“އަހަރެން މީހަކާއި ނީނަސް ކޮބާ މައްސަލައަކީ. މީހަކާ އިންނަން އެންމެ އެކަށީގެންވާ މީހާއެއްނު މިރޭ ޅަކުއްޖަކާ އިންނަން އެއުޅެނީ” ކާމޭޒު ކައިރީގައި އިން އޭނާގެ ބައްޕަ އަށް ދެލޯ އަޅާލަމުން މާކިލް ބުންޏެވެ. ތުނބުން ކޮފީތަށި ނައްޓާލަމުން އިރުވީނަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ. “މާކިލް…!! ތި އަނގަ މައިތިރިކުރޭ! އެހެންނޫނީ………” ފީރޯޒާގެ ފިރިމީހާ އަދި މާކިލްގެ ކާފަ އާސިރަށް މާކިލްގެ ބަސްމަގު ހުރިގޮތް ކަމަކު ނުދިޔައެވެ. އެހެންކަމުން އަތުގައި އޮތް އޫ ތަށި ތެރެއަށް […]
މަޤްރިބް ނަމާދާއި އިޝާނަމާދު ދެމެދުގެ ވަގުތެވެ. އަރާމު ތަންމަތީގައި ނިދާފައި އޮތް އިރުވީން ތެޅެންފެށީ ހަމަ ކުއްލިއަކަށެވެ. ހީވަނީ ނޭވާ ނުލެވިގެން މަރަށް ތެޅެނީ ހެންނެވެ. އިރުކޮޅަކުން އަނގައިން ފާޑެއްގެ އަޑުތަކެއް ވެސް ލައްވަން ފެށިއެވެ. ވާހަކަތަކެއް ވެސް ދައްކަން ފެށިއެވެ. ނަމަވެސް އަނގައިގެ އެއްވެސް ވަރެއް ނެތި ދައްކާ ވާހަކަ ސާފެއް ނޫނެވެ. މީހާ ގެ ހަށިގަނޑުން ލޮނު ދާތަކެއް ހިއްލާ ދެލޮލަށް ރަތްކަން އަރާ އަނގަ ވެސް ހުޅުވިއްޖެއެވެ. ލޮލުގެ ދެފަރާތުން ކަރުނަ އަންނަން […]
ޝިމްލާ ފެނުމުން ސާޝާގެ މިޖާޒަށް ބަދަލުއައެވެ. ޤުލްޝަންގެ ކަނދުރާމަތިން ކައްސާލައިގެން ޝިމްލާ ތިރިއަށް ވެއްޓެމުންދިޔަ މަންޒަރު ބަލާކަށް ސާޝާއަކަށް ކެތެއްނުވިއެވެ. އެންމެ ލޯބިވާ ފަރާތް ހިމާޔަތްކުރުމަށް އެންމެ ވަގުތުކޮޅެއްވެސް ނަގާނުލާ ދާން ދިމާކޮށްލި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިކަންގެ ހޫނު ހަމަލާއެއް ސާޝާގެ ކޮނޑުމައްޗަށް އެރުމުންނެވެ. ޝިމްލާއާއި އެކުއެކީގައި ސާޝާވެސް ބޯ ވިނަގަނޑުގެ ތެރެއަށް ގޮސް ޖެހުނެވެ. ޝިމްލާއަށް އިޙްޞާސްވަމުންދިޔައީ އޭނާގެ ހިތާއި ވަރަށް ގާތް ފަރާތެއް ކައިރީގައިވާކަމެވެ. ނަމަވެސް ގައިން ވަރުދޫވެފައިވުމުން ލޯ ހުޅުވާލާނެހާ […]
ކުއްލިއަކަށް އޮއްސާލި ވާރޭގެ ތިކިތައް އައިސް ޝިމްލާގެ މޫނުމަތީގާ ޖެހެންފެށުމުން ޝިމްލާއަށް ހޭވެރިކަންވިއެވެ. ބޮޑުތިކިވާރެއިން ޝިމްލާގެ ހަށިގަނޑު ތެންމަމުންދިޔައިރު އެފަކީރު ފިނިބޮޑުވެގެން ތުރުތުރުލާންފެށިއެވެ. ގަސްތަކުގެ ތެރެއިން ދަމާފައި ގެންދިއުމުގެ ސަބަބުން ޝިމްލާގެ ހަށިގަނޑުގެ އެތަން މިތަނަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ވޭނީ ދިލައެއް އިޙްޞާސްވަމުންދިޔައެވެ. ހިތްވަރުކޮށްފައި ގަދަކަމުން ލޯހުޅުވާލިއިރު މަންޒަރު ފެންނަނީ ވަރަށް ފުސްކޮށް އަނދިރިކޮށެވެ. ވިދާލި ވިދުވަރާއިއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެވަގުތު ތަންކޮޅެއް ދުރުން ޝިމްލާއާއި ދިމާއަށް އަންނަމުންދިޔަ އެތި ޝިމްލާގެ ލޮލަށް ސާފުކޮށް […]
ކުރީގެ އަދަދާއި ގުޅޭ: އެދުވަސް ޒާރާ ދުވަހަކުވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއި މެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ. ” އޭ ބުނާނަން ޒާރާ މަންމަ ކައިރީ.. ” ސްކޫލް ގޭޓްކައިރިން ޒާރާ، ރިޝްވާންއަށް ޗޮކްލެޓެއް ދޭތަން ފެނިގެން ޒާރާ ބިރުގަންނަވާލުމުގެ ރާގެއްގައި ރީނާ ބުނެލިއެވެ. ” ރީނާ ތި އަނގަ މަޑުކޮށްގެން ހުރޭ.” ޒާރާ ކޮންމެވެސް ވަރަކަށް ބިރުގަނެ، ލަދުގަނެފައި ހުރިކަން […]
