާލަތާމެދުގައެވެ. ޒުއްނޫރުގެ ބަހާ ޚިޔާލުތަފާތުވެ އިބްޒާ ރުޅިއިސްކުރަމުން ދިޔައެވެ. އެންމެފަހުން އިބްޒާ އެތަނުން ނިކުމެގެން ދިޔައި ޒުއްނޫރު ވިސްނުމަކަށް ދޫކޮށްލާފައެވެ. އީތަންއާ ހައްމާދު ތަފާތު އެކި ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. ވަރުވަރުން އީތަން ދިޔައީ ހައްމާދުގެ ފަރާތުން އެއްޗެއް ދެނެގަނެވޭތޯއެވެ. ނަމަވެސް ކުރިއާ ޚިލާފަށް އޭނައަށް އެއްވެސް ކަމެއް ނުވިސްނުނެވެ. ކުރީގައިނަމަ ހައްމާދުގެ ހިތައް އެއްޗެއް އެރުމާއެކު އެހިތުގެ އަޑު އީތަން ދެނެގަނެއެވެ. ނަމަވެސް މިހާރު އެހެން ނުވަނީ ކީއްވެކަމެއް ނޭނގެއެވެ. އީތަން ކުއްލިއަކަށް ފަހަތް ބަލާލި މީހަކު އޭނައަށް ބަލާހެން ހީވާތީވެއެވެ. ހަމަ އެވަގުތު ޒުއްނޫރު އޭނަ އަޅައިގެން އިން ތޮފި ތިރިކޮށްލަމުން އިސްދަށަށްޖަހާލިއެވެ. އީތަން ދަންނަ އެއްވެސް މިހަކު ލޮލުގައި އަޅައެއް ނުގަތެވެ. ސީހައުސްގެ ހިތްގައި މާހައުލުގައި ދެއެކުވެރިން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ގެއަށްއައީ އިރުއޮއްސުނުފަހުންނެވެ. އެމިހުން ގެއަށް އައިއިރު ހުސްނާއަށް އޮތީ ނިދިފައެވެ. އެހެންކަމުން އީތަންވެސް އޭނަގެ މަންމައަށް ނުގޮވާ ކޮޓަރިން ބޭރަށް ނިކުމެލިއެވެ. އޭރު ގެއަށް ވަތްގޮތަށް ހައްމާދު އިނީ ޓީވީއިން ދައްކަމުންދާ މާވަރުގަދަ މެޗަކަށް ގެއްލިފައެވެ. ހައްމާދު ކައިރިއަށް ގޮސް ސޯފާގައި ހަމަޖެހިލުމާއެކު އީތަންގެ އެސްފިޔަތަކަށް ބަރުވެ ނިދި ޖެހިއްޖެއެވެ. އިރުގަނޑެއްފަހުން ހޭލެވުނީ ހައްމާދު ފޯރިގަދަވެގެން ހަޅޭލަވާ އަޑަށެވެ. “ޕިސް ޕިސް ހައްމު ދެން ހާދަ އަޑުވެސް ގަދައޭ..” ޝަކުވާގެ ރާގެއްގައި އީތަން ބުނެލިއެވެ. އެއަށްފަހު ތެދުވެ ސޯފާގައި އިށީނދެލިއެވެ. މެޗްގެ ފަހު ހާފް ފެށިގެން މެދާހަމައަކަށް ދިޔައިރު ހަމަރަނގަޅަށްވެސް ފޯރި މިވަނި ގަދަވެފައެވެ. އީތަންގެ ނިދިފިލާ މެޗަށް ސަމާލުވެލިއެވެ. “އީތަން…އީތަން!” ފަހަތުން މީހަކު ގޮވާލިއަޑަށް އީތަން ބަލާލިއެވެ. އެވަގުތު ޓެރަސްއަށް އަރާ ސިޑިމަތީގައި އަންހެން ކުއްޖަކު ހުއްޓެވެ. ތެމިފޯވެގެން ހުރި އެކުއްޖަކީ މިއަދު އީތަންއަށްއަށް ފެރީގައި އިންދާ ފެނުނު ކުއްޖާއެވެ. އެކުއްޖާ އިސްދަށަށް ޖަހައިގެން ހުރިއިރު ދެއަތް ދިއްކޮށްފައިވަނި އީތަންއާ ދިމާއަށެވެ. “އީތަން!” އަނެއްކާވެސް އެކުއްޖާ ގޮވާލިއެވެ. ހީވީ އީތަންގެ ކަންފަތްބުޑުގައި ސިއްރެއް ބުނެލިހެންނެވެ. އެއަޑު އައީ އެހާވެސް މަޑުމަޑުން ސިއްރުންނެވެ. އީތަން ހައްމާދުއަށް ބަލާލީ އެއަޑު އޭނައަށްވެސް އިވޭނެކަމަށެވެ. ނަމަވެސް ހައްމާދު އަދިވެސް އިނީ ކުރިން އިން ގޮތަށް ޓީވީއަށް ބަލަހައްޓައިގެންނެވެ. އީތަން އަނެއްކާވެސް ސިޑިއާ ދިމާއަށް ބަލާލިއިރު އެކުއްޖާއެއްނެތެވެ. ސޯފާއިން ތެދުވެގެން އީތަން އެދިމާއަށް ހިނގައިގަތެވެ. ސިޑިމަތީގައި ފެން ހުރިއިރު ފިޔަވަޅުތަކުގެ ނިޝާނެއް ސިޑިން މައްޗަށް ހުއްޓެވެ. އިތަން ފަރުވާތެރިކަމާއެކު އެފެނަށް ނާރާ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ޓެރަހަށް ނިކުމެވުމާއެކު އީތަންއާ ބައްދަލުކުރީ ކަނު އަނދިރިކަމެވެ. ޓެރަސްގެ ލައިޓް ޖައްސާފައި ނެތުމުން އީތަން ތިރިއަށް ފައިބަންވެގެން އެނބުރިލި ވަގުތު އެތަނުގައި ހުރި އުނދޯލި ހެއްލެންފެށިއެވެ. ހަމަހިމޭން އެމާހައުލުން އިވޭ ހަމައެކަނި އަޑަކީ ބާދަނގަނޑު ކޭތޭއިރު ގޮވާކަހަލަ އަޑެކެވެ. އީތަންއަށް އެއުނދޯލިކައިރިއަށް ދެވުނީ ކޮންކަހަލަ ބާރަކުން ކަމެއް ނޭނގެއެވެ. އެވަގުތު ފަޒާގައި ހިފާފައިވާ މީރު ވަހަކުން އީތަންގެ ހިތް ފުރިގެން ދިޔައެވެ. އުނދޯއްޔާ އަރާހަމަވިއިރު އެތަނުގައި އިން ޕަރީއެއްފަދަ އަންހެން ކުއްޖާގެ ޖާދޫގައި އީތަންގެ ހިތް ކަސްތޮޅުއެޅުވިއްޖެއެވެ. ބުޅިކޮށް އޮތް އެދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު އެތޫނު ކަޅިރަވަ އަމާޒުވެފައިވަނީ އީތަން އަށެވެ. އަނދިރީގެ ތެރެއިންވެސް އުޖާލާވެފައިވާ އެމޫނު ހީވަނީ ސާދަވިލޭރޭގެ ފުރިހަމަ ހަނދެއްހެންނެވެ. އީތަން އެއަންހެން ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެންހުރީ އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައެވެ. އެއަންހެން ކުއްޖާ ތެދުވެލަމުން އީތަންގެ އަތުގައި ހިފާލިއެވެ. ގަނޑުފެންކޮޅެއްހާ އެފިނި އަތްތިލަ އީތަންގެ އަތުތެރެއަށް މަހާލިވަގުތު ދުނިޔޭގެ ހިނގުންވެސް މަޑުޖެހިލިހެން އީތަންއަށް ހީކުރެވުނެވެ. އެއަންހެން ކުއްޖާގެ މޫނު އީތަންގެ މޫނާ ކައިރިވިވަގުތު އެނޭވާގެ ހޫނުކަން އިހުސާސްވެ އީތަންގެ ހަށިގަނޑުގައި ތަފާތު ޖަޒުބާތެއް އުފަންކުރުވިއެވެ. އީތަން ގެނައި ކުއްލި ހަރަކާތަކުން ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ގާތަށް އެހަންހެން ކުއްޖާ ގެނައެވެ. އެވަގުތު އެމޫނުން ފެނުނު ލަދުވެތިކަމުން އީތަންގެ ހިއްސުތަކާވެސް ކުޅެލިއެވެ. “އައި މިސްޑް ޔޫ މިޒްކާ..މިސްޑް ޔޫ ސޯމަޗް..” އެދެލޮލަށް ބަލާލަމުން އިތަން ބުނެލިއެވެ. މިޒްކާ ދެން އެންމެ ސިކުންތުކޮޅެއްވެސް ބޭކާރުނުކޮށް އީތަންގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އީތަންވެސް އެހަރާކަތުގައި ބައިވެރިވިއިރު ދުނިޔޭގެ އެއްވެސް ކަމެއް މަތިން ހަނދާން ނެތެވެ. މިޒްކާ ދެލޯ މަރާލަމުން އަދިވެސް ބޮޑަށް އީތަންގެ ހަށިގަނޑާ ކައިރިވެލިއެވެ. އީތަން އޭނަގެ ކަނާއަތުން މިޒްކާގެ ހިމަ އުނަގަނޑުގައި ހިފަހައްޓާލިއިރު ދެލޯ ވިދާލީ ގަދަ އޮރެންޖު ކުލައިގައެވެ.