ކުރީގެ އަދަދާއި ގުޅޭ: ސްކޫލް ނިންމާފައި ބައެއް ދުވަސްދުވަހު، ޒާރާ ލައިބްރަރީއަށްދާން ހިތަށްއަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލް ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން އެހެންބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ. އެހެންނަމަވެސް ރިޝްވާން، ޒާރާއާ ވާހަކަދައްކަން ފެށުމުން، އެކަނިވެރިވެ އިންނަ އިހްސާސް ކޮންމެވެސް ވަރަކަށް ކެނޑިގެން […]
އަލްވިންގެ ކާރު ހުވަފެންގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އަދި ކާރުން ފައިބައިގެންގޮސް ދޮރުމަތީހުރި ދޮރުފާރަވެރިޔާއާއި ވާހަކަތަކެއް ދެއްކިއެވެ. ދެންފެނުނީ ކައިރީގައިހުރި ފާރުގައި އަތް މުއްކަވާފައި ޖެހިތަނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލި މަންޒަރެވެ. އަލްވިން ފޯނު ޖީބުން ނެގުމަށްފަހު ޝިމްލާއަށް ގުޅާލިއެވެ. ދެތިންފަހަރު ފޯނު ރިންގުވީފަހުން ޝިމްލާ ފޯނުނަގާ “އައްސަލާމް އަލައިކުމް” އޭ ބުނެލިއެވެ. އަޑުގަދަކަމުން ވާހަކަދައްކަން އުނދަގޫވުމުން ޝިމްލާ ދަތުރުދާން ފުރިވާހަކަ ބުނެފައި ލެފުމުން ގުޅާނެކަމަށްބުނެ ފޯނުބޭއްވިއެވެ. ޝިމްލާމެންގެ ލާންޗު ކުޑަ ވިލިނގިއްޔަށް ދާން ނައްޓާލިކަން […]
ކުރީގެ އަދަދާއި ގުޅޭ: ޒާރާ އޮށޯވެގެން އޮތްއިރުވެސް ޓީވީއިން ލަވަތައް އަންނަމުން ދިޔައެވެ. ލަވައާމެދު ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީ އެއާއި މެދުގައެވެ. މިކަމާހެދި، އުނދަގޫވެގެން އެންމެފަހުން ޒާރާގެ ބޮލުގަވެސް ރިއްސަން ފެށިއެވެ. ބޮލުގަ ރިއްސަން ފެށުމުން ޒާރާ އަނެއްކާވެސް އުޅުނީ ނިދޭތޯއެވެ. އެހެނަމަވެސް އުޅެއުޅެވެސް، ޒާރާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންވެ ފޯނުނަގާފައި ޒާރާ މެސެޖްކޮށްލީ ރިޔާއަށެވެ. ” ހަމަ ތެދެއްތަ ޒާރާ؟ މަ ހިޔެއް ނުކުރަން އާހިލްއަކީ އެކަހަލަ މީހެއް ކަމަކަށް. ފިރިހެނަކަށްވެހުރެ އެހާ ފިނޑި […]
ކުރީގެ އަދަދާއި ގުޅޭ: ދެކުދިންވެސް މަސައްކަތްކުރަމުން ދިޔައީ އޯލެވެލް އިމްތިހާނުން ރަގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. އެހެންވެ ޗެޓްކުރުމާއި ފޯނުކުރުންވެސް އެދުވަސްވަރު މަދުކުރިއެވެ. ވާހަކަދެއްކިއަސް ގިނައިން ދައްކަނީ ކިޔެވުމުގެ ވާހަކަތަކެވެ. އާހިލްއާ ޒާރާގެ ނަސީބު ރަގަޅުކަމުން އެދުވަސްވަރު، އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. އެހެންކަމުން ދެކުދިންވެސް ކިޔަވަމުން ގެންދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ. ” ރިޔާ.. މަގޭ ހިތް ބުނަނީ ދެން އަވަހަށް ރަށަކަށް ނާދެވޭނެއޭ.. ނޭނގެ ކީއްވެކަމެއް.. މާލެ ގޮއްސަ މަ، އެވާހަކަ އާހިލްއަށް ކިޔާދޭނަން.. މިހާރު ދެއަހަރު […]