**
” އީތަން!..” ދެލޯ ހުޅުވާލަމުން ކައިޝާ އެންމެ ފުރަތަމަވެސް ގޮވާލީ އީތަންއަށެވެ. ކަނު އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވާއިރު ބިރުން މީހާ ތުރުތުރުލަމުން ދިޔައެވެ. ކައިޝާ ދުވެފައި އެއަނދިރި ކޮޓަރިން ނިކުމެގެން ބޭރަށް ދުއްވައިގަތްވަގުތު މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަމަވެސް އެމިހަކު ހުށިޔާރު ކަމާއެކު ކައިޝާ ނަގާ ސީދާކޮށްލިއެވެ. ކައިޝާ އެމީހާގެ މޫނަށް ބަލަހައްޓައިގެން ހުރީ ޤަބޫލުކުރަންދަތިވެފައެވެ.
51 Comments!
Comments are closed.
last nyt ga 13th vana part up kohfa i was a bit scared…heekuree ehaa dhuvas fahun up kureema i wud get many negeative comments kamah….ekam varah ufaavejje readers ge support adhives libemundhaathyve…ummmeedhukuranee kuriah oithaangaves thigothugaa thibeynekamah….a very huge thanks to all de lovely comments frm de lovely readers..asluves vvvv motivate vey thigothah support dheythyve..i truly appriciate all de love frm u guys..)
btw heekuran mi partves kamudhaane kamah..feel free to express ur views..tgc n hav a lovely evening..:) love yu all to de max..:)
Ree dhw first. . Adhi mi part nukiyan. . Bt ingey mi part vx reethi vaanekan as before
aarrnn dhw 1st..yaayyy..hehheh..thanks love…v ufaavejje…:)
Noooo.. Eyoh varah first hoadhan aima.. Dhn second dhw..Adhi nukiyan mi part eh.. kaya liyr ehcheh hadi eh nuvaane kan ingey ekam <3
awwwnnn dear next time u cn be de 1st…btw thaaaannnnkkkkuuu sooooo vvvv much:)
Wow. Varah reethi. Kaaku baa kaidha e hifehetty. when next part?? Inthizaaru kurevey eba…
Kaisha*
insha allah tmrw nyt u ll knw who was dat:) thank u nonns..:)
I m first
may b in nxt tym dear..:) keep looking..:) thankuu:)
Wow… Nice.. next part ah inthixaar kuran… Keep going
thnk u sooo much malaa:) keep waiting
Ingy hadi nuvaane kan kaya ge huriha story vx <3 v reethi
aaawwwnnn eheenthrrr dear…v ufaavejje..:)
As always mi part vx varah reethi ..Kaya I love this story…Kai hufehehty zuhnoor kannege dho..hehe..kaya gws❤
Wen is next part?
Mee zail abadhuvx kiyaahithun hunna story eh..gudnyt?
Adhi mivaahaka ekani mikiyaalanyh kaya ge..ekm kurin liyefa oih vaahaka vx time libunyma kiyaalaanan ..ingey reethivaane kan kaya story eh v ma ?
awnnn soo sweet of u..btw evaahaka kiyaalaafa mithaanga feedback ei dheythi abt wat u liked n tngs i cn improve..:)
alhey haadha ufaavejjeye zail like veema…n thanku so much abadhuves support dheythyve..insha allah tmrw nyt…keep waiting…much love:) nytttzzz
Mihaaru vaanuvaaga mi hunnany..
dear luhan visnaigen keema ingeyene vaanuvaa ei…btw its a new character…soon her reality will unfold..keep waiting:)
V reeti nexpart avahah genes dehchey
thaaaaannnkkuuu princess…insha allah tmrw nyt..keep looking:)
ei ziyadhan kaisha hifehetty ekam mi mizka eh neygunu.
u ll knw her soon..no worries..:) dn kai hifehetti meehaku engidhaane maadhama reyga..keep waiting:)
Mi part ves hama ehaa reethi…kaya u r the best ❤
awwwnnn rainy princesss…thaaaannkuu soooooo much:)
Up veythw bala balaa mihury nunidhaa..hehehe vvvvvv reethi..dhen vaany kihinehbaa???
heheh…ehentha sam :)thank u so much…dn vaane gothei engidhaane mirey…keep waiting:)
WOW!! New character eh aee dhw e… Kaisha hifehetty Ziyadhanhen v heevey… Dhen noon… Anekkaa e Ziyadhange aiydhashah Kaishaa gendhiyayas nudheythi… Next partge inthizaaruga mihury 🙂
awwwnnn saandy thank u soo much..mirey engidhaane eii kaakukamei..hheh..keep waiting:) kaisha ah vaane gotei adhi bunaakah neynge..lets c dhw…
Ownnnn. V salhi ingey mi part vs kaya. Interesting varah ?❤. And dhigu veema v hih hama jehijje. We all are with u kaya❤?. Waiting for next part?
thank u soooooooooooooooo much Jjey..:) vvv ufaavejje like veema…ababadhuves hiyyvarudheythyve vvv bodah shukuriyyaa:)
OMG!! kaisha… ekuja haadha haale thi jasani. Vaahaka v v v salhi inge kaya. Next part ge inthizaaruga mihury inge. Avaha genachey…
thank u lucifer…kai ah vaa gothakun v dheravey dhw…dn vaane gothei balamaa hingaa..insha alah mirey..keep waiting:)
WOW… Superb! varah reethi mi bai vexx.. ✍ keep it up dear ..❣
waiting 4 nxt part
eii kon mizkaa eh? new character eh thr? vedhaane eii ziadhan kuruvi kamakah kaisha ge sifaiga n eathan ah kaige nann neygeny kamah ves LOL ? Lets see what happens ☺
thank u dear..v ufaavejje like veema:) btw mizka eii new charactere ei…kaisha ah vaane gothei engidhaane mirey…keep looking..:)
v.reethi. mivaahaka ekanin mihaaru esfiya in kiyanee ves
thank u sooo much hana…:)
hiyy thalhuvaalaafa thi ninmaalee kaya…v reethi mi part ves ..MA…
thank u yal..:)
Dhen mihaaginadhuvas nukurahchey.ingay. varah miss vey.?
insha allah…:) miss u too..n thankuu:)
Wow….? story vrh reethi…… Pls pls pls avahah nxt part up kohdhiibaa..? can’t wait?
awwwwnnn silvermist…thank u dear:)
Story varah rythi??
thaaaaannnnnkuuuu aisha…:)
Varah salhi vaahakaeh. Varah enjoy kurevihje
.
Next part kon irakun baa?
thanks khalaf…i guess u r a new reader for this story so m hoping to c more commnents frm u…:)
story obinexx to the max? keep going kayaa?
thanku to de max..:)
Ethan ge hiy genbuney liyefa othyma heevee hama aslu ves ekahala gotheh vee hin….seriouse koh i felt like meehaku chest mathee jehihen…hehehehe..anyway story hama habeys